ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Sosun Fihaara

ކައިރާއަށް ގިސްލާފައި ރޮވެން ފެށުނު އިރު ހައިކަލް އިނީ ހުއްޓުން އަރައިފައެވެ. މެޔަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. އޭނާގެ ދުނިޔެ ފުނޑުފުނޑުވި ކަހަލައެވެ. އިވުނު ގޮތް ނުބައި ނޫންކަން ކައިރާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ހެކިވަމުން ދިޔައެވެ. އެ ހިތުގައި ވީ ރިހުން ފުން ވެގެން ދިޔައިރު މުޅި ވުޖޫދު ވެސް ހުއްޓުނުހެން ހީވިއެވެ. ކުލަ މަންޒަރެއްހެން އާޝިޔާއާއެކު އުޅުނު އުފާވެރި ދުވަސްތައް ލޯ ކުރިމަތިން ފެންނަން ފެށުމުން ހައިކަލްއަށް ލޯ މަރައިލެވުނީ އެ ވޭނަށް ކެތް ނުކުރެވިގެންނެވެ. އެވަގުތު ހައިކަލްގެ އެސްފިޔަތައް ފޫ އަޅުވާލުމަށް ފަހު ކަރުނަ ފައިބައިގަތެވެ.

" މޭގާ ޖަހާ ވިންދު ނޭނގެ ލޯބިން....

ގެންދެވީ... ތޯ ކަލާ...

ގެންދެވީ ކަލާ.. ގެންދެވީ ކަލާ...

ގެންދެވީ ކަލާ.........."

*****

ރޮވިފައި އިނދެ ކައިރާ ކިޔައިދެމުން ދިޔަ ވާހަކަތަކުން ހައިކަލްގެ ހިތް ތޮރުފަމުން ދިޔައެވެ. އޭނާ ދުށް ހުވަފެންތަކުގައި ކުލަޖެހުމެއް ދެން ނުވެއެވެ. މި ހުރިހާ ދުވަހު އާޝިޔާއާ ދިމާވާނޭ ދުވަހަކަށް ކުރި އިންތިޒާރުގެ ނިމުން ހިތިވުމުން ހައިކަލްއަށް އޭނާގެ ނަފްސު ކުށްވެރި ކުރެވުނެވެ.

އިސްޖެހިފައި ހައިކަލް އިންއިރު އޭނާގެ ތުންފަތުގައި މަޑު ތުރުތުރެއްވިއެވެ. ނުރޯން މަސައްކަތް ކުރާކަން ދޭހަވަމުން ދިޔައެވެ. ކައިރާ ފެންކަޅި ވެފައިވީ ލޮލަކާއެކު ހައިކަލްގެ އަތުގައި މަޑުމަޑުން ހިފައިލީ ހިތްވަރުދޭ ފަދަ ގޮތަކަށެވެ.

ނަމަވެސް ކައިރާގެ މޫނު ފެނުމުން ހައިކަލްއަށް އޭނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ބޮޑު ފިރިހެނެއް ނަމަވެސް ހައިކަލްއަށް ގިސްލާ ރޮވެމުން ދިޔައެވެ. މޫނު ކިތަންމެ ވަރަކަށް ފޮހުނު ކަމުގައިވިޔަސް އެ ދެ ލޯ ތާޒާ ކަރުނައިން ފުރެމުން ދިޔައެވެ. އާޝިޔާއާ ދިމާވި ފަހު ދުވަހު ވެސް އޭނާއަށް އާޝިޔާއާ މެދު ކަންތައް ކުރެވުނީ އަނިޔާވެރި ކޮށެވެ. އެކަމަށް ޓަކައި އޭނާއަށް އާޝިޔާގެ މާފު ނުލިބި ހަމަޖެހޭނީ ކިހިނެތް ހެއްޔެވެ؟

" މަންމަ މާފް ކުރި....".. ކައިރާ ކުރެހިފައިވާ އަޑަކުން ބުނެލި އިރު އެ މޫނުން ކޮންމެވެސް ވަރެއްގެ ފަނޑު ހިނިތުންވުމެއް ފެނިގެން ދިޔައެވެ. ހައިކަލްއަށް ލިބުނު ހައިރާންކަމުގައި ހިނދުކޮޅަކަށް އެ ކައިރާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ކައިރާ މަޑުމަޑުން ބޯ ޖަހައިލީ ހައިކަލްއަށް އެކަން ސާބިތު ކޮށްދިނުމުގެ ގޮތުންނެވެ.

" ކީއްވެ؟؟... ޝިޔާއަށް އަހަރެންގެ ފަރާތުން ދެވުނު ހަމައެކަނި އެއްޗަކީ އަނިޔާ... "...... ހައިކަލްގެ މޫނުގައިވީ ހިތްދަތިކަމެވެ. އެ އަޑުގައިވީ އަސަރަކުން ކައިރާގެ ހިތް ވިރިގެން ދިޔައެވެ.

