ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Hajj Corporation

"އައި ލަވްޔޫ ކައި...." ކިޔާން ކުއްލިއަކަށް ބުނެލި ބަސްތަކުން ކައިރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

*****

ކައިރާ ހުރީ އެސްފިޔަ ޖަހާލަން ނޭނގިފައި ކިޔާންއަށް ބަލަހައްޓައިގެންނެވެ. ކިޔާންއަށް އޭނާގެ ހިތުގައި އޮތް އެއްޗެއް އެނގުނީބާއޭ ކައިރާގެ ހިތަށް އަރަމުން ދިޔައެވެ. އޭރު އެ މޫނަށް ވެރިވެފައި ވަނީ މަޑު ފިޔާތޮށި ކުލައެކެވެ. ކައިރާ މަޑުމަޑުން އިސްޖަހާލި އިރު ދެއަތް ދެއަތާ މޮޑެމުން ދިޔައެވެ.

ކިޔާން އިނީ ކައިރާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. މިފަހަރު ކައިރާގެ މޫނުން ފެންނަމުން ދިޔަ ކުލަވަރުން އޭނާގެ ޖަވާބު ކިޔާންއަށް އެނގުނެވެ. ނަމަވެސް ކައިރާގެ ދުލުން ޖަވާބު ލިބޭތޯ ކިޔާންގެ ހިތް ބޭޤަރާރު ވަމުން ދިޔައެވެ.

ބޯ އަރިކޮށްލަމުން ކިޔާން ކައިރާގެ މޫނަށް ބަލައިލިއެވެ.

" ދެން ކިޔާން ދޯ.........."..... ކައިރާ ކިޔާންގެ މޫނުގައި އަތް އަޅައި ދުރަށް ކޮށްޕާލިއެވެ.

" ހަހަ.. އޯކޭ.. އޯކޭ.. އެކަމަކު ކައިގެ ދުލުން ބުނާނެ ދުވަހަކަށް އިންތިޒާރު ކުރާނަން...." ކިޔާން ކައިރާގެ އަތުގައި މަޑުމަޑުން ހިފައިލަމުން ބުނެލީ ލޯބިން ފުރިގެންވީ އަޑަކުންނެވެ.

" ފައިނަލީ.... ކިހާ ދުވަހެއް މިވަނީ މަށާ ޒެވް ތިކަން ނުވެގެން އުޅޭތާ...." އެލީޝާ އިނީ ނުހަނު އުފާވެފައެވެ.

އޭނާ ބޭނުންވި ފަދައިން އެންމެ ފަހުން ކައިރާ އާއި ކިޔާން ވެސް ގުޅުނީއެވެ.

*****

ދުވަސްތައް ހަލުވިކަމާއެކު ފާއިތު ވަމުން ގޮސް ދެވަނަ ޓަރމްގެ ކިޔެވުން ނިމުމަކާ ކައިރިވެއްޖެއެވެ. ކިޔެވުމުގައި ބުރަކޮށް އުޅުނު ނަމަވެސް ހަފުތާއަކު ކޮންމެވެސް އެއް ދުވަހަކު ކިޔާން އާއި ކައިރާގެ އިތުރުން ޒެވިޔަން އާއި އެލީޝާ ވެސް އެކީގައި ބޭރަށް ނުކުމެލައެވެ.

ކިޔާން އާއި ކައިރާގެ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަވެ ދެމީހުންގެ ދިރިއުޅުމުގެ ހުރިހާ ވާހަކައެއް ވެސް އެކަކު އަނެކަކާ ހިއްސާ ކުރެއެވެ. ކިޔާންގެ އާއިލީ ސިއްރުތައް ކައިރާއަށް އެނގޭ ފަދައިން ކައިރާގެ ހުރިހާ ވާހަކައެއް ކިޔާންއަށް ވެސް އެނގެއެވެ.

