ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

ކިޔާންއަށް ގޮވަމުން ޒެވިޔަން ބާރަށް ދޮރުގައި ތަޅަން ފެށިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ބޭރުން އިވުނު ގަދަފަދަ އަޑުފަތްގަނޑާއެކު ގައެވެ. އެއާ އެކު ކިޔާންގެ އަޑާއެކުވެގެން އެހެން އަޑެއް ވެސް ގޭތެރޭގައި ގުގުމައިގެން ދިޔައެވެ.

*****

ޒެވިޔަން ކިޔާންއަށް ގޮވަމުން އިހުނަށް ވުރެ ބާރަށް ދޮރުގައި ތަޅަން ފެށިއިރު އެހިތް ވަނީ އަވަސްވެފައެވެ. އޭރު ބޭރުން އިވެމުން ދިޔަ އަޑު ވެސް މެދުކެނޑުމެއް ނެތި އިވެމުން ދިޔައެވެ.

" ޒެވިޔަން.. އަވަސް... ކިޔާން ހުއްޓުވާ.... ހެޔޮނުވާނެ........." ކުއްލިއަކަށް ބޭރުން ދޮރުހުޅުވިގެން ދިޔައެވެ. އޭރު ދޮރު މަތީގައި ރޮވިފައި ހުރި މަލީހާ ފެނުމުން ޒެވިޔަންގެ މޫނުން ހައިރާންކަން ފެނިގެންދިޔައެވެ. އޭނާއަށް މަލީހާއާ ވާހަކަދައްކަން ހުރެވޭކަށް ނެތެވެ.

" ކިޔާން...." ޒެވިޔަންއަށް ތިރިއަށް ފޭބުނުއިރު ކިޔާން މީކާއިލްގެ ޓީޝާޓުގެ ކަރުވަޅުގައި ހިފަހައްޓައިގެން ހުރެ އޭނާގެ މޫނުގައި ދެތިންފަހަރު ޖަހައިފިއެވެ. އޭރު މީކާއިލްގެ އަނގައިންނާއި ނޭފަތުން ހޯސްލާފައި ލޭ ފައިބަމުން ދިޔައެވެ.

ނަމަވެސް ކިޔާންއަށް ޒެވިޔަންގެ އަޑު ނީވޭ ކަހަލައެވެ.

" ޒެވިޔަން މިކޮޅަށް އެންމެ ފިޔަވަޅެއް ވެސް އަޅައިފިއްޔާ ފެންނާނީ މި ނުލަފާ އިންސާނާގެ ފުރާނަ ނެތް މަސްގަނޑު.... ލައްކަ ދުވަހު ތި ކުޅިގަނޑު ކުޅެވިއްޖެއެއްނު.....  " .... ރަހުމް ކުޑަގޮތަކަށް ކިޔާން މީކާއިލް ދުރަށް ކޮއްޕާލިއެވެ.

އެއާއެކު މަލީހާ ދުވެފައި ގޮސް މީކާއިލް ގާތަށް ތިރިވެ އޭނާ ނެގޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކަރުގައި އަތް އަޅައިގެން އޮވެ މީކާއިލް ކެއްސަމުން ދިޔައީ ނޭވާ ލާން ވެސް އުނދަގޫ ވުމުންނެވެ.

" ކަލޭގެ ކަންކަން މާ މައްޗަށް ތިދަނީ މިހާރު.... ހަމަ މިހާރު މިތަނުންދޭ... ނޫނީ މާ ހިތިކޮށް މިކަން ނިމިގެން ދާނީ...." މަލީހާގެ ބާރު އަޑު ގޭތެރޭގައި ގުގުމައިގެން ދިޔައެވެ.

" އަދިވެސް ވީ ގޮތް ނޭނގެނީތަ... އެހެންވީއިރު އަޑުއަހާ....."..... މަލީހާގެ ވަށައިގެން ހިނގާލަމުން ކިޔާން ބުނެލިއިރު އެ ތުންފަތުގައި ކުޅެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

" އަހަންނަށް ހަޤީޤަތް އެނގިއްޖެ... އޭޝް ހުރިހާ ވާހަކައެއް ވެސް ކިޔައިދީފި.... ދެން ވެސް އަމިއްލައަށް ކިޔައި ނުދޭނަންތަ؟؟....އަދިވެސް ކަމެއް ނުވޭތަ؟.... އޭނ....." ކިޔާންގެ އަޑު ވެސް ދިޔައީ ބާރުވަމުންނެވެ. ކިޔާންގެ ބަސްތަކާއެކު މަލީހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ބޭއިޚްތިޔާރުގައި މީކާއިލް ދެކެ އިންތިހާއަށް ރުޅިއާދެވުނެވެ.

