ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

ސައިކަލަށް އެރުމަށް ފަހު ކިޔާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ކިޔާން އޭނާގެ ސިކުނޑިއަށް ލުޔެއް ލިބޭތޯ ބެލިއެވެ. ކައިރާއާ މި ވާހަކަ ހިއްސާ ނުކޮށް އެންމެ ހިނދުކޮޅަކަށް ވެސް އޭނާއަށް ދެން ކެތެއް ނުވާނެއެވެ.

ނަމަވެސް ކިޔާންއަށް ނޭނގުނީ ކައިރާއަށް އެ ވާހަކަތައް އެނގުމުން ދެން ވާނޭ ގޮތެވެ.

******

ކިޔާން ސައިކަލު ދުއްވައިލީ ފުން ވިސްނުމެއްގައި އިނދެއެވެ. ނާސިހް ކިޔައިދިން ވާހަކަތައް އަދިވެސް ސިކުނޑި ތެރޭގައި ދައުރު ވަނީއެވެ. އެއިން ކޮންމެ ލަފްޒެއް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. މަގުގެ އެއް ފަރާތުގައި ސައިކަލު މަޑުޖައްސައިލަމުން ކިޔާން ގުޅައިލީ ކައިރާއަށެވެ. ގެއަށް ދިޔުމުގެ ކުރިން ކައިރާ ދެކިލަން އޭނާ ބޭނުމެވެ. ކައިރާއާ އެ ވާހަކަތައް ހިއްސާ ކުރަން ބޭނުމެވެ. އެ ހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ.

" ހަލޯ...."..  ފޯނު ނެގުމާ އެކު އެކޮޅުން ކައިރާ ބުނެލި އަޑު އިވުނެވެ. އެ އަޑު ކަންފަތުގައި ޖެހުމުން ހިނދުކޮޅަކަށް ނަމަވެސް ކިޔާންގެ ނުތަނަވަސްވެފައިވާ ސިކުނޑިއަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އޭނާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އިޝާން ކިޔައިދިން ވާހަކަ ހަނދާންވުމުންނެވެ.

" ހެލޯ މައި ބިއުޓިފުލް ލޭޑީ...."....... ކިޔާން ބެލީ ވީހާ ވެސް ބޮޑަށް ކައިރާ ހިތްހަމަޖައްސައި ދެވޭތޯއެވެ. އޭނާގެ ބޭނުން ފުރިހަމަވިކަން އެނގުނީ ކައިރާގެ ލުއި ހިނިތުންވުމުގެ އަޑު އިވުމުންނެވެ.

ކައިރާ ހުރި ތަނެއް އޮޅުން ފިލުވުމަށް ފަހު ކިޔާން ފޯނު ބޭއްވިއެވެ. އޭނާ ހުރީ ހައިކަލްމެންގެ ގޭގައި ކަމުން ކިޔާން އަވަސްވެގަތީ އެގެއަށް ދިއުމަށެވެ.

ކިޔާން ސައިކަލް ޕާރކްކޮށްލުމަށް ފަހު ވޯރކްވޭއިން ދިޔައިރު އިރު ކައިރާ އޭނާގެ އިންތިޒާރުގައި ގޭގެ ދޮރުމަތީގައި ހުއްޓެވެ. އޭނާ ފެނުމާ އެކު ކައިރާ ފުމެމުން އައިސް ހުއްޓިލި އިރު ހީވަނީ ކުޑަ ކުއްޖެއްހެންނެވެ. ފުރަތަމަ ވެސް މަލީހާއާއި އަޒީޒްއާ ދިމާވި ވާހަކަ ކައިރާ ކިޔައިދިނެވެ. ނަމަވެސް އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލެއް ދޭކަށް ކައިރާ ގަސްތެއް ނުކުރިއެވެ.

