ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

ކައިރާ ލަސްވުމުން ހައިކަލް އެންމެ ފަހުން ތެދުވެގެން ހިނގައިގަތީ ގެއަށް އައީ ކާކުތޯ ބެލުމަަށެވެ. ސިޓިންރޫމުން ނުކުމެވުމާ އެކު ހައިކަލްގެ ލޮލުގައި އަޅައިގަތީ ގެއަށް ވަދެގެން އައި މީހާއެވެ. އެއާއެކު ހައިކަލްގެ ދެލޯ ބޮޑުވެ ދެފައިގައި ކަސްތޮޅު އެޅުވުނު ކަހަލައެވެ.

*****

ލިބުނު ސިހުމުގައި ހައިކަލްއަށް ހުރެވުނީ ހަރަކާތެއް ކޮށްލަން ވެސް ނޭނގިފައެވެ. މިހާ ގިނަ ދުވަސް ފަހުން އެ ސޫރަ ފެނިދާނެ ކަމަށް ހައިކަލްއަށް ކުޑަ ނަމަވެސް އުއްމީދެއް ކުރެވިފައެއް ނެތެވެ. މާޒީން ސަފްހާތަކެއް ލޯ ކުރިމަތިން ސިފަވުމާ އެކު ހައިކަލް އަވަސް ހިނގުމެއްގައި ގޮސް ކައިރާގެ އަތުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ. އެ އަތުގެ ހިމާޔަތަށް ކައިރާ ގެނައި ފަދައެވެ. ކައިރާ ގެއްލެން ހައިކަލް ދެން ބޭނުމެއް ނޫނެވެ. އެ ދަރިފުޅުގެ އިންތިޒާރުގައި 23 އަހަރު ހޭދަކުރި ފަހުން ބައްދަލުވުމުން ދެން އެއްވެސް މީހަކަށް ކައިރާއާ ހައިކަލް ވަކި ކުރުވުމުގެ ބާރު ދޭކަށް ހައިކަލް ބޭނުމެއް ނޫނެވެ.

ހައިކަލްއަށް އައި ކުއްލި ބަދަލުން ކައިރާ ހުރީ ހައިރާންވެފައެވެ. ކުރިމަތީގައި ހުރީ ކާކުކަން ނޭނގުނަސް އެއީ ހައިކަލްއާ ގުޅުމެއް ހުރި މީހެއްކަން ކައިރާ ދެނެގަތެވެ. ހައިކަލްގެ މޫނުން ކައިރާއަށް ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ބިރާއި ސިހުމެވެ. އެ މީހާގެ ކިބައިން ކައިރާ ސަލާމަތްކުރަން އުޅޭ ކަހަލައެވެ.

" ހައިކަލް... "..... އެ މުސްކުޅި ބޭބެގެ ދެ ތުންފަތް ފޫ އަޅުވައިލުމަށް ފަހު ހައިކަލްގެ ނަން ނުކުތްއިރު އެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަން ފެށިއެވެ. ގިސްލަގިސްލައިފައި ރޮމުން ދިޔައިރު އަނގައިން ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔަ ނަމަވެސް އެ ކިޔާ އެއްޗެއް ސާފެއް ނޫނެވެ.

ހައިކަލްގެ އަތް މަޑުމަޑުން ދޫވިކަން ކައިރާއަށް އިހްސާސް ކުރެވުނެވެ. އޭނާއަށް ހައިކަލްއާ ދިމާއަށް ބަލައިލެވުނީ ކަންބޮޑުވެފައެވެ.

ހައިކަލްއަށް އިތުރަށް ކެތް ނުވީ ކަންނޭނގެއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އެ މީހާ ކައިރީގައި ހުއްޓިލިއެވެ. ނަމަވެސް މުށްކެވިފައިވާ ދެއަތް އޮތީ ފުރަގަހުގައެވެ. ދެތިން ފަހަރަކު ކުޑަކޮށް ހަރަކާތް ކުރި ނަމަވެސް ހައިކަލް އޭނާގެ ނަފްސު ކޮންޓްރޯލް ކުރިއެވެ. އޭރު އަރުތެރޭގައި ލީ ހިތިރަހަ އަލުން ލާކަން ހައިކަލް ނޭދެއެވެ.

