ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Hajj Corporation

" ކައިރާ.... ޕްލީސް ކަމް ޓު އޮފީސް............" ލީޑިންގެ ޓީޗަރުގެ ނަޒަރު ކައިރާއާ އަމާޒުވެފައި ހުރި އިރު އެ މޫނުން ނުރުހުންތެރިކަން ފެންނަމުން ދިޔައެވެ.

******

" އެކްސްކިއުޒް މީ މިސް.... ޑިޑް ޔޫ ސޭ މައި ނޭމް.............." ކައިރާއަށް ހުރީ ޔަޤީން ނުކުރެވިފައެވެ.

" ޔެސް... ކައިރާ ކައިރީގަ އަންނަން މިސް ބުނީ.....".... ލީޑިންޑް ޓީޗަރު އަނެއްކާ ވެސް ތަކުރާރުކޮށްލި އިރު އެ އަޑުގައި ވީ ހަރުކަށި ކަމެވެ.

ސުވާލުގެ ނަޒަރަކުން ކައިރާ އެލީޝާއާ ދިމާލަށް ބަލައިލިއެވެ. އޭރު އެ މޫނުން ވެސް ފެންނަމުން ދިޔައީ ހަމަ އެއް ކުލަވަރެކެވެ. ކްލާސް ހުރިހާ ކުދިންގެ ނަޒަރުވެ ސް ވަނީ ކައިރާއާ އަމާޒު ވެފައެވެ.

ލީޑިންގ ޓީޗަރު ނުކުމެގެން ދިޔުމުން ކައިރާ މަޑުމަޑުން ގޮނޑިން ތެދުވެ ހިނގައިގަތެވެ. ލަސް ފިޔަވަޅުތަކެއްގައި އޭނާ ކްލާހުން ނުކުންނަން ހިނގައިގަތެވެ. އެވަގުތު އޭނާ އަޅައިގަތީ ކްލާހަށް ވަންނަން އައި ކިޔާންގެ ގައިގައެވެ. ހިނދުކޮޅަކަށް ދެމީހުންގެ ނަޒަރު ބައްދަލުވި ނަމަވެސް ކިޔާން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ހީވާގޮތުން އަދިވެސް އޭނާ ހުރީ ކައިރާދެކެ ހިތްހަމަ ނުޖެހިފައެވެ.

ކިޔާންގެ އެ ދުރުކަން ފެނި ކައިރާގެ މޭގައި ރިއްސާލިއެވެ. ކިޔާންގެ ގާތުގައި މަޢާފަށް އެދެން ކައިރާ ބޭނުންވިއެވެ. ނަމަވެސް މި ވަގުތު ހުރެވެން ނެތުމުން ކައިރާ ހިނގައިގަތެވެ. އެވަގުތު ކައިރާގެ އަތް ކިޔާންގެ އަތުގައި މަޑުމަޑުން ބީހިލިއެވެ.

ފެންކަޅިވެފައިވާ ދެލޮލަކުން ކިޔާންއާ ދިމާލަށް ކައިރާ ބަލައިލުމަށް ފަހު ދިގު ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ލިފްޓަށް އެރިއެވެ.

ކައިރާ އޭނާގެ ލޯ މަތިން ގެއްލުމުން އޭނާ ހުއްޓުވުނު ނަމައޭ ކިޔާންގެ ހިތަށް އެރިއެވެ. ކައިރާއާ ދިމާލަށް މަޑު މަޑުން އަތް ހިތްލާލުމަށް ފަހު ވެސް ކިޔާން އެ އަތް ތިރި ކޮށްލިއެވެ. ޖީބަށް އަތް ޖަހާލުމަށް ފަހު ކިޔާން ކްލާހަށް ވަނެވެ. ކްލާސްތެރެ އާދަޔާ ޚިލާފަށް ހަލަބޮލިވެފައި އޮތުމުން ކިޔާން ވެސް ވެގެން އުޅޭ ގޮތް އޮޅުންފިލުވަން ބޭނުންވިއެވެ.

" ރޭގަ ކުއްލި މައުޟޫގެ ފައިނަލް ލިސްޓު ކުއްޖަކު ވަގަށް ނެގީއޯ... އެހެންވެ މިއަދުގެ ހަރަކާތްތައް ވެސް މެދުކަނޑައިލައިފި... އަހަންނަށް ހީވަނީ ކައިރާހެން އެ ނެގީ.... ނޫން ނަމަ މިސް ކައިރާ ނުގެންދާނެ އެންނު...."

