ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

ހައިކަލްގެ އެދުމަށް އިޝާން ދިޔައީ ހުޅުމާލެއަށެވެ. އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު ގެއަށް އައި އިރު މިޝެލްގެ އިތުރުން ކައިރާ ވެސް ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. ފުރާވަރުގެ އުމުރުގެ ދުވަސްތައް ވެސް ފާއިތުވިފަހުން ބައްޕައާއި ކޮއްކޮއާ ދިމާވިއިރު އޭނާއަށް އެ ލިބުނީ ދެވަނަ މަންމައެކެވެ.

*****

އިރުއޮއްސެމުން ދިޔައިރު އުޑުމަތި ހީވަނީ ރަންކުލަ ވިރުވައި އަޅައިފައިވާހެންނެވެ. އެކިއެކި ދިމަދިމާލުން ފިޔާތޮށި ކުލައާއި ދަނބު ކުލައިގެ ވިލާ ކޮޅުތައް ދުރުދުރަށް ފެތުރިފައިވާ އިރު ފެންނަނީ ޖާދުވީ ގޮތަކަށެވެ. އޮއްސެމުން ދިޔަ އިރުގެ އަލިން ކަނޑުގެ ލޮނުގަނޑު ވަނީ އެކީ އެކައްޗަކަށް ދިއްލިފައެވެ. ޖައްވުގައި ހިފައިފައި ވަނީ ތެތް ފިނި ކަމެކެވެ. ހިތްތަކަށް ދިރުން ގެނުވައިދޭ ފަދަ މަންޒަރެކެވެ.

ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި ކިޔާން ސިހިގެން ދިޔައީ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ބެލްކަނީގައި ހުއްޓިލައިގެން ހުރިއިރު އެ މޫނަށް ވެސް އިރުގެ ރަންއަލި ކޮންމެ ވެސް ވަރަކަށް އެޅިފައި ހުއްޓެވެ. ކަނޑު ހުރަސްކޮށް ޖެހެމުން ދިޔަ މަޑު ވައިރޯޅިތައް ދިޔައީ ކިޔާންގެ އިސްތަށިގަނޑަށް ކުދި ގޯނާ ކުރަމުންނެވެ. ކުރިއަށްވުރެ ވެސް އެ ރީތި މޫނު ހިތްގައިމު ވެގެން ދިޔައީ ތުންފަތަށް ވެރިވި އުޖާލާ ހިނިތުންވުމުންނެވެ.

" ލައްބަ މަންމާ... އަޅުގަނޑު މިދަނީ...."....... ކިޔާން ފޯނު ކަނޑައިލަމުން ދުރުގައި ހުރި ކުއްޖަކަށް ގޮވައިލިއެވެ.

" ދޭ ވިލް ކަމް އެރައުންޑް ސެވެން.. ސޯ ބީ ރެޑީ ޓު ވެލްކަމް... . އޭޒް އައި އާސްކްޑް......."........ ކިޔާން އެ ކުއްޖާގެ ގާތުގައި ކަންތައް ކުރަންވީ ގޮތް އޮޅުންފިލުވައި ދިނުމަށް ފަހު އަވަސް ވެގަތީ ގެއަށް ދިޔުމަށެވެ.

*****

" އެލީ... މިތަނުން ކޯއްޗެއް ރީތި ވާނީ.... ކައިއަށް އެއްވެސް ރީއްޗެއް ނޫން.. މީތި ހީވަނީ ގޭގަ ލާން ގެންގުޅޭ ހެދުމެއްހެން... ދެން މި ގްރީން ޑްރެސް ވެސް ހަޑި... މާ ބޮޑަށް ގަޔަށް ފިތިފަ......"....... ކައިރާ އެނދުމަތީގައި ފުނި ޖަހާފައި ހުރި ހެދުންތަކުން ފަހަރަކު ހެދުމެއް ނަގައި އެއަށް ފާޑު ކިޔަމުން ދިޔައެވެ. އޭނާ ހިތްހަމަޖެހޭ އެއްވެސް ހެދުމެއް ނެތީއެވެ.

" ރާނީ ބޭނުންފުޅުވާ ހެދުމެއް ނެތީ ދެއްތޯ....."... އެލީޝާ އަނގަޔަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ. އެވަގުތު ކައިރާ އަތުގައި އޮތް ހެދުން އެލީޝާއާ ދިމާލަށް ހޫރާލީ ކަޅި އަޅައިލަމުންނެވެ. ނަމަވެސް ހުޝިޔާރުކަމާ އެކު އެލީޝާ އެ ހެދުން ހިފަމުން ދޫ ނެރެލިއެވެ.

