ވާހަކަ

ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

ކުއްލިއަކަށް މީހަކު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި މީހާގެ ނަޒަރު ކައިރާއާ އަމާޒުވެފައިވީ އިރު ފޮތުގައި ބާރަށް ހިފަހައްޓައިގެން ކައިރާ އިނީ އެސްފިޔަ ޖަހާލަން ނޭނގިފައެވެ.

********

” ބޭބެ....".. ކައިރާއަށް މަޑުމަޑުން ގޮވައިލެވުނެވެ. އާޝިޔާގެ ފިރިމީހާ ނާސިހަށް އެންމެ ކުޑައިރުން ފެށިގެން ވެސް ކައިރާ ކިޔަނީ ބޭބެއެވެ. އެއީ އާޝިޔާގެ އިތުރުން ނާސިހް ވެސް ބޭނުންވި ގޮތެވެ. ކައިރާއަށް އޭނާގެ ބައްޕަ ނޫން އެހެން މީހަކަށް ބައްޕަ ކިޔުމަށް މަޖުބޫރުކުރަން އާޝިޔާ ބޭނުން ނުވީއެވެ. އެ އިޚްތިޔާރު އާޝިޔާ ދޫކޮށްލީ ކައިރާގެ އަތްމައްޗަށެވެ.

" ކައި.. ކިހިނެތްވެފަ ތި އިންނަނީ... ކޮބާ މަންމަ...؟....." ނާސިހްގެ މޫނުން ފެންނަމުން ދިޔައީ ހައިރާން ކަމެވެ. އޭނާ ގެއަށް އައީ މިފަދަ މަންޒަރެއް ފެންނާނެ ކަމަކަށް ނޫނެވެ. ކައިރާއަކީ އޭނާގެ އުފަން ދަރިއަކަށް ނުވިޔަސް ކައިރާދެކެ ލޯބި ވަނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ފާއިތުވެދިޔަ އެއްމަސް ތެރޭގައި ރިސޯޓުގައި ހުރިއިރު ވެސް ކައިރާގެ ހުރިހާ ކަމެއް ވެސް ނާސިހް ބެލިއެވެ. އާޝިޔާއާއި ކައިރާދެކެ ނާސިހް ލޯބި ވަނީ ހިތާއި ފުރާނައިންނެވެ. އެހެންކަމުން ކައިރާ އިންގޮތް ފެނިފައި ނާސިހް ނުހަނު ކަންބޮޑުވިއެވެ.

" މި...މި... ކަމެއް ނުވޭ..... ރަށުގަ އުޅުނު އިރު ގެންގުޅުނު އަލްބަމެއް ބަލާފަ ކުޑަކޮށް ރަށް މަތިން މިސްވީމަ ރޮވުނީ....." ކައިރާ ވަގުތުން މޮޅު ވާހަކައެއް ހަދައިލިއެވެ. އެ މޫނުމަތިން ހާސްކަން ނުދައްކައި ވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

" ދަރިފުޅު އަދިވެސް ބޮޑެއް ނުވޭ ދޯ.... އަދި ރަނގަޅުވާނެ މިކޮޅުގަ ގިނަ ދުވަސްވީމަ.... ".... ނާސިހް ކުޑަ ހިނިތުންވުމަކާއެކު ބުނެލިއިރު އެ އަޑުގައި ވަނީ އޯގާތެރިކަމެވެ. ނާސިހަށް ކައިރާގެ ވާހަކަ އެހާ ފަސޭހައިން ޤަބޫލު ކުރެވުނީ ކައިރާއަކީ އަބަދުވެސް އެކަހަލަ ކުދި ކުދި ކަންކަމުގައި ބޮޑާހާކާ ރޯ ކުއްޖަކަށް ވާތީއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ އާޝިޔާއެވެ. ނާސިހް މާލެ އައިކަމެއް އާޝިޔާއަކަށް އަދި ނޭނގެއެވެ. އޭނާ ފިހާރައަކަށް ގޮސްފައި މިހާރު ގެއަށް ދަނީ ކަމުގައި ބުނުމުން ނާސިހްގެ ސިކުނޑިއަށް މޮޅު ޚިޔާލެއް ވެރިވިއެވެ.

