ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Sosun Fihaara

“އިޝާން.....".... ދިގު ފިޔަވަޅުތަކެއްގައި އައި ދެބައި އުމުރުގެ ފިރިހެނަކު އެ ޒުވާނާ އަށް ގޮވައިލަމުން އައިސް ބައްދާލިއެވެ. ގިނަ ދުވަސްތަކަކަށް ފަހު ފިރިހެން ދަރިފުޅު ފެނުމުން އޭ މޫނުން ނުފިލާ ހިނިތުންވުމެއް ފެންނަމުން ދިޔައެވެ. ނަމަވެސް އެ ހިނތުންވުން ފަނޑުވެގެން ދިޔައީ އިޝާންގެ މޫނުން އޭނާގެ ދިރިއުޅުމުން ގެއްލިފައިވާ މުހިއްމު ފަރާތެއް ސިފަވުމުންނެވެ. އެ ތުންފަތުގައިވީ ފުޅާ ހިނިތުންވުން ފޭދިގެން ދިޔައިރު ކައިރާގެ ނަން މަޑުމަޑުން އެ އަނގައިން ބޭރުވިއެވެ. އޭރު އެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ.

*****

ހައިކަލްގެ މޫނުން ފެންނަމުން ދިޔަ ކުލަތަކުން އިޝާންއަށް ބައްޕަގެ ހިތުގައިވީ އިޙްސާސްތައް ދެނެގަނެވުނެވެ.

" ހިނގާ ދާން ... މިހާރު މަންމަ ހުންނާނެ ދަރިފުޅުގެ އިންތިޒާރުގަ.... މިއަދު ހެނދުނު ހޭލި އިރުއްސުރެ ދަރިފުޅު އަންނަންދެން ކެއްކުމުގަ އެބައުޅޭ.... " ހައިކަލް އާއި އިޝާން އެކުގައި ހޭން ފެށިއެވެ.

ހައިކަލްގެ ކާރުގައި ގެއާ ދިމާއަށް ދެބަފައިން މިސްރާބު ޖެހިއިރު އިޝާން ވަށައިގެން ފެންނަމުން ދިޔަ މާޙައުލަށް ނަޒަރު ހިންގަން ފެށިއެވެ. ސިނަމާލެ ބްރިޖް ހުރަސްކޮށް ކާރު ދުއްވަން ފެށުމުން އިޝާން ކާރުގެ ލޯގަނޑުގެ ތިރިކޮށްލިއެވެ. އެއްވެސް ހުރަހެއް ނެތި ކަނޑުން އަންނަމުން ދިޔަ ފިނި ރޯޅިތައް އެ މޫނުގައި ބީހިލަމުން އިސްތަށިގަނޑަށް ކުދި ގޯނާ ކުރަމުން ދިޔައެވެ.

އިޝާންއަށް ވެރި ރަށް މާލެ އަށް އައިސްފައި އޮތް ބަދަލުތައް ފާހަގަކުރެވުނެވެ. ތަރައްޤީގެ ކުލަވަރު ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައެވެ. އިޝާން ، ކިންގް ސަލްމާން މިސްކިތުގެ ފޮޓޯއެއް ނަގައިލުމަށް ފަހު އިންސްޓަގްރާމްއަށް ޕޯސްޓް ކޮށްލިއެވެ. 6 އަހަރުފަހުން އުފަން ޤައުމަށް އާދެވުމުން އެ ހިތަށް ވެރިވެފައި ވަނީ ބަޔާން ކުރަ ދަތި އުފަލެކެވެ.

އެ އުމުރުގެ ގިނަ ކުދިންނަށް ވުރެ އިޝާން ހުންނަނީ ބޮޑުކޮށެވެ. މިއަހަރު އިޝާންއަށް ފުރުނީ 16 އަހަރުކަމުގައި ވިޔަސް ބަލާބެލުމަށް ހީވާނީ އެއީ 19 އަހަރުގެ ޒުވާނެއް ހެންނެވެ.

******

ކިޔާން އާއި ޒެވިޔަންގެ އިތުރުން ކައިރާއާއި އެލީޝާ ތިބީ ކެންޓީންގައެވެ. މެންދުރުގެ ހޫނުގަދަ ވަގުތުކަމުން ހަތަރު ކުދިން ވެސް ނެގީ ފިނި ބުއިމެކެވެ.

