ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Sosun Fihaara

އެވަގުތު ފާހާނައިގެ ދޮރު ހުޅުވުނު އަޑު އިވިގެން ދިޔައެވެ. ކައިރާ އިސްއުފުލައި ލޯގަނޑުން ބަލައިއިރު ފަހަތުގައި ހުރި މީހާ ފެނި ހުއްޓުން އެރިއެވެ. އޭރު ލޯގަނޑުން ފެންނަން ހުރި ކައިރާގެ މޫނަށް ބަލަހައްޓައިގެން އެ މީހަކު ވެސް ހުރީ ހައިރާންވެފައެވެ.

******

" ރާއީ......"..... ކައިރާ ހުރި ގޮތުން ހައިރާންވެފައި ހުރެ އުލްޔާ ގޮވައިލިއެވެ.

" އިހަށް ބޭރުގަ މަޑުކޮށްލަފާނަންތަ ؟...... މި އަންނަނީ......"........ ކަންބޮޑުވެފައި ހުރެ ކައިރާ ބެލީ އަވަހަށް އެތަނުން އުލްޔާ ފޮނުވައި ލެވޭތޯއެވެ. އުލްޔާ އެތަނަށް އައި ބޭނުން ވެސް އޮޅުންފިލުވުން ކައިރާއަށް މުހިންމު ކަމަކަށް ނުވިއެވެ. އެއަށްވުރެ ކައިރާގެ ހިތް ވަނީ އަވަސްވެފައެވެ. ހުރިހާ ކަމެއް ވެސް މިހާ ފަސޭހައިން އަތުން ބީވެގެން ދާ ފެށުމުން ކައިރާގެ ހިތްވަރު އެލޭ ގޮތް ވިއެވެ. ކަށިން ހިތްވަރު ނެރެގެން ކުރަމުންދާ މަސައްކަތްތައް ފެނަށް ވެދާނެހެން ހީވިއެވެ. ހަ އަހަރު ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު މިއަދު ބޭޒާރުވާކަށް ކައިރާ ނޭދެއެވެ. އަލުން އެ ހިތްދަތިކަން ތަހައްމަލު ކުރާކަށް އޭނާ ތައްޔާރެއް ނޫނެވެ.

" ލައްބަ.... ".... އިތުރު ސުވާލެއް ނުކޮށް އުލްޔާ ނުކުތީ ކައިރާގެ އިންތިޒާރުގައި އޭނާ ބޭރުގައި ހުންނާނެ ވާހަކަ ބުނެފައެވެ.

އުލްޔާ ނުކުތުމާއެކު ކައިރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫ ކޮށްލެވުނެވެ. އަދި އޭނާގެ ކަޅި ކުރިން ވެސް ހުރި ގޮތަށް ފޮރުވައިލުމަށް ފަހު ފާހާނާއިން އޭނާ ނުކުތީ އޭނާގެ ނަފްސު ހަމައަކަށް އަޅުވައިލައިގެންނެވެ.

" އުލްޔާ ކީއްކުރަނީ މިތާނގަ ؟.......".... ކައިރާ ހިތްހެޔޮ ކަމަކާއެކު އަހައިލިއެވެ. އެ މޫނުން ތަފާތު ކަމެއް ފާހަގަ ވޭތޯ އުލްޔާ ކައިރާގެ މޫނަން ނަޒަރު ހުއްޓައިލި ނަމަވެސް އޭނާ އުއްމީދު ކުރިފަދަ ކުލަވަރެއް ނުފެނުނެވެ.

" އުލް ދެންމެ މިއައީ އިޝާން ސަރ އާއެކީގަ.... އަސްލު ރާއީ ހޯދަން މިއައީ ކިޔާން ސަރ ބުނެގެން.... " އުލްޔާ އާއި ކައިރާ ހިނގަމުން ދިޔައީ ކިޔާންމެން ކައިރިއަށް ދިޔުމަށެވެ.

