ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

" ނޫން... ޝެލީ އެއީ ކައިރާގެ ދަރިއެއް....."....... ފަހަތުން އިވުނު އަޑާއެކު އެލީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭރު ކިޔާން ވެސް ހުރީ އިވުނު ވާހަކަ ޤަބޫލުކުރަން ނޭނގި އެލީޝާއަށް ބަލަހައްޓައިގެންނެވެ

*****

" ޒެވް......."....... އެލީޝާ ނުރުހުންވެފައި ގޮވައިލިއެވެ. އެ މޫނުން ވެސް ހިތްހަމަނުޖެހިފައި ހުރިކަން ހާމަވަމުން ދިޔައެވެ.

ކިޔާންގެ ލޮލުގައި ވެސް ޒެވިޔަން އަޅައިގަތެވެ. ނަމަވެސް އެ ބެލުމައި ގާތް ގޮތެއް ނެތެވެ. ވަގުތާއި ހާލަތުގެ ގޮތުންނެވެ. ކިޔާންގެ ލޮލުން ފެންނަނީ ސިހުމެވެ.

" ކިހިނެތް ؟....."... ކިޔާން ހުރީ ޒެވިޔަން ދެއްކި ވާހަކަ ޤަބޫލު ކުރަން އުނދަގޫ ވެފައެވެ. އޭނާގެ ކަނދުރާގައި އަތް އަޅުވާލައިގެން ހުރި ތުއްތު މިޝެލްއަށް ބަލައިލީ އެ މޫނުން ކައިރާއާ ވައްތަރު ސިފައެއް ފެނޭތޯއެވެ.

" އަހަރެން ޤަބޫލެއް ނުކުރާނަން.... ކައިރާ ދިރިއުޅުމެއް ނުފަށާނެ.... ޝެލީގެ މޫނުން ކައިރާއާ ވައްތަރެއް ވެސް ނޫން......."........ ކިޔާންގެ ހިތާއި ސިކުނޑި ވެސް އެކަމަށް ދެކޮޅު ހަދަމުން ދިޔައެވެ.

" ކިޔާން ޤަބޫލު ކުރިޔަސް.. ނުކުރިޔަސް... ތި ދަރިފުޅު ނުވާނެ ކައިރާ ނޫން މީހެއްގެ ދަރިއަކަށް... " އެލީޝާ އައިސް ކިޔާންގެ އަތުން މިޝެލް ނެގިއެވެ.

" މިހާ ގިނަ ދުވަސް ކޮށްފަ ދިމާ މިވީ ވަރަށް ހީނުކުރާ ގޮތަކަށް... ހާލަތު މާ ބޮޑަށް ވެސް ބަދަލުވެއްޖެ...ހަ އަހަރު ވަންދެން އަހަންނަށް ކުރެވުނު އިންތިޒާރުގެ ނިމުން ކިހާ ހިތި......."....... ކިޔާންގެ އަޑުގައިވީ ހިތްދަތި ކަމެވެ. އެ އަޑުގައިވީ އަސަރުން އެލީޝާއާއި ޒެވިޔަން ވެސް ނުހަނު ދެރަވިއެވެ.

" ކެން... އެއީ މާޒީ... އެކަމުގެ ސަބަބުން އަހަރުމެންގެ ގުޅުން ވެސް ނިމުނީ.... އެއީ އެކަން ވާން ޖެހޭ ގޮތް ނޫން... ޒަމާންތަކެއް ވަންދެން އޮތް ގުޅުމެއް އުމުރަށް ކެނޑޭކަށް އަހަރެން ބޭނުމެއް ނޫން...."...... ޒެވިޔަން އައިސް މަޑުކޮށްލީ ކިޔާން ކައިރީގައެވެ.

އެ ގުޅުން އަނބުރާ ޒެވިޔަން ބޭނުމެވެ. ކިޔާންގެ ނެތުމުގެ ފަޅުކަން އޭނާ އިހްސާސް ކޮށްފިއެވެ. ހަ އަހަރު ފަހުން ކިޔާންއާ ދިމާވުމުން ޒެވިޔަން މާފަށް އެދެން ބޭނުންވިއެވެ.