ކައިރާ އޭނާގެ ބައްޕަގެ ވާހަކަ ކިޔައި ދިނުމުން ކިޔާންގެ ޚިޔާލަށް އައީ މީގެ މަސްތަކެއް ކުރިން ފެނުނު ޒުވާނާއެވެ. އެ ޒުވާނާއާއި ކައިރާއާ ގުޅުމެއް ވެދާނެއޭ ކިޔާންގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އޭނާ އެ ޒުވާނާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އޭނާގެ ހިތުގައި އުފެދުނު ޝައްކު ޔަޤީން ކުރާނީ ކިހިނެތް ހެއްޔެވެ؟

*****

އިމްތިޙާނުތައް ފެށެން ކައިރިވެފައި އޮތުމުން ކައިރާމެން ކޮންމެ ދުވަހަކުވެސް ގްރޫޕް ސްޓަޑީސްއަށް ކިޔާންމެން ގެއަށް ދެއެވެ. އެ ގޭގައި ޖާގަ ތަނަވަސްވުމުގެ ސަބަބުންނެވެ. އެގޮތަށް ދިޔުމުގެ ސަބަބުން މޭރީއާއި އެކުދިންނާ އުފެދިފައި ވަނީ ވެސް ވަރުގަދަ ގުޅުމެކެވެ.

މޭރީއަށް ކިޔާން އާއި ކައިރާގެ ގުޅުން ފާހަގަ ކުރެވުނު ކަމުގައި ވިޔަސް އެއްޗެކޭ ނުބުނެ ހުރީ ކައިރާ އެއީ ކިޔާންގެ ހަޔާތަށް ގެންނަން އެންމެ ރަނގަޅު ކުއްޖާއަށް ވާނެކަން އޭނާއަށް ޤަބޫލު ކުރެވޭތީއެވެ. އެ ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ކައިރާ ވަނީ މޭރީގެ ހިތުން ޖާގައެއް ހޯދާފައެވެ.

" ކިޔާން... ހިނގާބަ މިއަދު ކައިއަށް ކިޔާންގެ ބައްޕަ ދައްކާލަން.... ".... އެލީޝާ އާއި ޒެވިޔަން ދިޔުމުން ކައިރާ ކިޔާން ކައިރީގައި ބުނެލިއެވެ. ކައިރާ ކިތަންމެ ގިނައިން އެ ގެއަށް އައިސް އުޅުނަސް ކިޔާންގެ މަންމަ ނުދެކެއެވެ. ކިޔާން ހުރިހާ ވާހަކައެއް ކިޔައިދިން އިރުވެސް ދުވަހަކު ވެސް މަންމަގެ ވާހަކައެއް ކިޔައި ނުދެއެވެ. ކިޔާން އެވާހަކަ ނުދައްކާނީ ސަބަބެއް އޮތީމަކަން ކައިރާއަށް ވިސްނުނެވެ.

ކައިރާގެ އެދުމަށް ކިޔާން އޭނާ ގޮވައިގެން އަޒީޒްގެ އެޕާރޓްމެންޓަށް ދިޔައެވެ.

" ބައްޕާ... ވަރަށް ޚާއްސަ ކުއްޖަކު ބައްޕައާ ބައްދަލު ކުރަން އައިސް އެބަހުރި...."... ކިޔާން މަސްނޫޢީ ހިނިތުންވުމަކާއެކު ބުނެލިއެވެ. ކިޔާންގެ މޫނުން ފެނުނު ކުލަތަކުން ކައިރާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ބައްޕަ ނެތުމުގެ ފަޅުކަން ކައިރާއަށް ވެސް އެނގެއެވެ. އެހެންކަމުން ކިޔާން ކުރިމަތިލަމުންދާ ތަކުލީފުތައް ކައިރާއަށް އަންދާޒާ ކުރެވުމުން އެ ހިތުގައި ކިޔާންއަށް ޓަކައި ހަމްދަރުދީ އުފެދުނެވެ.

" ހީ ވިލް ބީ އޯކޭ ސޫން. އިންޝާ ﷲ...".... ކިޔާންގެ އަތްމަތީގައި ކައިރާ އޭނާގެ އަތް ބާއްވާލަމުން ބުނެލީ ހިތްވަރުދޭފަދަ ގޮތަކަށެވެ.

ކިޔާން ކައިރާގެ އުނގަނޑުގައި އަތް އަޅުވާލަމުން ކައިރިކޮށްލިއެވެ.

