ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

ކުއްލިއަކަށް އެލީޝާގެ އަތް މަޑުމަޑުން ދޫވާން ފެށިއެވެ. އެ ހަށިގަނޑުގެ ހަކަތަ ހުސްވެ ޒެވިޔަންގެ ކޮނޑުމަތިން އެއްފަރާތަކަށް އެލީޝާގެ ބޯ އަރިވެގެން ދިޔައެވެ. އޭރު އެލީޝާގެ މޫނު ވަނީ ހުދުވެފައެވެ. އަނގައިން ހުދު ފޮނު ތަކެއް ފައިބަމުން ދިޔައިރު އޭނާގެ ފުން ނޭވާގެ އަޑު އިވެމުން ދިޔައެވެ.

*****

" އެލީ......".. ހާސްކަމާ އެކު ޒެވިޔަން އެލީޝާ ނަގައި އޭނާގެ އުނގުގައި ބާއްވައިގެން ގޮވަމުން ދިޔައެވެ.

" އުލް.. މަންމައަށް ގޮވާބާލަ.. ސަމްވަން ކޯލް .. އެމްބިއުލާންސްއަށް ގުޅާ.. އަވަސް....."..... އިޝާންގެ ހަޅޭކުގެ އަޑާ އެކު އުލްޔާ އަވަސް އަވަހަށް ދުއްވައިގަތީ ނަޝީލާމެންނަށް ގޮވުމަށެވެ.

އޭރު ކައިރާ ހަރަކާތް ހުއްޓިފައި ދުރުގައި ބަލަން ހުރީ އެސްފިޔަ ވެސް ޖަހައިލުމެއް ނެތިއެވެ. އޭނާއަށް އެހާ ތަފްސީލުކޮށް އެލީޝާ ހުއްޓައި އެ ވާހަކަ ދެކެވުމުން ނަފްސު ކުށްވެރިކުރެވެމުން ދިޔައެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު ކައިރާގެ ބަޑި ފަޅައިގެން ދިޔައެވެ. ރޮމުން އެލީޝާއަށް ގޮވަމުން ދިޔައިރު އޭނާ ހިފަހައްޓާލުންވީ ކިޔާންއަށް ވެސް އުނދަގޫ ކަމަކަށެވެ.

އެވަގުތު އުލްޔާގެ ފަހަތުން ހައިކަލްމެން ވެސް އައިސްފިއެވެ. އެލީޝާ ފެނުނު ގޮތަށް މެހެރް ވެސް ރޯން ފެށިއެވެ. ދަރިފުޅު އެ ހާލަތުގައި އޮތުމުން ކޮންމެ ވެސް ކަމެއް ގޯސްވެއްޖެކަން އައިމަންއަށް ވިސްނުނެވެ. އެލީޝާއަށް އެ ފަދަ ގޮތްތަކެއް ވީ އޭޝްގެ މަރާއެކުގައެވެ. އެ ދުވަސްވަރު އެލީޝާއަށް މިފަދަ ކަންކަން ދިމާވީ އެހަނދާން އާވުމުންނެވެ. އެކުދިންގެ މެދުގައި އެ ވާހަކަ ދެކެވުނީކަން އައިމަންއަށް ޔަޤީންވީ އެމީހުންގެ މޫނުތަކުން ފެންނަމުން ދިޔަ ކުލަވަރުންނެވެ.

*****

އެލީޝާ ހޮސްޕިޓަލަށް ގެންދެވި އެމަރޖެންސީގައި ފަރުވާދޭން ފެށިއެވެ.  ކޮޓަރީގެ ދޮރުމަތީގައި ޒެވިޔަން ހިނގާލަހިނގާލާ ހުރިއިރު އޭނާގެ ނަޒަރު އަމާޒުވެފައި ވަނީ އެ ކޮޓަރީގެ ދޮރަށެވެ. ޑޮކްޓަރަކު ނުވަތަ ނަރުހަކު ނުކުންނަ އިރަށް ސުވާލު ކޮށްލައެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ.

ނަޝީލާގެ ކޮނޑުގައި ބޯ އަޅައިގެން އޮތް މެހެރް ވެސް އިރުއިރުކޮޅާ ނޭފަތް ދަމާލާ އަޑު އިވެމުން ދިޔައެވެ. ހައިކަލްއާއި އިޝާންގެ އިތުރުން އައިމަން ވެސް އެމީހުންނާ ޖެހިގެން ތިބިއިރު އެ މޫނުތަކުން ވެސް ފެންނަނީ މާޔޫސީ ކުލަވަރެކެވެ. އެންމެން ވެސް ތިބީ އެކި ދިމާލުގައި ހިމޭންވެފައެވެ. އެކަކު އަނެކަކާ އަނގައިން ބުނުމެއް ވެސް ނެތެވެ. މިޝެލްއާއި ލީސާގެ ގާތުގައި ގޭގައި މަޑުކުރީ އުލްޔާއެވެ. އެހެން ނަމަވެސް އިޝާންއަށް މެސެޖްކޮށް އެލީޝާގެ ހާލު އުލްޔާ އޮޅުން ފިލުވަމުން ދިޔައެވެ.

" ކައި.. އެވްރީތިން އިޒް ގޮއިންގް ޓުބީ އޯކޭ.. އިންޝާﷲ.. އެލީ ރަނގަޅުވާނެ.....".... ތުންފަތަށް މަސްނޫޢީ ހިނިތުންވުމެއް ވެރިކޮށްލަމުން ކިޔާން ކައިރާ ގާތްކޮށްލިއެވެ. އެއް ދިމާލަކަށް ގެއްލިފައި ކައިރާ އިނުމުން އޭނާގެ ސިކުނޑި އެހެން ދިމާލަކަށް އަނބުރައިލާން ކިޔާން ބޭނުންވީއެވެ.

" އައި ތޯޓް ޝީ ވިލްބީ އޯކޭ... އެލީއަށް މިހެން މި ދިމާވީ ކައިގެ ސަބަބުން.. އައި ޝުޑުންޓް ހޭވް ޓޯކްޑް އެބައުތް ދެޓް...".... ކައިރާގެ ލޯ އަނެއްކާ ވެސް ކަރުނުން ފުރިއްޖެއެވެ. އޭނާގެ އަޑު އައީ ކުރެހިގެންނެވެ. އެ ހިތަށް ކޮށްފައިވާ އަސަރު އެ އަޑުން ހާމަވަމުން ދިޔައެވެ. އޭނާގެ ސަބަބުން އެލީޝާއަށް ކުޑަވެސް ގެއްލުމެއް ވެއްޖެ ނަމަ އަމިއްލަ ނަފްސަށް ދުވަހަކު ވެސް މާފެއް ނުކުރެވޭނެއެވެ.