" ކައި.. މަންމަ އެބަ އާދޭ މިހާރު ގެއަށް. .. ހިނގާދޯ މަންމަ ސަޕްރައިޒް ކޮށްލަން...." ނާސިހްގެ ޚިޔާލު ކައިރާއަށް ވެސް ވަރަށް ކަމުދިޔައެވެ. ކައިރާ ކައިރީގައި އަންނަން ބުނުމަށް ފަހު ނާސިހު ނިކުތީ ސިޓިންގ ރޫމަށެވެ. ކައިރާއަށް ލިބުނު ކުޑަ ވަގުތުކޮޅުގެ ބޭނުން ހިފީ ނުހަނު ފުރިހަމަ އަށެވެ. ފޯނުން ފޮތުގެ ލިޔެފައިވާ ސަފްހާތަކުގެ ފޮޓޯ ނެގުމަށް ފަހު ކުރިން ވެސް އޮތްތަނަށް ފޮތް ލުމަށްފަހު ނިކުތްއިރު އޭނާ ހުރީ ނުހަނު ހަމަޖެހިފައެވެ.  

އާޝިޔާ އަންނަންވާ އިރަށް ކައިރާއާއި ނާސިހް ފުރިހަމައަށް ތައްޔާރުވިއެވެ. މުޅި ގޭތެރެ އަނދިރި ކޮށްފައި އޮތް އިރު އެތަނަށް ވެރިވެފައި އޮތީ މަރުފަދަ ހިމޭން ކަމެކެވެ. އާޝިޔާ ގެއަށް އައީ އޭގެ އިރުކޮޅެއް ފަހުންނެވެ.

" ކައިރާ...." ގެއަށް ވަތް އިރު އަނދިރިވެފައި އޮތުމުން އާޝިޔާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އަޑެއް ނީވުމުން ކައިރާ ގޭގައި ނެތީއޭ ހިތައި ބޮކި ދިއްލަން ސުވިޗް ޖައްސާލިއެވެ. ނަމަވެސް ބޮކި ނުދިއްލުމުން އާޝިޔާގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އެވަގުތު ބަދިގެއާ ވީ ފަރާތުން އެއްޗެއް ވެއްޓުނު އަޑާއެކު އާޝިޔާގެ ގައިގައިވާ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.

އެކި ތަންތަނުގައި އަތްޖައްސަމުން ގޮސް އާޝިޔާ އަތަށް ފިހިގަނޑު ހެޔޮވަރު ކޮށްލިއެވެ. ގެއަށް ވަގަކު ވަނީކަން ޔަޤީނެވެ. އަންހެނަކަށް ވިޔަސް މިފަހަރު ދުލެއް ނުކުރާނަމޭ އޭނާގެ ހިތަށް އެރިއެވެ. މަޑުމަޑުން އާޝިޔާ މިސްރާބުޖެހީ ބަދިގެއާ ދިމާލަށެވެ. އޭރު އެ އަނދިރިކަމުގެ ތެރެއަށް އޭނާގެ ލޯ ވަނީ ހޭނިފައެވެ.

ސިއްރު ފިޔަވަޅުތަކެއްގައި ގޮސް އާޝިޔާ ބަދިގޭގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ކުއްލިއަކަށް އިވުނު ބުޅަލެއްގެ އަޑާއެކު ބަދިގެ ތެރޭގައި ހުރިމީހާ ފުންމައިގަތީ އާޝިޔާއާ ދިމާލަށެވެ. ބަލާކަށް ނުހުރެ އާޝިޔާ ވެސް ހަޅޭއްލަވަމުން ފިހިގަނޑު މަޅާލީ އަތަށް ލެވުނުހާ ބާރަކަށެވެ. ފިހިގަނޑުން އެމީހާގެ ގައިގައި ޖެހުނުލެއް ބާރުކަމުން ވަގުތުން މުށިތަކުގެ މައްޗައް ވެއްޓުނެވެ. ދެންވެސް އާޝިޔާ ހުއްޓާނުލާ ފިހިގަޑުން ތަޅަމުން ދިޔައީ އެމީހާ ކިޔަމުން ދިޔަ އެއްޗަކަށް ބެލުމެއް ނެތިއެވެ.