" ކައި ދޮންތި... މިއޮތީ ގިފްޓެއް... ކޮންމެވެސް މީހެއް ގެނެސްދިނީ....."......... ކައިރާ އާއި އެލީޝާ ފަސްއެނބުރި ބަލައިލީ ލީސާގެ އަޑު އިވުމުންނެވެ. އޭރު ދޮރުމަތީގައި ލީސާ އާދައިގެ ކުޑަ ފޮއްޓެއް ހިފައިގެން ހުއްޓެވެ.

ކައިރާއާއި އެލީޝާގެ ނަޒަރު ބައްދަލުވީ ހިނދު ދެމީހުންނަށް ވެސް ބާރުބާރަށް ހެވެން ފެށުނެވެ.

" ވޯހް... ޔަޤީން... ހަމަ ފިލްމު ތަކުން ވާގޮތް މި ވަނީ... ކާކުބާ މި ސީކްރެޓް އެޑްމައަރ އަކީ....."..... އެލީޝާ މޫނަށް ގޮތެއް ހަދައިލަމުން ގޮސް ލީސާ އަތުން ފޮށި ނެގުމަށް ފަހު ދޮރު ތަޅުލިއެވެ.

" ހޫނ.. އެލީ ދައްކާ ވާހަކަ... ދެން ވެސް ތީގަ އޮތް އެއްޗެއް ބަލާބަ...."........ ކައިރާ ހުރީ ހިތް އަވަސް ވެފައެވެ. އެލީޝާ ފޮށި ދިއްކޮށްލުމާ އެކު ކައިރާ އޭގައި ހިފިއެވެ.

ކުޑަ އޮފުކަމެއް ވާ އެ މަޑު ފިޔާތޮށި ކުލައިގެ ފޮށި އޮމާނެވެ. ފޮށީގެ ވަށައިގެން އައްސާފައިވާ ރިބަން ނައްޓާލުމަށް ފަހު ކައިރާ އޭގެ މަތި ނަގައިލިއެވެ. އެވަގުތު އެލީޝާ ދެލޯ ބޮޑުކޮށްލައިގެން ހުރެ ބަލަން ފެށިއިރު އޭނާ ދިޔައީ ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.

" ޔޫ ވިލް ލުކް ގޯރޖަސް އިން ދިސް ޑްރެސް... އައި ހޯޕް ޔޫ ވިލް ވެއަރ އިޓް ޓުނައިޓް... ".... ރީތި އަތުލިޔަމަކުން ލިޔެފައިވާ ލިޔުންކޮޅު ކައިރާ ކިޔާލީ އެލީޝާއަށް އަޑުއިވޭ ވަރަށެވެ.

" ކޮބާ... އޭރު ވެސް ބުނީ މެއްނު... ސިންޑްރެލާ ފައިނަލީ ފައުންޑް ހާރ ޕްރިންސް........"..... އެލީޝާ ހުވަފެނީ ގޮތަކަށް ބުނެލުމުން ކައިރާ މޫނު ކުނިކޮށްލިއެވެ.

ފޮށީގައި އޮތް ހެދުން ނަގައި ކައިރާ ނިއުޅުވާލިއެވެ. މަޑު ނޫ ކުލައިގައި އޮތް ސިލްކް ފޮތީގެ އެ އަބާޔާގައި ޝާހީ ގޮތެއް ވެއެވެ. ކަރުން ފެށިގެން މޭމައްޗަށް ވުރެ ތިރިއަށް ދިގުކޮށް އަޅާފައިވާ މަޑު ގޯލްޑެން ބްރައުން ކުލައިގެ ރޭނދާ ގަނޑުގައި ކުދި މުތީތައް ހަރުކުރެވިފައި ހުއްޓެވެ. ފުޅާކޮށް ހުރި އަތުކުރީގައި ވެސް ހިމަ ކޮށް ގޯލްޑެން ބްރައުން ރޭނދާ ފަށެއް އަޅާފައި ހުރި އިރު ހެދުމުގެ ދެ އަރިމަތިން ތިރިން ކުޑަކޮށް ފަޅާފައި ހުއްޓެވެ. ފަޅާފައި ހުރި ދެ އަރި މަތީގައި ވެސް ހަމަ އެކުލައިގެ ރޭނދާ ފަށެއް އަޅައިފައި ވެއެވެ. ހެދުމާ ގުޅޭނެހެން އަތުގައި އަޅާ ރަން ކުލައިގެ ކެވެލިކޮޅަކާއި އަނގޮޓިއަކާއި ވެސް އެ ފޮށި ތެރޭގައި އޮތެވެ. އޭގެ އިތުރުން ފޮށި ތެރޭގައި އޮތް މަޑު ގޯލްޑެން ބްރައުން ކުލައިގެ ސިލްކް ފޮތީގެ ޝޯލް ވެސް ނުހަނު ހިތްގައިމެވެ.

