ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

އެލީޝާއަށް ފަސްދިން އިރު ޒެވިޔަންގެ ތުންފަތުގައި ވީ ލާނެތް ހިނިތުންވުމެކެވެ. ސިއްރުސިއްރުން އެލީޝާއަށް ބަލައިލުމަށް ފަހު ޒެވިޔަން އޭނާގެ އަނގަމަތީގައި އަތް އެޅީ ބާރަށް ހެވިދާނެތީއެވެ. އޭރު ވެސް އެލީޝާ ހުއްޓުމެއް ނެތި ރޮމުން ދިޔައިރު އެ ގިސްލުމުގެ އަޑު ފަޒާގައި ހަރުލައިފައި ވެއެވެ.

*****

ޒެވިޔަންއާ ދިމާލަށް ބަލައިލާނޭ ހިތްވަރެއް ވެސް ނެތުމުން އެލީޝާ ލޯ މަރައިލުމަށް ފަހު ފަސް އެނބުރި ގެއަށް ވަންނަން ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުތަކުގައިވީ ލަސްކަމެވެ. ހީވަނީ އެކަން ކުރުމަށް މަޖުބޫރު ވެފައިވާ ހެންނެވެ. ކުއްލިއަކަށް އެލީޝާ ސިއްސައިގެން ދިޔައީ އޭނާގެ ފަހަތުން އައިސް ޒެވިޔަން ބައްދާލުމުންނެވެ. ދެލޯ ބޮޑުވެފައި އެލީޝާއަށް ހުރެވުނީ ހަރަކާތެއް ކުރަން ވެސް ނޭނގިފައެވެ.

" ވައި ސޯ ސީރިއަސް އެލީ....؟..."..... ޒެވިޔަން ކުޑަ ހިނިތުންވުމަކާ އެކު އެލީޝާގެ ކަންފަތްދޮށުގައި ބުނެލިއެވެ. ނަމަވެސް ޒެވިޔަން ބުނި އެއްޗެއް އޭނާއަށް ފަހުމެއް ނުވިއެވެ.

" ޒެވް... އެކީގަ ނޫޅެވެންޏާ ދުރުގަ ހުރޭ...."... ކުރެހިފައިވާ އަޑަކުން އެލީޝާ ބުނެލި އިރު އޭނާގެ ކޯތާފަތް އަނެއްކާ ވެސް ތެމިއްޖެއެވެ. އެއާ އެކު ޒެވިޔަން އެލީޝާގެ ގައިން ދޫކޮށްލުމަށް ފަހު ބާރު ބާރަށް ހޭން ފެށިއެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ ޒެވިޔަން ހޭން ފެށުމުން އެލީޝާއަށް އިތުރަށް ރޮވެން ފެށިއެވެ. އޭނާ ހީކުރީ ޒެވިޔަން މަލާމާތްކޮށްފައި ހެނީ ކަމަށެވެ.

" އެލީ ހާދަ ޑްރެމެޓިކް އޭ... މި ސިކުނޑީގަ ވެސް ތެތް ކަމެއް ނެތީތަ މިހާރު....".... އެލީޝާގެ ބޮލުގައި އަތް ޖައްސަލަމުން ޒެވިޔަން އަހައިލިއެވެ. ނަމަވެސް އެލީޝާ އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން ހުންނަން ފެށުމުން އަދިވެސް އޭނާއަށް ނޭނގޭކަން ޒެވިޔަނ އަށް ޔަޤީންވިއެވެ.

" ވީ އަރ ގޮއިންގް ޓު ގެޓް މެރީޑް އެލީ... "..... އެލީޝާގެ ނިތްކުރީގެ ޒެވިޔަން ނިތްކުރި ޖައްސައިލަމުން ނުހަނު ލޯބިން ބުނެލިއެވެ. އޭރު އޭނާގެ އަތް އޮތީ އެލީޝާގެ އުނަގަނޑުގައި ވަށައިލެވިފައެވެ.

