ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

" ކައި.. ދެން މަޖާ ނުވެބަލަ... ތިހެން އޮތީމަ އެއްވެސް މަޖަލެއް ނޫން... " ކިޔާން ހީވަނީ ސިކުނޑި ހަމަނުޖެހޭ މީހެއްހެންނެވެ. ބާރު ބާރަށް ހެމުން ދިޔައިރު އިރުއިރު ކޮޅާ ރޯން ފަށައެވެ. ނަމަވެސް އެ ލޮލުގައި ވީ ރިހުމެވެ. ކައިރާ މާދުރަށް ގޮސްފިކަން ޤަބޫލު ކުރާކަށް ކިޔާން ބޭނުމެއް ނޫނެވެ. ރޭގައި ކައިރާ ދެއްކި ވާހަކަތައް ކިޔާންގެ ސިކުނޑީގައި ގުގުމައިގެން ދިޔައެވެ. މަޑުމަޑުން ކިޔާންގެ ހަށިގަނޑުން ވަރު ދޫވާން ފެށިއެވެ. ހެޔަށް ގޮތެއް ވަމުން ދިޔައިރު ވެސް ކިޔާން ބެލީ ކައިރާގެ ގައިން އަތް ދޫނުކުރެވޭތޯއެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކައިރާގެ ގައިގައި ވަށައިލެވިފައި އޮތް އަތް ދޫވި އިރު ކައިރާއާ އެކީ ކިޔާން ވެލިގަނޑު މައްޗަށް ވެއްޓިއްޖެއެވެ.

*****

" ކެން".... ކުއްލިއަކަށް ގާތުން އިވެން ފެށީ އެލީޝާއާއި ޒެވިޔަންގެ އަޑެވެ. ކިޔާން އުނދަގޫ ގޮތަކަށް ލޯ ހުޅުވަން މަސައްކަތް ކުރަމުން ދިޔައިރު ނޭވާ ލާން ދިޔައީ އުނދަގޫ ވަމުންނެވެ. ދެފަރާތަށް ތެޅި ފޮޅެމުން އޭނާ ދިޔައީ އެކަމުން މިންޖުވޭތޯއެވެ. ސިކުނޑީގެ ކޮންމެ ވެސް ހިސާބަކުން އޭނާ ހޭލައްވަން އުޅޭ ކަހަލައެވެ.

" ކިޔާން.......".... ދެން އިވެން ފެށީ ކައިރާގެ އަޑެވެ. ފިނި އަތަކުން ކިޔާންގެ މޫނުގައި ބީހޭ ކަމުގެ އިހްސާސް އޭނާއަށް ކުރެވެން ފެށިއެވެ.

އެއާ އެކު ސިހިފައި ކިޔާންއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އެ ހިތް ހާސްވެ ބިރުގެންފައިވާ އިރު ދެލޮލުން ދިޔައީ ހުއްޓުމެއް ނެތި ކަރުނަ އަންނަމުންނެވެ.

ގާތުގައި ރޮވިފައިއިން ކައިރާ ފެނުމުން ކިޔާންއަށް ބަލަހައްޓައިގެން ހުރެވުނީ ބިރެއް ފެނުނު ފަދައިންނެވެ. ކައިރާގެ ފަހަތުގައި އެލީޝާއާއި ޒެވިޔަންގެ އިތުރުން އިޝާންއާއި އުލްޔާ ތިބިއިރު އެ މޫނުތަކުން ވެސް ފެންނަނީ ކަންބޮޑުވުމެވެ.

" ކެން...."..... ކައިރާ ކިޔާންއަށް ކައިރިވާން އުޅުމުން އޭނާއަށް ބޭއިޚްތިޔާރުގައި ދުރަށް ޖެހިލެވުނެވެ. އޭރު ވެސް އޭނާގެ ދެ ލޯ ވަނީ ބޮޑުވެފައެވެ. އަދިވެސް ދެންމެ ކަންތައްވީ ގޮތް ލޯ ކުރިމައްޗަށް ސިފަވަމުން ދިޔުމުން ކިޔާންއަށް މޫނުގައި އަތް އަޅައިލެވުނެވެ. ކައިރާގެ މެރިފައިވާ ދެލޮލާއި ހަރަކާތެއް ނެތް ހަށިގަނޑުގެ އިހްސާސް އަދިވެސް ކިޔާންއަށް ކުރެވޭ ކަހަލައެވެ.

" ކެން... ވަޓްސް ރޯންގް ވިތް ޔޫ... ބިރުވެރި ހުވަފެނެއް ފެނުނީތަ؟....."...... ކައިރާ މަޑުމަޑުން ކިޔާންއާ އެއްވަރަކަށް ތިރިވެ އަހައިލީ ނުހަނު މަޑުންނެވެ. އެއާއެކު ކިޔާންއަށް ސިހިފައި ދެލޯ ހުޅުވައިލެވުނެވެ. ކޮންމެވެސް ވަރަކަށް ސިކުނޑި މަސައްކަތް ކުރަން ފެށުމުން ކައިރާ ބުނި ޖުމްލައާ މެދު ވިސްނެން ފެށުނެވެ.

ކިޔާން ވަށައިގެން ހޯދައިލިއެވެ. އެ ތޫފާނުގެ ހިލަމެއް ނެތެވެ. ކަނޑު ހީވަނީ ސަތަރިއެއް އަޅައިފައިވާހެންނެވެ. ހާމަ ނޫ ކުލައިގެ އުޑުން ހުދު ކުލައިގެ ވިލާތަށް ފެންނަމުން ދިޔަ އިރު ، އިރުގެ ދޯދިތައް ލޮނުގަނޑަށް އެޅިފައި ހުއްޓެވެ. ޖެހެމުން ދިޔަ މަޑުވައިރޯޅިން ގަސްތައް ހެލިލާ ތަން ފެނެއެވެ.

