ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Sosun Fihaara

" ބުނަން... ތީ މާ ކުރީގެ ވާހަކައެއް... ނައު ގޯ އެންޑް ޓެލް ދެޓް ޔޫ ޑިޑް އިޓް.... މާ ގިނައިން އަހަރެން ލައްވާ ބުނުވަން ނޫޅޭ.....!!!...." ކިޔާންގެ އިންޒާރާއެކު ނަބާ ލަސް ފިޔަވަޅު ތަކެއްގައި ކްލާހުން ނުކުމެގެން ހިނގައިގަތެވެ.

ނަމަވެސް ނަބާ އެއީ އޭނާ ކުރި ކަމެކޭ ބުނާނެ ބާވައެވެ؟

*****

" ކިޔާން... އަހަންނަށް އަނިޔާ ނުކުރޭ.... އަހަރެން ކީއްކުރަން އެކަހަލަ ކަމެއް ކުރަންވީ...." ކުއްލިއަކަށް ނަބާ ބިންމައްޗަށް ވެއްޓިގަތެވެ. އިންޓަރވަލް ވަގުތު ކަމަށް ވުމާއެކު ގިނަ ކުދިންތަކެއް އެ ސަރަހައްދުގައި ތިއްބެވެ. އެއްމެންގެ ލޯތައް ވެސް އެ ދިމާލަށް ހުއްޓިގެން ދިޔައެވެ.

ނަބާ ރޮމުން ދިޔައިރު ހީވަނީ ހަމަ އަސްލު ވެސް ކިޔާން އޭނާއަށް އަނިޔާ ކުރީހެންނެވެ.

" ނަބާ.. މާ މޮޅު އެކްޓް ކުރަން ނޫޅެ ހަޤީޤަތް ކިޔައިދީ...." ކިޔާން ބެލީ ވީހާ ވެސް ރުޅި މައިތިރި ކުރެވޭތޯއެވެ.

" ކިޔާން މާ ހެޔޮ މީހަކަށް ހެދެން އުޅޭނެ ކަމެއް ނެތް މިތާ މީހުން ތިބީމަ..... އިއްޔެ ވެސް އަހަންނަށް އިންޒާރު ދިނީ ... އަހަރެންގެ ވާހަކަ ޤަބޫލު ނުކުރެވެންޏާ އަހާބަލަ ކްލާސް ކުދިން ކައިރީގަ.... ކިޔާން އުޅެނީ ކައިރާ ސަލާމަތް ކުރެވޭނެ ގޮތެއް ހޯދޭތޯ.... އަހަރެން ބޮލުގަ އެ ދޮގު ތުހުމަތު އަޅުވަން.... ".... ނަބާ އަދިވެސް ދިޔައީ ރޮމުންނެވެ. އޭނާ ދައްކަމުން ދިޔަ މޮޅު ވާހަކަތަކުން އެންމެނަށް ވެސް ހީކުރެވުނީ އޭނާ ދައްކަމުން ދިޔައީ ތެދު ވާހަކަތަކެއް ކަމަށެވެ.

" ނަބާ.... ތިދަނީ މާ މައްޗަށް... އަމިއްލައަށް ކުރި ކަންތައް އެ ކަމާ ގުޅުމެއް ވެސް ނެތް މީހެއްގެ ބޮލުގަ އެޅުވުމަށް ފަހު އަދިވެސް މަތިމައްޗަށް ދޮގު ހަދައިގެން ތި ބަލަނީ ސަލާމަތް ވެވޭތޯތަ؟؟؟؟......" ޒެވިޔަންއަށް ވެސް މަޑުން ނުހުރެވިގެން ބުނެލިއެވެ.

ނަބާގެ މޮޅު އެކްޓު ފެނި ކިޔާންއާއި ޒެވިޔަން ތިބީ ހައިރާންވެފައެވެ. ގިނަ ކުދިންތަކެއްގެ ނުރުހުންތެރި ނަޒަރު އެމީހުންނާ އަމާޒުވާން ފެށުމުން ކިޔާންއަށް އިތުރަށް ކެތް ނުވާނެހެން ހީވިއެވެ.