" މިއީ ކަލޭގެ މައްސަލައޭ....  މިހުރިހާ ދުވަހު ކަލޭ ބޭނުންވި ގޮތަށް އުޅެން ފުރުސަތު ދިނީމަ އެންމެ ފަހުން ބޭޒާރު މިވީ މަށެއްނު..... "........ ކަލެއަށް ވަގު ލައިސެންސެއް ހޯދަދިނީ އަޒީޒްގެ ކަންތައް ބެލުމަށް އިތުބާރު ކުރެވުނީމަ... އަޒީޒް މަރަން ކަލެއަށް ކިތައް ފުރުސަތު ދެވުނު.... އަހަރެން ކިހާ ފައިސާއެއް ޚަރަދުކޮށްގެން އެ ނުކުޅެދުންތެރި މީހާއަށް ފަރުވާއެއް ނުދީ މި ތަނަށް ގެނައީ.... އަޒީޒް ރަނގަޅު ނުވާނެ ކަމުގައި ބުނަން ކިތައް ޗެކުގައި ސޮއި ކޮށްފަ މަށަށް ދެވުނީ... އެންމެ ފަހުން ކަލޭ ހިތާ ވެގެން އޭޝް ވެސް މި ތަނަށް ގެނެސްދިނިން... އެކަމަކު ތި ދޫ މައިތިރި ނުކުރެވިގެން އެ މޮޔަ އަންހެނާއަށް ހަޤީޤަތް ކިޔައިދިން ކަމީ ކަލޭގެ ސިނކުނޑިގެ ތެތްކަމެއް ނެތްކަން..... "......  އައިސްފައި ހުރި ރުޅީގައި މަލީހާއަށް ކިޔެމުންދިޔަ އެއްވެސް އެއްޗެއް ފަހުމެއް ނުވިއެވެ. އެއަށްވުރެ އެ ހިތާއި ސިކުނޑި ވަނީ މީކާއިލް ދެކެ ހިތްހަމަ ނުޖެހިފައެވެ.

މީކާއިލްގެ އަތުގެ ހަރަކާތުން އެވާހަކަތައް ނުދެއްކުމަށް އެދެމުން ދިޔަ ނަމަވެސް މަލީހާއަށް އެކަން ނަގައި ނުގަނެވުނީއެވެ.

" ދެން ނެތްތަ އިތުރުކަމެއް...؟......."..... މީހާ ތުރުތުރު އަޅަމުން ދިޔަ ހާލުގައި ކިޔާން މަލީހާގެ މުލައްދަނޑީގައި ހިފިއިރު އެ އަޑު މަޑުވެފައި ނުރައްކާތެރިއެވެ. ކިޔާން ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން މަލީހާއަށް ތަދުވި ނަމަވެސް އޭނާގެ އަނގައިން ބަހެއް ނުނިކުތެވެ.

ފުރަތަމަ ފަހަރަށް ކިޔާންގެ ލޮލުން މަލީހާއަށް އޭނާ މަންމައަކަށް އެދޭ ވަރު ފެނިގެން ދިޔައެވެ. ކިޔާންގެ ލޮލުން މަލީހާއަށް ޓަކައި ފެންނަމުން ދިޔަ ލޯތްބާއި ކުލުނު މަލީހާއަށް ފެނިގެން ދިޔައެވެ. ކިޔާންއާ މެދު ކަންތައް ކުރެވުނު ގޮތުން އެހިތުގައި އުފެދިފައިވީ ޝަކުވާތައް ފެނުނެވެ.

މަލީހާ ގުޑިލަން ވެސް ނޭނގިފައި ބަލަހައްޓައިގެން ހުންނަން ފެށުމުން ކިޔާން އޭނާގެ އަތުން ދޫކޮށްލިއެވެ. މަލީހާ ވަގުތުން ފަސްއެނބުރުނު އިރު އެ ދެ ލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. ނަމަވެސް އެ ކަރުނަތައް ވީ ކިޔާންއަށް ވަންހަނާ ވެފައެވެ.