ނަމަވެސް ކުއްލިއަކަށް އޭނާގެ ހަރަކަތްތަކަށް މަޑުޖެހުމެއް އައެވެ. މުށިތަކުގެ މަތީގައި ވެއްޓިފައި އޮތް މީހާގެ އަޑު ރަނގަޅަށް ކަންފަތުގައި ޖެހުމުން އާޝިޔާ ގަނޑުވި ކަހަލައެވެ. އެވަގުތު މުޅި ގޭތެރެ އަލިވެގެން ދިޔައިރު އާޝިޔާއަށް ނާސިހު ފެނިގެން ދިޔައެވެ. އޭރު އޭނާ ހުރީ ނާސިހުގެ ގައިގައި ޖަހަން ފިހިގަނޑު މަޅާލި ގޮތަށް ދެލޯ ބޮޑުކޮށްގެން ހަރަކާތް ހުއްޓިފައެވެ.

" ސަޕްރައިޒް "..... އާޝިޔާއަށް ހަމަހޭވެރިކަންވީ ނާސިހު ތެދުވެ އޭނަގެ ގައިގައި ބައްދާލުމުންނެވެ. އޭރު އެލޮލުން އުފާވެރިކަމުގެ ކަރުނަ އަންނަމުން ދިޔައެވެ.

" ކިރިޔާ ސަލާމަތް މިވީ... ކައިވެނިކޮށްގެން 15 އަހަރުވީ އިރުވެސް މަށަށް ނޭނގެ އާޝިޔާއަށް ކަރާޓީ އެނގޭކަމެއް....".. އާޝިޔާ ދެންމެ އުޅުނު ގޮތް ސިފަވުމުން ނާސިހް ބާރަށް ހޭން ފެށިއެވެ. އޭރު ކައިރާ ވެސް ދޮރުމަތީގައި ހުރެ ހެމުން ދިޔައެވެ.

" ހުއް.. ވަރަށް ފޫހިވޭ... މި ދެމީހުންގެ ކަމަކީ މިއީ އަބަދު... ކައި ވެސް މަންމަ ބިރުގަންނަވާފަ ތިހެނީ... "..... ނާސިހު ފެނުމުން އިންތިހާއަށް އުފާވި ނަމަވެސް އާޝިޔާ ހުރީ އެހެން ކުލަވަރެއް ދައްކައިގެންނެވެ.

" ދެން މަންމަ ފޮނި ނުވޭ ބޭބެ އައީމަ.. " ކައިރާ ވެސް އާޝިޔާއާ ދިމާކޮށްލިއެވެ.

" ސަޕްރައިޒް ކިހާ ސަޅި... އެކަމަކު ދެން އާޝިޔާއަށް ސަޕްރައިޒްއެއް ނުދޭނަން...".. ނާސިހް އާޝިޔާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ.

" ތިއީ އަދި ސްޕަރައިޒެއް ނޫން... އަހަރެން ދޭން އުޅޭން ސަޕްރައިޒް އެނގުނީމަ ތި ދެމީހުން ތިބޭނީ އަނގައިން ސޮނި ފައިބައިފަ....."... އާޝިޔާ ސަޕްރައިޒެއް ދޭން އުޅޭވާހަކަ ބުނުމުން ކައިރާއާއި ނާސިހް ވެސް ތިބީ ކެތްމަދުވެފައެވެ.

" މި ގެއަށް އާ މެހެމާނަކު އަންނަނީ...." އާޝިޔާ އެހެން ބުނުމުން ކައިރާއަށް ފުރަތަމަ ނޭނގުނެވެ.

" ތިބުނީ...؟.... މިރޭ މީހަކު އަންނަނީތަ ؟..... ކައިރާގެ މޮޔަ ކަމާ ހުރެ އާޝިޔާއަށް ބޯހޫރާލެވުނެވެ.

" އެ ބުނީ ކައި ދޮންތަ އަކަށް ވާންއުޅެނީ އޭ.... ބޭބެ ބައްޕަ އަކަށް ވަނީއޭ...." ނާސިހް އެހެން ބުނެލިއިރު އެއަޑުގައިވީ އުފާވެރިކަން ސިއްރެއް ނުވެއެވެ. ކައިވެންޏަށް 15 އަހަރުވީ ފަހުން އޭނާ އެ ދުވަހެއް އައުމަށް އެއްމެ ބޭނުންވި ދުވަސް އައީއެވެ. އާޝިޔާ އެ ދިނީ މީހަކު އޭނާއަށް ދޭނެ އެންމެ އުފާވެރި ޚަބަރެވެ.