އޭރު ވެސް އުލްޔާގެ ހިތުގައި ހިނގަމުން ދިޔައީ ތަފާތު ޝުޢޫރު ތަކަކެވެ. އެއީ ވިސްނުންތޫނު ކުއްޖެކެވެ. އޭނާގެ ވަށައިގެން އުޅޭ މީހުންގެ ދިރިއުޅުމާ މެދު ނުހަނު ޝައުޤުވެރިވާ ކުއްޖެކެވެ. ކައިރާގެ މިޒާޖު ބަދަލުވީ ގޮތް ފެނުމުން އުލްޔާ ހުރީ ކުޑަކޮށް ހައިރާންވެފައެވެ. މީގެ އިރުކޮޅެއް ކުރިން ކައިރާ ހުރި ގޮތް ފެނުމުން އިޝާންގެ ނަން އުލްޔާގެ ހިތަށް ވެރިވެގެން ދިޔައެވެ. އެ ދެ ޒުވާނުންނަށް ވެސް ލިބިފައިވާ ރީތިކަން އެ އަޅިފެހި ކަޅިން އިތުރަށް ފުރިހަމަވާކަން އުލްޔާއަށް ވެސް ޤަބޫލު ކުރެވުނެވެ.

" ކޮބާ... ކިހިނެތް މިތަން ؟... ކަމުދޭތަ؟....." ކައިރާ ފެނުމާއެކު އިޝާން އަހައިލިއެވެ.

" އާނ.. މިތަން ހަމަ ރަނގަޅު.. އެކަމަކު ވަށައިގެން ހުރި ކުޑަދޮރުތަކުގެ ފޮތި ބަދަލުކުރަން ޖެހޭ... މިހާރު ހުރި ކުލަތައް ތީމަށް ފިޓެއް ނުވޭ.. ދެން ލައިޓިން ވެސް ރަނގަޅު ކުރަންޖެހޭނެ އަދި......."..... ކައިރާ އޭނާއަށް ފާހަގަ ކުރެވުނު ކަންކަން އިޝާންއާ ހިއްސާ ކުރަމުން ދިޔައެވެ.

ކުރިމަތީގައި ހުރެ ރާއީ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ކިޔާން ހުރީ އިސްޖަހައިލައިގެންނެވެ. އެ މޫނަށް ނުބަލަން ހިތުން ހުވާ ކޮށްގެން ހުރި މީހެއް ފަދައެވެ. އިޝާން ވެސް ކިޔާންއަށް ވެފައި ހުރި ގޮތް ފެނުމުން ދިމާކޮށްލިއެވެ. ނަމަވެސް ކިޔާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އިޝާން ނިންމީ ފަހުން ކިޔާންއާ އެވާހަކަ ދެއްކުމަށެވެ. އެކަމަކު ކިޔާންގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭނެ ކަމާމެދު އޭނާއަށް ޝައްކެވެ.

އޮފީހުގައި އުޅުމަށް ފަހު ކައިރާއަށް ގެއަށް އާދެވުނީ އިރުއޮއްސުނު ފަހުންނެވެ. ކުރަން ޖެހޭ މަސައްކަތްތައް ގިނަވެފައި ވަގުތު ކުޑަތަން ވެފައިވުމުން ކައިރާ ހުރީ ކުޑަކޮށް ހާސްވެފައެވެ. އޭނާގެ ޕްލޭނާ އެއް ގޮތަށް ކުރިއަށްދާ ފުރަތަމަ ޕްރެޖެކްޓް ފުރިހަމައަށް ނިމެން އޭނާ ބޭނުމެވެ. މި ޕްރޮޖެކްޓަކީ އޭނާގެ މުސްތަޤުބަލަށް ޓަކައި އެޅޭނެ ފުރަތަމަ ބިންގާކަމުގައި ދެކި ކައިރާ ދިޔައީ އޭނާއަށް ލިބިފައިވާ ތަޢުލީމާއި ހުނަރުގެ ބޭނުން އެންމެ ފުރިހަމައަށް ބޭނުންކުރަމުންނެވެ.