އެމަރޖެންސީ ރޫމްގެ ބޮކި ފެހިކުލައިން ދިއްލުމާ އެކު އެންމެން ވެސް އެ ދިމާއަށް ހިނގައިގަތެވެ.  އިރުކޮޅެއްގެ ތެރޭގައި ޑޮކްޓަރު ނުކުތުމާ އެކު މެހެރް އަވަހަށް ސުވާލުކޮށްލިއެވެ.

" ޝީއިޒް އައުޓް އޮފް ޑޭންޖަރ.. އިރުކޮޅަކުން ވޯޑަށް ބަދަލު ކުރެވޭނެ.... ޔޫ ކޭން ސީހާ ދެން....".... ޑޮކްޓަރު ޒެވިޔަންގެ ކޮނޑުގައި އަތް ބާއްވާލަމުން ހިނިތުންވުމަކާ އެކު ބުނެލިއެވެ.

" އަލްޙަމްދުލިއްﷲ... "..... މެހެރްގެ ލޮލުން އުފާވެރިކަމުގެ ކަރުން ނީރާލިއެވެ. އެލީޝާ ސަލާމަތްވުމުން އެހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމަކާއި ހިތްހަމަ ޖެހުމެކެވެ. އެ ދަރިފުޅު ބީވެއްޖެ ނަމަ މެހެރް މޮޔަވެދާނެއެވެ.

*****

އެސްފިޔަތައް ތަޅުވައިލަމުން އެލީޝާ ލޯ ހުޅުވައިލިއެވެ. މަންޒަރު ފުސްވެފައި ވުމުން ކުޑަކޮށް ލޯ ހަރަކާތް ކޮށްލުމަށް ފަހު އަނެއް ކާވެސް ދެތިން ފަހަރު އެސްފިޔަ ޖަހައިލިއެވެ. އެ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުގައި ބޯ އަޅައިގެން އޮތް ޒެވިޔަންއެވެ. އޭނާގެ އެއް އަތް ލުއިކޮށް އެލީޝާގެ ބަނޑު މަތީގައި ބާއްވާފައި އޮތެވެ.  މަޑުމަޑުން ޒެވިޔަންގެ އިސްތަށިގަނޑުގައި އެލީޝާ ފިރުމާލުމާ އެކު އޭނާ ސިހިފައި ތެދުވިއެވެ. އޭރު އެ ލޮލުގައި ކުޑަ ރަތްކަމެއް ވުމުން ޒެވިޔަން ރޮއެފައިވާކަން އެލީޝާއަށް އެނގުނެވެ.

" އެލީ..... މާފު ކުރާނަންތަ؟......"...... އިސްޖަހައިލުމަށް ފަހު ޒެވިޔަން ބުނެލީ ކުށްވެރިއަކު ފަދައިންނެވެ. އެ އަޑުން ވެސް ޒެވިޔަން ދެރަވެފައިވާ ވަރު އެލީޝާއަށް އިހްސާސް ކުރެވުނެވެ. އެލީޝާ މަޑުމަޑުން ޒެވިޔަންގެ ކޯތާފަތުގައި ފިރުމައިލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ.

" އެލީއާ މެދު ވަރަށް ގޯސްކޮށް އަހަންނަށް ވިސްނުނީ... ޔޫ ޑިޑިންޓް ޑިޒާރވް އެނީ އޮފް ދިސް... މިއަދު އެލީ ގެއްލުނު ނަމަ......."....ޒެވިޔަންއަށް އެހިސާބަށް ބުނެވުމާ އެކު އެލީޝާ އޭނާގެ ތުންފަތުގައި އިނގިލި ޖައްސާލީ އިތުރަށް އެވާހަކަ ނުދައްކާށޭ ބުނުމުގެ ގޮތުންނެވެ.

" އައި ލަވް ޔޫ ސޯ މަޗް އެލީ... އެލީއާ ނުލައި މި ހޭދަ ކުރީ ދިރިއުޅުމުގަ ހޭދަކުރި އެންމެ އުނދަގޫ ދުވަސްތައް.... " އެލީޝާގެ އަތުގައި ބޮސްދެމުން ޒެވިޔަން އޭނާގެ ގައިގައި ބައްދާލީ ދުވަހަކު ވެސް ދޫކޮށްނުދާނަމޭ ބުނާ ފަދައިންނެވެ.

" ވޯހް.. ވޯހް.. ހާދަ ރޮމޭންޓިކޭ ދޯ..... ވަކި ތަނެއް ތަނެއް ނޯވޭ ދޯ...."..... ކުއްލިއަކަށް ކިޔާންގެ އަޑު އިވުމާ އެކު ޒެވިޔަން ސިހިފައި އެލީޝާއާ ދުރަށް ޖެހިލިއެވެ. އެލީޝާގެ މޫނަށް ފިޔާތޮށި ކުލަ ވެރިވެގެން ދިޔައިރު ޒެވިޔަން ރަކި ގޮތަކަށް ހީލިއެވެ.

" ކައި ގާތުން އަހާލީމަ އެނގޭނީ ކެންގެ ރޮމޭންޓިކް ސައިޑް.. ދޯ އެލީ....".... ޒެވިޔަން ހިނިގަނޑެއް ޖަހައިލަމުން ބުނެލީ ކިޔާންގެ ކުރިމަތީގައި ދެރަ ނުވާން ވެގެންނެވެ.

" ކޮބާ ކައި؟....".... ކައިރާ ފެންނަން ނެތުމުން އެލީޝާ ސުވާލުކޮށްލިއެވެ. އެ ވަގުތު ކިޔާން އެއްފަރާތަކަށް ޖެހިލިއިރު އޭނާގެ ފުރަގަހުގައި ކައިރާ އިސްޖެހިފައި ހުއްޓެވެ. ކައިރާ ހުރިގޮތުން އެލީޝާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މި ވަގުތު އެ ހިތުގައި ހިނގަމުން ދާނޭ އިހްސާސްތައް އެނގޭތީ އެލީޝާ ކައިރާއަށް ގޮވައިލަމުން އޭނާގެ ގާތަށް އައުމަށް އަތުން އިޝާރާތް ކޮށްލިއެވެ.

އެލީޝާގެ ގާތުގައި ކައިރާ ހުއްޓިލުމާ އެކު އެލީޝާ އެ އަތުގައި ހިފައިލަމުން ހިނިތުންވެލިއެވެ.