" ކައި ތިއީ އަހަރެންގެ ހަޔާތް އަލިކޮށްދޭން އައި ކުއްޖެއްކަން އެނގުނު ނަމަ އެދުވަހު ކައި ލައްވާ އައިސްކްރީމް ސާފް ނުކުރުވީމުސް...." ކިޔާން އެ ގަޑީގައި ވެސް ބެލީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ކައިރާ ރުޅި އަރުވާލެވޭތޯއެވެ.

" ހޫން..... އެ ދުވަހު ހިތަށް އެރި ކެންގެ މޫނަށް މޭޒުމަތީގައި ހުރި އައިސްކްރީމް ތަށި ޖަހަން ވެސް... އެކަމަކު ޓީޗަރު ކަމަށް ހީކޮސް ރެސްޕެކްޓް ކުރީ....."..... ކައިރާއަށް ވެސް އެދުވަހުގެ ހަނދާން ވުމުން ހެވުނެވެ.

އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ފަހު ކައިރާ އެނބުރި ގެއަށް ދިޔައީ ފަސްގަޑިބައި ވާން އުޅެނިކޮށެވެ.

" މަންމާ...." ގެއަށްވަދެ ފުރަތަމަ ވެސް ކައިރާ ގޮވާލީ އާޝިޔާއަށެވެ. ނަމަވެސް އާޝިޔާގެ ހަބަރެއް ނުވިއެވެ.

ކައިރާ މަޑުމަޑުން އާޝިޔާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އާޝިޔާ ނިދާފައި އޮތްތަން ފެނުމުންނެވެ. ކޮޓަރިއަށް ވަދެ ކައިރާ އާޝިޔާގެ ގައިމަތީގައި އޮތް ރަޖާ ރަނގަޅު ކޮށްދިނުމަށް ފަހު އާޝިޔާގެ ނިތް ކުރީގައި ބޮސް ދިނެވެ. އަދި އާޝިޔާގެ މަގަތުގައި އޮށޯވެ އޭނާގެ ގައިގައި ބައްދައިލިއެވެ.

ކިތަންމެ އުމުރުން ދޮށި ވިޔަސް ކައިރާ އަބަދުވެސް އޭނާގެ މަންމަގެ ލޯބި ބޭނުމެވެ.

ގިނަދުވަސް ތަކަކަށްފަހު މާބަނޑު ވުމުގެ ސަބަބުން އާޝިޔާއަށް ތަފާތު ގިނަ އުނދަގޫތަށް ކުރިމަތި ވަމުން ދިޔައެވެ. އަބަދުވެސް ބޯ އަނބުރައި ރަނގަޅަށް ނުކެވުމުގެ ސަބަބުން އެ ހަށިގަނޑުގައި ވަރެއް ނުހުރެއެވެ. ހަ މަސް ފުރިފައިވާ އާޝިޔާގެ ބަނޑު ނުހަނު ބޮޑުވެފައި މީހާ ވެސް ހުރީ ފުފިފައެވެ. އެހެންކަމުން ޑޮކްޓަރުގެ ލަފަޔާއެކު އާޝިޔާއަށް ނުރައްކާ ވެދާނެތީ އަބަދުވެސް އޮށޯވެ އޮވުމަށް އާޝިޔާ އިސްކަންދެއެވެ.

" ދޮންތިގެ ޝެލީ... ދެން އަވަހަށް އަންނަން އުޅޭ... މިހާރު ދޫނި އަންނާނެ އިރެއްގެ އިންތިޒާރުގައި ދޮންތި ހުންނަތާ ހާދަ ގިނަ ދުވަސްވެއްޖެއޭ.....".... ކައިރާ އާޝިޔާގެ ބަނޑުގައި ލޯބިން ފިރުމާލިއެވެ.

އާޝިޔާއަށް ހޭލެވުނު އިރު އޭނާގެ ގައިގައި ބައްދައިގެން ކައިރާ ނިދާފައި އޮތްތަން ފެނުމުން އެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިގެން ދިޔައެވެ. ދުވަހަކުވެސް ކައިރާ ބޮޑެއް ނުވާނެއެވެ. އެއި އަބަދުވެސް އޭނާގެ ކުޑަކުޑަ ދަރިފުޅެވެ.

