ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

" ޝޭން..."...... ކެބިންގެ ދޮރުމައްޗަށް އެރި ކިޔާން ގޮނޑީގައި ހަރަކާތް ހުއްޓިފައި އިން އިޝާން ފެނުމުން ގޮވައިލީ ހައިރާންވެފައެވެ. ނަމަވެސް އިޝާންއަށް އެ އަޑު އިވުނުހެން ހިއެއް ނުވެއެވެ. އެވަގުތު ކިޔާންގެ ނަޒަރު ހުއްޓުނީ މުށިތަކުގެ މަތީގައި ވެއްޓިފައި އޮތް ކަޅު ކުލައިގެ ފައިލަށެވެ.

**************************************

ކިޔާން ފައިލު ނެގުމުގެ ކުރިން އިޝާން ކުއްލި ހަރަކާތަކާއެކު އެ ފައިލު ނަގައިފިއެވެ. އަދި ގޮސް ކުރިން ވެސް އޮތް ތަނުގައި ފައިލް ބޭއްވުމަށް ފަހު ކިޔާންއާ ކުރިމަތިލި އިރު އެ މޫނުގައިވީ އަސަރުތައް ނުހަނު ކުޅަދާނަކަމާއެކު ފޮރުވައިލައިފިއެވެ.

ރާއީގެ ހަޤީޤަތް ކިޔާންއަށް އަންގަން އިޝާންގެ ވިސްނުމެއް ނެތެވެ. ކިޔާންގެ ތަފާތު މިޒާޖުގެ ސަބަބުން މިފަދަ ބޮޑު ސިއްރެއް އެނގުމުން ޕްރޮޖެކްޓްގައި މަސައްކަތް ކުރުން ހުއްޓައިލަފާނެ ކަމުގެ ބިރު އިޝާންގެ ހިތުގައި އޮތެވެ. ކިޔާންގެ ވިސްނުން އޭނާއާ ތަފާތެވެ. ކިޔާންގެ ވިސްނުމުގައި ރާއީގެ ނަން ބަދަލުކުރުން ކުރުން އެއީ އޮޅުވާލުމަކަށް ވެސް ވެދާނެއެވެ. މިހާރު ވެސް ކިޔާންއާއި ރާއީއާ މެދު އޮތް ގުޅުން އިޝާންއަށް ވަނީ ފެނިފައެވެ.

" ޝޭން.. ޕްރެޖެކްޓު މާދަމާއަށް ނިންމަން ޖެހޭ.. މި ދެދުވަހު ރާއީ ނެތުމުން މަސައްކަތް ލަސްވެފަ އޮތީ.. ގުޅާފަ ބުނޭ އަންނާށޭ... މިކަން ނިންމަންޖެހޭ ކޮންމެ ގޮތެއް ވިޔަސް.. ނޫނީ މި ދެ ކޮމްޕެނީގެ ވެސް އަގު ވެއްޓޭނީ....... މިއަދު ތަންކޮޅެއް ގިނައިރު މަސައްކަތް ކޮށްގެން ވާނީ....."...... ކިޔާން އޭނާ ލައިގެން ހުރި ކޯޓް ބާލަމުން އަޅުވައިލީ ކައިރީގައި ހުރި ބޮޑު ގޮނޑީގައެވެ.

" ކެން ގުޅާ... އަހަރެން އަންނާނަށް އުލް ގޮވައިގެން......."...... ކިޔާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އިޝާން ކެބިން އިން ނުކުމެއްޖެއެވެ.

އިޝާންގެ ފަރާތުން ފެންނަމުން ދިޔަ ތަފާތު މިޒާޖުގެ ސަބަބުން ކިޔާން ކުޑަކޮށް ހައިރާންވިއެވެ. އެއީ އިޝާންގެ ފަރާތުން އޭނާއަށް އަލަށް ފެނުނު މަންޒަރެކެވެ.

އިޝާން ނުކުމެގެން ދިޔުމުން ކިޔާން އިރުކޮޅަކު އެ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ރާއީއަށް ގުޅައިލިއެވެ. ފޯނު ރިންގުވަމުން ގޮސް ކެނޑުނު އިރު ވެސް ޖަވާބެއް ނުދިނުމުން ކިޔާން އަނެއްކާ ވެސް ގުޅަން ފެށިއެވެ.

