ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

ކުއްލިއަކަށް ކާރުގެ ކުރީ ދޮރު ހުޅުވައިލުމަށް ފަހު ނުކުތް ޒުވާނާ ފެނި ކައިރާގެ ދެފައިގައި ކަސްތޮޅު އެޅުނު ފަދައެވެ. އެ މޫނު ހުދުވެގެން ދިޔައިރު ދެއަތުން ހެދުމުގެ ފަސްބައި ބޮނޑިކޮށްލެވުނެވެ. ހައިރާންވެފައި ބަލަން ހުއްޓާ އެ ޒުވާނާ އައިސް ކައިރާގެ ގައިގައި ބައްދައިގަތެވެ.

" ހިތް ކެނޑޭނޭހެ ތާކުދާ ކޮންމެ....

ލިޔެވިފާވޭ ތިނަން.....

ހައިރާން ވެޔޭ.... ހައިރާން ވެޔޭ....

ވާ ލޯބި ނޭގެންޏާ ހިތް ނަގައިގެން ...

ބަލާށޭ އަމޭ.....

ނޭނގި ހިތޭ ގެންދެވީމާ ލޯބިން......"

*****

ލިބުނު ކުއްލި ސިހުމާއެކު ކައިރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލަސްލަހުން ނޭވާ ލަމުން ދިޔައިރު ކައިރާއަށް ހުރީ އަދިވެސް މިއީ ހަޤީޤަތެއްކަން ޤަބޫލު ނުކުރެވިފައެވެ.

" އައި މިސްޑް ޔޫ ސޯ މަޗް ނިއު ގަރލް....."....... ކިޔާން ކައިރާގެ ކަންފަތް ކައިރީ މަޑުމަޑުން ބުނެލިއިރު ކިޔާން އޭނާއަށް ޓަކައި އިންތިޒާރު ކޮށްކޮށް ވަރުބަލި ވެފައިވާކަން ދޭހަވެއެވެ.

ދެތިން ފަހަރު އެސްފިޔަ ޖަހައިލުމަށް ފަހު ކައިރާ ކިޔާންގެ މޭގައި އަތް އަޅައި ކޮއްޕައިލިއެވެ.

" ހައު ޑެއަރ ޔޫ ޓު ޓަޗް މީ ލައިކް ދިސް މިސްޓަރ ކިޔާން......."....... ހިތް ބިރުގަނެފައި ހުރުމުން ކައިރާ ހުރީ ރޮވެން ކައިރިވެފައެވެ. ކިޔާންއާ ދިމާލަށް ޝަހާދަތް އިނގިލި ދިގުކޮށްގެން ހުރި އިރު ކައިރާ ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ. ކިޔާންއާ ގާތުގައި ވުމަށް ހިތް އެދި ރޮއެ އާދޭސް ކުރަމުން ދިޔަ ނަމަވެސް ކައިރާގެ އެ ހިތްވަރެއް ނެތެވެ. ކިޔާންގެ ކުރިމަތީގައި އޭނާއަކީ ބޭއިންސާފު މީހެކެވެ. އެ ލޯބީގެ އަގު ވަޒަން ނުކުރެވުނީ އޭނާ އަށެވެ. ކިޔާންއަށް އިތުބާރު ވެސް ނުކުރެވުނީ ހަމަ ކައިރާއަށެވެ.

"ކައިއަށް އޮސްކާ އެވަރޑް ދޭން ފެނޭ.... އަދިވެސް އެކްޓް ކުރަނީތަ....."..... ކިޔާން ލާނެތް ހިނިތުންވުމަކާ އެކު އައިސް ކައިރާގެ އިނގިލީގައި ހިފާ ތިރިކޮށްލިއެވެ.

ޤަބޫލު ނުކުރެވިފައި ކައިރާ ބަލަން ހުރިއިރު އެ ބޮޑު ދެލޮލުގައި ވަނީ ހައިރާންކަމެވެ. ކިޔާންއަށް ހަޤީޤަތް އެނގުނީ ހެއްޔެވެ؟... އެކަމަކު ކިހިނެއް ހެއްޔެވެ؟

" ތި ވިސްނަނީ ވަރަށް ބޭކާރު ސުވާލުތަކެއް..... ތި މޮޔަ ސިކުނޑިއަށް އޭގެ ޖަވާބުތަކެއް ނާންނާނެ....."... ކިޔާން އަނގަޔަށް ގޮތެއް ހަދައިލަމުން ކައިރާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.

ކިޔާންއަށް އޭނާ ސިކުނޑީގައިވީ ކީކޭކަން އެނގުމުން ކައިރާގެ ދެ ބުމަ ކައިރިވެގެން ދިޔައެވެ. އަދި ވަގުތުން ކިޔާންއަށް ފުރަގަސްދިނެވެ. އޭރު އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ކައިރާގެ ލޮލުގައި އަޅައިގަތީ ގޭގެ މައިދޮރުން ބޯ ދިއްކޮށްގެން އޮތް އެލީޝާއެވެ. ކިޔާންއަށް މިހާބޮޑު ޔަޤީންކަމެއް ލިބޭނީ އެލީޝާގެ ފަރާތުންނޭ ކައިރާގެ ހިތަށް އެރިއެވެ. އެލީޝާގެ އުޅުމުގައި މިއަދުވީ ތަފާތު ކަމުގެ ސިއްރަކީ މިއީ ތާއެވެ.

