ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

އެ ފޮތް ކިޔަމުން ދިޔަވަރަކަށް ކައިރާއަށް ގިސްލެވެމުން ދިޔައެވެ. އާޝިޔާގެ ޅަ އުމުރުން ފެށިގެން ހުރިހާ ވާހަކައެއް އެފޮތުގައި ހިއްސާކޮށްފައި ހުރިއިރު އެ ވާހަކަތަކުން ކައިރާގެ މޭގައި ރިހުމެއް އުފެދިގެން ދިޔައެވެ. ކައިރާއަށް ހީ ވެސް ކުރެވިފައި ނުވާ ގޮތަށް އާޝިޔާގެ ހަޤީޤަތް އެނގި ހާމަވަމުން ދިޔައިރު އެ ފޮތުގައި ލިޔެވިފައިވީ ކޮންމެ ވާހަކައަކުން އޭނާގެ ހިތް ތޮރުފަމުން ދިޔައެވެ.

އާޝިޔާގެ ޑައިރީ

ހައިކަލްއާއި އަހަރެން ދިމާވީ އިންޑިއާގައި ކިޔަވަން ތިބި ދުވަސްވަރުއެވެ. އެކުވެރިކަމުން ފެށުނު އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ދެމީހުން ވެސް ބޭނުންވީ އެކަކު އަނެކަކަށް އުފެދުނު ލޯބީގެ ސަބަބުންނެވެ.

އެއީ ވިއްސާރަ ރެއެކެވެ. ކޮލެޖް ނިންމާލުމަށް ފަހު އަހަރެން ހުރީ ހައިކަލް ބަލާ އަންނާނޭ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް ދަންވިއިރު ވެސް ހައިކަލްގެ ހިލަމެއް ނުވިއެވެ. ކޮލެޖު، ދިރިއުޅޭ ގެއާ ފުދޭވަރަކަށް ދުރުވުމުން އެ ވިއްސާރައިގައި ދާން އަހަންނަކަށް ނުކެރުނެވެ. އެތައް ފަހަރަކު ހައިކަލްއަށް ގުޅިއިރު ވެސް  ބުނަނީ ފޯނު ނިންވާލައިފައިވާ ކަމަށެވެ. އަހަރެން ކުރަމުން ދިޔަ އިންތިޒާރު ނިމުނީ 2 ޖަހަން ކައިރި ވެފައި ވަނިކޮށެވެ.

ވެހެމުން ދިޔަ ވާރެއާ އަހަރެން ތެމިފޯވެފައި ހުރުމުން ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. އެހެން ރޭރެއާ ޚިލާފަށް ހައިކަލްގެ ފަރާތުން އަހަންނަށް މަރުހަބާކީ މަޑުމައިތިރިކަމެވެ. އެންމެ ކުޑަ މިނުން ލަސްވި ސަބަބު ވެސް އޮޅުން ފިލުވައި ނުދިނެވެ. އަހަރެންވެސް އެއްޗެކޭ ނުބުނެ މަޑު މަޑުން އިނީ ފަހުން ހައިކަލްއާ ވާހަކަ ދެއްކުމަށް ނިންމައިގެންނެވެ.

" ހައިކް... ކޮންތާކަށް ތި ދަނީ......"...... އަހަންނަށް ސުވާލުކުރަން މަޖުބޫރުވީ ހައިކަލް އެހެން ރޭރޭ ދުއްވާ މަގު ނޫން އެހެން މަގުތަކުން ދުއްވަން ފެށީމައެވެ. ނަމަވެސް ހައިކަލްގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އަހަރެން ހައިކަލްއަށް އިތުބާރު ކުރަމެވެ. ހީކަރުވައިގެންފައި ހުރުމުން އަހަރެން ހައިކަލްގެ އުނަގަނޑުގައި އަތް ވަށާލީމެވެ.

ހައިކަލް ސައިކަލް މަޑުކޮށްލީ ހައިބަތު ހުރި ގެއެއްގެ ކުރި މައްޗަށެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ގަދަކަމުން ކަހަލަ ގޮތަކަށް އެތެރެއަށް ވެއްދިއެވެ. ހައިކަލްގެ ފަރާތުން ފެންނަމުން ދިޔަ ސިފަތަކުން އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.

