ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

މީގެ ދެ އަހަރު ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަޒީޒަށް ލިބުނު ގެއްލުންތަކާ ގުޅިގެން އަދިވެސް އޭނާ އެ އޮންނަނީ ކޯމާ އެއްގައެވެ. އިތުރު ފަރުވާއަށް ގިނަ ގައުމުތަކަށް ދެވުނު ނަމަވެސް ލިބެނީ އެއް ޖަވާބެކެވެ. އުއްމީދު ކަނޑައި ނުލިޔަސް މިއަދު ކިޔާން އަށް މަޖުބޫރު ވެފައި ވަނީ މިގޮތެވެ.

.....

ހުރަވީ އިންޓަރނޭޝަލް ސްކޫލްގެ ގޯތިތެރެ ފެންނަނީ ހަލަބޮލިކޮށެވެ. އިންޓަރވަލް ގަޑިކަމަށް ވާތީ ސްކޫލް ކޮމްޕައުންޑް ތެރޭގައި ކުދިންތައް ހަރަކާތްތެރިވަމުން ދިޔައެވެ. ލިބިފައިވާ 30 މިނިޓްގެ ބްރޭކް އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރުމަށް މަސައްކަތް ކުރާކަން ކުދިންގެ ހަރަކާތްތަކުން ހާމަވަމުން ދިޔައެވެ.

ކެންޓީނުން މައިލޯ ޕަކެޓެއް ގަނެގެން ކައިރާ އާއި އޭނާގެ ކްލާހުގެ ދެތިން ކުއްޖަކު ތިބީ ދެ ދުވަސް ފަހުން ފެށޭ އަދަބީ ހަފްތާގެ ވާހަކަ ދެއްކުމުގައެވެ. މިހާރު ސްކޫލްގައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ އެއީ އެވެ. ޤަވާއިދުން ކޮންމެ އަހަރަކުވެސް ބޭއްވޭ މި މުބާރާތަކީ ވާދަވެރި މުބާރާތެކެވެ. ބައިވެރިވާ ކޮންމެ ކުއްޖެއްގެ އަޒުމަކަށް ވެސް ވެފައި ވަނީ މުބާރާތުގެ ރަންވަނަ އެއް ހާސިލް ކުރުމެވެ. ހާއްސަކޮށް އަދަބީ ހަފްތާގެ ތަރީގެ މަޤާމު ހޯދުމަކީ އެންމެންގެ ވެސް އަމާޒެވެ.

އަލީޝާ ބަލިވެ ސްކޫލަށް ނާންނާތީ ކައިރާއަށް އޭނާ ނެތުމުގެ ފަޅުކަން އިހްސާސްވި ނަމަވެސް ކްލާސް ކުދިންނާ އެކު ވަގުތު ހޭދަކުރަން ފެށުމުން ހަމައަކަށް އެޅުނެވެ. ކައިރާގެ އެކުވެރިކަމާއި ހިތްހެޔޮ ކަމުގެ ސަބަބުން އެންމެންގެ ހިތްތަކުން ވެސް އޭނާ ޖާގަ ހޯދަމުން ދިޔައެވެ. ސްކޫލްގެ ގިނަ ކުދިންނަށް ކައިރާ އެނގޭއިރު ކިޔާން އާއި ކައިރާއާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ވާހަކަ ވެސް މުޅި ސްކޫލަށް ވަނީ ފެތުރިފައެވެ. ބައެއް ކުދިން ކައިރާއަށް ތަޢުރީފް ކުރިއިރު އަނެއްބައި ކުދިން ތިބީ ކިޔާންއާ އެއް ކޮޅަށެވެ. ނަމަވެސް ކައިރާ މިކަމަށް މާބޮޑު ސަމާލުކަމެއް ދޭ ހެނެއް ހިއެއް ނުވެއެވެ.