ކިޔާން އިސްތަށިގަނޑުގައި އަތް ފުނާއަޅައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ކައިރާގެ ފޮނިފޮނި ޚިޔާލުތަކުގައި އޮއްވާ އޭނާއަށް ނިދުނީކަން ކިޔާންއަށް ޔަޤީންވުމުން ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.

ކުރިމަތީގައި ހާސްވެފައި އިން ކައިރާ ފެނުމުން ކިޔާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ކުއްލި ހަރަކާތަކާ އެކު އޭނަ ކައިރާ ގެނެސް މެޔާ ލައި ބޮނޑިކޮށްލިއެވެ. ކައިރާއާ ވަކިވާން ޖެހިއްޖެ ނަމަ ކިޔާން މޮޔަވެދާނެއެވެ. އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ ކިޔާން ވެސް ކައިރާއާ އެކު ނިމިދާން ބޭނުމެވެ.

ކިޔާންގެ ހާލަތު ފެނުމުން ދެން ތިބި ހަތަރު ޒުވާނުން ދުރަށް ޖެހިލީ ކައިރާއާއި ކިޔާންއަށް ވަގުތުކޮޅެއް ދެމުންނެވެ. ކިޔާން ހަމައަކަށް އެޅުމުން ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނެކަން އެމީހުންނަށް އެނގެއެވެ.

" ކެން.. އާރ ޔޫ އޯކޭ...؟.".... އެލީޝާމެން ދިޔުމުން ކައިރާ ކިޔާންގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމައިލިއެވެ. ކިޔާން ދުރަށް ޖެހިލަމުން ކައިރާގެ އަތުގައި ހިފައި ބޮސް ދިނުމަށް ފަހު މަޑުމަޑުން ބޯ ޖަހައިލިއެވެ.

" ކައިއަށް ކިޔައިނުދޭނަންތަ ހުވަފެނުގަ ފެނުނު އެއްޗެއް؟... މޫދުގަ އުޅެފަ ކައިމެން އައިއިރު ކެން އޮތީ އޮށޯވެގެން.. ރަނގަޅަށް މޫނު ނުފެނުނަސް ކެން ވަރަށް ފުންކޮށް ނޭވާ ލަމުން ދިޔަކަން އެނގޭ.. ކެންއަށް ގޮވަން އައީ އެ ކޮޅަށް ދާންވެގެން.. ބަޓް ވީ ވަރ ޝޮކްޑް ޓު ސީޔޫ ކްރައިން... މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔާހެން ވެސް ހީވި.. ދެން އަވަހަށް ކެން ހޭލެއްވޭތޯ އުޅުނީ... " ކައިރާ އޭނާއަށް ފެނުނު މަންޒަރުތައް ކިޔައިދިން އިރު އެ މޫނުން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ކިޔާންއާ މެދު ކަންބޮޑު ވެފައިވާވަރު އެ އަޑުން ފާޅުވެއެވެ.

" އައި ސޯ ޔޫ ލީވިން މީ..."...... ކިޔާން އިސްޖެހިފައި އިނދެ އޭނާއަށް ފެނުނު ހުވަފެނުގެ ވާހަކަ ކިޔައިދިން އިރު ކައިރާގެ ލޯ ފެންކަޅިވެގެން ދިޔައީ ކިޔާންއަށް ވާނޭ ގޮތް އިހްސާސް ކުރެވުމުންނެވެ.

" އިޓްސް ޖަސްޓް އެ ޑްރީމް... ދެން ނުވިސްނާ.. އެއްވެސް ކަމެއް ނުވެއެންނު ދޯ.. "...... ކައިރާ ކިޔާންގެ ގައިގައި ބައްދައިލަމުން ބުނެލިއެވެ. އެ ހިތަށް ވެސް ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވެފައިވާ އިރު މޫދަށް އެރެން ޖެހިލުންވިއެވެ. ނަމަވެސް ކިޔާން ހުރިހާ ހިނދަކު އޭނާއަށް ގެއްލުމުން ނުލިބޭނެއޭ ހިތަށް އެރުމުން ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

" ހިނގާ ބައްޕަމެން ކައިރިއަށް ދާން.. މިހާރު ތިބޭނެ ކަންނޭނގެ ލަސްވެފަ..."..... ކިޔާން ތެދުވެ ގައިގައި ހުރި ވެލިތައް ފޮޅައިލިއެވެ. ދެ ޒުވާނުން އަތުގުޅުވައިގެން ތިބެ ޒެވިޔަން މެން ކައިރިއަށް ދިޔުމުން އެމީހުންގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނެވެ. ކައިރާ ކުޑަކޮށް އެވާހަކަ ކިޔައިދިނުމުން ކިޔާންއާ މެދު އެ ހަތަރު ޒުވާނުންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އަދި ކައިރާއާއި ކިޔާންއަށް ދިގު އުމުރެއް ދެއްވުން އެދި ދުޢާ ކުރެވުނެވެ.

*****

" ބައްޕާ.. އެ އަންނަނީ އެ ކުދިން..... "..... ހައިކަލްއަށް ދުރުން ހިނގައިފައި އަންނަމުން ދިޔަ ކައިރާމެން ފެނުމުން ޒަފަރްއަށް ގޮވައިލުމަށް ފަހު ދައްކައިލިއެވެ. އެއާ އެކު ޒަފަރްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. މިހާރު ކައިރާއާއި އިޝާން ނުފެނިގެން ޒަފަރް ދެތިން ފަހަރު ސުވާލުކޮށްފިއެވެ.

ކައިރާއާ ދިމާލަށް ބަލަހައްޓައިގެން އިން ޒަފަރް ފެނުމުން ކައިރާގޮސް ޒަފަރް ގާތު އިށީނެވެ.