" ވަޓް... އަހް........ ޒެވިޔަންންންން... އައި ހޭޓް ޔޫ ސޯ ސޯ މަޗް........"........ އެލީޝާ ޒެވިޔަންގެ މޭގައި އަތް އަޅާ ކޮށްޕާލި އިރު ޒެވިޔަންގެ ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ.

" އާނ.. ވަރަށް މަޖާ... " އެލީޝާ އަދިވެސް ހުރީ ކަޅި އަޅައިގެންނެވެ.

" ޔޫ ހޭވް ނޯ އައިޑިޔާ... މަންމަ އަސްލު ވެސް ފުރަތަމަ އޯކޭ ނޫނޭ... ފަހުން ދޮންތައާ ޒެވް ވަރަށް ވާހަކަ ދައްކައިގެން މަންމަ އޯކޭ ވެއްޖެ... އެހެންވެ އުފާވީ ވަރުން މިއައީ ކެތް ނުވެގެން.... "...... ޒެވިޔަން ހުރީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހެވިފައެވެ. ޒެވިޔަން ހުރިގޮތް ފެނުމުން އެލީޝާއަށް ވެސް ހެވުނެވެ. ޒެވިޔަން ގައިގައި ކުޑަކޮށް ބައްދައިލުމަށް ފަހު އެލީޝާ ގެއަށް ވަނީ ވަރަށް އަވަހަށް ޒައިނާ އަދި ޒާޔާއާ ބައްދަލުކުރުމަށް ޒެވިޔަންގެ ގާތުން ވައުދުވެފައެވެ.

ނަމަވެސް އެހިތުގައި ކުޑަ ނުތަނަވަސް ކަމެއް ވިއެވެ. ޒާޔާއާ ބައްދަލުކުރަން ބޭނުންވިޔަސް ޒައިނާގެ ތަފާތު މިޒާޖުގެ ސަބަބުން ޖެހިލުންވަނީއެވެ.

*****

ހަފްތާއެއްގެ ބްރޭކްއެއް ނެގުމަށް ފަހު ކައިރާ އަނެއްކާ ވެސް އޮފީހަށް ނުކުންނަން ފެށިއެވެ. ކުރިން އޮފީސް މާހައުލުގައި އުޅެން އުނދަގޫވި ނަމަވެސް މިހާރު އެކަމުގައި އެއްވެސް ދަތިކަމެއް ނެތެވެ. އޮފީހުގެ ބައެއް މުވައްޒަފުން ރާއީގެ ނަމުން މުހާތަބު ކުރިޔަސް އޭނާގެ ނަމަކީ ކައިރާކަން އެންމެނަށް ވެސް އެނގެއެވެ. އަދި އިޝާންއަކީ އޭނާގެ ކޮއްކޮކަމާއި ކިޔާންއާއި ކައިގެ ގުޅުން ވެސް އެނގެއެވެ.

" ކެން... "..... މީޓިންގްއެއް ނިންމައިލުމަށް ފަހު ނުކުތް ކިޔާންއަށް ކައިރާ ގޮވާލިއެވެ. ކިޔާން ފަސްއެނބުރި ބަލައިލުމަށް ފަހު މަޑުކުރުމުން ކައިރާ ގޮސް އޭނާއާ އެއްވަރު ކުރިއެވެ.

" ކެން.. އަހަރެން ބުނަން ބޭނުންވާ ވާހަކައެއް އެބައޮތް.. އިޓްސް ޖަސްޓް ޑިސްޓަރބިން މީ ސޯ މަޗް....."...... ކައިރާގެ މޫނުގައިވީ ނުތަނަވަސް ކަމުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ކިޔާންއަށް އެނގުނެވެ.

" އޯކޭ.. ހިނގާ ކެބިންއަށް ދާން... "..... ކިޔާންގެ ފަހަތުން ކައިރާ ގޮސް ލިފްޓަށް އެރިއެވެ.

" ކެން... ބޭބެ ފެނުނު ކުރިން ދުވަހު.. އެކަމަކު އަހަރެން ފެނުނު އިރަށް ގެއަށް ވަދެއްޖެ... ކައިރީގަ ހުރި ކުއްޖެއް ވެސް... މީގެން ނަގަންވީ މާނައެއް ނޭނގެ.. ހަމަ ވިސްނެނީ......"..... މޭޒުގައި ބޯ އަޅައިލަމުން ކައިރާ ބުނެލިއިރު އެކަމާ މެދު އޭނާ ވިސްނާވަރު ކިޔާންއަށް އަންދާޒާ ކޮށްލެވުނެވެ.