ކިޔާން އިސްތަށިގަނޑަށް ވާން ކޮށްލުމަށް ފަހު މޫނުގައި އަތް ހިންގާލީ ރުޅި މަޑުކުރެވޭތޯއެވެ. އޭނާގެ ހިތަށް ވެސް ވަނީ އަސަރުތަކެއް ކޮށްފައެވެ. ބޭ އިޚްތިޔާރުގައި ނަމަވެސް މަލީހާއަށް އަނިޔާ ކުރެވުމުން ކިޔާންއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭގެ ބަދަލުގައި މަންމަ ގައިގައި ލޯބިން ބައްދާލަން ލިބޭނެ ނަމައޭ ހިތަށް އެރުމުން ކިޔާންގެ ލޯ ފެންކަޅިވެގެން ދިޔައެވެ.

މާހައުލަށް ވެރިވެފައިވީ ހިމޭންކަމުގެ ތެރެއިން ޒެވިޔަން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައީ އެ ހަމަހިމޭން ކަމުން އޭނާއަށް އުނދަގޫ ވަމުން ދިޔުމުންނެވެ.

" ސޮރީ... މަ... މަންމާ.... " ކިޔާން އުނދަގޫ ގޮތަކަށް ބުނެލިއެވެ. އެއީ އޭނާއަށް ބީރައްޓެހި ލަފްޒެކެވެ. ކިޔަން އުނދަގޫ ބަހެކެވެ. މަންމަގެ ނަމުން މަލީހާއާ މުޚާތަބު ނުކުރާތާ ގިނަ ދުވަސްވުމުން ކިޔާންއަށް މަންމަ ކިޔަން އުނދަގޫވި ނަމަވެސް ދުލުން އެ ލަފްޒު ބޭރުވީ އިޚްތިޔާރަކާ ނުލައެވެ.

ކިޔާންގެ ދުލުން މަންމާއޭ ބުނުމުން މަލީހާގެ ހިތަށް ނުހަނު ފުން އަސަރުތަކެއް ކުރުވިއެވެ. ކިޔާންއަށް ފުރަގަސްދީގެން ހުރި ނަމަވެސް ކިޔާންގެ މޫނުގައިވީ ކުލަވަރު މަލީހާއަށް އަންދާޒާ ކޮށްލެވުނެވެ. އެވަގުތު އެ ލޮލުން ކަރުނަ ތިއްކެއް ވެއްޓިގެން ދިޔައެވެ.

މަލީހާގެ ހިތުގައި ގިނަ އަހަރުތަކެއް ވަންދެން ފޮރުވިފައިވީ އިޙްސާސެއް ހޭލަން އުޅޭ ކަހަލައެވެ. ކިޔާންއަށް ޓަކައި އެ ހިތުގައިވީ މައިވަންތަ ކަމުގެ ކުލުނު އެހެން ހުރިހާ އިހްސާސްތަކެއްގެ މައްޗަށް ގަދަވެގަތެވެ. ލޯބިން ދަރިފުޅާއޭ ކިޔައި ގޮވާލަން ބޭނުންވިއެވެ. ނަމަވެސް އެ ދުލުގައި ތަޅެއް ލެވިފައިވާ ކަހަލައެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައީ ހަލުވި ކަމާއެކުގައެވެ. މީކާއިލްއާއި އޭޝްގެ އިތުރުން މަލީހާ ހައްޔަރު ކުރެވުނެވެ.

ކިޔާންގެ ލޯމަތީގައި މަލީހާ ގެންދެވުނު އިރު މޫނުމަތިން އެއްވެސް އިހްސާސެއް ނުދައްކާވޭތޯ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެ ހިތް ދިޔައީ ރޮމުންނެވެ.

އަޒީޒްގެ ފަރުވާ ވެސް ރަނގަޅު ގޮތެއްގައި ކުރިއަށް ގެންދެވެން ފެށުނުއިރު އަޒީޒްގެ ހާލުވެސް ދިޔައީ މަޑުމަޑުން ރަނގަޅުވަމުންނެވެ.

