ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

އަލީޝާ ގްރޭޕްސް ފްލެވާރގެ ޖޫގޯއެއް ނަގައިގެން ބޭރަށް ނުކުތީ ފޯނެއް އައުމުންނެވެ. އޭރު ކައިރާ އައިސްކޯން އެއް ނަގައިގެން ރުފިޔާ ހަވާލު ކުރަނީއެވެ. ބޭރުގައި ހުރި އަލީޝާ ސިއްސައިގެން ދިޔައީ ކައިރާ ހަޅޭ ލަވައިގަތް އަޑަށެވެ. ފަސް އެނބުރި ބަލައިލުމާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނީ ކައިރާ ހުރިގޮތް ފެނިފައެވެ. އޭރު ކުރިމަތީގައި ހުރި ޒުވާނާ ވެސް ދެލޯ ބޮޑު ކޮށްގެން ކައިރާއަށް ބަލަން ހުއްޓެވެ.

.......

ކިޔާން އޭނާގެ އެންމެ ގާތް އެކުވެރިޔާއާއެކު ހަވީރު ފިންޏަށް ބޭރަށް ނުކުމެލީ ބޭކާރު ވިސްނުންތަކާ ދުރުވެ ހިތްހަމަ ޖައްސާލުމަށެވެ. ދެ ޒުވާނުން އަމިއްލަ ވާހަކަތަކެއްގައި ތިބެ މަޑުމަޑުން ހިނގަމުން ދިޔައިރު އަންހެންކުދިންގެ ލޯތައް ހުއްޓެމުން ދިޔައެވެ. އަޅި ކުލައަކަށްދާ ޓީޝާޓެއްގައި ކިޔާން ހުރިއިރު ތިރިން ލައިފައިވާ ނޫ ކުލައިގެ ޒަމާނީ ޖިންސާއި ނުހަނު ގުޅެއެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްފައި ހުރިއިރު ތުނިކޮށްފައިވާ ތުނބުޅިއާއި މަތިމަސް އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކުއްލިއަކަށް ކައިރީގައި ހުރި އައިސްކްރީމް ޝޮޕަކުން ނުކުތް ކުއްޖާ އަޅައިގަތީ ކިޔާންގެ ގައިގައެވެ.

އެވަގުތު ވެއްޓެން ދިޔަ އެ އަންހެންކުއްޖާގެ ހަޅޭކުގެ އަޑާއެކު ކިޔާން ހުޝިޔާރުކަމާ އެކު އޭނާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. ހަމަ އެތަންވަޅު އެކުއްޖާ ހަށިގަނޑު ސީދާ ކޮށްލުމަށް ފަހު ވަގުތުން މަޢާފަށް އެދުނެވެ. ނަމަވެސް އެ ކުއްޖާގެ މުޅި މޫނުގައި ހޭކިފައި ހުރި އައިސްކޯން ފެނުމުން ކިޔާންއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

" ކައި..އާރ ޔޫ އޯކޭ؟..".. ބާރު ހިނގުމެއްގައި އައި އެލީޝާ ފެނުމާއެކު ކިޔާން ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ކިޔާންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ހުރީ ކައިރާކަން އެނގުމުންނެވެ.

" ނޯ... އަހަރެންގެ އައިސްކޯން..."... ހީވާ ގޮތުން އޭނާގެ އަމިއްލަ ނަފްސަށް ވުރެ ކައިރާއަށް މުހިއްމުވީ އަތުގައި އޮތް އައިސްކޯނެވެ. ކުއްލިއަކަށް އެއްޗެއް ދޭހަވީ ފަދައިން ކައިރާ ކުރިމަތީގައި ހުރި ޒުވާނާއަށް ބަލައިލިއެވެ.

" ޔޫ..." ކައިރާ މޫނަށް ވެރިވި ހައިރާންކަމާ އެކު ކިޔާންގެ މޫނާ ދިމާލަށް އިނގިލި ދިއްކޮށްލިއެވެ.

" ޔެސް މީ..... އަހަންނަށް ނޭނގެ ނިއުގަރލްގެ މައްސަލައަކީ ކޮބައިކަމެއް... އެކަމަކު މަގޭ ފަހަތުން ނުފިލައިގެން ތިއުޅެނީ ކީއްވެކަމެއް އެނގެން ބޭނުން..." ކިޔާން ކައިރާ ދިއްކޮށްފައިވާ އިނގިލީގައި ހިފައި ތިރި ކޮށްލިއެވެ.