ކިޔާންއަށް ހުރީ ދެންމެ އިވުނު ވާހަކަތައް ޤަބޫލުނުކުރެވިފައެވެ.

" ނޯ.... ކައި ނުކުރާނެ އެކަހަލަ ކަމެއް... އަހަންނަށް ޔަޤީން.... "..... ކިޔާން ވަރަށް ޔަޤީންކަމާއެކު ބުނެލިއިރު އެ އަޑުގައި ވަނީ ސާބިތުކަމެވެ.

******

ލީޑިންގެ ޓީޗަރ މައުސޫމާ ކައިރާ ގޮވައިގެން ދިޔައީ މީޓިންގް ރޫމަށެވެ. އޭނާ އެތަނަށް ގެނެވުނު ސަބަބެއް ނޭނގޭތީ ކައިރާ ހުރީ ފިނިވެފައެވެ. މީޓިންގް ރޫމްގައި ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލްގެ އިތުރުން ސްކޫލްގެ އިސްވެރިން ވެސް ތިއްބެވެ.

" އިށީނދޭ....." މައުސޫމާ އިޝާރާތް ކޮށްލުމުން ކައިރާ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އޭރު އެންމެންގެ ނަޒަރު ވަނީ އޭނާއާ އަމާޒުވެފައެވެ.

" ކައިރާ... ސްކޫލުގަ މިވީ މަދު ދުވަސްކޮޅު ތެރޭގައި ފާހަގަ ކުރެވިފައި ވަނީ ވަރަށް ރަނގަޅު ކުއްޖެއްގެ ގޮތުގަ... ހުރިހާ ޓީޗަރުންގެ ލޯބި ކައިރާ ހޯދީ ކައިރާގެ ރިވެތި އަޚުލާޤުން... މި ސްކޫލްގެ ހުރިހާ ޓީޗަރުން ވެސް ކައިރާއާ މެދު ފަޚުރުވެރިވޭ... އެކަމަކު މިއަދު ކައިރާ ތިކުރި ކަމަކުން ސަރމެން ވަރަށް ދެރަވެއްޖެ... އެހާމެ ލަދު ވެސް ގަނެއްޖެ... " ޕްރިންސިޕަލް ކައިރާއާ މުހާތަބުކޮށް ދައްކަމުންދިޔަ ވާހަކަތަކުން ނަގަންވީ ކޮން މާނައެއްކަން ކައިރާއަކަށް ނޭނގުނެވެ. މުދައްރިސުން ދެރަވާ ވަރުގެ ކަމަކަށް ކައިރާއަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ކައިރާއަށް ވިސްނައި ވިސްނައި އޭނާ ކުރިކަމެއް ނޭނގުނެވެ. ސުވާލުގެ ނަޒަރަކުން ފަހަރަކު މީހެއްގެ މޫނަށް ކައިރާ ބަލަމުންދިޔައެވެ.

" ސަރ.. އަޅުގަނޑަކަށް ސާފެއް ނުވޭ ސަރ ބުނުއްވަން ތި އުޅޭ ވާހަކަ....." ކައިރާ މަޑުމަޑުން ބުނެލިއެވެ.

" ކައިރާއަށް ކީއްވެ ކައިރާ ކުރި ކަމެއް ނޭނގެންވީ.... ޔޫ ސްޓޯލް ދި ޕޭޕަރސް ލާސްޓް ނައިޓް.. ނޫންތަ ؟....."... މައުސޫމާގެ ހަރުކަށި ބަސްތައް ކައިރާއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. މަޑުމަޑުން ދެ ފަރާތައް ބޯ ހޫރާލެވުނު އިރު ނޫނެކޭ ބުނެ ހަޅޭއްލަވައިގަންނަށް އޭނާ ބޭނުންވިއެވެ. ނަމަވެސް ކައިރާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އޭނާގެ ބޮލުގައި އެފަދަ ދޮގު އިލްޒާމެއް އެޅުވެންވީ ކީއްވެ ހެއްޔެވެ ؟

" ސަރ.. ތިއީ އޮޅުމެއް ނޫންތޯ.... އަޅުގަނޑު އެކަހަލަ ކަމެއް ނުކުރަން...".... ކައިރާ އޭނާގެ ދިފާއުގައި ބުނެލިއެވެ. ކަނޑައެޅިގެން އޭނާ ނުކުރާ ކަމެއްގެ ވާހަކަ ބުނުމުން ހިތްހަމަ ނުޖެހެނު ނަމަވެސް ރީއްޗަށް ވާހަކަ ދެއްކޭތޯ ކައިރާ މަސައްކަތްކުރިއެވެ.

