ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

ދުވަހުގެ އިރު އޮއްސުނީ ކަޅުފޮއެ ރޭގަނޑެއްގެ އަނދިރިކަން ކައިރާގެ ހަޔާތަށް ވެރިކުރުވަމުންނެވެ. ފަޅުކަމާއި އެކަނިވެރިކަން އޭނާގެ ދިރިއުޅުމަށް މަރުޙަބާ ކިޔަމުންނެވެ.

*****

ގެއަށް ވަނުމާއެކު އާޝިޔާގެ ހަނދާންތައް ކައިރާގެ ސިކުނޑިއަށް ވެރިވެގެން ދިޔައެވެ. ގޭތެރެއަށް ވެރިވެފައި ވަނީ އަނދިރިކަމާއި ފަޅުކަމެވެ. ކުރިއަށް ފިޔަވަޅެއް އަޅާނެހައި ހިތްވަރެއްވެ ސް ކައިރާގެ ގަޔަކު ނެތެވެ. އެއް ދިމާލަކަށް ބަލަހައްޓައިގެން ހުރިއިރު އޭނާ ހިލަ ބުދެއް ފަދައެވެ.

" ކައި... އާދޭ އިށީންނަން... އަދި މިއަދު އެއްވެސް އެއްޗެއް ނުކައި ތިހުންނަނީ...." މެހެރު ކައިރާގެ އެއްފަރާތުގައި ހުއްޓި ހުރެ ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އޭނާއަށް އަޑުނީވޭ ކަހަލައެވެ.

" އެލީ މަންމާ ... މަންމަ ހަމަ ދިޔައީތަ؟...." ކައިރާ ކުރެހިފައިވާ އަޑަކުން ބުނެލީ ކިރިޔާ މެހެރްއަށް އަޑުއިވޭ ވަރަށެވެ. އޭރު އޭނާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ކައިރާ ފާރުގައި ލެނގިލިއެވެ. ދެލޯ މަރައިގެން ކައިރާ ހުރިއިރު އެ ހިތަށް ކޮށްފައިވާ އަސަރު މެހެރްއަށް އަންދާޒާ ކޮށްލެވުނެވެ.

" އެލީ މަންމާ.. ޝެލީ ވެސް ކައި އާއެކީ އުޅެލަން އައިނަމަ... ޝެލީއަށް ހާދަ އިންތިޒާރު ކުރީމޭ.... އެކަމަކު ކީއްވެ؟ މަންމަ ކައި ދޫކޮށްލާފަ ދުވަހަކު ވެސް ނުދާނެ... ކައި ދެން ކިހިނެތް އުޅޭނީ.... މަންމަ އާއި ކޮއްކޮ ވަރަށް އެކަނިވާނެދޯ... މަންމަ އާއި ޝެލީއަށް ކާކު ކާން ދޭނީ... ނިދާނީ ކިހިނެތް...ކައި ވެސް ދާނީ މަންމަ ކައިރިއަށް.. ދެން މަންމަ.........” އެ ހުރި ގޮތަށް ހުރެ ކައިރާއަށް ބުނެވުނީ އެ ވަރަށެވެ.

އަޑުން އަޑު ނަގައި އޭނާ ރޮމުން ދިޔައިރު މެހެރްއަށް ކުރެވުނުހާ ވެސް ކަމަކީ ކަރުނަވީ ލޮލަކުން ބަލަހައްޓައިގެން ހުރުމެވެ. ކައިރާ ދައްކަމުން ދިޔަ ވާހަކަތަކުން އޭނާ ހުރީ ހަމަހޭގައި ނޫންކަން މެހެރްއަށް ވިސްނުނެވެ. އޭރު އެލީޝާ ވެސް ގެއަށް ދިޔައީ އިރުކޮޅަކުން އައުމަށެވެ.

ކިޔާން ވެސް ދިޔައީ މުހިއްމު ކަމަކު ދާން ޖެހިގެންނެވެ.

" ކައި... ދޭ ފެންވަރައިގެން ނަމާދު ކުރަން... މަންމަ އާއި ޝެލީ އިރާދަކުރެއްވިއްޔާ އެދިޔައީ މާ އުފާވެރި ދުނިޔެއަކަށް.. އެދެމައިންގެ ފުރާނައަށް ހެޔޮ ރަޙުމަތްލެއްވުން އެދި ދުޢާ ކުރޭ... އެއީ ދެން ކުރެވޭނެހާ ވެސް ކަމަކީ.....".... މެހެރް ކައިރާއަށް ހިތްވަރުދެމުން ދިޔައީ އޭނާ މަސަލަސް ކުރެވޭތޯއެވެ. ނަމަވެސް މެހެރްއަށް ވެސް ރޮވެމުން ދިޔައެވެ. ނުރޯން ހިތްވަރު ކުރި ނަމަވެސް ކައިރާ ފެނުމުން އެ ހިތަށް ވެސް އަސަރު ކުރިއެވެ.