" ޒެވް... ދެން މާޒީގެ ވާހަކަ ނުދައްކަމާ... ކޮންމެ ގޮތެއްވިޔަސް ކައިރާއަށް ދަރިޔަކު ވެސް ލިބިއްޖެ... ދެން އެ ދިރިއުޅުމުގަ އަހަންނަށް ޖާގައެއް ނެތް ކަމަށް ޤަބޫލުކޮށްފިން......."..... ކިޔާން ހިނިތުންވެފައި ބުނި ނަމަވެސް އޭގެ ފަހަތުގައިވީ ހިތާމަ ޒެވިޔަން އަދި އެލީޝާއަށް ވެސް ސިއްރެއް ނުވިއެވެ.

އެލީޝާގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. މެހެރްގެ ހައްޤުގައި މިއަދު ހަޤީޤަތް ހާމަ ކުރެވޭކަށް ނެތެވެ. ނަމަވެސް އެ އާއިލާގެ "ބޮޑު" ސިއްރުގެ ސަބަބުން ކައިރާގެ ދިރިއުޅުމަށް ވަމުންދާ ގޮތް ބަލަން ހުންނަން އެލީޝާއަށް އުނދަގޫވަމުން ދިޔައެވެ. މިޝެލްގެ ހަޤީޤަތް ކޮންމެވެސް ގޮތަކުން ހާމަކުރަން އެބަޖެހެއެވެ.

" ކައި ވެސް މިކޮޅުގަ ދޯ އުޅޭނީ އެހެންވީމަ......." ކިޔާން ވިސްނުމެއްގައި ހުރެ ބުނެލިއެވެ.

" އާނ... އެކަމަކު ދެން އޭނަގެ ވާހަކަ ނުދައްކަމާ......."..... އެލީޝާ އަވަސް އަވަހަށް ޒެވިޔަން އެއްޗެކޭ ބުނުމުގެ ކުރިން ބުނެލިއެވެ.

އެ ތިން އެކުވެރިންގެ މެދުގައި ދިރިއުޅުމުގެ އެކި ވާހަކަތައް ހިއްސާ ކުރެވެމުން ދިޔައެވެ. އަދިވެސް އެއީ ޅަ ފުރައިގެ އެކުވެރިންނެވެ.

ކިޔާންގެ ނަޒަރު އިރުއިރުކޮޅާ މިޝެލްއަށް ހުއްޓެމުން ދިޔައެވެ. އެއީ ކައިރާގެ ލޯބީގެ ނިޝާނެކޭ ހިތަށް އަރާ ކޮންމެ ފަހަރަކު އެ މޭގައި ތޫނު ރިހުމެއް އުފެދިގެން ދެއެވެ. ނަމަވެސް ކިޔާންއަށް އެވާހަކަތައް ޤަބޫލެއް ނުކުރެވުނެވެ. އެލީޝާގެ މޫނުން ފާޅުވި ހާސްކަން ކިޔާން ދުއްޓެވެ. އެލީޝާ ކަމެއް ސިއްރު ކުރާކަމުގައި އޭނަގެ ހިތް ބުނަމުން ދިޔައެވެ. މިޝެލްގެ މޫނުން ކިޔާންއަށް ކުރިން ފެނުނު މީހެއްގެ ސޫރަ ފެންނަހެން ހީވަމުން ދިޔައީ ކީއްވެކަމެއް ނޭނގުނެވެ. ނަމަވެސް އެ ސިކުނޑިއަށް ބާރުލައިގެން ވެސް އެއީ ކާކުކަމެއް ހަނދާން ނުވިއެވެ.

*****

" އިޝާން..... އެ ކުއްޖާ ދިޔަދީ.. ތިހެން ހިފަހައްޓައިގެން ހުރުމުގެ ކޮން ހައްޤެއް އިޝާންއަށް އޮތީ......."... ހައިކަލްގެ އަޑު އިވުމާއެކު އިޝާން ރާއީގެ ކޮނޑުން އަތް ދޫ ކޮށްލިއެވެ. ނަމަވެސް ރާއީ އެ ހާލުގައި އެކަނި ދޫކޮށްލަން އޭނާގެ ހިތް ދިޔައީ ދެކޮޅުހަދަމުންނެވެ.

ކައިރާ ހުރީ އަދިވެސް ލިބުނު ޝޮކުގައި ހުއްޓުން އަރައިފައެވެ. އިޝާންއަކީ ހައިކަލްގެ ދަރިއެއް ނަމަ އެއީ އޭނާގެ ކޮއްކޮ އެވެ. މި ހުރިހާ ދުވަހު އެކީގައި އުޅެވުނު އިރު ވެސް އެކަން ނޭނގުމުން ކައިރާ ދެރަވިއެވެ. ނަމަވެސް އޭނާގެ އާއިލާއެއް ވާކަން އެނގުމުން ހިތަށް އުފާވެރިކަން ވެރިވިއެވެ.