ނަމަވެސް ކުރިމަތިވެފައިވާ ހުރަސްތައް ގިނައެވެ. ކިޔާންއާ އަބަދު ދިމާވަންޏާ ކައިރާއަށް ކެތްކުރުން ވާނީ ދަތިކަމަކަށެވެ.

*****

"ބައްޕަ... ދެން ކޮންއިރަކު މިކޮޅަށް އެނބުރި އަންނަނީ....؟...."... އިޝާން ވާހަކަދައްކަމުން ދިޔައީ ފޯނުގެ ސްކްރީނުން ފެންނަން ހުރި ހައިކަލްއާއެވެ.

" ދެން ނުވާނެ ގިނަ ދުވަހެއް... ބައްޕަ ނެތަސް ދަރިފުޅަށް އޮފީސް ހިންގޭނެއެންނު...."..... ޗުއްޓީއެއްގައި އިންޑިޔާއަށް ހައިކަލް ދިޔައީ ވަކި ބޭނުމެއް އޮވެގެންނެވެ. އަދިވެސް އާޝިޔާ ފެންނާނޭ ކަމުގެ އުއްމީދު ހައިކަލްގެ ހިތުގައި ވެއެވެ. އޭނާގެ އަލަތު ދަރިފުޅާ ބައްދަލު ވާނޭ ދުވަހަކަށް އިންތިޒާރު ކުރެވެއެވެ.

" ޕްރެޖެކްޓްގެ ކަންކަން ވަރަށް ރަނގަޅަށް ދާނެ..... ޤާބިލު ޑިޒައިނަރެއް މިފަހަރު އެ އައީ... ބައްޕަ މިކޮޅަށް އައިސް ވާނެ ރާއީއާ ބައްދަލުކޮށްލަން.... "... ވާހަކައިގެ ތެރެއިން ހައިކަލް ޕްރޮޖެކްޓުގެ ވާހަކަ އެހުމުން އިޝާން ބުނެލީ ފުޅާ ހިނިތުންވުމަކާ އެކުގައެވެ.

އިޝާންގެ ފަރާތުން އެފަދަ ޖަވާބެއް ލިބުމުން ހައިކަލް ހިތްހަމަޖެހުނެވެ.. އަދި އެ ހިތުގައި ވެސް ރާއީއާ ބައްދަލުކުރުމުގެ ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ.

" އެހެންވީމަ ދަތުރު ވެސް އަވަސްކޮށްލަން ވީދޯ.... "..... ހައިކަލްގެ ޚިޔާލު އިޝާންއަށް ނުހަނު ކަމުދިޔައެވެ.

*****

ހަފްތާއެއް ނިމުނު އިރު ވެސް ކިޔާން އާއި ކައިރާއާއި ގުޅުމަށް ބަދަލެއް ނާދެއެވެ. ކައިރާއާއި ކުރިމަތިލުން ކިޔާންއަށް ވީ ވޭނަކަށެވެ. " ރާއީ" ފެންނަ ކޮންމެ ފަހަރަކު ހަނދާން ކުރަން ބޭނުން ނުވާ އެތަށް ކަމަކުން އެ ސިކުނޑި ފުރިގެން ދެއެވެ. އެހެން ކަމުން ކިޔާން ބަލަނީ ވީހާ ވެސް ދުރުގައި އުޅެވޭތޯއެވެ. ނަމަވެސް ކުރަންޖެހިފައިވާ މަސައްކަތުގެ ގޮތުން ކޮންމެ ދުވަހަކު ވެސް އެ ، ގޮތް ނޭނގޭ އަންހެން ކުއްޖާއާ ކުރިމަތިލުން ކިޔާންއަށް މަޖުބޫރެވެ.

