ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

ކައިރާ އިސްޖަހައިގެން ހުރީ އެ ޒުވާނާ އިސްވެ ވާހަކަ ފަށަންދެނެވެ. އޭނާގެ ނަޒަރު މިހާރު ހުރީ ކައިރާއާ އަމާޒުވެފައިކަން އެނގުމުން އޭނާގެ އަތްފައި ފިނިވަމުން ދިޔައެވެ. ނަމަވެސް ކައިރާ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. އެއީ ކުރީގެ ކައިރާ ނޫންކަން ހިތަށް ވިސްނައި ދިނެވެ. އޭނާގެ މަޤާމާއި ފެންވަރު ހަނދާން ކޮށްލިއެވެ. ކައިރާގެ ހިތުގައި ކުރިން ނެތް ޖޯޝެއް އާލާ ވެގެން ދިޔައެވެ. އެއާ އެކު އެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިކޮށްލަމުން އިސްއުފުލައި ކުރިމަތީގައި ހުރި ޒުވާނާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

*****

ކުރިމަތީގައި ހުރި އަންހެން ކުއްޖާއާ ހަތަރުކަޅި ހަމަ ކުރެވުމާއެކު އިޝާންގެ ހިތުގައި އެ ސޫރަ ބިންވަޅު ނެގުނެވެ. އެ މޫނުން އެއްޗެއް ދޭހަކުރަން އުޅޭ ފަދައަކުން އިޝާން ބަލަހައްޓައިގެން ހުރިއިރު ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އޭނާއަށް ސިގްނަލެއް ދެމުން ދިޔައެވެ.

ނުހަނު ރީތި ހިނިތުންވުމެއް އެ ކުއްޖާގެ މޫނުން ފާޅުވަމުން ދިޔައިރު އިޝާންއަށް އެ ކުއްޖާގެ ކިބައިން ގާތް ކަމެއް އިހްސާސްވަމުން ދިޔައެވެ. އިޝާންގެ ނަޒަރު ހުއްޓުނީ އެ ކުއްޖާގެ ފުން ކަނޑެއްފަދަ ކަޅުކުލައިގެ ކަޅި އަށެވެ. އެއާއެކު އެ ހިތުގައި ދިއްލުނު އުއްމީދުގެ ހުޅުކޮޅު ފަނޑުވެގެން ދިޔައެވެ.

" އައްސަލާމް އަލައިކުމް...... އިށީނދޭ..... ސޮރީ..... މިހާ ގިނައިރު ކޮޅަށް ބެހެއްޓުނީތީ....... ކޮމްޕެނީގެ އާ ޑިޒައިނިންގ ޑިރެކްޓަރަށް މަރުހަބާ ކިޔަން އުޅުނީ މިހެން ނޫން ..... ދަތުރު ވަރުބަލިވެސް ވެފަ ހުންނާނީ... އެކަމަކު ވެސް  މިކޮޅަށް އަންނަން ބުނީ މިހާރު ފަށަން ހަމަޖެހިފައިވާ ޕްރެޖެކްޓްގެ މީޓިންގްއަށް ކޮމްޕެނީގެ ޑިޒައިނިންގް ޑިރެކްޓަރ ކޮންމެހެން ވެސް ދާން ޖެހޭތީ... އުނދަގޫ ވާނެތަ ކުއްލިއަކަށް ހުރިހާ ކަމެއް މިހާ އަވަހަށް ކުރަން ޖެހުނީމަ... ބްރޭކެއް ނަގާފަ މަސައްކަތަށް ނުކުންނާނީތަ.. ނޫނީ ހަމަ މިއަދުވެސް ފަށާ ގޮތަށް...؟........."..... އެއްވެސް ބީރައްޓެހި އިހްސާސެއް ނުކުރެވޭތީ އިޝާން ހަމަޖެހިލާފައި ގޮނޑީގައި އިށީނދެ ދެ ފަރާތަށް ގޮނޑި އަނބުރާލަމުން ވާހަކަ ދައްކިއެވެ.