" ކައި... ވީ ނީޑް ޓު ޓޯކް އެބައުޓް ސަމްތިންގެ ރިއަލީ އިމްޕޯޓެންޓް..."..... ކައިރާގެ ކޮނޑުގައި ދެ އަތުން ހިފަހައްޓައިލަމުން ކިޔާން ބުނެލި އިރު އެ ތުންފަތުގައި މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ހުރި ހިނިތުންވުން ފޭދިއްޖެއެވެ. އެ މޫނުން ފާޅުވެގެން ދިޔަ ސީރިއަސްކަމުން ކައިރާއަށް އެ ދައްކަން އުޅޭ ވާހަކައިގެ މުހިއްމުކަން އިހްސާސް ވިއެވެ.

ކިޔާންއާއި ކައިރާ އިށީނދެލީ ގޭގެ އެއް ފަރާތަށް ވާގޮތަށް ހުރި އަނބު ގަހުގެ ހިޔާ އެޅޭގޮތަށް ހަދައިފައި ހުރި ބެންޗެއްގައެވެ. ވައިގަދަ މޫސުމަކަށް ވުމުން ގަހުގެ ފަތްތައް ފައިބާ އެތަނަށް އިތުރު ހިތްގައިމު ކަމެއް ދެނެސްދީފައި ވެއެވެ. ރީނދޫ ކުލައާއި ލަކުޑި ކުލައިގެ ފަތްތަކުގެ ދޭތެރެއިން ފެހި ވިނަގަނޑުގެ ބައިތައް ފެންނަމުންދާ ގޮތުން ބޭރު ޤައުމެއްގެ މަންޒަރެއް ފަދައެވެ.

" ކިހިނެއްވީ ކެން؟...".... ކިޔާން ބުނަން އުޅޭ އެއްޗެއް ނޭނގޭތީ ކައިރާގެ ހިތް އަވަސްވަމުން ދިޔައެވެ.

" ނާސިހްއާ ދިމާވެއްޖެ..... "..... ކިޔާންގެ އަޑުގައި އެކުލެވިގެންވީ ނުރުހުންތެރިކަން ކައިރާއަށް ސިއްރެއް ނުވިއެވެ. ޚާއްސަކޮށް ކިޔާން ނާސިހްއޭ ބުނުމުން ކައިރާ ހައިރާންވިއެވެ.

ކިޔާން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ވެސް ކައިރާ އިނީ އެއްޗެއް ނުބުނެއެވެ. އެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރުތަކުން ދެނެގަންނަންވީ މާނަ ކިޔާންއަކަށް ނޭނގުނެވެ. ކައިރާ ލޯ މަރައިލުމަށް ފަހު ބެންޗުގައި ބޯ އަޅައިލިއެވެ. އެހެން އޮންނަތާ ފަސް މިނިޓް ވީއިރުވެސް ކައިރާ ހަރަކާތެއް ނުކުރިއެވެ.

" ކައި... އާރ ޔޫ އޯކޭ؟....."..... ކިޔާން މަޑުމަޑުން އަހައިލިއެވެ. އެވަގުތު ކައިރާ ކުޑަކޮށް ބޯ ޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

" ކެން.. އެނގޭތަ؟.... އަސްލު ދެރައެއް ނުވި... ކުރިން އެނގުނު ނަމަ ނޭނގެ ހިތަށް އަރާނީ ކީކޭ ކަމެއް.. އެއްވެސް ހާލެއްގެ ކައި ބޭނުމެއް ނޫން ދެން ބޭބެ ފެންނާކަށް..  އޭޒް ހީ ސެއިޑް... އެއީ އެއްވެސް ގުޅުމެއް ހުރި މީހެއް ވެސް ނޫން.. އެކަމަކު ހަޤީޤަތް އެނގުނީމަ ހިތްހަމަ ޖެހިއްޖެ...."....... ކައިރާ ލުއި ހިނިތުންވުމަކާ އެކު ބުނެލިއެވެ. ނަމަވެސް އެ އަޑުގައި ކޮންމެވެސް ވަރެއްގެ ރިހުމެއް އެކުލެވިފައި ވިއެވެ. އާޝިޔާގެ ހަނދާން އާވުމުން އެ ހިތަށް އަސަރުކުރީއެވެ.