**********************************

އަތުގައި އޮތް ފޯނު ރިންގުވަމުން ދިޔައިރު ވެސް ކައިރާއަށް އިނދެވުނީއެވެ. ގުޅަމުން ދިޔައީ ކާކުކަމެއް ބެލުމުގެ ވިސްނުމެއް ވެސް އޭނާގެ ނެތްފަދައެވެ. ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށުމުން ކައިރާ ފަރުވާ ކުޑަ ގޮތަކަށް ފޯނަށް ބަލައިލިއެވެ. ކިޔާންގެ ނަން އަރައިފައިވާތަން ފެނުމުން ހިނދުކޮޅަކަށް ކައިރާއަށް އެސްފިޔަ ޖަހާލަން ނޭނގިފައި ބަލަހައްޓައިގެން އިނދެވުނެވެ.

" ރާއީ.....".. ކިޔާން ގޮވާލި އަޑު އިވުމުން ކައިރާއަށް ލޯ މަރާލެވުނެވެ. ކިޔާންގެ ހިމާޔަތާއި އެ އޯގާތެރިކަން ބޭނުންވިއެވެ. އޭނާގެ ހިތުގައި މިހާރު އަޅަމުން ދާ ވޭން އެންމެ ބޮޑަށް އިހްސާސް ކުރެވޭނީ ކިޔާންއަށް ކަން ޔަޤީނެވެ. ކައިރާގެ އެސްފިޔަތައް ފޫއަޅުވާލަމުން ކަރުނަތައް އޭގެ މަޤާމުދޫކޮށް ފައިބަން ފެށިއެވެ.

" ކެން... "...... ހިމޭން ރުއިމުގެ ތެރެއިން ކައިރާއަށް ބޭ އިޚްތިޔާރުގައި ގޮވާލެވުނެވެ. އެ އަޑުގައިވީ ރިހުމެވެ. އިންތިހާއަށް ކިޔާންއަށް ބޭނުންވެފައިވާކަން އެ އަޑުން ހާމަވަމުން ދިޔައެވެ.

ރާއީގެ އަޑު އިވުމާއެކު ކިޔާންއަށް މުޅި ވުޖޫދު ވެސް ކުޑަ ވަގުތުކޮޅަކަށް ހުއްޓުނު ފަދައެވެ. އެ ހިތުގައި ހިފައި މީހަކު ބާރުކުރަމުން ދިޔަފަދައެވެ. ހިތުގައި މަޑު ރިހުމެއް އުފެދިގެން ދިޔައީ ކައިރާގެ ހަނދާން އާވުމުންނެވެ.

ކުއްލިއަކަށް ރާއީގެ މަޑު ގިސްލުމުގެ އަޑު އިވުމުން ކިޔާންއަށް ޚިޔާލުތަކުން ބޭރުވެވުނެވެ. ރާއީއާ މެދު ކަންބޮޑުވެ ހާސްވިއެވެ.

" ރާއީ... ކޮންތާކު......"...... ކިޔާން އަވަސް ފިޔަވަޅުތަކެއްގައި ކެބިންއިން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް އެ ފިޔަވަޅުތައް ހުއްޓުނީ ރާއީ ފޯނު ކަނޑާލުމުންނެވެ. ހިތް އަވަސްވެފައި ހުރެ ކިޔާން ރާއީއަށް ގުޅަން ފެށިއެވެ. ނަމަވެސް ފޯނު ނިއްވާފައިވާ ކަމުގައި ބުނުމުން އެ ހިތް މާޔޫސްވިއެވެ.

ކައިރާ ނޫން އެހެން އަންހެންކުއްޖަކާ މެދު ކިޔާން ދުވަހަކު ވެސް ކަންބޮޑެއް ނުވެއެވެ. އޭނާއަށް އަންނަމުން ދިޔަ ބަދަލުތަކުގެ ފަހަތުގައި ރާއީ ވުމަކީ ކިޔާންއަށް ވެސް ޤަބޫލުކުރަން ދަތިވި ކަމެކެވެ.

އެނބުރި އިޝާންގެ ކެބިންއަށް ވަދެ ކިޔާން ގޮނޑީގައި ހަމަޖެހިލިއެވެ. ނަމަވެސް އޭނާގެ ހިތާއި ނަފްސު ވަނީ ހަލަބޮލިވެފައެވެ. ރާއީގެ އަޑު އަދިވެސް އިވެމުންދާހެން އޭނާއަށް ހީވަނީއެވެ. ކިޔާން އިންތިޒާރު ކުރަމުން ދިޔައީ އިޝާންއާއި އުލްޔާ އަންނާނެ ވަގުތަކަށެވެ. މިއަދު ދެން ރާއީ ނާންނާނެކަން ޔަޤީނެވެ.