" އޯހް މައި ގޯޑް.... ކައި... މި ހެދުން ހާދަ ރީއްޗޭ.. މީތި ލާން ޖެހޭނީ..... "....... އެ ހެދުމުގެ ރީތިކަން ފެނި އެލީޝާ ހުރީ އާގަމަވެފައެވެ.

" އެލީ މޮޔަ ނުވޭ.. މީ ކާކު ފޮނުވި އެއްޗެއް ކަމެއް ވެސް ނޭނގެ..... " ކައިރާ އެހެން ބުނެލިއިރު އެ ހިތުގައިވީ ކިޔާންގެ ނަމެވެ. ނަމަވެސް ކިޔާންއަށް މިގޭގެ އެޑްރެސް ވެސް ނޭނގޭނެއޭ ހިތަށް އެރުމުން ކިޔާން ފޮނުވި އެއްޗަކަށް ނުވާނެއޭ ކަމުގައި ކައިރާއަށް ވިސްނުނެވެ.

" މީތި ބާއްވާ... ކޮބާ އެލީ މެލޭގަ ހުރިއިރު ގްރެޖުއޭޝަން ޕާރޓީއަށް ދިޔަ ރޭ ލައިގެން ހުރި މެރޫން ހެދުން... އޭތި ލައިގެން ދާނީ....."..... ކައިރާ އަތުގައި އޮތް ހެދުން އަނބުރާ ފޮށިގަނޑު ތެރޭގައި ބޭއްވުމުން އެލީޝާ ކޮޓަރީގައި ހުރި ސޯފާއަށް ވެއްޓިގަތެވެ.

" އޯހް އެ ހެދުން... އެ ނުގެންނަން......"...... އެލީޝާ ހަށިގަނޑު ސީދާ ކޮށްލަމުން ބުނެލިއެވެ. އެވަގުތު ކައިރާ ލޯ ހަނިކޮށްލަމުން އެލީޝާއަށް ބަލާލީ އޭނާ އެހަދަނީ ދޮގުކަން އެނގޭތީއެވެ.

" ޔޫ ލަޔަރ.. ކައި ދުށީމޭ އެ ހެދުން މިކޮޅަށް އައިސް އެލީ ފޮށީގަ ހުރި އެއްޗިހި އަލަމާރިއަށް ލީ ދުވަހު......."...... ކައިރާ ދުއްވައިގަތީ އެލީޝާއަށް ވުރެ ކުރިން ގޮސް އެ ހެދުން ނެގުމަށެވެ.

" އޯކޭ މައްސަލައެއް ނެތޭ.. ދީފާނަން.. އެކަމަކު ކައި ދެން ދޭ ފެންވަރަން... މިހާރު ގަޑިޖެހެން ކައިރިވެއްޖެ... އެލީ އިސްތިރި ކޮށްދޭނަން.... " އެއްމިޔަނަކުން ހީލަމުން އެލީޝާ ބުނެލިއެވެ. އޭނާގެ ގައިގައި ކުޑަކޮށް ބައްދާލުމަށް ފަހު ކައިރާ ތުވާލި ހިފައިގެން ފާހާނާއަށް ވަނީ ފެންވަރާލުމަށެވެ.

ކައިރާ ފާހާނާއަށް ވަނުމާއެކު އެލީޝާގެ ތުންފަތުގައި ކުޅެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އިސްތިރި ހޫނު ކޮށްލަމުން އެލީޝާ މެރޫން ހެދުމުގައި އަޅައިލިއެވެ. ދެތިން ފަހަރު އެގޮތަށް އަޅައިގެން ހެދުމުން ބޮޑު ބާގަނޑެއް ހެދުމުން އެލީޝާ ދެއަތް ފޮޅާލީ ބޭނުންވި ކަންތައް ކާމިޔާބު ވުމުންނެވެ.