" ކިޔާން... ދެޓްސް ޓޫ މަޗް.... ކިޔާންގެ ވާހަކަ ޤަބޫލު ކުރާނެ މީހެއް މިތާކު ނެތް... ތީ ހަމަ ކުރީގެ ވެސް ކިޔާން.. ނަބާއަށް ކުރިން ވެސް އޮޅުވާލީ... ޔޫ ވޯންޓެޑް ޓު ޓޭކް އެޑްވާންޓޭޖް ..... އޭރު ވެސް....މިހާރު ވެސް....." ރަފާ ވެސް ނަބާއާ އެއްބައި ވެލިއެވެ.

އެދެމީހުންގެ ވާހަކަތަކުން މަސްރަހު ހޫނު ވަމުން ދިޔައެވެ. މިހާރު އެ ދިމާލަށް މަޑުމަޑުން ޓީޗަރުން ވެސް އަންނަން ފަށައިފިއެވެ.

" ވަޓް އިޒް ގޮއިންގް އޮން ހިއަރ...." އިވުނީ މައުސޫމާގެ ޒީލަގަދަ އަޑެވެ. އެއާއެކު މާހައުލު އެކީ ހަމަހިމޭން ވެގެން ދިޔައެވެ.

" ކިޔާން އުޅެނީ ކައިރާކުރި ކަންތައް އަހަރެން ބޮލުގަ އަޅުވަން.... އިއްޔެ ވެސް އަހަންނަށް އިންޒާރު ދިނީ... މިއަދު ވެސް ކްލާހަށް ކުދިން އައުމުގެ ކުރިން ޒެވިޔަންއާ ދެމީހުން އައިސްފަ އަހަންނަށް އަނިޔާ ކުރީ... .." ނަބާ އޭރު ރަފާގެ އެހީގައި ކޮޅަށް ތެދުވެއްޖެއެވެ.

" ކިޔާން... އައި ޑޯންޓް ނީޑް އެނީ އެކްސްޕްލެނޭޝަންސް....." ކިޔާން އޭނާގެ ދިފާޢުގައި އެއްޗެއް ބުނަން އުޅުމުން މައުސޫމާ އޭނާ ހުއްޓުވިއެވެ. އަދި ޒެވިޔަން އާއި ކިޔާން އޮފީހަށް އައުމަށް ބުންޏެވެ.

ކިޔާން އާއި ޒެވިޔަންއަށް ގޮތް ހުސްވިއެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. ހުރިހާ ކަމެއް ވެސް ދިޔައީ ގޯހުން ގޯހަށެވެ. އެމީހުން ދައްކާ ވާހަކަ ޤަބޫލު ކުރާނެ އިތުރު މީހަކު ނެތެވެ. ފެށުނީއްސުރެ ވެސް ނަބާއަކީ މައުސޫމާގެ " ފެވަރިޓް " ދަރިވަރެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނަ ފަދައިން މައުސޫމާއަށް ދުވަހަކު ވެސް ނަބާގެ ކުށެއް ނުފެނެއެވެ.

" ނޯ... މަޑުކުރޭ... އަހަރެން ހަޤީޤަތް ކިޔައިދޭނަން...." ކުއްލިއަކަށް އިވުނު އަޑަކުން ނަބާ ހުރީ ދެ ލޯ ބޮޑުވެފައެވެ. އެއީ ހަޤީޤަތެއްކަން ޤަބޫލުކުރަން ވެސް އޭނާއަށް ދަތިވިއެވެ.

ކިޔާންއާއި ޒެވިޔަންގެ އިތުރުން މައުސޫމާ ވެސް ފަސްއެނބުރި ބަލައިލިއެވެ. އެ މީހުން ވެސް ތިބީ ފެންނަމުން ދިޔަ މަންޒަރުން ހައިރާންވެފައެވެ.