" އައިޝް... މިފަހަރު ވެސް އެ ނަބާ ހޯދާނެ ދޯ އަދަބީ ހަފްތާގެ ތަރި....." ..... ކައިރާ ކައިރީގައި އިން މަލާން ބެންޗްގެ އަނެއް ކޮޅުގައި އިން އައިޝާންއަށް ބުނެލިއެވެ.

" ކާކު ނަބާ އަކީ؟..." ކައިރާއަށް ސްކޫލްގެ ތެރެއިން ނަބާގެ ވާހަކަ އިވިފައިވީ ނަމަވެސް އެއީ ކާކުކަން ނޭނގޭތީ ސުވާލުކޮށްލިއެވެ. އެއާއެކު އައިޝާން އާއި މަލާން އެކަކު އަނެކަކަށް ދެލޯ ބޮޑުކޮށްފައި ބެލިގޮތުން ކައިރާއަށް ބުނެގެން ނުވާނެ އެއްޗެއް ބުނެވުނީބާއޭ ހިތަށްއެރިއެވެ

" އޯހް މައި ގޯޑް ކައި..... ހަމަ އަސްލު ވެސް ނަބާ ނޭނގޭތަ ؟ ....." އައިޝާން ކައިރާގެ އަތުގައި ހިފާލަމުން ބުނެލިއިރު ކައިރާއަށް ނަބާ ނޭނގުނީތީ ހައިރާންވި މިންވަރު އެ އަޑުން ވެސް ފާހަގަވެއެވެ.

" ވެއިޓް ވެއިޓް .... އަހަރެން ކިޔައިދޭނަން..... " މަލާން އަތުގައި އޮތް މައިލޯ ޕެކެޓް މޭޒުމަތީގައި ބަހައްޓަމުން ހަމަޖެހިލިއެވެ. އޭނާ އިން ގޮތުން ވެސް ކައިރާއަށް ހެވުނެވެ. ހީވާ ގޮތުން ކިޔައިދޭން އުޅެނީ އާދައިގެ މީހެއްގެ ވާހަކައެއް ނޫނެވެ.

" ނަބާ އެއީ ސްކޫލްގެ ރާނީ ކުރުކޮށް ބުނަންޏާ... އެހާ ވެސް ފޮނި ބޮޑުކޮށް އުޅޭނީ.. ކޮންމެ ކޮންމެ މީހަކަށް އޭނައާ ފްރެންޑްސް ނުވެވޭނެ... ކިރިޔާ ވެސް ލާރި ހުރި މީހަކަށް ނަބާއާ ގާތް ވެވޭނީ... ހީކުރަނީ ނަބާ ވަރުގެ ރީތި މީހެއް ނެތްހެން ދެން..... ކިޔެވުމަށް ވެސް ވަރަށް މޮޅު ވާނެ.. އެންޑް ޝީ އިޒް ސްކޫލް އެކެޑެމިކް އެކްޓިވިޓީ ކެޕްޓަން.. ވަރަށް މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ކުއްޖާ އެއީ.. ސޯ ނަބާގެ ބައްޕަ ނަބާ ބުނެފިއްޔާ ހުރިހާ ކަމެއް ވެސް ކޮށްދޭނެ. ނަބާ އަސްލު އެހާ ރޫޑްކޮށް އުޅޭއިރު ވެސް ސްކޫލުން އެއްޗެއް ނުބުނަނީ ނަބާގެ ބައްޕަ ނުފޫޒު ގަދަވީމަ. އަދި އެނގޭތަ ؟...ހުރިހާ މުބާރަތަކުން ނަބާ ވަނަ ހޯދާނެ.. އަދަބީ ހަފްތާގެ ތަރި ހޯދީ ވެސް ނަބާ މިދިޔަ އަހަރު... އެންޑް ދި މޯސްޓް އިމްޕޯޓެންޓްލީ... ނަބާ ކުރިން ރައްޓެހިވެގެން އުޅުނީ........"..... ކުއްލިއަކަށް އިވުނު އަޑުފަށްގަނޑާ އެކު މަލާންގެ ގެ ވާހަކަ ހުއްޓާލަން މަޖުބޫރު ވިއެވެ. ފަސް އެނބުރި ތިން ކުދިން ބަލައިލިއިރު ފެނުނު މަންޒަރުން ކައިރާގެ ނިތަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ.