" ހިތަށް އަރާ މިއަދު މަންމަ ހުރި ނަމައޭ... މަންމައަށް އެނގެން ވާނެ ބައްޕަ ބޭވަފާތެރި ނުވާކަން.. ބޭބެގެ އަސްލު ހަޤީޤަތް... ޝެލީ ވަކިވެ ދިޔުން އެއީ ބޭބެ ކުރި ކުށުގެ ސަޒާއަށް ވެސް ވެދާނެ... މަންމަ ކައި ދޫކޮށްލާފަ އެދިޔައީ މާ އަވަހަށް.. މާ ދުރަށް..... "...... ކައިރާގެ އަޑު އައީ ކުރެހިގެންނެވެ. ނުރޯން މަސައްކަތް ކުރިޔަސް އެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. ކައިރާގެ ވާހަކަތަކުން ކިޔާންގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވިއެވެ. ކައިރާ ގެނެސް މޭގައި ޖައްސައިލަމުން ކިޔާން ކައިރާގެ ނިތްކުރީގައި ބޮސްދިނެވެ. އޭނާ ދިރިހުރިހާ ހިނދަކު ކައިރާ އެކަނިވިޔަ ނުދޭން ކިޔާން ހިތާހިތުން ވައުދުވިއެވެ. އެއީ އޭނާގެ ފުރާނައިގެ ދިރުމެވެ.

ބެލްކަނީގައި ހުރި ހައިކަލް ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުން ނޯއް ދަމައިލިއެވެ. ހަމަހިމޭންކަން ވެރިވެފައި އޮތް އެމާހައުލުން ކައިރާއާއި ކިޔާންއާ ދެމެދު ދެކެވުނު ވާހަކަތައް އޭނާއަށް ސާފުކޮށް އިވުނެވެ. ހައިކަލް އެތަނަށް ނުކުތީ އެއްވެސް ހާލެއްގައި އެކުދިންނަށް ފާރަލުމުގެ ނިޔަތެއްގައި ނޫނެވެ. ނަމަވެސް ނާސިހްގެ ނަން އަޑު އިވުމާ އެކު އެ ވާހަކަ އަޑު އެހުމުގެ ޝައުޤުވެރިކަން އެ ހިތުގައި އުފެދުނީއެވެ.

އާޝިޔާ ނެތްކަމުގެ ފަޅުކަން ހައިކަލްއަށް އިންތިހާއަށް އިހްސާސް ކުރެވުނެވެ. މިއަދު އާޝިޔާ ހުރިނަމަ އޭނާގެ ދިރިއުޅުން ނުހަނު ފުރިހަމަ ވީހެވެ. ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް ލިބުނަސް އާޝިޔާއާ އެއްވަރެއް ނުވާނެއެވެ. ދުވަހަކުވެސް ދެން ހައިކަލްގެ ދިރިއުޅުމަށް އައި ހުސްކަން ފޫނުބެއްދޭނެއެވެ. ނަޝީލާއާ ކައިވެނި ކޮށްގެން އުޅޭތާ އެތައް އަހަރެން ފާއިތުވީ ނަމަވެސް އާޝިޔާ ދެކެ ލޯބިވީ ވަރަށް ހައިކަލްއަށް އޭނާ ދެކެ ލޯބި ނުވެވުނެވެ.

*****

ދުވަހުގެ ބާކީ ބައި ކައިރާ ހޭދަކުރީ ނަޝީލާއާ އެކު މެހެރްމެން އަންނަންވާ އިރަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމުގައެވެ. ކައިރާގެ ކެއްކުމުގެ ހުނަރު ފެނުމުން ނަޝީލާ ހުރީ އަޖައިބުވެފައެވެ. އޭނާއަށް ޖެހުނީ ކުދިކުދި ކަންކަން ކޮށްލަދޭށެވެ.