" ބޭބެއާ ވާހަކަ ދައްކާނީ ދޯ ކޮންމެވެސް ގޮތަކުން.. ކައި ތިވަރަށް އަސްލު އުޅޭނެ ކަމެއްނެތް.. އޭރުއްސުރެ ވެސް ބޭބެ ބޭނުންވި ނަމަ ކައި ހޯދުނީސް ދޯ.. ފެނުނީމަ ވާހަކަ ދައްކަން ވެސް މަސައްކަތް ކުރާނެ އެއްނު..."... ކިޔާން ހުރީ ނާސިހް ކަންތައް ކުރި ގޮތުން ހިތްހަމަ ނުޖެހިފައެވެ.

އިތުރަށް އެ ވާހަކަ ނުދައްކާ ކައިރާ އަދި ކިޔާން އިޝާންގެ ކައިވެނީގެ ވާހަކަ ދައްކަން ފެށިއެވެ. އެ ކައިވެންޏަށް ޓަކައި ގިނަ ގިނަ ތައްޔާރީތަކެއް ވާން ޖެހޭތީ ދުރާލާ ހުރިހާ ކަމެއް ވެސް ރާވާ އިންތިޒާމު ކުރަން އެ ޒުވާނުން ބޭނުން ވެއެވެ. ދެ އާއިލާއިން ވެސް ބޭނުންވާ ގޮތަކީ އެއީއެވެ.

" ކެން .. ވަޓް އެބައުޓް އަވަރ ވެޑިންގް..."...... ކައިރާ ޖެހިލުންވެފައި އިނދެވެސް އަހައިލިއެވެ. ކިޔާން އެއްވެސް ގޮތަކަށް ކައިވެނީގެ ވާހަކަ ނުދައްކާތީ ކައިރާ ދެރަވެއެވެ. އެންމެންގެ ކައިވެނި ކުރެވޭ އިރު ވެސް އޭނާގެ ކައިވެނި ކުރެވޭނެ ބާއޭ ހިތަށް އެރިއެވެ. ނަމަވެސް ކިޔާން އަޑު އިވުނު ކަމަށް ވެސް ނުހަދާ ކޮމްޕިއުޓަރަށް ނަޒަރު ހުއްޓައިގެން އިނދެ މަސައްކަތް ކުރަމުން ދިޔައެވެ. ކައިރާ އަނެއްކާ ވެސް ކިޔާންއަށް ގޮވައިލުމަށް ފަހު އެ ސުވާލު ތަކުރާރު ކޮށްލިއެވެ.

" ކައި.. ތި ވާހަކަ ދައްކާނީ ދޯ ފަހުން... މިގަޑީގަ މި މަސައްކަތް ނިންމަން އެބަޖެހޭ.. ޝޭން އާއެކީ ދާންވީނު ގެއަށް.. ދެން މިއަދު މީޓިން އެއްވެސް ނެތް .........".... ކިޔާން ކައިރާއަށް ބަލައިލުމެއް ނެތި ބުނެލުމުން ކައިރާގެ މޫނު ރަތްވެގެން ދިޔައެވެ. ދަތްކުނޑި ވިކާލުމަށް ފަހު އަވަސް ފިޔަވަޅު ތަކެއްގައި ނުކުމެގެން ދިޔައެވެ. ކައިރާ ދޮރު ޖެހިލެއް ބާރުކަމުން ކިޔާންއަށް ކަންފަތުގައި އަތް އަޅައިލެވުނެވެ. ދޮރާ ދިމާލަށް ބަލަން އިނުމަށް ފަހު ކިޔާން ދެފަރާތަށް ބޯ ހޫރައިލިއިރު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ނަމަވެސް ކައިރާ މާބޮޑަށް ރުޅިގަދަވެ އެ ގުޅުން ހީނަރުވާކަށް ކިޔާން ނޭދެއެވެ. ކެތްތެރިކަމެއް ނެތި އޭނާއަށް އިންތިޒާރު ކުރެވެމުން ދިޔައީ އިޝާންގެ ކައިވެނި ކުރެވޭ ދުވަހަށެވެ. އެހާ ހިސާބަށް ކައިރާ ކައިވެނީގެ ވާހަކަ ނުދައްކާތޯ ކިޔާންއަށް ހިތާހިތުން ދުޢާ ކޮށްލެވުނެވެ.