" ދަރިފު... ކައި... މިއަދު މަންމައެއް ނެތް... ބައްޕަ މަންމައަށް ކިޔައިދޭން ބޭނުންވާ ވާހަކަތަކެއް މިއަދު ކިޔައިދޭން ބޭނުން... ބައްޕަގެ ވާހަކަ ޤަބޫލު ނުކުރުމާއި ކުރުން އެއީ ކައިގެ ކަމެއް.... އެކަމަކު ބައްޕަގެ ވާހަކަ އަޑުއަހާލަދީ....."...... ދަރިފުޅާއޭ ކިޔައި ލޯބިން ގޮވާލަން ބޭނުންވިޔަސް ކައިރާ ހިތްހަމަނުޖެހިދާނެތީ ހައިކަލް އެކަމަށް ސަމާލުވިއެވެ. އެކަން ވިސްނުމުން ކައިރާ ދެރަވިއެވެ. ހައިކަލްގެ ފަރާތުން ފެންނަމުން ދިޔަ ކަންތައްތަކުން އެ ހިތުގައި ހައިކަލްއާ މެދު އޮތް ނަފްރަތު ފަނޑުވަމުން ދިޔައެވެ.

" ބައްޕަ ގަސްދުގަ ކުރިން ކަމެއް ނޫން އެއީ... "...... ހައިކަލް ދައްކަން ފެށި ވާހަކަ ކައިރާއަށް ފަހުމް ވިއެވެ. އަދި ހައިކަލް އެހެން ބުނުމުން ކައިރާގެ ދެބުމަ ކައިރި ވިއެވެ. އޭނާއާއި އާޝިޔާއަށް ނޭނގޭ ވާހަކަތަކެއް ވެޔޭ ފުރަތަމަ ފަހަރަށް ހިތް ބުނެލިއެވެ. އެހެން ކަމުން ހަށިގަނޑު ސީދާކޮށްލުމަށް ފަހު އޭނާ ހައިކަލްއަށް ބަލާލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާ ކަހަލަ ގޮތަކަށެވެ.

" ޝިޔާ ދާން ބޭނުންވާ ހުރިހާ ތަންތަނަށް ވެސް ގެން ގޮސްދެނީ ބައްޕަ އަބަދުވެސް... ކައިގެ މަންމަ ނޫން އެހެން އަންހެނެއް ދެކެ ދުވަހަކު ވެސް ލޯތްބެއް ނުވޭ... އެއަށް ވުރެ މާ ބޮޑަށް ޝިޔާދެކެ ލޯބިވޭ... ބައްޕަ ދުށް އެންމެ ރީތި ރަނގަޅު އަންހެނަކީ އެއީ... އެ ނޫން އެހެން އެއްވެސް މީހެއްގެ ލޯތްބަކަށް ނޭދެން... އެކަމަކު އެ ލޯބި ލިބުމުގެ ނަސީބު ނުލިބުނީ... ކައިގެ ކާފައަކީ ވަރަށް ގޮތް ދޫ ނުކުރާ މިޒާޖެއްގެ މީހެއް.... ޝިޔާއާއި ގުޅިގެން އުޅެން ކާފަ އެއްބަހެއް ނުވި... އެކަމަކު ބައްޕަ ހުރީ އާއިލާގެ ނުރުހުމުގައި ވެސް ޝިޔާއާ ކައިވެނި ކުރަން... ޝިޔާއަށް މި ވާހަކަތައް ކިޔައި ނުދިނީ ކަންބޮޑުވެދާނެތީ... އޭރު އެއީ ޝިޔާގެ ކޯހުގެ އެންމެ ފަހު ސެމިސްޓަރ ކިޔަވަމުން އައި ދުވަސްވަރު... ބައްޕަ ބޭނުންވީ އިމްތިހާނުތައް ނިމުނީމަ ކައިވެނި ކުރަން... އެހެންވެ ހުރިހާ ކަމެއް ވެސް ސިއްރު ކޮށްގެން ހުރީ.. ފަހުން ކިޔައި ދެވޭނެކަމަށް... އެކަމަކު ބައްޕައާއި ކައިގެ މަންމަ އެންމެ ފަހުން ދިމާވި ދުވަހު ހުރިހާ ކަމެއް ބަދަލުވީ... ކައިގެ ކާފަ އެރޭ ބައްޕައާ ވަރަށް ރީތިކޮށް ވާހަކަ ދެއްކި... ދެމީހުން އެކީގަ ކައިގެން ވެސް ވަރަށް ގިނައިރު ވަންދެން ކައިވެނީގެ ވާހަކަ ދައްކަން ތިބިން... އެތަނުގަ އިންދާ ބައްޕަގެ ބޮލުގަ ވަރަށް ގަދައަށް ރިއްސަން ފެށީ.... ދެން ހޭލެވުނު އިރު ކައިރީގަ ތިބި އާއިލާގެ އެންމެން... ބުނީ އަނބުރައިގަތީ އޭ... އޭރު ވެސް ރިހުން ހުރި ކޮންމެވެސް ވަރަކަށް.. ކާފަގެ އެދުމުގެ މަތިން ގޭގަ އުޅޭ ކުއްޖަކު ބައްޕައަށް ބޭސް ގުޅައަކާއި ޖޫސްތައްޓެއް ގެނެސްދިން.. ބައްޕަ ނުބަލަން އެއީ ކޯއްޗެއްތޯ... އޭރު ވަރަށް ދަންވެއްޖެ... ޝިޔާ އިންތިޒާރުގަ ހުންނާނެކަން އެނގޭތީ ބައްޕަ ވަރަށް ކަންބޮޑުވެ ހާސްވި... އަވަސް އަވަހަށް ބޭސް ގުޅަ ކައިގެން ބައްޕަ ދިޔައީ... އޭރު އަނެއްކާ ވެސް ވަރަށް ގަދަޔަށް ބޮލުގަ ރިއްސަމުން ދިޔަ... ސައިކަލް ފަހަތުގަ އިނދެ ޝިޔާ ދެއްކި އެއްވެސް ވާހަކައަކަށް ވެސް ސަމާލުކަމެއް ނުދެވުނު... ނޭނގެ ބައްޕައަށް ވެފަ ހުރި ގޮތެއް.. އެއީ ވަރަށް  ވިއްސާރަ ރެއެއް... ޝިޔާ ހުރިގޮތުން ބައްޕަގެ ހިތުގައި ނުބައި ވަސްވާސްތަކެއް ހިނގަން ފެށީ... އެކަމަކު ދުވަހަކު ވެސް އެ ފަދަ ކަމެއް ކުރަން ބައްޕަ ހިތަށް ވެސް ނާރުވަން... ޝިޔާ ގޮވައިގެން ބައްޕަ ދިޔައީ ބައްޕަގެ ގެއަށް.. އެންމެން އެގަޑިގަ ތިބޭނީ ނިދާފަކަން އެނގޭތީ.... "....... އެ ހިސާބަށް ވާހަކަ ގެންދިޔުމަށް ފަހު އިތުރަށް ކުރިއަށް ގެންދަން ހައިކަލްއަށް އުނދަގޫ ވިއެވެ. އަނެއްކާވެސް އޭނާ އަށް ރޮވެން ފެށުނެވެ.