ކިޔާންގެ ތަބީއަތު ވެސް ވަނީ ގޯސްވެފައެވެ. ނަފްސު ހަމައަކަށް އެޅުވުމަށް ޓަކައި ގޮނޑީގައި ލެނގިލަމުން ލޯ މަރައިލިއެވެ. އޭރު ހުޅުވައިފައި ހުރި ކުޑަދޮރުން ފިނި ވައިރޯޅިތައް ވަންނަމުން ދިޔައެވެ. ހީވާ ގޮތުން މޫސުން ބަދަލުވަނީއެވެ. މާހައުލަށް ވެރިވެފައިވާ ފިނި ކަމާއި ތެތްކަމުގެ އަސަރު ކެބިން ތެރޭގައި އިންއިރު ވެސް ކިޔާންއަށް އިހްސާސްވެއެވެ. ގިނައިރުތަކެއް ނުވެ ހިމަފޮދު ވާރޭ ވެހެން ފެށިއެވެ. ދުނިޔެ މައްޗަށް ވެރިވެފައި ވަނީ އަނދިރި ކަމެވެ.

ކުއްލިއަކަށް ކިޔާންގެ ނޭފަތުގައި ޖެހުނީ ލުއި މީރުވަހެކެވެ. އެ ވަހުން އެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައިރު ސިކުނޑިއަށް ލުއި ކަމެއް ލިބިގެން ދިޔައެވެ. ބޭއިޚްތިޔާރުގައި އެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އެ އޮތްގޮތަށް އޮތީ އެތަނަށް މީހަކު ނުވަންނާނެކަން އެނގޭތީއެވެ.

ސިއްރު ފިޔަވަޅުތަކެއްގައި އައިސް ކެބިންގެ ދޮރުމައްޗަށް އެރި ކައިރާއަށް ގޮނޑިގައި ހަމަޖެހިލައިގެން އޮތް ކިޔާން ފެނުމުން މަޑު ޖެހެވުނެވެ. ގިނަ ދުވަސްތަކަކަށް ފަހު ކިޔާންގެ އެ ހިތްގައިމު ސޫރަ ގާތުން ފެނުމުން އެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. ހަރަކާތެއް ވެސް ނުކޮށް އޭނާ ހުރީ ކުރެވޭ ކަމަކުން ކިޔާން ލޯ ހުޅުވަފާނެތީއެވެ.

ކައިރާގެ ނަޒަރު ހުއްޓުނީ ކިޔާންގެ މޫނަށެވެ. ރީތި ވަރަކަށް ދިގުވެފައިވާ ތުނބުޅިން އެ ޝަހުސިއްޔަތުގެ ވަރުގަދަކަން ހާމަވަމުން ދިޔައެވެ. ކަޅުކަންގަދަ ބުމައެކެވެ. އެ ތޫނު ދެލޯ ބޯ އެސްފިޔަތަކުން ފޮރުވިފައިވީ ނަމަވެސް އެ ރީތިކަމަށް ފަނޑުކަމެއް ނާދެއެވެ. އެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތަށް ވެރިވެފައިވާ ރީތި ހިނިތުންވުމުން ކައިރާގެ ހިތް ފަތަހަ ކުރަމުންދިޔައެވެ. ނިތްކުރިން ބައެއް އިސްތަށިތައް ވެއްޓިފައި ހުރިއިރު ކައިރާއަށް ހުރެވުނީ އެސްފިޔަ ވެސް ޖަހައިލަން ނޭނގިފައެވެ. އެ ޖާދޫގައި ރަނގަޅަށް ވެސް ޖެހިފައެވެ. އިޚްތިޔާރެއް ނެތި ކައިރާގެ ފިޔަވަޅުތައް ކިޔާންއާ ދިމާލަށް އަޅަން ފެށިއެވެ. ފުދޭ ވަރަކަށް ކައިރިއަށް ދެވުމުން އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ.