" ކައިރާ ކުރި ކަމެއް ނޫން އެއީ... ކައިރާ ދެކެ ވާ ނަފްރަތުގެ ބޮޑުކަމުން އެހެން މީހަކު ކުރިކަމެއް.... އެއީ އަދަބީ ހަފްތާ ފެށި ދުވަހުގެ ކުރީ ރޭ... ޕޭޕަރތައް ނަގަން އެ ކުއްޖާ ދިޔައީ ވަރަށް ތައްޔާރުވެގެން... ކައިރާ ހެދުން އަޅާ ގޮތަށް ހެދުން އެޅީ ވެސް ކައިރާ ބަދުނާމު ކުރަން... ކައިރާ ގެންގުޅޭ ވައްތަރުގެ ފޯނެއް ވެސް ގަތް.. ހަމަ އެވައްތަރުގެ ކަވަރެއް ވެސް ގަތް... އެހެން ދޯ ވާނީ... އޭނާގެ ބައްޕަ ބުނާ ކޮންމެ ކަމެއް ކޮށްދޭނެ ވިއްޔާ.... " އެހާ ހިސާބަށް ވާހަކަ ގެންދިޔުމުން ނަބާއަށް ނުހުރެވިގެން ޝަހާއަށް ގޮވައިލީ ބާރަށެވެ. ދެ ފަރާތަށް މަޑުމަޑުން ބޯ ހޫރުވާލިއިރު އެ ވާހަކަ އިތުރަށް ކުރިޔަށް ނުގެންދިޔުމަށް ނަބާ އިޝާރާތުން އަންގަމުން ދިޔައެވެ.

" ވައި ނަބާ...؟... އަހަރެން މި ހަދަނީ ދޮގުތަ؟... ނަބާ ނޫންތަ އެ ގަނޑުތައް ވަގަށް ނެގީ...؟ ކައިރާގެ އަގުވައްޓާލުމުގެ ނިޔަތުގައި ނޫންތަ ނަބާ އެ ގޮތަށް ކަންތައް ކުރި...؟.. އަހަރެން މިއަދު ދެރަވޭ... ނަބާ ކުރި ދަށުދަރަޖައިގެ އަމަލުގަ ބައިވެރި ވެވުނީތީ... އެކަމަކު އަހަރެން ބޭނުމެއް ނޫން ދެން މި ކަންތައް ސިއްރު ކުރާކަށް.. "..... ޝަހާގެ ވާހަކަ ނިންމައިލިއިރު ހީވީ އެތަނުގައި ކުޑަވަރެއްގެ ބޮމެއް ގޮއްވާލެވުނު ހެންނެވެ.

ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހައިރާންކަމެވެ.

މައުސޫމާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައެވެ. އެއީ އެއްވެސް ގޮތަކަށް އޭނާ އުއްމީދު ކުރި ކަމެއް ނޫނެވެ. އެ ވަގުތު އޭނާގެ ކަންފަތުގައި ގުގުމައިގެން ދިޔައީ ކައިރާގެ ބަސްތަކެވެ. ތަކުރާރުކޮށް އޭނާ ނުކުރާ ކަމެއް ކަމުގައި ބުނި އިރުވެސް ކައިރާގެ ވާހަކަ ޤަބޫލު ނުކުރެވުމުން މައުސޫމާއަށް އޭނާގެ ނަފްސު ކުށްވެރި ކުރެވުނެވެ.

ސްކޫލަށް ނުގޮސް ގޭގައި ހުންނަން ޖެހުމުން ކައިރާ އިނީ ނުހަނު ފޫހިވެފައެވެ. ގޭގައި ވެސް ކުރާނެ އިތުރު މަސައްކަތެއް ނެތެވެ. ނާސިހް ވެސް ހަވީރުގެ ވަގުތެއްގައި ފުރަން ހަމަޖެހިފައި އޮތުމުން އާޝިޔާއާއި ނާސިހް ދިޔައީ ބާޒާރު ކޮށްލުމަށެވެ.

ކައިރާ އަނެއްކާ ވެސް އާޝިޔާގެ ޑައިރީ ކިޔާ ހިތްވިއެވެ. އާޝިޔާގެ ކޮޓަރިއަށް ވަދެ ކައިރާ ދަބަސް ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތް ފޮތް ނެގުމަށް ފަހު ކައިރާ އެފޮތް އޭނާގެ މޭގައި ޖައްސާލައިގެން ލޯ މަރައިލިއެވެ.