*****

" މާޝާ ﷲ... ދަރިފުޅު ވަރަށް ރީތި........"...... ކިޔާންގެ ކޮޓަރި ތެރެއަށް ބޯ ދިގުކޮށްލަމުން މަލީހާ ބުނެލިއެވެ. ކިޔާންގެ އިޝާރާތަށް މަލީހާ އެ ކޮޓަރިއަށް ވަނެވެ.

" މަންމަގެ ދަރިއެއް ހަޑި ވާނެތަ....؟..."....ކިޔާން ލާނެތް ހިނިތުންވުމަކާ އެކު ބުނެލަމުން ކޯޓު ރަނގަޅު ކޮށްލިއެވެ. އަދި މޭޒުމަތީގައި އޮތް ކުޑަ ނޫކުލައިގެ މާކޮޅު ޖީބުގައި ހަރުކޮށްލަމުން މަލީހާއަށް ބަލައިލައިފައި ބުމަ އަރުވާލިއެވެ.

" ދަރިފުޅު ދެން މަންމައަށް ކުއްޖަކު ގެނެސްދީ އަވަހަށް.. މަންމައަށް ޔަޤީން ދަރިފުޅުގެ ހަޔާތުގަ މިހާރު ކޮންމެވެސް ކުއްޖެއް ހުންނާނެކަން....."... މަލީހާއަށް ނުހުރެވިގެން އަނެއްކާ ވެސް އެވާހަކަ ދައްކަން ފެށިއެވެ.

ކިޔާން ލުއިކޮށް ހީލީ ކައިރާގެ ސޫރަ އެ ހިތަށް ވެރިވުމުންނެވެ. ދެން މާގިނަ ވަގުތެއް ނެތްކަން އެނގުމުން ކިޔާންގެ އެ ހިނިތުންވުން ފުޅާ ވެގެން ދިޔައެވެ. މަލީހާގެ މަތިން ހަނދާން ނެތިފައި ކިޔާންއަށް ހުރެވުނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ.

*****

" ވަޓް......އެލީ........."........ ކައިރާގެ ބާރު ހަޅޭކުގެ އަޑު އިވުމާއެކު ސިޓިންރޫމުގައި އިން އެލީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނގަމަތީ އަތް އަޅައިގެން ހުރެ އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ދުވެފައި މައްޗަށް އެރިއިރު މެހެރް އޭނާގެ ހަރަކާތްތައް ފެނިފައި ބޯ ހޫރުވައިލިއެވެ.

" އެލީ... ހާދަ ގޯހޭ ... ޔަޤީނޭ ގަސްދުގަ ކުރި ކަމެއްކަން........."...... އެލީޝާ ފެނުމާއެކު ކައިރާ ބުނެލިއެވެ. މެރޫން ހެދުން ނަގައިގެން ހުރި އިރު އޭގައި ހުރި ބާގަނޑުން ކައިރާ އެލީޝާއަށް ބަލައިލިއެވެ.

" ރާނީ ކަމަނާ ހާސްވާނެ ކަމެއް ނެތް........"........ އެލީޝާގެ އަޑުގައިވީ ލާނެތް ކަމާއެކު ގޮސް އަލަމާރީގެ ދޮރު ހުޅުވާލަމުން ދެއަތް ދިއްކޮށްލިއެވެ. އަލަމާރި ތެރޭގައި އޮތް ނޫ ކުލައިގެ ހެދުން ފެނުމުން ކައިރާ މޫނުގައި އަތް އަޅާލީ އެލީޝާ ގޮތްދޫ ނުކުރާނެ ކަން އެނގުމުންނެވެ.  ލަސް ފިޔަވަޅު ތަކެއްގައި ކަންނެތް ކަމާއެކު އައިސް ކައިރާ އެ ހެދުން ނަގައިގެން ތުންކޮޅު ދިގުކޮށްލިއެވެ.

އެލީޝާ ލިބުނު ކާމިޔާބީގައި ފުމެމުން ކޮޓަރިން ނުކުމެގެން ދިޔައީ ކައިރާއަށް ތައްޔާރުވާން ވަގުތުކޮޅެއް ދެމުންނެވެ.