ނަމަވެސް ހުރިހާ ކަމެއްގެ ތެރެއިން ކިޔާންއަށް ކައިރާއަށް ދެވޭ ވަގުތު މަދުވެގެން ދިޔައެވެ. ދިމާވާ ފަހަރުތަކުގައި ވެސް ކިޔާން ކިތަންމެ ގިނައިން ވާހަކަ ދެއްކިޔަސް ކައިރާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެއެވެ. ހަމައެކަނި ބޮލުގެ އިޝާރާތުން ވާހަކަދައްކާއިރު އެ ތުންފަތުން ހިނިތުންވުމެއްގެ އަސަރު ވެސް ފެނިނުލައެވެ.

*****

މިއަދު ވެސް ހެނދުނު ހޭލިގޮތަށް ކައިރާ އޮތީ އެނދުން ތެދުވާ ހިތް ނުވެފައެވެ. މެހެރްގެ އެދުމަށް އެގެއަށް ބަދަލުވި ނަމަވެސް ކައިރާގެ ހުރިހާ ހަނދާނެއް ގުޅިފައިވީ އާޝިޔާއާއެވެ. ކުރިން އަބަދު ރޮވިފައި ހުރި ނަމަވެސް މިހާރު މަދު ފަހަރަކު ނޫނީ ނުރޮވެއެވެ. ދެރަވެ ރޯން ބޭނުން ވިޔަސް ކައިރާ ބޭނުން ވަނީ އެކަނި ވުމަށެވެ. ސްކޫލަށް ވެސް ނުގޮސް ގިނަ ދުވަސްތައް ހޭދަވާން ފެށުމުން ކައިރާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. ކުރިން އަބަދު ސަކަރާތްޖަހައި އަނގަ ގަދަކޮށް އުޅުނު ކައިރާއޭ މިހާރަކު އޭނާ ފެނުމުން އެއްވެސް މީހަކު ނުބުނާނެއެވެ.

އެލީޝާއާއެކު މަލާން އާއި އައިޝާން ވެސް ކައިރާއާ އެކު ވަގުތު ހޭދަކުރި ނަމަވެސް އޭނާގެ އެއްވެސް ދިރުމެއް ނެތެވެ. ހިތުގައި ހުރިހާ ކަމެއް ފޮރުވައިގެން ހުންނަން ކައިރާއަށް އާދަވެއްޖެއެވެ. ދިރިއުޅުމުގައި އެއްވެސް މަޤްސަދެއް ނެތް ކަމުގައި ކައިރާއަށް ގަބޫލު ކުރެވުނެވެ.

މަޑު މަޑުން ސިކުނޑިން ކިޔާންގެ ހަނދާންތައް ފެހޮވެމުން ދިޔަ ނަމަވެސް އެ ހިތުގައި ކިޔާންގެ ލޯބި ދެގޮތެއް ނުވެ ވިއެވެ.

ކައިރާއަށް ބޭނުމީ ވަގުތެވެ. އެނބުރި ކުރީގެ ކައިރާއަށް ވާން އޭނާ ދުވަސް ބޭނުމެވެ. ނަމަވެސް ނޭނގެނީ ކިހާ ދުވަހެއް ކަމެވެ.

*****

" ކެން... އެލީ ހިތަށް އެރީ ގްރެޖުއޭޝަން ނައިޓަށް ކައި ގެންނަން ވާނެއޭ... އެލީ ވެސް ވަރަށް ދެރަވޭ ކައި އުޅޭ ގޮތުން... އެއްވެސް ގޮތަކަށް ވާހަކައެއް ވެސް ނުދައްކާ... ކަނީ ވެސް ވަރަށް މަދުން.... އަބަދު ކޮޓަރީގަ... އެލީ ބުންޏަސް ބޭރަށް ދާން ވެސް އެއްބަހެއް ނުވޭ.... މިހާރު އެއް މަސް މި ފާއިތުވީ.. ކައި ރަނގަޅެއް ނުވޭ... ދުވަސްވާ ވަރަކަށް ގޯސް ވަނީ.... އަޅެ ކިޔާން މިއަދު އަންނަންވީނު ކައިއާ އެވާހަކަ ދައްކަން....".... އެލީޝާ އާއި ކިޔާން އަދި ޒެވިޔަން ތިބީ ސްކޫލްގެ ކެންޓީނުގައެވެ. ކައިރާ ނެތުމުގެ ފަޅުކަން އެ ތިން ކުދިންނަށް ވެސް އިހްސާސް ވަމުން ދިޔައެވެ.