" އައްޗި... މަ އެބައުޅެންތަ ތި ކަހަލަ ގޮތެއް ނެތް ފިރިހެނެއްގެ ފަހަތުން އުޅެން... އެހެން ނޫނަސް އެންމެ ފުރަތަމަ މިތަނަށް އައީ އަހަރެން... ސޯ ޔޫ އާރ ދި ވަން ހޫ އިޒް ފޮލޮވިންގެ މީ މިސްޓަރ ކިޔާން...".... ކިޔާން އޭނާގެ ބޮލުގައި އެޅުވި ދޮގު ތުހުމަތާއެކު ކައިރާގެ އަތް މުށްކެވިގެން ދިޔައިރު އެ ތޫނު ދެލޮލުން ކިޔާން އަންދާލަން އުޅޭ ފަދައެވެ.

" ވޯހް..ވޯހް... ގައިސް ސްޓޮޕް....".... ކިޔާންގެ ކައިރީގައި ހުރި ޒުވާނާ އޭނާގެ އަތުގައި ހިފައި ފަހަތަށް ދަމައިގަތެވެ.

" ޒެވްއަށް ނޭނގެނީ..." .... ކިޔާން އިތުރު އެއްޗެއް ނުބުނެ ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން ކައިރާ އޭނާގެ އަތުގައި ހިފައިގަތެވެ. ކިޔާންގެ އަތްފައި ފިނިވެގެން ދިޔައެވެ. މިއީ ކޮން ކަހަލަ ކުއްޖެއް ހެއްޔެވެ؟ ހަމަގައިމު ވެސް ކައިރާގެ ހަރަކާތްތަކުން ކިޔާން ހައިރާންވަމުން ދިޔައެވެ.

އޭނާގެ ފަރާތުން ފެންނަމުންދާ އާދަޔާޚިލާފު ސިފަތައް ކިޔާންއަށް ފާހަގަ ވަމުން ދިޔައެވެ. ކައިރާގެ ޢަމަލުތަކުގައި ވަނީ މަޢުސޫމު ކަމެވެ. ކިޔާންއާ ވާހަކަ ދައްކާއިރު ގެންގުޅޭ ރުޅިވެރި ގޮތާއި ފަރުވާކުޑަ ޢަމަލުތައް ކިޔާންއަށް ކަމުދާން ފެށިއެެވެ. ނަމަވެސް ކައިރާގެ ކިބައިން މިހާ ކެރުންތެރިކަން ފެނުމުން ކިޔާންއަށް ހަޖަމުކުރަން ވެސް ދަތިވިއެވެ.

ކައިރާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. " ބުނަން... އަދި ތިހެނެއް ނުދެވޭނެ..." ... ކައިރާ އޭނާގެ އަތުގައި ހުސްވެފައި އޮތް އައިސްކޯނު ދައްކައިލިއެވެ. އޭނާގެ ބޭނުން ކިޔާންއަށް އެނގުމާ އެކު ދެފަރާތަށް ބޯ ހޫރާލެވުނީ ކައިރާގެ މޮޔަކަން ހިތަށް އަރާފައެވެ.

" އަހަރެންގެ އަތުން ދޫ ކުރީމަ ދޯ ގަނެދެވޭނީ....."....  ކިޔާން އޭނާގެ އަތަށް އިޝާރާތް ކޮށްލުމާ އެކު ކައިރާ ވަގުތުން ދޫކޮށްލިއެވެ.

" އަމްމް.. ކައި އަދިވެސް މޫނުގަ.....".... އެލީޝާ އޭނާގެ މޫނުގައި އައިސްކްރީމް ހޭކިފައިވާކަން ހަނދާން ކޮށްދިނުމުން ކައިރާ ޓިޝޫ އަކުން މޫނު ސާފުކޮށްލިއެވެ.

އޭރު ކިޔާން އައިސްކްރީމް ގަނެގެން އައިސް ކައިރާ މޫނު ސާފުކޮށް ނިމޭނެ ވަގުތެއްގެ އިންތިޒާރުގައި ހުއްޓެވެ. " ތޭންކްސް...." ފުރަތަމަ ފަހަރަށް ކައިރާގެ އުފާވެރި ހިނިތުންވުން ފެނުމުން ކިޔާންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ކިޔާންގެ ފުން ނަޒަރު ހުއްޓިފައިވީ ކައިރާއަށެވެ. ލައިފައިވާ ދޫ އަބާޔާގައި ކައިރާގެ ރީތިކަމަށް އޭނާއަށް ހިތާހިތުން ތަޢުރީފް ކޮށްލެވުނެވެ.

" ބްރޯ...."... ކައިރާގެ ޖާދޫގައި ޖެހިފައިހުރި ކިޔާން ސިހިގެން ދިޔައީ ޒެވިޔަން އޭނާގެ ކޮނޑުގައި ޖަހައިލުމުންނެވެ.