އޭރު ކެންޓީން ކައިރީގައި ގިނަ އަދަދެއްގެ ކުދިން ޖަމާވެފައި އޮތެވެ. ކައިރާމެން ވެސް ތެދުވެ ހިނގައިގަތީ ވެގެން އުޅޭ ގޮތެއް ބެލުމަށެވެ.

" އަޑެއް ނީވޭތަ... މި ބުނީނު ފޮތް ނަގާށޭ..... އެއީ ވަރަށް އަގުބޮޑު ފޮތެއް.. ތި ކަހަލަ ދަށް ފެންވަރުގެ މީހުންނަށް ލިބޭނެ އެއްޗެއް ނޫން އެއީ...." ކުދިންތަކުގެ މެދުގައި ހުރި އަންހެން ކުއްޖަކު ހަރުކަށި ރާގަކަށް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ކުރިމަތީގައި ހުރި ކުއްޖާ އިސްޖަހައިގެން ރޮވިފައި ހުއްޓެވެ.

އެ ކުއްޖާގެ އެއް އަތުގައި ޕްލާސްޓަރގަނޑެއް އަޅާފައި އޮތް އިރު މޫނުން ވެސް ވަރުބަލިކަން ފެންނަމުން ދިޔައެވެ. އެވަރުން ވެސް އެއްޗެހި ކިޔަމުން ދިޔަ ކުއްޖާއަށް މިއިން ކަމެއް ފާހަަގަ ނުކުރެވޭ ކަހަލައެވެ.

"އެކްސްކިއުޒް... އައި ޑޯންޓް ނޯ ހޫ ޔޫ އަރ... ބަޓް ޔޫ ކެން އޯލްސޯ ސީ ހާ ސްޓޭޓް.... އެންޑް އައި ޑޯންޓް ތިންކް ދެއާ އިޒް އެނީ ރީޒަން ޔޫ ކާންޓް ޓޭކް އިޓް ބައި ޔުއަރ ސެލްފް...." އެންމެންގެ ނަޒަރު ހުއްޓުނީ ކައިރާ އަށެވެ.

އެއާއެކު މަލާން އާއި އައިޝާން މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. އެވަގުތު ކައިރާގެ ލޮލުގައި އަޅައިގަތީ އެ އަންހެން ކުއްޖާގެ ޔުނިފޯމްގައި ހަރުކުރެވިފައިވާ ޓެގް ކޮޅެވެ. ކައިރާއަށް ހިތާހިތުން ނަބާގެ ނަން ކިޔައި ލެވުނެވެ.

" ކާކުތަ ތިއީ އަދި މަށަށް ގޮތް ކިޔައިދޭން......"......ނަބާގެ ހިތުގައި ކައިރާއާ މެދު އޮތް ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ.