" ޔެސް... އެލީ ތިބުނީ ރަނގަޅު ވާހަކައެއް... ގަދަކަމުން ވިޔަސް މީހުން އުޅޭ ތަންތަނަށް ގެންނަންވީ.... ނޫނީ އަނބުރާ ކައި ނުލިބޭނެ ..... ކޮންމެ ގޮތެއް ހަދާފަ ވެސް ކައި ގެންނަންވާނެ އެރޭ...."... ޒެވިޔަން ވެސް އެލީޝާގެ ވާހަކައާ އެއްބަސްވިއެވެ.

" މާ ކުރިން ވެސް ތި ޚިޔާލު އައި ސިކުނޑިއަށް.. އެކަމަކު ކައި އަންނާނެހެން ހިއެއް ނުވޭ.... ކައި އެއްވެސް ގޮތަކަށް ވާހަކައެއް ނުދައްކާ.... މެސެޖަށް ވެސް ރިޕްލައި ކުރަނީ ދެ ދުވަސް ފަހުން... އެގޮތަށް މަންމައާއި ކޮއްކޮ ވަކިވެ ނުވިތާކަށް ދޮންބައްޕަގެ ހަބަރެއްވެސް ނުވުމުން ކައިއަށް ވާނެވަރު އަންދާޒާ ކުރާކަށްވެ ސް ނޭނގެ.... އެކަމަކު މިއަދު ބުނާނަން ކައި ގާތު... ކްލާސް ނިމުނީމަ ދާނީ ދޯ.....".............. ކިޔާންގެ މޫނަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލިއެވެ.

މިއަދު ކައިރާ ގާތުގައި ހުރިނަމައޭ ކިޔާންގެ ހިތަށް އެރިއެވެ. ކައިރާއަށް ވަގުތު ނުދެވޭކަން ކިޔާންއަށް ވެސް އެނގެއެވެ. ނަމަވެސް އޭނާގެ މަސްއޫލިއްޔަތުތައް ނުހަނު ބޮޑެވެ. ލިބޭ ހުރިހާ ވަގުތެއް ކައިރާއެކު ހޭދަކުރި ނަމަވެސް ކައިރާގެ ފަރާތުން އެ ގުޅުމަކަށް އެއްވެސް ފަރުވާލެއް ނެތް ފަދައެވެ.

ސެޝަން ނިމުމުން އެލީޝާއެކު ދެ ފިރިހެން ކުދިން ވެސް އެގެއަށް ދިޔައެވެ. އެލީޝާ އާއި ޒެވިޔަންގެ ގުޅުމަކީ މެހެރްއާއި އެލިޝާގެ ބައްޕަ އައިމަންއަށް ވެސް ސިއްރު ވެފައި އޮތް ކަމެއް ނޫނެވެ. އެދެމަފިރިން ވެސް ޒެވިޔަންއާ ރުހި ޤަބޫލެވެ. ކިޔަވައި ނިމުމުން ކައިވެނި އަވަސް ކުރުމަކީ މެހެރް އަދި އައިމަންގެ ވެސް އެދުމެވެ.

ފެންވަރައިގެން ނަމާދުކުރަން މުސައްލަމަތީގައި އިށީންގޮތަށް ކައިރާ އިނީ ތެދުވާ ހިތް ނުވެފައެވެ. ދެ އަތް މައްޗަށް ނަގައިގެން އިންއިރު އެ ރީތި ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

ކުއްލިއަކަށް ކައިރާ ސިހުނީ ކޮޓަރީގައި މީހަކު ޓަކި ޖަހާލުމުންނެވެ. މޫނު ފޮހެލުމަށް ފަހު ކައިރާ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި މީހާ ހުރީ މާ ބޮނޑިއަކުން މޫނު ފޮރުވައިގެންނެވެ. ހިތާހިތުން ކައިރާ ހިނިތުންވި ނަމަވެސް އެ ހިނިތުން އޭނާގެ ތުންފަތަށް ނުފޯރިއެވެ.

ދޮރު ހުޅުވާލުމަށް ފަހު އެއްވެސް ފަރުވާލެއްނެތިވެ ކައިރާ އެނދުގައި އިށީނީ ދޮރު ފެންނަ ގޮތަށެވެ.