ކުއްލިއަކަށް ކައިރާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނީ ކިޔާން ދެލޯ ހުޅުވާލުމުންނެވެ. ކައިރާގެ ބާރު ހަޅޭކުގެ އަޑާއެކު ކިޔާން ވެސް ސިހިގެން ދިޔައެވެ. ކަންފަތުގައި އަތް އަޅަމުން ކިޔާން ގޮނޑިން ތެދުވެއްޖެއެވެ. ކައިރާ ދުއްވައިގަތީ ކިޔާންގެ ކުރިމަތިން އަވަހަށް ރައްކާވުމަށެވެ. ނަމަވެސް ކައިރާއަށް ކެބިންއިން ނުކުމެވުމުގެ ކުރިން ކިޔާން އޭނާ ހުއްޓުވައިފިއެވެ.

އިސްޖަހައިގެން ކައިރާ ހުރި އިރު އޭނާ ވަނީ ކިޔާންއާއި ފާރާ ދެމެދު ތާށިވެފައެވެ. ކުރިއަށް ފިޔަވަޅެއް އެޅޭކަށް ނެތެވެ. އެ މޫނުން ފެންނަމުން ދިޔައީ ވަގަކު ވައްކަން ކުރަން އުޅެނިކޮށް ފަޅައިއެރުމުން ފެންނަ ފަދަ ކުލަވަރެކެވެ. މުޅި މޫނު ވަނީ ރަތްވެފައެވެ.

ރާއީގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރުން ކިޔާންއަށް އޭނާގެ ހުނުން ކޮންޓްރޯލް ކުރުންވީ ދަތިކަމަކަށެވެ. ނަމަވެސް މޫނުން ސީރިޔަސްކަން ވެރިކަން ކޮށްލަމުން ކިޔާން އޭނާގެ ނަޒަރު ރާއީގެ މޫނާ އަމާޒުކޮށްލި އިރު އެ ދެއަތް ވީ ޖީބަށް ޖަހައިލެވިފައެވެ.

" އަހަރެން އެހާ ރީތިތަ ؟..... " ކުއްލިއަކަށް ކިޔާން ކޮށްލި ސުވާލަކުން ކައިރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ އަތްފައި ފިނިވެފައި ވީއިރު ހިތް އާދަޔާ ޚިލާފަށް ތެޅެމުން ދިޔައެވެ. ކިޔާންއަށް އެ ހިތުގެ ތެޅުން އަޑު ނީވޭކަމެއް ވެސް ނޭނގެއެވެ.

ކައިރާ ބަލައިލިއިރު ކިޔާން ހުރީ އެއް ބުމަ އަރުވައިގެން ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެންނެވެ. ކިޔާންގެ ލާނެތްކަން އަދިވެސް ނުފިލަނީތާއޭ ހިތަށް އެރުމުން ކައިރާއަށް ވެސް ހެވިއްޖެއެވެ. ނަމަވެސް އަވަސް އަވަހަށް އެ ހިނިތުންވުން ފޮރުވައިލިއެވެ.

" ހުއް.. މާ ރީތި މީހެއްތަ...؟...... ކައިރާގެ ހިތަށް ވެރިވި ލަފްޒުތައް އަނގައިން ބޭރުވުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. މިހާރު ކިޔާންގެ ހިތަށް އަރާނީ ކީކޭބާއެވެ. ކައިރާ މަޑުމަޑުން ދެލޯ މަރާލީ އަމިއްލަ މޮޔަކަން ހިތަށް އެރުމުންނެވެ.

ކުއްލިއަކަށް އެ ނޭވާ އެތެރެ ހަށީގައި ތާށިވި ކަހަލައެވެ. ކިޔާންގެ ހޫނު ނޭވާ އެ މޫނަށް އެޅެމުން ދިޔައެވެ. އެ ހަށިގަނޑުގެ ހޫނުކަން އިހްސާސް ވަމުން ދިޔުމުން ކައިރާގެ ހިތުގެ ތެޅުން އިހުނަށް ވުރެ ބާރުވެގެން ދިޔައެވެ.

" ރީތި މީހަކަށް ވީމަތާ ކަޅި ޖަހައިނުލާ ބަލަން ހުރީ......"... ކައިރާގެ ކަންފަތް ކައިރީގައި ސިއްރު ސިއްރުން ކިޔާން ބުނެލިއެވެ.