" ތެންކިޔު ކައި.. ކައި އެ ވާހަކަ ނުފެށި ނަމަ އެއްވެސް ކަމެއް ރަނގަޅު ނުވީސް.. އަބަދު އެ ޚިޔާލުތަކުގަ ހުރެވުނީސް.. ޒެވް ދެކެ އިންތިހާއަށް ލޯބިވެ ހުރެ އެ ލޯތްބާ ދުރުގައި ހުންނަން މަޖުބޫރު ވީސް... މިޝެލްގެ ހަޤީޤަތް ވެސް ހާމަނުކުރެވުނީސް... ވަޓް ވިލް އައި ޑޫ ވިތައުޓް ޔޫ ބެސްޓް ފްރެންޑް..؟....."... އެލީޝާގެ ވާހަކަތަކުން ކައިރާގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. އެލީޝާ ގައިގައި ބައްދައިލަމުން ކައިރާ ހިނިތުންވެލިއެވެ.

" ދެން އެލީއަށް ހެޔޮ ވާނެ އަހަރެން ނެތަސް.. ޒެވް ލިބުނީ ވިއްޔާ...."...... ކައިރާ އަނގަޔަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ. އެއާ އެކު ކިޔާން ހޭން ފެށިއިރު އެލީޝާ އިނީ ކައިރާއާ ދިމާއަށް ކަޅި އަޅައިގެންނެވެ.

ދެ ދުވަސް ފަހުން އެލިޝާ ހޮސްޕިޓަލުން ދޫކޮށްލެވުނު އިރު އޭނާގެ ހާލު ވަނީ އެއްކޮށް ރަނގަޅު ވެފައެވެ. ހޮސްޕިޓަލުގައި އެލީޝާ އެކަނިވާނޭ ވަގުތެއް ނާދެއެވެ. އަބަދުވެސް ކޮންމެވެސް ބަޔަކު ގާތުގައި ތިބެ އޭނާ ފޫހިފިލުވައި ދެމުން ދިޔައެވެ.

*****

" ކޮޓެޖް "ގޭގެ ދޮރުމައްޗަށް މަޑުކޮއްލި ކާރުން ފޭބި ހައިކަލް އާއި ނަޝީލާގެ ތުންފަތުގައި ވީ ލުއި ހިނިތުންވުމެކެވެ. އެ ދެމަފިރިންގެ ފަހަތުން ފޭބި އިޝާންއާއި ކައިރާގެ މޫނުން ވެސް އުޖާލާކަން ފެންނަމުން ދިޔައެވެ.

އިޝާންގެ ލޮލުގައި އަޅައިގަތީ ގޭގެ މަތީ ބައިގެ ކުޑަދޮރުން ބޯ ދިއްކޮށްގެން އޮތް އުލްޔާއެވެ. ދެފަރާތަށް ބޯ ހޫރުވައިލަމުން އިޝާން އުލްޔާއަށް އަތުން ހަނާ އެޅުމަށް ފަހު ގޮސް ކައިރާއާ އެއްވަރު ކޮށްލިއެވެ. އޭރު ކައިރާގެ މޫނުގައިވީ ލާނެތް ހިނިތުންވުން ފެނި އިޝާން މޫނު ކުނި ކޮށްލިއެވެ.

ގޭގެ ބެލް ޖަހައިލުމާ އެކު އެތެރެއިން ދޮރު ހުޅުވި އާފްރީންގެ މޫނުގައިވީ ހިތްހެޔޮ ކަމެވެ. އިސްލާމީ ރިވެތި ސަލާމުން ސަލާމްކޮށް އެ އާއިލާއަށް އެގެއަށް މަރުހަބާ ކިޔެވެ.

އާފްރީންގެ ފަހަތުން ގޮސް ހައިކަލްމެންނަށް ނުކުމެވުނީ އެގޭގެ ބޮޑު ސިޓިންގްރޫމަށެވެ. އޭރު ޖިހާދު އެމީހުންގެ އިންތިޒާރުގައި ސޯފާގައި އިނެވެ. ހައިކަލް ފެނުމާއެކު ޖިހާދު ފުޅާ ހިނިތުންވުމާ އެކު އައިސް ކޮނޑާއި ކޮނޑު ޖައްސައިލަމުން ހައިކަލްއާ ސަލާމް ކޮށްލިއެވެ.

" ވަރަށް އުފާވެއްޖެ އިޝާންގެ އާއިލާއާ ބައްދަލުވީމަ.. މިއަދު ހެނދުނުއްސުރެ އުލް އެ އުޅެނީ އިޝާން ނުފެނިގެން... "... ޖިހާދު ލާނެތް ހިނިތުންވުމަކާ އެކު ބުނެލުމުން އިޝާން ރަކި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެ މޫނަށް ވެރިވި ކުލަވަރު ފެނުމުން ޖިހާދު ހިނިގަނޑެއް ޖަހައިލިއެވެ.

" އާފްރީން... އުލް ގޮވައިގެން އާދެބަލަ..... "... ތަބަކެއްގައި ޖޫސް ތަށިތަކެއް އަތުރައިގެން އައި އާފްރީން ފެނުމުން ޖިހާދު ބުނެލިއެވެ. ސޯފާ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ތަށިތައް ބެހެއްޓުމަށް ފަހު އާފްރީން ހިނގައިގަތީ އުލްޔާއަށް ގޮވުމަށެވެ.

ޖިހާދު އާއި ހައިކަލްއާ މެދު ދެކެވެމުން ދިޔައީ ގިނައިން ވިޔަފާރީގެ ވާހަކަތަކެވެ. ހައިކަލްގެ ވިޔަފާރިއާ މިހާރު ހަވާލުވެގެން އުޅެނީ އޭނާގެ ދެދަރިން ކަމުގައި ބުނުމުން އިޝާންއާ މެދު ޖިހާދު އިތުރަށް ހިތްހަމަޖެހުނެވެ. އިޝާންއަކީ އުލްޔާ ބެލެހެއްޓޭނެ ވަރުގެ ޒިންމާދާރު ޒުވާނެއްކަމުގައި ޖިހާދުގެ އިތުރުން އާފްރީން ވެސް ޤަބޫލު ކުރެއެވެ.

އިޝާންގެ ނަޒަރު ހުއްޓުނީ އާފްރީންއާއި ވާހަކަ ދައްކަމުން އައި އުލްޔާއަށެވެ. ދޫކޮށް ހުރި ކަޅު އަބާޔާއާ އެކު އުލްޔާ އަޅައިފައި ހުރީ ވެސް ކަޅު ކުލައިގެ ޝޯލްއެކެވެ. އުލްޔާގެ ރީތިކަން ފެނި އިޝާން އާޝޯހުވެފައި އިންއިރު ޖިހާދު ދައްކަމުން ދިޔަ ވާހަކައެއް ވެސް އޭނާއަކަށް އަޑު ނީވޭ ކަހަލައެވެ.