އިޝާންގެ ނަން ފުރަތަމަ އިވުނީމަ ވެސް އެފަދަ އިހްސާސެއް ކުރެވުނީ ކީއްވެކަން ކައިރާއަށް މިއަދު އެނގިއްޖެއެވެ. އިޝާންގެ އަޅިފެހި ލޮލުން އޭނާގެ އަސްލު ފެންނަން ހުރި އިރު ވެސް ކައިރާއަށް އެކަން ނޭނގުނީއެވެ. އެ ލޮލުގެ ކުލައާއި އެ ނަން އޭނާއަށް އެނގިފައިވާ ވާހަކަތަކާއި އެއް ގޮތްވުމީ އިއްތިފާޤެއް ނޫންކަން ނުވިސްނުނީއެވެ.

ކައިރާގެ ކަރުނަވީ ދެލޮލަށް ހައިކަލްއަށް ބަލައިލިއެވެ. އެ ހިތުގައި ޝަކުވާތައްވީ ފުނި ޖެހިފައެވެ. ނަމަވެސް ކައިރާގެ ދުލުން އެންމެ ބަހެއް ވެސް ނުބުނެ ފަސްދީ ބާރަށް ހިނގައިގަތެވެ.

ލޯ ކުރިމަތިން ކައިރާ ގެއްލުމުން ހައިކަލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ހާސްވާގޮތް ވުމުން ކަރުގައި އަޅައިފައި އޮތް ޓައީ ދޫކޮށްލުމަށް އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

" ބައްޕަ.........".... ހައިކަލްގެ ހަރަކާތްތަކައް ނަޒަރު ހުއްޓައިގެން އިޝާން ހުރީ ހައިރާންވެފައެވެ. އެއީ މީގެ ކުރިން ހައިކަލްގެ ފަރާތުން ފެނުނު ސިފަތަކެއް ނޫނެވެ.

ހައިކަލް ވެސް ޖަވާބެއް ނުދީ ހިނގައިގަތެވެ. އިޝާންގެ އަޑު އިވުނު ކަމުގައި ވިޔަސް އެ އަޑު އިވުނުކަމަށް ހައިކަލް ނުހެދީ މިވަގުތު އިޝާންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އެ ސިކުނޑީގައި ނެތުމުންނެވެ. ކައިރާގެ ހިތުގައި ހައިކަލްއާ މެދު އުފެދިފައި އޮތް ނަފްރަތުގެ ގަދަ ހޫނު އިހްސާސް ކުރެވުމުން ހައިކަލްގެ ހިތުގައި އުފެދިގެން ދިޔައީ ވޭނީ ރިހުމެކެވެ. ތޭވީސް އަހަރު ވަންދެން އެ ދަރިފުޅުގެ އިންތިޒާރުގައި ހައިކަލް ހުރީ މިދުވަސް އަންނާނޭ ކަމަކަށް ނޫނެވެ. އެ ކުއްލި ސިހުމުގައި އޭނާއަށް އާޝިޔާއާ ބެހޭ ގޮތުން ވެސް އޮޅުން ފިލުވައި ނުލެވުނެވެ. ހައިކަލްގެ ސިކުނޑިއަށް ބާރު ކުރަމުން ދިޔަ ވަރަކަށް ބޮލުގައި މަޑު ރިހުމެއް އުފެދިގެން ދިޔައެވެ. ކައިރާއަށް ހަޤީޤަތް ނޭނގޭކަން ހައިކަލްއަށް ޔަޤީނެވެ. އެއީ ޚުދު އާޝިޔާއަށް ވެސް ކިޔައިދޭން ބޭނުންވެފައި ހުރި ވާހަކަތަކެކެވެ.
*****

" މަންމާ........"..... ގެއަށް ވަތް ގޮތަށް އެލީޝާ ބާރަށް ގޮވައިލިއެވެ. އޭރު ލީސާ އައިސް މިޝެލް ގޮވައިގެން ހިނގައްޖެއެވެ.