ކުއްލިއަކަށް ކެމެރާގެ ފްލެޝް ކެނޑިގެންދިޔުމާ އެކު ކިޔާންއާއި ކައިރާއަށް އެ ދިމާލަށް ބަލާލެވުނެވެ. އޭރު ހެވިފައި ހުރެ އުލްޔާ އޭނާގެ ފޯނަށް ބަލަމުން ދިޔައެވެ.

" ޝޭން... ޝޭން... ބަލާބަ މި އޮތް ކަމެއް... ނުބައި ގަޑިއެއްގަ މި ވަދެވުނީ... ބޭރަށް ދާންވީ ކަންނޭނގެ....."........ ކެބިންއަށް ވަތް އިޝާންއާއި ދިމާލަށް އުލްޔާ ދިޔައީ ފުމެމުންނެވެ. އޭނާ އުޅެމުން ދިޔަ ގޮތުން ހީވަނީ ކުޑަކުއްޖެއް ހެންނެވެ. އެއާއެކު ކިޔާން އުލްޔާގެ ނަމުން ގޮވާލިއެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީ އުލްޔާ އޭނާގެ ފޯނުން ނެގި ފޮޓޯ އިޝާންއަށް ދެއްކުމަށްފަހު ހޭން ފެށިއެވެ. އުލްޔާއާއި އެއްބައިވެގެން އިޝާން ވެސް ހޭން ފެށުމުން ކައިރާގެ މޫނު ރަތްވެގެން ދިޔައެވެ.

އިޝާން ފެނުމުން ކައިރާއަށް ތަފާތު އިހްސާސެއް ކުރެވިގެން ދިޔައެވެ. އިޝާންއާ މެދު ދެކެމުން ދިޔަ ގޮތް ބަދަލު ވެއްޖެއެވެ. އެއީ އޭނާގެ ކޮއްކޮއެވެ. މިހާރު އޭނާއާ އެއްވަރު ވެފައެވެ. ކައިރާގެ އެދުން ފުރިހަމަ ވެއްޖެއެވެ. ކުޑަ ކޮއްކޮއެއް ލިބުނީއެވެ. ނަމަވެސް އިޝާންއަށް އެކަން އެނގޭބާއޭ ކައިރާގެ ހިތަށް އެރިއެވެ. އެ ޚިޔާލުތަކުގައި ހުރެ ކައިރާ އިޝާންއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

" އޯކޭ... ސީރިއަސް ވޭ ދެން... ދެންމެ އެއީ އެކްސިޑެންޓެއް... ރިތި އެއްޗިއްސަށް ބެލުމުން އެފަދަ ކަންކަން ވާނެ..."........ ނުސީދާކޮށް ކިޔާންގެ އެ ބަސްތައް އަމާޒުކުރީ ކައިރާއަށެވެ. ކައިރާ އެއްޗެކޭ ބުނޭތޯ ކިޔާންގެ ހިތް އެދެމުން ދިޔައެވެ. ނަމަވެސް ކައިރާގެ ހިމޭންކަމުން ކިޔާންއަށް ކުރި ނުލިބޭނެކަން ޔަޤީން ވުމުން އެ ތުންފަތަށް ވެރިވީ މާނަ ފުން ހިނިތުންވުމެކެވެ.

" ޕްރޮޖެކްޓްގެ އެންމެ ފަހު މަސައްކަތް ދެން އޮތީ... އެހެންވީމަ އެންމެން ވެސް ހޮޓެލަށް ދާން ޖެހޭނީ... އެކޮޅުގަ މިހާރު ޓީމް އުޅޭނެ... "....... ކިޔާން ކޮންމެ މީހަކު ކުރަން ޖެހޭ މަސައްކަތްތައް ވަކިވަކިން ކިޔައި ދެމުން ދިޔައެވެ.

ވާހަކަ ދައްކަމުން ދިޔައިރު ވެސް ކިޔާންގެ ނަޒަރު އިރުއިރުކޮޅާ ރާއީއާ އަމާޒުވެއެވެ. މިއަދު ކައިރާއާ މާ ބޮޑަށް ވެސް ވައްތަރެވެ. ލައިގެން ހުރި ދޫ އަބާޔާއާއި އެ މޫނުގައިވީ ސާދާކަން އެއީ ކިޔާންގެ ހިތުގެ ލޮލުގެ ފިނިކަމެވެ. ކުރިން އެ އަޑުގައިވީ ރިހުމެއް މިހާރު ނެތެވެ. އެ މޫނުގައިވީ ހިތްހަމަޖެހުމެވެ. އަޖައިބެއް ފަދަ ކުއްޖެކެވެ.