" އަހަރެން ނަބާއަށް ރަނގަޅަކަށް ބުނާ ވާހަކައެއް މިއީ... މިއީ ސްކޫލެއް... ވަކި ކުއްޖަކަށް ވަކި ދަރަޖައެއް މިތާނގަ އޮވެގެން ނުވާނެ... ސްކޫލްގަ އެންމެން ވެސް ހަމަ ހަމަ. ކުއްޖަކަށް ނޭނގި ނުވަތަ އޮޅުމަކުން ކުށެއް ކުރެވުމަކީ އެންމެންގެ ތެރޭގައި އެކުއްޖަކު ދެރަކޮށް ލަދުގަންނަވާ ލަންވީ ކަމެއް ނޫން.. އެންޑް ލުކް އެޓް ހާރ.. ޝީ އިޒް ސިކް.. އެޓް ލީސްޓް އެވަރު ވިސްނާލި ނަމަ... އައިމް ޝުއާރ ދެޓް ޝީ ވޯންޓް ޑްރޮޕް ޔޯރ ބުކް އޮން ޕާރޕޮސް... ސޯ ވައި ޑޯންޓް ޔޫ ލެޓް އިޓް ގޯ އެންޑް ފޮގެޓް އިޓް... ވީ އޯލް އާރ ފްރެންޑްސް... " ކައިރާ ހިނިތުންވުމަކާ އެކު ބުނެލިއެވެ. އަދި ތިރިވެ ފޮތް ނެގުމަށްފަހު ނަބާއަށް ދިއްކޮށްލިއެވެ. ނަބާއަށް ބުނާނެ އެއްޗެއް ނޭނގިފައި ބަލަން ހުރެވުނީއެވެ. ފުރަތަމަ ފަހަރަށް އޭނާގެ އަގު ދަށްވި ކަހަލަ އިހްސާސެއް ކުރެވިގެން ދިޔައެވެ. ސްކޫލްގައި އޭނާއަށް ލިބިފައިއޮތް މަޝްހޫރުކަން ނެތިދާން އުޅޭހެން ހީވިއެވެ. މަޑުމަޑުން ފޮތުގައި ނަބާ ހިފިއިރު ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރިވި ނަމަވެސް އެ ހިތުގައި ނަފްރަތުގެ ހުޅުކޮޅު އަނދަމުން ދިޔައެވެ.

ނަބާ ބާރުބާރަށް ހިނގާފައި ދިޔުމުން ކައިރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައި ވުމުން ކައިރާ ވެސް އަވަހަށް ކެންޓީނުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން އައިޝާން އާއި މަލާން ވެސް ނުކުތެވެ.

ދެންމެ ހިނގައި ދިޔަ ހާދިސާއިން މާހައުލަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެވެ. ނަމަވެސް ކޮންމެ މީހެއް ވެސް މަޑުމަޑުން ދައްކަމުން ދިޔައީ އެވާހަކައެވެ. އައިޝާންއާއި މަލާންގެ ތަޢުރީފް ކައިރާއަށް ލިބުނުއިރު ކައިރާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވިއެވެ. ނޭނގޭ ސަބަބަކާ ހުރެ ހިތުގެ ކަނަކުން ނުރައްކާތެރި އިންޒާރެއްގެ ސިގްނަލް ދޭން އުޅޭ ކަހަލައެވެ.

ތަންކޮޅެއް ދުރުގައި ކައިރާގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ކިޔާންގެ ތުންފަތަށް ވެރިވެފައި ވަނީ ލުއި ހިނިތުންވުމެކެވެ. ކައިރާގެ ކެރުންތެރިކަން މިއަދު ރަނގަޅަށް ވެސް ސާބިތު ކޮށްދީފިއެވެ. ކައިރާއަށް ނަބާގެ ކުރިމަތީގައި ބަސް ބުނަން ކެރުމުން ކިޔާން ކައިރާއަށް ތަޢުރީފް ކުރަން ބޭނުންވިއެވެ. ނަމަވެސް އެ ދެމެދުގައި ކަންތައްތައް ވެފައި އޮތްގޮތުން ކިޔާން ހިތުގެ އެދުމަށް ދެކޮޅު ހެދިއެވެ. ކައިރާއާ މެދު ކިޔާން ފަޚުރުވެރިވި ނަމަވެސް އޭނާގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ވިއެވެ.

ކައިރާއަށް ނޭނގި ނަމަވެސް އެ ކުޅެވުނީ އަލިފާނާއެވެ. ނަބާގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ކިޔާން އަށެވެ. ނަބާ ބަދަލު ހިފުމުގެ ރޫހުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން ކިޔާންއަށް ޔަޤީނެވެ. ހިތާހިތުން ކައިރާއަށް ފުރިހަމަ ރައްކާތެރިކަން ދޭން ކިޔާން ވައުދުވިއެވެ.