އިރުކޮޅެއް ފަހުން ކޮޓަރީގެ ދޮރު ހުޅުވައިލުމަށް ފަހު މެހެރް އަންނަތަން ފެނުމުން އެލީޝާ ސޯފާގައި ހަމަޖެހިލިއެވެ.

" މަންމާ.. ކިހާ ދުވަހަކަށް ހަޤީޤަތް އޮޅުވާލަން މަންމަ ބޭނުން ވަނީ...... ކޮންމެ ގޮތެއް ވިޔަސް މަންމައަށް ވެސް އެނގެއެއްނު އެއީ ނުވާނެ ކަމެއްކަން.... ކައި މިޝެލް ދެކެ ވަރަށް ލޯބިވޭ.... ކައި ހުރިހާ ހިނދަކު މިޝެލްއަށް މަންމައެއްގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ... އެކަމަކު އޭގެ ސަބަބުން ކިހާ ވަރަކަށް އޮޅުވާލަން މި ޖެހެނީ... މިއަދު ކިޔާންއާ ދިމާވި... ޒެވިޔަން ބުނެފި އެއީ ކައިގެ ދަރިއެކޭ... ކިޔާންއާ ކައި ގުޅެން އަހަރެން ބޭނުން.... ކައި ދުވަހަކު ވެސް ބޭނުމެއް ނުވާނެ އަހަންނަށް ދެރަ ގޮތެއް ވާން.. އެ ފަކީރުގެ ދިރިއުޅުން އުޖާލާ ވާން އަހަރެން ބޭނުން... އަހަންނަށް ޓަކައި ކައި އެވަރުގެ ބޮޑު ޤުރުބާނީއެއް އެވަނީ... ބަދަލުގައި އަހަންނަށް ކުރެވުނީ ކޮން ކަމެއް ..... އެދުވަހު އަހަންނާ ހެދި... އޭޝް ވެސް ވަކިވީ....."...... އެލީޝާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެ އަޑު ކުރެހިގެން ދިޔަ އިރު އިތުރަށް އެވާހަކަ ކުރިޔަށް ގެންދަން އޭނާއަށް އުނދަގޫ ވިއެވެ.

މެހެރްގެ ދެލޯ ބޮޑުވެގެން ދިޔައިރު އަވަސް އަވަހަށް ލީސާ ފެންނަން ހުރިތޯ ބަލައިލިއެވެ.

" އެލީ..... ތިވާހަކަ ދެއްކުން މަނާ ކޮށްފަ ނޫންތަ އޮތީ.... މަންމައަށް އެނގޭ ތިހުރިހާ ކަމެއް ވެސް... އެކަމަކު މިއީ ކައި ބޭނުންވި ގޮތް.... މިޝެލްއަށް ވެސް މައެއްގެ ލޯބި ލިބުނީ ކައިގެ ފަރާތުން... ޝެލީ އާއި އާޝިޔާގެ ވަކިވުމަށް ފަހު އެ ހަޔާތް އަލިވީ މިޝެލްގެ ސަބަބުން... ކައި އެ ވަރަށް މިޝެލްއާ ހެދި އުޅެނީ ޝެލީ ބީވުމުން... ކައި އުޅުނު ގޮތް އެންމެ ކައިރިން ދުށީ މަންމަމެން... ދަރިފުޅަށް ވެސް ފެނުނެއްނު... މިޝެލްއާއި ކައިގެ މެދުގައި އުފެދިފައި އޮތް ވަރުގަދަ ގުޅުމަކުން އެކަމުގަ އެއްވެސް މީހަކު ދަރިފުޅު ކުށްވެރި ނުކުރޭ... އެކަމަކު ކައި ބޭނުން ނުވޭ އެލީއަށް ދެރައެއް ލިބޭކަށް..... ކައި މިޝެލް ބޭނުންވީ މި ހުރިހާ ސަބަބަކާ ހުރެ... މިޝެލް އަކީ ކައިގެ ދަރިއެއް .."..... މެހެރްއަށް އެލީޝާގެ ވާހަކަ ޤަބޫލު ކުރެވުނަސް ކައިރާއާއި މެހެރްއާ ދެކެވުނު ވާހަކަތައް ހަނދާންވުމުން ހިމޭންވިއެވެ.