*****

އިރުއިރުކޮޅާ އުލްޔާ ކޮޓަރީގެ ކުޑަދޮރުން ބޯ ދިއްކޮށްލައެވެ. މަގުގެ ދެފަރާތް ބަލައިލުމަށް ފަހު އަނެއްކާ ވެސް ފޯނުން ގަޑި ބަލައިލިއިރު އެ މޫނު ވަނީ މިލާފައެވެ. އިޝާން އަންނާނަމޭ ބުނެފައި ލަސްވާތީ އޭނާ ހުރީ ނުހަނު ރުޅިގަދަ ވެފައެވެ. އުލްޔާ ވެސް ހުރީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. މަޑު ކްރީމް ކުލައިގެ ހެދުމެއް ލައިގެން ހުރިއިރު ހެދުމުގެ މަތީބައި ހުރީ ގަޔަށް ހެޔޮވަރުކޮށެވެ. ފަސްބައި ފުޅާކޮށް ހުރި އެ ހެދުމުގެ އަތް ހުރީ ފުއްޕިކޮށެވެ. ހެދުމުގެ މެދުން ފުޅާކޮށް ހަމަ އެކުލައިގެ ފަށެއް ފަހަތަށް އައްސާފައި ހުރިއިރު އެ އުނގަނޑުގެ ހިމަކަން ފާޅުވަމުން ދިޔައެވެ.

ހެދުމާއި އެއްކުލައެއްގެ ޝޯލެއް އަޅައިގެން ހުރިއިރު ކޮށްފައިހުރި ލުއި މޭކަޕުން އެ މޫނުގެ ވިދުން ވަނީ އިތުރުވެފައެވެ. އުލްޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައީ އިޝާންގެ މެސެޖެއް ލިބުމުންނެވެ. ތިރީގައި ހުރިކަމަށް ބުނެފައި އޮތުމުން އުލްޔާ ވިދުމެއް ހުރި ކްރީމް ކުލައިގެ ކްލަޗް ދަބަސް އަތަށް ހެޔޮވަރު ކޮށްލަމުން ނުކުންނަން ހިނގައިގަތެވެ.

ކޮޓަރިން ނުކުމެ ތިރިއަށް ދާން އޭނާ ނެގި ފުރަތަމަ ފިޔަވަޅާއެކު މުޅި ތަން އަނދިރިވެގެން ދިޔައެވެ. އޭރު އުލްޔާއަށް ހުރެވުނީ ސިޑީގެ އެންމެ މަތީ ހަރުފަތުގައެވެ. ގަތް ބިރާއެކު އުލްޔާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. ހިތް އަވަސްވެފައި ހުރިލެއް ބޮޑުކަމުން އަތުގައި ފޯނު އޮތްކަމެއް ވެސް ހަނދާނެއް ނެތެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ ކުއްލިއަކަށް ސިޑީގެ އެންމެ ތިރިން ފެށިގެން މައްޗަށް އޮރެންޖް ކުލައިގެ ފެއާރީ ލައިޓްސް ދިއްލެން ފެށިއެވެ. އުލްޔާ ހުރި ހިސާބަށް އެ ލައިޓްތައް ދިއްލުނު އިރު އޭގެ އަލިކަން އެ ދޮން މޫނަށް ވެރިވެފައި ހުއްޓެވެ.

އެ މަންޒަރުގެ ރީތިކަމުން އުލްޔާގެ ހިތް ހަމައަކަށް އެޅިގެންދިޔައިރު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސިޑީގެ ތިރީގައި ކުރުފައި މައްޗަށް ތިރިވެގެން އިން އިޝާން އެވެ. އޭނާގެ ކަނާއަތް ވީ އުލްޔާއަށް ދިއްކުރެވިފައެވެ.

އުލްޔާގެ ކޯތާފަތަށް މަޑު ފިޔާތޮށި ކުލައެއް ވެރިވެގެން ދިޔައިރު ތުންފަތުގައި ވީ ރަކި ހިނިތުންވުމެކެވެ. އެއް އަތުން ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ހުރެ އުލްޔާ ތިރިއަށް އަންނަން ފެށުމުން އިޝާންއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އުލްޔާގެ ރީތިކަން ފެނި އޭނާގެ ހިތް އޭގެ މަޤާމުން ދިޔަތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް މިރޭ އެ ރީތިކަން އިންތިހާއެވެ. އެސްފިޔަ ޖަހާލަން ވެސް ނޭނގިފައި އިޝާން ހުއްޓާ އުލްޔާ އޭނާގެ ކައިރީގައި އައިސް މަޑުކޮށްލިއެވެ.

" ޝޭން.....".... އިޝާން ބަލަހައްޓައިގެން އިނުމުން އުލްޔާ އިސްޖަހައިލިއެވެ. އިޝާންއާ ހަތަރުކަޅި ހަމަކުރުން ވީ އުލްޔާއަށް ނުހަނު އުނދަގޫ ކަމަކަށެވެ. އެ ތޫނު ނަޒަރުން އުލްޔާގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ.