" އެލީޝާ...... އަހަރެން އަތުގަ ނުޖެހޭތި.... "..... ފަޔަށް ބާރުލުމަށް ފަހު ކައިރާ ހިނގައިގަތީ އެލީޝާއާ ދިމާލަށެވެ. ނަމަވެސް އޭގެ ކުރިން ކިޔާން އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ. އޭރު އެލިޝާގެ ހުނުމުގެ އަޑު އިވެމުން ދިޔައެވެ.

" ނޮޓް ސޯ ފާސްޓް... ފަހުން އެލީގެ ދުވަސް ދުއްވާލިޔަސް ހެޔޮ... އެކަމަކު މިގަޑީގަ ޕާރޓީއަށް ދާން ލަސްވޭ އެބަ.. ސޯ.. މިސް ކައިރާ... ވުޑް ޔޫ ކަމް ވިތް މީ...."....... އެއްމިޔަނަކުން ހީލަމުން ކިޔާން އޭނާގެ ކަނާއަތް ކައިރާއަށް ދިއްކޮށްލިއެވެ. ކައިރާ އެ އަތްތިލައަށް ބަލަން ހުރީ ތަފާތު ނަޒަރަކުންނެވެ. އެ އަތުގައި ހިފަން އަތް ދިއްކޮށްލުމަށް ފަހު ވެސް އޭނާއަށް އަތް ތިރިކޮށްލެވުނެވެ. އޭރު އެ މޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ.

" ކެން...... އައިމް ސޯ ސޮރީ......"..... ކައިރާއަށް އިސްޖަހައިލެވުނެވެ. ކިޔާންގެ ކުރިމަތީގައި ހުންނަން އޭނާއަށް އުނދަގޫ ވަނީއެވެ. ކިޔާންގެ ލޯބި އޭނާއަށް ހައްޤެއް ނޫނޭ ހިތް ބުނަނީއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔަލެއް ބޮޑުކަމުން ކައިރާގެ ލޯ ފެންކަޅި ވެގެން ދިޔައެވެ.

" ޝްޝް.... ނުބުނާނެ... ފަހުން މި ވާހަކަ ދައްކާނީ... މިވަގުތު ޕާރޓީއަށް ދިޔުން މުހިންމު.... އެކަމަކު ދިޔުމުގެ ކުރިން ތި ލެންސް ނައްޓާލަން ވާނެ... ކައިއަށް އިތުރު ޗޮއިސްއެއް ނެތް..."..... ކައިރާގެ މޫނަށް ބަލަހައްޓައިގެން ހުރެ ކިޔާން ބުނެލީ ނުހަނު ހަމަޖެހިފައެވެ. އެ މޫނުން ފެންނަނީ އުޖާލާ ކަމެވެ.

ކައިރާ ކިޔާންއަށް ފުންކޮށް ބަލައިލިއެވެ. އެ ސިކުނޑީގައި ވަނީ ކޯއްޗެއް ހެއްޔެވެ؟ ޖަވާބު ނޭނގޭ އެތައް ސުވާލުތަކަކުން އޭނާ ހާސްވަމުން ދިޔައެވެ. ލަސް ހަރަކާތްތަކާ އެކު ކައިރާ ކިޔާން ބުނި ގޮތަށް ލެންސް ނައްޓައިލިއެވެ. އޭނާއަށް އިތުރު ގޮތެއް ނެތީއެވެ. ހަތިޔާރު ބަހައްޓަން ކައިރާއަށް މަޖުބޫރުވީއެވެ.

ކިޔާންގެ ފަހަތުން ގޮސް ކާރަށް އެރުމަށް ފަހު ކައިރާ ހަމަޖެހެން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އޭނާ ހަމަޖެހޭނީ ކިހިނަކުން ހެއްޔެވެ. ކައިރާއަށް ނުވެސް އެނގި ހުއްޓާ ހުރިހާ ކަމެއް ބަދަލުވީއެވެ. ރާއީ ބޭޒާރުވީއެވެ..ކައިރާ އެންމެންގެ ލޯ ތަކަށް ފޮރުވައިލި ސިއްރުގެ ފަރުދާ ކަޝްފު ވީއެވެ.

" މިއޮތީ ކައިއަށް ދޭން ބާއްވާފަ އޮތް އެއްޗެއް.. އޮހް.. ސޮރީ.. މިބުނީ ރާއީއަށް..."..... ކިޔާން އަނގަޔަށް ގޮތެއް ހަދައިލަމުން ދިއްކޮށްލީ ކައިރާގެ އަތް ދަބަހެވެ. އެވަގުތު ކައިރާގެ މޫނަށް ވެރިވި ކުލަވަރު ފެނިފައި ކިޔާން ހޭން ފެށިއެވެ.

" ސްޓުޕިޑް ބޭގް... "...... ކައިރާ ކިތަންމެ މަޑުން ބުނި ކަމުގައި ވިޔަސް ކިޔާންގެ ކަންފަތަށް އެ އަޑު ފޯރިއެވެ.

" ސްޓުޕިޑް ބޭގެއް ނޫން.. ތި މޮޔަ ކުއްޖާ....... އަހަރެން ހަމަ އަޖައިބުވެއްޖެ......"..... ކާރުގެ ދޮރުގައި އަތް އަޅުވައިލަމުން ކިޔާން ބަލައިލީ ކައިރާއަށެވެ. އޭނާ ދީވާނާ ކުރުވި އަޅިފެހި ދެލޯ ދުށުމުގެ ނަސީބު ހަ އަހަރުފަހުން ލިބުމުން ކިޔާން އެ މޫނުން ނަޒަރު ވަކި ކުރާކަށް ބޭނުމެއް ނޫނެވެ. މުޅި އުމުރަށް ވެސް އެ ގޮތުގައި އިނދެވޭނެ ނަމައޭ ހިތަށް އެރުމުން ބޭ އިޚްތިޔާރުގައި ކިޔާންއަށް ހިނިތުންވެވުނެވެ.