" ހައި.. ހައިކަލް.. ދަރިފުޅާ... ބައްޕައަށް މާފް......."..... ކައިރާއަށް ދެލޯ ބޮޑުކޮށްލެވުނީ އެއީ ހައިކަލްގެ ބައްޕަކަން އެނގުމުންނެވެ. ހައިކަލް ކިޔައިދިން ވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރިގަތެވެ. އެ ބައްޕަގެ އަނިޔާވެރިކަމުން ހައިކަލްގެ ދިރިއުޅުން ހަލާކުވެގެން ދިޔަ ގޮތް ހިތަށް ސިފަކުރެވުމާ އެކު ކައިރާގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ.

ކައިރާ އަވަސް އަވަހަށް ނަޝީލާއަށް މެސެޖް ކޮށްލުމަށް ފަހު ވެގެން އުޅޭ ކިޔައިދިނެވެ. އަދި މެހެރްމެން ކޮންމެވެސް ގޮތަކުން އެ ދިމާއަށް ނުފޮނުވައި ބޭތިއްބުމަށް އެދުނެވެ.

" ހައިކަލް...."..... ހައިކަލް އެއްޗެކޭ ނުބުނަން ހުންނަން ފެށުމުން އޭނާގެ ބައްޕަ ޒަފަރް އަނެއްކާ ވެސް ގޮވައިލިއެވެ. އެވަގުތު ހައިކަލް އިސްޖަހައިލިއެވެ. އެ ލޮލުން ވެއްޓުނު ކަރުނަތިކި ޒަފަރްގެ ލޮލުގައި އަޅައިގަތުމުން ކުރިއަށް ވުރެ ބޮޑަށް ނަފްސު ކުށްވެރި ކުރެވުނެވެ.

" ބައްޕަ އަޅުގަނޑު ގާތުން މާފަށް ނޭދުނަސް ރަނގަޅު ވާނެ... ބައްޕައަށް މާފް ކުރިތާ ކިތަންމެ ދުވަހެއް.. ހަމަ އެންމެ ސަބަބަކަށް ޓަކައި !... ތިއީ އަހަރެންގެ ބައްޕައަށް ވީތީ.. ކުރާ އިހްތިރާމެއްގެ ބޮޑުކަމުން.. ދަރިންނަށް ވުރެ މައިންބަފައިންގެ އަގު އެތައް ގުނައެއް މަތިވީމަ... ނޫން ނަމަ މިހާރު ދުނިޔޭގަ ނުހުރީސް... "...... ހައިކަލްއަށް ދަތްކުނޑި ވިކައިލެވުނެވެ. އިންތިހާއަށް ދެރަވި ނަމަވެސް ޒަފަރްގެ ސަބަބުން ހައިކަލް އުޅެން ޖެހުނު މަޖުބޫރީ ހާލަތު ހަނދާންވުމުން ރުޅި އިސްކުރެވެނީއެވެ.

" ބައްޕައަށް ކުރެވުނީ ކުށެއް... ބޮޑު ކުށެއް... ހައިކަލްގެ މާފު ހައްޤެއް ވެސް ނޫން... އެކަމަކު އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބުނު.. މާ ފަހުން ވިސްނުނީ... އަސްރާ މަރުވުމުން.. ބައްޕައަށް އިހްސާސް ކުރެވުނު ލޯބިވާ މީހަކު ގެއްލުމުން ވާނެ ދެރަ..... އެދުވަހު ވިސްނައިލެވުނީ އޭރު ދަރިފުޅުގެ އިހްސާސްތައް ވެސް ހުންނާނީ މިހެން ކަން... ގަސްތުގަ ދަރިފުޅުގެ ދިރިއުޅުން ހަލާކު ކޮށްލެވުނީ.... "....... ޒަފަރްގެ ވާހަކަތަކާ އެކު ހައިކަލްގެ މޫނު ހުދުވެގެން ދިޔައެވެ. ހިނދުކޮޅަކަށް މުޅި ވުޖޫދުވެސް ހުއްޓުނު ފަދައެވެ. ހިތުގައި ހިފައި މީހަކު ބާރުކޮށްލި ފަދަ އިހްސާސެއް ކުރެވިގެން ދިޔައެވެ.