" ޝޭން... ޝޭން.. އުލްގެ ބައްޕަ ޝޭންއާ ވާހަކަ އެބަ ދައްކައޭ....."..... އިޝާންއަށް ވެފައި އިން ގޮތް ރަނގަޅަށް އެނގިހުރެ ކައިރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާ އެކު އިޝާން ސިހިފައި ޖިހާދުއަށް ބަލައިލިއެވެ. ކައިރާ ގަސްތުގައި އެހެން ހެދުމުން ކައިރާއާ ދިމާލަށް އިޝާން ލޯ ހަނިކޮއްލުމަށް ފަހު ބަލައިލިއެވެ.

" އެހެންވީމަ ކައިވެނީގެ ވާހަކަ ދައްކަމާދޯ... "....... އުލްޔާއާއި އާފްރީން އައިސް ހަމަޖެހިލުމާ އެކު ޖިހާދު ބުނެލިއެވެ. ކައިވެނީގެ އެކި އެކި މަޝްވަރާތައް ކުރެވެމުން ގޮސް ދުވަހެއްގެ ގޮތުގައި ކަނޑައެޅީ އެއް މަސް ފަހެވެ.

ކައިރާއާ ކައިވެނީގެ ހުރިހާ ކަމެއް ހަވާލު ކުރެވުނު އިރު ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހުނީ ކިޔާންމެންގެ ރިޒޯޓެއްގައެވެ.

*****

" ކެން.. ތިހެން ހުއްޓާ މުސްކުޅި ވެދާނެ.. އަވަހަށް ދޮންތިއަށް ޕްރޮޕޯސް ކުރޭ.. ނިކަން އަހަރެން ކައިރިން ދަސްކޮށްބަލަ... ސީދާ ވާން އުޅޭ އަނބިމީހާގެ ބައްޕަ ކައިރިއަށް މި ދިޔައީ...."..... އިޝާން ފޮނިވެފައި ކިޔާން ގާތު ބުނެލިއެވެ.

" ޝޭން ހުރޭ ވާހަކަ ނުދައްކާ... ދޮންތިއަށް ވުރެ ކުރިން މެރީ ކުރެވުނަސް އަދި ޝޭން ބޮޑުވީއެއް ނޫން... "... ކިޔާންއަށް ވުރެ ކުރިން ކައިރާ އިޝާންއަށް ރައްދު ދިނެވެ. އެއާ އެކު ގާތުގައި އިން އުލްޔާ ވެސް ހޭން ފެއްޓިއެވެ.

ތަޒްކީ ރޫފް ޓޮޕްގައި ހަތަރު ޒުވާނުން ތިބި އިރު އެ ދެމެދުގައި ދެކެވެމުން ދިޔައީ އުލްޔާއާއި އިޝާންގެ ކައިވެނީގެ ވާހަކައެވެ.

" ޒެވް ވެސް ބުނި ކައިވެނީގެ ވާހަކަ.. އަދިވެސް މަންމަމެން ކައިރީގަ ނުބުނަމޯ އެކަމަކު.. އަހަރެން ހިތަށް އަރާ ޒެވްގެ މަންމަ ކީކޭ ބުނާނެ ބާއޭ.. ފާޑެއްގެ މީހެއް އެއީ....".... ކިޔާން ހުރީ ޒައިނާއާ މެދު ކަންބޮޑު ވެފައެވެ. ޒެވިޔަންގެ ކައިވެނި އަވަސް ކުރަން ބޭނުން ވިޔަސް މިކަމުގައި ޒައިނާގެ ޚިޔާލު ހުންނާނޭ ގޮތެއް ލަފާ ކުރަން ވެސް އޭނާއަށް ދައްޗެވެ.

އެ ހުރިހާ ވާހަކަތަކެއް ދެކެވުނު އިރު ވެސް ކިޔާން އޭނާއާ ކައިރާގެ ކައިވެނީގެ ވާހަކަ ނުދެއްކުމުން ކައިރާގެ ތަބީއަތު ގޯސްވިއެވެ. މޫނުގައިވީ ހިނިތުންވުން ގެއްލިފައިވީ އިރު އަނގައިން ބުނެލަނީ ވެސް މަދު ފަހަރެއްގައެވެ.

ނަމަވެސް އިސްވެ ކައިވެނީގެ ވާހަކަ ދައްކާކަށް ކައިރާ ބޭނުމެއް ނޫނެވެ. ކިޔާން ބޭނުންވުމުން އެ ކަމާ ގުޅޭ ގޮތުން އޭނާއާ މަޝްވަރާ ކުރާނޭ ކަމުގައި ހިތަށް ވިސްނައި ދެމުން ކައިރާ ތުންފަތަށް މަސްނޫޢީ ހިނިތުންވުމެއް ވެރިކޮށްލިއެވެ.

*****

" އަޒީޒް.. ފާހަގަ ނުވޭތަ މިހާރު ކިޔާން އަބަދުވެސް ހެވިފަ ހުންނަކަން.. އެ މޫނުން ކުރިން ނުފެންނަ އުފާވެރިކަމެއް އެބަފެނޭ މިހާރު... ކެން އަމިއްލައަށް ބުނޭތޯ މި ހުންނަނީ.. އެކަމަކު ކެތްކުރެވޭ ވަރެއް ވެސް ނޫނޭ.. އަހަންނަށް ހީވަނީ ކެން ބޭނުންވި ކުއްޖާ ލިބުނީހެން......."........ މި ދުވަސްވަރު ކިޔާންގެ އުޅުމަށް އައި ބަދަލު ވަރަށް ގާތުން ފެންނާތީ މަލީހާ ހުރީ އެކަމާ ސުވާލު އުފެދިފައެވެ. މީގެ ކުރިން އެ އުފާވެރިކަން މަލީހާ ދެކެފައެއް ނުވެއެވެ.

މަލީހާގެ ވާހަކަތަކާ އެކު އަޒީޒްގެ ސިކުނޑިއަށް ވެރިވީ ކިޔާންގެ އުފަން ދުވަހު އޮފީސް ތެރެއިން ފެނުނު އަންހެން ކުއްޖާއެވެ. އެ ކުއްޖާއަށް ކިޔާން ކައިރާގެ ނަމުން ގޮވީ ގަސްތުގައިކަން އަޒީޒަށް ޔަޤީނެވެ. އެ ދަރިފުޅުގެ ހިތުގައިވީ އެއްޗެއް މަދު ފަހަރެއްގައި މެނުވީ އަޒީޒަށް އޮޅިފައެއް ނެތެވެ.

" އަޒީޒް...."..... މަލިހާ ތަންކޮޅެއް ބާރަށް ގޮވައިލީ އަޒީޒް އެއްޗެކޭ ނުބުނެ ހެވިފައި އިނުމުންނެވެ.