ނާސިހް ވެސް ކަށުކަމާކެމީގެ ކަންތަކަށްފަހު ގެއަށް އައުމުގެ ބަދަލުގައި ދިޔައީ އޭނާގެ މަންމަގެ ގެއަށެވެ. ކައިރާއާ ކުރިމަތިލުމުގެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ވަކިވެގެން އެ ދިޔައީ އޭނާގެ ލޯބިވާ އަންހެނުންނެވެ. އަލަތު ދަރިފުޅެވެ. އެ ތުއްތު ދަރިފުޅާއެކު އުފާވެރި ވަގުތުކޮޅެއް ވެސް ހޭދަކޮށްލާނެ ފުރުސަތު ނުލިބި އެ ދިޔައީއެވެ.

******

މެހެރްގެ ބަސް ޤަބޫލުކޮށް ކައިރާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. ނަމަވެސް ފާހާނާއަށް ވަނުމުގެ ބަދަލުގައި ކައިރާ އެނދުގައި އޮށޯވެލިއެވެ. ކޮޓަރިތެރޭގައި ހިފައިފައި ވަނީ މަޑު ގިސްލުމެކެވެ.

އޭނާ އެ ދުވަހު ގެޔަށް އައީ ހާދަ ފޮނި އުއްމީދަކާ އެކުގައެވެ. އާޝިޔާއަށް އުފާވެރި ޚަބަރެއް ދޭން ކެތްމަދުވެފައި ހުރި ހާލުގައެވެ. ނަމަވެސް ކަންތައްތައް ވީ އޭނާ އުއްމީދު ވެސް ފަދަ ކުރިގޮތަކަށް ނޫނެވެ. އެންމެ ފަހުން ރޭ އާޝިޔާގެ ގައިގައި ބައްދައިގެން އޮވެ ނިދި ހަނދާން ވުމުން ކައިރާއަށް ބާރަށް ރޮވެން ފެށުނެވެ. އެއީ މަންމަގެ ގައިގައި ބައްދާލައިގެން ނިދާލެވޭނެ އެންމެ ފަހު ފަހަރުކަން އެނގުނު ނަމައެވެ. އެހެންވީ ނަމަ އާޝިޔާގެ ގައިން އޭނާ ދޫނުކުރީހެވެ.

ރޮއެ ރޮއެ ވަރުބަލިވެގެން އެންމެ ފަހުން ކައިރާއަށް ނިދުނީއެވެ. ނިދީގައި އޮތްއިރު  ވެސް އޭނާ ދިޔައީ ގިސްލަމުންނެވެ.

ކައިރާގެ ޚަބަރެއް ނުވުމުން މެހެރް ކޮޓަރިއަށް ވަަންއިރު އޭނާ ނިދާފައި އޮތްތަން ފެނުމުން މެހެރް ބަދިގެއަށް ވަދެ ކާއެއްޗެއް ތައްޔާރުކޮށްލިއެވެ. ކައިރާއަކީ އޭނާއަށް ވެސް ދަރިއެއް ފަދަ ކުއްޖެކެވެ. ކައިރާއަށް ކޮށްފައި އަސަރުން މެހެރް ވެސް ހުރީ ނުހަނު ދެރަވެފައެވެ.

*****

މޭރީއަށް ކިޔާންގެ މޫނުން އެހެން ދުވަސްދުވަހު ނުހުންނަ ފަދަ މޮޅިވެރިކަމެއް ފާހަގަ ކުރެވުނެވެ. އެއް ފަހަރު ކިޔާން ރޯތަން ވެސް މިހާރު އޭނާއަށް ފެނިއްޖެއެވެ. ކިޔާންއަށް އެ އައި ކުއްލި ބަދަލާ ގުޅޭ ގޮތުން މޭރީ ހުރީ ކަންބޮޑުވެފައެވެ.

" ކިޔާން... ވަޓް އިޒް ރޯންގް....؟.... މޭރީ އެންމެ ފަހުން ސުވާލުކޮށްލިއެވެ. ކިޔާން ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު އެ ހާދިސާ ކިޔައިދިނުމުން މޭރީގެ ހިތުގައި ވެސް ކައިރާއަށް ހަމްދަރުދީ އުފެދުނެވެ.