ސިކުނޑި ތެރޭގައި އެނބުރެމުން ދިޔަ ޚިޔާލުތަކާ އެކު ކިޔާން ހިނދުކޮޅަކަށް ނަމަވެސް ކައިރާ އޭނާގެ މީހަކަށް ވުމަށް އެދެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ބޮލުގައި މަޑުމަޑުން ޖަހާލަމުން މީހާ ހަމަޖެހިލިއެވެ. އަދި އެހާ ފަސޭހައިން އޭނާ ކައިރާއަށް މާފެއް ނުކުރާނެއެވެ. ކައިރާ ކުރީ ކުޑަ ކަމެއްހެން ހީވިޔަސް ކިޔާންގެ ހިތުގައި އެކަން މުޅި އުމުރަށް ވެސް ހަރުލައިފައި ވާނެއެވެ. ކިޔާންގެ ފިނި ނަޒަރު ކައިރާގެ މޫނާ އަމާޒުވެފައިވާ އިރު އެ ލޮލުން ފެންނަނީ ބަޔާން ކުރަން ދަތި ނޭނގޭ އިހްސާސްތަކެވެ.

ކްލާސް ފެށެން ވަގުތު ކުޑަތަންވެފައި އޮތުމުން ކިޔާން ކްލާހަށް ދިޔުމަށް ހިނގައިގަތެވެ. ކިޔާން ފަސްދިނުމުން ކައިރާ އެދިމާލަށް ބަލައިލިއެވެ. ކިޔާން އޭނާއަށް ބަލަހައްޓައިގެން ހުރި ގޮތް ކައިރާ ދުއްޓެވެ. ނަމަވެސް ނުފެންނަ ކަމަށް ހަދައިގެން ހުރީއެވެ. ކިޔާންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުން ކައިރާގެ ހިތުގައި ސުވާލު އުފެދުނު އިރު ނޭނގޭ އުފާވެރިކަމެއް އޭނާ ވަށައިލިއެވެ.

ސްކޫލްގެ އަންހެންކުދިންގެ ފާހާނާ ތެރޭގައި ނަބާ އާއި އޭނާގެ އެންމެ ގާތް އެކުވެރިން ކަމަށްވާ ޝަހާ އާއި ރަފާ ތިބިއިރު ނަބާ ދިޔައީ އަތުގައި އޮތް ފޮތުން ފަހަރަކު ގަނޑެއް ވީދަމުންނެވެ. އެ މޫނުން ފެންނަމުން ދިޔަ ރުޅިވެރިކަމުން ވެސް އޭނާ ހިތްހަމަނުޖެހިފައި ހުރި މިންވަރު އަންގައިދެއެވެ.

" ޗިލް ނަނާ.. ކައިރާއަށް އަދި އެހެން ނޫޅެވޭނެ.. އޭނަގެ ފެންވަރު ހަނދާންކޮށްދިނީމަ ރަނގަޅުވާނެ...."..... ރަފާ ބުނެލި އެ ޖުމްލަ ތަކުގައިވާ ބުރަދަން އެނގޭނީ ހަމަ އެތިން މީހުންނަށެވެ. ކައިރާއަށް ޓަކައި އެ ހިތްތަކުގައި އޮތް ނަފްރަތުގެ ހުޅުކޮޅު ބޮޑުވަމުން ދިޔައީ އިންތިހާ އަށެވެ.

ނަބާގެ ލޮލުން ފެންނަމުން ދިޔަ ނުރައްކާތެރި ވިދުވަރާއެކު ހިތުގައިވީ އެންމެ ސުވާލެކެވެ. ކައިރާއަށް ނަބާގެ ކިބައިން ސަލާމަތްވެވޭނެ ބާވައެވެ ؟.....

...ނުނިމޭ..

  1. 🌻Mishelin🌼

    ތަންކޮޅެއް ދިގުކޮއްލަބަ. ވާހަކަ ވ ރީތި