" މަލީއަށް ތި ހީވީ ރަނގަޅަށް.. ކެންއަށް އެ ކުއްޖާ ލިބިއްޖެ..... "...... އަޒީޒްގެ އަޑުގައިވީ ޔަޤީންކަމުން މަލީހާގެ މޫނު އުޖާލާ ވެގެން ދިޔައެވެ. އަވަހަށް އެ އަންހެންކުއްޖާ ދެކިލަން އޭނާ ބޭނުންވިއެވެ. ކިޔާންގެ ހޮވުމެއް ރަނގަޅުވާނެކަން މަލީހާއަށް ޔަޤީނެވެ.

" މޭރީ މިއަދު ގުޅި.. ޗުއްޓީގަ މިކޮޅަށް އަންނަން ބޭނުމޯ ފިރިމީހާއާއި ދަރިފުޅު ގޮވައިގެން... "..... އަޒީޒް ކުއްލިއަކަށް އެކަން ހަނދާންވުމުން ބުނެލިއެވެ. މަލީހާ އެނބުރި އައުމާ އެކު އޭނާގެ އެދުމުގެ މަތިން މޭރީ އޭނާގެ ޤައުމަށް ދިޔައީއެވެ. ދުރުގައި ހުރި ނަމަވެސް އަބަދުވެސް އަޒީޒްއާއި އެ އާއިލާގެ ހާލު މޭރީ އޮޅުން ފިލުވައެވެ. އުމުރުން ދޮށިވި ނަމަވެސް މޭރީ ވެސް މީގެ އެއް އަހަރު ކުރިން ކައިވެނިކޮށް ލޯބި ފިރިހެން ކުއްޖެއް ވެސް ލިބިއްޖެއެވެ.

" އަސްލުތަ.. ވަރަށް އުފާވެރި ހަބަރެއް ތިއީ.. މިހާރު އަމްރު ވެސް ހިނގަން ފަށާނެ ދޯ.....".... މޭރީގެ ދަރިފުޅު އަމްރުގެ ވާހަކަ ދެއްކިއިރު މަލީހާގެ ތުންފަތުގައިވީ ރީތި ހިނިތުންވުމެކެވެ. ނަމަވެސް އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ކިޔާންގެ ތުއްތު ދުވަސްވަރުގައި މަލީހާއަށް އެ ކުއްޖާއާ މެދު އަޅައިނުލެވޭކަން ހަނދާން ވުމުންނެވެ.

" މަލީ ބޭނުމިއްޔާ އަދިވެސް ދަރިއަކު ހޯދޭނެ... ".... މަލީހާގެ މިޒާޖަށް އައި ބަދަލުގެ ފަހަތުގައި ފޮރުވިފައިވީ ސިއްރު އެނގޭތީ އަޒީޒް އޭނާ ހެއްވާލުމުގެ ނިޔަތުގައި ބުނެލިއެވެ. އެއާއެކު މަލީހާގެ މޫނަށް ޖަންބު ކުލަ ވެރިވެގެން ދިޔައެވެ. އުމުރުން ދުވަސް ވިޔަސް އަޒީޒްގެ ލާނެތްކަން ނުކެނޑޭނެއޭ ހިތަށް އެރުމުން އޭނާއަށް ހެވުނެވެ.

*****

" ކެން... އެންމެން ކައިވެނި ކުރަނީ ދޯ...."..... ގެއަށް ދަމުން ކައިރާ އަނެއްކާ ވެސް ކައިވެނީގެ ވާހަކަ ފެށީ ކިޔާން އެއްޗެކޭ ބުނޭތޯއެވެ. ނަމަވެސް ކިޔާން ހަމައެކަނި ހޫމްއެއް އަލުވައިލުމުން ކައިރާގެ ހިތުގައި ޖެހުނެވެ. ކިޔާން ކައިވެނި ކުރަން ބޭނުން ނުވަނީ ބާއޭ ހިތަށް އެރިއެވެ. އެ ޚިޔާލާ އެކު ކައިރާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ނަމަވެސް ފުން ނޭވާތަކެއް ލުމަށް ފަހު ކައިރާ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. އެކަމަކު އިތުރަށް އެއްވެސް އެއްޗެކޭ ބުނަން އޭނާއަކަށް ނުކުރުނެވެ. ގޭގެ ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމާ އެކު ކައިރާ މަޑުކުރުމެއް ނެތި ދުވެފައި ގޮސް އެތެރެއަށް ވަނީ ކިޔާންއަށް ބެލުމެއް ނެތިއެވެ. ކައިރާ ގެއަށް ވަދެ ދޮރު ލެއްޕުމާ އެކު ކިޔާންއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އޭރު އެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމެކެވެ. ކައިރާގެ އެ ޅަކަމެއް ދުވަހަކު ވެސް ނުކެނޑޭނެއޭ ކިޔާންގެ ހިތަށް އެރިއެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް ކައިރާގެ ހިތުގައިވީ ކީކޭކަން ކިޔާންއަށް ވަރަށް ރަނގަޅަށް ވެސް އެނގެއެވެ.

******

ޒެވިޔަން ކެއުމާ ގަޔާ ނުވެ އިންހެން ހީވާތީ ޒައިނާ ދެތިން ފަހަރު ކެއުން ހުއްޓައިލުމަށް ފަހު ޒެވިޔަންއަށް ބަލަހައްޓައިގެން އިނެވެ. ނަމަވެސް ޒެވިޔަންއަށް އެކަން ފާހަގަވިހެން ހީ ނުވާތީ ޒައިނާ އޭނާއަށް ގޮވައިލިއެވެ.

" ލައްބަ.. ކީކޭ މަންމާ...."..... ޒެވިޔަން ސިހުނު ވަރުން އަތުން ސަމުސާ ދޫވެ ތަށިތެރެއަށް ވެއްޓުނު އަޑު ގުގުމައިގެން ދިޔައެވެ.

" މަންމަ މި ކިޔަނީ ޒެވްއަށް މިއަދު ކިހިނެތް ވެފަ ހެއްޔޭ ތި އިންނަނީ.. ކާ އެއްޗެހި މީރެއް ނޫންތަ... "... ޒައިނާ އިނީ ޒެވިޔަންއާ މެދު ކަންބޮޑު ވެފައެވެ.

" ނޫން އެހެނެއް ނޫން.. "...... އެލީޝާގެ ވާހަކަ ބުނަން އަނގަ ހުޅުވި ނަމަވެސް ޒެވިޔަންއަށް އެ ވާހަކަ ކުރިޔަށް ގެންދާނެހާ ހިތްވަރެއް ނުލިބުނެވެ.