ރާއީ ފެނުމުން ކިޔާންގެ ހިތުގައި ފޫހިކަން އުފެދެއެވެ. ހަމަ އެއާ އެއްވަރަށް އެ ސޫރަ ދެކެން ވެސް ބޭނުންވެއެވެ. ރާއީ ވާހަކަދައްކާ އަޑު އިވުމުން އުނދަގޫވެއެވެ. ނަމަވެސް އެ އަޑު އިވުމުން އެ ހިތަށް ދިރުން ވެސް ލިބެއެވެ. ކިޔާންއަށް އަންނަމުން ދިޔަ ބަދަލުތައް އިޝާންއަށް ނުހަނު ގާތުން ފެންނަމުން ދިޔަ ނަމަވެސް ކިޔާން އެއްވެސް ވާހަކައެއް ހިއްސާ ކުރަން ބޭނުން ނުވާކަން އިޝާންއަށް އެނގެއެވެ. ނަމަވެސް ރާއީގެ ސަބަބުން ކިޔާންއަށް އެފަދަ ބަދަލުތަކެއް އަންނަންވީ ސަބަބު އިޝާންއަކަށް ނޭނގުނެވެ.

*****

އުލްޔާ ލެވެންޑަރއަށް އައީ އިޝާންގެ އެދުމަކަށެވެ. ފުރަތަމަ ފެނުނު ދުވަހު ވެސް އިޝާންއަށް އުލްޔާ ހާއްސަ ވިއެވެ. އުލްޔާއަކީ ރިތި ކުއްޖެކެވެ. އިޝާން ފަދައިން ސަކަ މިޒާޖެއްގެ ވެރިއެކެވެ. އުލްޔާއާ އެކު ވަގުތު ހޭދަކުރެވޭ ވަރަކަށް އިޝާންގެ ހިތުގައި އެ ނަން ފެވެމުން ދިޔައެވެ. ނަމަވެސް އެ ޒުވާން ހިތުގައި އުފެދެމުން ދިޔަ އިހްސާސްތައް ވީ ސިއްރުކުރެވިފައެވެ.

" ޝޭން... އުލްއަށް ވެސް ތި ހުރިހާ ކަމެއް ފާހަގަ ކުރެވޭ.... އޮފީހުގަ މަސައްކަތް ކުރަން ފެށިތާ އަދި މިވީ އެންމެ ހަފްތާއެއް... އެކަމަކު ވެސް ފާހަގަ ކުރެވޭ ވަރަށް ކިޔާން އާއި ރާއީގެ ފަރާތުން ކަންކަން ފެނޭ... ރާއީ ފެނުމުން ކިޔާންގެ މޫނަށް އެ ވެރިވާ ކުލަތައް ފެނުނަސް އެނގޭ އެ ދެމެދުގައި ކޮންމެވެސް ގުޅުމެއް ވާކަން... އެކަމަކު ކިޔާންގެ އެ ހުންނަ ސީރިއަސް ގޮތްގަނޑުން އަނގައިން ބުނާކަށް ނުކެރޭ... ދެން ހުރީ ރާއީ... އެއީ ވެސް އަޖައިބެއް ކަހަލަ ކުއްޖެއް.... ކިޔާންއަށް ވުރެ ރާއީގެ ދިރިއުޅުން ސިއްރުވެރި... ހީވަނީ ސިއްރު އޭޖެންޓެއްހެން........."......... އުލްޔާ ފަހު ޖުމްލަ ބުނެލަމުން އަނގަޔަށް ގޮތެއް ހަދައިލިއެވެ. އެ މަންޒަރު ފެނި އިޝާންއަށް ވެސް ހެވިއްޖެއެވެ.

މަސައްކަތުގެ ތެރެއިން ކައިރާއާއި އުލްޔާއާ ދެމެދު ވަރުގަދަ އެކުވެރިކަމެއް އުފެދިގެން ދިޔައެވެ. ކައިރާގެ ފަރާތުން އެލީޝާއާ ވެސް އުލްޔާ ރައްޓެއްސެވެ.