" ކައި ވަރަށް ރީތި ތި ހެދުމުގަ....."..... ކިޔާންއަށް ނީނދެވިގެން ބުނެލިއެވެ. އެއާ އެކު ކައިރާ އިސްއުފުލައި ބަލައިލީ ދެލޯ ކުޑަ ކޮށްލަމުންނެވެ.

" އައްޗި... މި ހެދުން އެއްވެސް ރީއްޗެއް ނޫން... "... އެ ހެދުން ކަމުދިޔަ ނަމަވެސް ކިޔާން ފޮނުވި އެއްޗެއްކަން އެނގުމުން ކައިރާ ދެކޮޅު ހެދިއެވެ. ކިޔާންއާ ނަޒަރު ވަކިކޮށްލަމުން ބޭރަށް ބަލައިލިއިރު ކައިރާގެ ތުންފަތުގައި ވަނީ ވެސް ލުއި ހިނިތުންވުމެކެވެ. އޭނާގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. ހިތުގެ އަޑިން އެލީޝާއަށް ޝުކުރު އަދާ ކުރެވުނު ނަމަވެސް ކައިރާ ހުރީ އެކަން އަމަލުން ނުދައްކަން ނިންމައިގެންނެވެ.

" ރީތި ވީމަތާ ލާނީ ވެސް......"... ކިޔާން ކާރު ދުއްވާލަމުން ބުނެލިއެވެ. ނަމަވެސް ކައިރާ އެ އަޑު އިވުނު ކަމަކަށް ނުހެދިއެވެ. އަނގައިން ނުބުނެ އިން އިރު ހިތާހިތުން ކިޔާންއާ ދިމާލަށް ކުދި ކިޔަމުން ދިޔައެވެ. ކައިރާގެ މިޒާޖު ވަރަށް ރަނގަޅަށް އެނގޭތީ ކިޔާން ވެސް އިތުރަށް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އޭނާގެ ނަޒަރު އިރުއިރު ކޮޅާ ދިޔައީ ކައިރާއަށް ހުއްޓެމުންނެވެ. އެއިން ކޮންމެ ފަހަރަކު ވެސް ކައިރާ އިންނަނީ ބޭރަށް ބަލަހައްޓައިގެންނެވެ.

*****

ފުން ވިސްނުމެއްގައި އިން މެހެރް ސިހިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވައިލި އަޑަށެވެ. އަވަސް އަވަހަށް އަތުގައި އޮތް ފްރޭމް ފޮރުވަން އުޅެނިކޮށް މުށިގަނޑު މައްޗަށް ވެއްޓުނެވެ. އިތުރަށް އެ ނަގަން ނޫޅެ މެހެރްގެ ހަރަކާތްތައް މަޑުޖެހިގެން ދިޔައިރު އޭނާ އިނީ ހިމޭންވެފައެވެ.

" މެހެރް.... އަހަރެން ބުނީމެއްނު ނުވިސްނާށޭ...... " އައިމަން މެހެރްގެ މަގަތުގައި އިށީނުމަށް ފަހު އެ އަތުގައި ހިފައިލިއެވެ. މަޑު މަޑުން މެހެރް ބޯ ޖަހައިލުމުން އައިމަން ފުން ނޭވާއެއް ދޫކޮށްލިއެވެ.

" މެހެރް... އަދިވެސް ނުވިސްނަންތަ ރޭގަ އަހަރެން ދެއްކި ވާހަކައާ މެދު......."...... އައިމަންގެ އަޑުގައި ޖެހިލުންވުމެއް ވިއެވެ. އެހެން ފަހަރުތަކުގައި ވެސް މެހެރްގެ ފަރާތުން ލިބޭ ޖަވާބު މިރޭ ވެސް ލިބިދާނެއޭ ހީކުރެވެނީއެވެ. ނަމަވެސް އައިމަން ހައިރާންވީ މެހެރް އެއްޗެކޭ ނުބުނުމުންނެވެ.

" އަހަރެން ވިސްނައިފިން... ޒެވްއަށް ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނީ.. އެލީ ކުރީ ކުށެއް ނޫން... އަހަންނަށް ވެސް ރަނގަޅަކަށް ނޫން އޭރު ވިސްނުނީ..... އެހެންވެ އެވަރުން މިޝެލްގެ ސިއްރު ހާމަ ނުކުރަން އުޅުނީ..... އެ ކުއްޖާ ދެކެ ވެސް އަހަރެން ވަރަށް ލޯބިވޭ..... އެކަމަކު މިހާރު ވިސްނިއްޖެ.... އެލީގެ މުސަތަޤުބަލް ގުޅިފައި ވަނީ ޒެވްއާ.. ޒެވް ދެން ގޮތް ނިންމާނީ......"..... މެހެރް ލުއި ހިނިތުންވުމަކާ އެކު ބުނެލިއެވެ.

އޭނާގެ ޖަވާބު އަޑުއިވިފައި އައިމަންގެ މޫނު އުޖާލާ ވެގެން ދިޔައެވެ. މެހެރްގެ ގައިގައި ލޯބިން ބައްދާލިއިރު އެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.

އެ ކޮޓަރީގެ ދޮރުފަތުގައި އަތް ޖައްސާލައިގެން ހުރިއިރު އެލީޝާ ހުރީ ފެންކަޅި ވެފައެވެ. ތުންފަތުގައި މަޑު ތުރުތުރެއްވީއިރު އޭނާ ލޯ މަރައިލީ އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ކުރަން އުނދަގޫ ވުމުންނެވެ. ޒެވިޔަންއާ ނުލައި ހޭދަ ކުރެވޭ ކޮންމެ ދުވަހަކީ އެލީޝާއަށް ލިބޭ އަނިޔާއެކެވެ.