*****

އެލީޝާ ހީކުރި ގޮތާ ޚިލާފަށް ޒައިނާ ހިތްހެޔޮވެފައި ރަނގަޅެވެ. ކުރިން ބުނެވުނު ބަސްތަކަށް ޒެވިޔަންގެ ފަރާތުން މާފަށް އެދި އެލީޝާއަކީ ރަނގަޅު ހޮވުމެއް ކަމުގައި ޒައިނާ ހިތުގެ އަޑިން ޤަބޫލު ކުރިއެވެ. އެލީޝާގެ ކިބައިން ފެނުނު ރިވެތި އަޚްލާޤުގެ ސަބަބުން ޒައިނާ ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ.

" ކައިވެނި ކޮށްގެން ކޮންތާކު އުޅެން ދެ ކުދިން ވިސްނަނީ؟......"... ޒައިނާ އެސުވާލު ކޮށްލީ އެލީޝާގެ ޚިޔާލާއި ވިސްނުން ދެނެގަތުމުގެ ބޭނުމުގައެވެ. ޒައިނާގެ ނަޒަރުގައި އެކަން އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ.

" ކައިވެނި ކުރުމަށް ފަހު ޒެވް ބުނާ ތަނެއްގަ އުޅޭނީ... ޒެވް އުޅެން ދެއްކި ތަނެއްގައި އެއްވެސް ޝަކުވާއެއް ނެތި އުޅޭނަން.. އަޅުގަނޑަށް ޔަޤީން ޒެވް ދެރަގޮތެއް ނުހަދާނެކަން...."..... ފިނިވެފައި އިން ނަމަވެސް އެލީޝާގެ އަޑުގައިވީ ސާބިތުކަމެވެ. އެ ޖަވާބުން ޒައިނާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭނާ ބޭނުންވާ ފަދަ ރަނގަޅު ކުއްޖަކަށް އެލީޝާ ވުމުން އެހިތަށް ހަމަޖެހުން ލިބުނެވެ.

ޒާޔާއަށް ވެސް އެލީޝާ ނުހަނު ކަމުދިޔައެވެ. ގިނަގިނައިން ޒާޔާ ކައިރިއަށް އައުމަށް އެދުނެވެ. އެލީޝާގެ ސަބަބުން އެގެއަށް ދިރުން ލިބޭނެކަމާ މެދު އެ ހިތުގައި ޝައްކެތް ނެތެވެ.

*****

" ނަޝީ.. ދޭބަލަ ދޮރު ހުޅުވަން..."....... ސްޓަޑީސްގައި އިން ހައިކަލްއަށް ގޭގެ ބެލް އަޅާ އިވުމާ އެކު ތަންކޮޅެއް ބާރަށް ނަޝީލާއަށް ގޮވާލިއެވެ.

" ސާބަހޭ.. މިތާ ކައިރީގައޭ....".... އެ ކޮޓަރިއަށް ބޯ ދިއްކޮއްލަމުން ނަޝީލާ ހެވިފައި ބުނެލިއެވެ. އަދި ކުޑަ ބުރުގާއެއް އަޅައިގެން ގޮސް ގޭގެ ދޮރު ހުޅުވައިލިއެވެ. އޭނާގެ މޫނު އުޖާލާވެގެން ދިޔައީ ދޮރުމަތީގައި ތިބި އަޒީޒްއާއި މަލީހާ ފެނުމުންނެވެ. މަލީހާ ގައިގައި ބައްދައިލަމުން ނަޝީލާ އަޒީޒަށް ވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަދި އެތެރެއަށް ވަނުމަށް އެ ދެމަފިރިންނަށް ދައުވަތު ދެމުން ހައިކަލްއަށް ގޮވައިލިއެވެ.