" ވިލް ޔޫ މެރީ މީ އުލްޔާ ޖިހާދު....".......... އިޝާންގެ ދުލުން ނިކުތް ލަފްޒުތަކުން އުލްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިއީ އޭނާ އެއްވެސް ގޮތަކަށް އުއްމީދުކުރި ކަމެއް ނޫނެވެ. އިޝާން މިފަދަ ގޮތަކަށް ކައިވެންޏަށް އަހާނޭ އޭނާ ހިތަކަށް ނާރައެވެ. މިހާ އަވަހަށް އޭނާގެ ހިތުގައި ފޮރުވިފައިވީ އެދުން ފުރިހަމަވުމުން އުލްޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް އަވަސް އަވަހަށް ހޯދާ ލެވުނީ އޭނާގެ މަންމައާއި ބައްޕަ ފެންނަން ތިބި ތޯއެވެ. އެއާއެކު އިޝާން އިޝާރާތް ކޮށްލީ ފަހަތަށެވެ.

އުލްޔާ ފަސްއެނބުރި ބަލާލުމާއެކު ދެލޯ ފެންކަޅި ވެގެން ދިޔައެވެ. ދުވަހަކު ވެސް އުފާ ނުވާ ވަރަށް އޭނާ ހުރީ އުފާވެފައެވެ. އުލްޔާއަކީ އެބޮޑު ގޭގެ ދިރުމެވެ. އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އެ ދަރިފުޅުގެ ހައްޤުގައި ކޮންމެ ފަދަ ޤުރުބާނީ އެއްވެސް ވާން އެދެމަފިރިން ތިބެނީ ތައްޔާރަށެވެ.

" ސޭ ޔެސް "..... ބައްޕަ ޖިހާދު އާއި މަންމަ އާފްރީން ހިފަހައްޓައިގެން ތިބި ގަނޑުކޮޅުގައި ލިޔެފައި އޮތް ލިޔުން ކޮޅު އުލްޔާ ކިޔާލިއެވެ. ކަރުނަތައް ހިފަހައްޓަމުން އުލްޔާ ތުންފަތަށް ވެރިވި ރީތި ހިނިތުންވުމާއެކު އިޝާންގެ އަތުތެރެއަށް އޭނާގެ އަތް މަހާލިއެވެ.

" މިއަދު ވަރަށް އުފާ ވެއްޖެ... ބައްޕަ އަބަދުވެސް ހިތަށް އަރާ ދަރިފުޅުގެ ކައިވެންޏަށް އެދި ބައްޕަ ކައިރިއަށް ކުއްޖަކު އަންނާނެ ނަމައޭ... އިޝާން އެ އެދުން ފުރިހަމަ ކޮށްދީފި... ދަރިފުޅުގެ ކައިވެނި ކުރަން އެންމެ ރަނގަޅު ޒުވާނާ މިއީ.... މަންމަ ކުރިން ވެސް ބައްޕައަށް ކިޔައިދީފަ އޮތީ އިޝާންގެ ވާހަކަ....".... ޖިހާދު އާފްރީންގެ އުނަގަނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ. އެއާއެކު އުލްޔާގެ މޫނު ރަތްވެގެން ދިޔައެވެ.

" މަންމަ ވެސް ދޯ.... އެވަރުން ބައްޕަ ގާތު ނުބުނާށޭ ބުނީމަ ހަމަ...."........ އުލްޔާ އުފާވި ނަމަވެސް އެކަން ފޮރުވާލަމުން ޝަކުވާ ކޮށްލިއެވެ. ކުޑައިރުއްސުރެ ވެސް އުލްޔާގެ އެންމެ ގާތް އެކުވެރިޔާއަކީ އާފްރީން އެވެ. އޭނާއަށް އާފްރީންއާ ހިއްސާ ނުކުރެވޭނެ ވަރުގެ ވާހަކައެއް ދުވަހަކު ވެސް ނޯވެއެވެ.

" ހޫނ... ދެން ތިވާހަކަ ފަހުން ދޯ... ދެން އަވަހަށް ދޭ... ބަލައިގެން އުޅޭތި ދެކުދިން ވެސް......."... އާފްރީން އުލްޔާގެ ބޮލުގައި ފިރުމާލަމުން ނިތްކުރިއަށް ބޮސްދިނެވެ.