މެހެރްއާއި އައިމަންއަށް ފެނުމުގެ ކުރިން އަވަސް އަވަހަށް އެލީޝާ އެތަނުން ދިޔައެވެ. މީހުން ކުރިމަތީގައި ހަމަޖެހެން މަސައްކަތް ކުރިޔަސް އެ ހިތް ކޮންމެ ދުވަހަކު ފިސްފިސްވެއެވެ.

*****

ޕާރޓީގައި ތިބި އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައީ ވަދެގެން އަދި ދެ ޖޯޑަށެވެ. ކޮންމެ މީހެއްގެ ދުލުން ވެސް އިވެނީ ތަޢުރީފުގެ ބަސްތަކެވެ. އުލްޔާގެ އުނަގަނޑުގައި އަތް އަޅުވައިގެން އިޝާން އައި އިރު އެ ދެ މީހުންގެ މޫނުމަތިން ވެސް ފެންނަނީ ފުރިހަމަ ހިނިތުންވުމެކެވެ.

އެއާ ޚިލާފަށް ކައިރާ ބެލީ ކިޔާންއާ ވީހާ ވެސް ދުރުން އާދެވޭތޯއެވެ. އަދިވެސް އެ ހިތް ހަމައަކަށް ނޭޅެއެވެ. ކިޔާންއާ ގާތުގައި ވުމަށް ބޭނުން ވިޔަސް ކައިރިވުމުން ވެސް ހިތް އަވަސްވަނީއެވެ. ކަޅި މައްޗަށް ހިންގައިލަމުން ކައިރާ މޭގައި ފިރުމައިލިއެވެ.

އެ މަންޒަރު ފެނުމުން ކިޔާންއަށް ބޭ އިޚްތިޔާރުގައި ހިނިތުންވެވުނެވެ. ކައިރާގެ ހަރަކާތްތައް ހުރިގޮތުން އޭނާ ހުންނަނީ އެތެރެއިން ހީހީ ހަލާކުވެފައެވެ. ނަމަވެސް މޫނުން ދައްކައިގެން ހުރީ އެހެން ކުލަވަރެކެވެ.

ކިޔާން މަޑުމަޑުން ކައިރާގެ ގާތަށް ޖެހިލަމުން އެ އަތުގައި ހިފައިލިއެވެ. ކައިރާގެ އަތް ފިނިވެފައިވާ ވަރު އިހްސާސް ކުރެވުމުން އެއް ބުމަ އަރުވައިލަމުން ކިޔާން އޭނާއަށް ބަލައިލިއެވެ.

" ކޯއްޗެއް އިރުއިރު ކޮޅާ ތިބަލަނީ......"..... ކައިރާ ލޯ ހަނިކޮށްލަމުން އަހާލީ ރުންކުރު ރާގަކަށެވެ.

" ކައި ގާތު ބުނެފިން ދޯ މިހާރު އެކްޓިންގ ނިމުނީއޭ..... ތި މޫނުން އެކަނި ވެސް އެނގޭ އުފާވެފަ ހުރިވަރު.. އަހަރެން ކަހަލަ ރީތި ފިރިހެން ކުއްޖެއް ގާތުގައި ހުރީމަ ކައި ފޮނިވާނެކަން އެނގެޔޭ..... "... ގަސްތުގައި ކައިރާ ރުޅި އަރުވައިލަން ކިޔާން ބުނެލިއެވެ.

އޭނާގެ ބޭނުން ފުރިހަމަ ވެސް ވިއެވެ. ކިޔާންގެ އަތް ފޮޅުވައިލަމުން ބާރު ހިނގުމެއްގައި ގޮސް ކައިރާ އިޝާންއާ އެއްވަރު ކޮށްލިއެވެ. އޭނާގެ މޫނަށް ވެފައި ހުރިގޮތުން އިޝާންއަށް ވެސް ހެވުނެވެ.

" ޝޭން... ދޮންތައަށް ރެސްޕެކްޓް ކުރޭ....."...... އިޝާން ހޭން ފެށުމުން ކައިރާ ދަތްތަކަށް ބާރުކޮށްލަމުން ބުނެލިއެވެ.

ޕާރޓީގެ ޑިޒައިނިންގއަށް ގިނަ ބައެއްގެ ތަޢުރީފް އޮހެމުން ދިޔައެވެ. ޝެނާގެ ކައިވެނި ހެދުން ވެސް ފަރުމާ ކޮށްދިނީ ކައިރާގެ ޚާއްސަ ބެލުމުގެ ދަށުންނެވެ. ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ހުރުމުން ކައިރާގެ ތަބީއަތު ބަދަލުވާން ނެގީ ކުޑަ ހިނދުކޮޅެކެވެ. މިހާރު އެ މޫނުން ފެންނަނީ ފަނޑުވުމެއް ނެތް ހިނިތުންވުމެކެވެ.

ކައިވެނީގެ ހެދުމުގައި ހުއްޓިގެން ހުރި ޝެނާއަށް ކައިރާގެ ނަޒަރު ހުއްޓިގެން ދިޔައެވެ. އޭނާ ވެސް ކައިވެނި ކުރާނޭ ދުވަހެއް އަންނާނެއޭ ހިތަށް އެރުމުން އެ މޫނު ރަތްވެގެން ދިޔައެވެ.