އެވަގުތު ހައިކަލްގެ ލޯބި ލިބުނު ނަމައޭ ކައިރާގެ ހިތަށް އެރިއެވެ. އެ ފޮތުގައި އޭނާ ބައްދައިގެން އިނީ އޭނާގެ ބައްޕަގެ ގައިގައި ބައްދާލާނެހާ ލޯބިންނެވެ. އާޝިޔާ ސިފަކޮށްދީފައި ހުރި ގޮތަށް ހައިކަލްގެ ސޫރަ ކައިރާ ސިކުނޑީގައި ކުރަހާލިއެވެ. ނަމަވެސް އާޝިޔާއަށް ހައިކަލް ވީ ބޭވަފާ ހަނދާންވުމުން ކައިރާއަށް ވަގުތުން ދެލޯ ހުޅުވައިލެވުނެވެ.

ފުންނޭވާ އެއް ދޫކޮށްލުމަށް ފަހު ކައިރާ އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައީ ފޮތް ވެސް ހިފައިގެންނެވެ.

ސަފްހާއަކަށް ފަހު ސަފްހާއެއް ކިޔަމުން ކައިރާ ދިޔައީ ފޫހި ކަމެއް ނެތިއެވެ. ބައެއް ފަހަރު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވާއިރު އަނެއްބައި ފަހަރު އެ ދެލޯ ކަރުނުން ފުރެމުން ދިޔައެވެ.

ފޮތް ކިޔައި ނިމުމުން ކައިރާ ވަކިވަކިން ފޮތުގައި ބާކީ ހުރި ސަފްހާތައްވެސް ބަލަން ފެށިއެވެ.

ނަމަވެސް ގިނައީ ހުސްގަނޑު ތަކެވެ.

ކައިރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ފޮތުގެ މެދެއްހާ ހިސާބުގައި އޮތް ދުވަސްވީ ސިޓީ އުރައެއް ފެނުމުންނެވެ.

ބަލާބެލުމަށް އެއީ ޒަމާންތަކެއް ވެފައިވާ ސިޓީއެކެވެ. ސިޓީއުރައިގެ ކުލަ ވެސް އެކަމަށް ހެކިދެއެވެ. ސިޓީ އުރައިގެ އެތެރޭގައި އޮތް އެއްޗެއް ބެލުމުގެ ޝައުޤުވެރިކަން ކައިރާގެ ހިތުގައި އުފެދިގެން ދިޔައެވެ.

އޭގެ ތެރޭގައި ހުރި އެއްޗެހި ކައިރާ އެނދުމައްޗަށް އޮއްސާލިއެވެ. އެއީ ކުދިކޮށް ވީދާލެވިފައިވާ ފޮޓޯއެއްގެ ބައިތަކެވެ.

ފޮޓޯތައް އެއްކޮށްލުމަށް ފަހު ކައިރާ ސިޓީ އުރައިގެ ފަހަތުގައި ލިޔެފައި އިން ލިޔުން ކޮޅު ކިޔައިލިއެވެ.

" ހިތް ކެނޑޭނޭހެ ތާކުދާ ކޮންމެ...

ލިޔެވިފައިވޭ އެ ނަން...

ހައިރާން ވެޔޭ... ހައިރާން ވެޔޭ.....

ހިތް ކެނޑޭނޭހެ ތާކުދާ ކޮންމެ...

ލިޔެވިފައިވޭ އެނަން...

ހައިރާން ވެޔޭ... ހައިރާން ވެޔޭ.....

ވާ ލޯބި ނޭނގެންޏާ.. ހިތް ނަގައިގެން

ބަލާށޭ އަމޭ....

ނޭނގި ހިތޭ ގެންދެވީމާ ލޯބިން..... "

ކައިރާގެ ހިތުގައި އެ ފޮޓޯގައިވީ މީހަކު ދެނެގަތުމުގެ ޝައުޤުވެރިކަން އިތުރުވެގެން ދިޔައީ އެއީ ހައިކަލްގެ ފޮޓޯ އެއްކަން އެނގޭތީއެވެ.

