ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

މި މަންޒަރު ބަލަން ދުރުގައި ހުރި ބެންޗުގައި އިން އަންހެން ކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ހަސަދަވެރިކަމުގެ ކުލަވަރެވެ. ކިޔާންއާ އެކު ކައިރާ އުޅެމުން ދިޔަ މަންޒަރުވީ އެ ޅަ ހިތަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނޫނެވެ. ކައިރާ އާއި ކިޔާންގެ ފޮޓޯ އެއް ފޯނުން ނެގުމަށް ފަހު އޭނާ އެއަށް ބަލައިލިއެވެ. އަދި އެ ފޮޓޯއިން ކައިރާ ކްރޮޕް ކޮށްލުމަށް ފަހު އޭނާގެ ފޮޓޯ އެއް އެތަނަށް ލިއެވެ.

" ކިޔާން އެންޑް ނަބާ ފޯރ އެވާ ....." ފޮޓޯގައި ފިރުމާލަމުން އޭނާ މަޑުމަޑުން ބުނެލިއެވެ. އޭރު އެ ނުރައްކާތެރި ނަޒަރު އަމާޒު ވެފައިވަނީ ކައިރާ އަށެވެ.

ތެމިގެން އައިސް ގެއަށް ވަން ކައިރާ ފެނުމާއެކު އާޝިޔާގެ ސުވާލުތަކާ އޭނާއަށް ކުރިމަތިލާން ޖެހުނެވެ.  ދުވަހަކުވެސް މަންމައަށް ކަންކަން ސިއްރު ނުކުރާ ކައިރާއަށް ކިޔާންގެ ވާހަކަ ކިޔައިދޭން ފަސް ޖެހެވުނެވެ. އާޝިޔާގެ ސުވާލުތަކަށް އެދެވޭ ޖަވާބެއް ނުދިން ކަމުގައި ވިޔަސް މަންމަ ހިތްހަމަޖައްސާލުމަށް ދެތިން ބަސް ކައިރާ ބުނެލީ އުފާވެރި ހިނިތުންވުމަކާ އެކުގައެވެ.

ދަރިފުޅުގެ ތަބީޢަތަށް އައިސްފައިވާ ބަދަލު އާޝިޔާއަށް ފާހަގަ ކުރެވުނަސް އިތުރު އެއްޗެކޭ އޭނާ ނުބުނެއެވެ. ނަމަވެސް ހިތުގައި ކުޑަ ނުތަނަވަސް ކަމެއް އުފެދުނީ އޭނާގެ މާޒީގެ ހިޔަނި، އޭނާގެ ހަމައެކަނި ދަރިފުޅުގެ ހަޔާތަށް އެޅެން ނޭދޭތީއެވެ. ސިކުނޑި ހާސް ކުރުވަމުން ދިޔަ ވިސްނުންތަކާއެކު އާޝިޔާ ދެފަރާތަށް ބޯ ހޫރުވާލިއެވެ.

ފެންވަރަން ހުރި އިރު ވެސް ކައިރާގެ ޚިޔާލުގައި މިއަދުގެ ހާދިސާ ހަރުލާފައި ހުއްޓެވެ. ތުންފަތުގައި ރީތި ހިނިތުންވުމެއް ހުރިއިރު ކައިރާގެ ސިކުނޑީގައި ވީ ކިޔާންގެ ސޫރައެވެ. މޫދުގައި އުޅެވުނު ގޮތް ހިތަށް އެރުމުން ކައިރާއަށް ބޭއިހްތިޔާރުގައި އޭނާގެ މޫނު ދެއަތުން ފޮރުވާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ނަފްސު ހަމައަކަށް އަޅުވާލިއެވެ.

ކިޔާންގެ ޚިޔާލުގައި ހުރެވުމުން ކައިރާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ކިޔާން އޭނާއަށް ހެދި ގޮތް ކައިރާގެ ހިތުން ފިލައިގެންނެއް ނުދާނެއެވެ. ކިޔާންގެ ޖާދޫގައި ޖެހިއްޖެނަމަ އޭނާގެ ދިރިއުޅުމަށް ވާނެ ގޮތެއް ވެސް އެނގެނީއެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ކައިރާ ކިޔާންއާ ގާތެއް ނުވާނެއެވެ. މިއަދުގެ ހާދިސާ އެއީ ނުވާކަމެއް ކަމަށް ހިތަށް ވިސްނައިދެމުން ކައިރާ ފުން ނޭވާއެއް ދޫ ކޮށްލިއެވެ.