އޭނާއަށް ނުވެސް އެނގި ހުއްޓާ މަންމަ މަރުވުމުން އެހިތް ކުދިކުދިވެގެން ދިޔައެވެ. އުޅޭ ހާލެއް ނޭނގުނަސް އަސްރާދެކެ ހައިކަލް ނުހަނު ލޯބިވެއެވެ. އެ މަންމައާ ބައްދަލުކޮށްލަން އަބަދުވެސް އެ ހިތް އެދި އާދޭސް ކުރެއެވެ. ނަމަވެސް އެ އާދޭސްތަކަށް ހައިކަލް އަބަދުވެސް ދިނީ ބީރު ކަންފަތެކެވެ. އެންމެ ފަހު ފަހަރަށް ފެނިލުމުގެ ނަސީބު ވެސް ނުލިބި އެ ވަކިވީއެވެ. ވަދާޢުގެ ސަލާމް ކޮށްލުމެއް ނެތި އުމުރަށް އަލްވަދާޢު ކީޢެވެ.

ހައިކަލްގެ މަޑު ގިސްލުމުގެ އަޑު ކައިރާގެ ކަންފަތުގައި ޖެހުމުން އެހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ނަމަވެސް މަޑުން ހުންނަން މަޖުބޫރުވީ ހައިކަލްއާއި ޒަފަރްގެ މައްސަލައިގައި އޭނާ އެއްޗެކޭ ބުނެފިނަމަ ހައިކަލް ހިތްހަމަ ނުޖެހިދާނެހެން ހީވާތީއެވެ.

" ދަރިފުޅާ.. ބައްޕަ ބޭނުން އާޝިޔާ ގާތުން މާފަށް އެދެން.... ކޮބާ އޭނަ؟......."..... ޒަފަރްގެ އަޑުގައިވީ ހިތްދަތި ކަމެވެ. އާޝިޔާގެ ނަން އިވުމާ އެކު ހައިކަލްއަށް ދެލޯ މަރައިލެވުނެވެ. ނަމަވެސް ބުމަ ގޮށްޖެހިގެން ދިޔައީ ހައިކަލްއަށް އެ ލޯބި ނުލިބުނީ ޒަފަރްގެ ސަބަބުންކަން ހަނދާންވުމުންނެވެ.

" ބޭނުންތަ އާޝިޔާ ކައިރިން މާފަށް އެދެން؟...... ބޭނުން ނަމަ އާދޭ......"..... ހައިކަލްގެ މޫނުގައިވީ ބަޔާންކުރަން ދަތި ކުލަވަރެކެވެ. އެ އަޑުން ހިތްހަމަ ނުޖެހިފައި ހުރިކަން ފާޅުވަމުން ދިޔައެވެ.

ކައިރާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ހުއްޓުމަކަށް އައީ ހައިކަލްގެ ފަރާތުން އިވުނު ލަފްޒުތަކުންނެވެ. އޭގެން ނަގަންވީ ކޮން މާނައެއްކަން އޭނާއަށް ނުވިސްނުނެވެ.

އެހެން ހުއްޓައި ކުއްލިއަކަށް ހައިކަލް ހިނގައިގަތީ ބޭރަށެވެ. ޖީބުގައި އޮތް ކާރުގެ ތަޅުދަނޑު ނަގައިގެން ގޮސް ކާރު ސްޓާޓް ކޮށްލައިގެން އިނީ ޒަފަރްގެ އިންތިޒާރުގައެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ޒަފަރް ކާރަށް އެރުމާ އެކު ހައިކަލް ކާރު ދުއްވައިލިއެވެ.

" ކެން... ކަމް ފާސްޓް.. ވަރަށް އަވަސް....... "... ކައިރާ އަށް ލިބުނު ޝޮކުގައި ހިނދުކޮޅަކަށް ގުޑިލަން ވެސް ނޭގި ހުރެފައި ބާރަށް ހަޅޭއްލަވައިގަތެވެ. އެ އަޑު އިވުމާ އެކު ކިޔާންގެ އިތުރުން ދެން ތިބި އެންމެން ވެސް އައިއިރު އެ މޫނުތަކުން ފެންނަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި ހާސްކަމެވެ. ހައިކަލް ފެންނަން ނެތުމުން ނަޝީލާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.

" ކައި.. ހަމަޖެހި ބަލަ... ކިހިނެތް ވީ......"..... ކައިރާ އެއްޗެކޭ ނުބުނެ ރޮމުން ދޮރާ ދިމާލަށް އިޝާރާތް ކުރަމުން ދާތީ ކިޔާން އޭނަގެ އަތުގައި ބާރަށް ހިފަހައްޓައިލިއެވެ.

