ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Hajj Corporation

" ހައިކަލް... "..... ކައިރާގެ ތުންފަތް ހަރަކާތް ނުކުރިޔަސް އެ ހިތާއި ސިކުނޑީގައި އެ ނަން ގުގުމައިގެން ދިޔައެވެ.

******

ކުރިމަތީގައި ހަރަކާތެއް ނެތި ހުރި އަންހެން ކުއްޖާ ފެނި ހައިކަލްއަށް ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެވުނެވެ. ދެލޯ ބޮޑުވެފައި ހުރި އިރު ހައިކަލްގެ ކުރިމަތިން ފެންނަން ހުރީ ހަޤީޤަތެއްކަމާ މެދު އޭނާއަށް ޝައްކެވެ. އޭނާގެ ހިތުގައި ހައިޖާނެއް އުފެދިގެން ދިޔައިރު ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ .

އެއީ ހައިކަލް މަންމަގެ ޅަ ފުރައިގެ ތަސްވީރެއް ފަދައެވެ. އެ މޫނުގައި ކުޑަ ވެސް ތަފާތު ކަމެއް ނެތެވެ. ކަޅު ކުލައިގެ ކަޅިއެއް ހުރި ނަމަވެސް ހައިކަލްއަށް ކައިރާއެއް ނޯޅޭނެއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ކައިރާގެ ކަޅި ކަޅު ކުލައިގައި ހުރި ނަމަވެސް ހައިކަލްގެ ހިތުގައި ޝައްކެތް ނެތް މިންވަރަށް އެއީ ކައިރާކަން ޔަޤީން ވިއެވެ. އެ މޫނުން އޭނާއަށް އާޝިޔާ ވެސް ސިފަވަމުން ދިޔައެވެ.

" ކައިރާ........."...... ހައިކަލްގެ ތުންފަތް ފޫ އަޅުވައިލުމަށް ފަހު އެ އަޑު ނުކުތީ ނުހަނު މަޑުންނެވެ. ނަމަވެސް އެ އަޑު ކައިރާގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ. ތުރުތުރު އަޅަމުން ދިޔަ ހައިކަލްގެ އަޑު ކަންފަތުގައި ޖެހުމުން ކައިރާގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އަވަސް އަވަހަށް އިސްޖަހައިލީ އޭނާގެ ލޮލުގައި ޖަމާވަމުން ދިޔަ ކަރުނަތައް ހައިކަލްއަށް ސިއްރު ކުރުމަށެވެ.

ކައިރާގެ ސިކުނޑީގައި ހައިކަލް ، އާޝިޔާއާ މެދު ކަންތައް ކުރި ގޮތް ވަނީ ބިންވަޅު ނެގިފައެވެ. ހައިކަލްއަށް އާޝިޔާގެ މާފު ލިބުނު ކަމުގައި ވިޔަސް ކައިރާގެ ހިތުގައި ހައިކަލްގެ މައްޗަށް އުފެދިގެން ދިޔައީ ނަފްރަތެވެ. އިސާހިތަކު އެ ހިތަށް ވެރިވި މަޑުމޮޅިކަމުގެ މައްޗަށް އެހެން އިހްސާސްތަކެއް ގަދަވެގަތެވެ.

ކައިރާ ހިތި ގޮތަކަށް ހީލިއެވެ.

" އެންމެ ފަހުން ދިމާވީ ދޯ... ކީއްކުރާނީ....  އެތަށް އަހަރެއް ފާއިތު ދިޔައިރު ވެސް ފެންނަން ބޭނުން ނުވާ ދަރި ވެސް ކުރިމަތިން ފެނުނީ މިއަދު....... "..... ކައިރާގެ ރާގާއި އަޑުން ހައިކަލްގެ މޫނަށް ވެރިވެގެން ދިޔައީ ހައިރާންކަމެވެ.

" ބައްޕަގެ ދަރިފުޅު... ތީ ހަމަ އަސްލު ވެސް ބައްޕަގެ ދަރިފުޅުތަ........؟..... " ... ހައިކަލްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައިރު ކައިރާއާ ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ.

