ވާހަކަ

ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

"ދަރިފުޅާ ! ކައި ! ދަރިފުޅާ... ދެން ތެދުވޭ.. މިހާރު އެއޮތް ގަޑި ޖެހެނީ އޭ ! "... ކައިރާގެ މަންމަ އާޝިޔާ އޭނާގެ ދަރިފުޅަށް ގޮވަމުން ދިޔައީ ސްކޫލަށް ދާން ވަގުތު ކައިރިވަމުން ދާތީއެވެ.

Ads by STELCO

" މަންމާ މި ތެދުވަނީ އޭ..... ހަމަ އެންމެ 5 މިނިޓް...." ކައިރާ ކަންނެތް އަޑަކުން ބުނެލުމަށް ފަހު އަނެއްކާވެސް ކައިރީގައި އޮތް ބާލީހުގައި ބައްދާލިއެވެ.

" ދެން 5 މިނިޓެއް ނޯންނާނެ...މިހާރު ކޮން އިރެއް 5 މިނިޓް ކިޔާތާ.. އެންމެ ފުރަތަމަ ސްކޫލަށްދާ ދުވަހު ގަޑިޖެހިގެން ދިޔައިމަ ޓީޗަރުން ކީކޭ ހިތަށް އަރާނެ...." އާޝިޔާ ކައިރާގެ އަތުގައި ހިފާ ދަމާފައި އެނދުން ވައްޓާލިއެވެ.

" މިދަނީ!...މިދަނީ...! " ބިންމަތިން ތެދުވެގެން ފާހާނާއަށް ވަދެ ކައިރާ ދޮރު ތަޅުލިއެވެ. އާޝިޔާ ދެފަރާތަށް ބޯހޫރާލަމުން ހީލިއެވެ. އެއަށްފަހު ނުކުމެގެން ދިޔައީ ކައިރާ ކައިރީގައި އަވަސް ކުރުމަށް ބުނެފައެވެ.

އަވަސް އަވަހަށް ރީތި ވެލައިގެން ކައިރާ ނިކުތް އިރު އާޝިޔާ އިނީ އޭނާގެ އިންތިޒާރުގައި ސައި ތައްޔާރުކޮށްގެންނެވެ. އެއް އަތުން ބޫޓު ހެޔޮވަރު ކުރަމުން ކައިރާ މޭޒުމަތީގައި ހުރި ފެންތަށި އެއް ފަހަރުން ހުސްކޮށްލުމަށް ފަހު ތެދުވިއެވެ.

" މަންމާ ދެން މިއަދު ސައި ބޮވޭކަށް ނެތް. ގަޑި ޖެހިދާނެ.. އަދި އަޅުގަނޑަކަށް ނޭނގެ މާލޭގެ މަގުތަކެއް ވެސް... ސްކޫލް ހުންނަ ތަނެއް ވެސް... ޓެކްސީ އަކަށް ގުޅައިގެން ދާން ޖެހޭނީ ވެސް...." ކައިރާ އާޝިޔާއަށް އެއްޗެކޭ ނުބުނެވެނީސް ބުނެލިއެވެ. އަދި ގެއިން ނުކުންނަން ހިނގައިގަތެވެ.

" ދަރިފުޅާ.... ބަސް އަހައިގެން ކިޔަވާތި... ދަރިފުޅު އޭ ލެވެލް ކިޔަވަންދާ މަޤްސަދު ހަނދާން ނައްތައިނުލާތި... ".. އާޝިޔާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ގައިގައި ލޯބިން ބައްދާލިއެވެ.

**************

ޓެކްސީގައި އިން ކައިރާގެ އަތްފައި ފިނިވަމުން ދިޔައެވެ. ރަށުން ފުރަތަމަ ޓާރމްގައި ކިޔެވުމަށް ފަހު މާލެ ބަދަލުވީ އޭނާގެ ދޮންބައްޕަގެ ވަޒީފާ ކައިރި ރިސޯޓަކުން ހަމަޖެހުމުންނެވެ.

ދުވަހަކު ވެސް މާލެ އައިސްފައި ނުވުމުން ކައިރާއަށް މިއީ މުޅިން އާ މާހައުލެކެވެ. އެކުވެރިއެއް ނެތުމުން އެކަމުގެ ފަޅުކަން އިންތިހާއަށް އިޙްސާސް ވަމުން ދިޔައެވެ. ކައިރާއަށް ޚިޔާލުތަކުން ބޭރު ވެވުނީ އުސް އިމާރާތެއްގެ ކުރި މައްޗަށް ޓެކްސީ މަޑުކޮށްލުމުންނެވެ. ޑްރައިވަރު އަތަށް ރުފިޔާ ދިނުމަށްފަހު ދަބަހުގެ ވާގަނޑު ރަނގަޅުކުރަމުން ކައިރާ އޭނާގެ ކުރިމަތިން ފެންނަން ހުރި އިމާރާތަށް ބަލައިލިއެވެ.