" ނޯ ކައިރާ... ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާފަ ކައިރާ މި ގެނައީ... ސަރއަށް ވެސް ޤަބޫލުކުރަން އުނދަގޫވި....އެކަމަކު ސީސީޓިވް ފުޓޭޖަށް ހުރިހާ މަންޒަރެއް ވެސް އަރާފަ އެބަހުރި... ޝޯ އިޓް ޓު ހަރ...." ޕްރިންސިޕަލް ބުނަމުން ދިޔަ ކޮންމެ ޖުމްލައަކުން ކައިރާ އިތުރަށް ހައިރާންވަމުން ދިޔައެވެ. ޚާއްސަކޮށް ސީސީޓީވީ ފުޓޭޖްއިން އޭނާ ފެންނަންވީ ކީއްވެ ހެއްޔެވެ؟

ޓީވީއިން ފެންނަމުން ދިޔަ މަންޒަރުތަކުން ކައިރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ އޭނާއެއް ނޫނެވެ. ނަމަވެސް އޭނާއާ ނުހަނު ވައްތަރެވެ. އެއީ ހަމަ އެ މަޑު ފިޔާތޮށި ކުލައިގެ އަބާޔާއި ހުދު ކުލައިގެ ޝޯލް އެވެ. ކޮނޑުގައި އަޅުވާފައި އޮތީ ހަމަ ކައިރާގެ ދަބަހެވެ. އަތުގައި އޮތް ފޯނާއި ފޯނުގެ ކަވަރުގައި ވެސް އެއްވެސް ތަފާތެއް ފެންނާކަށް ނެތެވެ. ދާދި އެއް އިސްކޮޅެކެވެ. މޫނު އަރާފައި ނެތް ނަމަވެސް ބަލާލި ކޮންމެ މީހަކަށް ވެސް އެއީ ކައިރާއޭ ބުނެވޭނެ ވަރަށް އެ ކުއްޖާގެ ސިފަތައް ކައިރާއާ ވައްތަރެވެ. ނޫނީ ވައްތަރު ކޮށްފައި ހުރީއެވެ.

ކިތަންމެ ވަރަކަށް އެއީ ކައިރާ ނޫންކަން ސާބިތުކޮށްދޭން އުޅުނަސް ކައިރާއަށް އެކަމެއް ނުކުރެވުނެވެ. ފެންނަން ހުރި ހެކިތަކުގެ މައްޗަށް ބުރަވެ ކައިރާ ކުރި ކަމެއްގެ ގޮތުގައި އެކަން ކަނޑައެޅި ނިމުނެވެ.

މަންމާ... އަޅުގަނޑު ނުކުރަން އެކަހަކަ ކަމެއް....." ރޮވިފައި ހުރެ ކައިރާ މީޓިންގް ރޫމަށް ވަތް އާޝިޔާ ކައިރީގައި ބުނެލިއެވެ. ނަމަވެސް އާޝިޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

" އަޅުގަނޑުގެ ދަރިފުޅު އެފަދަ ދަށު ދަރަޖައިގެ އަމަލެއް ކުރީތީ މަޢާފަށް އެދެން... އަދި ކައިރާގެ ފަރާތުން ދެން އެފަދަ ކަމެއް ނުފެންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.... ކައިރާއަށް ހައްޤުވެގެންވާ އަދަބު އޭނާ އަށްދީ......" އާޝިޔާ ކުރެހިފައިވާ އަޑަކުން ބުނެލިއރު ކައިރާއަށް ހުރީ ޤަބޫލު ނުކުރެވިފައެވެ.

އެންމެން އޭނާއާ ދެކޮޅުވި ނަމަވެސް ލޯބިވާ މަންމަ ކައިރާއަށް އިތުބާރު ނުކުރުމުން ކައިރާ މުޅިން މާޔޫސްވިއެވެ. ކަރުނުން ފުސްވެފައިވާ ދެލޮލުން އޭނާ އާޝިޔާއަށް ބަލަހައްޓައިގެން ހުރިއިރު އެ ހިތް ޝަކުވާއިން ފުރުނެވެ.