******

ބޭރުގައި އުޅުމަށް ފަހު ކިޔާން ގެއަށް ދިޔައީ ރޭގަނޑު އަށެއް ވެސް ޖެހި ފަހުންނެވެ. ގޭތެރެއަށް ވަނުމާއެކު އޭނާއަށް މަރުހަބާކީ ދެވަނަ އެހެން އެއްޗެއް ނޫނެވެ. އެކަނިވެރިކަމާއި ފަޅުކަމެވެ. ހައިބަތު ހުރި އެ ބޮޑު ގޭތެރެއިން އިންސާނެއްގެ ހިލަމެއް ނުވެއެވެ. ވީރާނާ ވެފައިވާ ހަވޭއްޔެއް ފަދައެވެ. ނަމަވެސް ކޮންމެ ދިމާލަކުން ވެސް ފެންނަނީ ފޯރުންތެރިކަމާއި މުއްސަނދި ކަމެވެ. ކިޔާންގެ ލޮލުގައި އަޅައިގަތީ ކަހައިލެވިފައިވާ ފޮތިގަނޑު ތަކެވެ. ވަގުތުން އެ މޫނުން ނުރުހުންތެރިކަން ފެންނަން ފެށިއެވެ. ބަލާބެލުމަށް އެއީ ކުޑަދޮރެއްހެން ހީވި ނަމަވެސް އެއީ ފާރެކެވެ. ރީތި ޑިޒައިންތަކަށް ހަރު ކުރެވިފައިވާ ފްރޭމް ތަކުގައިވާ އުފާވެރި ޢާއިލާއެއްގެ ތަސްވީރުތަކުން އެ ފާރު ފަޅުފިލުވައިފައި ވާއިރު ބަލާލަން ނުހަނު ހިތްގައިމެވެ.

" މޭރީ...." ކިޔާންގެ ބާރު ހަޅޭކުގެ އަޑާއެކު ދުވެފައި އައީ މެދު އުމުރެއްގެ އަންހެނެކެވެ. " އަހަރެން ނުބުނަންތަ މި ފޮތިގަނޑު ނުކަހާށޭ.... ބުނާ ގޮތް ނުހެދެންޏާ ވަޒީފާގައި އުޅޭނެ ކަމެއް ނެތް " ކިޔާންގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެކެވެ.

" ސޮރީ ސަރ.. އެއީ މިއަދު އަލަށް ވަޒީފާއަށް ނިކުތް ކުއްޖާ ގޭތެރެ ސާފުކުރި އިރު ފްރޭމްތައް ސާފުކުރަށް ފޮތިގަނޑު ކަހާލި ގޮތަށް.... " މޭރީ ޖެހިލުންވެފައި ހުރި ނަމަވެސް މަޑުމަޑުން ބުނެލިއެވެ.

" ކާކު އާ ކުއްޖެއް ގެނައީ.... މީ ކޮންމެ ދިމާލަކަށް ނޯކަރެއް ގެންގުޅެން ޖެހޭ ވަރުގެ މަސައްކަތްތައް ހުރި ގެއެއް ނޫން. އެހެން ނޫނަސް އެ ފްރޭމްތައް އެއީ ކޮންމެކޮންމެ މީހަކަށް ފެންނަން ޖެހޭ އެއްޗިއްސެއް ނޫން... ކުރިން ހުރި ގޮތަށް އެތަން ހަދާ... " ކިޔާންގެ އަމުރަށް މޭރީ ފޮތިގަނޑުތައް ދަމާލިއެވެ.

މިހާރު އެއީ ފާރެއް ހެނެއް ހިޔެއް ނުވެއެވެ. ބަލާބެލުމަށް ހީވަނީ އެއީ ކުޑަދޮރުތަކެއް ހެންނެވެ.

" އާ ކުއްޖާ ގެނައީ މަލީހާ މެޑަމް..." މޭރީގެ އަނގައިން ނުކުތް ލަފްޒުތަކާ އެކު ކިޔާންގެ އަތް މުށްކެވިގެން ދިޔައެވެ. އެއާއެކު ބާރު ހިނގުމެއްގައި ސިޑިން އަރައިގެން ދިޔަ ގޮތުން ދެން ވާން އުޅޭގޮތް މޭރީއަށް އަންދާޒާ ކޮށްލެވުނެވެ.