އެ ދުވަހު އާޝިޔާ އޭނާގެ ކިބައިން ސަލާމަތްވާން އުޅުނު ގޮތް ކޮންމެވެސް ވަރަކަށް ސިފަވުމުން ހައިކަލްއަށް ބޯ ހޫރައިލެވުނެވެ. އަދިވެސް އާޝިޔާގެ ވޭނީ ރުއިން އެ ކަންފަތުގައި ހަރުލާފައިވާ ކަހަލައެވެ..  ހައިކަލް ޓިޝޫއިން މޫނު ފޮހެލަމުން އަނެއްކާ ވެސް ފެށިއެވެ.

" ބައްޕައަށް ހޭލެވުނީ އަނެއް ދުވަހު... އޭރު މެންދުރު ވެއްޖެ... ކުރިން ރޭ ހިނގައިދިޔަ އެއްވެސް ހާދިސާއެއް ހަނދާނަކު ނެތް... ނަމަވެސް ގައިގަ ވަރެއް ނެތް.. ކޮޅަށް ހުރުން ވެސް ވީ އުނދަގޫ ކަމަކަށް... ވަރަށް ހާލުން ތެދުވެ ބައްޕައަށް ފާހާނާއަށް ވަދެވުނީ ވެސް... ފެންވަރަށް ހުއްޓާ ކުއްލިއަކަށް ހުރިހާ ކަމެއް ހަނދާންވީ... އެ މަންޒަރުތައް ފެނުނީ ވަރަށް ފަނޑުކޮށް... އަވަހަށް ނުކުމެ ފޯނު ފެނޭތޯ އުޅުނީ... ހޯދާހޯދާ ނުފެނުމުން އެންމެ ފަހުން ކޮޓަރިން ބޭރަށް ނުކުންނަން ބެލިއިރު ހުރީ ތަޅުލާފަ... އެ ހިސާބުން ބައްޕައަށް ހުރިހާ ކަމެއް ވެސް ފަހުމުވީ... އެގޮތުގައި ދެ މަސް ދުވަސް ހޭދަ ކުރަން ޖެހުނު އެ ކޮޓަރީގަ.. ޤަވާއިދުން ކާން ފޮނުވާނެ... އެކަމަކު އިތުރު އެއްވެސް ކަމެއް ނުކުރެވޭ... ޝިޔާ އާއި ބައްޕަ ބައްދަލުކުރާނެކަން އެނގޭތީ ކުޑަވެސް ފުރުސަތެއް ނުދިން... އަބަދުވެސް އެ ހަނދާން އާކޮށް ރުއިން ނޫން އިތުރު ކަމެއް ނުކުރެވޭ... ރަނގަޅަށް ނުކެވުމުގެ ސަބަބުން ހަށިގަނޑު ދުވަހެއް ދުވަހަކަށް ބަލިކަށިވަމުން ދިޔައީ... ފިރިހެނެއް ވިޔަސް ބައްޕައަށް އެއްވެސް އިޚްތިޔާރެއް ނޯވޭ... އެމީހުންގެ އަމުރުތަކަށް ބޯ ލެނބުން ފިޔަވާ... އެގޮތަށް އުޅެމުން ގޮސް ބައްޕަގެ ކައިވެނި ވެސް ކުރެވިއްޖެ... ބައްޕަ ވަރަށް މަސައްކަތް ކުރިން ޝިޔާ ފެނޭތޯ.. އެކި ގޮތް ގޮތުން... ނަޝީލާއަކީ ކުރިން ވެސް ބައްޕަގެ ރައްޓެއްސެއް... އޭނަ ވެސް ކައިވެނި ކުރީ މަޖުބޫރު ވެގެން... ދެމީހުން އަމިއްލަ ދިރިއުޅުމައިގެން ވަކިން އުޅެން ފެށުމުން އާއިލާގެ ވަކިތަކުން ސަލާމަތްވީ... ނަޝީލާ ވެސް އާއިލާއާ ގުޅުމެއް ނޯވޭ އޭގެ ފަހުން..... އެމީހުން ވެސް ފަހުން ނުބަލާ ބައްޕަމެންނަށް ވީ ގޮތެއް.. ބައްޕަމެން ވެސް ނުބަލަން....  