" ދަރިފުޅު ފެނުނީމަ ހަދާން ވަނީ އަސްރާ... ހަމަ ތިގޮތަށް ހުންނާނީ... ދަރިފުޅުގެ މަންމަ ހުރި ނަމަ އެ ހިތަށް އަރާ... އޭރުން ކާފަގެ ހިތަށް ފުރިހަމަ ހަމަޖެހުމެއް ލިބޭނީ..."..... ޒަފަރްގެ އަޑުގައިވީ މޮޅިވެރިކަން ކައިރާއަށް ފާހަގަކުރެވުނެވެ. އެހެންކަމުން ކައިރާ މަޑުމަޑުން ޒަފަރްގެ އަތުގައި ހިފައިލުމަށް ފަހު ހިނިތުންވެލިއެވެ.

" މަންމައަށް ނޭނގެ އެއްވެސް ކަމެއް.. މަންމަ އެކަމަކު ބައްޕައަށް ވެސް މާފްކުރި... ދެން އެހެންވީރު މަންމަގެ ހިތުގައި ކާފައަށް ވެސް ބުރަކަމެއް ނޯންނާނެކަން އަޅުގަނޑަށް ޔަޤީން...".... އާޝިޔާގެ ވާހަކަ ދައްކަން ފަސޭހަ ނޫނަސް ކައިރާ ވާހަކަ ދެއްކިއިރު އެ މޫނުގައިވީ ހިނިތުންވުމެކެވެ.

" ޒަފަރޫ... މިތާ ކޮންކަމެއް... ޝޭން މަތިން ހަނދާނެއް ވެސް ނެތްދޯ..."........ ކުއްލިއަކަށް އިޝާން އައި ގޮތަށް އައިސް ވެލިގަނޑު މައްޗަށް ޖެހިގަތެވެ. އެއާ އެކު ޒަފަރް ހިނިގަނޑެއް ޖަހައިލަމުން އިޝާންގެ ބޯ ހާވާލިއެވެ. އިޝާންއަށް ލިބިފައިވަނީ އޭނާގެ ސިފައާއި އެ އުޅުމެވެ.

" ޝޭން.. ކޮން ވައްތަރަކަށް ތި އުޅެނީ.. ކާފައަށް އިހްތިރާމް ކޮށްބަލަ.....".... ކައިރާގެ އަޑުން އޭނާ ހިތްހަމަނުޖެހިފައި ހުރިކަން އިޝާންއަށް އެނގުމުން ހޭން ފެށިއެވެ.

" ދޮންތި ކޮން ކަމަކާ ތި ރުޅިގަދަ ވަނީ... ކާފަ އެއީ ޝޭންގެ ބެސްޓް ބަޑީ.. އެހެންވީމަ ޒަފޭ ކިޔަސް ރަނގަޅުވާނެ.. ދޯ ޒަފޭ....."...... އިޝާންގެ ލާނެތްކަން އެނގޭތީ ކައިރާ އިތުރު އެއްޗެއް ނުބުނެ ހިނގައިގަތެވެ. އޭރު ފަހަތުން އިޝާންއާއި ޒަފަރްގެ ހުނުމުގެ އަޑު އިވެން ފެށިއެވެ.

އެ މަންޒަރު ބަލަން ދުރުގައި ހުރި ހައިކަލްގެ ތުންފަތުގައިވީ އުފާވެރި ހިނިތުންވުމެކެވެ. މި ދުވަސް އަންނާނޭ ކަމަށް އުންމީދުވެސް ނުކޮށް ހުއްޓައި މިގޮތަށް ކަންތައް ވުމުން ހައިކަލްއަށް ލިބިފައިވާ ހިނިތުންވުން އެތައް ގުނައެއް ބޮޑެވެ.

މެންދުރަށް ކެއްކުމުގައި ނަޝީލާމެން އަވަދިނެތި އުޅުނު އިރު އެލީޝާމެން ވެސް އެހީތެރިވަމުން ދިޔައެވެ. މެހެރްއާއި ޒައިނާގެ އިތުރުން އާފްރީންއާއި މަލީހާ އަދި ނަޝީލާ އިސްވެ އުޅުނު އިރު ކައިރާމެން މާ ބޮޑު ކަމެއް ކުރަން ނުޖެހުނެވެ.

އޭރު ކިޔާންއާއި އިޝާން ރާޅުފަށުގައި މިޝެލް ގޮވައިގެން އުޅެއެވެ. އެ ތުއްތު ދަރިފުޅުގެ ހުނުމުގެ އަޑު އިވޭ ކޮންމެ ފަހަރަކު ކައިރާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެއެވެ. ނަމާދު ކުރެވޭ ގޮތަށް ތައްޔާރުވެގެން އައުމުން އެންމެން ވެސް ނަމާދުކޮށްގެން އެކި ހިސާބުތަކުގައި ތިބީ ވަރުބަލިކަން ފިލުވައިލުމަށެވެ.

" އެލީ އާއި އުލް ވާނެ މާދަން ހެދުމުގެ މިން ނަގަން ދާން.. ކައި ހުންނާނެ ތަނެއް ހޯދާފަ...... އެލީ ހަނދާން ވޭތަ ޝަހާ؟..... ޝަހާ ވަރަށް މޮޅުވާނެ ހެދުން ފަހަން.. ވަރަށް ގިނަ ކައިވެނިތަކަށް ފަހާފަ އެބަހުރި.. ކައި ގުޅީމަ ބުނި އޯކޭއޭ.. ބްރައިޑްސް މެއިޑްގެ ހެދުންތަކާއި ފްލަރވަރ ގާރލްސްގެ ހެދުންތައް ވެސް ފަހައިދޭނެ އޭނަ.. "..... ކައިރާ ޝަހާގެ ވާހަކަ ބުނުމުން އެލީޝާއާއި ކިޔާންގެ އިތުރުން ޒެވިޔަން ވެސް އެ ގޮތާ ހިތްހަމަ ޖެހުނެވެ.

" ދެން ދޮންތި މެރީ ކުރަނީ ކޮން ދުވަހެއްގަ؟..... ކެން ބުނީ ދޮންތި ޕްރޮޕޯޒް ކުރަން ދެނޯ މި ހުންނަނީ......".... ކައިރާއަށް ނުފެންނަ ގޮތަށް އިޝާން އެއް ލޯ މަރައިލަމުން ބުނެލިއެވެ. އެއާ އެކު ކައިރާ ނުރުހުންވެފައި އިޝާންއާ ދިމާލަށް ލޯ އަޅައިލިއެވެ.