" މަންމާ.. އަޅުގަނޑު ވާހަކައެއް ބުނެލަން ބޭނުން........"...... ޒެވިޔަން ޖެހިލުންވެފައި އިނދެ ބުނެލިއެވެ. އިސްޖަހައިގެން އިން ކަމުގައި ވިޔަސް ޒައިނާގެ ނަޒަރު ހުއްޓިފައި ހުރީ އޭނާއަށް ކަން ޒެވިޔަންއަށް އެނގެއެވެ. އެކަމުން އޭނާގެ އަތްފައި ފިނިވަމުން ދިޔައެވެ.

" އަޅުގަނޑު ވަރަށް އަވަހަށް ކައިވެނި ކުރަން ބޭނުން.....".... ޒެވިޔަންގެ ޖުމްލަ އަޑުއިވިފައި ޒައިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒެވިޔަންއާ ޖެހިގެން އިން އޭނާގެ ދޮންތަ ޒާޔާ ވެސް ހައިރާންވެފައި ޒެވިޔަންއަށް ބަލައިލިއެވެ.

" ޒެވިޔަންއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް......".... ޒައިނާގެ އަޑު ބާރުވެގެން ދިޔައެވެ. ކުރިން ވެސް މިހެން ވާނޭކަން ލަފާ ކުރެވިފައި އޮތުމުން ޒެވިޔަން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެލީޝާއަށް ޓަކައި މަންމަގެ ނިންމުން ބަދަލުކުރަން ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް ޒެވިޔަން ހުރީ އެކަމެއް ކުރުމަށް ޓަކައި ތައްޔާރަށެވެ.

" ލައްބަ... އަޅުގަނޑު ވަރަށް ވިސްނާފަ މި ބުނީ.. ހަ އަހަރު ވެއްޖެ އަހަރެން އެލީއާ ރައްޓެހިވެގެން އުޅޭތާ.. މިހާރު އަޅުގަނޑުގެ އުމުރުން ވެސް ސައުވީސް އަހަރު ފުރިއްޖެ.. ކައިވެނި ކުރަން އަވަހެއް ނޫން.. އެލީއަށް ވެސް 23 އަހަރު ފުރިއްޖެ... މަންމަ ބޭނުންވާ ނަމަ އެލީއާ ބައްދަލު ކުރެވިދާނެ......"... ޒެވިޔަން ބެލީ ވީހާވެސް މަޑުމައިތިކަމާ އެކު ވާހަކަ ދެއްކޭތޯއެވެ.

" ތި އެލީއަކާ ބައްދަލުކުރާކަށް އަހަންނެއް ބޭނުމެއް ނޫން.. ޒެވިޔަން ކައިވެނި ކުރާނީ އަހަރެން ބޭނުން މީހަކާ.. އަޑު އިވިއްޖެތަ؟....."...... ޒައިނާ ނުރުހުން ވެފައި ހުރެ ހަރުއަޑުން އޭނާގެ ނިންމުން އިއްވާލިއެވެ. އަދި މަޑު ކުރުމެއްނެތި ނުކުމެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕި ބާރު އަޑުފަށްގަނޑުން ގޭގެ ހަމަހިމޭންކަން ނަގައިލިއެވެ.

" ޒެވް.. މަންމަގެ ގޮތް އެނގެއެންނު... ބައްޕަ ނިޔާވިފަހުން މަންމަގެ އެ ރުޅިގަނޑު މައިތިރި ނުވޭ ގިނަ ފަހަރަށް... ދޮންތަ މަންމައާ ވާހަކަ ދައްކާނަން އިނގޭ... ޒެވް ދެރަ ނުވައްޗޭ........".... ޒައިނާ ކަންތައް ކުރި ގޮތުން ޒާޔާ އިނީ ދެރަވެފައެވެ. އޭނާ ވެސް ކައިވެނި ކުރަން ބޭނުންވި ކުއްޖާއާ ކައިވެނި ނުކުރެވުނީ ޒައިނާގެ ހަރުކަށިކަމާ ނުފޫޒު ގަދަކަމުންނެވެ. ޒައިނާ ބޭނުންވި މީހަކާ ކައިވެނި ކޮށްގެން ޒާޔާއަށް ލިބުނު އުފަލެއް ނެތެވެ. އަހަރެއް ނުވަނީސް އެ ކައިވެނި ރޫޅުނު އިރު އޭގެ ފަހުން ޒާޔާ އެ ހުންނަނީ އަދިވެސް ކައިވެންޏެއް ނުކޮށެވެ.

" ދޮންތަ ކިހިނެތް މަންމަ އެއްބަސް ކުރުވާނީ.. އެކަމަކު ކޮންމެ ގޮތެއް ވިޔަސް އެލީއާ ކައިވެނި ކުރާނަން... އަހަރެން ކައިވެނި ކުރާނެ މީހެއް އެނގޭނީ އަހަންނަށް.. ދޮންތަ ވެސް އޭރު ތަންކޮޅެއް ބޮޑަށް އެކަމުގަ ހިފިނަމަ މަންމައަށް މަޖުބޫރު ވާނެ ގޮތް ދޫކުރަން... "... ޒައިނާ ކަންތައް ކުރި ގޮތުން ޒެވިޔަން ހުރީ ނުހަނު ހިތްހަމަ ނުޖެހިފައެވެ.

" ދެން ތި ވާހަކައެއް ނޫން.. ދޮންތައާ އެލީއާ ދިމާވާނެތަ؟......"..... ޒާޔާ ހިނިއައިސްފައި ހުރެ އަހައިލީ ޒެވިޔަންގެ ތަބީއަތު ރަނގަޅު ކުރުމުގެ ގޮތުންނެވެ.

އެވާހަކައާ ގުޅިގެން ޒެވިޔަންގެ މޫނު މައްޗަށް ކޮންމެވެސް ހިނިތުންވުމެއް ވެރިވި ނަމަވެސް އޭނާގެ ސިކުނޑީގައި އަދިވެސް އެ ޚިޔާލު އެނބުރެމުން ދިޔައެވެ. އެކަމުން އިންތިހާއަށް އުނދަގޫ ވެސް ވަމުން ދިޔައެވެ.

*****

ހިނިތުންވުމެއްގައި ހުރެ ގެއަށް ވަންނަން އައި ކިޔާންގެ ފިޔަވަޅުތައް މަޑުވީ ދޮރުމަތީގައި ހުރި އަޒީޒް ފެނުމުންނެވެ. އަޒީޒްގެ މޫނުގައިވީ އުޖާލާކަމުން ކިޔާންގެ ހިތަށް ފިނިކަން ގެނެސްދިނެވެ. ދިގު ފިޔަވަޅު ތަކެއްގައި ގޮސް ކިޔާން އަޒީޒްގެ ގައިގައި ބައްދައިލިއެވެ.