ދިގު ކޮރިޑޯގެ ދެފަރާތަށް ވާ ގޮތަށް ހުރި ކޮޓަރިތަކުން ފަހަރަކު ދޮރެއް ހުޅުވަމުން ކިޔާން ދިޔައެވެ. އެތަނުން ތަޅުލެވިފައިވާ ދޮރުގައި ކިޔާން ތަޅަން ފެށި އިރު ހީވަނީ ދޮރު ވައްޓާލަން އުޅޭ ހެންނެވެ. ފަސް ވަރަކަށް މިނޓް ފަހުން ދޮރު ހުޅުވީ މެދު އުމުރުގެ ރީތި އަންހެނެކެވެ. މުށި ކުލަ ޖައްސާފައިވާ ފަން އިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށައި ލެވިފައެވެ.

ލައިފައިވާ ގަޔަށް ބާރު ހެދުމުގައި އެ ހަށިގަނޑުގެ ވަނާތައް ފާޅުވަމުން ދިޔައެވެ. މޫނުގައި ކޮށްފައިވާ ގަދަ މޭކަޕުން ވެސް އޭނާއަކީ ޒަމާނީ ފެޝަނަށް ލޯބި ކުރާ މީހެއްކަން ދައްކުވައިދެއެވެ. ކުޑަކޮށް ހުޅުވާލެވިފައިވާ ދޮރުގައި ހިފާ ކިޔާން އެތެރެއަށް ވަނީ އަހާލުމެއް ނެތިއެވެ. އެ ވަގުތު އެނދުގައި އޮތް ފިރިހެނަކު ފުންމައިގެން ތެދުވިއެވެ. ކިޔާންގެ މޫނު މަތިން ފެނުނު ފޫހިކަމާ އެކު އިންތިހާ ދަރަޖައިގެ މާޔޫސްކަން ވެސް ފާޅުވެގެން ދިޔައެވެ. ނަމަވެސް އޭނާގެ މޫނުމައްޗަށް ވެރިވި މާޔޫސީކަން އޭނާ ފޮރުވާލީ ނުހަނު ކުޅަދާނަ ކަމާއެކުގައެވެ. ހީވަނީ އެކަން ކޮށްކޮށް އޭނާ ފަރިތަ ވެފައި ވާ ހެންނެވެ.

" އަހަރެން ފަހު ފަހަރަށް މި ބުނަނީ... މި ގެއަށް މަސައްކަތް ކުރަން އިތުރު މީހަކު ގެންނަން ނޫޅޭތި.... ކަލޭ ކުޅޭނެހާ ކުޅިވަރަކާ މަށެއް ނުބެހެން....އެކަމަކު އަހަރެންގެ ކެތްތެރިކަން އިމްތިޙާން ކުރަން ނޫޅޭތި... " ކިޔާން ކުރިމަތީގައި ހުރި އަންހެން މީހާއަށް އިންޒާރުގެ ބެލުމަކުން ބަލައިލިއެވެ.

" ތިއީ ފެންވަރަކީ....އަހަރެން ލަދުގަނޭ ތިއީ އަހަރެންގެ ދަރިއެކޭ ބުނަން.. ތި ގޮތަށްތަ ދަރިން މައިންނާ ވާހަކަ ދައްކަނީ ....." ލައިގެން ހުރި ހެދުމަށް ދަމާލަމުން ކިޔާން ގެ މަންމަ ބުނެލީ ފަރުވާ ކުޑަ ރާގަކަށެވެ.

"އަހަރެންގެ މަންމައެއް ނޫން ތިއީ... އަހަރެންގެ މަންމަ އަކީ ތިހާ ދަށު ދަރަޖައިގެ މީހެއް ނޫން.. ދުނިޔެއަށް ކަލޭ އަހަރެންގެ މަންމައަށް ވިޔަސް އަހަންނަށް ތިއީ މަލީހާ... ނަމެއްގައި އަހަރެންގެ ބައްޕަގެ އަންހެނުން... އެ ފަކީރު އެ ހާލުގައި އުޅޭ އިރު އެ މުދާވެރި ކަމުގައި ކަލޭ ތިކުޅޭ ކުޅިގަނޑު އެނގޭނަމަ ހީވޭތަ ތިފާޑަށް އުޅެވޭނެހެން.... ދުވާލަކަށް ފިރިހެނެއް ގޮވައިގެން އުޅޭއިރު ކަލޭގެ އާއިލާއެއް އޮތްކަން އެނގޭތަ... ތިހާ ގޮތެއް ނެތް މީހެއް އަހަރެންގެ މަންމައަށް ދުވަހަކު ވެސް ނުވާނެ..... " ކިޔާންގެ މޫނު ރަތްވެގެން ދިޔައިރު އެއަޑުގައި މަޑު ތުރުތުރެއް އުފެދިފައިވެއެވެ.