" ހިނގާ ކައި ގާތަށް ދާން.... ވަރަށް އެކަނިވާނެ....".... މޭރީ ހުރީ ދެލޯ ފެންކަޅިވެފައެވެ. ކައިރާއަށް ހިތާމައެއް ކުރިމަތިވުމުން އެންމެ ކައިރީގައި ވުމަށް މޭރީ ވެސް ބޭނުންވިއެވެ.

" އަހަރެން ވެސް ހިތަށް އަރާ އެހެން މީހުން ގޮތަށް އަހަންނަށް ވެސް މަންމަގެ ލޯބި ލިބޭނެ ނަމައޭ.... ހުރިހާ އެއްޗެއް ލިބިފައި ވެސް އެއީ އަހަންނަށް ހަމައެކަނި ނުލިބުނު އެއްޗަކީ.... ކިހާ ނަސީބު ދެރަ..... " ކިޔާން ވާހަކަ ނިންމާލިއިރު އެ ތުންފަތުގައި ވީ ހިތި ހިނިތުންވުމެކެވެ.

ސޯފާއިން ތެދުވެގެން ގޮސް ކިޔާން ހުއްޓިލީ ފާރު ފޮރުވަން ދަމާފައިހުރި ފޮތިގަނޑު ކައިރީގައެވެ. ފޮތިގަނޑު ނުކަހާނެހެން އިރުކޮޅަކަށް ހީވި ނަމަވެސް ކިޔާން މަޑު މަޑުން ފޮތިގަނޑު ކަހައިލިއެވެ.

ކިޔާން ވަކިވަކިން ކޮންމެ ފްރޭމަކަށްވެ ސް ބަލައިލިއެވެ. އެއީ އޭނާގެ ކުޑަ އާއިލާއެވެ. އޭނާގެ ލޯބިވާ މަންމައާއި ބައްޕައެވެ. ނުހަނު ފުރިހަމައެވެ. ފޮޓޯގައި އެންމެންގެ ތުންފަތުގައި ވެސް ވީ ރީތި ހިނިތުންވުމެކެވެ. ފެންނަނީ އުފާވެރި އާއިލާއެކެވެ. ނަމަވެސް ކިޔާންއަށް އެފޮޓޯތައް ފެންނަ ކޮންމެ ފަހަރަކު ލިބެނީ ވޭނާއި ހިތްދަތިކަމެވެ.

އަޒީޒްގެ އެކްސިޑެންޓަށް ފަހު އެ ފޮޓޯތައް ފޮރުވާފައި ބަހައްޓަން އޭނާ ނިންމީ އެހެންވެއެވެ. އެ ފޮޓޯތަކުން އޭނާއަށް ހަނދާން ކޮށްދެނީ މަލީހާގެ ފަރާތުން ނުލިބޭ ލޯތްބެވެ. އަޒީޒްގެ ހާލަތެވެ. އޭނާގެ މަޖުބޫރީއެވެ. ފޮޓޯތަކަށް ބަލަހައްޓައިގެން ޚިޔާލުތަކަށް ގެއްލިފައި ހުރި ކިޔާން އަށް ބޭއިޚްތިޔާރުގައި ރޮވުނެވެ.

ކިޔާންއަށް ހަމަހޭވެރިކަން ވީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ. އަވަސް އަވަހަށް މޫނު ފޮހެލުމަށް ފަހު ކުރިން ވެސް ފޮތިގަނޑު ހުރި ގޮތަށް ހަދާލުމަށްފަހު ކިޔާން ފަސްއެނބުރި ބަލައިލިއެވެ. އޭރު ގެއަށް އައިސް ވަން މަލީހާ އޭނާގެ ލޮލުގައި އަޅައިގަތެވެ.

ކިޔާން ފެނުމާއެކު މަލީހާގެ ތަބީއަތު ގޯސްވިއެވެ. މޫނު ކުނިކޮށްލުމަށް ފަހު އޭނާ މައްޗަށް އަރައިގެން ދިޔައީ ކިޔާން އެއީ އެތާ ހުރި މީހެއްކަމަށް ވެސް ހަދައިނުލައެވެ.