****

ހުރަވީ އިންޓަރނޭޝަނަލް ސްކޫލްގެ ގޯތިތެރެ ވަނީ އެދުވަހު ބާއްވަން ހަމަޖެހިފައި އޮތް އިވެންޓަށް ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ދެވަނަ ސެމިސްޓަރގައި ބޭއްވުނު ހަރަކާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ޓަކައި އޮތް އެ ޖަލްސާ އަށް އެކި ވުޒާރާ ތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ދަރިވަރުން ހާޒިރު ވަމުން ދިޔައެވެ.

ކައިރާ އާއި އެލީޝާ ވެސް ތަންކޮޅެއް ކުރީ ސީޓެއްގައި ތިއްބެވެ. އެހެން އިން އިރު ވެސް ކިޔާން އާއި ކައިރާ ދިޔައީ މެސެޖު ކުރަމުންނެވެ. އެލީޝާ އިރުއިރުކޮޅާ ކައިރާއާ ދިމާކުރަމުން ދިޔައިރު ކައިރާ އިނީ ރުޅިގަދަ ވެފައެވެ.

ޖަލްސާ ފެށިގެން ކުރިޔަށް ދާންފެށިއެވެ. އެކި ވަނަތައް ހާސިލް ކުރަމުން ދިޔަ ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކުރެވުނު އިރު ކައިރާއަށް ވެސް ގިނަ މުބާރާތްތަކުން ވަނަ ލިބުނެވެ. ނަމަވެސް ކައިރާ އެންމެ އުފާވީ އޭނާއަށް އަދަބީ ހަފްތާގެ ތަރި ލިބުމުންނެވެ.

ނަބާ ސަސްޕެންޑް ކުރެވުނު ފަހުން ސްކޫލަކަށް ނާދެއެވެ. ހީވާ ގޮތުން އޭނާ ސްކޫލުން ކެނޑުނީއެވެ. ނަބާގެ ވާހަކަ ސްކޫލްތެރޭގައި އޭރު ގަދައަށް ދެކެވުނު ނަމަވެސް ފަހުން އެކަން ވެސް އެންމެންގެ ހަނދާނުން ފޮހެވިގެން ދިޔައީއެވެ.

ކައިރާ ހުރީ އޭނާއަށް އަދަބީ ހަފްތާގެ ތަރި ލިބުނު ކަމުގެ އުފާވެރި ހަބަރު މަންމައަށްދޭ ހިތުން ކެތްމަދު ވެފައެވެ.

ޖަލްސާ ނިމުމުން ކިޔާންމެން މަޑުކުރަން އެދުނު ނަމަވެސް ކައިރާ ބޭނުންވީ އަވަހަށް އާޝިޔާ ގާތަށް ދިޔުމަށެވެ.

އަވަސް ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކޮށް ކައިރާ މައްޗަށް އަރަމުން ދިޔައިރު އެ ތުންފަތުގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ.

ގެޔަށް ވަނުމާއެކު ކައިރާގެ ކަންފަތުގައި ހަރުލައިގެން ދިޔައީ އާޝިޔާގެ ރުއިމުގެ އަޑެވެ.

" މަންމާ....." ކައިރާ އާޝިޔާއަށް ގޮވަމުން ކޮޓަރީގެ ދޮރުގައި ތަޅަން ފެށިއެވެ. ދޮރު ތަޅުލާފައި ހުރުމުން ކައިރާއަށް ދޮރު ހުޅުވޭގޮތެއް ނުވިއެވެ.

ކުއްލިއަކަށް ގޭގެ ޑަބަލްތަޅުދަނޑި އޮތްތަން ކައިރާ ހަނދާންވިއެވެ. ދުވެފައި ގޮސް ތަޅުދަނޑި ހިފައިގެން އައިއިރު އޭނާއަށް ހުރީ ރޮވިފައެވެ. އަތް ތުރުތުރު އަޅަމުން ދިޔުމުގެ ސަބަބުން ތަޅު ހުޅުވަން ވެސް ކައިރާއަށް އުނދަގޫ ވިއެވެ.

އޭރު ވެސް އާޝިޔާގެ ވޭނީ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. އިރު އިރުކޮޅުން ކައިރާއާއި ނާސިހްގެ ނަން އާޝިޔާގެ ދުލުން ބޭރުވަމުން ދިޔައެވެ.