އެރޭވީ އަހަރެންގެ ހަޔާތުގައި އައި އެންމެ އަނދިރި ރެއަށެވެ. އެ ބޮޑު ގޭތެރޭގައި އަހަރެންގެ ހަޅޭކުގެ އަޑު އަހާނެ މީހަކު ނެތެވެ. ހައިކަލްގެ އަނިޔާވެރި ކަމުގައި އަހަރެންގެ އިއްފަތްތެރިކަން ވެއްޔާ މޮޑެވިގެން ދިޔައީ ވީ ލޯބީގެ އެއްވެސް އަގެއް ނެތީމައެވެ. ހައިކަލް ދެކެ އަހަރެންވީ ތެދުވެރި ލޯބި އެއްވެސް އެއްޗަކަށް ނުވީމައެވެ. ހައިކަލްގެ ކަރުހިއްކުން ފިލުމުން އަހަރެން އެ ހާލަށް ދޫކޮށްލުމަށް ފަހު ނިދީއެވެ.

އެ ތޫފާނީ ރޭގެ ކަޅުފޮއި އަނދިރީގެ ތެރެއިން އަހަރެން ހިނގަމުން ދިޔައީ އެއްވެސް މިސްރާބެއް ނެތިއެވެ. ދިރިއުޅުން މަތިން ހިނދުކޮޅެއްގެ ތެރޭގައި ފޫހިވެއްޖެއެވެ. ދިރިއުޅުމަށް ޓަކައި ދުށް ފޮނި ހުވަފެންތަށް ވެއްޔާ މޮޑެވިއްޖެއެވެ.

އަހަރެން ދުވަސްތައް ހޭދަކުރަމުން ދިޔައީ ހިތްދަތިކަމާއެކުގައެވެ. ކޮލެޖުން ވެސް އަހަރެންނަށް އޭގެ ފަހުން ހައިކަލް ނުފެނެއެވެ. ހިތުގައި ވޭން އެޅި ނަމަވެސް އަހަރެން ވެސް ހައިކަލް މަތިން ހަނދާން ނައްތައިލެވޭތޯ ބެލީމެވެ. 2 މަސް ދުވަސް ފާއިތުވެގެން ދިޔައިރު އަހަރެން ކޮންމެ ވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ނަފަވެސް އެ ހާދިސާއަށް ފަހު އަހަރެންނަށް ނަފްސާނީގޮތުން ނުހަނު އަސަރު ކުރިއެވެ.

އެރޭގެ ހާދިސާ ކިޔައިދިނުމުން އެންމެން ވެސް ކުށްވެރި ކުރީ އަހަންނެވެ. އެކުވެރިންނާއި އާއިލާ ގެއްލުނެވެ. ހިތްވަރު ދޭނެ މަދަދުވެރިއެއް ނެތެވެ. އަނެއްކާ ވެސް އަހަރެން ކުރީގެ ހާލަތަށް އެނބުރި ދިޔައެވެ. އަހަރެންގެ ކަމަކީ ހައިކަލްގެ ހަނދާންކޮށް އަބަދު ކަރުނަ އޮއްސުމެވެ. ނުވަތަ އަމިއްލަ ނަފްސު ކުށްވެރިކޮށް ޚިޔާލު ތަކުގެ ތެރޭގައި ދުވަސް ހޭދަކޮށްލުމެވެ.

ކުއްލިއަކަށް އަހަރެން ވަރަށް ބަލިވިއެވެ. އަހަރެންގެ ހިތުގައި އިތުރު ޝައްކެތް ނެތެވެ. ވަމުންދާ ގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގުނެވެ. އަނެއްކާ ވެސް އަހަރެން ހައިކަލްގެ ހަބަރެއްވޭތޯ މަސައްކަތް ކުރަން ފެށީމެވެ. ނަމަވެސް އަލިމަގެއް ނުފެނުނެވެ.

ބަލިވެއިނުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑަށް ތަފާތު ބަދަލުތައް އަންނަމުން ދިޔައެވެ. އަހަރެންގެ ބަނޑުގައި އަށަގަންނަމުން ދިޔަ ތުއްތު ފުރާނައަކީ އަހަރެން ދިރިހުރުމުގެ މަޤްސަދުކަމުގައި ހެދީމެވެ. ކުޑަ ނަމަވެސް ގެއްލުމެއް އެ ތުއްތު ދަރިފުޅަށް ލިބޭނެ ފަދަ ކަމެއް އަހަރެން ނުކުރަމެވެ.