" ދޮންތި އުމުރަށް ވެސް ސިންގަލް... "..... ކައިރާ ކިޔާންއާ ދިމާލަށް ސިއްރުން ބަލައިލިއެވެ. ކިޔާންއަށް އެމަންޒަރު ފެނުނަސް ނުފެންނަ ކަމަށް ހަދައިގެން ފޯނާއި ކުޅެން އޮތުމުން ކައިރާ އޭނާގެ އަތުން ފޯނު ޖަހައިގަތެވެ.

" މި އެންމެނަށް ދަރިން ލިބޭ އިރު ވެސް ކިޔާން އޮންނާތި ތިހެން ފޯނާ ކުޅެން...."...... ފޯނު ޖަހައިގަތް ބާރުމިނުގައި ފޯނު އަނބުރާ ކިޔާން އަތަށް ދެމުން ކައިރާ ބާރަކަށް ބުނެލިއެވެ. އެއާ އެކު ކައިރާ ނޫން އެންމެން ހޭން ފެށިއިރު އޭނާ އިނީ މޫނު ކުނި ކޮށްގެންނެވެ.

*****

މެންދުރުގެ ކެއުމަށް ފަހު ފަހަރަކު މީހަކު މޫދަށް ފައިބަމުން ދިޔައެވެ. އައިމަން ބުނި ގޮތަށް އެއްވެސް މީހަކު ދުރަކަށް ނުދެއެވެ. ހަޤީޤަތުގައި ކިޔާންއަށް ފެނުނު ހުވަފެނުން އެ ހިތްތަކުގައި ބިރުވެރިކަން އުފެދުނީއެވެ. އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގަން އެއްވެސް މީހަކު ނޭދެއެވެ.

އެ އުފާވެރި ދަތުރު ނިމި އެނބުރި މާލެއަށް ފުރިއިރު ހަތަރު އާއިލާގެ މެދުގައި އުފެދިފައިވީ ވަރުގަދަ ގުޅުމެކެވެ. ޒާޔާއަށް އެ ދަތުރުގައި ބައިވެރި ނުވެވުނަސް ކައިރާމެންނާ ވެސް ޒާޔާ ނުހަނު އެކުވެރިއެވެ.

*****

ޖެހިގެން އައި ދުވަސްތަކަކީ އެންމެނަށްވެސް ބުރަ ދުވަސްތަކެކެވެ. ކުރެވެން އުޅޭ ކައިވެނިތަކަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެސް އެންމެ ފުރިހަމަ ގޮތުގައި ދިޔައީ ކުރަމުންނެވެ. ޖިހާދުގެ ޚަރަދުގައި ކައިވެންޏަށް ދައުވަތު ދެވުނު ހުރިހާ މެހެމާނުން ރިސޯޓަށް ގެންދާނޭ އިންތިޒާމު ހަމަޖެއްސުނެވެ. އަދި އަޒީޒްގެ ރިސޯޓަކަށް ވާތީ ހުރިހާ ހިދުމަތްތަކެއް ވެސް ހިލޭ ލިބޭނޭ ގޮތް ވެސް ވަނީ ހަމަޖެހިފައެވެ. ހަމައެކަނި އާއިލާއާއި ގާތް އެކުވެރިންނަށް ދައުވަތު ދީފައި ވުމުން އެ ހުރިހާ ހަރަދުތަކަކީ ބޮޑު އެއްޗެއް ކަމުގައި އެމީހުން ނުދެކެއެވެ.

ކައިވެނީގެ ދެ ދުވަސް ކުރިން ކައިވެނި ކުރެވޭ ހަތަރު ޒުވާނުން ފިޔަވައި އެންމެން ވެސް ރިސޯޓަށް ފުރައިފިއެވެ. ނަމަވެސް ކިޔާންއާއި ކައިރާ މަޑުކުރީ އެލީޝާމެންނާ އެކު ދިޔުމަށެވެ. އެ ހަ ޒުވާނުންގެ މެދުގައި އުފެދިފައި ވަނީ ވަރުގަދަ ގުޅުމެކެވެ.

" އުލް... ނާވަސް ނުވޭތަ.. އެލީއަށް ކާންވެސް އުނދަގޫ....."....... ދެއަތް ދެއަތާ މޮޑެމުން އެލީޝާ ދެކޮޅަށް ހިނގަން ފެށުމުން ކައިރާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.

" އުލް ހިއެއް ނުވޭ އެއްވެސް ކަމެއް ވާހެން.. އެލީ މާބޮޑަށް ތި ހާސްވަނީ... އިޓްސް ޖަސްޓް އެ ވެޑިންގް...".... ކައިރާ ނުހަނު ފަސޭހައިން ބުނެލި ނަމަވެސް އެއީ ބޮޑު ކަމެއްކަން ޚުދު އޭނާ ވެސް ޤަބޫލު ކުރެއެވެ. ނަމަވެސް އެ ކަން އިހްސާސް ވާނީ ކޮންދުވަހުން ބާއޭ ކައިރާގެ ހިތަށް އަރަމުން ދިޔައެވެ.

" ލޭޑީސް.. އާރ ޔޫ ރެޑީ..."..... ގޭތެރެއަށް ވަދެގެން އައި އިޝާންއާއި ޒެވިޔަން އަދި ކިޔާން ގޮވާލި އަޑު އިވުމުން ކޮޓަރީގައި ތިބެފައި ކައިރާމެން ނުކުތެވެ.