" މަންމާ....."....ކައިރާއަށް ބާރަށް ހަޅޭއްލަވައި ގެނުވުނީ އާޝިޔާގެ ހާލަތު ފެނިފައެވެ. ފާހާނާ ކައިރިއަށް އާޝިޔާ ވެއްޓިފައި އޮތް އިރު އޭނާ އޮތީ ބަނޑުވަތަށެވެ. އެ ބޮޑު ބަޑު އޭނާގެ ގައި ދަށުގައި އޮތް އިރު އެ ސަރަހައްދުގައި ލޭގެ ކޯރެއް ހެދިފައި އޮތެވެ.

" ކައިރާ.... އަހަރެންގެ ދަރިފުޅު....."... އާޝިޔާ އުނދަގުލުން ނަމަވެސް ބުނެލިއެވެ. އޭރު ކައިރާ ހުއްޓުމެއްނެތި ރޮމުން ދިޔައެވެ. އޭނާ ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ.

ކައިރާ އާޝިޔާ ނެގޭތޯ މަސައްކަތް ކުރަން ފެށިއެވެ. އެހާ ގިނަ އަދަދެއްގެ ލޭ ފެނިފައި ހުރީ ކައިރާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އޭރު އޭނާގެ މުޅި ޔުނިފޯރމްގައި ވެސް ލޭ ހޭކިފައި ހުއްޓެވެ.

ކައިރާގެ ރުއިމުގެ އަޑަށް އެގޭގެ ތިރީ ފްލޯރގައި އުޅޭ މީހުންވެސް މައްޗަށް އައެވެ. އެމީހުންގެ އެހީތެރިކަމާއެކު އާޝިޔާ ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާގެ ހެއެއް ނެތެވެ.

ކައިރާ ނާސިހްއަށް ގުޅުމަށް ފަހު ވީހާ ވެސް އަވަހަކަށް އައުމަށް ބުންޏެވެ. ރޮވޭ ވަރުން އޭނާއަށް ވާހަކަ ދެއްކުނީވެސް ނުހަނު އުނދަގުލުންނެވެ.

އާޝިޔާ ވިއްސާކޮޓަރިއަށް ވެއްދީއްސުރެ ކައިރާގެ ހިތްވަނީ އަވަސްވެފައެވެ. އޭރު އެލީޝާއާއި އޭނާގެ މަންމަވެސް ހޮސްޕިޓަލަށް އައިސްފިއެވެ. ކައިރާ ހަމައަކަށް އެޅުވޭތޯ އެލީޝާގެ މަންމަ މެހެރް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކައިރާގެ ރުއިން ހުއްޓުވޭ ގޮތެއް ނުވިއެވެ.

ކައިރާއަށް އަދިވެސް އާޝިޔާ އޮތްގޮތް ސިފަ ވަނީއެވެ. އޭނާއަށް އަވަސްކުރެވުނު ނަމައޭ ކައިރާގެ ހިތަށް އަރަމުން ދިޔައެވެ. އެ ޚިޔާލުތަކުން ކައިރާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ނަމަވެސް އާޝިޔާއާއި ކޮއްކޮ ސަލާމަތްކުރެއްވުމަށް އެދި ކެނޑިނޭޅި ހިތާއިހިތުން ދުޢާ ކުރަމުން ދިޔައެވެ.

ކައިރާ އިން ހާލު ފެނި އެލީޝާ ވެސް އިނީ ރޮވިފައެވެ. އޭނާއަށް ކިޔާންއާއި ޒެވިޔަން ކައިރީގައި ބުނަން ވެސް ހަނދާނެއް ނުވިއެވެ. އާޝިޔާއަށް ފަރުވާދެމުން ދިޔަތާ އެއް ގަޑިއިރު ފަހުން ޑޮކްޓަރު ނުކުތެވެ. ކައިރާ އަވަހަށް ދުވެފައި ޑޮކްޓަރުގެ ގާތަށް ދިޔައެވެ. ނަޝީލާއާއި އެލީޝާ ވެސް ކައިރާގެ ދެފަރާތުގައި ތިއްބެވެ.

" ސޮރީ... ވީ ކުޑުންޓް...." ޑޮކްޓަރަށް ބުނެވުނީ އެވަރަށެވެ. ކައިރާ ބަލަން ނުހުރެ އެ ޑޮކްޓަރު ކޮއްޕާލިއެވެ.