ކައިރާގެ ޚަބަރެއް ނުވުމުން ކިޔާން މޫނުމަތިން މާބޮނޑި ދުރުކޮށްލިއެވެ. އޭރު އެނދުގައި ހަމޖެހިގެން ކައިރާ އިންތަން ފެނުމުން ކިޔާން ފަނޑު ހިނިތުންވުމެއް ކައިރާއަށް ރައްދު ކޮށްލިއެވެ. އެ ހިތް މިލައިގެން ދިޔަ ނަމަވެސް އޭނާ ހިތްވަރު ދޫ ކޮށްނުލާނެއެވެ.

" ހެލޯ މައި ބިއުޓިފުލް ލޭޑީ.... ކައިއަށް އެންމެ މީރު ޗޮކްލެޓާ އެންމެ ރީތި މާތައް ހިފައިގެން މިއައީ... އައި ނޯ ދެޓް ޔޫވިލް ލަވް ދެމް....."..... ކިޔާން ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އައިސް ކައިރާ ކުރިމަތީގައި އެއް ފައިމައްޗަށް ތިރިވެ އިށީނެވެ. އަދި ކައިރާއަށް އަތުގައި އޮތް މާބޮނޑިއާއި ޗޮކްލެޓްތައް ދިއްކޮއްލިއެވެ.

ކައިރާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނު ނަމަވެސް އޭގައި ހިފިއެވެ. އަދި ނޭފަތާއި ކައިރި ކޮށްލަމުން މާ ތަކުގެ ވަސްބަލައިލިއެވެ.

" ކަމުދޭތަ....".... ކިޔާން ކައިރާ ގާތު އިށީންނަމުން އަހައިލިއެވެ. ކައިރާ މަޑުމަޑުން ބޯ ޖަހާލުމުން ކިޔާން ކައިރާގެ އަތުގައި މަޑުމަޑުން ހިފާލަމުން އެ ހިމަ ދިގު އިނގިލިތަކަށް ކިޔާންގެ އިނގިލިތައް މަހައިލިއެވެ.

" އާނ... ދެން ރޮމޭންސް ކުރުން ނިމުނީ... މުހިއްމު ވާހަކައެއް ދައްކަންވެފަ އެބަ އޮތް....."..... އަޑުގަދަ ކުރަމުން ކޮޓަރިއަށް ޒެވިޔަން އާއި އެލީޝާ ވަނުމުން ކިޔާން ބާލީހެއް އެމީހުންނާ ދިމާލަށް އެއްލިއެވެ.

" މި ދެމީހުން ބޭނުން އިރަކު އެކީގަ އުޅެފަ އައިސްފަ ވެސް ދެން އެވީ ކައި އާއި ދެމީހުންނަށް ލިބޭ ވަގުތު ހަރާބު ކޮށްލަން..... ނޮޓް ފެއަރ..... ދޯ ކައި..."........ ކިޔާން ކައިރާއާ ދިމާލަށް ބަލާލީ ކައިރާގެ ފަރާތުން ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. އެލީޝާއާއި ޒެވިޔަން ވެސް އުއްމީދުން ފުރިގެންވީ ނަޒަރަކުން ކައިރާއާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ.

ކައިރާގެ ތުންފަތް މަޑުމަޑުން ހަރަކާތް ކުރަން އުޅުނުހެން ހީވި ނަމަވެސް އޭނާ އިސްޖަހައިލިއެވެ. އެއާއެކު ކިޔާންމެން މޫނުމަތިން ވެސް މާޔޫސީ ކުލަވަރު ފެނިގެން ދިޔައެވެ.

" ތި ވާހަކަ ނޫނޭ... ކައި ޖެހޭނެ މާދަން ރޭ އޮތް ގްރެޖުއޭޝަން ނައިޓަށް ދާން... އިތުރު އެއްވެސް ވާހަކައެއް ދައްކާނެ ކަމެއް ނެތް....  މިފަހަރު ކައިއަށް އިތުރު އެއްވެސް ޗޮއިސްއެއް ނެތް....."...... އެލީޝާ މާހައުލަށް ވެރިވެފައި އޮތް ހިމޭންކަން ކަނޑުވާލަމުން އެމީހުންގެ އަސްލު ބޭނުން ބުނެލިއެވެ.