ނަމަވެސް އެހެން އުޅުމުގެ ތެރޭން ވެސް ކައިރާގެ ދިރިއުޅުމުގެ އެއްވެސް ކަމެއް އުލްޔާއަށް އެނގޭ ގޮތެއް ނުވިއެވެ. އެއީ ސިއްރުތަކުން ފުރިފައިވާ އަންހެން ކުއްޖެއްކަން އުލްޔާއަށް ޔަޤީނެވެ. ބައެއް ފަހަރު ކައިރާ މާ މަޑުން ހުންނަކަން ވެސް އުލްޔާއަށް ފާހަގަވެއެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުރެ ކައިރާގެ ތުންފަތަށް ވެރިވާ ފަނޑު ހިނިތުންވުން އުލްޔާ ދެކެފިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ހިތްދަތިކަމެއް ވާކަން އުލްޔާއަށް އެނގެއެވެ. ނަމަވެސް ސުވާލު ކުރިޔަސް ކައިރާގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބެއެވެ.

ކިޔާންގެ ކައިރީގައި އުޅޭ ވަރަކަށް އުލްޔާއަށް ކިޔާންގެ ފަރާތުން ވެސް ހައިރާންވާ ކަންކަން ފެންނަމުން ދިޔައެވެ. ކިޔާންގެ މޫނުން އަބަދު ފެންނަ ސީރިއަސްކަން ގުޅިފައި ވަނީ ކޮންކަމަކާކަން އުލްޔާ އަށް ޔަޤީން ނުކުރެވުނަސް އެ ހިތުގައި ޝައްކު ތަކެއް ވެއެވެ.

" އުލްއަށް އެނގޭތަ... ރާއީ ފެނުމުން ވަރަށް ތަފާތު އިހްސާސެއް ކުރެވޭ........"...... އިޝާންގެ ތުންފަތުގައި ކުރިންވީ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އުލްޔާއާ ދިމާއަށް ބަލައިލިއިރު އޭނާ އިނީ އިޝާން ބުނި އެއްޗެއް ސާފު ނުވެފައެވެ.

" ނޭނގެ ކިޔައިދޭކަށް... އެކަމަކު ވަރަށް ގާތް ގޮތެއް... ހީވަނީ އެއީ ކުރިން ވެސް ދަންނަ މީހެއް ހެން... އެކަމަކު އެންމެ ފުރަތަމަ ދިމާވީ ވެސް އޮފީހަށް ނުކުތް ދުވަހު.... އެދުވަހު ވެސް ނުހަނު ދަންނަ ފާޑު ޖެހި... ވާހަކަ ދެއްކިއިރު ވެސް އެއްވެސް ދުރުކަމެއް ނެތް.... ރާއީއަކީ ތަފާތު ކުއްޖެއް.... އޭނާގެ ވަށައިގެން ވަނީ ސިއްރުތަކެއް.... ބައެއް ފަހަރު ހީވޭ ކިޔާންއާއި ދެމީހުން އެކަކު އަނެކަކު ދަންނަހެން... އެކަމަކު ކިޔާން ބުނީ އޭނާއަށް ރާއީއެއް ނޭނގެއޭ....".......  އިޝާން ވާހަކަ ދައްކަމުން ދިޔައިރު އެ އަޑުގައި ތަފާތު ކަމެއް ވިއެވެ. އެ އަޑުގައިވީ ރިހުން އުލްޔާއަށް ފާހަގަވިއެވެ.

" އުލްއަށް ފާހަގަ ކުރެވޭ ކަމެއް ބުނަންތަ... ޝޭން އާއި ރާއީ ވަރަށް ވައްތަރު... މިހެން މި ބުނީ ތި ދެމީހުންގެ ލޯ ... ކުރިން ދުވަހު އުލް ފާހާނާއަށް ވަތްއިރު ރާއީ ހުރީ........ "......... ކުއްލިއަކަށް މޭޒުމަތީގައި އޮތް އިޝާންގެ ފޯނު ރިންގުވާން ފެށުމުން އުލްޔާ އޭނާގެ ވާހަކަ މެދު ކަނޑައިލިއެވެ.