އެކި ގޮތް ގޮތުން ވިސްނުމަށް ފަހު އަހަރެން ނިންމީ އަނެއްކާ ވެސް ރާއްޖެއަށް ދިރިއުޅުން ބަދަލު ކުރުމަށެވެ. އޭރު އަހަރެންގެ ބަނޑަށް ފަސް މަސް ފުރިއްޖެއެވެ. އަހަރެންގެ އުފަން ރަށާއި ގެދޮރު ދޫކޮށްލުމަށް ފަހު އަހަރެން އައު ފެށުމަކުން ދިރިއުޅުން ފެށީ ދެކުނުގެ ރަށެއްގައެވެ.

އެ ދުވަސްވަރަށް ބަލާފައި ފުދޭވަރަކަށް ރަނގަޅަށް ކިޔެވިފައި ހުރުމުން ރަނގަޅު ވަޒީފާއެއް ލިބުނެވެ. އެރަށުން އަހަރެންނަށް އާ އާއިލާއެއް ލިބުނެވެ.

ބަނޑަށް އަށް މަހުގައި އަހަރެންގެ އަލަތު ދަރިފުޅު ވިހެއީމެވެ. އެދުވަހު ހައިކަލް މަތިން ވަރަށް ހަނދާންވިއެވެ. ހަމައެހެންމެ މަންމަ އާއި ބައްޕަ މަތިން ވެސް މެއެވެ. ނަމަވެސް އެންމެން އަހަރެން ދޫ ކޮށްލީއެވެ. މިހާރު އަހަރެންގެ ދިރިއުޅުމަކީ އަހަރެންގެ ލޯބިލޯބި ދަރިފުޅެވެ.

ދަރިފުޅަށް 7 ދުވަސް ވީ އިރު އަހަރެން ކައިރާގެ ނަމުން ނަން ކިޔައިފީމެވެ. އެއީ ހައިކަލް އަންހެން ކުއްޖެއް ލިބިއްޖެނަމަ ކިޔަން ބޭނުންވި ނަމެވެ. ފިރިހެން ކުއްޖެއް ނަމަ އިޝާން އެވެ.

ކައިރާ ވައްތަރީ ހައިކަލްއާއެވެ. އެ މުށި ކުލައިގެ ކަޅިއާއި ބުޅި އިސްތަށިގަނޑެވެ. ހަމުގެ ކުލަ ވެސް ހައިކަލްއާ ތަފާތެއް ނެތެވެ.

ކައިރާ ބޮޑުވެގެން އައި އިރު ބައްޕަ ހޯދަން ރޮއެ ހަދައެވެ. ނަމަވެސް އަހަންނަށް މަޖުބޫރުވީ އެވާހަކަ ނުދެއްކުމަށެވެ. ހައިކަލް ކަންތައް ކުރި ގޮތް ކިޔައިދޭނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ކައިރާގެ ހިތުގައި ހައިކަލްއަށް ބުރަކަމެއް އުފެދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަޤީޤަތް އެނގިއްޖެނަމަ ކައިރާ ހައިކަލްއަށް މާފު ނުކޮށްފާނެތީ އަހަރެން ބިރުގަނެއެވެ.

ހައިކަލް އަންނާނެ ދުވަހަކަށް އަހަރެން އަބަދުވެސް އިންތިޒާރު ކުރަމެވެ. އަހަރެންގެ ކައިރިން މާފަށް އެދި ހައިކަލް އަންނާނެއޭ އަހަރެންގެ ހިތް ބުނެއެވެ. ނަމަވެސް އަހަރެން ހައިކަލްއަށް މާފް ކޮށްފީމެވެ. ހައިކަލްދެކެ ވީ ލޯބީގެ ހައްޤުގައެވެ. އެ ލޯބި މިހިތުގައި އަދިވެސް ވާތީއެވެ.

*****

ކައިރާ މަަޑުމަޑުން ފޯނު މޭގައި ޖައްސާލިއެވެ. 17 އަހަރު ވަންދެން ފޮރުވިފައި އޮތް ހަޤީޤަތަކީ މިއީ ހެއްޔެވެ؟ ކައިރާގެ ހިތުގައި އާޝިޔާއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. ނަމަވެސް ހައިކަލްއަށް ވީ ކިހިނެތް ބާއެވެ. އާޝިޔާ އޭނާ ވައްތަރީ ހައިކަލްއާއޭ ބުނުމުން ކައިރާ އޭނާގެ ބައްޕަ ދެކިލަން ބޭނުންވިއެވެ. ކޮންމެވެސް ދުވަހަކުން ބައްޕައާ ދިމާވުމަށް އެދި ކައިރާ ހިތާހިތުން ދުއާ ކޮށްލިއެވެ.

ކައިރާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުން ބޮލުގައި ރިއްސަން ފެށިއެވެ. ނިދަން ބޭނުން ވިޔަސް ލޮލަށް ނިންޖެއް ނައެވެ. އެނދުން ތެދުވެގެން ގޮސް ކައިރާ ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. އަބަދުވެސް ހިނިތުންވުމެއް ވާ އެ މޫނުގައި މިރޭ ދިރުމެއް ނެތެވެ.

އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުން ކައިރާ ފަރުވާ ކުޑަ ގޮތަކަށް ފޯނަށް ނަޒަރެއް ހިންގާލިއެވެ. ގުޅަނީ އެލީޝާއެވެ.

ފޯނު ރިންގުވަމުން ކެނޑުނު އިރު ވެސް ފޯނު ނަގާ ޚިޔާލެއް ކައިރާ ނުކުރިއެވެ. ނޫނީ އޭނާގެ އެ ހިތްވަރު ނެތީއެވެ. ދެވަނަ ފަހަރަށް އެލީޝާ ގުޅަން ފެށުމުން ކައިރާ ފޯނު  ނަގައި ކަންފަތުގައި ޖައްސާލިއެވެ.

" ހެލޯ... ކައި... ހުރިހާ ކަމެއް ރަނގަޅުތަ ؟....." ކައިރާ އެއްވެސް އެއްޗެއް ނުބުނެ ހުންނަން ފެށުމުން އެލީޝާ އަހައިލިއެވެ.

ކައިރާގެ އަޑެއް ނީވުމުން އެލީޝާ އަނެއްކާ ވެސް ގޮވާލިއެވެ. އެއާއެކު އިވެން ފެށީ މަޑު ގިސްލުމެއްގެ އަޑެވެ. ކައިރާގެ އަޑު ކަންފަތުގައި ޖެހުމުން އެލީޝާގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ. އެކުވެރިޔާގެ ހާލަތު ނޭނގުނަސް ކައިރާ އުފުލަމުންދާ ހިތާމަ އެލީޝާއަށް އަންދާޒާ ކޮށްލެވުނެވެ.

" އެލީ......"... އެހެން އިރުކޮޅަކު ހުރުމަށްފަހު ކައިރާ ގޮވާލިއެވެ. އަދި ލަސްލަހުން އޭނާގެ ވާހަކަ ފެށިއެވެ. އުނދަގުލުން ނަމަވެސް ކައިރާ އެލީޝާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

" ކައި... ޔޫ ޝުޑް ބީ ސްޓްރޯންގް.... މާތް ﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ... އަދި ނުއުފުލޭ ވަރުގެ ބުރައެއް ވެސް ނުޖައްސަވާނެ... އަހަންނަށް އެނގޭ ކައިތީ ވަރަށް ހިތްވަރުގަދަ ކުއްޖެއްކަން.... ކައިގެ ދިރިއުޅުމުގަ ނޭނގި އޮތް ސިއްރު ތި އެނގުނީ... އެއީ މާޒީ... ކައިގެ ކުށެއް ނޫން އެއީ... ސޯ ޑޯންޓް ކްރައި އޯކޭ... އަހަރެން އަބަދުވެސް ކައިއާ އެކީ ވާނަން... ދެން ނުވިސްނާތި.. މާދަމާއަކީ ބޮޑު ދުވަހެއް... ޔޫ ހެވް ޓު ބީ ރެޑީ......."..... އެލީޝާގެ އޯގާތެރި ބަސްތަކުން ކޮންމެވެސް ވަރަކަށް ކައިރާ ހަމައަކަށް އެޅުނެވެ.

ކައިރާ ކާން ވެސް ކޮޓަރިން ނުނިކުންނާތީ އާޝިޔާ އައިސް މަޑުމަޑުން އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އެތެރެއިން ކައިރާގެ އިޝާރާތެއް ނުލިބުމުން ތަޅުގައި ހިފިއިރު ތަޅު ނުލައި ހުރުމުން އާޝިޔާ ދޮރު ހުޅުވާލިއެވެ. އޭރު ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު އަލި ކަމުގެ ތެރެއިން އެނދުގައި ނިދާފައި އޮތް ކައިރާ އާޝިޔާގެ ލޮލުގައި އަޅައިގަތެވެ.