" ހާދަ ދުވަހެއް ވެއްޖެއޭ ބައްދަލު ނުވާތާ......".... އަޒީޒް ފެނުމާ އެކު ހައިކަލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

" ދެން އޮތީ އަބަދުވެސް ބައްދަލުވާނެ ދުވަސްތަކެއްނު......."...... އަޒީޒް ބުނި ޖުމްލައިގެ މާނަ ދޭހަވުމުން މަލީހާ ހީލިއެވެ.

" ވަރަށް އުފާވެއްޖެ ހައިކަލްގެ ދަރިފުޅު އަނބުރާ ލިބުނީމަ... ދެން އެއީ މިހާރު އަހަރުމެންގެ ވެސް ދަރިއެއް ފަދަ ކުއްޖެއް... ކޮބާ ކައިރާ...؟.....".... މަލީހާ ހުރީ ކައިރާ ދެކިލާ ހިތްވެފައެވެ.

" ކައި އުޅެނީ ނަޝީގެ ދޮންތައާ އެކީގަ... މިގެއަށް އަންނާނެ ކޮންމެ ދުވަހަކުވެސް ... އަދި ކިޔާން ގެންދާނެތާ އަޒީޒްމެންނާ ބައްދަލު ކޮށްލަން ވެސް.. ..... "...... ހައިކަލް ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.

އެ ހަތަރު މީހުންގެ މެދުގައި އެ ކައިވެނީގެ ވާހަކަ ވެސް ދެކެވުނެވެ. ކައިރާއާއި ކިޔާންގެ ކައިވެނި އަވަސް ކުރަން މަލީހާއާއި ނަޝީލާ ބޭނުމެވެ. ނަމަވެސް އެކަން ދޫކޮށްލީ ކިޔާންމެންގެ އަތް މައްޗަށެވެ. އެކުދިން ކައިވެނީގެ ވާހަކަ ދެއްކުމުން ނޫނީ އެ ވާހަކަ ނުދައްކަން އަޒީޒްމެން ނިންމިއެވެ.

އިޝާންއާ އެކު ސައިކަލުގައި އައިސް ކައިރާ ހައިކަލްމެންގެއަށް މަޑުކޮށްލިއެވެ. ކިޔާންގެ ސަބަބުން ކައިރާގެ ތަބީއަތު ވަނީ ގޯސް ވެފައެވެ. އިޝާން އޭނާއާ ވާހަކަ ދެއްކުމުން ވެސް އެއްޗެކޭ ނުބުނެ އިނުމުން ކައިރާ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިކަން އިޝާންއަށް ޔަޤީންވިއެވެ. އެގޭ ކުރިމަތީގައި އޮތް ކާރަށް ނަޒަރެއް ދެމުން ކައިރާ އަވަސް ހިނގުމެއްގައި ގޮސް ގޭގެ ދޮރުހުޅުވައިލިއެވެ.

" ދޮންތި.. މަޑު ކޮށްބަލަ... ކޮން ކަމަކާ މޫނު ކުނި ކޮށްގެން މިއަދު ތި އުޅެނީ.. ކެންއާ ފައިޓެއް ކުރީ ދޯ....."..... އިޝާން ހިނިގަނޑެއް ޖަހައިލަމުން ބުނި ބަހަށް ކައިރާ ފަސްއެނބުރި ކިޔާންއަށް ބަލައިލަމުން ދެލޯ ހަނި ކޮށްލިއެވެ.

