ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Sosun Fihaara

މަންޒަރު ފުސްވަމުން ދިޔައިރު އޭނާގެ ގައިން ހަކަތަ ހުސްވަމުން ދިޔަކަން އާޝިޔާއަށް އިހްސާސް ވެގެން ދިޔައެވެ. އެވަގުތު އޭނާގެ ކަންފަތުގައި ކައިރާގެ ބާރު ހަޅޭކުގެ އަޑު ފަނޑުކޮށް އިވިގެން ދިޔައެވެ.

*****

މަޑުންމަޑުން އާޝިޔާ ދެލޯ ހުޅުވާލިއެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލުމުން ވަށައިގެން އޮތް މާހައުލު ސިފަވާން ފެށިއެވެ. އޭނާއަށް އޮވެވުނީ ހޮސްޕިޓަލުގައެވެ. ގާތުގައި އެނދުގައި ބޯ އަޅާލައިގެން ކައިރާ އިނެވެ. އޭނާ އަދިވެސް އިނީ ސްކޫލް ޔުނިފޯރމުގައެވެ.

އެވަގުތު އޭނާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ނާސިހް ވަތް އަޑަށް ކައިރާ ވެސް ތެދުވެ ގޮނޑީގައި ހަމަޖެހިލިއެވެ. އާޝިޔާ ލޯ ހުޅުވާލައިގެން އޮތްތަން ފެނިފައި ކައިރާ އާޝިޔާގެ އަތުގައި މަޑުމަޑުން ހިފާލުމަށް ފަހު އެ އަތުގައި ބޮސް ދިނެވެ. އޭރު އެ ދެމައިންގެ ދެލޯ ވެސް ވަނީ ފެންކަޅި ވެފައެވެ.

" ދަރިފުޅާ..މަންމައަށް މާފް.....".... އާޝިޔާއަށް ބުނެވުނީ އެ ވަރަށެވެ.

" ނޫން... މަންމަ މާފަށް އެދެން ޖެހޭ އެއްވެސް ސަބަބެއް ނެތް.... ކައިއަށް އެނގޭ ހުރިހާ އެއްޗެއް ވެސް... މަންމަ ކައިރިން މާފަށް އެދެންވީ ކައި.... މަންމަގެ އެއްޗެހީގެ ހުއްދަ ނެތި އަތްލީ ކައި.... އައިމް ސޮރީ މަންމާ.... " ކައިރާ އިސްޖަހައިލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށް ލުމަށްފަހު އޭނާއަށް ހަޤީޤަތް އެނގުނު ގޮތް އާޝިޔާއަށް ކިޔައިދިނެވެ.

" މަންމަ ދަރިފުޅު ދެކެ ރުޅިއެއް ނާދޭ.... މަންމަ ސިއްރު ކުރަން ޖެހޭ ވަރުގެ ވާހަކައެއް ނޫން އެއީ.... ދަރިފުޅަށް ކުރިން ކިޔައިދެވުނު ނަމަ މިދުވަސް ނައީސް....." އާޝިޔާއަށް އޭނާގެ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ.

" ދެން މިހާރު ހުރިހާ ކަމެއްވެސް ސާފެއްނު... ތިހާ އިމޯޝަނަލް ނުވޭ.... އަހަންނަށް ވެސް ރޮވިދާނެ.... " އާޝިޔާއާއި ކައިރާ ހެއްވާލުމުގެ ގޮތުން ނާސިހް ބުނެލިއެވެ. އޭނާގެ ބޭނުން ވެސް ފުދުނެވެ. 

" ޑޮކްޓަރ ބުނީ ގިނަ ދުވަސްތަކަށްކަށް ފަހު މާބަނޑު ވުމުން އާޝިޔާ އެހާ ފިޓް ނޫންކަމަށް... ވަރަށް ބޮޑަށް ސިއްހަތަށް ބަލައިގެން އުޅުމަށް... ވީހާ ވެސް ގިނައިން ބެޑް ރެސްޓް ނެގުމަށް... ކަންކަމުގައި އެހާ ގިނައިން ވިސްނާ ފިކުރު ނުކުރުމަށް.... "  ނާސިހް ފައްޗަކަށް ހުރިހާ ވާހަކަތަކެއް އަމުނައިލި އިރު އާޝިޔާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.