" އެލީ.... މިއަދު މި ނިއު ގަރލް ހީވާ ގޮތް ބަލާބަ..... ސަފަރުކަތްދަ މޭކަޕް ކުރާކަން އަދި ކިރިޔާ މި އެނގުނީ...." ކިޔާން އައިސްކޮފީ ތަށިން އެތި ފޮދެއް ބޯލަމުން ކައިރާއާ ދިމާ ކޮށްލިއެވެ. ކައިރާ އަނގަޔަށް ފާޑެއްގެ ގޮތެއް ހަދާލަމުން ކިޔާންއާ ދިމާއަށް ލޯ އަޅާލިއެވެ.

" ކިޔާން ތި އުޅެނީ އަސްލު ޖޭ ވާތީ.... އަހަންނަށް މޭކަޕް ކުރެވިފަ ކިޔާންއަށް ނުކުރެވޭތީ...." ކައިރާ ބުމަ އަރުވާލަމުން ފޮނިވެފައި ބުނެލިއެވެ.

" އައްދެ... ފޮނި ވެސް ވާ މީހެކޭދޯ.... ކީއްވެ ޖޭ ވާން ވީ.... ޔޫ ލުކް ސޯ ޕްރިޓީ ފޯ ރިއަލް......" ކިޔާން ސީދާ ކައިރާގެ ލޮލަށް ބަލަން ހުރެ ބުނެލިއެވެ. ހިނދުކޮޅަކަށް ކައިރާ ހުއްޓުން އަރާފައި ހުރި ނަމަވެސް ވަގުތުން އިސްޖަހައިލިއެވެ. އޭރު އެ މޫނަށް ވެރިވެފައި ހުރި ރަތްކުލަ ފެނި ދެންތިބި ތިން ކުދިން ހޭން ފެށިއެވެ.

" ދެންންންން.............".... ކައިރާ ތުންކޮޅު ދިގު ކޮށްލަމުން ދިގުކޮށް ދަމާލިއެވެ.

" ހަހަ ކައި އަށް އެއޮއް ވީ ގޮތެއް ދޯ....." ޒެވިޔަން އަދިވެސް ބިނދި ބިނދިފައި ހެނީއެވެ. ޒެވިޔަން ހޭ ވަރުން އެލީޝާއަށް ވެސް ހުނުން ކޮންޓްރޯލް ކުރުންވީ އުނދަގޫ ކަމަކަށެވެ.

" ކަމޯން.. ޒެވް... ތި ދެން ބޮޑުވަރު.... ހިނގާ ހޯލަށް ދާން......" އެލީޝާ ޒެވިޔަންގެ އަތުގައި ހިފައި ބެންޗުން ތެދުކުރިއެވެ. ދެކުދިން ކެންޓިނުން ނުކުމެގެން ދިޔުމުން ކިޔާން އަނެއްކާ ވެސް ކައިރާއަށް ބަލާލުމަށް ފަހު ހީލިއެވެ.

" ކައި... އަހަރެން ވާހަކައެއް ބުނަން ބޭނުން... މި ވާހަކަ ބުނީމަ ކައި ހިތްހަމަ ނުޖެހޭނެ އެކަމަކު... އަސްލު ރުޅި އައުން ވެސް ހައްގު... ބަޓް އައި ޑޯންޓް ވޯންޓު ހައިޑް ދި ޓްރުތް އެނީމޯރ......." ކިޔާން އޭނާގެ ހިތުގެ ހާލަތު ކިޔައިދޭން ބޭނުންވިއެވެ. އަދި އޭނާ ކައިރާގެ ކިބައިން ބަދަލުހިފުމަށް  ޓަކައި ކުރަން އުޅުނު ކަންތައްތައް ވެސް ކިޔައިދޭން ބޭނުންވިއެވެ.