" މަންމަ ދޭ ފެންވަރާލަން.. އޭރުން މެހެރް މަންމަ އަންނަންވާއިރަށް ރެޑީ ވެވޭނީ... ކައި މޭޒުމަތި ރެޑީ ކުރާނަން... ".... ނަޝީލާ އެގޮތާ އެހާ ހިތްހަމަނުޖެހުނު ނަމަވެސް ހަތިޔާރު ބަހައްޓަން މަޖުބޫރުވީ ކައިރާ ކުރުނުކޮށް ކިޔަން ފެށުމުންނެވެ. އެވަރުން ވެސް ނަޝީލާ ދިޔައީ ގޭތެރެ ކުނިކަހައިދީފައެވެ.

ނަޝީލާ ދިޔުމުން ކައިރާ އަވަސްވެގަތީ ހަޑިވެފައި ހުރި ތަށިތައް ދޮވެލުމަށެވެ. އޭޕްރޯން އަޅައިލުމަށް ފަހު ކައިރާ އަތަށް ތަށިދޮންނަން ގެންގުޅޭ ރަބަރު އަންގި ހެޔޮވަރު ކޮށްލިއެވެ.

ކުއްލިއަކަށް ގޭތެރޭގައި ގުގުމައިގެން ދިޔައީ ކައިރާގެ ހަޅޭކުގެ އަޑެވެ. ބަލާކަށް ނުހުރެ ކައިރާ އޭނާގެ ގައިގައި ބައްދައިގެން ހުރި މީހާގެ މޫނަށް އަމާޒުވާގޮތަށް ކައިރީގައި ހުރި ތަށިދޮންނަ ފުޅިން ފިއްތައިލިއެވެ. އެއާ އެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައޯ ކިޔާން އޭނަގެ ނަމުން ބާރަށް ގޮވާލުމުންނެވެ. އެވަގުތު ކައިރާގެ ވަށައިގެން ވީ އަތް ވެސް ދޫވެއްޖެއެވެ.

އަވަސް އަވަހަށް ފަސްއެނބުރި ބަލައިލެވުމާއެކު ކައިރާއަށް އޭނާގެ އަނގަމަތީގައި އަތް އެޅުނެވެ. އޭރު ކިޔާން މޫނުގައި އަތް އަޅައިގެން ގުދުވެގެން އޮތެވެ.

"ވަޓް.. ކެން... އައިމް ސޯ ސޮރީ.. " ކިޔާންގެ މޫނުން އަތް ނެގޭތޯ މަސައްކަތް ކުރަމުން ކައިރާ ބުނެލިއެވެ. އޭރު އޭނާ ދިޔައީ ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.

ޒިންކު ކައިރިއަށް ކިޔާން ގެންގޮސްދިނުމުން އޭނާ މޫނު ދޮންނަން ފެށިއެވެ. ލޯ ހުޅުވާލެވޭ ވަރުވުމާ އެކު ފުރަތަމަ ވެސް ކިޔާން އަތުގައި ހުރި ފެންތައް ކައިރާގެ މުޅި މޫނުގައި އުނގުޅައިލިއެވެ. އެއާ އެކު އަނެއްކާ ވެސް ކައިރާގެ ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ.

" ސާބަސް ކެން... ކިރިޔާއޭ ހާރޓް އެޓޭކެއް ނުޖެހުނީ.. ކެން މިގަޑީގަ އަންނާނެ ކަމެއް ނޭނގޭނެއެއްނު... " ކައިރާ ބުރުގާ ރަނގަޅުކޮށްލަމުން ބުނެލިއެވެ.