" ލައްބަ... މިއަދު ފަށާ ގޮތަށް ހަމަ... އެކޮޅުން އައީ ތައްޔާރު ވެގެން... އެކަމަކު އަޅުގަނޑު ކުޑަ އިރުކޮޅެއް ބޭނުން.. އެއަރޕޯޓުން އައި ގޮތަށް އޮފީހަށް މިއައީ ހަމަ.... ފްރެޝް ވެލައިގެން އަޔަސް ރަނގަޅު ވާނެ ދޯ... މީޓިންގެ ފެށެން ވާއިރަށް އަޅުގަނޑު އަންނާނަން......"........ ކައިރާ އަތުގައި ހުރި ޑޮކިއުމެންޓްސްތައް އިޝާންގެ މޭޒު މަތީގައި ބަހައްޓަމުން ބުނެލިއެވެ.

" މީޓީންގ ފެށޭނީ 2:30 ގަ.. ސޯ މީޓިންގ ފެށުމުގެ ފަނަރަ މިނިޓް ކުރިން އައީމަ ރަނގަޅުވާނެ.... ދެން މި ފައިލްގަ ހުންނާނެ އޮފީހުގެ އާންމު ޤަވާއިދުތަކާއި ސަމާލުކަންދޭންވީ ކަންތައްތައް... އަސްލު ދެން މިހާރު ތިއީ ވެސް ހަމަ މި ކޮމްޕެނީގެ ބޮސްއެއް ... އެހާ ހަރުކަށި ނުވާނެ އެއްވެސް މީހަކަށް.. ވަރަށް އެކުވެރި މާހައުލެއްގަ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރާނީ... އެކަމަކު ވެސް ޤަވާއިދުތައް އެނގިފަ ހުރުން މުހިއްމު ވާނެތާ...." އިޝާން ހިނިތުންވަމުން ކަބަޑުން ނެގި ފައިލް ކައިރާއަށް ދިއްކޮއްލިއެވެ.

ކައިރާ ވެސް ހިނިތުންވެފައި އެ ފައިލުގައި ހިފަހައްޓައިގެން ހުރެ ޝުކުރު އަދާކޮށްފައި ނުކުންނަން ހިނގައިގަތެވެ.

" ވެއިޓް.. އަދި ހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރުވެސް ނަމެއް ހަނދާނެއް ނެތް... ކޮން ނަމެއް ކިޔަނީ... އައިމް އިޝާން... އިޝާން އަހުމަދު ... އަދި ފަހަތަށް ވެސް އަންނާނެ ފުދޭވަރަކަށް ގިނަ ނަންތައް... އެކަމަކު ކިޔާނީ އިޝާން...."....... އިޝާންގެ ވާހަކަ ހުރި ގޮތުން އެއީ މަޖާ މިޒާޖެއްގެ ވެރިއަށްކަން ކައިރާ ދެނެގަތެވެ. އަދި އިޝާންގެ އެ މިޒާޖު ކައިރާއަށް ނުހަނު ކަމުދިޔައެވެ.

" އިޝާން.....".... ކައިރާއަށް އެނަން ކިޔައި ލެވުނެވެ. އޭރު އެ ތުންފަތުގައި ހުރި ފުޅާ ހިނިތުންވުން ފޭދި ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެ މޫނުގެ ކުލަ އޮއްސުނު ގޮތް އިޝާންއަށް ވެސް ފާހަގަ ވެގެން ދިޔައެވެ.

" ކިހިނެތްވީ... އަހަރެންގެ ނަން ހަޑީތަ... އިޝާން ކިޔަން ބޭނުން ނުވަންޏާ ޝޭން ކިޔަސް މައްސަލައެއް ނެތް... މިހާރު މިއީ އެކުވެރިން ކަމަށް ބަލަމާ.. "......... އިޝާން އަނގަޔަށް ގޮތެއް ހަދާލުމުން ކައިރާއަށް އަނެއްކާ ވެސް ހެވިއްޖެއެވެ.

" އޯކޭ ޝޭން... އަހަރެންވެސް ބުނާނީ އެހެންވީމަ ނިކް ނޭމް އެއް... އަސްލު ނަން ކުރުކޮށް ފޮނިކޮށް ... ރާއީ... " ކައިރާ ވެސް އިޝާން ބުނި ރާގުގައި ބުނެލިއެވެ. އެއާއެކު ދެމީހުންނަށް ވެސް ހެވިއްޖެއެވެ.