" އާނ.. ހުރިހާ ކަމެއް ވެސް ރެޑީ.. ފޮށިތައް ހުންނާނެ ޕެކް ކޮށްފަ.... ހުރިހާ ވެސް މައްސަލައަކީ މި އެލީ.. ނާރވަސް ވަނީޔޯ........"....... ކައިރާ އެލިޝާއާ ދިމާކޮށްލުމުން އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. އެ މަންޒަރު ފެނުމުން ކައިރާ ބާރު ބާރަށް ހޭން ފެށުމުން އެލީޝާ އަވަސް އަވަހަށް ބޭރަށް ނުކުތެވެ.

" ތެދެއްތަ އެލީ... އެހާ ބިރުގަނޭތަ....."..... ކުއްލިއަކަށް ކަންފަތް ކައިރިން ޒެވިޔަންގެ އަޑު އިވުމުން އެލީޝާ ސިހުނެވެ.

" ނޯ..... އެއީ ކައި ދައްކާ މޮޅު ވާހަކަ...."..... އެލީޝާ ހުރީ ޒެވިޔަންއާ ހަތަރުކަޅި ހަމަކުރަން ވެސް ނުކެރިފައެވެ.

" އާނ.. އެބަފެނޭ އެކަން.. ދެން މި މޫނަށް މިވަނީ ކިހިނެތް....."..... ޒެވިޔަން ލާނެތް ހިނިތުންވުމަކާ އެކު ބުނެލުމުން އެލީޝާ އެ ތަނަވަސް މޭގައި މޫނު ފޮރުވާލިއެވެ.

" މި ދެމީހުން ރޮމޭންސް ކުރަން ވަކި ތަނެއް ނޯވެޔޭ ދޯ ހަމަ.. ހޮސްޕިޓަލް ތެރޭގަ ވެސް....."...... ކައިރާގެ އަޑު އިވުމާ އެކު އެލީޝާއާއި ޒެވިޔަން އަވަހަށް ދުރަށް ޖެހިލިއެވެ.

" ޔޫ ވިލް އޯލްވޭސް ރުއިން އަވަރ ޕާރފެކްޓް ރޮމޭންޓިކް މޫމެންޓްސް...... "..... އެލީޝާ ވެސް ވަކި ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

" އޯކޭ.. އޯކޭ.. ދެން ތި ޕާރފެކްޓް މޫމެންޓްސް ރުއިން ނުވާނެ މާދަމާ ރެއިން ފެށިގެން.. އަހަރުމެންނަށް ނުފެންނަ ހިސާބުގަ އެކަމަކު އުޅޭތި......."........ ކިޔާންގެ ލާނެތް ޖުމްލަ އިވުމުން އެލީޝާއަށް ދެ ލޯ ބޮޑުކޮށްލެވުނު އިރު ޒެވިޔަންގެ އަތުގެ ހޫނު ހަމަލާއެއް ކިޔާންގެ ބުރަކަށްޓަށް އަރައިފިއެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ.

*****

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑްގައި ދިޔަ ލޯންޗު މަޑުކޮށްލީ އަޒީޒްގެ ރިސޯޓެއް ކަމަށްވާ " ސަނީ ސައިޑް އައިލެންޑް ރިސޯޓް" އަށެވެ. ކައިރާމެން ލޯންޗުން ފޭބިއިރު އެމީހުންގެ އިންތިޒާރުގައި އަޒީޒްއާއި ހައިކަލް ހުއްޓެވެ. ލަގެޖްތައް ބަގީއަށް އަރުވައިލުމަށް ފަހު އެންމެން ވެސް މިސްރާބު ޖެހީ ރަށުތެރެއަށެވެ. ހައިކަލްމެންނާ އެކު ގޮސް އެ ހަ ޒުވާނުން ވަނީ ރިސޯޓުގެ މައި ރެސްޓޯރެންޓަށެވެ. އޭރު އާއިލާގެ އެންމެންވެސް އެ ތަނުގައި މެންދުރުގެ ކެއުމަށް އިންސާފު ކުރަން ތިއްބެވެ.

އެއްވެސް ހިސާބަކުން ފަތުރު ވެރިއެއް ފެންނަން ނެތުމުން ކިޔާން އެ ކަމާ ސުވާލު ކުރިއެވެ. އަޒީޒްގެ ޖަވާބަކަށްވީ އެ ރިސޯޓު ޚާއްސަ ކޮށްފައިވަނީ އާއިލާއަށް ކަމަށެވެ. އެ ޖަވާބުން ކިޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

" ކައި....... "...... ކުއްލިއަކަށް މާ ބާރަށް މީހަކު ގޮވާތީ ކައިރާ ފަސްއެނބުރި ބަލައިލިއެވެ. އޭރު ތަންކޮޅެއް ދުރުން ދުވެފައި އަންހެން ކުއްޖަކު އަންނަތަން ފެނުނެވެ.

" ރަފާ..."... ކައިރާއަށް ބޭއިޚްތިޔާރުގައި ގޮވާލެވުނު އިރު އެ މޫނުގައި ވަނީ އުޖާލާކަމެވެ. ކައިރާއާއި ރަފާ އެކަކު އަނެކަކުގައި ބައްދާލަމުން ސަލާމް ކޮށްލިއެވެ.

ރަފާއަކީ އެ ރިސޯޓުގެ ޝެފެއްކަން އެނގުމުން ކައިރާ ނުހަނު އުފާވިއެވެ. ހީވެސް ނުކުރާ ފަދަ ގޮތަކަށް ދިމާވުމުން އޭނާ ހުރީ ހިތްހަމަޖެހިފައެވެ.

" ކެންއާއި މެރީ ކުރީތަ މިހާރު........؟...". ތަންކޮޅެއް ދުރުގައި ހުރި ކިޔާން ފެނުމުން ރަފާ އަހައިލިއެވެ.

" ނޫން.. އަދި ނުކުރަން.. އެލީއާއި ޒެވް މެރީ ކުރަން އުޅެނީ.. ދެން އަހަރެންގެ ކޮއްކޮ އިޝާންއާއި އުލްޔާ.."..... ކިޔާން ރަފާއަށް އޮޅުން ފިލުވައިދިނެވެ. ރިސޯޓުގައި ކައިވެންޏެއް ކުރެވެން އުޅޭކަން ކުރިން ރަފާއަށް އެނގިފައި އޮތް ނަމަވެސް އެއީ އެލީޝާކަމެއް ނޭނގެއެވެ.