ފޮޓޯގެ ބައިތައް ގުޅުވަމުން ދިޔައިރު ކައިރާގެ އެ އަތުގައި މަޑު ތުރުތުރެއް އުފެދިފައިވެއެވެ. ނަމަވެސް އޭނާއަށް ފޮޓޯ ފުރިހަމައެއް ނުކުރެވުނެވެ. ގިނަ ބައިތަކެއް މަދުވުމުގެ ސަބަބުން ފޮޓޯއިން ހައިކަލްގެ ސޫރަ ސިފަވާ ގޮތެއް ނުވިއެވެ. ކައިރާގެ މޫނަށް މާޔޫސްކަން ވެރިވެގެން ދިޔައީ ބައްޕަ ފެނިލަން ލިބުނު ހަމަ އެކަނި ފުރުސަތު ވެސް ނެތި ދިޔުމުންނެވެ.

ފޮޓޯގެ މަދުވާ ބައިތައް ހޯދުމަށްޓަކައި ކައިރާ ހިނގައިގަތީ އާޝިޔާގެ ދަބަސްތެރެ ބެލުމަށެވެ. އެ ދަބަހުގެ ތެރޭގައި އެ ބައިތައް ހުރެދާނެ ކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ.

ނަމަވެސް ކޮޓަރިން ނުނިކުމެވިގެން އުޅެނިކޮށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ކައިރާގެ ހިތް އަވަސްވެގެން ދިޔައީ ފޯނަށް އަރައިފައިވާ ސްކޫލްގެ ނަންބަރު ފެނުމުންނެވެ.

ނަގަން ނުނަގަން ހުރެފައި ވެސް ކައިރާ ފޯނު ނެގިއެވެ. އިއްޔެގެ ހާދިސާއަށް ފަހު ކައިރާގެ ހިތުގައި ސްކޫލަށް އޮތް ލޯބި ވެސް ވަނީ ފަނޑުވެފައެވެ.

ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ދެކޮޅަށް ކައިރާ ހިނގަމުން ދިޔައިރު އޭނާ ދައްކަމުން ދިޔައީ މުހިއްމު ވާހަކައެއްކަން އެނގެއެވެ.

" ލައްބަ... އަޅުގަނޑު ދާނަން....."... ކައިރާ ފޯނު ބާއްވަމުން ބުނެލިއެވެ.

ފޮތާއި ސިޓީ އުރަ އަލަމާރީގެ ވައްގަނޑަކަށް ލުމަށްފަހު ކައިރާ ރެޑީ ވާން ފެށީ ސްކޫލަށް ދިޔުމަށެވެ.

ހުދު ކުލައިގެ އަތްދިގު ޔުނިފޯރމުގެ އަތުކުރީ ގޮށް ކައިރާ އަޅުވާލިއެވެ. އަދި ތިރިން ލައިފައިވާ ކަޅު ކުލައިގެ ސްކާޓްގެ ދަށަށް ޔުނިފޯރމް ޖެހުމަށް ފަހު ބެގީ ކޮށްލިއެވެ. ކަޅު ކުލައިގެ ބުރުގާ ވެސް ސާދާ ރީތި ގޮތަކަށް އަޅާލުމަށް ފަހު ކަރުގައި އަޅާފައި އޮތް ހުދާއި ކަޅު ރޮނގު ދެމީ ޓައި ރަނގަޅު ކޮށްލިއެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި ކައިރާ ސެންޓް ބުރުވާލިއެވެ. މުޅި ކޮޓަރި ތެރޭގައި ހިފައިފައި ވަނީ ވަނީ ދާރޭޖްގެ މީރު ވަހެވެ.

ގެއިން ނުކުންނަމުން ކައިރާ އާޝިޔާއަށް މެސެޖެއް ކޮށްލުމަށް ފަހު ކުރުގޮތަކަށް އޭނާ ސްކޫލަށްދާ ސަބަބު އޮޅުންފިލުވައި ދިނެވެ.

ސްކޫލް ތެރެއަށް އޭނާ ވަދެގެން ދިޔައިރު ކުދިންގެ ނަޒަރު އޭނާއާ އަމާޒުވަމުން ދިޔައެވެ. ކައިރާ އިސްޖަހައިލީ އެ ނަޒަރުތަކުން ސަލާމަތް ވުމަށެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކައިރާ މީޓިންގް ރޫމަށް ވަނެވެ.