" ކައި ބޭނުން ވިޔަސް އުމުރަށް މިޝެލް ކައިގެ ދަރިއަކަށް ނުވާނެ... އެކަން އެގޮތަކަށް ނުވާނެ.... އެހެން ވާން ބޭނުން ނަމަ އަހަރެން ކައިވެންޏެއް ނުކުރާނަން ... ޒެވިޔަންއަށް ވެސް ސިއްރު ކުރެވުނީ... މުޅި ދުނިޔެއަށް ވެސް ސިއްރު ކުރެވުނީ.... ޒެވިޔަން އޮޅުވާލުމެއްގަ ބަހައްޓައިގެން ކުރެވޭ ކައިވެންޏަކުން ކޮން އުފަލެއް އޮތީ... އެލީ ކުރި ކުށެއްގެ ސަޒާ ކައިއަކަށް ނޫން ލިބެންވީ....."... އެލީޝާ އިސްޖެހިފައި އިން އިރު މެހެރް އިނީ ދަރިފުޅުގެ ހާލާ މެދު ކަންބޮޑުވެފައެވެ.

" ނޫން އެލީ.... އެއީ ދަރިފުޅުގެ ކުށެއް ވެސް ނޫން.... ވަގުތާއި ހާލަތުގެ ގޮތުން އެ ދުވަހު އެކަން އެގޮތަށް މެދުވެރިވީ...."....... މެހެރްގެ ޖަވާބު އިވިފައި އެލީޝާއަށް މިފަހަރު ރޮވިއްޖެއެވެ. މާޒީގެ ދުވަސްތަކެއް އެ ހިތުގައި އާލާވީއެވެ. އެ ހަނދާންތަށް ހިތުން ފިލައިގެން ދުވަހަކު ވެސް ނުދާނެއެވެ.

*****

ހައިކަލް ދިޔުމުން އިޝާން އިތުރަށް ކަންބޮޑު ވިއެވެ. އޭނާއަށް ނޭނގުނު ކަމުގައި ވިޔަސް ރާއީ އާއި ހައިކަލްއާ ދެމެދު ބޮޑު ކަމެއް ހިނގައިފިކަން އިޝާން ދެނެގަތެވެ. ނަމަވެސް އެ ދެމީހުން ދިމާ އެ ވީ ފުރަތަމަ ފަހަރަށްކަން އޭނާއަށް ޔަޤީނެވެ. ރާއީގެ ސަބަބުން އޭނާގެ ވަށައިގެންވީ މީހުންގެ ދިރިއުޅުންތައް ބަދަލުވެގެން ދާ މަންޒަރު ފެންނަމުން ދިޔުމުން އިޝާންގެ ހިތުގައި ސުވާލުތައް އުފެދެމުން ދިޔައެވެ. ރާއީއަކީ ކާކު ހެއްޔެވެ؟

" އުލް... ފްރީތަ؟...."........ އިޝާން ސިކުނޑި ހާސްކުރުވަމުން ދިޔަ ޚިޔާލުތައް އުލްޔާއާ ހިއްސާ ކުރަން ބޭނުންވިއެވެ. އެ ހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ.

އުލްޔާ ފްރީ ކަމުގައި ބުނުމުން އިޝާން އުލްޔާ ގޮވައިގެން ކައިރި ރެސްޓޯރަންޓަކަށް ގޮސް ކޮފީއަކަށް އޯޑަރު ދިނެވެ.

" ޝޭން..."....... އިޝާން އެއްވެސް އެއްޗެއް ނުބުނެ ބޭރަށް ނަޒަރު ހުއްޓާލައިގެން އިނުމުން އުލްޔާ އިޝާންގެ އަތުގައި ހިފައިލިއެވެ. އެވަގުތު އިޝާން ވެސް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލަމުން އެ އިނގިލަތައް އުލްޔާގެ ހިމަ ދިގު އިނިގިލިތަކާ މަހައިލިއެވެ.

" އުލް... މިއަދު ރާއީއާ ބައްޕަ ދިމާވި... އެކަމަކު ވަރަށް ވިއާރޑް... އަހަންނަކަށް ނުވިސްނޭ....."...... ޚިޔާލުތަކެއްގައި އިނދެ އިޝާން އޭނާއަށް ފެނުނު މަންޒަރުތައް އުލްޔާއާ ހިއްސާ ކުރިއެވެ.

އުލްޔާގެ މޫނުން ވެސް ފެނުނީ ހައިރާންކަމެވެ.