" ދަރިފުޅު ހާދަ ހެވިފައޭ.... ބައްޕައަށް ތި ހިނިތުންވުމުގެ ފަހަތުގައިވީ މަލިކާ ތައާރަފްކޮށް ނުދޭނަންތަ؟....." އަޒީޒް ކިޔާންގެ އިސްތަށިގަނޑު ހާވާލަމުން ބުނެލީ ލާނެތް ހިނިތުންވުމަކާއެކުގައެވެ.

އަޒީޒް އެހެން ބުނުމުން ކިޔާން އަނގަޔަށް ގޮތެއް ހަދައިލިއެވެ. އެހާ ފާޅުގައި ބައްޕަ އޭނާގެ ހިތުގައި އުފެދިފައިވީ ޖަޒުބާތުތައް ދެނެގަތުމުން ކިޔާން ރަކިވިއެވެ.

" އައްދެ... ބައްޕަ ހާދަ ޝާއިރީ ވެއްޖެއޭ...."........ ކިޔާން ގަސްތުގައި އަޒީޒްގެ ސުވާލަށް ޖަވާބު ނުދީ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން އަޒީޒް ކިޔާންގެ ޓީޝާޓުގައި ހިފައި އޭނާގެ ކައިރިއަށް ގެނެސްފިއެވެ.

" ތިހާ އަވަހަކަށް ނުދެވޭނެއެއްނު... ކުޑަ އިރުވެސް އުޅުނު ގޮތް ހަމަ... ބައްޕައަށް ދަރިފުޅުގެ ގޮތް ވަރަށް ރަނގަޅަށް އެނގެޔޭ..."...... އަޒީޒް ހިނގަނޑެއް ޖަހައިލުމުން ކިޔާން ވެސް އެ ހުނުމުގައި ބައިވެރިވިއެވެ.

" އޯކޭ.. އޯކޭ.. މައްސަލައެއް ނެތް.. އެކަމަކު މަންމަ ކައިރީ ވެސް ބުނަން ޖެހޭނެއެއްނު.. ނޫނީ މައްސަލަ ޖައްސާނެ.....".... ކިޔާން ބަލައިލީ އޭނާގެ ވާހަކަ އަޑު އިވޭ ހިސާބެއްގައި މަލީހާ ހުރިތޯއެވެ.

އަޒީޒް މަލީހާއަށް ގޮވައިލުމުން އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން އައިސް ކިޔާންގެ ބޮލުގައި ފިރުމައިލުމަށް ފަހު ގޮސް އަޒީޒް ކައިރީގައި އިށީނެވެ.

" ސޯ... ބައްޕަ ވަރަށް ބޭނުމޯ އަޅުގަނޑުގެ ހިނިތުންވުމުގެ ފަހަތުގައިވީ މަލިކާ ހޯދަން... ".... ކިޔާންގެ އަޑުގައިވީ ލާނެތް ކަމުން މަލީހާއަށް ވެސް ހެވިއްޖެއެވެ.

" އެ މަލިކާއަކީ ބައްޕަގެ ރައްޓެހި ހައިކަލްގެ އަންހެން ދަރިފުޅު... އައިޝަތު ކައިރާ...."...... ކިޔާން ހިނިތުންވެފައި އިނދެ ބުނެލިއެވެ. އެއާ އެކު މަލީހާއާއި އަޒީޒްގެ މޫނުން ފެނުނީ ހައިރާންކަމެވެ. އެކަކު އަނެކަކަށް ބަލައިލިއިރު ދެމީހުންގެ ލޯ ވަނީ ބޮޑުވެފައެވެ.

" އާޝިޔާގެ ދަރިފުޅުތަ؟......"....... އަޒީޒްގެ އަޑުގައި ތަފާތު ޖޯޝެއް އެކުލެވިގެންވިއެވެ. އަޒިޒްގެ ދުލުން އާޝިޔާގެ ނަން އަޑުއިވުމުން ކިޔާން ވެސް ހައިރާންވިއެވެ. އަޒީޒްއަށް އާޝިޔާ އެނގެންވީ ގޮތެއް ކިޔާންއަކަށް ނުވިސްނުނެވެ.

" ހައިކަލް އަހަންނަށް ހުރިހާ ވާހަކަތަކެއް ވެސް ކިޔައިދޭ... އެކަމަކު ކައިރާ އެނބުރި އައި ކަމެއް ބައްޕައަށް އެނގިފައެއް ނެތް.. އާޝިޔާ ވެސް އައީތަ؟... ހައިކަލް ވަރަށް ލޯބިވާނެ އާޝިޔާ ދެކެ..."...... ކައިރާ އެނބުރި އައިކަން އެނގުމުން އަޒީޒްއާއި މަލީހާގެ މޫނުން ފެނުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެކެވެ. އަދި ކިޔާންގެ ހަޔާތުގެ ބައިވެރިއަކަށް ކައިރާ އިހްތިޔާރު ކުރުމުން އެ އުފާވެރިކަން ދެގުނަ ވިއެވެ.

އަޒީޒް އާޝިޔާގެ ވާހަކަ އެހުމުން ކިޔާން އެވާހަކަތައް އެދެމަފިރިންނާ ހިއްސާ ކުރިއެވެ. އަދި ކިޔާންގެ ހަޔާތުގައި ސިއްރު ކުރެވިފައިވީ ސަފްހާތައް ވެސް އަޒީޒްއާއި މަލީހާ ކުރިމަތީ ނިއުޅުވާލިއެވެ.

*****

އުނދަގޫ ގޮތަކަށް އެލީޝާ ދެލޯ ހުޅުވައިލީ އޭނާގެ ފޯނު ރިންގު ވާ އަޑަށެވެ. ކަންނެތް ކަމާއެކު އެއް ލޯ ހުޅުވައިލަމުން ގުޅަނީ ކާކުތޯ ބަލައިލިއެވެ.

" ޒެވް...؟..".... އެލީޝާ ރަނގަޅަށް ދެލޯ ހުޅުވައިލުމަށް ފަހު ތެދުވެ އޭނާގެ ދިގު އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލިއެވެ. އޭރު އަދި ގަޑިން ފަސް ގަޑި ބައެވެ. ޒެވިޔަން މިފަދަ ގަޑިއެއްގައި ގުޅުމުން އެލިޝާ އޮތީ ހާސްވެފައެވެ.

