ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

މަޑު މަޑުން މުށިމަތީގައި އިށީނދެލި ކައިރާގެ ހިތުގައިވީ އެންމެ ސުވާލެކެވެ. އޭނާއަށް ބަދަލު ވެވޭނެ ހެއްޔެވެ؟

*****

ދުވާލުގެ އަލިކަމުގެ މައްޗަށް ކުރި ހޯދަމުން ދިޔަ ކަޅު ވިލާތަކުން އުދަރެސް ވަނީ ބައްދާލައިފައެވެ. ޖެހެމުންދިޔަ ވައިރޯޅީގައި ވެސް ހިފާފައި ވަނީ ތެތްކަމެވެ. ގަސްތަށް ދެކޮޅަށް ނަށަމުން ދިޔައީ އެ ރޯޅިއަށް ކެތް ނުކުރެވިގެން ކަހަލައެވެ. މުޅި މާހައުލަށް ވެރިވެފައިވާ އަނދިރި ކަމުގެ ތެރެއިން މަގުމަތިންވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މުޅި މާލެވެސް ނިދާފައިވާ ފަދައެވެ.

ބޯ ރަޖާގަނޑު ތެރޭގައި ކައިރާ ނިދާފައި އޮތެވެ. އިރުކޮޅަކުން އަނެއް ފަރާތަށް ފުރޮޅިލަމުން ކައިރާ މަޑު މަޑުން އެސްފިޔަ ތަޅުވާލިއެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން ކައިރާ އަތް ޖައްސަމުން ގޮސް އެނދުގެ ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނަގައި ގަޑި ބަލައިލިއެވެ.

އޭރު އަށެއް ޖަހައި ފަނަރަ މިނިޓް ހިނގާފައިވާތަން ފެނުމުން ކައިރާ އަވަސް އަވަހަށް ތެދުވީ ރޭގައި ފަތިސް ނަމާދުކުރަން ވެސް ނުހޭލެވުމުންނެވެ. ފަހަތަށް ދޫ ކޮށްލާފައި އޮތް އިސްތަށިގަނޑުގައި އަތުން ފުނާ އަޅައިލަމުން ތެދުވެ ކައިރާ ކުޑަ ދޮރުގެ ފޮތިގަނޑު ކަހާލުމަށް ފަހު ދޮރު ހުޅުވާލިއެވެ. އެވަގުތު މާހައުލުގައި ހިފާފައިވާ ފިނިކަން އިހްސާސް ކުރެވުމުން އޭނާއަށް މޭގައި ދެއަތް ހުރަސްކޮށްލެވުނެވެ.

ދެންމެ ދެންމެ ވާރޭ އޮއްސައިގަންނާނެހެން ހީވުމުން ދޮރު ލައްޕައިލުމަށް ފަހު ތުވާލި ހިފައިގެން ކައިރާ ވަނީ ފާހާނާ އަށެވެ.

ނަމާދުކޮށްގެން ކައިރާ ނުކުތް އިރު އެލީޝާ ވެސް ކޮޓަރިން ނުކުންނަނީއެވެ. އައި ގޮތަށް އައިސް އެލީޝާ ކައިރާގެ ކޮނޑުގައި އެލިގަތެވެ. އެވަގުތު ކައިރާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވި ތަން ފެނި އެލިޝާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

" ޑިޑް ޔޫ ޖަސްޓް ސްމައިލްޑް އެޓް މީ............؟"............ އެލީޝާ ވީ އުފަލެއްގެ ބޮޑުކަމުން ތޫލި އަޑަކުން ހަޅޭއްލަވައިގަތުމަށް ފަހު ފުމެން ފެށިއެވެ.

އޭރު މެހެރް ވެސް އެ މަންޒަރު ބަލަން ހުރުމަށްފަހު ހިނިތުންވެލިއެވެ. އާޝިޔާގެ ވަކިވެ ދިޔަފަހުން އެއް މަސްވީއިރު ކައިރާގެ މޫނުން ނުފެންނަ ހިނިތުންވުމެއް ފެނުމުން މެހެރްއަށް ވެސް ހަމަޖެހުމެއް ލިބިގެންދިޔައެވެ.

" ކައި... އަދިވެސް ގްރެޖުއޭޝަން ޕާރޓީއަށް ދާ ވިސްނުމެއް ނެތްތަ؟..... ނާހަން ހުރެފައި ވެސް އެލީޝާ ކައިރާއާ ސުވާލުކޮށްލިއެވެ.