މުހިއްމު ކޯލެއް ކަމުން އިޝާން އެއްފަރާތަށް ޖެހިލިއެވެ. އުލްޔާގެ ތޫނު ނަޒަރު ވަނީ އިޝާންއަށް ހުއްޓިފައެވެ. އެ ތުންފަތުގައިވީ ރަކި ހިނިތުންވުމެކެވެ. އިޝާންގެ ރީތިކަމަށް އުލްޔާއަށް ހިތާހިތުން ތަޢުރީފް ކުރެވުނު އިރު އެ ހިތުގައި އާ ވިންދެން ޖަހަން ފަށައިފިކަން ޔަޤީންވިއެވެ.

" ސޮރީ... އާނ ކީކޭ އޭރު އުލް ބުނީ........ "........ އިޝާން އައިސް އިށީންނަމުން އަހައިލިއެވެ. ނަމަވެސް އަނެއްކާވެސް އެ ވާހަކަ މެދުކެނޑިގެން ދިޔައީ އެމީހުން އޯޑަރު ކުރި ތަކެތި ގެނައުމުންނެވެ.

ދެމީހުން ވެސް ކާން ފެށިއިރު ދެން އެ ދެމެދުގައި ހިއްސާ ކުރެވެމުން ދިޔައީ ދިރިއުޅުމުގެ ވާހަކަތަކެވެ. ހުރިހާ ވާހަކަތަކެއް ކިޔައިދިން އިރު ވެސް އިޝާން އޭނާގެ ދޮންތަގެ ވާހަކަ ސިއްރުކުރިއެވެ. އިޝާން ޤަބޫލު ކުރި ގޮތުގައި އެއީ ހައިކަލްގެ ދިރިއުޅުމެވެ. ބައްޕަގެ ދިރިއުޅުމުގެ ވާހަކަ އެހެން މީހަކާ ހިއްސާ ކުރުމަކީ އޭނާ ދެކޭ ގޮތުގައި ކޮށްގެން ނުވާނޭ ކަމެކެވެ.

*****

ހެނދުނު ހޭލި ގޮތަށް ޒެވިޔަންގެ ހިތް ވަނީ އަވަސްވެފައެވެ. ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައީ އެލީޝާ އަންނާނޭ ވަގުތަށެވެ. އިރުއިރުކޮޅާ އަތުގައި އަޅައިފައި އޮތް ގަޑިއަށް ނަޒަރު ހުއްޓަމުން ދިޔައިރު ޒެވިޔަންއަށް ދުވަސް ވެސް ލަސްވެފައިވާ ކަހަލައެވެ.

ހަ އަހަރު ފަހުން އެ ހިތުގެ މަލިކާ ފެންނަން އުޅޭތީ ޒެވިޔަންއަށް ވަނީ ބަޔާންކުރަން ދަތި އުފަލެއް ލިބިފައެވެ. ހިނދުކޮޅަކަށް ވެސް އެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ.

*****

ކައިރާ ވެސް ދިޔައީ އޭނާގެ ކުޑަ އާއިލާ އަންނަންދެން ތައްޔާރުވަމުންނެވެ. އެ ދުވަހު އޮފީހަށް ނުގޮސް ގޭގައި މަޑުކޮށްލީ ގޭތެރެ ސާފުކޮށް ރަނގަޅު އެއްޗެއް ކައްކައިލުމަށެވެ. މަސް ފިހެ ސްޕެގެޓީ ކެއްކުމަށް ފަހު މިޝެލްއަށް ޚާއްސަކޮށް ކައިރާ ކަސްޓަޑް ވެސް ތައްޔާރުކޮށްލިއެވެ.

ހުރިހާ ކަމަކުން ނިމިގެން ކައިރާއަށް ތައްޔާރުވެވުނު އިރު ވަގުތު ކުޑަތަންވެއްޖެއެވެ. ކުރީގައި ހުންނަ ގޮތަށް ކަޅު ކުލައިގެ ދޫ އަބާޔާއެއްގައި ހުރިއިރު އެ ކަޅި ފޮރުވާކަށް ކައިރާ ގަސްތެއް ނުކުރިއެވެ. އެ މޫނުން ވެސް ފެންނަމުން ދިޔައީ ސާދާ ކަމެވެ.

