ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

ކުއްލިއަކަށް ކްލާސްރޫމްގެ ދޮރު ހުޅުވާލުމަށް ފަހު ވަދެގެން އައީ ދެބައި އުމުރުގެ އަންހެނެކެވެ. އަތުގައި ފޮތްތަކެއް ހުރި އިރު އެއްކޮނޑުގައި ދަބަހެއް އޮތެވެ. ބަލާ ބެލުމަށް އެއީ ޓީޗަރެކެވެ. " މިސްގެ ބަދަލުގައި މިއަދު ކިޔާން ކިޔަވައިދެނީ ؟..".. މިސްގެ ސުވާލު އަމާޒުވީ ކޯޓު ފަޓުލޫނުގައި އިން ޒުވާނާ އަށެވެ.

" މިސް ލަސްވީމަ މިއަދު އަޅުގަނޑު ވަރަށް ރަނގަޅަށް ކިޔަވައިދީފިން... ދޯ ކައިރާ ..." ކިޔާން ލާނެތް ހިނިތުންވުމަކާ އެކު ކައިރާއަށް އެއް ލޯ މަރައިލިއެވެ. ވީގޮތް އެނގުމާއެކު ކައިރާއަށް އައި ރުޅީގައި ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެވުނެވެ.

އޭރު އެ ރީތި ދެލޯ ދިޔައީ ފެން ކަޅި ވަމުންނެވެ. ސްކޫލަށް އައި ފުރަތަމަ ދުވަހު ވެސް އެންމެންގެ މަލާމާތް އޭނާއަށް ރައްދުވުމުން ކިޔާންއާ މެދު ހިތުގައި ފޫހިކަން އުފެދިގެން ދިޔައެވެ.

އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އެނގުމުން ކައިރާ ގޮނޑީގައި މަޑުމަޑުން އިށީނެވެ. އޭރު ކިޔާން ވެސް އޭނާގެ ގޮނޑީގައި އިށީނދެއްޖެއެވެ.

" ދެވަނަ ޓަރމްގެ ފުރަތަމަ ދުވަސްވީމަ މިއަދު އޮންނާނެ ޚާއްސަ އެސެމްބްލީއެއް... އެހެންވީމަ ހުރިހާ ކުދިން ވެސް ދާންވީ އިނގޭ ހޯލަށް... މިއަދު ދިވެހި ގަޑިއެއް ނޯންނާނެ....".... ދިވެހި މިސް ހުރިހާ ކުދިންނަށް ބަލާލަމުން ބުނެލިއެވެ.

އެއާއެކު އެންމެން ވެސް ކްލާހުން ނުކުމެ މިސްރާބު ޖެހީ ހޯލަށެވެ. ކައިރާ ވެސް ހޯލަށް ވަދެ ތަންކޮޅެއް ފަހަތުގައި އިށީނެވެ. އޭނާ އިނީ މީހުން ބަލާތީ އުނދަގޫވެފައެވެ.

" ހައި...މިއީ އެލީ.... ކައި ކްލާސް ކުއްޖެއް..."... ކައިރާގެ ގާތުގައި އިށީންނަމުން ސަލާމަތް އަތް ދިއްކޮށްލި ކުއްޖާއަށް ކައިރާ ބަލައިލިއެވެ. އެހާ ގާތްކަމާ އެކު ވާހަކަ ދެއްކުމުން ކައިރާ ވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ސަލާމް ކޮށްލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލީޝާއާއި ކައިރާ ގާތް އެކުވެރިންނަށް ވެއްޖެއެވެ.

އެސެމްބްލީ ފެށިގެން ކުރިއަށް ދާން ފެށިއެވެ. އެކި މީހުންގެ ވާހަކަތަކަށް ފަހު ދެން އޮތީ ސްކޫލްގެ ވައިސް ކެޕްޓަން ދެވަނަ ޓާރމް އަށް ކަނޑައެޅިފައިވާ ކަންކަން ކުދިންނާ ހިއްސާ ކުރުމެވެ.