" ކޮންކަމަކާ ވިސްނާފަ މޫނަށް ތަފާތު ކުލަ ތި ގެންނަނީ......"..... ދާދި ގާތުން ކިޔާންގެ އަޑު އިވުމުން ކައިރާ ދިޔައީ ސިހިގެންނެވެ. ނަމަވެސް އެއްޗެކޭ ނުބުނު ބަލަން ހުރި އިރު އޭނާގެ އަތްފައި ފިނިވަމުން ދިޔައެވެ. ދެރަ ކަމެކެވެ. މީގެ ކުރިން ވެސް ކިޔާން އޭނާއާ ގާތް ވެއެވެ. އެކަމަކު މިވަރެއް ނުވެއެވެ.

ބޯ އަރިކޮށްލުމަށް ފަހު ކައިރާ ކިޔާންގެ މޫނަށް ބަލައިލީ އެ މޫނުން ތަފާތު ކަމެއް ފާހަގަ ކުރެވޭތޯއެވެ.

" ކެން...."......... ކިޔާންއާއި ކައިރާގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުގައި ހުރި ކުއްޖަކު ކިޔާންއަށް ގޮވައިލުމުންނެވެ. އެ ކުއްޖާ ފެނުމުން ކިޔާންގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ކައިރާ ގާތުގައި ހުރެފައި އޭނާ ހިނގައިގަތީ އެ ކުއްޖާއާ ދިމާލަށެވެ. ވަގުތުން ކައިރާގެ ބުމަ ގޮއްޖެހިގެން ދިޔައެވެ. އޭނާއަށް އެ އަންހެންކުއްޖާގެ ބޮލުން ފެށިގެން ފަޔަށް ނަޒަރެއް ހިންގާލިއިރު މޫނުމަތިން ފޫހިކަން ފެނިގެން ދިޔައެވެ.

ހަށިގަނޑުގެ ބައްޓަން ފާޅުވާ ވަރުގެ ހެދުމެއް ލައިގެން ހުރިއިރު އިސްތަށިގަނޑު ވެސް ވަނީ މެރޫން ކުލަ ޖައްސައިފައެވެ. ގަދަޔަށް މޭކަޕް ކޮށްފައި ހުރި މޫނުގެ އަސްލު ސިފަ ވަކިވާ ވަރެއް ނޫނެވެ. އަރައިގެން ހުރި އުސް ފައިވާނުގައި ވެސް ދެތިން އިންޗި ހުންނާނޭކަން ގައިމެވެ.

ކައިރާ ބޭ އިޚްތިޔާރުގައި އޭނާގެ އަމިއްލަ ނަފްސަށް ބަލައިލެވުނެވެ. ތުންކޮޅު ދިގުވެފައި ހުރި އިރު އޭނާގެ ތޫނު ނަޒަރުވަނީ ކިޔާންއާ އަމާޒު ވެފައެވެ. ހީހީފައި އެ ކުއްޖާއާއި ކިޔާން ވާހަކަ ދައްކަމުން ދިޔައިރު ކައިރާއަށް އެކަމުން އުނދަގޫ ވަމުން ދިޔައެވެ. އެދިމާއަށް ބަލަން ބޭނުން ނުވިޔަސް އެ ނޫން ތަނެއް ނުބެލެއެވެ.

ކިޔާން ސިހިގެން ދިޔައީ ކުއްލިއަކަށް ކައިރާ އައިސް އޭނާގެ އަތުގައި ހިފާލުމުންނެވެ.

" ބޭބް... ލެޓްސް ގޯ އައުޓް......."..... ގަދަކަމުން މޫނު މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން ކައިރާ ބުނެލިއިރު އެ އަޑުގައި ކުޑަ ހަރުކަށިކަމެއް ވިއެވެ. ދެލޯ ބޮޑުވެފައި ކިޔާން ބަލަން ހުރިއިރު އެ ކުއްޖާ ވެސް ހުރީ ހައިރާންވެފައެވެ.

" މިއީތަ ކެން ބުނި ކުއްޖަކީ..... ހާއި.... އައިމް ޔާނާ... ކެންގެ ކަޒިންއެއް.........."....... އެ އަންހެން ކުއްޖާ ހިނިތުންވެފައި ކައިރާއާ ސަލާމް ކޮށްލަން އަތް ދިއްކޮއްލިއެވެ.

ވަގުތުން ކައިރާގެ މޫނުގައި ހުރި ކުލަވަރު ބަދަލުވެގެން ދިޔައެވެ. މަޑު ރަތްކުލައެއް ފާއްދާލި އިރު ކިޔާންއަށް ލޮލުގެ ހިމަކޮޅުން ބަލައިލިއެވެ.

ކައިރާ ޔާނާއާ ސަލާމް ކޮށްލުމަށް ފަހު ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނަމަވެސް އިތުރަށް މަޑުނުކޮށް އަވަހަށް ދިޔައީ އޭނާއަށް ކުށްހީއެއް ކުރެވުމުންނެވެ.