އެ ސުވާލާއެކު ރޮށި ކޮޅު އަނގަޔަށް ލާން އުޅުނު ކައިރާގެ ހަރަކާތްތައް ލަސްވެގެން ދިޔައެވެ. މަޑުމަޑުން އަތް ތިރިކޮށްލުމަށް ފަހު އޭނާ އިންގޮތުން އެކަމާ މެދު ވިސްނަނީކަން ކައިރާ ދެނެގަތެވެ. އެހެން އިންނަތާ އިރުކޮޅެއްފަހުން ކައިރާ ދެފަރާތަށް ބޯ ހޫރުވާލިއެވެ.

ކައިރާގެ އެ ހަރަކާތުން އެލީޝާގެ ތުންފަތަށް ވެރިވެގެން ދިޔައީ މަސްނޫޢީ ހިނިތުންވުމެކެވެ. މިއަދާ ހަމައަށް ވެސް ކައިރާ ވާހަކަ ނުދައްކާ ސަބަބު އެލީޝާއަށް އެނގިފައި ނެތެވެ. ބައެއް ފަހަރު ކައިރާގެ ތުންފަތް ހަރަކާތް ކުރަން އުޅޭހެން ހީވެއެވެ. އެލީޝާ ތެދުވެގެން ދިޔައީ މެހެރްއާ އެވާހަކަ ދެއްކުމަށް ނިންމައިގެންނެވެ. ކައިރާގެ ކަމެއްގައި ކުޑަކޮށް ވެސް ލަސްކުރާކަށް އޭނަގެ ހިތެއް އެއްބަހެއް ނުވެއެވެ.

" މަންމާ... " މެހެރްގެ ކޮޓަރީގެ ދޮރުގައި އެލީޝާ ޓަކި ޖަހާލަމުން ގޮވައިލިއެވެ. އެތެރެއިން މެހެރް ވަންނާށޭ ބުނުމުން ކޮޓަރިއަށް ވަދެ އެލީޝާ ދޮރު ލައްޕައިލިއެވެ.

" މަންމާ... ފާހަގައެއް ނުވޭތަ ކައި އަދިވެސް އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާކަން... މިހާރު އެއް މަސް ފާއިތުވެއްޖެ... އެލީއަށް ހީވަނީ ކައި ނަފްސާނީ ޑޮކްޓަރަކަށް ދައްކާލަންވީ ހެން... ނޫންތަ؟؟؟....." އެލީޝާ އޭނާއަށް ފެންނަ ގޮތް މެހެރްއާ ހިއްސާ ކުރިއެވެ.

" ތި ވާހަކަ މަންމަ އާއި ބައްޕަވެސް ދައްކައިފިން... ކައި އަކީ މަންމަމެންގެ އުފަން ކުއްޖެއް ނޫން ވިޔަސް އެއީވެސް މިހާރު ހަމަ މަންމަގެ ދަރިއެއް... ބައްޕަ ބުނީ ކައި އެއްބަސް ވަންޏާ މެލޭޝިޔާއަށް ބަދަލުވާން ކުޑަ ދުވަސްކޮޅަކަށް... އެލީއަށް ވެސް އެކޮޅަށް ގޮސް ކޯހެއް ހެދިދާނެއެއްނު... މަންމައަށް ވެސް ހީވަނީ ކުޑަ ދުވަސްކޮޅަކަށް މި މާހައުލާ ދުރުގަ އުޅެލީމަ ކައިއަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެހެން.... ދަރިފުޅު ބުނަނީ ކީކޭ....".... މެހެރް އޭނާއާއި އައިމަން ނިންމައިފައި އޮތް ގޮތް އެލީޝާއާ ހިއްސާ ކުރީ އެލީޝާގެ ވިސްނުން އެކަމުގައި ހުންނާނެ ގޮތް އެނގިހުރެއެވެ.

" އެލީގެ މައްސަލައެއް ނެތް... ލީއްކޮ ވެސް ވަރަށް އުފާވާނެ މި ވާހަކަ ބުނީމަ...." އެލީޝާ ހުރީ މެހެރްގެ ނިންމުމާ މެދު ނުހަނު ހިތްހަމަ ޖެހިފައެވެ. އޭނާގެ އަށް އަހަރުގެ ކޮއްކޮ ލީސާ އަކީ އަބަދުވެސް ބޭރު ޤައުމުތަކުގައި އުޅޭ ހިތްވާ ކުއްޖެކެވެ. މިހާރުވެސް ވީ މެހެރްގެ ދައްތައާއެކު ކުޑަ ދަތުރެއްގައި ބެންގަލޫރުގައެވެ.