************************************

މިޝެލް ނިންދަވާލުމަށް ފަހު ކައިރާ ނުކުތްއިރު ޒެވިޔަން އޭނާގެ އިންތިޒާރުގައި ސޯފާގައި އިނެވެ. އެ މޫނުގައިވީ ނުތަނަވަސްކަން އެލީޝާއަށް ފުރަތަމަ ނަޒަރުން ވެސް ފާހަގަ ކުރެވުނެވެ.

" ވަޓްސް ރޯންގް ޒެވް......."...... އެލީޝާ އައިސް ޒެވިޔަން ކައިރީގައި އިށީންނަމުން އަހައިލިއެވެ. ނަމަވެސް ޒެވިޔަން ފަނޑު ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ކަމެއް ނުވާކަމުގައި ބުނެލިއެވެ.

" ޒެވް ތިހެން ބުންޏަސް އަހަރެން ޤަބޫލު ނުކުރާނެކަން އެނގެއެންނު......."....... އެލީޝާ ބުމަ އަރުވާލަމުން ޒެވިޔަންގެ އަތުގައި ހިފައިލިއެވެ. އެއާއެކު ޒެވިޔަން ފުން ނޭވާއެއް ދޫ ކޮށްލިއެވެ.

" އެލީ..... އެލީ ވެސް ދޮގު ހަދާއިރު އަހަރެން ޤަބޫލު ނުކުރާނެކަން އެނގެއެންނު... ދެން ކީއްވެ ؟......".... ޒެވިޔަން އެލިޝާއާ ހަތަރު ކަޅިހަމަކޮށްލިއެވެ.

އެލީޝާގެ މޫނުން ފެނުނީ ހައިރާން ކަމެވެ. ޒެވިޔަން ކިޔާ އެއްޗެއް އޭނާއަށް ފަހުމު ނުވާ ފަދައެވެ.

" މި ދައްކަނީ މިޝެލްގެ ވާހަކަ..... އެއީ ކައިގެ ކުއްޖެއް ނޫން... އަހަންނަށް ނުވިސްނޭ އެލީ އަހަންނަށް ދޮގު ހަދަން ޖެހޭ ސަބަބެއް.. ކެން ކައިރީގަ ވެސް ކައިގެ ކުއްޖެކޭ ބުނީ އެލީ ހަޤީޤަތް ހާމަކުރޭތޯ... އެކަމަކު އެހެނެއް ނުވި.... "......  ޒެވިޔަންގެ އަޑުގައިވީ މޮޅިވެރިކަމެވެ.

" ޒެވް......."....... އެލީޝާ މަޑުމަޑުން ގޮވައިލިއެވެ. ނަމަވެސް ޒެވިޔަން އެލީޝާ ހުއްޓުވިއެވެ. އަދި ކުޑަކޮށް އޭނާއާ ދުރަށް ޖެހިލިއެވެ.

" އެލީ... ކައިވެނި ކުރާ ވާހަކަ މިދައްކަނީ... އެލީ އަހަންނަށް އިތުބާރު ނުކުރާނަމަ މި ކައިވެނި ކުރާނެ ކަމެއް ނެތް... އެލީގެ ތި ބޮޑު ސިއްރު ހިއްސާ ކުރެވޭ ވަރުގެ ގާތް މީހަކަށް އަހަންނަށް ނުވެވުނު... ހަ އަހަރު ދުވަހުގެ ތެރޭގައި ތި ހިތުން ނުހޯދުނު މަޤާމެއް ދެން ވެސް ނުލިބޭނެ... ".... ޒެވިޔަން އެލީޝާއަށް ފަނޑު ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައިވީ ހިތްދަތިކަމެވެ.

" ނޫން.. ޒެވް..."..... އެލީޝާއަށް އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވެނުވެ. ޒެވިޔަން ތެދުވެ އެލީޝާގެ ގައިގައި ބައްދާލުމަށްފަހު ލޯބިން އެ ނިތުގައި ބޮސްދިނެވެ. އަދި ނުކުމެގެން ދިޔައީ އިތުރަށް އެލީޝާއަށް ބަލައިލުމެއް ނެތިއެވެ..

ޒެވިޔަން ހުއްޓުވަން ބޭނުން ވިޔަސް އެލީޝާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ފެން ކަޅިވެފައި އިން އިރު އެ ހިތް ގިސްލާ ރޮމުން ދިޔައެވެ.