މީޓިންގް ރޫމް ތެރެއިން ފެންނަމުން ދިޔަ މޫނުތަކުން ކައިރާގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. ކިޔާންއާއި ޒެވިޔަންގެ އިތުރުން ނަބާއާއި އޭނާގެ އެކުވެރިން ތިބުމުން ކައިރާއަށް މި އާދެވުނީ ނުބައި ރޫމަކަށޭ ހިތަށް އެރިއެވެ.

" އާދޭ ކައިރާ... ސިޓް ޑައުން....."..... މައުސޫމާގެ އަޑުން މި ފަހަރު އެހެންޏާ ނުހުންނަ ފަދަ ގާތް ކަމެއް އިހްސާސް ވުމުން ކައިރާ ހުރީ ހީލަން ވެސް ނޭނގިފައެވެ.

ކައިރާ ގޮނޑީގައި އިށީނުމުން އެ މީޓިންގެ މައިގަނޑު ސަބަބު އޮޅުންފިލުވައި ދެވުނެވެ. ކައިރާ ހުރީ އިވެމުން ދިޔަ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ.

ނަބާ އެވަރުގެ ކަމެއް ކުރުމުން އެ ހިތުގައި ކައިރާއަށް ޓަކައި އޮތް ނަފްރަތު އޭނާއަށް އެނގިގެން ދިޔައެވެ.

ސްކޫލްގެ މެނޭޖްމެންޓުން ކައިރާގެ ކިބައިން މަޢާފަށް އެދުނެވެ. އަދި މާދަމާއިން ފެށިގެން ސްކޫލަށް ހާޒިރުވުމަށް ވެސް އެންގިއެވެ.

ކައިރާ ކިޔާންއަށް ބަލައިލީ ޝުކުރުގެ ނަޒަރަކުންނެވެ. ނަމަވެސް ކިޔާން ކައިރާއާ ހަތަރުކަޅި ހަމަވުމާއެކު ދުރު ބަލައިލިއެވެ.

މީޓީން ނިމިގެން ދިޔައިރު ކައިރާއަށް ދެވުނު އަދަބު ނަބާއަށް ދެވިގެން ދިޔައެވެ. އަދި އެކަމުގައި ބައިވެރި ވުމުގެ ސަބަބުން ރަފާ އެއް ހަފްތާއަށް ސަސްޕެންޑް ކުރެވުނު އިރު ޝަހާ ޑިސިޕްލިން ފޯރމް ފުރަން ޖެހުނެވެ.

" ކައި... އައިމް ސޮރީ... އޭރު ނުވިސްނުނީމަ ނަބާއަށް ހެލްޕް ވެވުނީ... އެކަމަކު މިހާރު އެކަމާ ދެރަވޭ... ވިލް ޔޫ ފޮރގިވް މީ...؟...." ޝަހާ ދެރަވެފައި ހުރެ ކައިރާ ކިބައިން މަޢާފަށް އެދުނެވެ.

" ޝަހާ އަހަރެންގެ ކިބައިން މާފަށް އެދޭކަށް ނުޖެހޭނެ... އައި ޝުޑް ތޭންކް ޔޫ އެކްޗުއަލީ.... ޝަހާ ހަޤީޤަތް ކިޔައިނުދިން ނަމަ މި ވާހަކަ އެއްވެސް މީހަކަށް ނޭނގުނީސް...." ކައިރާ ލުއި ހިނތުންވުމަކާ އެކު ބުނެލިއެވެ.

ނަބާގެ މޫނުމަތިން އަދިވެސް ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ޚާއްސަކޮށް ކައިރާ ފެނުނީއްސުރެ އޭނާގެ ތަބީއަތު ވަނީ ގޯސްވެފައެވެ.

މީޓިންގް ރޫމުން ނުކުތްއިރު ކައިރާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ޒެވިޔަންއާއި ކިޔާންގެ މޫނުމަތީގައި ވެސް ރީތި ހިނިތުންވުމެއް ވިއެވެ.