ކުއްލިއަކަށް ކައިރާ ފުންމައިގަތެވެ. އޭނާ އުޅޭގޮތުން ހީވަނީ ކުޑަކުއްޖެއް ހެނެވެ. ކައިރާ އަބަދުވެސް އޭނާގެ ކޮއްކޮއެއް ނުހުންނާތީ އެ ޝަކުވާ ކުރެއެވެ. އެލީޝާގެ ވެސް ކޮއްކޮއެއް ހުންނާތީ ކައިރާގެ ވެސް ކޮއްކޮއެއް ހުންނަ ނަމައޭ އަބަދުވެސް ހިތަށް އަރައެވެ. ލޯބިން އެކުގައި ކުޅެ ސަކަރާތް ޖަހާނެ ކޮއްކޮއެއް ލިބެން އުޅޭކަން އެނގުމުން ކައިރާ ހުރީ ދުނިޔޭގެ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިފައެވެ.

" އަޅޭ... މަންމަ ތިދިނީ އެންމެ ބެސްޓް ސަޕްރައިޒް.. ކައި ދެން ފޫހިވެގެން އުޅޭކަށް ނުޖެހޭނެ އެންނު.. ކައި ބުނާ ނަމެއް ކޮއްކޮއަށް ދޭނީ.. ބޯއީ އަކަށް ވެއްޖެ ނަމަ އިޝަލް.. ދެން އަންހެން ކުއްޖަކަށް ވެއްޖެނަމަ ނާޔާ... އުހުނ ނާޔާ ނޫން.. އޭރުން ލޯބިން ކިޔާނެ ނަމެއް ނެތް ދޯ... މިޝެލް ކިޔާނީ... ލޯބިން ޝެލީ... " ކައިރާ ހުއްޓައި ނުލާ ވާހަކަ ދައްކަމުން ދިޔައިރު އެ މޫނުމަތިން ފެންނަމުން ދިޔައީ ދުވަހަކު ވެސް ނުފެންނަ ފަދަ އުފާވެރިކަމެކެވެ.

އެ ކުޑަކުޑަ އާއިލާ ފަޅުފިލުވަދޭން އަންނަ ކުޑަ ކުޑަ މެހެމާނާއެކު އެއްމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އެ ތުއްތު ފުރާނަ މި ދުނިޔެއަށް އަންނާނެ ދުވަހަކަށެވެ.

ކައިރާއަށް ލިބިފައިވީ އުފާވެރިކަމާއެކު އޭނާ ކުރަން އުޅުނު ކަންތައް ވެސް ހަނދާން ނެތުނެވެ. ހަޤީޤަތާ ހަމައަށް ވާސިލްވުމަށް ޓަކައި އެހައި ވަގުތު ކުޑަތަން ވީއިރު ތަޤްދީރުގެ ނިޔާ ދެކެބަލާށެވެ. އަނެއްކާވެސް ކައިރާއަށް އޭނާގެ ހަޤީޤަތް ސިއްރުވީއެވެ. ނަމަވެސް އެއީ އޭނާއަށް އެނގުނު ކިހާ މުހިއްމު އެއްޗެއްކަން އެނގޭނެ ނަމައެވެ. ކައިރާއަށް އެ ފޮޓޯތައް ބަލަން ހަނދާންވާނެ ނަމައެވެ.

ނިދުމުގެ ކުރިން ކައިރާ ފޭސްބުކަށް ވަދެލިއެވެ. އޭނާއަށް ފްރެންޑް ރިކުއެސްޓެއް އައިސްފައި އޮތުމުން ބަލައިލިއިރު އެއީ ކިޔާން އެވެ. ކައިރާ އަވަހަށް އެ ރިކުއެސްޓް އެކްސެޕްޓް ކޮށްލިއެވެ. އޭރު އެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުން އިތުރަށް ފުޅާ ވެގެން ދިޔައީ ކިޔާންގެ ފަރާތުން މެސެޖެއް އައުމުންނެވެ. މެސެޖަށް ރިޕްލައި ދޭން ނުކެރިފައި ކައިރާއަށް އިނދެވުނީ އެއަށް ބަލަހައްޓައިގެންނެވެ.

އެހެން އިނުމަށް ފަހު ކައިރާ ވެސް "ހައި" ޖަހާލުމަށް ފަހު ކިޔާންއަށް ރިޕްލައި ކޮށްލިއެވެ. އެހާ ގިނަ އިރުވަންދެން ވާހަކަ ދައްކަން ނުތިބެ ދެމީހުން ވެސް ބާއްޖަވެރި ރޭގަނޑަކަށް އެދެމުން ފޯނު ބޭއްވިއެވެ.