" ބައްޕަ ވެސް އަންނާނެ އިރުކޮޅަކުން ސައިބޯން... އައީމަ މި ވާހަކަ ކައި ގާތު ދައްކާނީ....".... އެލީޝާއާއި އެކު ކޮޓަރިން ނުކުންނަމުން މެހެރް ބުނެލިއެވެ.

*****

ހެނދުނު ހޭލެވުމާއެކު ކިޔާން ފޯނު ބަލައިލީ ކައިރާގެ މެސެޖެއް ނަމަވެސް އައިތޯ ބެލުމަށެވެ. ނަމަވެސް އެ މޫނަށް ވެރިވި ކުލަތަކުން އޭނާ އުއްމީދުކުރި ގޮތަށް ނުވާކަން އެނގުނެވެ. މާޔޫސް ކަމާއެކު ފޯނު ބާއްވަމުން ކިޔާން އަނެއްކާ ވެސް އެނދުގައި އޮށޯވެލިއެވެ.

ކައިރާ ރަނގަޅުކުރަން އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ ކުރީގެ އުފާވެރި ކައިރާ ގެންނަން އޭނާ ނުހަނު ބޭނުމެވެ.

ވަރަށް ގިނަ އިރު ވިސްނަން އޮތުމަށް ފަހު ކިޔާން ތެދުވީ ރަނގަޅު ޚިޔާލެއް ސިކުނޑިއަށް ވެރިވުމުންނެވެ. އެލީޝާއަށް ގުޅާލުމަށް ފަހު އިރުކޮޅަކުން ޒެވިޔަންއާއެކު ދާނެކަމުގައި ބުނެ ފޯނު ބޭއްވީ އޭނާގެ ޚިޔާލު ވެސް އެލީޝާއަށް ކިޔައިދީފައެވެ.

ކުޑަކޮށް ފެންވަރާލުމަށް ފަހު ކިޔާން ލީ މަޑު ފެހި ކުލައެއްގެ ޓީޝާޓަކާއި ނޫ ޖިންސެކެވެ. އަތުން ބޮލުގައި ފުނާ އަޅައިލުމަށް ފަހު ކިޔާން ގަޔަށް ސެންޓު ޖަހާލިއެވެ. އަދި ކޮޓަރިން ނުކުތީ ޑްރެސިންގް ޓޭބަލް މަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ވެސް ހިފައިގެންނެވެ.

ޒެވިޔަން އާއި ކިޔާން އެލީޝާމެން ގެޔާއި ނުހަނު ކައިރިވެފައި ވަނިކޮށް ބޯކޮށް ވާރޭ އޮއްސައިގަތެވެ. ނަމަވެސް އިހުނަށް ވުރެ ސައިކަލްގެ ދުވެލި ބާރުކޮށްލީ އެމީހުން ބޭނުންވާ މަންޒިލް ނުހަނު ކައިރީގައި ވުމުންނެވެ.

ކިޔާންމެންނަށް ދެވުނު އިރު އެލީޝާ އެމީހުންގެ އިންތިޒާރުގައި ދޮރު ކައިރީގައި ހުއްޓެވެ. ދެ ޒުވާނުން އޭނާއާ އަރާ ހަމަވުމުން އެލީޝާ އަތުގައި އޮތް ދެ ތުވާލި ދިއްކޮށްލިއެވެ.

" ޒެވްވްވް.... " ........ އެލީޝާ އަކުރުތަކަށް ދަމާލުމަށް ފަހު ޒެވިޔަންއަށް ގޮވާލީ ޒެވިޔަން ބޮލުގައި ހަރުލައިފައިވާ ފެންތިކިތައް އެލީޝާގެ މޫނާ ދިމާލަށް ފޮޅައިލުމުންނެވެ. ޒެވިޔަން ބާރު ހިނިގަނޑެއް ޖަހައިލުމަށް ފަހު ގެއަށް ވަނީ އެލީޝާގެ ކޮލުގައި ހިފާލަމުންނެވެ. އޭރު ކިޔާން މާކުރިން ގޮސް މެހެރްއާ ވާހަކަ ދައްކަން އިނެވެ. އައިމަން ވެސް އެމީހުންގެ ވާހަކައާ ބައިވެރިވެގެން އިނެވެ.