" ނޫން... އަހަރެން މީ ހައިކަލްގެ ދަރިއެއް ނޫން... ތޭވީސް އަހަރު ފާއިތުވެގެން ދިޔައިރު ތި ބުނާ ބައްޕަގެ ދަރިފުޅު ކޮބާ.؟... އެ ދަރިފުޅުގެ ބައްޕަ ހޯދައިދޭން މަސައްކަތް ކުރިންތަ...؟..... ތި ބައްޕަގެ ދަރިފުޅު ބައްޕައެއްގެ ލޯބި ނުލިބި ބޮޑުވާނެ ގޮތަކާ މެދު ވިސްނާލިންތަ......؟... މިއަދު އަހަރެން ފުރާ ފުރިހަމަ ވެއްޖެ.. މިއަދު ބައްޕައެއްގެ ލޯބި ބޭނުމެއް ނޫން... ވަރަށް ބޭނުންވި..... ތި ލޯބި ވަރަށް ބޭނުންވި..... ތި ހިމާޔަތް ބޭނުންވި..... ބައްޕައެއްގެ އޯގާތެރިކަން ލިބޭތޯ އަބަދު އެދެވުނު... ބައްޕަ އަހަރެން ދެކެ ލޯބި ވާނެއޭ އަބަދުވެސް ހިތަށް އެރި.....  އެކަމަކު އެ ބައްޕަ ދަރިފުޅުގެ މަންމަ ދެކެ ނުވި ލޯތްބެއް ކިހިނެތް ދަރިފުޅު ދެކެ ވާނީ.... މަންމައަށް އެހެން ހަދައިލި އިރު އެ ހިތުގައި ދަރިފުޅާ މެދު އޮންނާނީ ކޮން ކުލުނެއް.... މިއަދު އަހަރެން ތި ލޯބި ބޭނުމެއް ނޫން... ބައްޕަގެ ލޯބި ބޭނުންވި ދުވަސް މާޒީއާ އެކުވެ ހިނގައްޖެ "....... ކައިރާއަށް ދިޔައީ ގިސްލެވެމުންނެވެ. އެ މޫނު ރަތްވެފައިވާ އިރު އެ ލޮލުން ފެންނަނީ ޝަކުވާއެވެ. ހައިކަލް ފެނުމުން އުފާވާނޭ ކަމަށް ކައިރާ އުއްމީދު ކުރިއެވެ. ހައިކަލް ފެންނާނޭ ދުވަހަކަށް އިންތިޒާރު ކުރެވުނެވެ. ނަމަވެސް ހައިކަލް ފެނުމުން އެ ހިތުގައި އުފެދުނު ޖަޒުބާތުތައް ތަފާތު ވެއްޖެއެވެ. އެ ހިތުގައި ލެވިފައިވާ ޒަހަމްތައް އިތުރަށް ފުންވި ކަހަލައެވެ.

" ނޫން.. ތިހެން ނުބުނޭ ދަރިފުޅާ.... ބައްޕަ ދަރިފުޅުގެ މަންމަދެކެ ވަރަށް ލޯބިވިން... "......... ހައިކަލް އަށް އޭނާގެ ވާހަކަ އިތުރަށް ފުރިހަމައެއް ނުކުރެވުނެވެ. ކައިރާ ކުއްލިއަކަށް އެ ކެބިންއިން ނުކުމެ ހިނގައިގަތެވެ. އޭރުވެސް ހުއްޓުމެއް ނެތި އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ

" ރާއީ............ " ކައިރާގެ ފިޔަވަޅުތައް މަޑުޖެހުނީ އިޝާން އޭނާގެ އަތުގައި ހިފައި ހުއްޓުވުމުންނެވެ. އަވަސް އަވަހަށް މޫނު ފޮހެލަމުން ކައިރާ އިޝާންއަށް ފުރަގަސް ދިނެވެ. އޭރު ވެސް އިޝާންއަށް ކައިރާގެ މަޑު ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ.

އެވަގުތު އިޝާންގެ ލޮލުގައި އަޅައިގަތީ ކެބިންއިން ނުކުމެގެން އެ ދިމާލަށް ދުވެފައި އައި ހައިކަލްއެވެ. އިޝާންގެ ނިތަށް ކުދި ރޫތަކެއް ޖަމާވެގެން ދިޔައިރު ރާއީ ރޯންވީ ކީއްވެ ކަމާ މެދު ވިސްނައިލެވުނެވެ.

ހައިކަލްއަށް ފެންނަމުން ދިޔަ މަންޒަރުތަކުން ސިކުނޑި ހާސްވަމުން ދިޔައެވެ. އިޝާންއާއި ކައިރާގެ އަމަލުތައް ހުރިގޮތުން އެ ދެކުދިންނަށް ވެސް އެކުދިންގެ މެދުގައި އޮތް ވަރުގަދަ ގުޅުން ނޭނގޭކަން ހައިކަލްއަށް ވިސްނުނެވެ. ތޭވީސް އަހަރު ފަހުން ހައިކަލްއަށް އޭނާގެ ދަރިފުޅާ ބައްދަލުވި އިރު ތަޤްދީރުގެ ސަމާސާ މި ވަނީ ވިހަވެފައެވެ.