ކިޔާންގެ ޚިޔާލުގައި ވެސް ވީ ކައިރާއެވެ. އޭރު އެ ތުންފަތުގައި ވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނާގެ ރޭވުމާ އެއްގޮތަށް ހުރިހާ ކަމެއް ވެސް ދާތީ ދެން ކުރަންވީ ކަންތައް ހިތުގައި ރާވައިލިއެވެ. ކުރަން އުޅޭ ކަންތަކުގެ ސަބަބުން ކައިރާދެކެ ލޯބި ވެވިދާނެތީ ކިޔާން ޖެހިލުންވިއެވެ. ނަމަވެސް ކައިރާގެ ކިބައިން ބަދަލު ހިފުމަށް ކިޔާން ބޭނުމެވެ.

އާ ދުވަހަކަށް މަރުހަބާކީ ކައިރާގެ ހަޔާތަށް ވެސް ބަހާރު މޫސުން ގެނުވަމުންނެވެ. ހިނދުކޮޅަކަށް ވެސް އެ މޫނުން ހިނިތުންވުން ފިލައި ނުދެއެވެ. ސްކޫލުގައި އިންއިރު ކިޔާންއަށް ވެސް އެކަން ފާހަގަވަމުން ދިޔައެވެ. އިރުއިރުކޮޅާ ކައިރާއާ ދިމާލަށް ބެލެމުން ދިޔައެވެ. ބަލާ ފޫހި ނުވާނޭ ފަދަ ރީތިކަމެކެވެ.

ކައިރާއަށް ލިބިފައިވާ އުފާވެރިކަން އޭނާ އެލީޝާއާ ހިއްސާ ކުރިއެވެ. އެލީޝާ މިހާރު ފުދޭވަރަކަށް ރަނގަޅުވެފައިވާތީ ސްކޫލަށް އައި ކަމުގައި ވެސް އެ މޫނުން އަދިވެސް ވަރުބަލިކަން ފެންނަމުން ދިޔައެވެ.

" ކިޔާން އެބަ ބަލާ ކައިއަށް ވަރަށް ގިނައިން..."... އެލީޝާ މަޑުމަޑުން ކައިރާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ކައިރާ އެލީޝާއާ ދިމާލަށް ފާޑަކަށް ބަލާލަމުން ދެ ކޮނޑު އަރުވާލިއެވެ. އޭނާގެ އަމަލުތަކުން ފަރުވާކުޑަކަން ދައްކަން މަސައްކަތް ކުރިޔަސް އެލީޝާއަށް ސިއްރެއް ނުވިއެވެ.

" ކައި ލައިކް ވޭ ދޯ އަސްލު ކިޔާންދެކެ ؟" ކުއްލިއަކަށް އެލީޝާ ކޮށްލި ސުވާލާއެކު ކައިރާ ލަސްލަހުން އެލީޝާއަށް ބަލައިލިއެވެ.

" ނޫން.. އެލީ ދައްކާ ވާހަކަ ދޯ... ހަހަ... ކިޔާން އެއީ ދެން ކާކު؟...."... ކައިރާ އެލީޝާ ކުރި ސުވާލުގެ ޖަވާބުގެ ދިންއިރު އެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ.

ދުލުން އާނއެކޭ ބުނަން ބޭނުން ވިޔަސް ބުނަން ޖެހިލުންވީއެވެ. އެލީޝާ އެ ކުރީ ކައިރާއަށް ވެސް ޖަވާބު ނޭނގޭ ސުވާލެކެވެ. ހަމަ ގައިމު ވެސް އެހެން ފިރިހެން ކުއްޖެއް ފެނުމުން ނުވާ ގޮތްތައް ކިޔާން ފެނުމުން އޭނާއަށް ވެއެވެ. އަބަދުވެސް އެ ސޫރަ ފެނުމަށް އަބަދު ބޭނުންވެއެވެ. ކިޔާން ފެނުމުން އެ ލިބޭ އުފާވެރިކަން އެއީ ހަމަ އެކުވެރިއެއް ފެނުމުންވާ އުފާ ހެއްޔެވެ ؟ އަނެއްކާ ކައިރާއަށް ނޭނގި އޭނާގެ ހިތް ކިޔާންއަށް ދެވުނީބާއެވެ ؟ އެހެން ވެއްޖެނަމަ ދެން ކަންތައް ވާނީ ކިހިނެއްބާއެވެ ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!