" އޭތް.... ދޮގު ނުހަދާ ހުރޭ... ދޭ... އަހަރެންގެ މަންމައާއި ޝެލީ ގެނޭ.... "... ކައިރާގެ ސިކުނޑި ވަގުތުން ސަކަރާތްވިއެވެ. އޭނާ ހިފަހައްޓާލުންވީ އުނދަގޫ ކަމަކަށެވެ.

އެލީޝާއާއި މެހެރް ވެސް ތިބީ ލިބުނު ހަބަރުން ހުއްޓުން އަރާފައެވެ.

އެ ވަގުތަކީ ނާސިހްއަށް ވެސް އެހިސާބަށް އާދެވުނު ވަގުތެވެ. ނާސިހްއަށް ވެސް ވީ މެހެރް އާއި އެލީޝާއަށްވީ ވަރެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ނާސިހްއަށް ވެސް ރޮވުނެވެ.

" މިގެއަށް އާ މެހެމާނަކު އަންނަނީ....."..... ނާސިހްގެ ކަންފަތުގައި ގުގުމާލީ އާޝިޔާގެ ފޮނި ބަސްތަކެވެ. އެ ދުވަހު އެ މޫނުގައިވީ ރީތި ހިނިތުންވުމެވެ. ނާސިހްގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔަ އިރު އެހިތް ކުދިކުދިވި އިހްސާސް ކުރެވުނެވެ.

ޑޮކްޓަރު ބުނިގޮތުގައި ކުއްޖާބޮޑުކަމުން ދިމާވި އުނދަގޫތަކުގެ ސަބަބުން ވިހެއުމުގެ ތެރޭގައި ކުއްޖާގެ ހާލު މާބޮޑަށް ދަށަށް ގޮސް ވިހޭއިރު ކުއްޖާ އޮތީ މަރުވެފައެވެ. އަދި އާޝިޔާގެ ހަށިގަނޑުން ލޭބޭރުވިލެއް ގިނަކަމުން އާޝިޔާގެ ހާލުވެސް ވަރަށް ސީރިއަސް ވިއެވެ. ޑޮކްޓަރުންނާއި ނަރުހުން އެމީހުންނަށް ކުރެވުނު މަސައްކަތެއް ކުރިއެވެ. ނަމަވެސް އެންއްމެ ފަހުން އާޝިޔާގެ ފުރާނަ ދިޔައީ އެމީހުންގެ ކުރިމަތީގައެވެ. އޭނާ މަރުވީ ހަށިގަނޑުން ލޭބޭރުވިލެއް ގިނަކަމުން ސިކުނޑިއަށް ޝޮކު ޖެހިގެންނެވެ.

ކައިރާއަށް އާޝިޔާ ފެނުމާއެކު އެ ހަށިގަނޑުގައި އޮޅުލައިގެން ރޯން ފެށިއެވެ. ނާސިހް ހުރީ ލިބުނު ޝޮކުގައި ހުއްޓުން އަރައިފައެވެ. މުޅި މީހާ ހުރީ ފާޑަކަށް ގަބުވެފައެވެ. އަނގައިން ބަހެއް ނުބުނާތާގައި ހަރަކާތެއް ވެސް ނުކޮށް އާޝިޔާގެ ހުދު ވެފައިވާ މޫނަށް ބަލަހައްޓައިގެން އެއިން ގޮތަށް އިނީއެވެ.

އާޝިޔާގެ އެ ކުއްލި ވަކިވުމާއެކު ކައިރާއަށް ބޮޑެތި އަސަރުތަކެއް ކުރުވިއެވެ. ގިނަފަހަރު ހަމައިގައި ނުހުންނަ އިރު ހަމަޖެހޭ ވަގުތު ތަކުގައި އޭނާ ކުރާހާ ވެސް ކަމަކީ ރުއިމެވެ. އޭނާ އިނީ ރޮމުންރޮމުން ގޮސް ހަލާކުވާވަރުވެފައެވެ. ކައިރާ ފެނުނު ކޮންމެ މީހެއްގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވަމުން ދިޔައެވެ.