" އާނ..ކީކޭ...".... ޒެވިޔަން އާއި އެލީޝާ ފާޑަކަށް ހެވިފައިތިބުމުން ކިޔާން ކުޑަކޮށް ރަކިވިއެވެ. ނަމަވެސް އެކަން ފޮރުވުމަށް ޓަކައި އިސްތަށިގަނޑުގައި އަތް ހިންގާލަމުން ފޯނާ ކުޅެން ފެށިއެވެ. ކިޔާން ބަލަހައްޓައިގެން ހުރިކަން ކައިރާއަށް ނޭނގުނީ އޭނާ އައިސްކޯނަށް ހުސްވެފައި ހުރިވަރުންނެވެ.

" ސޯ.. އަހަރެން ބުނީ ހިނގާށޭ ހަތަރު މީހުން އެއްކޮށް އާޓިފިޝަލް ބީޗަށް ދާން.. ގްރޫޕް ބޮޑުވީމަ މަޖާވެސް ވާނެ...."... ޒެވިޔަން އަނެއްކާ ވެސް ތަކުރާރު ކޮށްލިއެވެ. އެ ޚިޔާލަށް އެލީޝާ ތާޢީދު ކުރި ނަމަވެސް ކިޔާން އާއި ކައިރާ އެއްބަސް ކުރެވުނީ ވަރަށް އުނދަގުލުންނެވެ. އާޓިފިޝަލް ބީޗުގައި ހަދާފައިވާ ހަޓުތަކުން ހަޓެއްގައި ހަތަރު މީހުން ހަމަޖެހިލިއެވެ. ޖެހެމުން ދިޔަ ފިނި ރޯޅިއާ އެކު އެންމެންގެ މޫނު މަތިން ވެސް ހިނިތުންވުން ފެންނަމުން ދިޔައެވެ. މޫދަށް އެރި އުޅޭ އެކި އުމުރުފުރައިގެ މީހުން ފެނުމުން ކައިރާ ވެސް ތެދުވެގެން މޫދާ ދިމާއަށް ދާން ފެށިއެވެ.

އަރައިގެން ހުރި ބޫޓު ބޭލުމަށް ފަހު އެއް އަތުން ބޫޓު ހިފަހައްޓައިގެން ހުރެ އަނެއް އަތުން ހެދުމުގެ ފަސްބައި ކުޑަކޮށް ހިއްލައިލިއެވެ. ރާޅުފެނުގައި ފައިތިލަ ޖެހުމާ އެކު ކައިރާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން އިތުރަށް ފުޅާ ވެގެން ދިޔައެވެ. ލޯ މަރާލުމަށްފަހު ކައިރާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

ދުރުގައި ކައިރާގެ ހަރަކާތްތަކަށް ބަލަން ކިޔާން އިން އިރު ޒެވިޔަން އާއި އަލީޝާ އަމިއްލަ ވާހަކަތަކެއްގައި ތިއްބެވެ. ދެމީހުން ވެސް އެކަކު އަނެކަކާ ބެހޭގޮތުން އިތުރަށް އޮޅުން ފިލުވަމުން ދިޔައިރު ފޯން ނަމްބަރު ވެސް ބަދަލު ކުރެވުނެވެ.

ކިޔާން އޭނާގެ ފޯނުން ކައިރާގެ ފޮޓޯއެއް ސިއްރުސިއްރުން ނެގިއެވެ. އަދި ޒެވިޔަން އަތަށް ފޯނު ދިނުމަށް ފަހު  ކައިރާއާ ދިމާއަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށިއެވެ.

ކައިރާ ލޯ ހުޅުވާލި އިރު ދާދި ގާތުގައި ހުރި ކިޔާން ފެނުމާއެކު ސިހިފައި އަތުން ބޫޓު ދޫވެ ލޮނުގަނޑަށް ދޫވިއެވެ. އިތުރު ވިސްނުމަކަށް ނުގޮސް ކައިރާ ވަގުތުން ތިރިވެ ބޫޓު ނެގިއެވެ.

" އާހް...ވަޓް އަ ސްޓުޕިޑް ގާރލް...." ކައިރާގެ މޮޔަ ކަމާހުރެ ކިޔާންއަށް މޫނުގައި އަތް އެޅުނެވެ.

" ވަޓް އިޒް ރޯންގެ ވިތް ޔޫ.... ކިޔާންއާ ހެދި ހުރިހާ ދެރައެއް މި ލިބެނީ މަށަށް.. ފުރަތަމަ މޫނު... މިހާރު ހެދުމާއި ބޫޓު ... " ކައިރާ ހުރިހާ ރުޅިއެއް ބޭލީ ކިޔާން އަށެވެ. ނަމަވެސް ކިޔާން އަށް އޭނާގެ ދިފާއުގައި އެއްޗެއް ބުނުމުގެ ފުރުސަތެއް ކައިރާ ނުދިނެވެ. ބަލަން ނުހުރެ އޭނާ ކިޔާން ކޮއްޕާލިއެވެ. ނުވިސްނާ ހުރުމުން ބެލެންސް ނުވެ ކިޔާން މޫދަށް ވެއްޓުނު އަޑަށް އެލީޝާ އާއި ޒެވިޔަންގެ ނަޒަރު ވެސް އެދިމާއަށް ހުއްޓުނެވެ.