*****

އިޝާންގެ އިންތިޒާރުގައި ރީތިވެގެން ހުންނަތާ ބައިގަޑިއިރުވީ ވީ އިރުވެސް އޭނާގެ ހަބަރެއް ނުވުމުން ކައިރާ އޭނާއަށް ގުޅައިލިއެވެ.

" ކޮބާ ...ޝޭން.....؟...."... އިޝާން ފޯނު ނެގުމާ އެކު ކައިރާ ބުނެލިއެވެ.

" ސޮރީ ދޮންތި.. ޝޭން މިދަނީ އުލް ގޮވައިގެން.... ބައްޕަ ދާނެ ފަސް މިނިޓް ތެރޭ.. ބޭރުގަ ހުންނައްޗޭ ...."......... އިޝާން ކައިރާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަވަސް އަވަހަށް ބުނެލިއެވެ.

ފޯނު ކަނޑައިލުމަށް ފަހު އިޝާން މީހަކަށް މެސެޖު ކޮށްލިއެވެ. އޭރު އެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. އުލްޔާ ބަލައިލުމާ އެކު އިޝާން ބޯ ޖަހާލީ އުލްޔާގެ ހިތުގައި އޮތީ ކީކޭކަން އެނގޭތީއެވެ. އެއާ އެކު އުލްޔާގެ މޫނު ވެސް އުޖާލާ ވެގެން ދިޔައެވެ.

*****

ރީތިވެގެން ކައިރާ ތިރިއަށް ފޭބުމުން މިޝެލް އަނގަޔަށް އިނގިލި ލައިގެން ކައިރާއަށް ބަލަން އިނީ އަޖައިބުވެފައެވެ. މިޝެލް އިން ގޮތް ފެނުމުން ކައިރާ ގޮސް މިޝެލް އުރާލިއެވެ.

" މަމީ ރީތިތަ މިއަދު ؟......."....... މިޝެލްގެ ނިތްކުރީގައި ބޯ ޖައްސާލަމުން ކައިރާ އަހާލީ ހެވިފައެވެ. އެއާއެކު އަވަސް އަވަހަށް މިޝެލް ބޯ ޖަހާލިއެވެ.

" އެލީ... ކޮބާ ޒެވް... މިހާރު ނުވެސް ފެނޭ.... ދެންމެ ޒެވް މަތިން ހަނދާން މިވީ... ޒެވް ހުރިނަމަ ކައި އަށް ދެވޭނެއެއްނު ބައްޕަ ނަޔަސް...."...... ކައިރާ ކޮށްލި ސުވާލަކުން އެލީޝާގެ މޫނުގެ ކުލަވަރު ކުއްލިއަކަށް ބަދަލު ވެގެން ދިޔައެވެ. ކައިރާއަށް އެކަން ފާހަގަވި ނަމަވެސް އެއްޗެކޭ ބުނެވުމުގެ ކުރިން އެލީޝާ ވާހަކަ ދައްކަން ފެށިއެވެ. އޭރު އެލީޝާގެ މޫނުން ވެސް ކުރިން ފެނުނު ކުލަވަރެއް ނުފެނެއެވެ.

" ޒެވް ވަރަށް ބިޒީ... އެހެންވެ .."...... ދެއަތް ދެއަތާ މޮޑެމުން އެލީޝާ ބުނެލީ އެވަރަށެވެ. ބުނާނޭ އިތުރު އެއްޗެއް އޭނާއަކަށް ނޭނގުނެވެ. މެހެރް ވެސް ޒެވިޔަން ނުފެންނާތީ މިހާރު ދެތިން ފަހަރު އެލީޝާއާ ސުވާލު ކޮށްފިއެވެ. ނަމަވެސް ކޮންމެވެސް އެއްޗެކޭ ބުނެ އެލީޝާ އެކަން ހަމަޖައްސާލަނީއެވެ.

އަބަދު އެހެން ނޫޅޭވޭނެކަން އެލީޝާއަށް އެނގެއެވެ. ވިސްނާވިސްނާ އޭނާގެ ސިކުނޑި ވަނީ ވަރުބަލި ވެފައެވެ. ޒެވިޔަންއަށް ހަޤީޤަތް އެނގުމުން އޭނާ ބާކީ ކޮށްލާނެއޭ އެލީޝާގެ ހިތަށް އެރީއެވެ. މެހެރްގެ ހިތުގައި ވެސް އުފެދިފައިވީ އެ ބިރުވެރި ކަމެވެ. ނަމަވެސް މިހާރު ކަންތައްވެފައި އޮތް ގޮތުން ވެސް އެލީޝާއަށް ޒެވިޔަން ގެއްލުނީއެވެ. ފުން ވިސްނުމެއްގައި އިން އެލީޝާ ސިހިގެން ދިޔައީ މިޝެލް އައިސް އޭނާގެ އުނގަށް އެރުމުންނެވެ.