" ސްކޫލުގެ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކައިރާ މި މުބާރާތުން ޑިސްކޮލިފައި ވީ.... އަދި ސްކޫލްގެ ސްޓާފް ރޫމުން ވައްކަން ކުރުމުގެ އަދަބެއްގެ ގޮތުން ހަފްތާއަށް ސްކޫލުން ސަސްޕެންޑް ކުރަން އަޅުގަނޑުމެން ނިންމައިފިން...." މައުސޫމާ ފަހުގެ ނިންމުން އިއްވައިލިއެވެ.

ދުނިޔެއަކީ ކިހާ ކެހިވެރި ތަނެއް ހެއްޔެވެ؟ އެއްވެސް ކުށެއް ނެތި ކައިރާއާ މެދު ގޮތް ނިންމުނު ގޮތުން ކައިރާގެ ހުރިހާ އުއްމީދެއް ފުނޑުފުނޑުވެގެން ދިޔައެވެ. މި ދުވަހަށް ޓަކައި އޭނާ ކިހާ ފޮނި އުއްމީދުތަކެއް ކުރި ހެއްޔެވެ؟ އަދަބީ ހަފްތާގެ ތަރިއަށްވުމަށް ޓަކައި ކަށިން ހިތްވަރު ނެރެގެން ކައިރާ ކުރި ބުރަ މަސައްކަތް އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއްގެ ޝިކާރައަކަށްވެ ނެތި ދިޔައީއެވެ. ކުޑައިރުއްސުރެ ހޯދަމުންދިޔަ ރަން ވަނަތަކުގައި ސިއްކަ ޖެހުނީއެވެ. އޭނާއާ މެދު ކަންތައްވީ ހާދަ ނާއިންސާފުންނެވެ. އޭނާގެ ބޮލުގައި އެޅުވުނު ދޮގު އިލްޒާމެއްގެ ސަބަބުން ސްކޫލުގައި އޭނާގެ ނަން ކިލަނބުވީ އެވެ. މަންމަގެ އިތުބާރު ގެއްލުނީއެވެ.

******

" ނަނާ... ޕްލޭން ކާމިޔާބު ވެއްޖެ.... ދެން ކައިރާއަށް ބަލައިލާނެ މީހަކު ނުވާނެ ހަމަގައިމު ވެސް .... " ޝަހާ ފޯނަށް އައި މެސެޖް ކިޔާލުމަށް ފަހު ސިއްރު ސިއްރުން ނަބާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެ އާއެކު ނަބާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

އޭނާއާ ވާދަކުރަން އުޅޭ ކޮންމެ މީހަކަށް ވެސް ވާނެ ގޮތަކީ އެއީއެވެ. ނަބާ ބޭނުންވި ގޮތަށް ހުރިހާ ކަމެއްވެސް ކާމިޔާބު ވުމުން އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ދެން އަދަބީ ތަރިއަށް ވާސިލްވުމަށް ޓަކައި އޭނާއަށް ހުރަހެއް ނެތެވެ. ބާކީ އޮތީ އެއްމެ ކަމެކެވެ. ކިޔާންއާ ކައިރާ ދުރުކުރުމެވެ. ނަބާ އެކި ގޮތް ގޮތަށް ވިސްނަން ފެށީ އެކަން ކުރާނެ ގޮތެކެވެ.

އޭނާ ނުހަނު ފަރުވާތެރިވެގެން ނޫނީ އެކަން ނުވާނެކަން އެނގެއެވެ. ކައިރާއަށް އޭނާގެ ގޮތް ނޭނގުނަސް ކިޔާންއަށް ނަބާ ނޯޅޭނެއެވެ.

*****

އުފާވެރިކޮށް ފެށުނު ދުވަހެއްގެ ނިމުން ކައިރާ ވެގެން ދިޔައީ ހިތި ނިމުމަކަށެވެ. އާޝިޔާ އޭނާއާ އަނގައިން ނުބުނިތާ ބަލައި ވެސް ނުލިއެވެ. ކައިރާ ލައްވާ ޑިސިޕްލިން ފޯރމްގައި ވެސް ސޮއި ކުރެވުނެވެ. ހުރިހާ ކަމެއް ވަމުން ދިޔައިރު ވެސް އަމިއްލަ ދިފާޢުގައި އިތުރަށް ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަށް ނައެވެ.