 

***************************************

ބުރަ ދުވަހަކަށް ފަހު މަސައްކަތް ނިމުނު އިރު ދަން ވެއްޖެއެވެ. ކައިރާގެ އިތުރުން އެންމެން ވެސް ތިބީ ކުރެވުނު މަސައްކަތާ މެދު ނުހަނު ހިތްހަމަ ޖެހިފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭނޭ އެންމެ ފެންވަރު ރަނގަޅު ހަފްލާކަން ޔަޤީނެވެ.

އެ ބޮޑު ހޯލުގެ ކުޑަ ދޮރުތައް ވަނީ ހުދު ކުލައިގެ ތުނި ފަރުދާތަކަކުން ފޮރުވިފައެވެ. ކޮންމެވެސް ވަރަކަށް ބޭރުގެ އަލިކަން އެ ފަރުދާތަކަށް އެޅިފައި ހުއްޓެވެ. މެދުން ރަން ކުލައިގެ ފަށަކުން އައްސައިލެވިފައިވާ އިރު ތިރިއަށް ސޮހިފައި ހުރި ބައިތައް ބިމުގައި ޖެހިފައި ހުއްޓެވެ. ޖެހެމުން ދިޔަ މަޑު ރޯޅިން އެ ފޮތިތައް ހަރަކާތް ކުރަމުން ދިޔައެވެ.

މައްޗަށް ބަލާލުމުން ފެންނަނީ ބޮޑެތި ޗާންދަލިޔާތަކެވެ. އޭގެ ވިދުން ގަދަވެފައި ޝާހީ ގޮތެއް ވެއެވެ. މުށިތައް ވެސް އޮފުވެފައި ސާފުކަމުން ވިދަމުން ދިޔައެވެ. ހޯލުގެ މެދުގައި ހުރެ ވަށައިގެން އެނބުރިލަމުން ކައިރާ އެތަނުގެ ފުރިހަމަކަން ފެނި ހިނިތުންވެލިއެވެ. އޭނާގެ ކުރެހުމާ އެއްގޮތަށް އެތަން ތައްޔާރު ކުރެވިފައި ހުރިއިރު އެންމެންގެ ތައުރީފު ލިބެމުން ދިޔައެވެ.

" ރާއީ.... އައިމް ސޮރީ... ފުރަތަމަ ދުވަހު ރާއީގެ ހުނަރާ މެދު ޝައްކު ކުރެވުނީތީ.. ޔޫ އާރ ގްރޭޓް... ވަރަށް ފުރިހަމަ......"......... ކިޔާން އައިސް ހުއްޓިލީ ކައިރާގެ ގާތުގައެވެ. ރާއީގެ ކުޅަދާނަ ކަމާ މެދު ކިޔާން ހުރީ ރަނގަޅަށް ވެސް ހައިރާން ވެފައެވެ.

ކިޔާންގެ އެދުމަށް ކައިރާ ގެއަށް ދިޔައީ ކިޔާންގެ ކާރުގައެވެ. އެ ދެމެދުގައި ވާހަކަތަކެއް ނުދެއްކުނަސް ހިނިތުންވުން ބަދަލު ކުރެވެމުން ދިޔައެވެ. ކައިރާގެ ގެ ހުންނަނީ ހިމަ ގޯޅިއެއްގެ ތެރޭގައެވެ. ކާރު މަޑުކޮށްލުމުން ކައިރާ ރޭގަނޑުގެ ސަލާމް ކޮށްލުމަށްފަހު އެ ގޯޅިތެރެއަށް ވަނެވެ. އެ ސޫރަ ގެއްލުމުން ކިޔާން ކާރު ދުއްވައިލީ ގެއަށް ދިޔުމަށެވެ. ނަމަވެސް މާ ދުރަށް ނުދެވެނީސް އޭނާގެ ލޮލުގައި އަޅައިގަތީ ރާއީ އިން ސީޓުގައި އޮތް އަތް ދަބަހެވެ.