އެރޭގެ ވަގުތެއްގައި އާޝިޔާ ގެއަށް ބަދަލު ކުރެވުނެވެ.

" މަންމާ... ދެން ކައި ގޭގެ ހުރިހާ ކަމެއް ކުރާނީ ... މަންމަ ވާނެ ދެން ވަރަށް ރަނގަޅަށް ރެސްޓް ކުރަން...." ކައިރާ ހުރީ އާޝިޔާގެ ހިދުމަތުގައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭން ތައްޔާރަށެވެ.

" ދަރިފުޅު ކިހިނެތް ހުރިހާ ކަމެއް ކުރާނީ ސްކޫލަށް ދަމުން...." އާޝިޔާ ކަންބޮޑުވީ ދަރިފުޅުގެ ކިޔެވުމާ މެދުގައެވެ. އާޝިޔާ އެހެން ބުނުމުން ކައިރާގެ މޫނު މަތިން މާޔޫސްކަން ފެންނަމުން ދިޔައެވެ.

" އަޅުގަނޑު ސްކޫލަށް ދާން ނުޖެހޭނެ އެންނު ދެން ހަފްތާއަކަށް....." ހިތި ހިނިތުންވުމަކާ އެކު ކައިރާ ބުނެލިއިރު އެ ހިތަށް ފުން އަސަރެއް ކުރުވިއެވެ.

" ކައި... މަންމަ ދަރިފުޅަށް އިތުބާރު ކުރަން... މަންމަ ޤަބޫލު ކުރަން ދަރިފުޅު އެ ފަދަ ކަމެއް ނުކުރާނެކަމަށް... މަންމައަށް އެހެން ކަންތައް ކުރަން މަޖުބޫރުވީ... މަންމަ ކިހިނެތް ދަރިފުޅު ސަލާމަތް ކުރާނީ އެކަމުން... ދަރިފުޅު އެކަހަލަ ކަމެއް ނުކުރާނެއޭ ބުންޏަސް ކާކު ޤަބޫލު ކުރާނީ... ބުނާނެ މަންމަ ދަރިފުޅު ދޮންފުތު ކުރަނީ އޭ.... މަންމަ ވެސް ދުށިން އެ ސީސީޓިވީ ފުޓޭޖް.... މަންމައަށް ދަރިފުޅު ކިހިނެތް އޮޅޭނީ..... " އާޝިޔާ ހުރީ ކައިރާގެ ދިފާއުގައި އެއްޗެއް ނުބުނެވުމުން ދެރަވެފައެވެ.

" މަންމަ ދެރަނުވޭ... ހަޤީޤަތް ހާމަ ވާނެ ވަރަށް އަވަހަށް... އެކަން ކުރީ ކޮންމެ މީހަކަށް ވިޔަސް އަބަދު ފިލައިގެން ނޫޅޭވޭނެއެންނު....." ކައިރާގެ ހިތުގައި ޔަޤީންކަން އޮތެވެ.

******

އިރު ފެނުން މައްޗަށް ހިއްލާލުމާއެކު އޭގެ ނަލަ ދޯދިތައް ދުނިޔެއަށް ފެތުރިގަތެވެ. އެ ހިތްގައިމު ވަގުތުގެ އުފާ ހާސިލް ކުރަމުން އެކި ކޮޅުކޮޅު މައްޗަށް މީހުން ދުވަމުން ދިޔައެވެ. ބައެއް ސަރަހައްދުތަކުން ކަސްރަތު ކުރާ މީހުން ވެސް ފެންނަމުން ދިޔައެވެ.

ކަންފަތުގައި ހެޑްސެޓް ޖަހައިގެން ހުރެ ކިޔާން ދުވަމުން ދިޔައީ ބޮޑުތަކުރުފާނު މަގުން ސުނާމީ ބިނާ ސަރަހައްދާ ދިމާލަށެވެ. ބައެއް ދުވަސްތަކުގައި ދުވަން ދިޔުމަކީ ކިޔާންގެ އާދައެވެ. އޭނާއާ އެކު ޒެވިޔަން ވެސް އާންމުކޮށް ދެއެވެ.