ދުރުގައި އެލީޝާގެ އަތުގައި ހިފަހައްޓައިގެން ހުރި ޒެވިޔަން ފެނުމުން ރަފާގެ ހިތުގައި ރިއްސައިލިއެވެ. ސްކޫލް ދައުރުގައި އެހިތުގައި އުފަންވި ލޯބި އަދިވެސް ފަނޑުނުވެ އެގޮތުގައި ދެމިހުއްޓެވެ. ނަމަވެސް ޒެވިޔަންއާއި އެލީޝާ އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާންކަން އެނގިހުރެ އެ ދެމެދަށް ވަންނާކަށް ރަފާ ބޭނުން ނުވީއެވެ. ރަފާއަށް އެ ލޯބި ނުލިބުނު ކަމުގައި ވިޔަސް ޒެވިޔަންއާއި އެލީޝާއަށް އެ ހިތް ސާފެވެ.

ފަހުން ދިމާވާނަން ކަމުގައި ބުނެ ރަފާ ދިޔުމުން ކައިރާ ވެސް އެނބުރި އައިސް ކިޔާން ގާތު މަޑުކޮށްލިއެވެ. އަދި ރަފާއާއި އޭނާއާ ދެމެދު ދެކެވުނު ވާހަކަތައް ކިޔާންއަށް ކިޔައިދިނެވެ.

ގިނަ ދުވަސްތަކަކަށް ފަހު ރަފާ ފެނުމުން ކިޔާންގެ ހިތް ކުޑަކޮށް ނުތަނަވަސްވީ ނަބާގެ ނަން އެހިތަށް ވެރިވުމުންނެވެ. ހީވެސް ނުކުރާ ގޮތަކަށް ޝަހާ އަދި ރަފާއާ ދިމާވުމުން ނަބާ ވެސް ފެނިދާނެއޭ ހިތަށް އެރުމުން ކިޔާންގެ ސިކުނޑި ހާސްކުރުވިއެވެ. ކައިރާއަށް ވެސް ވިސްނެމުން ދިޔައީ ހަމަ އެ ފަދައިންނެވެ. ނަމަވެސް ދެމީހުން ވެސް އެކަކު އަނެކަކަށް އެވާހަކަ ހިއްސާ ނުކުރީ ދެމީހުންގެ ޚިޔާލު އެކަމުގައި ހުންނާނެ ގޮތެއް ނޭނގޭތީއެވެ.

ކައިވެނީގެ ވަގުތު ކުޑަތަން ވަމުން ދިޔަ ވަރަކަށް އެލީޝާއާއި އުލްޔާގެ ހިތް އާދަޔާ ޚިލާފަށް ތެޅެން ފެށިއެވެ. އަތްފައި ފިނިވެފައި ތިބިއިރު ދެމީހުން ވެސް މޫނުމަތިން ހަމަޖެހިލައިގެން ތިބިކަން ދެއްކޭތޯ ދިޔައީ ބަލަމުންނެވެ.

ދެ ކުދިން ތައްޔާރުކޮށްދީ ނިމުމުން ކައިރާ އައިސް ކޮޓަރިއަށް ވަނެވެ. ދެލޯ ބޮޑުވެފައި އޭނާއަށް ބަލަން ހުރެވުނީ އެލީޝާއާއި އުލްޔާގެ ފުރިހަމަ ކަމުންނެވެ.

ގަޔަށް ދޫކޮށް ހުރި އަބާޔާ ކައިވެނި ހެދުމުގައި އެލީޝާ އަދި އުލްޔާގެ ރީތިކަން ދިޔައީ ވިދަމުންނެވެ. މޫނު މަތީގައި ވަނީ އަރަބި ވައްތަރެއްގެ މޭކަޕެއް ކުރެވިފައެވެ.

" ރޮވިއްޖެ... ހާދަ ރީއްޗޭ.. މާޝާﷲ... "... ކައިރާ ވަކިވަކިން އެ ދެކުދިންގެ ގައިގައި ބައްދައިލަމުން ބުނެލިއެވެ.

" ކައި ކޮން އެކްޓެއް ކުރާކަށް... މިގަޑިގަ އެކްޓް ކުރިޔަސް އަދި ޔަޤީން ރޯނެކަން.. "... އެލީޝާ ބުނީ ކީކޭކަން ކައިރާއަށް ފަހުމް ނުވިޔަސް އުލްޔާއަށް އެނގުނެވެ. އެއާ އެކު އެ ދެކުދިންގެ ތުންފަތަށް ވެރިވެގެން ދިޔައީ މާނަ ފުން ހިނިތުންވުމެކެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ފެށުމުން ކައިރާ ގޮސް މަޑުމަޑުން ދޮރު ހުޅުވައޮލިއެވެ.

" ޝޭން.. ޒެވް.. ނޯ... މި ކޮޓަރިއަށް ވަނުން މަނާ.. ކެތްތެރިވެބަލަ ކުޑަ ވަގުތުކޮޅަކަށް....."..... ކައިރާ ބާރަށް ހަޅޭއްލަވައިގަންނަމުން ދޮރު ޖަހައިލިއެވެ. އެއާ އެކު ބޭރުގައި ތިބެ ޒެވިޔަންމެން ހޭ އަޑު އިވެމުން ދިޔައެވެ.

" ކިހާ ދެރަކަމެއް.. ބުނެފީމެންނު މި ކޮޓަރިއަށް ނުވަދެވޭނެއޭ....." ....... އަނެއްކާ ވެސް ދޮރުގައި ޓަކި ޖަހަން ފެށުމުން ކައިރާ ގޮސް ދޮރު ހުޅުވައިލިއެވެ. ވަގުތުން އެ މޫނު ރަތްވެގެން ދިޔައި ކުރިމަތީގައި ހުރި މަލީހާ ފެނުމުންނެވެ. އޭރު ތަންކޮޅެއް ދުރުގައި ހޭން ތިބި އިޝާންއާއި ޒެވިޔަން ފެނުމުން މިއީ އެމީހުން ކުރި ކަމެއްކަން ކައިރާއަށް ޔަޤީންވިއެވެ.