ނަމަވެސް ކިޔާން ޖެހިލުންވިއެވެ. ކައިރާ ގާތުގައި ހަޤީޤަތް ހާމަ ކޮށްފިނަމަ ވާނެ ގޮތެއް ނޭނގޭތީއެވެ. ކައިރާގެ އެކުވެރިކަން ގެއްލޭކަށް ކިޔާން ބޭނުމެއް ނޫނެވެ. ހާމަ ކުރަން އުޅޭ ހަޤީޤަތުން އޭނާއަށް ގެއްލޭނީ ކައިރާ އެކަންޏެއް ނޫނެވެ. ޒެވިޔަންއާއި އެލީޝާ ވެސް މެއެވެ. ކައިރާގެ މޫނަށް ނަޒަރު ހުއްޓައިގެން ކިޔާންއަށް އިނދެވުނީ ޚިޔާލުތަކުގެ ތެރެއަށް ގެނބިފައެވެ.

" ކެން... ".... ކިޔާން އޭނާއާ ދިމާލަށް ބަލަހައްޓައިގެން އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން ކިޔާންގެ އަތުގައި މަޑުމަޑުން ކައިރާ ހިފައިލިއެވެ. ކިޔާން ކައިރާގެ ހިމަ އިނގިލިތަކާއި އޭނާގެ އިނގިލިތައް މަހައިލިއެވެ. މަޑުމަޑުން އެ އަތް ގެނެސް ކޯތާފަތުގައި ޖައްސާލަމުން ކިޔާން ލޯ މަރާލިއެވެ.

" ހާދަ ކިއުރިއަސް ތިވީ.... ނިއު ގަރލްއަށް ވާ ގޮތެއް ބަލާލީ ހަމަ ......" ކިޔާން ކައިރާގެ އަތުން ދޫކޮށްލަމުން ބުނެލިއެވެ. އެ މޫނަށް ނުތަނަވަސްކަން ވެރިވެފައިވީ ނަމަވެސް އެކަން ފޮރުވައިލީ ލާނެތް ހިނިތުންވުމަކުންނެވެ.

" އަހް... އައި ހޭޓް ޔޫ ސޯ މަޗް ކިޔާން......."..... ކިޔާން ބުނަން އުޅޭ ވާހަކައެއްގެ އިންތިޒާރުގައި ކައިރާ އިންދާ ކިޔާން އެހެން ބުނުމުން މޫނު ކުނި ކޮށްލިއެވެ.

" ހަހަ ނޯ ނޯ.... ޔޫ ޑޯންޓް ހޭޓް މީ......"......... ކިޔާން ލުއި ހިނިތުންވުމަކާއެކު ބުނެލިއިރު އެ އަޑުގައިވީ ޔަޤީން ކަމެވެ.

" ނޫން.. އަހަރެން ވަރަށް ރުޅި އާދޭ ކިޔާން ދެކެ... އެނގިއްޖެ ؟......" ކައިރާ ވެސް މޫނަށް ސީރިއަސް ކުލަވަރެއް ގެންނަން މަސައްކަތްކުރަމުން ބުނެލިއެވެ. ނަމަވެސް ސިކުންތެއް ނުވެ އޭނާއަށް ހެވެން ފެށުނެވެ.

" އަހަރެން މި ބުނީއެންނު.... ޔޫ ޑޯންޓް ހޭޓް މީ.... އެކަމަކު ކައި އަހަރެންދެކެ ލޯބިވޭ......." ކިޔާން އަނގައިން ބޭރުވި ލަފްޒުތަކާއެކި ކައިރާ ވަގުތުން ހުނުން ހުއްޓާލިއެވެ. އަދި ދެލޯ ބޮޑުކޮށްގެން ކިޔާންއާ ދިމާލަށް ބަލަންފެށި އިރު ހީވީ އޭނާގެ ހިތުގައި އޮތް އެއްޗެއް ކިޔާން އށް އެނގުމުން ހައިރާންވީ ހެންނެވެ. ކިޔާންގެ ފަހު ޖުމްލަ ކައިރާގެ ހިތާ ހިތުން ކިޔާ ލެވުނެވެ.

ކިޔާން ހުރީ ކައިރާ އެއްޗެކޭ ބުނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިންދާ ކައިރާ ކުއްލިއަކަށް ތެދުވިއެވެ. އަދި ކިޔާންއާ ދިމާލަށް ބަލާލުމެއްނެތި ކެންޓީނުން ނުކުންނަން ހިނގައިގަތެވެ.