ބައްޕަގެ އަންހެނުންގެ މަޤާމުގަ ހުރެ ވެސް ނަޝީލާ ބައްޕައަށް އެހީވެދިން.. ޝިޔާގެ ނަންބަރަށް ގުޅަން އުޅެއުޅެ އެކަމެއް ނުވި.. ކޮލެޖުން ވެސް ވަކިވެއްޖެ ކަމަށް ކޮލެޖުން ބުނީ.. އެ ގެއަށް ދިޔައިރު އެ ގޭގަ އެއްވެސް މީހަކު ނޫޅޭ... ބައްޕަ ދިޔައިން ޝިޔާގެ އުފަން ރަށަށް ވެސް... އެކަމަކު ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވި... ނަޝީލާގެ ހިތްވަރުން ބައްޕަ ދުނިޔެއާ ކުރިމަތިލީ.. ދިރިއުޅެން އަލުން ދަސްކުރީ... ދަރިފުޅު އުފަންވިކަން ބައްޕައަށް އެނގުނީ އިޝާން ވެސް ލިބުނު ފަހުން.. އެއް ދުވަހަކު ޕޯސްޓުން އައިސްފަ އޮތް ސިޓީ އުރައެއް އެއީ... އޭގަ އޮތީ ދަރިފުޅުގެ ފޮޓޯއެއް.. ފަހަތުގަ ދަރިފުޅުގެ ނަން ލިޔެފަ... އިތުރު އެއްވެސް އެއްޗެއް ނެތް... ތި ދެލޮލާއި ނަން އެނގުމުން ޔަޤީންވި ތިއީ ބައްޕަގެ ދަރިއެއްކަން... ބައްޕަގެ އަލަތު ދަރިފުޅުކަން... އިޝާން ބޮޑުވެގެން އައިއިރު ނަޝީލާ އޭނާއަށް ހުރިހާ ހަޤީޤަތެއް ކިޔައިދިން.. އިޝާން ވެސް މަސައްކަތް ކުރި ދަރިފުޅާއި ޝިޔާ ފެނޭތޯ... ނަޝީލާ ހުރީ ދެ އަނތްބަށް ބައްޕަ ޝިޔާއާ ކައިވެނި ކުރިޔަސް ހެޔޮ ކަމަށް... 23 އަހަރު މިވީ ... ދަރިފުޅު މި ފެނުނީ 23 އަހަރު ފަހުން.. ....."......... ހައިކަލްގެ ވާހަކަ ނިމުނު އިރު ކައިރާއަށް ގިސްލާ ރޮވިއްޖެއެވެ.

ހައިކަލްއާ މެދު އެ ހިތުގައިވީ ނަފްރަތު މުޅިން ފިލައިގެން ދިޔައިރު ލަދުވެތިކަން އިހްސާސް ވިއެވެ. ބައްޕައަށް ކުރަން ޖެހޭ އިހްތިރާމް ކުޑަ ކުރެވުމުންނެވެ. އޭނާއަށް ކުރެވުނު ކުށްހީ އެއްގެ މައްޗަށް ގޮތް ނިންމުމުންނެވެ.

" ބައްޕާ... ކައިއަށް މާފް ކުރޭ........"..... ކައިރާ އިނީ ހައިކަލްއާ ހަތަރުކަޅި ހަމަކުރަން ވެސް ނުކެރިފައެވެ.