މެހެރްއާ ވާހަކަ ދައްކަން އިން ނަމަވެސް ކިޔާންގެ ލޯ ގޭގެ އެކި ދިމާލަށް ދަތުރު ކުރަމުން ދިޔައެވެ. އޭނާ ދެކެން ބޭނުންވާ ސޫރަ ދުށުމަށް ޓަކައި އެހިތް ދިޔައީ ތެޅި ފޮޅެމުންނެވެ.

" ކައި... އާދެބަ މިކޮޅަށް... ކިޔާން އާއި ޒެވިޔަން އެބައިން ......."......... ކިޔާންގެ ހިތުގައިވީ ކޯއްޗެއްކަން އެނގުމުން މެހެރް ތަންކޮޅެއް ބާރަށް ގޮވައިލީ ކައިރާއަށް އަޑު އިވޭނެ ވަރަށެވެ.

ކިޔާންގެ ލޮލުގައި ސިޑިން ފައިބައިގެން އައި ކައިރާ އަޅައިގަތެވެ. ކައިރާގެ ފުރިހަމަކަމަށް ހިތާހިތުން ތަޢުރީފް ކޮށްލެވުނު އިރު ކިޔާންއަށް ބޭއިހްތިޔާރުގައި އެ ދިމާލަށް ހިނގައިގަނެވުނެވެ.

ކައިރާ ލައިގެން ހުރި ހުދުކުލައިގެ ދޫ ކުރުތާއާއި ކަޅު ކުލައިގެ ފުޅާ ހަރުވާޅު އޭނާއާ ނުހަނު ގުޅެއެވެ. ގޭގައި އަޅަން ގެންގުޅޭ އާދައިގެ ކުޑަ ބުރުގާއެއް އަޅައިގެން ހުރި ނަމަވެސް ކައިރާ ފެންނަނީ ނުހަނު ސާދާ ކޮށެވެ. ކިޔާން ބަލަހައްޓައިގެން ހުރުމުން ކައިރާ އިސްޖަހައިލިއެވެ. އޭރު އެ ތުންފަތުގައި ރަކި ހިނިތުންވުމެއް ވީ އިރު ކޯތާފަތަށް މަޑު ފިޔާތޮށި ކުލައެއް ވެރިވެގެން ދިޔައެވެ.

ކައިރާގެ ތުންފަތުގައިވީ ރީތި ހިނިތުން ފެނި ކިޔާންއަށް ވެސް ހިނިތުން ވެވުނެވެ. އޭނާ ކައިރާގެ އެ ސިފަ ދުށުމަށް ޓަކައި ކިހާ ދުވަހު އިންތިޒާރު ކޮށްފި ހެއްޔެވެ.

ކައިރާ ސިޑީގެ އެންމެ ފަހު ހަރުފަތާ ހިސާބަށް އައުމުން ކިޔާން އޭނާގެ އަތް ދިއްކޮށްލަމުން އެއް ލޯ މަރައިލިއެވެ. އޭރު އެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމެކެވެ.

އެ އަމަލުން ކައިރާގެ ދެލޯ ބޮޑުވެގެން ދިޔައިރު އޭނާގެ ނަޒަރު އެންމެންގެ މޫނުތަކަށް ވަކިވަކިން ހުއްޓިގެން ދިޔައެވެ. ހިތް އަވަސްވެފައި ހުރެ އަވަސް އަވަހަށް ދާން އުޅުމުން ކައިރީގައި އަޅާފައި އޮތް ކާޕެޓު ގަނޑުގައި އަޅައިގެންފައި ވެއްޓެން ދިޔައެވެ. އެވަގުތު ކައިރާގެ ކަރު ތެރެއިން ފާޑެއްގެ އަޑެއް ވެސް އިވިގެން ދިޔައެވެ. އަވަސް ހަރަކާތްތަކާއެކު ސަލާމަތްވުމަށް ޓަކައި ކައިރާއަށް ހިފެހެއްޓުނީ ކިޔާންގެ ޓީޝާޓުގައެވެ. ނަމަވެސް އެފަދަ ކަމަކަށް ނުވިސްނައި ހުރުމުން ކައިރާއާ އެކު އޭނާ ވެސް ވެއްޓުނެވެ.

ކައިރާގެ އަތްފައި ފިނިވެގެން ދިޔައީ ދާދި ގާތުން އޭނާގެ މޫނަށް ބަލަހައްޓައިގެން އޮތް ކިޔާން ފެނުމުންނެވެ. ފުން ކަނޑެއް ފަދަ އެ ލޮލުގެ ތެރެއަށް ގެނބިގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ.