ކިޔާންގެ ލޮލުގައި އަޅައިގަތީ އޭނާގެ ކުރިމަތިން ދުވަމުން އައި ކުއްޖެކެވެ. ބަލާބެލުމަށް ނަވާރަ ވަރަކަށް އަހަރުގެ އެ ޒުވާނާ ކޮންމެ ވެސް ތަނަކުން ފެނުނު ހަނދާން އޭނާ ވިއެވެ. އެ ޒުވާނާގެ ބުޅި އިސްތަށިގަނޑާއި އަޅިފެހި ކުލައަކަށްދާ ކަޅި ފެނުމުން ކިޔާން ހަނދާންވީ ކައިރާއެވެ.

އެ ޒުވާނާ އޭނާ ފަސްދީ ދިޔުމުން ކިޔާން ދުވެލި މަޑުޖައްސާލުމަށް ފަހު ފަސްއެނބުރި ބަލައިލިއެވެ. އެ ޒުވާނާގެ ހަޤީޤަތް އެނގެން ކިޔާންގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ.

*****

ގެއަށް އައިސް ކިޔާން ސްކޫލަށް ދާން ތައްޔާރު ވާން ފެށިއެވެ. ގަޑިޖެހެން އަދި ފުދޭވަރަކަށް ގިނަ ވަގުތު އޮތް ކަމުގައި ވިޔަސް ކިޔާން ބޭނުންވީ މިއަދު ތަންކޮޅެއް ކުރިން ސްކޫލަށް ދިޔުމަށެވެ. އޭނާ ނިންމަން ޖެހޭ މުހިއްމު ކަމެއް އެބައޮތެވެ.

ކައިރާއާ މެދު ނާއިންސާފުން ކަންތައް ވެގެން ދާތަން އެންމެ ދުވަހަކު ވެސް އިތުރަށް މަޑުކުރަން ކިޔާންގެ ޟަމީރު ދެކޮޅު ހެދިއެވެ. އޭނާއަށް ހަޤީޤަތް އެނގިހުރެ އެ ވާހަކަ ސިއްރު ކުރުމަކީ ކައިރާއަށް ދެވޭ އަނިޔާއެކެވެ.

ވިސްނުމެއްގައި ހުރެ ކިޔާން ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ކިޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާއަށް ފެންނަމަން ދިޔައީ ހަޤީޤަތް ކަމާމެދު ކިޔާންއަށް ޝައްކުވިއެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލަމުން ކިޔާން އަނެއްކާ ވެސް ބަލައިލިއެވެ.

އޭނާގެ ދެއަތް މުއްކެވިގެން ދިޔައިރު މީހާ ރުޅިން ތުރުތުރު އަޅަން ފެށިއެވެ. ދިގު ފިޔަވަޅު ތަކެއްގައި ސިޑި ހުރަސްކޮށް ކިޔާން ތިރިއަށް ފޭބިއެވެ.

އޭނާ ގޭގެ މައި ދޮރު ހުޅުވަން އަތްގަނޑުގައި ހިފާލިތަނުން ދޮރު ހުޅުވާލުމަށް ފަހު މަލީހާ ވަނެވެ. އޭރު އޭނާ ހުރީ ނިދަން ލާން ގެންގުޅޭ ސިލްކް ފޮތީގެ ދިގު ހެދުމެއްގައެވެ.

ކިޔާން ފެނުމުން އެ މޫނުން ހިނދުކޮޅަކަށް ސިހުންވެރިކަން ފެނުނަސް އަވަސް ފިޔަވަޅުތަކެއްގައި މައްޗަށް އަރައިގެން ދިޔައެވެ.

އޭރު އޭނާގެ ހިތް ބާރު މިނެއްގައި ތެޅެމުން ދިޔައެވެ. ކިޔާންއަށް ދެންމެ ވީ ކަންތައްތައް ފެނުނީ ކަމުގައި ހީކޮށް މަލިހާ ހުރީ ނުހަނު ބިރުގެންފައެވެ. އެ މަންޒަރު ކިޔާންއަށް ފެނުނު ނަމަ ވާނެ ގޮތް އަންދާޒާ ކުރަންވެސް މަލީހާއަށް ދައްޗެވެ. ނަމަވެސް ކިޔާން އެއްވެސް އެއްޗެކޭ ނުބުނުމުން ކިޔާންއަށް އެ މަންޒަރު ނުފެންނަނީ ކަމުގައި މަލީހާ އޭނާގެ ހިތަށް ވިސްނައިދިނެވެ.