" ދަރިފުޅު މާފަށް އެދޭކަށް ނުޖެހޭ.. ވަރަށް އުފާވެއްޖެ ބައްޕަގެ ވާހަކަ ޤަބޫލު ކުރީތީ... " ހައިކަލް މޫނުން ކުރިން ފެންނަން ހުރި ހިތާމަވެރިކަމުގެ ބަދަލުގައި މިހާރު އުފާވެރިކަމެއް ފެންކަމުން ދިޔައެވެ. އޭނާގެ ދަރިފުޅާ ބައްދަލުވެ ހުރިހާ ކަމެއް ވެސް ރަނގަޅުވުމުން ހައިކަލްއަށް ލިބިފައި ވަނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. ނަމަވެސް އާޝިޔާ ބީވެގެން ދިޔުމުން އެ ހިތުގައި ވޭނީ ރިހުމެއް ވިއެވެ.

" ދަރިފުޅަށް އެނގޭތަ... ކޭ.އެޗް.އޭ ކޮންޕެނީއާއި މި ކެފޭއަކީ މަންމައާއި ދަރިފުޅުގެ ހަނދާނުގައި ބައްޕަ ބިނާ ކުރި ތަންތަން... ކައިރާ.. ހައިކަލް... އާޝިޔާ.. ކޭ.އެޗް.އޭ... ޝިޔާސް ކެފޭ........ "....... ހައިކަލް ފަނޑު ހިނިތުންވުމަކާއެކު ބުނެލުމުން ކައިރާގެ ހިތުގައި އޭނާއަށް ދެވިފައިވާ މަޤާމު މަތިވެގެން ދިޔައެވެ. ހައިކަލްއަށް ވުރެ ރަނގަޅު ބައްޕައެއް އޭނާ އަށް ނުލިބޭނެކަން ޔަޤީނެވެ. ޝެލީ އާއި މަންމަ ވަކިވެދިޔަޔަސް މިއަދު އެ ހަޔާތުގައި ބައްޕަ އާއި ކޮއްކޮއެއް އެބަހުއްޓެވެ.

*****

ހައިކަލްއާ ވަކިވެގެން ގެއަށް ދިޔައިރު ކައިރާއަށް ލިބިފައި ވަނީ ހިތްހަމަ ޖެހުމެވެ. އެ މޫނުން އިންތިހާ ދަރަޖައިގެ އުފާވެރިކަން ފާޅުވަމުން ދިޔައެވެ. ހިނިތުންވެފައި އިނދެ ކައިރާ އެވާހަކަތައް މެހެރްއާއި އައިމަންގެ އިތުރުން އެލީޝާއާ ހިއްސާ ކުރިއެވެ. އެންމެންގެ މޫނުމަތިން ވެސް ކައިރާއަށް ޓަކައި އުފާވެފައި ތިބިކަން ދޭހަވަމުން ދިޔައެވެ.

ކައިރާގެ މޫނުގައިވީ ހިނިތުންވުން ފެނި މެހެރްގެ ހިތަށް ފިނިކަން ލިބުނެވެ. ކައިރާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމީ މެހެރްގެ ދުޢާއެވެ. ނަމަވެސް ކައިރާގެ ވާހަކަތަކުން މެހެރްއަށް މީހެއްގެ ނަން އަޅައިގަތެވެ. އެ ސިކުނޑީގައި އެ ނަން ގުގުމަމުން ދިޔައެވެ. އައިމަންއަށް ވެސް މެހެރް ވިސްނަމުން ދިޔައީ ކޮންކަމަކާ އެނގުމުން އެ ހަށިގަނޑު އޭނާއާ ކައިރި ކޮށްލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.

" އައިމަން... އެއީ އަހަންނަށް މި ހީކުރެވޭ މީހާ ކަމުގައި ވެދާނެތަ ؟...... އެލީޝާ އާއި ކައިރާ އެތަނުން ދިޔުމުން މެހެރް އަހައިލިއެވެ. އޭރު އެ ލޮލުން ކަރުނައިގެ އަސަރު ކޮންމެވެސް ވަރަކަށް ފާޅުވަމުން ދިޔައެވެ.

" ނޫން މެހެރް... އެހެން ނުވާނެ.. 21 އަހަރު ވީއިރު ވެސް ހަބަރެއް ނުވޭ... ދުނިޔޭގަ ހުރިކަމެއް ވެސް... ނެތް ކަމެއް ވެސް...... އެކަން ހިތުން ނެރެލާ ދެން......."...... މެހެރްގެ ހިތުގައިވީ ކީކޭކަން އައިމަންއަށް އެނގެއެވެ. އެގޮތަށް ވުމަކީ އޭނާ ވެސް އެދޭ ގޮތެވެ. ނަމަވެސް އެހެން އެކަން ވާނެ ހެއްޔެވެ؟

*****

މެންދުރުގެ އެންމެ އަވި ބާރު ވަގުތެވެ. ގޭގެ ދޮރުމަތީގައި ކިޔާން ހުރި އިރު އޭނާ ހުރީ މީހެއްގެ އިންތިޒާރުގައި ކަހަލައެވެ. އިރު އިރުކޮޅާ އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލައެވެ. ކަޅު ކުލައިގެ ޖިންސެއްގައި ހުރި އިރު އޭނާ ލައިގެން ހުރި ހުދު ކުލައިގެ އަތް ކުރު ޓީޝާޓާއި އެ ހަށިގަނޑު ނުހަނު ގުޅެއެވެ. އިރުގެ ދޯދިތަކުން އެ ތޫނު ދެލޯ ސަލާމަތްކުރުމަށް ޓަކައި އައިނެއް އަޅައިގެން ހުރުމުން އޭނާ ފެންނަލެއް އަދި މާ ފުރިހަމައެވެ.