ކައިރާގެ ހަނދާނަށް އައީ އޭނާ ކިޔާން ވައްޓައިލި ދުވަހެވެ. އެދުވަހު އެ ދެމެދުގައި ހިނގި ކުޑަ ޒުވާބު ހަނދާންވުމުން ކައިރާގެ ތުންފަތުގައި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ވަށައިގެން ވީ މީހުންގެ މަތިން އެމީހުން ހަނދާން ނެތް ފަދައެވެ. ކުއްލިއަކަށް އެލީޝާއާއި ޒެވިޔަން ހޭން ފެށުމާއެކު ކައިރާއާއި ކިޔާން އަވަހަށް ތެދުވިއެވެ.

ކައިރާ ލޯ އަޅައިލުމުން އެލީޝާ އަނގަމަތީގައި އަތް އަޅައި ހުނުން ކޮންޓްރޯލް ކޮށްލިއެވެ. އަދި އޭނާއާ އެކު އެއްމެން އައުމަށް ބުންޏެވެ.

" މި ބޯ ވިއްސާރައިގަ ވެސް އެލީ އައިސްކްރީމް ކާން ތިއުޅެނީ...؟.....".......... އެލީޝާ ފްރިޖް ހުޅުވައިލުމަށް ފަހު ބޮޑު އައިސްކްރީމް ތައްޓެއް ނެގުމުން ޒެވިޔަން ސުވާލުގެ ބެލުމަކުން ބަލައިލިއެވެ. ނަމަވެސް އެލިޝާ އެއްޗެކޭ ނުބުނެ ކޮންމެ މީހަކަށް ވެސް އައިސް އެޅުމަށް ފަހު ކުޑަ ތައްޓެއް ކައިރި ކޮށްލިއެވެ.

އޭރު ކިޔާންގެ މޫނުގައިވީ މާނަ ފުން ހިނިތުންވުމެކެވެ. އެލީޝާ ވެސް ސިއްރު ސިއްރުން ޒެވިޔަން ކައިރީގައި ވާހަކައެއް ބުނެލުން ޒެވިޔަން ވެސް ކައިރާއަށް ބަލައިލަމުން ހީލިއެވެ.

" އޯހް... ނޯ.... ފަޔަށް އައިސްކްރީމް އެޅިއްޖެ....."..... ކިޔާން މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. އެވަގުތު ކައިރާ އިސްއުފުލާ ކިޔާންއާ ދިމާލަށް ބަލައިލިއެވެ. އޭނާގެ ލޯ ކުރިމަތިން ކިޔާންއާ ދިމާވި ފުރަތަމަ ދުވަސް ސިފަވެގެން ދިޔައެވެ.

" ކައި އަންނަންވީނު ސާފު ކޮށްދޭން....."....... ކިޔާން އެއްމިޔަނަކުން ހިނތުންވެލިއެވެ. ކައިރާ އެއް ބުމަ އަރުވައިލަމުން މަޑުމަޑުން ގޮނޑިން ތެދުވެ މޭޒު މަތީގައި އޮތް ޓިޝޫ ޕެކެޓުން ޓިޝޫއެއް ނަގައިގެން ކިޔާންއާ ދިމާލަށް އަންނަން ފެށިއެވެ.

ކިޔާން ވެސް ހުރީ ކައިރާ އެހާ ފަސޭހައިން އެކަން ކުރަން އުޅުމުން ހައިރާންވެފައެވެ. ނަމަވެސް ކައިރާ އެ އައި ގޮތަށް އައިސް ކިޔާން ކާން އިން ތަށި ނަގައި އޭނާގެ ބޮލަށް އޮއްސާލިއެވެ. އަދި ކިޔާންއާ ދިމާލަށް ދޫ ނެރެލުމަށް ފަހު ގޮސް އޭނާ އިން ގޮނޑީގައި އިށީނެވެ. އެ ހިސާބުން ދެން ފެށުނީ އެކަކު އަނެކަކު ގަޔަށް އައިސް ކްރީމް އެޅުމެވެ. މުޅި ބަދިގެ ތެރޭގައި ގުގުމާލާފައި ވަނީ އެކުދިންގެ ސަކަރާތުގެ އަޑެވެ.

ކުއްލިއަކަށް ހަތަރު މީހުންގެ ހަރަކާތް ހުއްޓުމަކަށް އައީ ދޮރު މައްޗަށް އެރި މީހާ ފެނުމުންނެވެ.

..ނުނިމޭ..

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!