" ކެން.. އައި ވިލް އެކްސްޕްލެއިން އެވްރީތިންގް... ވީ ނީޑް ޓު ގޯ ނައު... ޝޭން އާދޭ ދޮންތިއާ އެކު......."...... ކައިރާ އިތުރު ސުވާލަކަށް ޖަވާބު ނުދީ ދުއްވައިގަތީ ބޭރަށެވެ. މަގަށް ނުކުމެ ދެކޮޅު ހޯދައިލިއިރު ހައިކަލްގެ ކާރު ތަންކޮޅެއް ދުރުން ފެނުމުން އަނެއްކާ ވެސް ކިޔާން ގާތު އަވަސް ކުރުމަށް ބުންޏެވެ.

އިޝާންއާއި ކިޔާންގެ އިތުރުން ކައިރާ ސައިކަލުގައި މިސްރާބު ޖެހީ ހައިކަލްގެ ކާރާ ދިމާލަށެވެ. ހައިކަލް ކުރަން އުޅޭ ކަމެއް ނޭނގޭތީ ކައިރާގެ ހިތް ބާރު މިނެއްގައި ތެޅެމުން ދިޔައެވެ. އިޝާންއާއި ކިޔާންއަށް ވެގެން އުޅޭކޮށް ކޮންމެވެސް ވަރަކަށް ކިޔައިދިނުމުން އެ ދެ ޒުވާނުން ވެސް ނުތަނަވަސް ވިއެވެ.

ހައިކަލް ކާރު މަޑުކޮށްލީ އާސަހަރާ ކުރިމަތީގައެވެ. ކާރުން ފޭބުމަށްފަހު ބާރަށް ދޮރުޖަހާލަމުން ހައިކަލް ކާރަށް ލެނގިލިއެވެ. އެ ހަށިގަނޑުގައި ހަކަތަ ނެތް ފަދައެވެ.

ޒަފަރްގެ މޫނުން ފެންނަމުން ދިޔައީ ހައިރާން ކަމެވެ. ހައިކަލް އާސަހަރާއަށް އަންނަންވީ ސަބަބެއް އޭނާއަށް ނުވިސްނުނެވެ.

" ނޭނގުނު ދޯ.. އާޝިޔާ ގާތުން މާފަށް އެދެން ނޫންތަ ތި އައީ؟... މިތާނގަ އާޝިޔާވީ.. އަވަހަށް ދޭ.. ގޮސްފަ ބުނޭ..... ބުނޭ އާޝިޔާގެ ދިރިއުޅުން ނަރަކައަށް ހަދައިލުމަށް ފަހު މާފަށް އެދެންށޭ މިއައީ.....!!! ..."..... ހައިކަލްގެ އަޑުގައިވީ ނުރުހުންވުމާ އެކު ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެ ހިތަށް ކޮށްފައިވާ އަސަރު އެ ލޮލުން ފެންނަމުން ދިޔައެވެ.

ޒަފަރަށް ބުނާނެ އެއްޗެއް ނޭނގުމުން އިސްޖަހައިލެވުނެވެ. އާޝިޔާ މަރުވުމުގެ ކުރިން އާދެވުނު ނަމައެވެ. މާބޮޑަށް ވެސް ވަގުތު ފާއިތުވެއްޖެއެވެ.

" މަންމަގެ ހިތުގައި ކާފައާ މެދު ބުރަކަމެއް ނެތް.... "..... ފަހަތުން އިވުނީ އަންހެން ކުއްޖެއްގެ އަޑެވެ. ޒަފަރް ސިހިފައި ބަލައިލިއިރު ހައިކަލްއަށް ވެސް ވީ އެފަދަ ގޮތެކެވެ.

އޭރު ދެތިން ފޫޓު ދުރުގައި ހުއްޓިލައިގެން ކައިރާ ހުއްޓެވެ. އެ މޫނު ވަނީ މިލައިފައެވެ. ނޭފަތް ރަތްވެފައި ވާއިރު ދެލޮލުގައިވީ ކަރުނައެވެ. ތުންފަތުގައި މަޑު ތުރުތުރެއް ހުރި އިރު އޭނާގެ ނަޒަރު އަމާޒުވެފައި ވަނީ ޒަފަރް އަށެވެ.

ހައިކަލްއަށް މަޑުމަޑުން ކައިރާއަށް ގޮވައިލެވުނެވެ. އޭނާއަށް އެންމެ ފަހަރަކު ވެސް ކައިރާ ހުރިކަން ހަނދާން ނުވީއެވެ. ނޫން ނަމަ އެގޮތަށް ކަންތައް ކުރުމުގެ ހިތްވަރު ހައިކަލްއަށް ނުލިބުނީހެވެ.