" މޮޑެލް ކުރަން ދާން ލަސްވެގެންތަ އިރުއިރުކޮޅާ މަށަށް ތި ގުޅަނީ....... " ކިޔާންގެ ކުރިމައްޗަށް ސައިކަލް މަޑުކޮށްލަމުން ޒެވިޔަން ހިނގަނޑެއް ޖަހައިލަމުން ކިޔާންއާ ދިމާކޮށްލިއެވެ.

" އަހަރެންގެ ވާހަކަ ދައްކާނެ ކަމެއް.. ޒެވް އަހަންނަށް ވުރެ ނުބައި...."....... ސައިކަލަށް އަރައި ހަމަޖެހިލަމުން ކިޔާން ޒެވިޔަންގެ ބުރަކަށީގައި ޖަހައިލިއެވެ.

ދެމީހުންގެ މިސްރާބު ހުރީ ބްލޫސް ކޮމްޕެނީއާ ދިމާލަށެވެ. ޒެވިޔަންގެ ކޮމްޕެނީ ކަމަށްވާ " އާކިޓެކްސްޗާ " ހިންގުމަށް ޓަކައި ބްލޫސް އޮފީސް ހިންގާ އިމާރާތުގެ ހުސްކޮށް ހުރި 2 ބުރި ކުއްޔަށް ދޭން ކިޔާން ވަނީ އަޒީޒްއާ މަޝްވަރާ ކޮށްފައެވެ. ޒެވިޔަން ވެސް އެ ގޮތާ އެއްބަސްވީ ޖާގައިގެ ގޮތުން އެތަން ބޮޑުވެފައި އޮފީސް ހިންގަން ވެސް ފަސޭހަ ވާނެތީއެވެ.

ޒެވިޔަން އާއި ކިޔާން އޮފީހަށް ވަންއިރު މުޅި އޮފީސް ވެސް ވަނީ ހިމޭންވެފައެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ކިޔާން ހައިރާން ވިއެވެ. އެހެންކަމުން ކިޔާން ނިންމީ ކެބިން އަށް ވަދެ އުލްޔާ ކައިރިން އެކަން އޮޅުން ފިލުވުމަށެވެ. ލިފްޓުން ފައިބައިގެން ކިޔާންއާއި ޒެވިޔަން ކެބިން އަށް ވަތްއިރު އުލްޔާ ވަރަށް ހާސްވެފައި ހުރެ މީހަކާއި ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ.

" ސަރ... ވަރަށް އަވަސް... މަތިން ކޮންމެ ވެސް ކަމެއް ހިނގައިގެން އެބައުޅޭ... " އުލްޔާ \އަށް އޭރު ހުރީ ރޮވިފައެވެ. ކަންބޮޑުވެފައި ހުރެ ކިޔާންއާއި ޒެވިޔަން މަތީ ބުރިއަށް ދާން ލިފްޓަށް އެރިއިރު އުލްޔާ ވެސް އެ މީހުން ފަހަތުން އަރައިފިއެވެ. އެވަގުތު އަވަސް އަވަހަށް ފޯނުން މީހަކަށް މެސެޖް ކޮށްލިއިރު އުލްޔާގެ ތުންފަތުގައިވީ ސިއްރު ހިނިތުންވުމެކެވެ.

ލިފްޓުން ފޭބުމަށް ފަހު ކިޔާން އެ ބަޔަށް ވަތްއިރު މުޅި ތަނަށް ވެރިވެފައި ވަނީ އަނދިރިކަމެވެ. ކުޑަ ދޮރުގެ ފޮތިގަނޑުތައް ކަހައިލެވިފައިވާ އިރު ބޭރުން ވެސް އަލިކަމެއް ފެންނާކަށް ނެތެވެ.

" އުލްޔާ... މީ ކޮންކަމެއް.......؟...." ކިޔާންގެ އަޑުގައި ހިސާބެއްގެ ހަރުކަށިކަމެއް އެކުލެވިގެން ވިއެވެ. އުލްޔާ ބުނި ފަދަ ބޮޑު ކަމެއް ވެގެން އުޅޭ ކަމުގެ އަލާމާތެއް އެތާކުން ފެންނަން ނެތެވެ.

" ސަޕްރައިޒް........"..... އެވަގުތު ކުއްލިއަކަށް އިވުނު ބާރުގަދަ އަޑުފަށްގަނޑާއެކު މުޅިތަން އަލިވެގެން ދިޔައެވެ. ދެލޯ ބޮޑުވެފައި ހުރެ ކިޔާން ވަށައިގެން ހޯދަމުން ދިޔައެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ވީގޮތް އެނގުމުންނެވެ.