" ސޮރީ.. ކައި ހީކުރީ މި ޒެވްއާއި ޝޭން ކަމަށް......"..... ކައިރާ ހުރީ މަލީހާއާ ބާރަށް ވާހަކަ ދެކެވުމުން ނުހަނު ލަދުގެންފައެވެ.

މަލީހާގެ ފަހަތުން ކޮޓަރިއަށް ވަން ނަޝީލާ ވެސް އެލީޝާމެންގެ ރީތިކަމަށް ތައުރީފް ކުރިއެވެ. އާފްރީންއާއި މެހެރް ނުގެނައީ އެމީހުންގެ ދަރިން ކައިވެނީގެ ކުރިން ނުދައްކަން ކަމުގައި ބުނުމުން އެލީޝާއާއި އުލްޔާ ހޭން ފެށިއެވެ.

" އޯކޭ.. އެ ގުޅީ ކެން.. އެންމެން އައިސްފިޔޯ.. ހިނގާ ދާން..."....... ކައިރާ ފުޅާ ހިނިތުންވުމަކާ އެކު ބުނެލިއެވެ. އެލީޝާއާއި އުލްޔާ ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ނަޝީލާއާއި މަލީހާގެ ފަހަތުން ހިނގައިގަތެވެ.

މޭޒު ދޮށުގައި އިށީނދެގެން އިން އިޝާންއާއި އާއި ޒެވިޔަންގެ ކަޅި ހުއްޓިގެން ދިޔައީ ކުރިމަތިން ހިނގައިފައި އައި ހޫރުޕަރީންތަކެއް ފަދަ އެލީޝާއާއި އުލްޔާއަށެވެ. އެ ދެ ކުދިން އައިސް އިށީނުމާ އެކު ކައިވެނި ފެށިއްޖެއެވެ. މެހެރްއާއި އާފްރީން ތިބީ އެމީހުންގެ ދަރިން ފެނުމުން ފެންކަޅި ވެފައެވެ. ލޯބިން އަތު ތެރޭގައި ގެންގުޅުނު ލޮލުގެ ކޮއި ފަދަ ދަރިން ބޮޑުވެ ކައިވެނި ކުރެވޭތަން ފެނުމުން އެ ހިތްތަކުގައި އުފެދިފައި ވަނީ ތަފާތު ޖަޒުބާތެކެވެ.

ފުރަތަމަ ކުރެވުނީ އުލްޔާއާއި އިޝާންގެ ކައިވެންޏެވެ. ގާޒީ ދެތިން ފަހަރު އަނބި ޤަބޫލު ކޮށްފިން ހެއްޔޭ އެހުމުން ވެސް އިޝާންއަށް އެ އަޑު އިވުނު ކަމަކަށް ނުވިއެވެ. އޭނާގެ ނަޒަރު އަދިވެސް ހުރީ އުލްޔާއަށް ހުއްޓިފައެވެ. އިޝާންއަށް ހޭވެރިކަން ވީ އުލްޔާ މޭޒު ދަށުން އިޝާންގެ ފަލަމަސްގަނޑުގައި ވިކައިގަތުމުންނެވެ. ސިހިފައި އިޝާން ވަށައިގެން ހޯދައިލިއިރު އެންމެންގެ ނަޒަރު ވަނީ އޭނާއާ އަމާޒުވެފައެވެ. އޭރު ވެސް އިޝާންއަށް ވެގެން އުޅޭ ގޮތެއް ނޭނގުނެވެ. ގާޒީ އަނެއްކާ ވެސް ތަކުރާރުކޮށްލުމުން އިޝާން އަވަސް އަވަހަށް އަނބި ޤަބޫލު ކޮށްފީމޭ ބުނިއިރު އެ ތުންފަތުގައިވީ ރަކި ހިނިތުންވުމެކެވެ. އިޝާންއަށް ވީގޮތް ފެނުމުން އެންމެން ހޭން ފެށިއިރު އޭނާ އިނީ އިސްއުފުލައި ބަލައިލަން ވެސް ނުކެރިފައެވެ.

އިޝާންއާއި ޚިލާފަށް ޒެވިޔަން އިނީ ތައްޔާރުވެގެންނެވެ. ގާޒީގެ ދުލުން ރަނގަޅަށް ޖުމްލަ ބޭރު ނުކުރެވެނީސް ޒެވިޔަން އަނބި ޤަބޫލު ކޮށްފީމޭ ބުނެފިއެވެ. ހީވަނީ އެލީޝާ އޭނާގެ މިލްކަކަށް ހަދަން ލަސްވެފައި އިންހެންނެވެ.

މެހެރް އައިސް އެލީޝާގެ ގައިގައި ބައްދައިލިއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. މެހެރްގެ ލޮލުގައި ވީ ކަރުނަތައް ލޯތްބާ އެކު އެލީޝާ ފުހެދިން ނަމަވެސް އެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވިއެވެ. މަންމަގެ އުނގުތެރެއިން ނުކުމެ އާ ދިރިއުޅުމެއް ފަށަން ޖެހޭކަން އިހްސާސް ވުމުން އެލީޝާ ދެރަވިއެވެ.

އުލްޔާއަށް ވެސް ވީ ހަމަ އެފަދަ ގޮތެކެވެ. ތުއްތު އިރުއްސުރެ އާފްރީންއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. މަންމަ ދޫކޮށް ދާން އެއްވެސް ވަރަކަށް އެ ހިތް ނޭދެއެވެ.