ނާސިހް ވެސް އެ ގަބުވީ ގޮތަށް ހަރަކާތެއް ވެސް ނުކޮށް އިނދެފައި އެންމެ ފަހުން އަޑުން އަޑުނަގައި ރޯން ފެށީ ނާސިހްގެ ޢާއިލާ މީހުން އައުމުންނެވެ. އެމީހުން ފެނުމުން ކައިރާ ވެސް އަދި މާބޮޑަށް ދެރަވިއެވެ. ނާސިހްގެ މަންމަ ފެނުމާއެކު ދުވެފައި ގޮސް ގޮސް އޭނާގެ ގެ ގައިގައި ކައިރާ އޮޅުލައިގަތެވެ.

" ކައި... ހިތްވަރު ކުރޭ... ކޮންމެ މީހެއް ވެސް މަރުވާނެ... ".... ނަޝީލާ ކައިރާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއިރު އެ އަޑު ވެސް ވަނީ ކުރެހިފައެވެ.

އެންމެންގެ ހަމްދަރުދީގެ ބަސްތައް ލިބެން ފެށުމުން ކައިރާގެ ރުއިން އިތުރުވެގެން ދިޔައެވެ. ކެތްތެރިވާށޭ ކިޔައި އެމީހުން ކިތަންމެ ނަސޭހަތެއް ދިނަސް މިއަދު އޭނާ ކެތްކުރާނީ ކިހިނަކުން ހެއްޔެވެ؟ އެ ހިތްވަރު އޭނާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ މަންމައާ ނުލައި އޭނާ ދިރިއުޅޭނީ ކިހިނެތް ހެއްޔެވެ؟ މަންމަގެ އޯގާތެރި ފިރުމުންތައް އަބަދުގެ އަބަދަށް ނެތި ދިޔައީކަން އޭނާ ޤަބޫލުކުރާނީ ކިހިނެތް ހެއްޔެވެ؟ އާޝިޔާގެ ކުއްލި ވަކިވެދިޔުން ކައިރާގެ ހިތުގައި ފުން ޒަޚަމެއް އުފައްދައިފިއެވެ.

ކޮއްކޮއާއެކު އުފާވެރި ދިރިއުޅުމެއް އުޅެން ކުރެވުނު އުއްމީދުތައް ވެސް އެކުޑަކުޑަ ފުރާނައާއެކު ވަކިވެގެން ދިޔައީއެވެ. އުމުރަށް އެކަނި ކޮށްލާފައެވެ. އެ ތުއްތު ފުރާނަ ދުނިޔެއަށް އުފަންވާނެ ދުވަހަކަށް ކައިރާ ކިހާ އިންތިޒާރެއް ކުރި ހެއްޔެވެ؟ ލޯބިން އެ ކުއްޖާއަށް ކިޔާނެ ނަން ހޯދައި ހުރިހާ ކަމެއް ޕްލޭން ކުރިއެވެ. ނަމަވެސް މިއަދު ކައިރާ އެކަނި ވެއްޖެއެވެ. ލޯބިން ކައިރާގެ ކައިރީގައި އުޅޭކަށް އޭނާގެ ޝެލީއެއް ދެނެއް ނާންނާނެއެވެ. އެ ފުރާނަ މާ ދުރަށް ގޮސްފިއެވެ.

މަރުވެފައި އޮތްއިރު ވެސް ލޯބިކަމުން ކޮއްކޮ އުރާލައި މެޔާލައި ބޮނޑިކޮށްލާ ހިތް ކައިރާ ވިއެވެ. ދެންމެ ދެންމެ އެ ލޯބިގަނޑު ދެލޯ ހުޅުވާލެނެއޭ ހީވާކަހަލައެވެ. ލޯބި އަޑަކުން ރޯލާނެ ކަހަލައެވެ. ނަމަވެސް އެ ފުރާނަ އެ ވަނީ ހިމޭން ވެފައެވެ. އެންމެ ފަހަރަކު ވެސް އުރާލަން ނުލިބި އެ ކުޑަ ކޮއްކޮ ވަކިވެގެން ދިޔައީއެވެ. އަބަދާއިއަބަދަށެވެ. އެނބުރި އައުމެއް ނެތް ދުނިޔެއަށެވެ. ކައިރާގެ ހިތުގައި އެ ކުޑަ ހަށިގަނޑުގެ ތަސްވީރު ބިންވަޅު ނެގިގެން ދިޔައެވެ.