*****

އިޝާން ބުނިގޮތަށް ކައިރާ އަވަސް އަވަހަށް ބޭރަށް ނުކުތެވެ. މިހާރު ވެސް ކުޑަކޮށް ލަސްވެއްޖެއެވެ. އެ ، ގޮތް ނޭނގޭ ހެދުން ލާން ޖެހުމުން ކައިރާގެ ތަބީއަތް ވެސް ވަނީ ބަދަލުވެފައެވެ. ނަމަވެސް އެ ހެދުން އޭނާގެ ގަޔަށް ނުހަނު ހެޔޮވަރުވެފައި ރީއްޗެވެ. އެންމެންގެ ތަޢުރީފު އޮހުނު ނަމަވެސް ކައިރާ އުފަލެއް ނުވިއެވެ.

" ގުޑް ލަކް މައި ލޭޑީ...."....... އެލީޝާ ހެވިފައި ދޮރު މަތީގައި ހުރެ ކައިރާއަށް އަތުން ހަނާ އަޅާލިއެވެ. ކައިރާ އަނގައަށް ގޮތެއް ހަދާލީ މިއަދު އެލިޝާ މާ ފާޑަކަށް އުޅޭތީއެވެ. އޭނާގެ މޫނުން އެންމެ ހިނދުކޮޅަކަށް ވެސް ހިނިތުންވުން ފަނޑެއް ނުވެއެވެ. ކޮންމެ ވެސް ބޮޑު ކަމެއް ކޮށްގެން އުޅޭ ކަހަލައެވެ.

އެލީޝާ އާއި ދިމާލަށް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނުން ކުރިމައްޗަށް އައިސް މަޑުކޮށްލީ ކަޅުކުލައިގެ އޮފުކަން ގަދަ ކާރެކެވެ.

" މިފަހަރު ބައްޕަ ކައިރީ އެލީގެ ޝަކުވާ ކުރާނަން... ބަލަން ހުންނައްޗޭ...."..... އެލީޝާއާ ދިމާލަށް ވައްތަރެއް ޖައްސާލަމުން ކައިރާ އެނބުރި ކާރާ ދިމާއަށް ހިނގައިގަތެވެ. އޭރު ފަހަތުން އެލީޝާގެ ބާރު ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

ކުއްލިއަކަށް ކާރުގެ ކުރީ ދޮރު ހުޅުވާލުމަށް ފަހު ނުކުތް ޒުވާނާ ފެނި ކައިރާގެ ދެފައިގައި ކަސްތޮޅު އެޅުނު ފަދައެވެ. އެ މޫނު ހުދުވެގެން ދިޔައިރު ދެއަތުން ހެދުމުގެ ފަސްބައި ބޮނޑިކޮށްލެވުނެވެ. ހައިރާންވެފައި ބަލަން ހުއްޓާ އެ ޒުވާނާ އައިސް ކައިރާގެ ގައިގައި ބައްދައިގަތެވެ.

" ހިތް ކެނޑޭނޭހެ ތާކުދާ ކޮންމެ....

ލިޔެވިފާވޭ ތިނަން.....

ހައިރާން ވެޔޭ.... ހައިރާން ވެޔޭ....

ވާ ލޯބި ނޭގެންޏާ ހިތް ނަގައިގެން ...

ބަލާށޭ އަމޭ.....

ނޭނގި ހިތޭ ގެންދެވީމާ ލޯބިން......"

(ނުނިމޭ)

Ads by HDC
  1. ކުރު 🙁

  2. މާކުރީ

    • އާއޭ އާއޭ މާ ކުރީ އޭ ވާހަކަ ރީއްޗޭ

  3. ❤❤❤

  4. ގާހަކަ

    ވާހަކައެށްކޮއްފޮނުވަދީ ވ..ވ..ވ..ރީތި އަސްލު މާ..މާކުރީ

  5. ކައިލީ

    ކޮބާ

    • އެބުނާހެން… ހިރި ހިރި ލަވާ އެބަ ވާހަކަ ނުކިއިގެން

  6. ވ.ވ.ރީތި.