ކައިރާ އަށް ދެލޯ ބޮޑު ކޮށްލެވުނީ ޕޯޑިއަމް ކައިރީގައި ކިޔާން މަޑުކޮށްލުމުންނެވެ.

" މިއީތަ ވައިސް ކެޕްޓަން... ކެޕްޓަންއެއް ގައިގަ ހުންނަން ޖެހޭ ސިފައެއް ވެސް ހުރީ އެއް ނޫން... ".. ކައިރާ މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.

"އަސްލު ވެސް... އެލީ ވެސް ހިތަށް އަރައޭ... އެކަމަކު އަސްލު ކިޔާން ވަރަށް ކޫލް ވާނެ.. ކައި ވެސް ސަރއޭ ބުނީމަ އެހެން ވާނެ އެންނު.. ކިޔާން ވަރަށް ލާނެތް ވާނެ.. އެހާ ފޮނި ވެސް ވާނެ...އެންޑް ހީ އިޒް މިސްޓީރިއަސް ޓޫ.." .... އަލީޝާ އިނީ ބާރަށް ހެވިދާނެތީ އަނގަމަތީގައި އަތް އަޅައިގެންނެވެ. އަލީޝާ އަށް ރައްދު ނުދީ ކައިރާ މައްޗަށް ކަޅި ހިންގާލިއެވެ.

*********

ސްކޫލް ނިންމާލުމަށް ފަހު ގެއަށް އައި އިރު ވަރުބަލިވެފައި ހުރުމުން ކައިރާއަށް ނިދުނީއެވެ. އަރާމު ނިންޖަކަށް ފަހު އޭނާއަށް ހޭލެވުނީ އަސްރު ނަމާދުގެ ބަންގީގެ އަޑަށެވެ. ބަރު ވެފައިވާ އެސްފިޔަތައް ހުޅުވާލުމަށްފަހު ތެދުވެ ކައިރާ އިސްތަށިގަނޑު ރީތި ކޮށްލިއެވެ. އަދި ކުޑަ ގޮތަކަށް ފެންވަރާލުމަށް ފަހު ނަމާދު ކޮށްލިއެވެ.

ކައިރާ ކޮޓަރިން ނުކުތް އިރު ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ. ވާރޭގެ ޤުދުރަތީ މިއުޒިކަކީ އޭނާ އެންމެ ކުޑަ އިރުއްސުރެ ވެސް ނުހަނު ހިތްހަމަ ޖެހޭ އަޑެކެވެ. ވާރޭ ތިކިތަކުގެ ހިތްގައިމު އަޑުގެ ތެރެއިން ކައިރާއަށް ކުއްލިއަކަށް މަޑު ގިސްލުމެއްގެ އަޑު އިވެން ފެށިއެވެ.

*******

ތަނަވަސް ކޮޓަރިއެކެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނިގެން ދަނީ މުއްސަނދިކަމާއި ތިޔާގި ކަމެވެ. ފާރުތަކުގައި ހުދު ކުލަ ލައިފައި ހުރިއިރު ފަރުނީޗަރުތައް ވަނީ ކަޅު ކުލައިންނެވެ. ނަމަވެސް އެކޮޓަރިތެރޭގެ ތަރުތީބު ވަނީ ގެއްލިފައެވެ. އެކި ދިމާލަށް ބަލީސްތައް އުކައިފައި ހުރިއިރު ޑްރެސިންގް ޓޭބަލް މަތީގައި ހުރި ވަން މިލިއަން ސެންޓް ފުޅި ވެސް މުށިތަކުގެ މަތީގައި ތެޅިފައި އޮތެވެ.

މުޅި ކޮޓަރި ތެރޭގައި ވަނީ ވޭނީ ރުއިމެއްގެ އަޑެވެ. ކޮޓަރީގެ މެދުގައި ހުރި ކިންގް ސައިޒް އެނދުގައި މޫނު ފޮރުވައިގެން އިނީ ކިޔާން އެވެ. އިރުކޮޅަކުން ރުއިން ހުއްޓާލުމަށް ފަހު ކިޔާން ކައިރީގައި އޮތް ފޮޓޯ ފްރޭމަށް ބަލައިލިއެވެ. އޭރު އެ މޫނުމަތިން ފެންނަނީ ތަފާތު ކުލަވަރެކެވެ.