" ހުރަވީ އިންޓަރނޭޝަނަލް ހައި ސްކޫލް....".. ކައިރާ ބޭރުގައި ބޮޑު އަކުރުން ލިޔެފައިވާ ނަން ބޯޑު ކިޔައިލިއެވެ. އެއަށްފަހު ފުން ނޭވާއެއް ދޫ ކޮށްލަމުން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ސްކޫލަށް ވަނުމަށްފަހު ފެންނަން އޮތް ވޯކް ވޭ އިން ކައިރާ ކުރިއަށް ދާން ފެށިއެވެ. ވަކި ހިސާބަކަށް ދެވުމުން ފެނުނީ ދެފަރާތަށްވާ ގޮތަށް އޮތް ދެ ވޯކް ވޭ އެވެ. ދާންވީ ކޮޅެއް ނޭނގިފައި ކައިރާއަށް ހުރެވުނީ ނުތަނަވަސް ވެފައެވެ. އެހެން ހުއްޓާ ކުރިމަތީގައި ހުރި ކްލާސްރޫމެއްގެ ދޮރު ހުޅުވިގެން ދިޔައެވެ. ކްލާހުން ނުކުމެގެން އައީ ހަމުގެ ކުލަ އަލި ބުޅި އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ.

ޖެހިލުންވި ނަމަވެސް 11 އީ ކްލާސް ހުންނަ ތަން ކައިރާ އެކުއްޖާ ކައިރިން އެހިއެވެ. ކިޔައިދިން ގޮތް ރަނގަޅަށް އޮޅުން ނުފިލި ނަމަވެސް ހީވާ ގޮތަށް ކައިރާ ކަނާތްފަރާތުގައި އޮތް ވޯކް ވޭއިން ކުރިއަށް ދިޔައެވެ. އެކުއްޖާ ބުނި ކޮރިޑޯ ފެނުމުން ހިތަށް ލިބުނު ހަމަޖެހުމާ އެކު ހިނގުން ކުރިއަށްވުރެ ބާރު ކޮށްލިއެވެ.

ކައިރާގެ ކުރިމަތިން ފެންނަން ހުރި ދޮރަށް ބަލައިލިއެވެ. ފިލްމުތަކުން ފެންނަ މައްޗަށް އަރާ އެއްޗެއްބާއޭ ހިތަށް އެރި ނަމަވެސް އެއަށް އަރާކަށް އޭނާ އަށް ނުކެރުނެވެ. އެހެންކަމުން މަޑު މަޑުން ސިޑިން މައްޗަށް އަރަން ފެށިއެވެ. ކައިރާ ދާން ޖެހެނީ 5 ވަނަ ބުރި އަށެވެ. ނަމަވެސް 3 ވަނަ ބުރިއަށް ދެވުނު އިރު ނޭވާ ނުލެވޭ ވަރު ވެއްޖެއެވެ. ވަރުބަލިކަން އިހްސާސްވި ނަމަވެސް ގަޑިޖެހެން ބޭނުން ނުވާތީ ކައިރާއަށް މަޖުބޫރުވީ މަޑު ނުކޮށް މައްޗަށް އެރުމަށެވެ.

5 ވަނަ ބުރިއަށް ދެވުމުން 11 އީގެ ނަން ބޯޑު ޖަހައިފައިވާ ކްލާސް ރޫމްގެ ދޮރު ކުރިމަތީގައި ހުއްޓި ހުރެ ކައިރާ އޭނާގެ ނަފްސު ހަމައަކަށް އަޅުވައިލިއެވެ.

ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިތް ނުތަނަވަސްވެގެން ދިޔައީ ކްލާހުގައި ހުރި ޓީޗަރު ފެނުމުންނެވެ. ފުރަތަމަ ދުވަހުވެސް ގަޑި ޖެހުމުން ކައިރާއަށް ރޮވޭ ގޮތް ވިއެވެ. ނަމަވެސް މިހައި ހިސާބަށް އައިސްފައި އެނބުރި ނުދާންވެގެން ކައިރާ މަޑު މަޑުން ސަލާމް ގޮވާލިއެވެ. އެއާއެކު ކުލާހުގައި ތިބި ކުދިންގެ އިތުރުން ޓީޗަރުގެ ނަޒަރު ވެސް އޭނާ އަށް އަމާޒުވެގެން ދިޔައެވެ. ކޯޓު ފަޓުލޫނުގައި ޓީޗަރު ހުރުމުން ކައިރާ ހައިރާންވި ނަމަވެސް އެއަށްވުރެ ހިތުގެ ހައިޖާނު ބޮޑެވެ.