ޕާރޓީ ފެށިގެން ކުރިއަށް ދާން ފެށިއެވެ. އެއް ފަރާތެއްގައި މިޝެލް ގޮވައިގެން އިން ކައިރާގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ދުވަސް ފެށުނީއްސުރެ ކިޔާންއާ އެކު ހޭދަކޮށްލާނެ ކުޑަ ވަގުތުކޮޅެއް ވެސް ނުލިބެއެވެ. ކިޔާންއާ މެދު ހިތް ހަމަ ނުޖެހިފައި އިނަސް ކައިރާ ބެލީ އެލީޝާއާއި ޒެވިޔަން އަދި އިޝާންއާއި އުލްޔާގެ ހައްޤުގައި ނަމަވެސް ހިނިތުންވެގެން އިނދެވޭތޯއެވެ.

އިރުކޮޅަކުން ލީސާ އައިސް މިޝެލް ގޮވައިގެން ދިޔުމުން ކައިރާ އެކަނިވެރިވިއެވެ. ނަޝީލާމެން ތިބީ އަންނަމުން ދިޔަ މެހެމާނުންނާ ބައްދަލުކުރުމުގައެވެ. އެލީޝާއާއި އުލްޔާ ވެސް ފަހަރަކު މީހަކާ ސަލާމް ކުރަމުން ދިޔައިރު ކައިރާ އިނީ އެކަނިވެރިވެފައެވެ.

ޕާރޓީއަށް އައި މީހުން މަދުވަމުން ގޮސް ބާކީ ތިބީ ހަމައެކަނި އާއިލާ މީހުންނެވެ. އިރުކޮޅަކުން ރިސޯޓުގައި އުޅޭ ސްޓާފެއް އައިސް އެލީޝާ އަތަށް މައިކެއް ދިނެވެ.

" ދެން އޮތީ މި ޕާރޓީގެ އެންމެ މުހިއްމު އައިޓަމް.. މި އައިޓެމް ޚާއްސަ ކޮށްލާނީ އަވަރ ފޭވްރިޓް އައިޝަތު ކައިރާއަށް......"..... އެލީޝާ ލާނެތް ހިނިތުންވުމަކާ އެކު ބުނެލިއެވެ. އެއާ އެކު މުޅިތަން ނިވިގެން ދިޔައެވެ. ހައިރާންވެފައި ހުރެ ކައިރާއަށް ކޮޅަށް ތެދުވެވުނެވެ.

ކުއްލިއަކަށް ފަހަތުން އިވެން ފެށީ ހިތްގައިމު މިއުޒިކެއްގެ އަޑެކެވެ. ކައިރާއަށް ސިހިފައި ފަސްއެނބުރި ބަލައިލެވުނެވެ. އެ އަޑު އަންނަމުން ދިޔައީ ނުހަނު ކައިރިންކަން އެނގުނު ނަމަވެސް މުޅި ތަނަށް ވެރިވެފައިވާ އަނދިރި ކަމުގެ ތެރެއިން މީހެއް ވަކި ކުރާކަށް ނޭނގުނެވެ.

" އެ ހުވަފެން ތަކުން...

ލޯ ފެނުމުން ތި ފުން..

ހެރި ތީރުން ޒަހަމް...

ވަނީޔޭ މިމޭ.....

މި ހިތުގާ ތިނަން......

ފެވީމޭ ނަޔާ...

ތި އެސްފިތަކުން ލިބޭތޯ ހިޔާ...

ފަރި ޗާލު ބުލް ބުލް........

ތިޔަ ލޯބި ބުލް ބުލް.....

މި ހަޔާތާއި ނުގުޅޭނަންހޭ......."....

އިވެމުން ދިޔައީ ކިޔާންގެ ހިތްގައިމު ރީތި އަޑެވެ. ހިނދެއް ހިނދަކަށް އެ އަޑު ކައިރިވަމުން ދިޔަ އިރު އިވެމުން ދިޔަ ކޮންމެ ކަޑިއަކާ އެކު ކައިރާގެ ހިތަށް ދިޔައީ އަސަރުކުރުވަމުންނެވެ.

ކުއްލިއަކަށް މުޅިތަން ފަނޑު އޮރެންޖު އައްޔަކުން ދިއްލިގެން ދިޔައެވެ. ކައިރާގެ ދެލޯ ބޮޑުވެ އަނގަމަތީ އަތް އެޅުނީ ކައިރާގެ ކުރިމަތީގައި އެއް ފައިމައްޗަށް އިށީނދެގެން އިން ކިޔާން ފެނުމުންނެވެ. އޭރު ކިޔާންގެ އަތުގައި އޮތް މުތީގެ އަނގޮޓި ވިދަމުން ދިޔައެވެ.

(ނުނިމޭ)

Ads by Allied Insurance
  1. އެބަ ރަނގަޅުވޭ… ހަހަހަހހަހަހހަހަ

  2. ފާރި

    ވވ ރީތި

  3. ވާހް.ވ ވ ރީތި

  4. ހާދަ ލަހޭ އަޕްލޯޑް ވާލެއް

  5. ގާހަކަ

    އެބުނާހެން ކޮބާހޭ؟ އަވަސް ފޮނުވަދީ ވ ވ ރީތިދޯ؟

  6. ވާހަކައަށް ހިތްލަންބުވާފަ، ހިތްމަސްތުކުރުވާފަ، ނޭގިހެން ހެއްދެވީމަ، ނޭނގި ހިތް ގެންދެވީމަ، އިންތިޒާރުކުރަން ވަރަށް އުނދަގޫ. ވާހަަކަ ވ ރީތި.

  7. ކިނބޫ

    ވ ވ ވ ރީތި އެކަމުލަސްވާތީ ވަރަށްފޫހި އަވަސްފޮނުދީ

  8. ވާހަކަ ކިޔުންތެރިޔާ

    އަޕްލޯޑް ވާލެއް ހާދަ ލަހޭ………
    އިންތިޒާރު ކޮއްކޮއް ހަލާކުވަނީ………….
    އަވަސް ޕްލީޒްްްްްް……………

    • މި ނިމުނީ ކަންނޭގެ ވާހަކަ. ދޯ