*****

ކިޔާންގެ މޫނުން މާޔޫސީ ކުލަވަރު ފެނިގެން ދިޔައީ ކުރިމަތީގައި ހުރި އަންހެން ކުއްޖާގެ ނަޒަރު އޭނާއާ އަމާޒުވުމުންނެވެ. ނޭނގި ނަމަވެސް އެ ކުއްޖާއަކީ ކައިރާއަށް ވުމަށް ކިޔާންގެ ހިތް ކުރަމުން ދިޔަ އިންތިޒާރު ފުރިހަމަ ނުވުމުން އެ މޫނު މިލައިގެން ދިޔައެވެ.

" ވަޒީފާއަށް ހޮވިފަ ތިހުރީ... އެކަމަކު މީގެ ފަހުން ތި ސެންޓް ޖަހައިގެން މިތަނަށް އައިސްގެން ނުވާނެ.." ކިޔާން އެ ކުއްޖާގެ މޫނުން ނަޒަރު ވަކި ކޮށްލި ގޮތަށް ނުކުމެގެން ދިޔައީ އިތުރަށް އިސް އުފުލާ ބަލައިލުމެއް ނެތިއެވެ. އޭރު އެ ކުއްޖާ ހުރީ ވެދިޔަ ކަންތައްތަކުން ދެލޯ ބޮޑުވެ ހައިރާންވެފައެވެ. ގުޑިލަން ވެސް ނޭނގިފައި ހުއްޓާ ކިޔާން ކެބިންގެ ދޮރު ޖަހައިލި ބާރު އަޑުފައްގަނޑާއެކު އެ ކުއްޖާއަށް ތެޅިގަނެވުނެވެ.

" މޮޔަ މީހެއްތަ....."........ އަމިއްލަ ނަފްސާ ވާހަކަ ދައްކާލަމުން އެ ކުއްޖާ ފަސްއެނބުރި ބަލައިލިއެވެ.

" އަރީކާ... އަހަރެންގެ ކެބިންގަ ހުރި ކުއްޖާއަށް އޭނަގެ މަސައްކަތް އޮޅުންފިލުވައިދީ.... ބުނޭ އަންނަ ހަފްތާގަ އޮފީހަށް ނިކުންނަން ޖެހޭނެއޭ... ދެން އަހަރެން ބުނި ޕްރެޒެންޓޭޝަން ވަރަށް ފުރިހަމައަށް ތައްޔާރު ކުރާތި.... އޭގެ ޑޮކިއުމެންޓްތައް މެއިލް ކޮށްލާތި... މީޓިންގް ރޫމް ވެސް ރެޑީ ކުރާތި........" ކިޔާން ، ވަގުތީ ގޮތުން ހަމަޖެހިފައި ހުރި އޭނާގެ ސެކްރެޓްރީ އަރީކާއަށް އެ ދުވަހުގެ ތާވަލު ކިޔައިދިނުމަށް ފަހު ހުރިހާ ކަމެއް ވެސް ފުރިހަމައަށް ހުންނަންޖެހޭނެ ކަމުގައި ބުންޏެވެ.

އަރީކާ ކިޔާންގެ އިރުޝާދުތަކަށް ބޯލެނބުމަށް އަވަސްވެގަތެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން އަލަށް ހޮވުނު ސެކްރެޓަރީ އުލްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތަކާއި ވާޖިބުތައް ކިޔައިދޭން ފެށިއެވެ. އޭގެ އިތުރުން ވެސް އޮފީހުގެ ޤަވާއިދުތަކާއި ކޮންމެހެން އެނގިފައި ހުންނަން ޖެހޭ ބައެއް މަޢުލޫމާތުތައް ކިޔައިދެމުން ދިޔައެވެ.

" ކިޔާން ސަރ ވާހަކަ ނުދައްކަނީސް އެއްވެސް ބޭކާރު ވާހަކައެއް ނުދައްކާތި.... ކޮންމެހެން ދައްކަން ޖެހޭ ވާހަކަ އެއް ނޫން އިތުރު ވާހަކަ ދެއްކުމަކީ ކިޔާން ސަރ ވަރަށް ހިތްހަމަ ނުޖެހޭ ކަމެއް... އެ ކެބިންއަށް ވަނުމުގެ ކުރިން އަބަދުވެސް ހުއްދަ ހޯދާތި.... އެންޑް ޑޯންޓް އާސްކް ހިމް އެބައުޓް އެނީތިންގް ޕާސަނަލް.... "...... އަރީކާ ދައްކަމުން ދިޔަ ވާހަކަތަކުން އުލްޔާގެ ހިތުގައި ކިޔާންއާ މެދު ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ.