" ޝޭން ބުނެގެން މިއައީ.. ".... ކިޔާން އޭނާ އެގެއަށް އައި ސަބަބު އޮޅުން ފިލުވައިދިނެވެ. ކައިރާއާ އެކު މޭޒުމަތި ރެޑީކުރުމުގައި ކިޔާން އެހީތެރިވެދިނުމުން ކައިރާއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުން ލިބުނެވެ. ދެމީހުން އަމިއްލަ ދިރިއުޅުން ސިފަ ކޮށްލެވުމާ އެކު އޭނާގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.

ކިޔާން އިޝާންގެ ކޮޓަރިއަށް ވަނުމުން ކައިރާ ވެސް އޭނާއަށް އެގެއިން ހާއްސަ ކުރެވިފައި ހުރި ކޮޓަރިއަށް ވަނީ ތާޒާ ވުމަށެވެ. ކޮންމެ ވަގުތަކު ވެސް އައިސްފައި ބޭނުން ކުރެވޭ ގޮތަށް އެތަން ހަދާފައި ހުރުމުން ކައިރާއަށް އެއްވެސް ދަތިކަމެއް ނެތެވެ.

*****

މެހެރްމެން އައުމާ އެކު ދެކެވެން ފެށީ އެލިޝާގެ ކައިވެނީގެ ވާހަކައެވެ. އެ ކައިވެނި ވެސް އެއް މަސް ފަހުން ކުރަން ހަމަޖެހުނު އިރު ކައިވެންޏަށް ޓަކައި ވާންޖެހޭ އެކިއެކި ތައްޔާރީތަކުގެ މަޝްވަރާތައް ވެސް ކުރެވެމުން ދިޔައެވެ.

" ދޮންތާ... ޚިޔާލެއް ދެންތަ؟..."..... ނަޝީލާ ވަރަށް ވިސްނަން އިނދެފައި ބުނެލިއެވެ. އޭނާގެ ސިކުނޑީގައި އެ ހިޔާލު އެނބުރެމުންދާތާ މިހާރު އިރުކޮޅެއް ވެއްޖެއެވެ. ނަމަވެސް ދެންތިބި މީހުންގެ ހިޔާލު ވެސް މުހިއްމެވެ.

" ކިހިނެއް ވާނެ ޑަބަލް ވެޑިންއެއް؟.... އޭރުން ތަންކޮޅެއް ފަސޭހަވާނެ އެއްނު.... "... އިޝާންއާއި އެލީޝާގެ ކައިވެނި އެއްކޮށް ކުރުމުގެ ހިޔާލަށް އެންމެންގެ ތާއީދު ވެސް ލިބުނެވެ. ޒެވިޔަން އާއި އުލްޔާ ވެސް އެ ގޮތާ އެއްބަހެވެ. ކައިވެނީގެ ކުލަ ކަނޑައަޅަން ނިންމީ އެލީޝާއާއި އުލްޔާ އަށެވެ. އެ ކުލައާ ގުޅޭ ގޮތުން ހޯލު ޒީނަތްތެރިކޮށް ކައިވެނީގެ ހެދުން ތައްޔާރުކުރުމާއި ކައިރާ ހަވާލުވިއިރު ބާކީ ހުރި ކަންކަން ވެސް އެންމެންގެ މެދުގައި ބަހައިލެވުނެވެ.

" ބާކީ އޮތީ އެންމެ މަހެއް... އޭގެ ކުރިން ހުރިހާ އާއިލާތަކެއް އެއްކޮށް ވާނެ ގެޓް ޓު ގެދަރއެއް ބާއްވަން....".. އިޝާން ބޭނުންވީ ޖިހާދު އާއި ޒައިނާގެ އާއިލާއާ ވެސް ގުޅުން ބަދަހި ކުރުމަށެވެ. އޭރުން ހުރިހާ ތައްޔާރީ ތަކެއްގައި ވެސް ފަސޭހަވާނޭ ކަމުގައި އޭނައަށް ޤަބޫލު ކުރެވޭތީއެވެ.