" މި ދެމީހުން ދޯ... ލަދުން މަރުވާނެ ހުވާ.... " އެލީޝާ ކިޔާން އާއި ކައިރާ އުޅޭގޮތް ވީޑިޔޯ ކުރަން ފެށިއެވެ.  އަދި ޒެވިޔަން ވެސް އޭނާގެ އަތުގައި އޮތް ކިޔާންގެ ފޯނު ނަގައި އެ މަންޒަރު އެ ފޯނުގައި ރައްކާ ކޮށްލިއެވެ.

" އަސްލު ވެސް... ލެޓްސް ޕްރިޓެންޑް ދެޓް ވީ ޑޯންޓް ނޯ ދެމް..." ޒެވިޔަން ގެ މޮޅު ޚިޔާލާ އެކު އެލީޝާ އާއި އަތާ އަތް ޖަހައިލިއެވެ.

" ވަޓް ދި ހެލް ކައިރާ... އަހަރެން ކުރި ކަމެއްތަ ނޫނީ ކައިރާގެ ސިކުނޑީގެ ތޫނުފިލިކަމުން ވީ ކަމެއްތަ ؟ ....." ކިޔާން ފެނުން މައްޗަށް ބޯ ހިއްލައިލުމަށް ފަހު ނުރުހިފައި ބާރަށް ބުނެލިއެވެ.

" ހުއް ނެވާ މައިންޑް...." ކައިރާ ވަނީ އޭރު އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެ އެއްގައެވެ. އަތުގައި އޮތް ބޫޓު އެއްގަމާ ދިމާއަށް އެއްލުމަށް ފަހު ރަނގަޅަށް މޫދަށް ފޭބިއެވެ. ކައިރާގެ ތަބީއަތު ބަދަލުވާ ވަރުން ކިޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އަބަދުއަބަދު ޒުވާބު ކުރާ ދެމީހުން އިރުކޮޅެއް ވީއިރު ހީވީ ދެ އެކުވެރިން ހެންނެވެ. އެކުވެރި ކަމަށް ވުރެ އެ ދެމެދުގައިވީ ގުޅުން މާ ފުރިހަމަހެން ވެސް ހީވެއެވެ. އިރުއިރުކޮޅާ އެކަކު އަނެކަކަށް ޖެއްސުން ކޮށްލައެވެ. ކައިރާ ރުޅި ގަދަވެގެން ބުނެލާ އެއްޗެހިން ކިޔާންއަށް ނޭނގޭ އުފަލެއް ލިބެމުން ދިޔައިރު ކައިރާގެ މޫނުގައިވާ ރީތި ހިނިތުންވުން އަބަދުވެސް އެގޮތުގައި ލެހެއްޓުމަށް ދުޢާ ކުރެވުނެވެ. ދުރުން ބަލާ މީހަކަށް އެއީ ދެ ލޯބިވެރިން ހެން ވެސް ހީވެދާނެއެވެ.

ކިޔާން އާއި ކައިރާގެ ގުޅުން ރަނގަޅު ވަމުން ދިޔައިރު ޒެވިޔަން އާއި އެލީޝާ ވެސް ތިބީ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. އިރުގެ ދޯދިތައް ދުނިޔެއާ އަލްވަދާއު ކިޔަމުން ދިޔައީ އައު ގުޅުންތަކަކަށް މަރުހަބާ ކިޔަމުންނެވެ.

މި މަންޒަރު ބަލަން ދުރުގައި ހުރި ބެންޗުގައި އިން އަންހެން ކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ހަސަދަވެރިކަމުގެ ކުލަވަރެވެ. ކިޔާންއާ އެކު ކައިރާ އުޅެމުން ދިޔަ މަންޒަރުވީ އެ ޅަ ހިތަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނޫނެވެ. ކައިރާ އާއި ކިޔާންގެ ފޮޓޯ އެއް ފޯނުން ނެގުމަށް ފަހު އޭނާ އެއަށް ބަލައިލިއެވެ. އަދި އެ ފޮޓޯއިން ކައިރާ ކްރޮޕް ކޮށްލުމަށް ފަހު އޭނާގެ ފޮޓޯ އެއް އެތަނަށް ލިއެވެ.

" ކިޔާން އެންޑް ނަބާ ފޯރ އެވާ ....." ފޮޓޯގައި ފިރުމާލަމުން އޭނާ މަޑުމަޑުން ބުނެލިއެވެ. އޭރު އެ ނުރައްކާތެރި ނަޒަރު އަމާޒު ވެފައިވަނީ ކައިރާ އަށެވެ.

..ނުނިމޭ..

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!