ކައިރާ ގޮސް މަޑުކޮށްލީ ބޭރަށް ނުކުމެވެން ހުރި ބެލްކަނީގައެވެ. އެތަން ވެސް ވަނީ ނުހަނު ރީތިކޮށް ތައްޔާރު ކުރެވިފައެވެ. އެއް ފަރާތުގައި ދެ މީހުންނަށް އިށީނދެވޭ ގޮތަށް ކުޑަ އުނދޯއްޔެއް ހުރި އިރު އެ އުނދޯލި އެކި ވައްތަރުގެ ވެޔޮތަކާއި ތަފާތު މާމެލާމެލިން ވަނީ ޒީނަތްތެރި ކުރެވިފައެވެ. އެ ވެޔޮގަނޑުގެ ދޭތެރެއިން ފެންނަން ހުރި މަޑު އޮރެންޖް ލައިޓްތަކުން އިތުރު ހިތްގައިމުކަމެއް ގެނުވައިދެއެވެ. ބެލްކަނީގެ ރެއިލިންގގައި ވެސް ހަމަ އެވައްތަރުގައި ވެޔޮ އަޅުވައިފައި ހުރި އިރު ތިރިއަށް ވެސް އެލިފައި ހުއްޓެވެ. މަތިން އޮރެންޖު ކުލައިގެ ބޮކިތަކެއް ހުރިއިރު އެ ތަނަށް ވެރިވެފައި ވަނީ ފަނޑު ރީތި އައްޔެކެވެ. އެ އަލިކަމުގެ ތެރެއިން ކައިރާގެ މޫނު ވިދަމުން ދިޔައީ ޖާދުވީ ގޮތަކަށެވެ.

ކައިރާ އިސްއުފުލައި ބަލައިލީ ކިޔާން ކައިރީގައި އިށީނުމުންނެވެ. އޭރު ކިޔާންގެ މޫނުގައިވީ ލާނެތްކަން ފެނުމުން ކައިރާ ދެއަތް ދެއަތާ މޮޑެން ފެށީ ލަދުގަތްވަރުންނެވެ.

" އެހާ ވެސް ލޯބިވޭތަ...."..... ކިޔާން އަހައިލީ މަޑުމަޑުންނެވެ. ކައިރާ ވަގުތުން ދެފަރާތަށް ބޯ ހޫރުވާލުމުން ކިޔާންގެ ލުއި ހިނިތުންވުން ފަޒާގައި ގުގުމައިގެން ދިޔައެވެ.

" ކެންއަށް ކިހިނެތް އެނގުނީ...... "..... ކައިރާ ނާހަން ހުރެފައި ވެސް އަހާލީ އެ ސުވާލުން އެ ހިތުގެ ހަމަޖެހުން ގެއްލޭތީއެވެ.

" ހަމަ ދެން އެނގުނީ...  "....... ކިޔާން ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިމުނު އިރު ކައިރާ ހުރީ ދެލޯ ބޮޑުވެފައެވެ.

" އާހް.. މި އެލީ ދޯ..... އަހަރެން ހިއެއް ނުކުރަން އެލީގެ އަތެއް މިކަމުގަ ވާނެއޭ.. ހައު ސްޓުޕިޑް އައި އޭމް..... އައިމް ސޮރީ ކެން.. އެ ދުވަހު ހީކުރީ ކެން ހަމައަސްލު ވެސް އޮޅުވާލީ އޭ......"...... އިސްޖަހައިގެން އިނދެ ކައިރާ ބުނެލިއެވެ.

ކިޔާން ކައިރާގެ އަތުގައި ހިފައިލަމުން އެ އަތް އޭނާގެ އަތު ތެރޭ ފޮރުވައިލިއެވެ.

" ކައި ނޫން އެހެން ކުއްޖެއް މި ހަޔާތަކަށް ނާންނާނެ......"...... ކައިރާގެ ލޮލަށް ބަލަން އިނދެ ކިޔާން ބުނެލިއިރު އެ އަޑުގައި ވީ ޔަޤީން ކަމުން ކައިރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

މަޑުމަޑުން ކިޔާންގެ ކޮނޑުގައި ބޯ އަޅައިލަމުން ކައިރާ ލޯ މަރައިލިއެވެ. އެ ތުންފަތުގައިވީ ހިނިތުންވުމުން އޭނާ އުފާވެފައިވާ ވަރު ދޭހަވެއެވެ. ކައިރާގެ މޫނަށް އިރުކޮޅަކު ނަޒަރު ހުއްޓާލައިގެން އިނުމަށް ފަހު ކިޔާން އެ ނިތްކުރީގައި ނުހަނު ލޯބިން ބޮސްދިނެވެ.

އެވަގުތު އޭނާގެ ސިކުނޑިއަށް އަނެއްކާ ވެސް މިޝެލްގެ ޚިޔާލުތައް އުނދަގޫ ކުރަން ފެށިއެވެ.

" ކައި..... މިޝެލްއަކީ ކާކު.....".... ކިޔާންގެ ސުވާލު އިވިފައި ކައިރާ ބޯ ހިއްލައިލިއެވެ. ބެލްކަނިން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ.

" ކެން ހަނދާންވޭތަ އޭޝް...".... ކައިރާ އަހައިލިއެވެ. އޭރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ މަޑުމޮޅިކަމެއް ވިއެވެ.

" އޭޝް... ތިބުނީ ބައްޕަ ކައިރީގަ އުޅުނު ނާރސް އޭޝްތަ....."....... ވަރަށް ވިސްނަން އިނދެފައި ކިޔާން އަހާލިއިރު އެ މޫނުގައި ހައިރާންކަން ވިއެވެ. ޖަވާބުގައި ކައިރާ މަޑު ހޫމްއެއް އަޅުވައިލިއެވެ.