" އެލީ.. ކަމް އައުޓް... ވަރަށް އަވަސް...".... އެލީޝާ ފޯނު ނެގުމާ އެކު ޒެވިޔަން ބުނެލިއެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑައިލިއެވެ. ހައިރާންވި ނަމަވެސް އެލީޝާ ޒެވިޔަން ބުނިގޮތަށް ތިރިއަށް ދާން ރެޑީ ވިއެވެ. ފާހާނާއަށް ވަދެ ކުޑަކޮށް ތާޒާ ވެލުމަށް ފަހު ލައިގެން ހުރި އަތް ކުރު ޓީޝާޓްގެ މަތިން ދިގު އަބާޔާއެއް ލިއެވެ. އަދި ގޭގައި އަޅަން ގެންގުޅޭ ކުޑަ ބުރުގާއެއް އަޅައިގެން ސިއްރުސިއްރުން ދޮރު ހުޅުވައިލިއެވެ.

އެގަޑީގައި އެއްވެސް މީހަކު ހޭލާ ނޫޅޭނެކަން އެނގޭތީ އެލިޝާ އަވަސްއަވަހަށް ސިޑިން ފޭބުމަށް ފަހު ބޭރަށް ނުކުމެލިއެވެ. ޖައްވުގައި ކޮންމެވެސް ވަރެއްގެ އަލިކަމެއް ވި ނަމަވެސް އިރުގެ ފުރިހަމަ ދޯދިތަކެއް ނެތެވެ. ފަޒާގައި ހިފައިފައި ވަނީ ތެތް ފިނިކަމެކެވެ. އެ ފިނިކަން އިހްސާސް ކުރެވުމުން އެލީޝާ މޭގައި ދެއަތް ހުރަސްކޮށްލަމުން މަގުގެ ދެފަރާތް ހޯދައިލީ ޒެވިޔަން ފެނޭތޯއެވެ. އޭރު ޒެވިޔަން މަގުގެ އެއް ފަރާތުގައި ހުއްޓިލައިގެން ހުއްޓެވެ. އެލީޝާ އިޝާރާތްކޮށްލުމާ އެކު ޒެވިޔަން ލަސްފިޔަޅުތަކެއްގައި އަންނަން ފެށިއެވެ.

ޒެވިޔަން އައިސް މަޑުކޮށްލީ އެލީޝާއާ ދާދި ގާތުގައެވެ. އެ ލޮލުގައިވީ ތަފާތު އިހްސާސެކެވެ.

" އެލީ.. އައިމް ސޮރީ.. މިގަޑީގަ އުނދަގޫ ކުރެވުނީމަ.. އެކަމަކު މިވާހަކަ ނުބުނެ ކެތެއް ނުވި.. އައި ޑޯންޓް ވޯންޓު ހައިޑް ދި ޓްރުތު ފްރޮމް ޔޫ...."....އެލީޝާގެ އަތުގައި ހިފައިލަމުން ޒެވިޔަން އިސްޖަހައިލިއެވެ. ޒެވިޔަން އޭނާއާ ހަތަރުކަޅި ހަމަނުކުރަން އުޅޭކަން އެލިޝާއަށް ފާހަގަކުރެވުނެވެ.

" ކީކޭ ޒެވް ތިކިޔަނީ....".... އެލިޝާގެ ހިތް ނުތަނަވަސް ވަމުން ދިޔަ ނަމަވެސް ހަމަޖެހޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

" ވީ ކާންޓް ޑޫ ދިސް އެނީމޯރ... " ޒެވިޔަންގެ ލޮލުން ފޭބި ކަރުނަ ތިކި ވެއްޓުނީ އެލީޝާގެ އަތަށެވެ. ސިހިފައި އެލީޝާއަށް އަތް ދަމައިގަނެވުނު އިރު އޭނާ ހުރީ ޒެވިޔަން ބުނީ ކީކޭކަން ފަހުމް ނުވެފައެވެ.

" މަންމަ އެއްބަހެއް ނޫން އެލީއާ މެރީ ކުރަން.. މަންމަ އެބަހުރި ކުއްޖަކު ހަމަޖައްސާފަ.. އައި ކާންޓް ގޯ އެގެއިންސްޓް ހާރ.. އައިމް ސޮރީ..."... ޒެވިޔަން އެލީޝާއާ ދެތިން ފިޔަވަޅު ދުރަށް ޖެހިލިއެވެ.

" ޒެވް ... އެކަމަކު ކީއްވެ.. އެހެން ވާންވީ ކީއްވެ.. ޒެވް މަޖާ ކުރަނީ ދޯ..... ހަހަ.. ވެރީ ފަނީ......"...... އެލީޝާ ބާރަށް ހީގަންނަމުން ބުނެލި ނަމަވެސް އެ އަޑުގައިވީ ވޭން ޒެވިޔަންއަށް ސިއްރެއް ނުވިއެވެ. އެލީޝާގެ ލޮލުން ކަރުނަ ފައިބަން ފެށީ ޒެވިޔަން ދެފަރާތަށް ބޯ ހޫރުވާލުމުންނެވެ. ޒެވިޔަން އެފަދަ ސަމާސާއެއް ނުކުރާނެކަން އެލީޝާއަށް ޔަޤީނެވެ.

އޭނާގެ އުއްމީދުތައް ގުޅިފައިވީ ޒެވިޔަން އާއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ހުރިހާ އުއްމީދުތަކާއި ހުވަފެންތަކެއް ފުނޑުފުނޑު ވެއްޖެކަމުގެ އިހްސާސް އެލީޝާއަށް ކުރެވުމުން މޭގައި އަތް އަޅައިލެވުނެވެ.

ޒެވިޔަން އޭނާއަށް ފަސްދީ ދާން ފެށުމުން އޭނަ ހުއްޓުވުމަށް ވެސް އެލިޝާއަށް ހިތްވަރެއް ނުލިބުނެވެ. ކަރުނުން ފުރިފައިވީ ލޮލަކުން ޒެވިޔަންއަށް ނަޒަރު ހުއްޓައިގެން ހުރިއިރު އެ ހިތުގައި ފުނިޖެހިފައިވީ ޝަކުވާއެވެ.

އެލީޝާއަށް ފަސްދިންއިރު ޒެވިޔަންގެ ތުންފަތުގައި ވީ ލާނެތް ހިނިތުންވުމެކެވެ. ސިއްރުސިއްރުން އެލީޝާއަށް ބަލައިލުމަށް ފަހު ޒެވިޔަން އޭނާގެ އަނގަމަތީގައި އަތް އެޅީ ބާރަށް ހެވިދާނެތީއެވެ. އޭރު ވެސް އެލީޝާ ހުއްޓުމެއް ނެތި ރޮމުން ދިޔައިރު އެ ގިސްލުމުގެ އަޑު ފަޒާގައި ހަރުލައިފައި ވެއެވެ.

(ނުނިމޭ)

Ads by Ooredoo
  1. .ވ.ވ.ވ.ރީތި.

  2. ވވވވވވވވވ ރީތީ