" ކައި... އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ އެއީ...." ކިޔާން ކައިރާ ހުއްޓުވޭތޯ ބުނެލިއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ކިޔާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.. ނަމަވެސް އެ ހިނިތުންވުން ފޭދިގެން ދިޔައީ ކައިރާގެ ޖަވާބު އިވިފައެވެ.

" ވެލް މަޖަލަކަށްވެ ސް ބުނަން ޖެހޭ އެއްޗިއްސާ ބުނަން ނުޖެހޭ އެއްޗިހި ހުންނާނެ... އަހަރެން މީ ކިޔާން ބޭނުންވީމަ ބޭނުންގޮތެއް ހަދަން ބަހައްޓާފަ ހުރި ބުދެއް ނޫން... ކިޔާން އަށް ކޮންމެފަދަ އެއްޗެއް ވެސް ބުނަން ކެރިދާނެ.... ސަބަބަކީ ކިޔާންއަށް އެއީ އެއްވެސް މާނައެއް ނެތް ބަސްތަކެއް ވީމަ.... " ކައިރާ ބުނަން ބޭނުންވި އެއްޗިހި ކިޔާންއާ ދިމާލަށް ކިޔައި ނިންމާލިއިރު އެ ދެލޯ ވަނީ ފެންކަޅި ވެފައެވެ.

އޭނާއަށް ކިޔާން ބުނަން އުޅުނު ވާހަކަ ފަހުމު ނުވީއެވެ. ނުވަތަ އެވަރަށް ވިސްނާ ނުލެވުނީއެވެ.

ކިޔާންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއާ މެދު ކައިރާ ދެކޭގޮތް އެނގުމުން މާޔޫސް ވިއެވެ. ނަމަވެސް ކައިރާ އެފަދަ ނަޒަރަކުން އޭނާއަށް ބެލުމުން ހިތްހަމަނުޖެހުނެވެ.

" ޔޫ ނޯ ވަޓް ކައިރާ.... އާހްހް... އަޅާނުލާ....." ކިޔާން އައި ރުޅީގައި ކައިރާއަށް ބަލައިލުމެއްނެތި ކެންޓީނުން ނުކުމެގެން ދިޔައެވެ. ކައިރާ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާވެސް ލަސް ފިޔަވަޅުތަކެއްގައި ހޯލާ ދިމާލަށް މިސްރާބު ޖެހިއިރު މޫޑު ވަނީ ގޯސްވެފައެވެ.

*****

" އާޝިޔާ.... އަހަންނަށް ހީވަނީ ކައިރާއަށް ހަޤީޤަތް ކިޔައިދޭން ވެއްޖެހެން...... މިހާރު ވެސް ލަސްވެއްޖެ.... އާޝިޔާ ކިތަންމެ ވަރަކަށް ކައިރާއަށް ހަޤީޤަތް ފޮރުވަން މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ.... މިއަދު ކައިރާ ގެއަށް އައީމަ އާޝިޔާ ވާނެ ހުރިހާ ވާހަކައެއް ވެސް ކިޔައިދޭން....." ނާސިހް އާއި އާޝިޔާ ތިބީ ސިޓިންގްރޫމްގައެވެ.

ކައިރާގެ މިޒާޖަށް އައި ބަދަލާއެކު އާޝިޔާ ވިސްނުމަކަށް ގެއްލިފައި ހުންނަކަން ނާސިހްއަށް ވަނީ ފާހަގަވެފައެވެ. އޭނާއަށް ފެނުނު އެންމެ ރަނގަޅުގޮތް އާޝިޔާއާ ހިއްސާ ކުރީ އެގޮތާ އާޝިޔާ ޤަބޫލުވާނެކަމާމެދު ޔަޤީން ނުވެ ހުރެއެވެ. މީގެ ކުރިން ވެސް ކައިރާއަށް ހަޤީޤަތް ކިޔައިދިނުމަށް ނާސިހް އެދުނެވެ. ނަމަވެސް އާޝިޔާ އެކަމަށް ތައްޔާރު ނުވާ ކަމުގައި ބުނެ އަބަދުވެސް އެކަން ލަސްކުރަނީއެވެ.

އާޝިޔާ އިތުރު އެއްޗެކޭ ނުބުނެ ބޯ ޖަހާލިއެވެ.