" އާހް... ތި ކިޔާންގެ ވާހަކަ ނުދައްކާ.. އައި ޖަސްޓް ހޭޓް ހިމް ސޯ މަޗް.. ވަރަށް ފޫހިވޭ.. ދެން އެންމެ ވިސްނޭ މީހާ ކަމަށް ހެދިގެން އުޅޭނީ.. ސޯ ސްޓަބޯން.. މޮޔައެއް.. ރީތި މީހެއް ވެސް ނޫނޭ ދެން.. މާ ފޮނި ވެގެން އުޅެނީ... "..... ދޮރުމަތީގައި ދެ ފަރާތަށް ހިނގަމުން ކައިރާ ހުއްޓައި ނުލާ ކިޔާންއާ ދިމާލަށް ހިތަށް އެރިހާ އެއްޗެއް ކިޔަމުން ދިޔައީ އެހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު މައިތިރި ކުރެވޭތޯއެވެ.

އެ ހުރިހާ އެއްޗެއް ކިޔާ އި ރުވެސް އިޝާން ރައްދުގައި އެއްޗެއް ނުބުނާތީ ކައިރާ އުނގަނޑުގައި ދެއަތް ވިއްދާލަމުން ބަލައިލިއެވެ. އޭރު އިޝާން ދެލޯ ބޮޑުވެފައި އޭނާއަށް ބަލަހައްޓައިގެން ހުރުމުން ކައިރާ ގޮސް އިޝާންގެ ކުރިމަތީގައި ހުއްޓިލިއެވެ.

" ޝޭން.. ކިހިނެތް ވީ...؟.. އަޅެ ދޮންތި މި ދައްކަނީ ދޮގު ވާހަކައެއްތަ؟...... ވަރަށް ބޮސީ މީހެކޭ އެއި... ހުރިހާ ކަމެއް އަމިއްލައަށް ނިންމަން އުޅޭނީ......."..... ކައިރާ އަދިވެސް ތުންކޮޅު ދިގުވެފައި ހުރެ އެއްޗެހި ކިޔަނީއެވެ.

" ދޮންތި.. ޝްޝް... "... އިޝާން ބެލީ ކައިރާއަށް އެއްޗެއް ވިސްނައިދެވޭތޯއެވެ.

" ޝެން ވެސް ހުންނާނީ ކިޔާންއާ އެއްކޮޅަށް.. އައިމް ގޮނާ ކިލް ހިމް ސޫން... "...... އިޝާން އޭނާއާ އެއްބަސް ނުވުމުން ކައިރާ އޭނާ ދެކެ ވެސް ހިތްހަމަ ނުޖެހުނެވެ.

ކައިރާގެ އަނގަ ހުއްޓައި ނުލުމުން އިޝާން މޫނުގައި އަތް އަޅައިލަމުން އިސްޖަހައިލިއެވެ. އިޝާންއަށް ވީގޮތުން ކައިރާ ފަސްއެނބުރި ބަލައިލީ އިޝާންގެ ނަޒަރު ކުރިން އަމާޒުވެފައި ހުރި ދިމާލަށެވެ. އިޝާން މާގިނައިން އެއް ދިމާލަކަށް ބަލާކަން ކުރިން ވެސް ކައިރާއަށް ފާހަގަވިއެވެ.

ގޭގެ މައިދޮރާ ދިމާލަށް ބަލާލެވުމާ އެކު ކައިރާގެ ދެލޯ ބޮޑުވެ ހަރަކާތް ހުއްޓިއްޖެއެވެ. އިޝާންއާ ދިމާލަށް އެއްޗެކޭ ބުނަން ހުޅުވައިލި އަނގަ ވެސް މަޑުމަޑުން ލެއްޕިއްޖެއެވެ. މޫނަށް ރަތްކުލަ ފާއްދާލިއިރު ލަދުގަތްވަރުން ދެލޯ ފެންކަޅި ވެގެން ދިޔައެވެ. އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އަތުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ. އޭރު މަލީހާއާއި އަޒީޒް އަދި ހައިކަލްއާއި ނަޝީލާގެ ވެސް ނަޒަރު އަމާޒުވެފައި ހުރީ ކައިރާއަށެވެ.

(ނުނިމޭ)

 

Ads by Ooredoo
  1. ާމނޖ

    މާ ކުރު ދޯ އަޅޭ��

  2. ވ.ރީތި މާބޮޑަށް ވާހަކަ ގެނަސް ދޭލެއް ކުރީ

  3. އަޅޭ ކޮބާަަަތަ ވާހަކަ