ކައިރާގެ މޫނުން ވަގުތުން ކަންބޮޑުވުމުގެ އަސަރު ފާޅުވެގެން ދިޔައިރު ދެފަރާތަށް ބޯ ހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

" ދެން ޕްލީޒް ކައި.... އެންމެ ފަހަރަކު ވިޔަސް .... ތިގޮތަށް ނޫޅޭނެ ދޯ ދެން އަބަދު.....".... ކިޔާންވެސް ކައިރާ ގާތު ކުޑަކުއްޖެއް ފަދައިން އާދޭސް ކުރަން ފެށިއެވެ.

ނަމަވެސް ހުއްޓައި ނުލާ ކައިރާ ދެފަރާތަށް ބޯހޫރުވަމުން ދިޔައެވެ.

" ކައިރާ... ތި ގޮތް ދޫކުރަން ނުވޭތަ... މިހާރު އެއް މަސް ފާއިތުވެއްޖެ... ކޮން ދުވަހަކުން ކައިރާ ގޮތް ދޫކުރާނީ... މީހުން ތެރޭ އުޅެން ދަސްކުރާނީ... ކައިރާ ހީކުރީތަ ކައިރާ އެކަނި ކަމަށް ދެރަވަނީ... ތިގޮތަށް އުޅުމުން އަހަރެމެންނަށް ވާނެގޮތް އެއްފަހަރު ވިސްނާލަބަލަ.... ވަރަށް ދެރަވޭ.... ކައިރާއާ ހިއްސާ ކުރަން ބޭނުން އެތައް ވާހަކައެއް އެބަހުރި..... އެކަމަކު ކައިރާ އަހަރެންގެ ވާހަކަ އަޑުއަހާނެތަ؟؟؟ ނޫން... ނާހާނެ.... ކައިރާ އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާނަން.... " ކިޔާން ވީ ދެރައިން ތަންކޮޅެއް ބާރަށް ބުނެވުނު އިރު އެ އަޑުގައި ރިހުމެއް ވިއެވެ. ހިތްހަމަ ނުޖެހުނު ވަރުން އިންތަނުން ތެދުވިއެވެ.

ކައިރާ ހުރީ ކިޔާންގެ އެ ސިފަ ފެނުމުން ދެލޯ ބޮޑުވެފައެވެ. ކިޔާން ބަލަން ހުއްޓާ އެ ދެ ލޯ ފެންކަޅިވީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

ކިޔާން އެހާ ބާރަށް ވާހަކަދެއްކުމުން ކައިރާ ދެރަވީކަން ކިޔާންއަށް ވިސްނުނެވެ.

" އާހް...".... ކިޔާން އޭނާގެ އިސްތަށިގަނޑު ހިންގާލީ މީހާ ހަމަޖެހިލުމަށެވެ.

ފުންކޮށް ދެތިން ނޭވާ ދޫކޮށްލުމަށް ފަހު ކިޔާން ކައިރާގެ ގާތުގައި އިށީނެވެ. ނަމަވެސް ކައިރާ ވަގުތުން ކިޔާންއާ ދުރަށް ޖެހިލަމުން ކަރުނަ ފޮހެލިއެވެ. ނަމަވެސް އޭނާއަށް ދިޔައީ ގިސްލެވެމުންނެވެ.

ކިޔާން މާފަށް އެދުމުން ވެސް ކައިރާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.

" ކައި... އަހަރެން ދަނީ....... އިފް ޔޫ ފޮރގިވް މީ ޕްލީޒް އަންނައްޗޭ ގްރެޖުއޭޝަންއަށް.... އަހަރެން އިންތިޒާރު ކުރާނަން..........".... ކިޔާން ދަމުން ކައިރާއަށް އިވޭ ވަރަށް ބުނެލިއެވެ. ނަމަވެސް ފަސް އެނބުރި ބަލާލުމެއް ނެތިއެވެ.

ކިޔާން ދިޔަ ދިމާލަށް ބަލަން ކައިރާއަށް އިނދެވުނީ ހިތްދަތިވެފައެވެ. ކިޔާން ހުއްޓުވުނު ނަމައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

ކިޔާން ނުކުތުމުން ޒެވިޔަން ވެސް އޭނާގެ ފަހަތުން ދިޔައީ ކައިރާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްފައެވެ.