******

ހައިކަލްގެ ކާރު މަޑުކޮށްލީ ހައިބަތުހުރި ގެއެއްގެ ކުރިމައްޗަށެވެ. ވަށައިގެން ފާރު ރާނާފައި ހުރި އެގޭގެ ބޮޑު ގޭގެ ގޭޓު ކައިރީގައި ހުރި ސެކިއުރިޓީ ގާޑު ގޭޓު ހުޅުވާލިއެވެ. ގޯތީގެ މެދުގައި ދެ ބުރިއަށް ނަގައިފައިވާ ގޭގައި ވަނީ ހުދުކުލަ ލެވިފައެވެ. ގޯތި ތެރޭގައި ވަށައިގެން ފެހި ވިނަ ހައްދާފައި އޮތް އިރު އެކި ވައްތަރުގެ މާމެލާމެލިން އެ ބަގީޗާ ވަނީ ފަޅުފިލުވާލެވިފައެވެ.

" ހާއި މޯމް...... " ގޭތެރެއަށް ވަންނަމުން އިޝާން އަޑުގެ ކޮޅަށް ގޮވާލިއެވެ. އެވަގުތު ނޭފަތުގައި ޖެހުނު ކާތަކެތީގެ މީރުވަހުން ކުޅުދިޔާވެގެން ދިޔައެވެ. ކޮނޑުގައި އޮތް ބެކްޕެކް ސޯފާ މައްޗަށް ދޫ ކޮށްލުމަށް ފަހު އިޝާން މިސްރާބު ޖެހީ ބަދިގެއަށެވެ.

އެ ގޭގެ ފާރުތަކުގައި ވެސް ލެވިފައި ވަނީ ހުދުކުލައެވެ. ފަރުނީޗަރުތައް މުށި ކުލައިގައި ހުރި އިރު ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ސާފުތާހިރު ކަމެވެ.

ބަދިގޭގައި ހުރި ނަޝީލާއަށް އިޝާން ފެނުމާއެކު ދެލޯ ބޮޑުވެފައި ހުރެވުނީއެވެ. ދަރިފުޅަށް އައިސްފައިހުރި ބަދަލު ފެނި ނަޝީލާ ހުރީ ހައިރާން ވެފައެވެ.

" މަންމަގެ ދަރިފުޅު......" ނަޝީލާއަށް ބުނެވުނީ އެވަރަށެވެ. އިޝާން އޭނާގެ ގައިގައި ބައްދާލަމުން ނިތްކުރީގައި ބޮސްދިނެވެ.

" އާނ މަންމަގެ ދަރިފުޅު މިއައީ..... ދެން ނުދާނަން މަންމަ ދޫކޮށްލާފަ......"..... އިޝާން ގޮނޑިއެއްގައި އިށީނެވެ.

" ކޮބާ ބައްޕަ......."...... ހައިކަލް ފެންނަން ނެތުމުން ނަޝީލާ ސުވާލުކޮށްލިއެވެ.

" ބައްޕަ މައްޗަށް ދިޔައީ.... އަޅުގަނޑު ފެނުމުން ބައްޕަ ދޮންތަ މަތިން ހަނދާންވީ ކަންނޭނގެ.... " އިޝާން ބުނެލިއެވެ. ނަޝިލާ އެބަ އަންނަމޭ ބުނެފައި ސިޑިން މައްޗަށް އަރައިގެން ދިޔުމުން އިޝާން ފޯނު ހުޅުވާލަމުން ފޮޓޯއެއް ހޯދާލިއެވެ.

އެ ފޮޓޯގައިވަނީ ތުއްތު ކުއްޖެކެވެ. ލޯބި ގޮތަކަށް ހީލައިގެން ހުރިއިރު އެ މޫނުމަތިން މައުސޫމްކަން ފެންނަމުން ދިޔައެވެ. ބުޅި އިސްތަށިގަނޑެއްގެ ވެރި އެ އަންހެންކުއްޖާއަށް ލިބިފައިވަނީ އަޅިފެހި ކުލައިގެ ކަޅިއެކެވެ.

އިޝާން މަޑު މަޑުން ފޮޓޯގައި ފިރުމާލިއެވެ. " ވީ ވިލް މީޓް ސޫން ދޮންތި....." އިޝާން ހިތާއި ހިތުން ބުނެލިއެވެ.