" އޭޝް ވެސް ހަ އަހަރު ކުރިން އެނބުރި ދިޔައީ... އޭރު ބައްޕަގެ ކަންކަމުގަ އެމީހުންގެ މައްސަލަތައް ބެލީ... އޭޝްގެ އަތެއް އެކަމުގަ ނުވާކަން ސާބިތުވުމުން އޭނަ ދޫކޮށްލީ... އެކަމަކު މީކާއިލްއާއި މަންމަގެ މައްޗަށް ހުކުމް އިއްވި... އެކަން ވަކި ކޮޅަކަށް ނުނިމެނީސް ބައްޕަ ރަނގަޅުވީ.. ކުރިން ބައްޕަ ރަނގަޅު ނުވީ މީކާއިލް ބައްޕައަށް ފަރުވާ ދިނުމުގަ އިހުމާލު ވީމަ.. ބައްޕަ ބޭނުމެއް ނުވި މައްސަލަ އިތުރަށް ކުރިއަށް ގެންދަން... މީކާއިލް ޑީޕޯޓް ކޮށްލި އެކަމަކު.. ބައްޕަ ހުރި މަންމައާ ވާހަކަ ނުދައްކާ ވަރަށް ގިނަ ދުވަސް ވަންދެން... ފަހުން މަންމަ މާފަށް އެދިފަ އުޅުން އިސްލާހް ކުރީމަ ބައްޕަ މަންމަ ބަލައިގަތީ....."......... ކިޔާން އެ ހަނދާންތައް އާ ކޮށްލިއެވެ.

" ދެން މީކާއިލް ކޮބާ މިހާރު..."..... އެ ސުވާލުގެ ޖަވާބު އެނގެން ކައިރާ ހުރީ ނުހަނު ބޭނުންވެފައެވެ.

" ޤައުމަށް ފޮނުވާލީއެއްނު....". ކިޔާން ބުނެލީ ފަރުވާ ކުޑަ ރާގަކަށެވެ. އެ އަޑުން ވެސް އޭނާ މީކާއިލްއާ މެދު ހިތްހަމަ ނުޖެހޭ ވަރު ކައިރާއަށް އިހްސާސް ކުރެވުނެވެ.

އިތުރު އެއްޗެކޭ ނުބުނެ ކައިރާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އިރުކޮޅެއް ކުރިން ކިޔާންއަށް މިޝެލްގެ ހަޤީޤަތް ހާމަކުރަން އުޅުނު ނަމަވެސް މިހާރު އޭނާގެ އެ ޚިޔާލެއް ނެތެވެ. ކިޔާންގެ ފަރާތުން ޖަވާބު އަންނާނޭ ގޮތެއް ނޭނގޭތީ ކައިރާ ޖެހިލުންވިއެވެ.

ކިޔާން ދެވަނަ ފަހަރަށް ސުވާލުކޮށްލުމުން ކައިރާ ފަހުން ބުނާނެ ކަމުގައި ބުނެ ވާހަކަ ހަމަޖައްސައިލިއެވެ.

ކައިރާގެ ވާހަކައާއި ހަރަކާތް ހުރި ގޮތުން ކިޔާންގެ ހިތުގައި ޝައްކުތަކެއް އުފެދުނު ނަމަވެސް އެވާހަކަ އިތުރަށް ނުދައްކަން ކިޔާން ވެސް ނިންމިއެވެ.

އުފާވެރި މާހައުލެއްގައި ވަގުތު ކޮޅެއް ކައިރާއާ އެކު ހޭދަކުރަން ލިބުމުން ކިޔާން އެހެން ވިސްނުންތަކުން އޭނާގެ ސިކުނޑި ހާސްކުރުވާކަށް ބޭނުމެއް ނޫނެވެ.

*****

އައު ދުވަހަކަށް އިރުއެރީ ކައިރާއާއި ކިޔާންގެ ހަޔާތަށް އުފާވެރިކަން ގެނެސްދެމުންނެވެ. ގެއަށް އައި ގޮތަށް ކައިރާ އެލީޝާގެ ގައިގައި އޮޅުލައިގެން އޮވެ ޝުކުރު އަދާކުރަމުން ދިޔަ ގޮތުން އެލީޝާއަށް ހެވުނެވެ. ނަމަވެސް އެ އުފަލުގައި ބައިވެރިވާން މިއަދު ޒެވިޔަން ހުރި ނަމައޭ ހިތަށް އެރުމުން އެލީޝާގެ ހިނިތުންވުން ފަނޑުވިއެވެ.

އެކަން ފާހަގަވި ނަމަވެސް ކައިރާ އިތުރު ސުވާލެއް ނުކުރެއެވެ. އެލީޝާ އޭނާއަށް ކަމެއް ސިއްރު ކުރާކަން ޔަޤީނެވެ. އެކަމުގެ ހަޤީޤަތް ހޯދަން ކައިރާ ނިންމިއެވެ. އެލީޝާގެ މޫނުގައި ކުރިން ހުންނަ އުފާވެރިކަން އަނބުރާ ހޯދަދޭން ކައިރާ އޭނާގެ އަމިއްލަ ނަފްސަށް ވައުދުވިއެވެ.

*****

މެންދުރުގެ ކެއުމަށް ނަޝީލާ ދިޔައީ ނުހަނު ފުރިހަމައަށް ތައްޔާރު ވަމުންނެވެ. ތަފާތު ކާ އެއްޗެހީގެ ބާވަތްތަކުން މޭޒުމަތި ވަނީ ފަޅުފިލުވައިފައެވެ. ކެތްތެރިކަމެއް ނެތި ނަޝީލާ އިންތިޒާރު ކުރަމުން ދިޔައީ މެހެމާނުން އަންނާނޭ ވަގުތަކަށެވެ. އިޝާން ވެސް ހާއްސަ ކުއްޖެއް ގެންނާނަމޭ ބުނުމުން ނަޝީލާ ހުރީ އެ އަންހެން ކުއްޖާ ދެކިލާ ހިތުންނެވެ.