އިޝާން މަޑުމަޑުން ކައިރާ އޭނާއަށް ފެންނަ ގޮތަށް އަނބުރާލިއެވެ. އެވަގުތު ކައިރާގެ މޫނު ހުރިގޮތް ފެނުމުން އިޝާންގެ ހިތުގައި ވެސް ރިއްސައިލިއެވެ. އެ މޫނުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވޭނެވެ. އިޝާންއާ ހަތަރުކަޅި ހަމަނުކުރަން އުޅޭކަން އޭނާއަށް ވިސްނުނެވެ.

" ބައްޕާ... ރާއީއަށް ކިހިނެތް ވީ؟.... ބައްޕައާ ދިމާވިތަ؟.........."....... އިޝާން ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި ހައިކަލްއާ ސުވާލުކޮށްލިއެވެ. ކުއްލިއަކަށް ސިހިފައި ކައިރާ އިޝާންގެ އަތް ފޮޅުވައިލިއެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅެއް އަޅައިލިއިރު ކައިރާ ހުރީ ރަނގަޅަށް ވެސް ހައިރާން ވެފައެވެ. ބޭ އިޚްތިޔާރުގައި ލަސްލަހުން ދެ ފަރާތަށް ބޯ ހޫރުވައިލިއިރު އެ ނަޒަރު އަމާޒުވެފައި ހުރީ އިޝާން އާއެވެ.

******

އާރޓިފިޝަލް ބީޗްގެ ބެންޗެއްގައި ކޯޓު ފަޓުލޫނުގައި އިން ޒުވާނާއަށް ގިނަ ބަޔެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. އަޖައިބެން ފަދަ ރީތިކަމެއް ލިބިފައި ވިޔަސް އެ މޫނުގައިވީ އަސަރަކުން އެ ރީތިކަން ވަނީ ފަނޑުވެފައެވެ.

" ކައި... ވެއަރ އާރ ޔޫ......."....... މޫދަށް ނަޒަރު ހުއްޓާލައިގެން ކިޔާން އިން އިރު އެ ހިތް ގިސްލާ ރޮމުން ދިޔައެވެ. ވޭނުގައި ދުވަސްތައް ހޭދަކުރި ނަމަވެސް މިއަދު އެ ވޭން ވަނީ އިތުރު ވެފައެވެ. އެއްވެސް އިންޒާރެއް ނެތި އެ ދިރިއުޅުމަށް އައި އަންހެން ކުއްޖާގެ ސަބަބުން އެ ސިކުނޑި ވަނީ ހަލަބޮލި ވެފައެވެ.

ކިޔާންއަށް އަދިވެސް ސިފަ ކުރެވެމުން ދިޔައީ ރާއީ މިއަދު ހުރި ގޮތެވެ. ކައިރާއެކޭ ތަފާތެއް ނެތެވެ. އޭނާ ކޭ.އެޗް.އޭ ކޮމްޕެނިއިން ނުކުތް ވަގުތަކީ ރާއީ ވެސް ކޮމްޕެނީއަށް ވަންނަން އައި ވަގުތެވެ. ނަމަވެސް ރާއީއަށް ފެނުމުގެ ކުރިން ކިޔާން ފަސްއެނބުރި ރިސެޕްޝަންގައި އިން ކުއްޖާއާ ކޮންމެވެސް ވާހަކައެއް ދައްކަން ފެށިއެވެ.

ރާއީ ފަސްދީ ދިޔުމާއެކު ކިޔާން އެނބުރި ބަލައިލިއެވެ. ލައިގެން ހުރި ކަޅު ކުލައިގެ ދޫ އަބާޔާގައި އެއީ އެ ހިތުގެ މަލިކާއޭ ހިތަށް އެރިއެވެ. ކިޔާންގެ ތަބީއަތް ބަދަލުވެގެން ދިޔައީ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އެ މޫނުގައިވީ ސީރިއަސްކަން ކެނޑި މިހާރު ފެންނަނީ ބުނެދޭން ނޭނގޭ ކުލަވަރެކެވެ. ރާއީ ފެނުމުން މިއަދު ވެސް އެ ހިތުގެ ހަމަނުޖެހުން ގެއްލުނީއެވެ.