" ސަރ.. އަޅުގަނޑު ލަސްވީ ފުރަތަމަ ދުވަސްވީމަ... ސޮރީ...." އެތެރެއިން ސަލާމް ބަލައިގަތުމުން ކައިރާ ލަސްވި ސަބަބު އޮޅުން ފިލުވައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ހިތް އަވަސްވެފައި ހުރުމުން ބުނެވުނީ ބުނަން ބޭނުންވި ލަފްޒުތަކެއް ނޫނެވެ.

އޭރު ކްލާހުގައި ތިބި ކުދިން ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު ސިއްރު ސިއްރުން ހެމުން ދިޔައެވެ.

" އޯހް.. ފުރަތަމަ ދުވަސްވީމަ އެހެން ކުދިން ގަޑިއަށް ފަރުވާތެރި ވަނީ...މިފަހަރު މި ދިމާވި ގޮތް ތަފާތުތާ ދޯ މިވީ.... އެނީ ވޭސް.. އާ ކުއްޖެއް ދޯ؟... ކޮން ނަމެއް ކިޔަނީ....."

ފުޅާ ހިނިތުންވުމަކާ އެކު ޓީޗަރު ސުވާލުކޮށްލުމުން ކައިރާ އޭނާގެ ފުރިހަމަ ނަން ބުނެލިއެވެ. "ހްމްމްމްމްމމ.... އައިޝަތު ކައިރާ....

ސޯ ފުރަތަމަ ދުވަހު ވެސް ގަޑި ޖެހުނީ... ކުޑަ އަދަބެއް އޮންނާނެ ދޯ އެހެންވީމަ....".. އިސްޖަހައިގެން ހުރި ކައިރާ އަށް ލޯ މަރައިލެވުނެވެ. އޭރު ވެސް މަންމަ ގޮވި ގަޑީގައި ހޭލެވުނު ނަމައޭ ހިތަށް އެރިއެވެ.

" ސަރގެ ބޫޓުގައި ހޭކިފައި މި ހުރި އައިސްކްރީމް ސާފު ކޮށްލަންވި... ސިމްޕަލް.... ".. ކައިރާ އަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޓީޗަރު ގޮނޑީގައި ހަމަޖެހިލިތަން ފެނުމުން ކައިރާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ކްލާސްރޫމްގައި އައިސްކްރީމް ކާނީ ކޮންކަހަލަ ޓީޗަރެއް ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. އެވަގުތު ޓީޗަރުގެ މޭޒުމަތީގައި ހުރި އައިސްކްރީމް ތަށި ކައިރާގެ ލޮލުގައި އަޅައިގަތެވެ. ހިތްހަމަނުޖެހުނު ކަން އެ ރީތި މޫނުން ފާޅުވަމުން ދިޔައެވެ. އޭރު ކުލާހުގައި ބާރު ބާރަށް ކުދިން ހެމުން ދިޔައެވެ.

ކައިރާ ބަލައިލުމުން އަނެއްކާވެސް ޓީޗަރު ބޫޓަށް އިޝާރާތް ކޮށްލިއެވެ. ތުންކޮޅު ދިގުވެފައި ހުރެ ކައިރާ ދަބަހުން ނެގި ކުޑަ ރުމާލުން އެ ބޫޓު ސާފް ކޮށްލިއެވެ. އަދި ބަލައިލުމެއް ނެތި ބާރު ބާރަށް ގޮސް އެންމެ ފަހަތު ސީޓުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އޭރު ޓީޗަރު ވެސް ފާޑަކަށް ހެވިފައި އިނެވެ.

ކުއްލިއަކަށް ކްލާސްރޫމްގެ ދޮރު ހުޅުވާލުމަށް ފަހު ވަދެގެން އައީ ދެބައި އުމުރުގެ އަންހެނެކެވެ. އަތުގައި ފޮތްތަކެއް ހުރި އިރު އެއްކޮނޑުގައި ދަބަހެއް އޮތެވެ. ބަލާ ބެލުމަށް އެއީ ޓީޗަރެކެވެ. " މިސްގެ ބަދަލުގައި މިއަދު ކިޔާން ކިޔަވައިދެނީ ؟..".. މިސްގެ ސުވާލު އަމާޒުވީ ކޯޓު ފަޓުލޫނުގައި އިން ޒުވާނާ އަށެވެ.

" މިސް ލަސްވީމަ މިއަދު އަޅުގަނޑު ވަރަށް ރަނގަޅަށް ކިޔަވައިދީފިން... ދޯ ކައިރާ ..." ކިޔާން ލާނެތް ހިނިތުންވުމަކާ އެކު ކައިރާއަށް އެއް ލޯ މަރައިލިއެވެ. ވީގޮތް އެނގުމާއެކު ކައިރާއަށް އައި ރުޅީގައި ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެވުނެވެ.

ނުނިމޭ..

Ads by HDC
  1. ކައިގެ އަމާ

    ދެވަނަ ބަޔަށް އިންތިޒާރު އެބަ ކުރަން