" ޝޭންގެ ބައްޕަ ހުންނަނީ ކިހިނެތް ؟..... " އުލްޔާ ޝައުޤުވެރިކަމާއެކު އަހައިލިއެވެ. އޭނާގެ މަޤްސަދަކަށްވީ އިޝާންގެ ވިސްނުން އެހެން ދިމާލަކަށް ބަދަލު ކޮށްލުމެވެ.

އުލްޔާ ބޭނުންވި ގޮތަށް އިޝާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

" މިއީ ހައިކަލް ޖޫނިއަރ... " އިޝާން ލުއި ހިނިތުންވުމަކާ އެކު ހައިކަލްގެ ފޮޓޯއެއް އުލްޔާއަށް ދައްކައިލިއެވެ.

އުލްޔާގެ މޫނުން ކުޑަ ހައިރާންކަމެއް ފެނިގެން ދިޔައެވެ. އިޝާން އަތުން ފޯނު އަތުލުމަށް ފަހު އެ ފޮޓޯ ޒޫމްކޮށް ހައިކަލްގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލަންފެށިއެވެ. ހައިކަލް ފެނުމުން އުލްޔާގެ ލޯ ކުރިމަތިން ކައިރާ ފާހާނައިން ފެނުނު ދުވަހު ހުރިގޮތް ސިފަވެގެން ދިޔައެވެ. ހައިކަލްއާ ކައިރާ ނުހަނު ވައްތަރެވެ. އުލްޔާ ދެން ބަލާލީ އިޝާންއަށެވެ. އެއީ ހަމަ އެ ކުލައެވެ. އެ ތިން މީހުންނަށް ވެސް ލިބިފައި ވަނީ އަޅިފެހި ކުލައިގެ ކަޅިއެކެވެ. އުލްޔާގެ ހިތުގައި ތަފާތު ޝުޢޫރުތަކެއް ހިނގަން ފެށިއެވެ. އެ ތިން މީހުންގެ ކަޅި އެއް ކުލައިގައި ހުރުން އެއީ އިއްތިފާޤަކަށް ވެދާނެ ބާއެވެ.

" ޝޭން... ސުވާލެއް ކޮށްލަންތަ؟........"...... ފޯނު ބާއްވަމުން އުލްޔާ ސީރިޔަސް ނަޒަރަކުން އިޝާންއަށް ބަލައިލިއެވެ.

" ޝޭންގެ ބައްޕަ ކުރިން އިތުރު ކައިވެންޏެއް ކުރިތަ... " އުލްޔާ ކޮށްލި ސުވާލުން އިޝާންގެ ހަށިގަނޑު ސީދާ ކޮށްލެވުނެވެ. އެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. އުލްޔާއަށް އޭނާގެ ދޮންތައާ ބެހޭ ގޮތުން އެނގުނީ ބާއެވެ.

" ނޫން... ބައްޕަ ކުރީ އެންމެ ކައިވެންޏެއް.. އެއީ މަންމަ... މިހާރުވެސް މެރީ ކޮށްގެން އުޅެނީ މަންމައާ....."... އިޝާން ހާމަކުރީ ހަޤީޤަތެވެ. ދޮންތަ އެއީ ހައިކަލްގެ ހަލާލު ކުއްޖެއް ނޫންކަން އިޝާންއަށް ވެސް އެނގެއެވެ.

" އޯހް... މިހެން މިބުނީ އުލްއަށް ރާއީ ވަރަށް ވައްތަރު ޝޭންގެ ބައްޕައާ... ޝޭންއާ ވެސް... ކުރިން ދުވަހު ވެސް މި ވާހަކަ ބުނަން އުޅުނިން... އެކަމަކު ފަހުން ހަނދާން ނެތުނީ.... ރާއީގެ އަސްލު ހުންނަނީ ކަޅު ކުލައިގެ ކަޅިއެއް ނޫން... ލެންސެއް އެއީ....."....... އުލްޔާ ދައްކަމުން ދިޔަ ވާހަކައިން އިޝާންގެ ދެ ބުމަ ކައިރިވެގެން ދިޔައެވެ. އެ މޫނަށް ވެރިވި ސީރިޔަސް ކުލަވަރާއެކު އެ ވާހަކައާ މެދު ޝައުޤުވެރިކަން އުފެދުނެވެ.