ސިޓިންގރޫމުގައި އިން ނަޝީލާއަށް ގޭގެ ބެލް އަޅާ އަޑު އިވުމާ އެކު އަވަސް އަވަހަށް އެ ދިމާއަށް ހިނގައިގަތެވެ. އިޝާން އައީކަން ޔަޤީނެވެ.

ނަޝީލާ ފުޅާ ހިނިތުންވުމަކާ އެކު އުލްޔާއަށް މަރުހަބާ ކިޔެވެ. އަމިއްލަ ދަރިއަކު ފަދައިން ގެނެސް ކައިރީގައި ބައިންދައިގެން އެކި ކަންކަން އޮޅުން ފިލުވަމުން ދިޔައިރު އިޝާންގެ ކައިރީގައި އިން ޒެވިޔަންއާއި ކިޔާން އިނީ ހީހީ ހަލާކުވެފައެވެ.

" މަންމައަށް އެނގޭތަ...މިއީ ވެސް މިގެއަށް އަންނަން އުޅޭ ސޮރެއް......"... ކިޔާން އޭނާއާ ދިމާ ކުރާތީ އިޝާން ބުނެލިއެވެ. އެ އާއެކު ކިޔާންގެ އަޑު ކެނޑިގެން ދިޔައެވެ. ދެން އިވުނީ އެންމެންގެ ހުނުމުގެ އަޑެވެ. އެ އުފާވެރި މާހައުލުގައި ހައިކަލް ވެސް އިން އިރު ދެ ދަރިންގެ ހޮވުން ވެސް އޭނާއަށް ނުހަނު ކަމުދިޔައެވެ.

އިޝާންއާއި އުލްޔާގެ ކައިވެނީގެ ވާހަކަ ދެކެވުނު އިރު ކިޔާން ވެސް ކައިވެނި އަވަސް ކުރަން ބޭނުން ކަމުގައި ބުންޏެވެ. ނަމަވެސް އެއީ އަދި ކައިރާއަށް ނޭނގޭ ވާހަކަތަކެކެވެ. އެންމެން ކައިވެނީގެ ވާހަކަ ދައްކަން ފެށުމުން ޒެވިޔަންގެ މޫނުގައިވީ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ތުންފަތަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްގެން އިން އިރު އޭނާ އިނީ އިސްޖެހިފައެވެ. ޒެވިޔަންއަށް އައި ބަދަލު ފެނުމުން އިޝާންއާއި ކިޔާން އެކަކު އަނެކަކަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

އެވަގުތު އަނެއްކާ ވެސް ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ.

" ޝޭން .. ދޭބަލަ... މަންމަ މި އަންނަނީ ......".... އިޝާން ފޮނުވާލަމުން ނަޝީލާ ހިނގައިގަތީ އޭނާ ހަނދާން ނެތި މޭޒުމައްޗަށް އެއްޗެއް ނުނަގާކަން އެނގުމުންނެވެ.

ދޮރު މަތީގައި ތިބި ކައިރާއާއި އެލީޝާގެ އާއިލާއަށް އިޝާން މަރުހަބާ ކިޔުމަށް ފަހު މިޝެލް އުރައިލިއެވެ. އިޝާން ފެނުމުން މެހެރްގެ މޫނުން ތަފަތު ކަމެއް ފެނިގެން ދިޔައެވެ. އެއީ އޭނާއަށް އައު މޫނެއް ނޫނެވެ. ހިތް އަވަސް ވަމުން ދިޔަ ނަމަވެސް މެހެރް ފުން ނޭވާއެއް ދޫކޮށްލިއެވެ. އައިމަން ވެސް މެހެރްގެ އަތުގައި ހިފައިލަމުން ބޯ ޖަހާލިއެވެ.

އިޝާންގެ ފަހަތުގައި ހުރި އެލީޝާ ފެނުމާއެކު ޒެވިޔަންގެ މޫނު އަނބުރައިލިއެވެެެ. އެ ހިތުގައި ވޭން އަޅަމުން ދިޔަ ނަމަވެސް އެކަމަށް އޭނާގެ ފަރުވާލެއް ނެތެވެ. އެލީޝާ އަންނަކަން ކުރިން އެނގުނު ނަމަ ޒެވިޔަން ނާންނާނެއެވެ.

ޒެވިޔަން ކަންތައް ކުރިގޮތުން އެލީޝާ އިސްޖަހައިލިއެވެ. ދެލޯ ފެންކަޅިވި ނަމަވެސް ކައިރާއަށް ޓަކައި އެލީޝާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން ގޮސް އުލްޔާ ގާތުގައި އިށީނެވެ.

ކުއްލިއަކަށް އިވުނީ ބިއްލޫރި ތަށިތަކެއް ތަޅައިގެން ދިޔަ އަޑެވެ. އެއާއެކު އެންމެން ފަސްއެނބުރި ބަލައިލީ ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. އޭރު ދެލޯ ބޮޑުވެފައި ނަޝީލާ ހުރިއިރު އޭނާގެ ނަޒަރު އަމާޒުވެފައި ވަނީ ސިޓިންގްރޫމުގައި އިން މެހެރްއަށެވެ.

(ނުނިމޭ)

Ads by Ooredoo
  1. ވ.ވ ރީތި.

  2. ގާހަކަ

    ކޮބާ؟ވާހަކަ

  3. އިންތިޒާރު

    ވާހަކަ އަޕްލޯޑު ނުވަނީ ކީއްވެތޯ؟ ވ ރީތިވާހަކައެއް.

  4. ކިނބޫ

    ވ.ވ.ރީތި ވާހަކަދޯ