******

ކިޔާން ދިގު ފިޔަވަޅުތަކެއްގައި ގޮސް ހުއްޓިލީ 12 ސީ ކްލާސްގެ ދޮރުމަތީގައެވެ. އަތުން ފައިން ގޯހެއް ހެދިދާނެތީ ދޮރުމަތީގައި މަޑުކޮށްލުމަށް ފަހު ކިޔާން ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ނަމަވެސް ކައިރާގެ ބޮލުގައި އެޅުވުނު ދޮގު އިލްޒާމް ހިތަށް އެރުމާއެކު ކިޔާންގެ ލޭ ކެކިގެން ދިޔައެވެ. ބާރަކަށް ދޮރު ހުޅުވާލުމަށްފަހު ކިޔާން އެތެރެއަށް ވަނެވެ.

ދޮރު ލެއްޕުނު ބާރުއަޑާއެކު ފަހަތު ސީޓުގައި އިން ނަބާ އިސްއުފުލާ ބަލައިލިއެވެ. ރުޅި އައިސް ރަތްވެފައި ހުރި ކިޔާން ފެނުމާއެކު ނަބާގެ ހިތް ރޫރޫ އަޅައިގެން ދިޔައެވެ. ކްލާހުގެ އެންމެން ކުރިމަތީގައި ކިޔާން އޭނާ ބޭޒާރުކޮށްލާނެ ކަމުގެ ބިރު ނަބާގެ ހިތުގައި އޮތެވެ.

ކިޔާން އައިސް ހުއްޓިލީ ނަބާގެ ކުރިމަތީގައެވެ. ޖީބަށް ދެއަތް ޖަހާލައިގެން ހުރިއިރު ނަބާގެ މޫނުން އެއްޗެއް ދޭހަ ކުރަން އުޅޭ ކަހަލައެވެ. އިރުކޮޅަކަށް ބަލަހައްޓައިގެން ހުރުމަށް ފަހު ކިޔާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

" ކިޔާން ކިހިނެތް ވެގެން ތިއުޅެނީ....." ނަބާ އޭނާގެ ނުތަނަވަސްކަން ފޮރުވާލަމުން ކިޔާންއާ ކުރިމަތިލީ އިރު އެ އަޑުގައި ވަނީ ނުރުހުންތެރި ކަމެވެ.

" ނަބާއަށް ވަރަށް ރަނގަޅަށް އެނގޭނެ މި ވެގެން އުޅޭ ގޮތް... އަހަރެން ބުނާނީ އެންމެ ފަހަރަކު ... ސްޓޭ އަވޭ ފްރޮމް ހަރ...." ނަބާގެ ކަންފަތް ކައިރިއަށް ގުދުވެލަމުން ކިޔާން ބުނެލީ ދަތްތަކަށް ބާރުލައިފައެވެ. އަ އަޑުގައި ހުރި ހަރުކަށިކަމުން އެކަނިވެސް ނަބާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަމަވެސް ކިޔާންގެ ކުރިމަތީގައި ނަބާ ފިނޑިވާކަށް ބޭނުމެއް ނޫނެވެ.

" ނުވެއްޖެނަމަ ...؟... ދެން ؟؟... ކޮން ކަމެއް ކުރެވޭނީ.... ".... ނަބާ ހަމަ އެކަނި ކިޔާންއަށް އަޑުއިވޭ ވަރަށް ބުނެލިއެވެ.

" އަހަންނަށް ކުރެވޭނެ ކިތަންމެ ކަމެއްވެސް އެބަހުރި.... ނަބާއަށް ވެސް އަބަދު ތިހެނެއް ނޫޅެވޭނެ... މިހާރު މާ މައްޗަށް ތިދަނީ... އަހަރެން އެއްޗެކޭ ނުބުނެ ހުރީމަ ހީ ނުކުރާތި މަޑުން ހުންނާނެއޭ... އަމިއްލައަށް ކުރި ކަންތައް ކިޔައިނުދީފިއްޔާ އަހަރެން ކިޔައިދޭނަން.. އައި ހޯޕް ޔޫ އަންޑަސްޓޫޑް...." ކިޔާން އޭނާގެ ފަހުގެ އިންޒާރު އިއްވާލުމަށް ފަހު ހިނގައިގަތް އިރު ނަބާގެ އަތް މުއްކެވިގެން ދިޔައެވެ.