" ހެޕީ ބާތް ޑޭ ކެން.....".... އަޒީޒް އައިސް ކިޔާންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ކިޔާން ވެސް އަޒީޒްގެ ގައިގައި ބައްދާލި އިރު އަދިވެސް ހައިރާންކަން އެ މޫނުން ފެންނަމުން ދިޔައެވެ.

ކިޔާންގެ އުފަންދުވަސް ކަމެއް އޭނާ ވެސް ހަނދާނެއް ނެތެވެ. ޒެވިޔަން އެހާ ވަރުން ކިޔާން ގޮވައިގެން އޮފީހަށް މިވަގުތު މި އައި ސަބަބު ކިޔާންއަށް ވިސްނުމުން ޒެވިޔަންއާ ދިމާލަށް ކަޅި އަޅައިލިއެވެ. އެ މަންޒަރު ފެނުމުން ޒެވިޔަން ހިނިގަނޑެއް ޖަހައިލިއިރު އެންމެންގެ މޫނުން ވެސް ފެންނަނީ ހިނިތުންވުމެވެ.

" ބައްޕައޭ ބުނީ ޒެވް ކައިރީގަ ނުބުނަން... " އަޒީޒް އަވަސް އަވަހަށް ބުނެލުމުން ޒެވިޔަން އޭނާގެ އަތް މައްޗަށް ނެގީ އޭނާ އެއްވެސް ކަމެއް ނުކުރަމޭ ބުނާ ފަދަ ގޮތަކަށެވެ.

ކޮންމެ މީހަކު ވެސް ކިޔާންއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުން ދިޔައިރު އެ މޫނުގައި ވީ ރީތި ހިނިތުންވުމެކެވެ.

ކުއްލިއަކަށް ދޮރު ހުޅުވާލި އަޑަށް ކިޔާން ފަސްއެނބުރި ބަލައިލިއެވެ. އެވަގުތު ދޮރުން ވަދެގެން އައި ކައިރާއާއި އިޝާން ފެނުމުން ކިޔާންއާއި ޒެވިޔަން އެކަކު އަނެކަކާ ދިމާލަށް ބަލާލިއެވެ.

" ހެޕީ ބާތް ޑޭ މޭން...".... އިޝާން އައި ގޮތަށް އައިސް ކިޔާންގެ ގައިގައި ބައްދާލިއެވެ. ކައިރާ މަޑު ކޮށްްލީ އުލްޔާ ގާތުގައެވެ. އެތަނުން ޒެވިޔަން ފެނުމުން ކައިރާ ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައެވެ. "ރާއީ" ގެ ސިއްރު ޒެވިޔަންއަށް އެލީޝާ ކިޔައި ނުދޭކަން ކައިރާއަށް އެނގެއެވެ. އެހެންކަމުން އޭނާ ފެނުމުން ޒެވިޔަންގެ އަމަލުތައް ހުންނާނެ ގޮތެއް ނޭނގޭތީ ކައިރާ ކަންބޮޑުވަމުން ދިޔައެވެ. ކައިރާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ފެނުމުން ޒެވިޔަންއަށް ހެވުނެވެ. ނަމަވެސް ކިޔާން އޭނާއަށް ބަލައިލުމުން ޒެވިޔަންއަށް މަޖުބޫރުވީ މަޑުން ހުރުމަށެވެ.

ކިޔާން މަޑުމަޑުން ފިޔަވަޅު އަޅަން ފެށީ ކައިރާއާ ދިމާލަށެވެ. އެ ހިތުގައި މިހާރު ޝައްކެއް ނެތެވެ. ކައިރާ ވެސް ކިޔާން ދެކެ ލޯބިވާކަން އޭނާއަށް ޔަޤީނެވެ. އެހެން ނަމަވެސް ކިޔާންއަށް ހަޤީޤަތް އެނގޭކަން ހާމަކުރަން އަދި ބޭނުމެއް ނޫނެވެ.

ކިޔާން އޭނާއާ ދިމާއަށް އަންނަން ފެށުމުން ކައިރާ އަވަހަށް ފޯނާ ކުޅެން ފެށިއެވެ. ނަމަވެސް އެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ.

" ރާއީ... އަހަންނަށް ތަހުނިޔާ ވެސް ނުކިޔާނަންތަ........." ކިޔާން އައިސް ހުއްޓިލީ ކައިރާއާ ދާދި ގާތުގައެވެ. ކިޔާންގެ އަޑުގައި ވީ ލާނެތްކަން ކައިރާއަށް ފާހަގަ ވުމުން ހައިރާންވިއެވެ.