ނިދާފައި އޮތް އިރު ވެސް އެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރު އާޝިޔާއަށް ފާހަގަ ކުރެވުނެވެ. ކައިރާއަކީ އާޝިޔާއަށް ކަންކަން ސިއްރުކުރާ ކުއްޖެއް ނޫނެވެ. ކައިރާ ނުބުނި ކަމުގައި ވިޔަސް ކޮންމެވެސް ކަންތައްގަނޑެއްވާކަން އާޝިޔާއަށް ޔަޤީނެވެ. ކައިރާގެ ނިތްކުރީގައި ބޮސް ދިނުމަށްފަހު އާޝިޔާ ކޮޓަރިން ނުކުތެވެ.

ދޮރު ލެއްޕުނު އަޑަށް ކައިރާ ލޯ ހުޅުވާލިއެވެ. ރޭގަނޑު ކުރިއަށް އޮތް އިރު ދިރިއުޅުމަށް އައިސްފައިވާ ކުއްލި ހަލަބޮލި ކަމާއެކު ކައިރާއަށް އުޅެ އުޅެ ނުނިދުނެވެ. އެންމެ ފަހުން ތެދުވެ ފޯނު ނަގައިގެން އޮންލައިންވީ ކިޔާން މަތިން ހަނދާންވުމުންނެވެ.

ކައިރާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ކުޅެލީ ކިޔާން ފޮނުވައިފައިވާ މެސެޖްތައް ފެނުމުންނެވެ. ކިޔާންއަށް ރިޕްލައި ކޮށްލުމަށް ފަހު ކައިރާ ލޯ މަރައިލިއެވެ. އެ ސިކުނޑީގައި ކިޔާންގެ ސޫރަ ކުރެހިގެން ދިޔުމާއެކު ކައިރާއަށް ފަސޭހައިން ނިދުނެވެ.

*****

ހެނދުނު ހެނދުނާ ތެދުވެ ކިޔާން ސްކޫލަށް ދާން ތައްޔާރުވަމުން ދިޔައެވެ. އަދަބީ ހަފްތާ ފެށޭ ދުވަހަށް ވުމުން އެއްމެންވެސް ދާން ޖެހެނީ ދިވެހި ހެދުމުގައެވެ. ހުދު ކުލައިގެ އަތްދިގު ގަމީހަކާއި ފޭއްޔެއްގައި ކިޔާން ހުރިއިރު ނުހަނު ހިތްގައިމެވެ. އިސްތަށިގަނޑު ހުރީ ރީތިކޮށް ސްޓައިލް ކުރެވިފައެވެ. ލޯގަނޑު ކުރިމަތީގައި ހުރެ އޭނާގެ އަމިއްލަ ސޫރައަށް ބަލާލަމުން ކިޔާން ހިތަށް އަރުވާލީ ކައިރާގެ ނަމެވެ.

ސްކޫލަށް ދިޔުމުގެ ކުރިން ކިޔާން އަޒީޒް ގާތަށް ގޮސްލިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ސްކޫލަށް ދާން ނުކުތްއިރު ކިޔާންގެ ލޮލުގައި އަޅައިގަތީ ގޭގެ ބޮޑު ގޯތި ތެރޭގައި ޕާކް ކުރެވިފައި އޮތް ކާރެވެ. މަލީހާއާ ގުޅޭ މީހެއްގެ އެއްޗަކަށް ނޫނީ އެ ނުވާނެކަން ކިޔާން އަށް ޔަޤީނެވެ.

އަމަލުތަކުން މަލީހާ ދެކެ ލޯބި ނުވާކަން ކިޔާން ދައްކަމުން ދިޔަ ނަމަވެސް އެ ހިތްވަނީ މަންމަގެ ލޯތްބަށް އެދި ފެން ބޮވައިގެންފައެވެ. މަލީހާގެ ލޯބި ލިބޭނެ ކަމުގެ އުއްމީދެއް ނެތަސް ކިޔާން މަލީހާގެ އަޅައިލުން ބޭނުމެވެ. ލޯބިން ދަރިފުޅާއޭ ކިޔައި މަލީހާ ގޮވާލާ އަޑު އަހަން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ހުވަފެން ހަޤީޤަތަކަށް ވާނެބާއެވެ.

..ނުނިމޭ..

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!