ފުރަތަމަ ފެނިލުމުން ވެސް އެ ނުރައްކާތެރި ނަޒަރު އުލްޔާއަށް ކަމުގޮސްފިއެވެ. ކިޔާންގެ ހަޔާތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާނޭކަން އުލްޔާއަށް ޔަޤީން ކުރެވުނެވެ.

*****

ކައިރާ ނުކުތުމާއެކު އިޝާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ އަންހެން ކުއްޖާ ދިޔުމުން އެކަނިވެރިކަމެއް އިހްސާސް ވެގެން ދިޔައެވެ. ގޮތް ނޭނގޭ ގުޅުމެއް އެ ދެމެދުގައި އުފެދިއްޖެކަން އިޝާން ދެނެގަތެވެ.

ކައިރާ މޭޒުމަތީގައި ބެހެއްޓި ޑޮކިއުމެންޓްތައް އިޝާން ކަބަޑުން ނެގި ފައިލަކަށް ލުމަށް ފަހު ގޮސް އެއްފަރާތުގައި ބަހައްޓައިފައި ހުރި ހަރުގަނޑުގައި ޖަހައިލިއެވެ.

" ރާއީ...... ".... އިޝާންގެ ދުލުން އެ ނަން ބޭރުވުމާއެކު ލޯ މަރާލަމުން އެ ބޮޑު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލިއެވެ. ނޭނގޭ ސަބަބަކާހުރެ އެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ. ނުހަނު ބޭނުންވާ އެއްޗެއް އަތުން ބީވެގެން ދިޔުމުން ކުރެވޭ ފަދަ އިހްސާސެކެވެ.

" ދޮންތި.. ވެއަރ އާރ ޔޫ....."....... އިޝާންގެ ސިކުނޑީގައި ކުޑަ ކުޑަ ކައިރާގެ ތަސްވީރު ކުރެހިގެން ދިޔައިރު އެ ހިތުގައި ރިއްސާލިއެވެ. މިހާރު ކައިރާ ހުންނާނީ ކިހިނެއް ބާއޭ އިޝާންގެ ހިތަށް އެރިއެވެ. މިހާރު ދޮންތަ ވެސް އަމިއްލަ ދިރިއުޅުމެއް ފަށާފާނެއޭ ހިތަށް އެރުމުން އިޝާންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އެ ހިނިތުންވުމުގައި އެކުލެވިގެން ވަނީ ހިތްދަތިކަމެވެ.

*****

ގޭގެ ބޮޑު ދޮރު ހުޅުވައިލުމަށް ފަހު ކައިރާ އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. ކުރީގެ ހަނދާންތައް ވެރިވުމުން ކައިރާއަށް ހިނިތުންވެވުނެވެ. ނަމަވެސް އެއީ ހިތި ހަނދާންތަކެކެވެ. މެހެރްގެ ގޭގައި އޭނާ ހޭދަކުރީ އުނދަގޫ ދުވަސްތަކެކެވެ. ހަޔާތުގައި ނިމި ދިޔަ އެންމެ ކަޅު ބާބު އޭނާ ހޭދަކުރީ މިގޭގައެވެ. ނަމަވެސް އެ ހަނދާންތައް އައުކޮށް މިއަދު ރޯކަށް ކައިރާ ބޭނުމެއް ނޫނެވެ. އެއީ މާޒީ ކަމުގައި ޤަބޫލުކޮށް އޭނާ އެވަނީ ހަޔާތުގެ ދަތުރު ފަށައިފައެވެ.

ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުންދިޔައިރު ކައިރާގެ ސިކުނޑިއަށް ކިޔާންގެ ޚިޔާލު ވެރިވަމުން ދިޔައެވެ. މި މާހައުލަށް އައީއްސުރެ އެ ހަނދާންތަކުން ކައިރާގެ ހިތް ދިޔައީ ތޮރުފަމުންނެވެ. ލަސްލަހުން ކައިރާ ފަސްއެނބުރި ބަލައިލިއެވެ. އޭރު އޭނާއަށް ހުރެވުނީ ސިޑީގެ މެދެއްހާ ހިސާބުގައެވެ.