މަލީހާގެ އެ ދުރުކަން ފެނި ކިޔާންގެ ހިތަށް އަސަރުކުރިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނާގެ މަންމައެވެ. މަލީހާގެ އުޅުން ހުންނަ ގޮތުން ކިތަންމެ ހިތްހަމަ ނުޖެހުނަސް ދުވަހަކުވެސް މަލީހާއަށް ދެވިފައިވާ ޤަދަރާއި މާތްކަން އެ ހިތުގައި ފަނޑެއް ނުވާނެއެވެ

*****

ކާމޭޒުދޮށުގައި ފުން ވިސްނުމަކަށް ގެއްލިފައި ހައިކަލް އިނެވެ. ތައްޓަށް ކާ އެއްޗެހި އެޅި ނަމަވެސް އޭނާ އިނީ ކާހިތް ނުވެފައެވެ. ނޭނގޭ ސަބަބަކާ ހުރެ އޭނާއަށް އުނދަގޫވަމުން ދިޔައެވެ. އާޝިޔާގެ ހަނދާން އާވަނީއެވެ. އެ ދުވަސްތައް އޭނާގެ ސިކުނޑިގައި ތަކުރާރު ވަނީއެވެ. އާޝިޔާއާ ބައްދަލު ކުރަން ބޭނުންވަނީއެވެ. ހައިކަލް އާޝިޔާއަށް ކިޔައިދޭން ބޭނުންވާ ހާދަހާ ގިނަ ވާހަކަތަކެއް އެބަހުއްޓެވެ.

ނަމަވެސް އޭނާ އާޝިޔާ ހޯދާނީ ކިހިނެތް ހެއްޔެވެ؟..... މިވީ 17 އަހަރު ތެރޭގައި އާޝިޔާ ފެނޭތޯ އޭނާއަށް  ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއެވެ.

" ބައްޕާ.... ކިހިނެތް ވެފަ.... ؟...." ހައިކަލް ކާން ނުފަށާ އިނުމުން އިޝާން އިނީ ކަންބޮޑުވެފައެވެ. އޭނާގެ ބައްޕަ ފިކުރު ކުރަނީ ކޮން ކަމަކާ ކަން އިޝާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ހައިކަލް ކުރާ ހިތާމަ އެންމެ ގާތުން ފެންނަނީ އިޝާންއަށެވެ. ބައްޕަގެ ހާލާމެދު އިޝާން ހަމްދަރުދީ ވެއެވެ. ނަމަވެސް އޭނާއަށް ވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

" ކަމެއް ނުވޭ ދަރިފުޅާ... ބައްޕައަށް އުނދަގޫ ވަނީ... ކާހިތެއް ނުވޭ.... ދެރަ ވަނީ... ރޯން ބޭނުން ވަނީ... ވަރަށް ހުސް އިހްސާސެއް ކުރެވެނީ.... ބައްޕައަށް ނޭނގެ ދެން.... ".... ހައިކަލްގެ ވާހަކަތަކުން ވެސް އޭނާ ގޮތް ހުސްވެފައިވާ ވަރު އިޝާންއަށް އެނގުނެވެ.

" ދެރަނުވޭ ބައްޕާ.... ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ.... ވީ ވިލް ފައިންޑް ދެމް ވެރީ ސޫން.. އިންޝާﷲ....."..... އިޝާން ހައިކަލް އަތްމަތީގައި އަތް ބާއްވާލިއެވެ.

އޭނާ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. ކައިރާއާއި އާޝިޔާ ހޯދުމަށެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެކަން އިޝާންއަށް އެނގޭނެ ނަމައެވެ.

*****

ކައިރާއަށް ސިހިފައި ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. އޭރު މުޅި ކޮޓަރިތެރެއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. ރޭގައި ނިދީ އާޝިޔާގެ ގައިގައި ބައްދައިގެން އޮވެކަން ހަނދާން ވުމުން ކައިރާ އެ އަނދިރީގެ ތެރެއިން ކައިރީގައި އަތްޖައްސައިލީ އާޝިޔާ އޮތްތޯ ބެލުމަށެވެ. ނަމަވެސް އާޝިޔާ ނެތްކަން ޔަޤީންވުމުން ކައިރާ ދެންމެ ފެނުނު ހުވަފެނާމެދު ވިސްނާލިއެވެ. އާޝިޔާ އާއި ކޮއްކޮގެ ވަކިވެދިޔުން އެ ހުވަފެނުގައި ފެނުނު އިރު ހަޤީޤަތަކާ ނުހަނު ވައްތަރެވެ. އެއީ ބިރުވެރި ހުވަފެނެއްކަން ހިތަށް ވިސްނައިދެމުން ކައިރާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. 

" މަންމާ....." ކޮޓަރީގެ ދޮރު ހުޅުވާލަމުން ކައިރާ ބާރަށް ގޮވާލީ އާޝިޔާ އަށެވެ. އަތުން އިސްތަށިގަނޑު ރަނގަޅުކުރަމުން ބޭރަށް ނުކުތް ކައިރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ސޯފާގައި އިން އާޝިޔާ ފެނުމުންނެވެ. ދިގު ފިޔަވަޅުތަކެއްގައި ކައިރާ ގޮސް އާޝިޔާގެ ގައިގައި ބައްދައިގަތެވެ.

..ނުނިމޭ..

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!