މަލީހާ ދިޔުމާއެކު ކިޔާން ފައިން ބާރަށް ދޮރުޖަހައިލިއެވެ. އޭނާގެ ހިތުގައި ނުބައި ޝައްކުތަކެއް އުފެދިގެން ދިޔައެވެ. ނަމަވެސް ރުޅިއަށް ވުރެ ބުއްދި ބޭނުންކުރަން ކިޔާން ނިންމިއެވެ. އޭނާ ހީކުރި ވަރަށްވުރެ އަޒީޒަށް އޮތް ނުރައްކާ ބޮޑެވެ.

މިވަގުތު އޭނާ ރުޅި އިސްކޮށްފިނަމަ ބައްޕަގެ ފުރާނަ ސަލާމަތް ނުކުރެވޭނެކަން ކިޔާންއަށް ޔަޤީނެވެ.

ކިޔާން އިތުރު ވިސްނުމަކަށް ނުގޮސް އަޒީޒް އޮތް އެޕާރޓްމެންޓަށް ދިޔައެވެ. ދޮރު ހުޅުވާލުމަށް ފަހު އެތެރެއަށް ވަތްއިރު އަޒީޒް ގާތުގައި ހުރި ޑރ މީކާއިލް ފެނުމުން ކިޔާންގެ ލޭ ކެކިގެން ދިޔައެވެ. ގަދަކަމުން މަސްނޫޢީ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ކިޔާން ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ.

" ކިޔާން... އަޒީޒް ރަނގަޅުވާނެހެން ހިއެއް ނުވޭ ދެން... އެއްވެސް އުއްމީދެއް ނެތް...." ޑރ މީކާއިލް ކިޔާންގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ބުނެލީ މަޑުމޮޅިކަމާއެކުގައެވެ.

ކިޔާން ކޮނޑުމަތީގައި އޮތް އަތް ފޮޅުވާލަން ބޭނުންވި ނަމަވެސް ކެތްތެރިކަން އިޚްތިޔާރު ކުރިއެވެ. އޭނާއަށް އެ ގޮތަށް އިނދެވުނީ ހިނދުކޮޅަކަށެވެ. އަތުން ފައިން ގޯހެއް ހެދިދާނެތީ ކިޔާން އެތަނުން ނުކުމެގެން ދިޔައެވެ. އަދި އަޒީޒްއާ މެދު ފަރުވާތެރިވާން ބުނެ އޭޝްއަށް މެސެޖެއް ކޮށްލިއެވެ.

*****

ހެނދުނު ހޭލުމަށްފަހު ކައިރާ ވަނީ ބަދިގެއަށެވެ. މަންމަ ކައިރިން އަހައިގެން ފުށްގަނޑު މޮޑެން ދަސްކޮށް ކައިރާ ރޮށި ފިހަން މަސައްކަތް ކުރިއެވެ. ހީކުރި ވަރަށް ވުރެ އެ މަސައްކަތް އޭނާއަށް ފަސޭހަވުމުން ކައިރާ ހުރީ ހިތްހަމަ ޖެހިފައެވެ.

މޭޒު ކައިރީގައި ދަރިފުޅުގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އާޝިޔާ އިނީ ކައިރާއާ މެދު ފަޚުރުވެރިވެފައެވެ.

" ދަރިފުޅަށް މަންމަ ނެތަސް ހުރިހާ ކަމެއް އެކަނި ކުރެވޭ ވަރަށް ދަސްކުރަން ވާނެ... ކޮންމެވެސް ދުވަހަކުން ދަރިފުޅު ވެސް އަމިއްލަ ދިރިއުޅުމެއް ފަށާނެއެއްނު... އޭރުން ފިރިމީހާގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރެވޭ ވަރު ކުރަން ވާނެ.... " ... އާޝިޔާ ފިރިމީހާއޭ ބުނުމުން ކައިރާގެ ލޯކުރިމަތިން ކިޔާންގެ ސޫރަ ސިފަވެގެން ދިޔައެވެ.

" މަންމަ ދައްކާ ވާހަކަދޯ ދެން... ކައި ނޫޅެން މަންމަ ދޫކޮށްފަ ދާކަށެއް ... ދުވަހަކުވެސް.... މަންމަ އުޅޭނީ އަބަދުވެސް ކައިއާ އެކީގަ.... " .... ކައިރާ އާޝިޔާގެ ގައިގައި މަޑު މަޑުން ބައްދާލިއެވެ.