*****

ރާއްޖޭގެ ރީތި ކުދި ޖަޒީރާ ރަށްތައް ފެނުމުން އެލީޝާއާއި މެހެރް އަދި އައިމަން އަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހަ އަހަރު ފަހުން އަމިއްލަ ވަޒަނަށް އާދެވޭތީ ކުރެވެމުން ދިޔައީ ފޮނި އިހްސާސެކެވެ.

އެއާ ޚިލާފަށް ލީސާގެ މޫނު ވަނީ ބަނަވެފައެވެ. އެއްވެސް ގޮތަކަށް އޭނާ އަންނާކަށް ބޭނުމެއް ނޫނެވެ. ލީސާ ޤަބޫލު ކުރާގޮތުގައި ރާއްޖެއަށް ވުރެ މެލޭޝިޔާ ދިރިއުޅެން ފަސޭހަވެފައި ހިތްގައިމެވެ.

ކުޑަކުޑަ މިޝެލް ވެސް ލޯގަނޑުގައި މޫނު ޖައްސައިގެން އިނީ ފެންނަމުން ދިޔަ މަންޒަރުތަކުން އާޝޯހުވެފައި އިނދެއެވެ. އެ ލޯބި އަޑުން ވާހަކަ ދައްކަމުން ދިޔައިރު އިރުއިރުކޮޅާ މެހެރްގެ ގައިގައި ކޮއްޓާލުމަށް ފަހު އެ މަންޒަރުތައް ދައްކައިލައެވެ.

******

އެރައިވަލްސް އިން ނުކުމެވުމާއެކު އެލީޝާގެ ކަޅި އެކި ފަރާތްތަކަށް ދަތުރު ކުރަންފެށީ އެ ހިތް ހޯދަމުން ދިޔަ ފަރާތް ފެނޭތޯއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އެލީޝާއަށް ނަޒަރު ހުއްޓާލައިގެން ހުރި ޒެވިޔަންއެވެ. އެއާއެކު އެ ތުންފަތަށް ވެރިވީ ރީތި ހިނިތުންވުމާ އެކު ވެސް އެ ކޯތާފަތް ރަތްވެގެން ދިޔައެވެ. މަޑު މަޑުން ޒެވިޔަންއާ ދިމާލަށް ފިޔަވަޅު އަޅަން ފެށިއިރު އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

ޒެވިޔަންއަށް ވެސް ކުރެވެމުން ދިޔައީ އެފަދަ އިހްސާސް ތަކެކެވެ. ގިނަ ދުވަސްތަކަކަށް ފަހު އެލީޝާ ފެނުމުން ހިތްފުރެންދެން އެ ސޫރައަށް ބަލަން ޒެވިޔަން ބޭނުންވިއެވެ. ކުރިއަށްވުރެ ދޮންވެފައި ކުޑަކޮށް ފަލަވެފައި ހުރުމުން މިހާރު މާ ރީއްޗެވެ. އެލީޝާ ލައިގެން ހުރި ދޫ އަބާޔާއާއި ޝޯލް އަޅާފައި ހުރިގޮތުން ބޭރުގެ ކުއްޖަކާ ވައްތަރެވެ.

އެލީޝާ އައިސް ކައިރީގައި ހުއްޓުނު އިރު ވެސް ޒެވިޔަންގެ ނަޒަރު އެ ސޫރައިން ވަތްކެއް ނުވެއެވެ. މަޑުމަޑުން އެ އަތް ގެނެސް ޒެވިޔަންގެ އަތުތެރެއަށް ލިއިރު އެ ލޮލުގައިވީ ލޯބިވެތި ބެލުމުން އެލީޝާގެ ހިތް ވިރިގެން ދިޔައެވެ. އުފާވެރިކަމުގެ ކަރުނައިން އެ އެސްފިޔަތައް ތެމިގެން ދިޔައެވެ.