މަޑުމަޑުން އޭނާގެ ލޯ ކުރިމަތިން ސިފަވެގެން ދިޔައީ ކިޔާން އޭނާ އަންނަންދެން ސިޑި ކައިރީގައި ހުރި މަންޒަރެވެ. އެ ދުވަހު އެ ތުންފަތުގައިވީ ހިނިތުންވުމެވެ. ކައިރާއަށް ބޭއިޚްތިޔާރުގައި އެ ދިމާއަށް ހިނގައިގަނެވުނެވެ. ނަމަވެސް ސިޑީގެ އެންމެ ތިރީ ހަރުފަތަށް ދެވުމާއެކު އޭނާއަށް ހަމަ ވިސްނުން ލިބުނު ކަހަލައެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ވަށައިގެން ހޯދައިލަމުން ކައިރާ ދުވެފައި ސިޑިން އެރި ގޮތަށް މަޑު ވެސް ކޮށްނުލައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ފެންވަރައި ތާޒާވުމަށް ފަހު އޭނާ ކޮޓަރި ރީތި ކޮށްލިއެވެ. އަދި ފޮށީގައި ހުރި ހެދުންތަކާއި ރީތިވާ ސާމާނު އަދި އެހެން ތަކެތި ވެސް އެ އެއްޗެއް ހުންނަންޖެހޭ ތަންތަނުގައި ބެހެއްޓުމަށް ފަހު ވަރުބަލި ފިލުވައިލުމަށް އެނދުގައި ޖައްސާލިއެވެ.

ވަރުބަލިވި ނަމަވެސް އެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތެވެ. ހިތް އަވަސްވެ އަތްފައި ފިނިވަމުން ދިޔައީ ކީއްވެ ކަމެއް ކައިރާއަކަށް ނޭނގުނެވެ. ފަހަރެއްގައި މިއަދު މީޓިންގ ފެށޭތީ ވާގޮތެކޭ ކައިރާގެ ހިތަށް އެރިއެވެ.

ނަމަވެސް އެހެން ވާންވީ ސަބަބެއް ނެތެވެ. އޭނާ އައީ ނުހަނު ފުރިހަމައަށް ތައްޔާރު ވެގެންނެވެ. ކައިރާ ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ތެދުވީ ގަޑި ޖެހުމުގެ ކުރިން އޮފީހަށް ދާން ފުރިހަމަ އަށް ތައްޔާރުވުމުގެ ނިޔަތުގައެވެ.

*****

" ދެން ތިގޮތަށް އެއްވެސް އެއްޗެކޭ ނުބުނެ އިނީމަ ކިހިނެތް އެނގޭނީ ތި ވެގެން އުޅޭ ގޮތެއް... އަހަރެން މައިންޑް ރީޑް ކުރެވޭހާ މޮޅެއް ނޫން އަދި........."...... އިޝާން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ކުރިމަތީގައި އިން ކިޔާން އާއެވެ.

ކިޔާންގެ އެދުމަކަށް ކޮފީއަކަށް އައިސް އިންނަތާ މިހާރު އެތައް އިރެއް ވެއްޖެއެވެ. ނަމަވެސް އޯޑަރު ކުރި ކޮފީ ހިހޫވި އިރުވެސް ކިޔާން އޭގައި އަތެއް ނުލިއެވެ. އަދި އިޝާންއާ އަނގައިން ވެސް ނުބުންޏެވެ. ކިޔާންގެ މިޒާޖުގައި ހުންނަ ސީރިޔަސް ގޮތްގަނޑު އިޝާންއަށް ސިއްރުވެފައެއް ނެތެވެ.

" ކަމެއް ނުވޭ.... މިއަދު އިންޓަރވިއު ނިންމާލި ގޮތަށް ސިކުނޑި ހާސްވެފަ މި ހުންނަނީ.... ރަނގަޅު ކުއްޖަކު ކުރިމަތިލީ އެއްވެސް ނޫން އަދި......ފާޑެއްގެ ކުއްޖެއް ސެލެކްޓް ކޮށްފަ މިއައީ ....."....... މޭޒު މަތީގައި މަޑުމަޑުން އިނގިލިން ޖަހައިލަމުން ކިޔަން ފޫހި ރާގަކަށް ބުނެލިއެވެ.