ޒެވިޔަންގެ އެދުމަށް ކައިރާ ކެންޓީނަށް ދިޔައީ އެލީޝާ ވެސް އެތާނގައި އިނުމުންނެވެ.

" ކައި... އައިމް ސޯ ހެޕީ ފޯރ ޔޫ... މިހާރު ނަބާ ހުންނާނެ ގޮތް ފެނުނަސް މަށަށް އެބަ ހެވޭ.... އެންޑް ޔޫ ނޯ ވަޓް؟؟؟ ކައިއަށް ދެން އަދަބީ ހަފްތާގެ ތަރި ލިބޭނީ.... " އެލީޝާ ހުރީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީފައެވެ. 

އެލީޝާ އެހެން ބުނުމުން ކިޔާން ހޭންފެށިއެވެ. އެ ލުއި ހުނުމުގެ އަޑު އިވުމުން ކައިރާ އިސްއުފުލައި ކިޔާންއަށް ބަލައިލިއެވެ. ކިޔާންގެ ރީތި ހިނިތުންވުން ފެނުމުން ބޭއިޚްތިޔާރުގައި ކައިރާއަށް ވެސް ހިނިތުން ވެވުނެވެ.

ކިޔާން ހުނުން ހުއްޓާލީ ކައިރާގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުންނެވެ. ލޯބި ގޮތަކަށް ހިނިތުންވެލައިގެން އިންއިރު ކިޔާންގެ ހިތް ލޯބިން ފުރުނެވެ. އިތުރަށް ކައިރާއާ ވާހަކަ ނުދައްކާ ހުންނަން ކިޔާންއަށް އުނދަގޫވިއެވެ. ކިޔާން ވެސް ކައިރާއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

" ސޮރީ ކެން..." ކައިރާ ކިރިޔާ އަޑު އިވޭ ވަރަށް ބުނެލިއެވެ.

" އެއްޗެކޭ ބުނިންތަ؟..." ކިޔާންއަށް ކައިރާ ބުނި ޖުމްލަ ރީތިކޮށް އިވުނު ނަމަވެސް އަޑުނީވޭ ކަމަށް ހެދުނީ ކައިރާއަށް ޖެއްސުން ކޮށްލުމަށެވެ.

" ކިޔާންގެ ކަންފަތަށް އަޑު ނީވެން ފެށީތަ މިހާރު...." ކައިރާ އަނގައަށް ގޮތެއް ހަދާލިއެވެ.

ދެން އެ ފެށުނީ ދެމީހުންގެ އާދައިގެ ކޯޅުންގަނޑެވެ. އެ ދެމެދުގައިވީ ލޯބި އެލީޝާ އާއި ޒެވިޔަންއަށް ފެންނަމުން ދިޔައެވެ. ކިޔާން އާއި ކައިރާގެ ހިތުގައި އެކަކު އަނެކަކަށް ޓަކައި އޮތް ލޯބި އަވަހަށް ހާމަ ކުރާނެ ނަމައޭ އެލީޝާގެ ހިތަށް އެރިއެވެ.

ކިޔާންގެ ހިތުގައި ވެސް ހިނގަމުން ދިޔައީ އެ ޝުޢޫރުތަކެވެ. ކައިރާގެ ބަހާއި އަމަލުން ވެސް ކިޔާންއާ ގަޔާވާކަން އޭނާއަށް އެނގެއެވެ. ކައިރާ ވެސް ކިޔާންއަށް ބަލަހައްޓައިގެން ހުރި އިރު ކުރިން ދުވަހު ކިޔާން ބުނި ޖުމްލަތައް ބުނާނެ ނަމައޭ ހިތަށް އެރިއެވެ. ކިޔާން މިއަދު އޭނާއަށް އެ ސާބިތު ކޮށްދިނީ ކައިރާ އަކީ އޭނާއަށް ޚާއްސަ މީހެއް ކަމެވެ. ދެ މީހުން ވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ އެއް ޚިޔާލެއްގައެވެ.

" އައި ލަވްޔޫ ކައި...." ކިޔާން ކުއްލިއަކަށް ބުނެލި ބަސްތަކުން ކައިރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

..ނުނިމޭ..

  1. އިކޫ

    ވަރަށް ރީތި