" ނޫނޭ.... ނެތްތަ ކޭކު ކޮޅެއް... ކައިގެން ދޯ ވިޝް ކުރެވޭނީ......"... ކައިރާ ވެސް ކިޔާން ބުނެލި ރާގުގައި ބުނެލިއެވެ. ކިޔާން އަނގަޔަށް ގޮތެއް ހަދައިލީ ކައިރާ އޭނާއަށް ރައްދު ދިނުމުންނެވެ. އޭރު އުލްޔާއާއި އިޝާން ވެސް އެކަކު އަނެކަކަށް ބަލާލަމުން ވާހަކަތަކެއް ބަދަލުކުރެވުނު ކަހަލައެވެ. އަޒީޒް ހުރީ ކިޔާން ފަރާތުން ފެންނަމުން ދިޔަ ސިފަތަކުން ހައިރާން ވެފައެވެ. ކިޔާންއަކީ އަންހެން ކުދިންނާ އެގޮތަށް ވާހަކަ ދައްކާ ކުއްޖެއް ނޫންކަން އަޒީޒަށް އެނގެއެވެ. އެހެންކަމުން މި އަންހެން ކުއްޖާއަކީ ކިޔާންގެ ޚާއްސަ ކުއްޖެއްކަން އަޒީޒަށް ޔަޤީނެވެ. އެ ޚިޔާލާއެކު އެ ތުންފަތުގައި ކުޅެލީ މާނަ ފުން ހިނިތުންވުމެކެވެ.

ކޭކުން ފޮއްޗެއް ކަފައިގެން އައިސް ކައިރާ ހުއްޓިލީ ކިޔާންގެ ކުރިމަތީގައެވެ. އަދި ކިޔާންއަށް ބަލައިލަމުން އެއް ބުމަ އަރުވާލިއިރު އެ މޫނުގައިވީ ހިނިތުންވެމެކެވެ.

" ހެޕީ ބާތް ޑޭ ކިޔާން ސަރ.....".... ކައިރާ އަޑަށް ބާރުލާފައި ސަރ އޭ ބުނިއިރު އޭނާގެ އަތުގައި އޮތް ކޭކު ފޮތި ކިޔާންގެ މޫނުގައި އުނގުޅައިލިއެވެ. އެންމެންގެ ދެލޯ ބޮޑުވި އިރު އުލްޔާއަށް އަނގަމަތީ އަތް އެޅުނީ އޭނާއަށް ބާރަށް ހެވިދާނެތީއެވެ. ޒެވިޔަންގެ ތުންފަތަށް ވެސް ވެރިވީ މާނަ ފުން ހިނިތުންވުމެކެވެ. މާޒީން ދުވަސްތަކެއް ހަނދާންވީއެވެ. ކައިރާގެ މޫނުގައި އައިސްކްރީމް ހޭކުނު ދުވަސް ހަނދާންވުމުން ޒެވިޔަންއަށް ވެސް ބޯ ހޫރައިލެވުނެވެ. ނަމަވެސް އެ ތުންފަތުގައި ވީ ހިނިތުންވުން ފަނޑުވީ ކިޔާން ބުނި ޖުމްލަ އަޑު އިވިފައެވެ.

" ވަޓް ދި ހެލް ކައިރާ.............".... ކިޔާންއަށް އޭނާގެ ދުލުން ބޭރު ކުރެވުނީ ކިހާ ވަރުގަދަ ޖުމްލައެއްކަން އެނގުނީ މާ ފަހުންނެވެ. އޭރު އަޒީޒް ވެސް ހުރީ ކައިރާގެ ނަން އަޑު އިވުމުން ދެލޯ ބޮޑުވެފައެވެ.

ކުރިމަތީގައި މި ހުރީ ކިޔާން ރޮއެރޮއެފައި އޭނާއަށް ކިޔައިދޭ ވާހަކަތަކުގައި އުޅޭ ކައިރާ ހެއްޔެވެ ؟.. ކިޔާން ހިތާއި ފުރާނައިން ލޯބިވާ ކުއްޖަކީ މިއީ ހެއްޔެވެ؟

ކިޔާންގެ ދުލުން ކައިރާގެ ނަން ބޭރުވުމުން އޭނާގެ ނޭވާ އެތެރެހަށީގައި ތާށިވި ކަހަލައެވެ. މުޅި މޫނު ހުދުވެގެން ދިޔައިރު ކައިރާއަށް އެސްފިޔަ ޖަހާލަން ވެސް ނޭނގިފައި ކިޔާންއަށް ބަލަހައްޓައިގެން ހުރެވުނެވެ.

(ނުނިމޭ)

Ads by Ooredoo
  1. މާަ ކުރީ އެކަމު ވަރަށް ސަޅި

  2. ވ. ރީތި ުއެކަމަކު ކައިރާާގެ ދޮންބައްޕަ އަށް ވީގޮތެއް ނޭންގޭ އަދިވެސް…

  3. މީމު

    ވ ވ ވ ރީތި

  4. ބައޯ

    އަސްލު މިވާހަކަ ވަރައްރީތި ނަމަވެސް ބައިތައް ގެނެސް ދޭލެއް ތަންކޮޅެއް ލަހީ ވަރައްވަރައް ސަޅި ތިކުރާހިތް ވަރައް ހަމަ ސާބަސް