މީގެ އިރުކޮޅެއް ކުރިން ރޮމުން ދިޔަ ކިޔާންގެ މޫނުމަތިން މިހާރު ފެންނަމުން ދަނީ ނުރުހުންތެރި ކަމެވެ. " ޔޫ ވިލް ޕޭ ފޯ ދިސް އައިޝަތު މަލީހާ ފާއިޒް..".... ކިޔާން މަޑުމަޑުން ބުނެލިއިރު އެ ތޫނު ދެލޮލުން ފެންނަން ފެށީ ތަފާތު ވިދުވަރެކެވެ.

******

ކައިރާ ފިޔަވަޅު އަޅަން ފެށީ އާޝިޔާގެ ކޮޓަރިއާ ދިމާލަށެވެ. އޭރު ވެސް މަޑު ގިސްލުމެއްގެ އަޑު އިވެމުން ދިޔައެވެ. ކައިރާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އޭނާ އަށް ފުރަގަސްދީގެން އާޝިޔާ އިން އިރު އަތުގައި ދުވަސްވެފައިވާ ފޮތެއް އޮތެވެ. އެ ފޮތުގައި އާޝިޔާ ފިރުމާލަމުން ބޮސްދިނެވެ. އޭރުވެސް އޭނާ ދިޔައީ ރޮމުންނެވެ.

" މަންމާ.."... ކައިރާ އާޝިޔާ އަށް ގޮވާލިއެވެ. އެވަގުތު އާޝިޔާ ސިހިގެން ދިޔަކަން ކައިރާ އަށް ވަރަށް ރަނގަޅަށް ވެސް ފާހަގަ ވިއެވެ. ނަމަވެސް މޫނު ފޮހެލުމަށް ފަހު އާޝިޔާ ކައިރާއާ ކުރިމަތިލީ ހިނިތުންވުމާ އެކުގައެވެ.

" ދަރިފުޅު ހޭލީތަ ؟ މަންމަ ނަމާދު ކޮށްގެން ކުޑަކޮށް ކިޔަވާލަން އިނީ....".. އާޝިޔާ އޭނާގެ އަތުގައި އޮތް ފޮތް ކައިރީގައި އޮތް ބާލީސް ދަށަށް ލަމުން ތެދުވިއެވެ.

" މަންމަ ކީއްވެ ރޮނީ...."... ކައިރާ އާޝިޔާގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއިރު އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑު ވުމެވެ.

" މަންމަ ނުރޮމޭ ދަރިފުޅާ.... ދަރިފުޅަށް ހީވި ގޮތެއް ކަމަށް ވާނީ....ޓީވީގެ އަޑު ކަންނޭނގެ.... މަންމަ ވަރަށް ބަނޑުހައިވެއްޖެ... ދަރިފުޅާ އެކު ކާން ވެގެން މަޑުކޮށްގެން މި ހުންނަނީ......"... ފާޅުގައި އާޝިޔާ އިންކާރުކޮށް ވާހަކަ އޮޅުވާލުމުން ކައިރާ ހައިރާންވި ނަމަވެސް އިތުރު ސުވާލެއް ނުކުރިއެވެ. ނަމަވެސް އެ ހިތުގައި ސުވާލުތައް ފުނި ޖެހެމުން ދިޔައެވެ.