" ދޮންތިއަށް ހީވަނީ މިތާ ކައިރި ރަށަކަށް ޕިކްނިކް ދިޔަޔަސް މާ ސަޅި ވާނެހެން... " ކައިރާގެ ޚިޔާލު ކަމުދިޔުމުން އެންމެން ވެސް ނިންމީ ޖެހިގެން އަންނަ ހަފްތާ ބަންދުގައި ދިޔުމަށެވެ. ޚާއްސަކޮށް އިޝާންއަށް އެ ޚިޔާލު ވަރަށް ކަމުދިޔައެވެ. ސަބަބަކީ މާލެ ނޫން ރާއްޖޭގެ އެހެން ރަށަކަށް އޭނާއަށް ނުދެވޭތީއެވެ. އެހެންކަމުން އިޝާންއަށް ހަފްތާ ބަންދުވެސް ލަސްވިއެވެ.

ކުއްލިއަކަށް އެންމެންގެ ސަމާލުކަން ހުއްޓުނީ ގޭގެ ބެލް އަޅައިލި އަޑު އިވުމުންނެވެ.

" މިގަޑީގަ ކާކުތަ ؟......"........ ހައިކަލް ނަޝީލާ ގާތު އަހައިލީ އިތުރު މީހެއް އަންނަކަން އޭނާއަށް އެނގިފައި ނެތުމުންނެވެ.

" މަޑުކުރޭ.. ކައި މިދަނީ ދޮރު ހުޅުވަން......"...... އެލީޝާ ތެދުވެގެން ދާން އުޅުމުން ކައިރާ އޭނާ ހުއްޓުވުމަށް ފަހު ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތެވެ.

ދޮރު ހުލުވާލިއިރު ދޮރު މަތީގައި ހުރީ އޭނާ ދަންނަ މީހެއް ނޫނެވެ. ނަމަވެސް އެ މޫނުގައި ދަންނަ ވައްތަރެއް ޖަހައެވެ. އެ ފިރިހެން މީހާގެ އިސްތަށިގަނޑު ނުރަވެފައި ހުރި އިރު މިހާރު ގުނަމުންދާނީ އަށްޑިހައިގެ ދުވަސްތައްކަން މޫނަށް ބަލައިލުމުން ވެސް އެނގެއެވެ.

" ކޮއްކޯ؟... ކޮބާ އަހަރެންގެ ދަރިފުޅު؟......"....  އެ ބޭބެ ބަލި އަޑަކުން ބުނެލިއެވެ. ކައިރާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ހައިކަލް ގޮވާލި އަޑުއިވުނެވެ.

ހައިކަލްގެ އަޑު އެ ބޭބެގެ ކަންފަތުގައި ޖެހުމާ އެކު އެ ލޮލުގައި ވިދުމެއް އުފެދިގެން ދިޔައެވެ. ތުރުތުރު އަޅަމުން ދިޔަ ހާލުގައި ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

ކައިރާ ލަސްވުމުން ހައިކަލް އެންމެ ފަހުން ތެދުވެގެން ހިނގައިގަތީ ގެއަށް އައީ ކާކުތޯ ބެލުމަަށެވެ. ސިޓިންރޫމުން ނުކުމެވުމާ އެކު ހައިކަލްގެ ލޮލުގައި އަޅައިގަތީ ގެއަށް ވަދެގެން އައި މީހާއެވެ. އެއާއެކު ހައިކަލްގެ ދެލޯ ބޮޑުވެ ދެފައިގައި ކަސްތޮޅު އެޅުވުނު ކަހަލައެވެ.

(ނުނިމޭ)

  1. ވ.ރީތި ވާހަކަ ތަންކޮޅެއް ކުރު އަދިވެސް

    • ދޫންޔާ ދިގެއްނުވާނެ.. މިއޮއްވަރަށް ކިޔާއިރުވެސް ނުވޭ… އެހެންވީމާ އޮތްގޮތަކީ ޝުކުރު ކޮއްލުން.. އަޅެ ނޫންތަ؟؟؟ 🙁