*****

ސެޝަން ނިމޭ ގަޑިއަށް ވުމުން ގޭޓް ކައިރީގައި ގިނަ ކުދިންތަކެއް އެއްވެފައި ތިއްބެވެ. ގޭޓް ކުރިމަތީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ އެލީޝާ ހުރީ ކައިރާގެ އިންތިޒާރުގައެވެ. ކައިރާ އަދިވެސް ވީ އެތެރޭގައި ކަމުން އެލީޝާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައީ ވީގޮތެއް ނޭނގޭތީއެވެ. ހުރިހާ ކަމެއް ވެސް ރަނގަޅަށް ވުމަށް އެދި އޭނާއަށް ހިތާއި ހިތުން ދުޢާ ކޮށްލެވުނެވެ. އެލީޝާގެ ކައިރީގައި ކިޔާން އާއި ޒެވިޔަން ވެސް އަމިއްލަ ވާހަކައެއްގައި ތިއްބެވެ.

ކައިރާއަށް އޭނާގެ އިންތިޒާރުގައި ހުރި އެލީޝާ ފެނުމުން އެ ދިމާއަށް ހިނގައިގަތެވެ. އެ ދިމާލުގައި  ކިޔާންވެސް ހުރުމުން ކައިރާ ކުޑަކޮށް ފަސްޖެހުނު ނަމަވެސް ފިޔަވަޅުތައް ކުރިއަށް އަޅަމުން ދިޔައެވެ. ކުދިންގެ ނުރުހުންތެރި ނަޒަރުތައް ކައިރާއަށް އަމާޒުވަމުން ދާތީ އޭނާ ހުރީ ނުހަނު ދެރަވެފައެވެ. ނަމަވެސް އެއީ އޭނާ ކުރި ކަމެއް ނޫންކަން ކައިރާ ބުނެދޭން ބޭނުންވިއެވެ. އެކަމަކު އޭނާގެ ވާހަކަ ޤަބޫލު ކުރާނީ ކާކު ހެއްޔެވެ؟

" ކައި... ކިޔައި ނުދިނަސް އަހަންނަށް އެނގިއްޖެ... ކައި ނުކުރާނެ އެކަހަލަ ކަމެއް... އަހަންނަށް ޔަޤީން...." ކައިރާއަށް އަދި އެއްޗެކޭ ނުބުނެވެނީސް އެލީޝާ ބުނެލިއެވެ. ކައިރާއަށް އެ ފަދަ ރަނގަޅު އެކުވެރިޔަކު ލިބުމީ އޭނާގެ ނަސީބޭ ހިތަށް އެރިއެވެ.

އެލީޝާ ބުނި ޖުމްލަތައް ފަހަތުގައި ހުރި އާޝިޔާއަށް ވެސް ވަރަށް ރީތިކޮށް އިވުނެވެ. އޭނާ ވެސް އެލީޝާގެ ވާހަކައާ އެއްބަހެވެ. ނަމަވެސް އޭނާ އޮފީސް ތެރޭގައި އެހެން ސިފައެއް ދެއްކީ ސަބަބެއް އޮތީމައެވެ. އޭނާ އެގޮތަށް ކަންތައް ކުރީ ކައިރާގެ ދިފާޢުގައެވެ. ކައިރާއަށް ނޭނގުނަސް އާޝިޔާ އޭނާއަށް ފުރިހަމަ އިތުބާރު ކުރެއެވެ.

" ނާސި އަންހެނެއްގެ ނަހަލާލު ދަރި އެންމެ ފަހުން ވައްކަން ވެސް ކުރަން ފެށީދޯ......"..... ކުއްލިއަކަށް ދާދި ގާތުން އިވުނު އަޑާއެކު އާޝިޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެވަގުތު އޭނާގެ ވަށައިގެންވީ މާހައުލު އެބުރިގަތް ކަހަލަ އިހްސާސެއް އޭނާއަށް ކުރެވިގެން ދިޔައެވެ.

މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާގެ މާޒީ ކުލަ މަންޒަރެއްހެން އޭނާ އަށް ސިފަވެގެން ދިޔައެވެ. އާޝިޔާއަށް ބޮލުގައި ހިފަހައްޓާލެވުނީ ސިކުނޑިއަށް ބާރުކުރަން ފެށުމުންނެވެ.

މަންޒަރު ފުސްވަމުން ދިޔައިރު އޭނާގެ ގައިން ހަކަތަ ހުސްވަމުން ދިޔަކަން އާޝިޔާއަށް އިހްސާސް ވެގެން ދިޔައެވެ. އެވަގުތު އޭނާގެ ކަންފަތުގައި ކައިރާގެ ބާރު ހަޅޭކުގެ އަޑު ފަނޑުކޮށް އިވިގެން ދިޔައެވެ.

..ނުނިމޭ..

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!