" ހޫނ..... މަށަށް ހީވަނީ ރީތި މަންޖެއެއް ނެތީ ކަންނޭނގެ ތި އައި ކުދިން ތެރޭގަ....."...... އިޝާން ހިނގަނޑެއް ޖަހައިލަމުން ބުނެލިއެވެ. އެއާއެކު ކިޔާންގެ ނުރައްކާތެރި ނަޒަރު އޭނާއާ އަމާޒު ވެގެން ދިޔައެވެ.

" މިއަދު މީޓިންގް ވެސް އެބައޮތް އަދި...... އޮފީހުގެ އާ ޑިޒައިނަރ ބައިވެރިވާނެ... އެ މަންޖެ ފެނިފަ ކެން ވެސް މޮޔަވާނެ ކަންނޭގެ... 23 އަހަރުގެ ހޫރު ޕަރީއެއް ... ކެންއާ ގުޅޭނެ ވަރަށް..... ހިމަ ދިގު ރީތި ބުމައެއް... ކަޅު ކުލައިގެ ބޮޑު ކަޅިއެއް... އެ ކުއްޖާގެ އެސްފިޔަތައް ވެސް ނުހަނު ދިގު.... ހެނދުން އަޅާފަ ހުރިގޮތް ވެސް ވަރަށް ތަފާތު......"...... އިޝާން ދައްކަމުން ދިޔަ ވާހަކައާ ކިޔާން އިނީ ގަޔާ ނުވެފައެވެ.

" ޝޭން.... އަހަރެން ލޯބިވާ ކުއްޖަކު ހުންނަކަން އެނގެ އެންނު.... "...... ކިޔާން މަޑުމަޑުން ބުނެލިއިރު އެ ތުންފަތުގައި ވީ ފަނޑު ހިނިތުންވުމެކެވެ.

" ތިކަން އެނގޭ... އެކަމަކު މިހާރު އެ ކުއްޖާ ދިޔަތާ 6 އަހަރު ވެއްޖެއެއްނު..... ކެން ދެކެ ލޯބި ވަންޏާ އޭނަ އަންނާނެ.... އެކަމަކު މި ހުރިހާ ދުވަސްވީއިރު ވެސް ހަބަރެއް ވެސް ނުވޭ..... ކެންގެ ދިރިއުޅުން އެ ކުއްޖާއަށް އިންތިޒާރު ކުރުމުގައި ބޭކާރު ކުރުމުގެ މާނައެއް ނެތް........"....... އިޝާންގެ އަޑުގައި ވެސް މިފަހަރު ސީރިއަސްކަން އެކުލެވިފައި ވިއެވެ.

ކިޔާން އެއްޗެކޭ ނުބުނެ އިން ނަމަވެސް އިޝާން ދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް ޤަބޫލު ކުރެވުނެވެ.

*****

ލޯގަނޑު ކުރިމަތީގައި ހުރެ ކައިރާ ރީތި ވަމުން ދިޔައެވެ. އޭނާ ލައިގެން ހުރީ ތަނބިކައްޓަށް ވުރެ ކުޑަ ތަންކޮޅެއް މައްޗަށް ހުރި ހުދި ކުލައިގެ ދޫ ހެދުމެކެވެ. ހެދުމުގެ އަތުގައި މަޑު އޮރެންޖް ކުލައެއްގެ ތުނި ރޭނދާގަނޑެއް އަޅައިފައިވާ އިރު ހެދުމުގެ މެދުން މަތިން ތިރިއަށް ވެސް އެ ޑިޒައިންގެ ރޭނދާ އަޅައިފައި ހުއްޓެވެ. ހެދުމާ ގުޅޭ ގޮތުން ފުޅާ ހުދު ކުލައިގެ ހަރުވާޅެއް ލައިގެން ހުރިއިރު އަރައިފައި ވަނީ ކުޑަކޮށް އުސް ހުދު ކުލައިގެ ފައިވާނަކަށެވެ. މަޑު އޮރެންޖް ކުލައިގެ ޝޯލް ރީތި ގޮތަކަށް އަޅާލަމުން ކައިރާ ހިނިތުންވެލީ އޭނާ ހިތްހަމަ ޖެހޭ ވަރު ވުމުންނެވެ.

ގޭގެ ދޮރު ރަނގަޅަށް ތަޅުލުމަށް ފަހު ކައިރާ ޓެކްސީއަކަށް ގުޅައިލިއެވެ.