" ޑޯންޓް ވޮރީ ކައި... ކިޔާން އެހެން ބުނީ ކައި ދެރަ ކުރަން ނޫން... ކައި ބޭނުން ނުވަންޏާ ނުދިޔަޔަސް ކިޔާން ރުޅިއެއް ނުވާނެ... އެއީ މައްސަލައެއް ނޫން...." އެލީޝާ ކުޑަކޮށް ކައިރާގެ ގައިގައި ބައްދާމުން ބުނެލީ ކައިރާ އަދިވެސް އިނީ ދެރަވެފައިހެން ހީވުމުންނެވެ. ކައިރާ ބޯ ޖަހާލުމުން އެލީޝާ ވެސް އޭނާގެ ކޮޓަރިއަށް ދިޔައީ ފެންވަރައި ތާޒާ ވުމަށެވެ.

އެލީޝާ ނުކުތުމުން ކޮޓަރި ތަޅުލުމަށްފަހު ކައިރާ އައިސް ކުޑަ ދޮރު ކައިރީގައި ހުއްޓިލިއެވެ. އެ އުސް އިމާރާތުން މަގުމަތި ރީއްޗަށް ފެންނަމުން ދިޔައެވެ. ކައިރާ ކުޑަ ދޮރު ހުޅުވާލުމަށް ފަހު ތިރި ބަލައިލީ ކިޔާން ފެނިދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ކިޔާން ނުފެނުމުން ކައިރާ މާޔޫސްވެގެން ދިޔައެވެ. އެނބުރި ކުޑަ ދޮރު ލައްޕާލުމަށްފަހު ކައިރާ ސޯފާގައި އައިސް ހަމަޖެހިލިއެވެ.

ދެންމެ ކިޔާން އޭނާއާ ދިމާލަށް ބުނި ޖުމްލަތަކާ މެދު ކައިރާއަށް ވިސްނާލެވުނެވެ. އެއީ ވެސް ތެދެކެވެ. އޭނާ މިގޮތަށް އުޅޭނީ ކިހާ ދުވަހަކު ބާއެވެ. މީހަކާ އަނގައިން ބުނުމެއްނެތި އެއްމެންނާ އެކަހެރި ވީ ވެސް ޚުދު އޭނާއެވެ. އެލީޝާމެންގެ ފަރާތުން ކައިރާ ބޭނުންވި ފަދަ އެހީތެރިކަން ވެސް ލިބުނެވެ. ނަމަވެސް އެކަން ވެސް ބަލައިނުގަތީ ހަމަ ކައިރާއެވެ. އެންމެ ހިތްދަތިވީ ދުވަހު ކައިރިގައި ދެގޮތެއް ނުވެ ތިބި އެލީޝާއާއި އޭނާގެ އާއިލާގެ އިތުރުން ކިޔާންއާއި ޒެވިޔަންއަށް ޓަކައި ވެސް ކައިރާ ބަދަލުވާން ބޭނުމެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟...

ކައިރާ މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރީގެ އެއްކަނެއްގައި ހުރި އޭނާގެ އިސްކޮޅާ އެއްވަރުގެ ބޮޑު ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ.

ކައިރާއަށް ވެސް އޭނާއަށް އައިސްފައިހުރި ބަދަލުތައް ފާހަގަ ކުރެވުނެވެ. މޫނުގައި ދިރުމެއް ނެތެވެ. އަބަދުވެސް ރީތި ހިނިތުންވުމެއް ހުންނަ އެ ތުންފަތުގައި ހަރަކާތެއް ނެތެވެ. ހެދި ހުރި ރީތި އިސްކޮޅާއި ރޫފައެއް ނެތެވެ.

ކައިރާއަށް މޫނުގައި އަތް އަޅާލެވުނީ އެ ސިފައަށް ބަލަން ކުޅަދާނަ ނުވުމުންނެވެ.

މަޑު މަޑުން މުށިމަތީގައި އިށީނދެލި ކައިރާގެ ހިތުގައިވީ އެންމެ ސުވާލެކެވެ. އޭނާއަށް ބަދަލު ވެވޭނެ ހެއްޔެވެ؟

..ނުނިމޭ..

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!