*****

ސްކޫލްގެ ސެޝަން ފެށިގެން ކުރިއަށް ދާން ފެށިއެވެ. ކްލާސް ތެރެއިން ކައިރާ ނެތުމުގެ ފަޅުކަން އެލީޝާ އާއި ކިޔާންއަށް އިންތިހާއަށް އިހްސާސް ވަމުން ދިޔައެވެ. އެތައް ފަހަރަކު ކިޔާން ކައިރާއަށް މެސެޖު ކުރަން ހިތަށް އެރިއެވެ. ނަމަވެސް އެ ދެމެދުގައި ލެވިފައި ވަނީ ބޯ ފާރެކެވެ. އިއްޔެ ޖެހުނު މައްސަލައަށް ފަހު ދެމީހުން ކުރެ އެކަކަށް ވެސް އިސްވެ ވާހަކަ ދައްކާކަށް ނުކެރުނެވެ.

" ކައި... އަރ ޔޫ އޯކޭ.... އައި މިސް ޔޫ ސޯ މަޗް..." ކިޔާން ފޯނު ނެގުމަށް ފަހު ކައިރާއަށް ފޮނުވަން މެސެޖެއް ލިޔެލިއެވެ. ދެފިކުރެއްގައި އިނދެފައި ކިޔާން މެސެޖް ފޮހެލުމަށް ފަހު ފޯނު ޖީބަށް ލިއެވެ.

އޭނާ އިންތިޒާރު ކުރަމުން ދިޔައީ އިންޓަރވަލް ގަޑި ޖެހޭނެ އިރަކަށެވެ. ނަބާގެ ދުލުން ހަޤީޤަތް ހާމަ ކުރުވުމަށް ކިޔާން ކުރެވުނު ހުރިހާ ކަމެއް ކުރާނެއެވެ.

*****

ނަބާ އެދުވަހު ސްކޫލަށް އައީ ކިޔާންގެ ކިބައިން ސަލާމަތް ނުވާނެކަން އެނގިހުރެއެވެ. ސްކޫލަށް ދާން ބޭނުން ނުވިޔަސް އޭނާއަށް އިތުރު ގޮތެއް ނެތެވެ.

އިންޓަރވަލް ގަޑި ޖެހުމާއެކު ކިޔާންއާއި ޒެވިޔަންގެ މިސްރާބު ހުރީ ނަބާގެ ކްލާހާ ދިމާލަށެވެ. އަވަސް ފިޔަވަޅު ތަކެއްގައި ކްލާހުން ނުކުންނަން އައި ނަބައި ޖެހުނީ އެދެމީހުންގެ ކުރިމަތީގައެވެ.

" އަހަރެން އިއްޔެ ބުނި ވާހަކަތައް ހަނދާން އެބަހުރި ދޯ....." ކިޔާން އެއް ބުމަ އަރުވާލަމުން ބުނެލިއިރު އެ ބެލުމުން އެކަނި ވެސް ނަބާއަށް ކުރި ނުލިބޭނެ ކަން ޔަޤީންވިއެވެ.

" ކިޔާން ކައިރާއާ މެދު ވިސްނާގޮތަށް ކީއްވެ އަހަންނާ މެދު ނުވިސްނަނީ... ކިޔާން ލޯބި ވަނީ އަހަރެން ދެކެ.... ޔޫ ޝުޑް ބީ އޮން މައި ސައިޑް...." ނަބާ ހިތުގައިވީ ޝަކުވާތައް ބޭރުކޮށްލިއެވެ.

" ބުނަން... ތީ މާ ކުރީގެ ވާހަކައެއް... ނައު ގޯ އެންޑް ޓެލް ދެޓް ޔޫ ޑިޑް އިޓް.... މާ ގިނައިން އަހަރެން ލައްވާ ބުނުވަން ނޫޅޭ.....!!!...." ކިޔާންގެ އިންޒާރާއެކު ނަބާ ލަސް ފިޔަވަޅު ތަކެއްގައި ކްލާހުން ނުކުމެގެން ހިނގައިގަތެވެ.

ނަމަވެސް ނަބާ އެއީ އޭނާ ކުރި ކަމެކޭ ބުނާނެ ބާވައެވެ؟

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!