*****

" ކޭ. އެޗް. އޭ. ކޮމެޕެނީގެ ޕާރކިންގް ޒޯނުގައި ކާރު ޕާރކް ކޮށްލުމަށް ފަހު ކިޔާން އާއި އިޝާން ހިނގައިގަތީ އޮފީހާ ދިމާލަށެވެ.

އެވަގުތު ކިޔާންގެ ލޮލުގައި އަޅައިގަތީ އޭނާގެ ކުރިމަތީގައި ހުރެ ސިޑިން އަރަމުން ދިޔަ އަންހެން ކުއްޖާއެވެ. ހެދުން އެޅުމުގެ ވައްޓަފާޅި ނުހަނު ތަފާތެވެ. ޝައުޤުވެރި ނަޒަރަކުން އެ ކުއްޖާއަށް ބަލަހައްޓައިގެން ހުއްޓާ ކުއްލިއަކަށް ކިޔާންގެ ފޯނު ރިންގު ވާން ފެށިއެވެ.

" ޝޭން... އެބަ އަންނަން އެނގޭ......."....... ކައިރާގެ ފިޔަވަޅުތައް މަޑުޖެހިގެން ދިޔައީ ފަހަތުން އިވުނު އަޑުންނެވެ. ހިތުގެ ހިނގުން އަވަސް ވެގެން ދިޔައިރު ކައިރާގެ ކަންފަތަށް އިވުނީ ރަނގަޅަށް ބާއޭ ހިތަށް އަރަމުން ދިޔައެވެ. އެއީ އޭނާއަށް އާ އަޑެއް ނޫނެވެ. އެ އަޑެއް އެހުމަށް ޓަކައި ކައިރާގެ ހިތް ބޭޤަރާރު ވެފައިވާ އަޑެކެވެ. މަޑުމަޑުން ކައިރާ ފަސްއެނބުރި ބަލައިލީ ނުބަލާ ހުންނަން އެ ތެޅިތެޅި އޮތް ހިތަށް އިތުރަށް ކެތް ނުކުރެވުމުންނެވެ. ނަމަވެސް ކިޔާންއަށް އަށް އޭނާ ފެނިއްޖެނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ.

އެވަގުތު އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫ ކޮށްލެވުނީ ފަހަތުގައި ހުރި އިޝާންއާއި އޭނާގެ ކައިރީގައި ހުރި ޒުވާނާ ފެނުމުންނެވެ. ނަމަވެސް ކައިރާގެ ހިތުގައި ރިއްސާލިއެވެ. ކިޔާންގެ އަޑު އިވުނުހެން އޭނާއަށް ހީވީ ކީއްވެހެއްޔެވެ؟

" ރާއީ... ބަރާބަރު ގަޑިއަށް ތި އައީ..... މިއީ އަހަރެންގެ އެސިސްޓެންޓް ވިޝާލް.... ވިޝާލް... މީޓް އަވަރ ނިއު ޑިޒައިނަރ........"....... އިޝާން އޭނާގެ ކައިރީގައި ހުރި ވިޝާލްއަށް ކައިރާގެ ކުޑަ ތަޢާރަފެއް ދިނެވެ.

ވިޝާލްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ކައިރާ ހިނގައިގަތީ އޮފީހަށް ވަނުމަށެވެ. ނަމަވެސް އިޝާން އޭނާ ހުއްޓުވުމަށް ފަހު އިޝާންއާއެކު އައުމަށް ބުންޏެވެ.

" މީޓިންގް އޮތީ ބްލޫސް ކޮމްޕެނީގަ... ވިޝާލް ވިލް ޑްރޮޕް ޔޫ ދެއަރ... އަހަރެން ވެސް ދާނަން އިރުކޮޅަކުން.. ރާއީ އެކޮޅަށް ގޮއްސަ ރެޑީވޭ.......".......... އިޝާން ކައިރާއަށް އޮޅުން ފިލުވައި ދިނެވެ.

ވިޝާލްއާއެކު ސައިކަލުގައި ދިޔަ އަންހެން ކުއްޖާއަށް ކިޔާންގެ ނަޒަރު ވަނީ ހުއްޓިފައެވެ. އެ ކުއްޖާގެ މޫނު ނުފެނުނު ކަމުގައި ވިޔަސް އެއީ ކޭ.އެޗް.އޭ.ގެ އާ ޑިޒައިނަރކަން ކިޔާން ދެނެގަތެވެ.