" ކީކޭ އުލް ބުނަން ތި އުޅެނީ......."...... އުލްޔާ ބުނަން އުޅޭ އެއްޗެއް ކޮންމެވެސް ވަރަކަށް ފަހުމް ވި ނަމަވެސް އިޝާންއަށް އެވާހަކަ ޤަބޫލު ކުރުންވީ އުނދަގޫ ކަމަކަށެވެ. ހިތުގެ ތެޅުން އަވަސް ވަމުން ދިޔަ ނަމަވެސް އުލްޔާ ބުނަން އުޅޭ އެއްޗެއް އަޑުއަހަން ކެތް މަދު ވަމުން ދިޔައެވެ.

" އުލް މި ބުނީ... ރާއީގެ ލޮލުގެ ކަޅި ހުންނަނީ އަސްލު އަޅިފެހި ކުލައިގަ... ސޭމް އޭޒް ޔޫ .. ޝޭންގެ ބައްޕަ ވެސް... މިއީ އިއްތިފާޤެއް ހެއްޔޭ...؟......".... އުލްޔާގެ ވާހަކައިން އިޝާންގެ ހިތް އިރުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. އޭނާގެ ހަރަކާތްތައް ވެސް ހިނދުކޮޅަކަށް މަޑު ޖެހިގެން ދިޔައެވެ.

އިޝާންގެ އެދުމަށް އުލްޔާ އެ ދުވަހުގެ ހާދިސާ އިޝާންއާ ހިއްސާ ކުރިއެވެ.

" އުލް... ލެޓްސް ގޯ... ވަރަށް މުހިއްމު ކަމެއް ކުރަން އެބަ ޖެހޭ......."...... އިޝާން ކުއްލިއަކަށް ދާން އުޅުމުން އުލްޔާ ހައިރާންވިއެވެ. ނަމަވެސް އިތުރު ސުވާލެއް ނުކޮށް އުލްޔާ ވެސް އިޝާންގެ ފަހަތުން ދިޔައެވެ.

އުލްޔާ އޮފީހަށް ގެންގޮސްދިނުމަށް ފަހު އިޝާން މިސްރާބު ޖެހީ ކޭ.އެޗް.އޭ ކޮމްޕެނީއާއި ދިމާލަށެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އިޝާން ވަނީ އޭނާގެ ކެބިން އަށެވެ.

އަދި ރާއީގެ ފައިލް ނެގުމަށްފަހު އޭގައި ހުރި ޑޮކިއުމެންޓްސްތައް ބަލަން ފެށިއެވެ. އިޝާންގެ ލޮލުގައި އަޅައިގަތީ ރާއީގެ އައީޑީކާޑުގެ ކޮޕީއެކެވެ. ކުލަކޮށް އޮތް އެ ކޮޕީގައި އުލްޔާ ބުނި ފަދައިން ރާއީގެ ކަޅި ހުރީ އަޅިފެހި ކުލައިގައެވެ.

" އައިޝަތު ކައިރާ..."...... އިޝާން މަޑުމަޑުން ކައިރާގެ ފުރިހަމަ ނަން ކިޔާލިއެވެ. އިޝާންގެ އަތުން ދޫވެ ފައިލް މުށިތައް މަތީގައި ޖެހުނު އަޑު އެ ކެބިންގައި ގުގުމައިގެން ދިޔައެވެ.

" ޝޭން..."...... ކެބިންގެ ދޮރުމައްޗަށް އެރި ކިޔާން ގޮނޑީގައި ހަރަކާތް ހުއްޓިފައި އިން އިޝާން ފެނުމުން ގޮވާލީ ހައިރާންވެފައެވެ. ނަމަވެސް އިޝާންއަށް އެ އަޑު އިވުނުހެން ހިއެއް ނުވެއެވެ. އެވަގުތު ކިޔާންގެ ނަޒަރު ހުއްޓުނީ މުށިތަކުގެ މަތީގައި ވެއްޓިފައި އޮތް ކަޅު ކުލައިގެ ފައިލަށެވެ.

(ނުނިމޭ)

Ads by HDC
  1. މާ ކުރީ

  2. ވ ވ ވ ރީތި

  3. ޕަރީ

    ވަރަށް ވަރަށް ރީތި

  4. ހާދަ ރީއްޗޭ

  5. ާަކަަަަަަަލޮއް

    މާބޮޑައްވެސްކުރު އެކަމް ވ ވ ވ ރީތި

  6. ވ.ވ.ރީތި

  7. ކިޔުންތެރިޔާ

    ވ.ވ.ވ. ރީތި މި ވާހަކަ…

    ކޮން އިރަކުން ނެކްސްޓް ޕާރޓް…..