" ބުނަންތަ ރަނގަޅު ވާހަކައެއް.... އަހަރެން ވެސް ކިޔާން އުޅޭ ގޮތަކާ ނުބެހެން. މަށަށް ވަރިހަމަ ކަލޭ ނެތަސް... އޭރު ވެސް ހިތަށް އެރި ގޮތަށް ކަލޭ ނުވިހަނީސް މަރާލެވުނު ނަމަ ކިހާ ރަނގަޅު... " މަލީހާގެ އަނގައިން ނިކުތް ތޫނު ޖުމުލަތަކާއެކު ކިޔާންގެ މޭގައި ރިއްސާލިއެވެ. އިތުރު އެއްޗެއް ނުބުނެ އެ ކޮޓަރިން އޭނާ ނުކުމެގެން ދިޔައީ މަލީހާ ބުނަމުން ދިޔަ ވާހަކަތައް އަޑުއަހަން ބޭނުން ނުވާތީއެވެ.

އޭރު އެ ހިތް ވަނީ ޝަކުވާއިން ފުރިފައެވެ. ލިފްޓުން ގޭގެ ތިންވަނަ ބުރިއަށް އެރުމަށް ފަހު ކިޔާން ހަމަޖެހިލިއެވެ. އަދި ޖީބުން ނެގި ތަޅުދަނޑިފަތިން ތަޅުދަނޑިއަކުން އެތަނުގެ ދޮރު ހުޅުވާލުމަށް ފަހު އެތެރެއަށް ވަނެވެ.

އެތަން ހީ ވަނީ ކުޑަވަރެއްގެ ހޮސްޕިޓަލެއް ހެންނެވެ. އެންމެ ކޮޓަރިއެއް ހުރި އިރު ސިޓިންގްރޫމް ވަނީ ހޮސްޕިޓަލުގައި ބަލިމީހުންނަށް ހާއްޞަ ކުރެވިފައިވާ ވޯޑެއް ފަދައިން ފަރުމާ ކުރެވިފައެވެ. ސިޓިންގްރޫމްގެ މެދުގައި ބެހެއްޓިފައިވާ އެނދުގައި މެޝިންތަކާ ގުޅާފައި އޮތް ފިރިހެން މީހާއަށް ބަލާލަމުން ކިޔާން ކައިރީގައި ހުރި ނަރުސް ކުއްޖާގެ ގާތުގައި ބަލިމީހާއާ ބެހޭ ގޮތުން ސުވާލު ކޮށްލިއެވެ. " ދެންމެ ޑޮކްޓަރ އެ ދިޔައީ... ޕޭޝަންޓްގެ ހާލަތު އަދިވެސް ހަމަ އެއްވަރެއްގައި.... " ނަރުސް ކުއްޖާގެ ވާހަކައިން ކިޔާންއަށް އިތުރު ހިތްދަތިކަމެއް ލިބުނެވެ.

" ބައްޕާ.. އަޅުގަނޑު ވަރަށް ހަނދާންވޭ... ބައްޕަ ރަނގަޅުވާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރަން... " ކިޔާން އޭނާގެ ބައްޕަގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ. ހިތުގައި ކިތަންމެ ޝަކުވާއެއް އޮތް ނަމަވެސް ބައްޕައަށް އަޑު ނީވޭނެކަން ކިޔާންއަށް އެނގެއެވެ.

މީގެ ދެ އަހަރު ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަޒީޒަށް ލިބުނު ގެއްލުންތަކާ ގުޅިގެން އަދިވެސް އޭނާ އެ އޮންނަނީ ކޯމާ އެއްގައެވެ. އިތުރު ފަރުވާއަށް ގިނަ ގައުމުތަކަށް ދެވުނު ނަމަވެސް ލިބެނީ އެއް ޖަވާބެކެވެ. އުއްމީދު ކަނޑައި ނުލިޔަސް މިއަދު ކިޔާން އަށް މަޖުބޫރު ވެފައި ވަނީ މިގޮތެވެ.

...ނުނިމޭ..

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!