" އެއީ ރާއީ........"...... ކިޔާންގެ ނަޒަރު ހުއްޓިފައި ހުރީ ކައިރާއަށް ކަން އެނގުމުން އިޝާން ލާނެތް ހިނިތުންވުމަކާއެކު ބުނެލިއެވެ. ކިޔާންއަށް ހިތާހިތުން އެ ނަން ކިޔައި ލެވުނެވެ.

އޮފީހުން ވިޝާލް އާއި ކައިރާއަށް މަރުހަބާކީ އުލްޔާއެވެ. އޭނާއާއެކު މީޓިންގް ރޫމަށް ދިޔައިރު ގިނަބަޔެއްގެ ނަޒަރު ކައިރާއާ އަމާޒުވަމުން ދިޔައެވެ.

އޮފީހަށް އައި އާދަޔާ ޚިލާފު ރީތިކަމެއް ލިބިފައިވާ އަންހެން ކުއްޖާ ފެނުމުން ޒުވާން ފިރިހެން ކުދިންގެ ހިތްތަކަށް ދިރުން ލިބިގެން ދިޔަ ކަހަލައެވެ. ޚާއްސަކޮށް އެ ރީތި ދެލޮލުގައި އަވައިގައި ޖެހުނު މީހުން މަދެއް ނޫނެވެ.

މީޓިންގް ރޫމްގައި ހަމަޖެހިލަމުން ކައިރާ އޭނާގެ ލެޕްޓޮޕް ހުޅުވައިލިއެވެ. އަދި އޭނާ ތައްޔާރު ކޮށްފައިވާ ޕްރެޒެންޓޭޝަން ހުޅުވައިލަމުން ގަޑިއަށް ބަލާލިއެވެ. އުލްޔާގެ ފަރާތުން އެ މީޓިންއަށް ހާޒިރު ވާނީ ހަތް މީހުންކަން ކައިރާއަށް އެނގުނެވެ. ފަސް މީހުން ތިބިއިރު ބާކީ ނާންނަނީ އިޝާންއާއި ބްލޫސް ކޮމްޕެނީގެ ސީ.އީ.އޯ ކަން ވެސް އުލްޔާ ބުނެދިނެވެ.

އޮފީހަށް ވަނީއްސުރެ ކިޔާންގެ ހިތް އާދަޔާ ޚިލާފަށް ތެޅެމުން ދިޔައެވެ. މަޑުމަޑުން މޭގައި ފިރުމާލަމުން ކިޔާން ހަމަ ޖެހެން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ އަތްފައި ވެސް ފިނިވަމުން ދިޔައެވެ.

މީޓިންގްރޫމާ ކައިރިވަމުން ދިޔަ ވަރަކަށް ކިޔާންއަށް އޭނާގެ ނަފްސު ކޮންޓްރޯލް ކުރަން އުނދަގޫ ވަމުން ދިޔައެވެ. އިޝާން ކައިރީގައި އެތެރެއަށް ވަންނަން ބުނެ ކިޔާން ބޭރުގައި އިރުކޮޅަކު މަޑުކޮށްލިއެވެ.

ގަޑި ޖެހެން ފަސް މިނިޓަށް ވެފައި ވަނިކޮށް ދޮރު ހުޅުވައިލުމަށް ފަހު އިޝާން އެތެރެއަށް ވަނެވެ. އެވަގުތު ކައިރާ އިސްއުފުލައި ބަލައިލުމަށްފަހު އިޝާންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

ނަމަވެސް ދެވަނަ ސިކުންތުގައި އެ ތުންފަތުގައިވީ ހިނިތުންވުން ފަނޑުވެ ދެލޯ ބޮޑުވެގެން ދިޔައީ އިޝާންގެ ފަހަތުން ވަތް ޒުވާނާ ފެނުމުންނެވެ.

ކިޔާންއަށް ވެސް އޭނާއާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި އަންހެން ކުއްޖާ ލޮލުގައި އަޅައިގަތެވެ. ހުރި ފިޔަވަޅު މަތީ ގުޑިލަން ވެސް ނޭނގިފައި އޭނާއަށް ހުރެވުނު އިރު ދެ ހިތުގައި ވެސް ހިނގަމުން ދިޔައީ އެއް ޖަޒުބާތު ތަކެކެވެ..

(ނުނިމޭ)

Ads by Ooredoo
  1. ވ.ވ.ރީތި

  2. ️ަ️

  3. ޥ ރީތި