ފަހުން ދޭން ހިތަށް އަރާފައި ވެސް އެ ވަގުތު ދަބަސް ހަވާލުކުރަން ކިޔާންގެ ހިތަށް އެރިއެވެ. މިސްރާބު ބަދަލުކޮށްލަމުން ކިޔާން ކައިރާއަށް ގުޅަން ފޯނު ނެގިއެވެ. ނަމަވެސް ގެއާ ކައިރިވުމުން ގުޅާނީ ކަމުގައި ނިންމައި ކިޔާން ފޯނު ބޭއްވިއެވެ. އާދައިގެ ސްޕީޑެއްގައި ކާރު ދުއްވާފައި ގޮސް ކިޔާން ގެއާ ތަންކޮޅެއް ދުރުގައި ކާރު ޕާރކް ކޮށްލިއެވެ. އަދި ރާއީގެ އަތް ދަބަސް ނެގުމަށްފަހު ހިނގައިގަތެވެ.

ނަމަވެސް އޭނާގެ ފިޔަވަޅުތަށް މަޑު ޖެހުނީ އެ ގޯޅިން ރާއީ ނުކުތްތަން ފެނުމުންނެވެ. ދެ ފަރާތް ބަލައިލާ ރާއީ އޭނާގެ އަތުގައި އޮތް މާސްކުން މޫނު ފޮރުވާލުމުން ކިޔާންގެ ދެބުމަ ކައިރިވެގެން ދިޔައެވެ. އޭނާ ހުރި ހިސާބު އަނދިރި ވުމުން ރާއީއަށް އޭނާ ފާހަގަ ނުވީއެވެ.

ރާއީގެ ފިޔަވަޅުތައް އަވަހެވެ. ފަހަތް ބަލާލުމެއް ނެތި ހުރި ސީދަލަށް ހިނގަމުން ދިޔައީ ފަހަތުގައި ކިޔާން ހުރި ކަމުގެ ހިލަމެއް ނެތިއެވެ. ރާއީގެ މިސްރާބު ހުރި ދިމާ ކޮންމެ ވެސް ވަރަކަށް ކިޔާންއަށް ފަހުމު ވާން ފެށިއެވެ. ނަމަވެސް އެ ހިތުގައި ހިނގަމުން ދިޔަ ޝައްކުތައް ތެދު ނުވާނޭކަން އެނގޭތީ ކިޔާން ހުރީ ހިތްހަމަ ޖައްސާލައިގެންނެވެ. ނަމަވެސް ރާއީގެ ހަރަކާތްތަކުން އެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ.

ރާއީގެ ފިޔަވަޅުތައް މަޑުވީ އުސްކޮށް ހުރި ގެއެއްގެ ކުރިމައްޗަށެވެ. ގޭގެ ބޭރުގައި ހުރި ސިޑިތައް އަވަސް ކަމާއެކު ހުރަސްކޮށްލަމުން ރާއީ މަޑުކޮށްލީ ގޭގެ މައި ދޮރު ކުރިމަތީގައެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު ރާއީ މަޑުމަޑުން ބޮލުގައި ޖަހާލިއެވެ. ހީވާ ގޮތުން ދަބަސް ނެތްކަން ހަނދާންވީއެވެ.

ކިޔާންގެ ނަޒަރު އެގެއަށް ހުއްޓުމާއެކު ހިތުގެ ހިނގުން އިރުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވިއެވެ.

ރާއީ ގޭގެ ދޮރުގައި މަޑު މަޑުން ޖަހައިލިއެވެ. ދެތިން ފަހަރު ޖަހައިލުމަށް ފަހު ދޮރާއި ކުޑަކޮށް ދުރުވެލުމަށް ފަހު ވަށައިގެން ބަލައިލިއެވެ. އަދި މޫނުގައި އަޅާފައި އޮތް މާސްކު ނެގިއެވެ. އެ ވަގުތު ގޭގެ ދޮރު ހުޅުވައިލާފައި މީހަކު ނުކުތެވެ. އަނދިރީގެ ތެރެއިން އެމީހާގެ މޫނަށް އަލިކަން ވެރިވީ ރާއީ ހުރި ހިސާބަށް ދެވުމުންނެވެ. އަދިވެސް ކިޔާންއަށް އެ މޫނު ފެންނަވަރެއް ނުވިއެވެ. ރާއީގެ ގައިގައި ބައްދާލުމަށް ފަހު އެ މީހާ ދުރުވިއިރު ކިޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ މޫނު ފެނުމުން ކިޔާންގެ މޫނު ހުދުވެގެން ދިޔައެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ވ.ވ.ރީތި

  2. ކިޔާހިތުން އޮއްވާ އެނިމުނީ…ވ.ވ ރީތި…