މަންމަ ހިތާމަ ކުރަނީ ކޮންކަމަކާ ބާވައެވެ ؟ ސަތާރަ އަހަރު ފާއިތުވެގެން ދިޔައިރު މަންމަގެ ފަރާތުން ނުފެންނަ ސިފައެއް މިއަދު ފެންނަންވީ ކީއްވެ ހެއްޔެވެ؟ މަންމަގެ މާޒީގައި ކަންކަން ހިނގައިފައި ވަނީ ކިހިނެއް ހެއްޔެވެ ؟ މަންމަ ހިތާމަ ކުރަނީ މާޒީގެ ސަބަބުން ހެއްޔެވެ؟ މިހުރިހާ ސުވާލުތަކެއް ވެސް ވީ ކައިރާގެ ހިތު ތެރޭގައެވެ. ދުލާ ހަމައަށް ގެންނަން ކިތަންމެ ބޭނުންވި ނަމަވެސް ދުލުގައި ތަޅެއް ލެވިފައިވާ ކަހަލައެވެ.

ވިސްނުމެއްގައި ހުރެ ކައިރާ ވެސް ކޮޓަރިން ނުކުމެ އާޝިޔާއާ އެކު ބަދިގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ކައިރާއަށް ކާން އިރު ވެސް އާޝިޔާގެ ފަރާތުން މާޔޫސްކަން ފެންނަމުން ދިޔައެވެ. ކިތަންމެ ވަރަކަށް އެ އިހްސާސްތައް ފޮރުވަން އާޝިޔާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ ހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. މަންމަގެ ހިތުގައިވާ ހައިޖާނު ނޭނގުނު ކަމުގައި ވިޔަސް މަންމައާ އިތުރު ސުވާލެއް ނުކޮށް ކައިރާވެސް މާހައުލަށް ވެރިވެފައިވާ އުދާސްކަން ކަނޑުވައިލެވޭތޯ އެކި އެކި ވާހަކަތައް އާޝިޔާއަށް ކިޔައިދޭން ފެށިއެވެ.

ނަމަވެސް އޭނަގެ ވިސްނުން ވެސް ދަތުރުކުރަމުން ދިޔައީ މާދުރަށެވެ. އާޝިޔާގެ ފަރާތުން ފެނުނު މަންޒަރު ތަކާއި އޭނާގެ ބައްޕައާ ގުޅުމެއް ވެދާނެބާއޭ ކައިރާގެ ހިތަށް އެރިއެވެ. އޭނާގެ ބައްޕައަކީ ކާކު ހެއްޔެވެ ؟ ބައްޕަ މަންމަ ދޫކޮށް ދިޔައީ ހެއްޔެވެ؟ ކައިރާގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން ނެތީ ކީއްވެ ހެއްޔެވެ؟ އެހެން ކުދިންނެކޭ އެއްގޮތަށް އޭނާ ވެސް ބައްޕައެއްގެ ލޯބި ހާދަ ބޭނުމެވެ. ކުޑަމިނުން ބައްޕައާ ބެހޭ މަޢުލޫމާތެއް ވެސް އެނގޭނެ ނަމަ ހިތަށް ކުޑަ ނަމަވެސް ތަސައްލީ އެއް ލިބުނީހެވެ.

އާޝިޔާ އެއްވެސް ވާހަކައެއް ކިޔައި ނުދޭނެކަން ކައިރާއަށް އެނގެއެވެ. ކުޑައިރު ބައްޕަ ހޯދަން ބޮޑާހާކައި ރޮއި ހެދުމުން މަންމަ އެވާހަކަތައް ނުދެއްކުމަށް ބުނެ ވާހަކަ އޮޅުވާލަނީއެވެ. އެހެންކަމުން ބޮޑުވަމުން އައި ވަރަކަށް ކައިރާއަށް ވެސް ކޮންމެވެސް ވަރަކަށް ވިސްނި އެ ސުވާލުތައް ކުރުން ހުއްޓާލިއެވެ. ނަމަވެސް އަނެއްކާ ވެސް މިއަދު އެ ހަނދާންތައް ހިތުގައި އާވެއްޖެއެވެ. ކޮންމެ ގޮތެއްވިޔަސް ކައިރާ އޭނަގެ މަންމަގެ ސިއްރު ހޯދާނެއެވެ. އާޝިޔާ އޭނާ އަށް ކިޔައިނުދިން މާޒީ އޭނާ ނިއުޅުވާނެއެވެ.

...ނުނިމޭ..

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!