ޚިޔާލުތަކުގައި އިނދެފައި ވެސް ކިޔާންގެ ތުންފަތަށް މާނަ ފުން ހިނިތުންވުމެއް ވެރިވެގެން ދިޔައީ އެ މާހައުލުގައި ކައިރާއާއެކު ހޭދަކުރެވުނު އުފާވެރި ހަނދާންތަކެއް އާވުމުންނެވެ.

ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި ތުއްތު އަންހެން ކުއްޖެކެވެ. މޫދާ ދިމާލަށް އެ ކުއްޖާގެ އަތުގައި އޮތް ބޯޅަ ދިޔުމުން ނުފަރިތަ ފިޔަވަޅުތަކެއްގައި ބޯޅަ ހޯދަން އެ ކުއްޖާ ހިނގައިގަތެވެ. އެ ކުއްޖާ މޫދާ ގާތްވަމުން ދިޔަ ވަރަކަށް ކިޔާންގެ ދެ ބުމަ ކައިރިވަމުން ދިޔައެވެ. އެ ހިސާބުން ބޮޑު މީހެއް ފެންނަން ނެތުމުން ކިޔާން އަވަސް ފިޔަވަޅު ތަކެއްގައި އެ ކުއްޖާއާ ދިމާލަށް ހިނގައިގަތެވެ.

މޫދަށް ވެއްޓިފައި އޮތް ބޯޅަ ނަގައިގެން ކިޔާން އެ ތުއްތު ކުއްޖާއާ އެއްވަރަށް ތިރިވެ ބޯޅަ ދިއްކޮއްލަމުން ހިނިތުންވެލިއެވެ. އިރުކޮޅަކަށް އެ ކުޑަ މޫނުން ބީރައްޓެހިކަން ފެނުނު ނަމަވެސް ލޯބި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބޯޅާގައި ހިފިއެވެ.

" ޝެލީ........".... ފަހަތުން އިވުނު އަޑާއެކު އެ ކުއްޖާ ބަލައިލިއެވެ.

ކިޔާން ތެދުވެ އެ ކުއްޖާ އުރާލަމުން ފަސްއެނބުރި ބަލައިލިއެވެ. ނަމަވެސް ކިޔާންގެ ހަރަކާތްތަކަށް ލަސްކަމެއް އައީ އޭނާއާ ދެތިން ފޫޓު ދުރުގައި ހުރި އެލީޝާ ފެނުމުންނެވެ.

" ކެން......."......... އެލީޝާގެ އަޑުގައި ވީ ހައިރާންކަމެވެ. އެހާ ގިނަ ދުވަސްތަކަކަށް ފަހު ކިޔާން ފެނުމުން އެ ހިތުގައި އުފެދިގެން ދިޔައީ މަސްހުނި އިހްސާސް ތަކެކެވެ. ފަނޑު ހިނިތުންވުމެއް އެލީޝާގެ ތުންފަތަށް ވެރިވި ނަމަވެސް ކިޔާންގެ ބެލުމުގައިވީ ފިނިކަމެވެ.

އެ ބެލުމުން އެލީޝާ ކުޑަކޮށް ޖެހިލުންވިއެވެ. ޚާއްސަކޮށް ކިޔާންގެ ކައިރީގައި ހުރި މިޝެލް ފެނުމުން އެލީޝާގެ ހާސްވިއެވެ. ކިޔާންގެ ހިތުގައި މިޝެލްއާއި ގުޅިގެން ސުވާލު އުފެދޭނެކަން އެލީޝާއަށް ޔަޤީނެވެ.

" މިހާ ދުވަސް ކޮށްލާފަ ދިމާވި އިރު ވަރަށް ކަންކަން ބަދަލުވެއްޖެ ދޯ.... އެލީ އާއި ޒެވް ވެސް މެރީ ކުރީތާ އެހެންވީމަ.... ޝެލީ މިއީ އެލީގެ ދަރިފުޅުތަ؟........" ކިޔާންގެ ތުންފަތުގައި ވީ މަލާމާތުގެ ހިނިތުންވުމެކެވެ.

އެ އަޑުގައި ވެސް އެފަދަ އިހްސާސެކެވެ.

" ނޫން... ޝެލީ އެއީ ކައިރާގެ ދަރިއެއް....."....... ފަހަތުން އިވުނު އަޑާއެކު އެލީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭރު ކިޔާން ވެސް ހުރީ އިވުނު ވާހަކަ ޤަބޫލުކުރަން ނޭނގި އެލީޝާއަށް ބަލަހައްޓައިގެންނެވެ.

(ނުނިމޭ)

Ads by HDC
  1. މާ ކުރީ

    • ހޫމް މާކުރީ.އެކަމްވެސް ވ.ރީތި

  2. މާ ކުރީ