*****

ކައިރާ ފެނުމާއެކު އެލީޝާއަށް ކައިރާއަށް އައިސްފައިހުރި ބަދަލު ފާހަގަ ކުރެވުނެވެ. އެ މޫނުން ފެންނަމުން ދިޔަ މޮޅިވެރިކަމުން ކޮންމެ ވެސް ކަމެއް ގޯސްކޮށް ހިނގައިފިކަން އެލީޝާ ދެނެގަތެވެ.

" ކިހިނެތްވީ ކައި....." އެލިޝާ ހުރީ ކައިރާއާ މެދު ނުހަނު ކަންބޮޑު ވެފައެވެ.

" ކަމެއް ނުވޭ އެލީ.... އައި ހޭޓް ކިޔާން........" ކައިރާ އިތުރު އެއްޗެކޭ ނުބުނުމުން އެލީޝާ ކިޔާންއަށް ގުޅާލިއެވެ. ނަމަވެސް ކިޔާން ވެސް ފޯނަށް ޖަވާބު ނުދިނެވެ.

" އޯކޭ ކައި... އެކަމަކު ތިހެން އިނީމަ ކަމަކު ނުދާނެ... ދެން އޮތީ ކުއްލި މައުޟޫއަށް ވާހަކަ ދެއްކުން... ކައި ތައްޔާރުވާން ޖެހޭނެ އެއްނު........" އެލީޝާގެ ވާހަކައިން ކައިރާ ހަމަޖެހެން މަސައްކަތްކުރިއެވެ.

ކުއްލި މައުޟޫ ފެށެން އޮތް ގަޑި ފާއިތުވެ 30 މިނިޓް ހިނގައިދިޔައިރު ވެސް ނުފެށުމުން ކުދިންގެ ސުވާލު ޓީޗަރުންނާ އަމާޒުވާން ފެށިއެވެ. ނަމަވެސް އެއްވެސް ޓީޗަރެއްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ހުރިހާ ކުދިންގެ ހިތްތަކުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ.

" އައްސަލާމް އަލައިކުމް.... މިއަދު ބާއްވަން ހަމަޖެހިފައި އޮތް ކުއްލި މައުޟޫ މުބާރާތުގެ ފައިނަލް ލިސްޓް ރޭގެ ވަގުތެއްގައި ކުއްޖަކު ވަނީ ސްޓާފް ރޫމުން ވަގަށް ނަގާފައި... ވީމާ މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލައި އެކަން ކުރި ދަރިވަރަކު ހޯދައި ފިޔަވަޅު އަޅަން ނިންމާފައިވާތީ މިއަދުގެ ސެޝަން ނިމުނީ ....."...... ސްޓޭޖް މައްޗަށް އަރާފައި ލީޑިންގް ޓީޗަރ ބުނެލި ވާހަކައިން ހޯލުތެރެ ހަލަބޮލިވެގެން ދިޔައެވެ. އެންމެންގެ ހިތްތަކުގައި ވެސް އެކަން ކުރީ ކާކުތޯ ސުވާލު އުފެދުނެވެ.

އެކަން ހިނގައިދިޔަ ގޮތް ބަލައި ނިމެންދެން ހުރިހާ ކުދިން ވެސް ކްލާހަށް ފޮނުވާލިއެވެ.

" އެއީ ދެން މީހުން ކުރާ ކަހަލަ ކަންކަންތަ ؟ .... ކައިރާއަށް ބޯ ހޫރާލެވުނެވެ. އެލީޝާ ވެސް ކައިރާއާ އެއްބަސް ވެލިއެވެ.

ކުއްލިއަކަށް ކްލާސްތެރެ ހަމަހިމޭން ވެގެން ދިޔައީ ކްލާސް ޓީޗަރާއެކު ވަދެގެން އައި ލީޑިންގ ޓީޗަރ ފެނުމުންނެވެ.

" ކައިރާ.... ޕްލީސް ކަމް ޓު އޮފީސް............" ލީޑިންގެ ޓީޗަރުގެ ނަޒަރު ކައިރާއާ އަމާޒުވެފައި ހުރި އިރު އެ މޫނުން ނުރުހުންތެރިކަން ފެންނަމުން ދިޔައެވެ.

..ނުނިމޭ..

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!