" ދޮންތިގެ ޝެލީ... މި ދުނިޔެއިން ކޮއްކޮއާއެކު އުޅެލަން ނުލިބުނަސް އެ ދުނިޔެއިން ލިބޭތޯ އަބަދުވެސް ދުޢާ ކުރާނަން..." އެ ތުއްތު ފުރާނައަށް ނަޒަރު ހުއްޓައިލައިގެން ހުރެ ކައިރާ ވާހަކަދައްކަމުން ދިޔައިރު ކަރުނައިގެ ތެރެއިން ވެސް ހިނިތުންވެލިއެވެ.

ފަހު ފަހަރަށް އާޝިޔާގެ މޫނު ބަލައިލަން ލިބުނު ވަގުތު ކައިރާގެ ހިތުގައި މީހަކު ހިފައި ބާރުކޮށްލި އިހްސާސް ކުރެވުނެވެ. އާޝިޔާގެ އޯގާތެރިކަން ދެނެއް އޭނާއަށް ނުލިބޭނެއެވެ. މަންމަގެ ރީތި ހިނިތުންވުމެއް ދެނެއް ނުފެންނާނެއެވެ. އޭނާ ދެރަވުމުން މަސަލަސް ކޮށްދޭން ކައިރީގައި ދެނެއް ނުހުންނާނެއެވެ. ލޯބިން ދަރިފުޅާއޭ ކިޔައި އަދި އެއްފަހަރު ގޮވާލާނޭ ނަމައެވެ. ރޮއެރޮއެ ކައިރާގެ ގައިން ހަކަތަ ހުސްވިއެވެ. އެ ލޮލުން ކަރުނަ ހުސްވާނެ ނަމަ ހުސްވާނެ ވަރަށް އޭނާ ރޮމުން ދިޔައީ އެ އަޑު އިވޭ ކޮންމެ ހިތެއްމެ ފިސްފިސްވާނެ ފަދަ ގޮތަކަށެވެ.

އާޝިޔާ އާއި އޭނާގެ ދަރިފުޅުގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. ކައިރާވެސް ހިތް ކުދި ކުދިވެފައިވާ ހާލު ޖަނާޒާގައި ބައިވެރިވިއެވެ. އެލީޝާ އެންމެ ހިނދުކޮޅަކަށް ވެސް ކައިރާ އެކަނިވިޔަ ނުދެއެވެ. ނަމަވެސް ފޫނުބެއްދޭނޭ ވަރުގެ ހުސްކަމެއް ވަނީ އޭނާ ވަށައިލާފައެވެ. ކަށުނަމާދު ކުރުމަށް ފަހު އާޝިޔާއާއި ކައިރާގެ ކޮއްކޮ އަބަދުގެ އަބަދަށް ޓަކައި ފަސްގަނޑުތެރޭގައި ވަޅުލެވިއްޖެއެވެ. ވެލީގެ ދާނުގައި އާޝިޔާއާއި ޝެލީ އުމުރަށް ބޭއްވުނީއެވެ.

ކިޔާންއާއި ޒެވިޔަންއަށް ޚަބަރު ލިބުނީ ހުރިހާ ކަމެއް ނިމުނު ފަހުންނެވެ. ކިޔާން ފެނުމާއެކު ކައިރާއަށް އޭނާގެ ގައިގައި އޮޅުލައިގެންފައި ރޯން ފެށުނީ ބޭއިޚްތިޔާރުގައެވެ. އޭރު ވަށައިގެންވީ އެއްވެސް ބައެއްގެ މަތިން އޭނާ ހަނދާނެއް ނެތެވެ. އެއަށް ވުރެ ބޮޑަށް އެ ހިތަށް ވަނީ އަސަރުކޮށްފައެވެ.

ދުވަހުގެ އިރުއޮއްސުނީ ކަޅުފޮއެ ރޭގަނޑެއްގެ އަނދިރިކަން ކައިރާގެ ހަޔާތަށް ވެރިކުރުވަމުންނެވެ. ފަޅުކަމާއި އެކަނިވެރިކަން އޭނާގެ ދިރިއުޅުމަށް މަރުޙަބާ ކިޔަމުންނެވެ.

..ނުނިމޭ..

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!