" އަނހަ.... ރޯން ފެށީތަ... އެލީ އުފަލެއް ނުވޭދޯ އަހަރެން ފެނުނީމަ......."........ ގަސްތުގައި އެލީޝާ ރުޅި އަރުވައިލަން ޒެވިޔަން ބުނެލިއެވެ. އޭނާގެ ބޭނުން ކާމިޔާބު ވުމުން ޒެވިޔަން ހިނިގަނޑެއް ޖަހާލިއެވެ. އެލީޝާ ތުންކޮޅު ދިގުކޮށްލައި ޒެވިޔަންއާ ދިމާލަށް ކަޅި އަޅައިލިއެވެ.

އޭރު މެހެރްމެން ވެސް އައިސްފިއެވެ. ޒެވިޔަންގެ ނަޒަރު ހުއްޓުނީ މެހެރްގެ އުރުގައި އިން ތުއްތު އަންހެން ކުއްޖާއަށެވެ. އެއީ މީގެ ކުރިން އޭނާ ދުށް ކުއްޖެއް ނޫނެވެ. އެލީޝާ ވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ. އަނެއްކާ އެއީ މެހެރްގެ ދަރިއެއް ބާވައެވެ. ޒެވިޔަންގެ ހިތް ސުވާލުތަކުން ފުރެމުން ދިޔަ ނަމަވެސް މެހެރްއާއި އައިމަން ހުރުމުން އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ.

ކުއްލިއަކަށް އެ ކުއްޖާ ތެޅި ގަތުމަށް ފަހު މެހެރްގެ އުރުން ފައިބައި ތިރިއަށް ސޮހިގަތެވެ. ކިރިޔަކިރިޔާ ފިޔަވަޅު އެޅެނީއެވެ. ނުފަރިތަ ކަމާއެކު ކުރިއަށް ފިޔަވަޅު އަޅަމުން އެ ކުއްޖާ ހިނގައިގަތީ ދެއަތް ޖަހަމުންނެވެ. އޭރު ޒެވިޔަން ފިޔަވައި އެންމެންގެ މޫނުގައިވީ ވެސް ހިނިތުންވުމެކެވެ.

" މަމީ... މަމީ........."....... އެ ކުޑަ ކުއްޖާގެ ކުޑަކުޑަ ދެ ދަތް ދައްކައިލަމުން ލޯބި ގޮތަކަށް ގޮވަން ފެށިއެވެ. އެ ކުއްޖާގެ ނަޒަރު ހުއްޓިފައި ހުރީ ފަހަތަށް ކަމުން ޒެވިޔަން ވެސް ފަސްއެނބުރި ބަލައިލިއެވެ. އެވަގުތު އެ ދިމާލަށް ހިނގާފައި އަންނަމުން ދިޔަ ކައިރާ ފެނި ޒެވިޔަންގެ ބުމަ ކައިރިވެގެން ދިޔައެވެ. އޭނާ އެލީޝާއަށް ބަލައިލުމާއެކު އިސްޖަހައިލިއެވެ. ޒެވިޔަންއަށް ވާނުވާ ނޭނގިފައި ހުއްޓާ ކައިރާ އެ ތުއްތު ކުއްޖާ އުރާލަމުން އެ މޫނުގައި ބޮސްދިނެވެ.

(ނުނިމޭ)

  1. ވ .ރީތި.ވ.ވ.ރީތި.

  2. ވ.ވ.ރީތި

  3. ކަލޯ ހާސަރު ގިނަ ކުރާހެން ހީވޭ އެބަ.. ރީތި އެކަމްވެސް މިބުނާހެން ތަންކޮޅެއް ހާސަރު ގިނަަހެން ހީވަނީ…އަދި މިއައްވުރެ ދިގުކޮއްލަދީބަލަ ދޯ…):(:(:

  4. ޚިޔަނެ

    ޥޥ ރީތިި