" ތިއީ.. އަ.. އާޝިޔާގެ ދަރިފުޅުތަ؟....."...... ޒަފަރްގެ އަޑުގައިވީ ހައިރާން ކަމެވެ. އެ އަންހެން ކުއްޖާގެ މޫނުން އާޝިޔާއަށްވުރެ ބޮޑަށް ޒަފަރަށް ސިފަ ކުރެވުނީ އަސްރާއާ އެވެ. އަސްރާގެ ޒުވާން ދައުރާ ތަފާތެއް ނެތެވެ. ޒަފަރަށް އެއްޗެއް ވިސްނުނު ފަދައިން ހައިކަލްއަށް ބަލައިލިއެވެ.

" ހައިކަލް އާޝިޔާއާ ކައިވެނި ކުރީތަ؟......."....... ޒަފަރްގެ މޫނުގައިވީ މޮޅިވެރިކަން ފިލައި ކޮންމެވެސް ވަރަކަށް އުޖާލާވެގެން ދިޔައެވެ.

ހައިކަލްގެ ތުންފަތަށް ވެރިވީ ހިތި ހިނިތުންވުމެކެވެ. ޒަފަރްގެ ހިތުގައި ވީ ކީކޭކަން ހައިކަލްއަށް އެނގެއެވެ.

" ކައިވެނި ނުކުރިޔަސް ބައްޕަ ބޭނުންވި ގޮތް ވި އެންނު... "......... ހައިކަލް ޒަފަރްއަށް އެ ދުވަސް ހަނދާންކޮށްދިނުމުން ޒަފަރްއަށް އިސްޖަހައިލެވުނެވެ. އޭނާއަށް މާ ބޮޑަށް ވެސް ކުށް ކުރެވިއްޖެކަން ޔަޤީންވުމުން އެ ހިތް މާޔޫސްވެގެން ދިޔައެވެ.

" ހެޔޮ ނުވާނެ.. މާފް ކޮށްދީ.. އެ ދުވަސް އަނބުރާ ގެނެވޭނެ ނަމަ ހުރިހާ ކަމެއް ބަދަލުކުރާނަން......."....... ކުއްލިއަކަށް ޒަފަރް ތިރިވެ ހައިކަލްގެ ފައިގައި ހިފައިގަތެވެ. ސިހިފައި އަވަސް އަވަހަށް ހައިކަލް ތިރިވެ ޒަފަރު ތެދުކުރިއެވެ.

ހިތާ ދެކޮޅަށް ނަމަވެސް މިއަދު ޒަފަރު ބަލައިގަތުން ހައިކަލްއަށް މަޖުބޫރެވެ. އަސްރާގެ މަރަށް ފަހު ބައްޕަ އުފުލާނޭ ވޭނާއި އެކަނިވެރިކަން ހައިކަލްއަށް އިހްސާސް ކުރެވުމުން ޒަފަރްގެ ގައިގައި ބޭއިޚްތިޔާރުގައި ބައްދައިލެވުނެވެ. އޭރު އެ އެސްފިޔަތައް ފޫ އަޅުވައިލުމަށް ފަހު އަނެއްކާވެސް ކަރުނަ ފައިބައިގަތެވެ.

އެ ހާދިސާއަށް އެތައް އަހަރެއް ފާއިތުވި ފަހުން ވިޔަސް ޒަފަރަށް އޭނާގެ ކުށް ޤަބޫލު ކުރެވުމުން ހައިކަލްއަށް ހިތްހަމަ ޖެހުން ލިބުނެވެ.

ދުރުގައި އެ މަންޒަރު ބަލަން ތިބި އިޝާންއާއި ކިޔާންގެ ލޯ ވެސް ކަރުނުން ތެއްމާލިއެވެ. އިޝާންއަށް ވެސް އޭނަގެ ކާފަ ފެނުނު ފުރަތަމަ ފަހަރު މިއީއެވެ. ކައިރާ އިޝާރާތް ކޮށްލުމުން އިޝާން އެދިމާއަށް ގޮސް ހުއްޓިލިއެވެ.

" މިއީ ބައްޕަގެ ޒުވާން ދައުރުގެ ކޮޕީއެއް... ހައިކަލްގެ ދަރިން ވައްތަރު މިވީ ހައިކަލްގެ މަންމައާއި ބައްޕައާ.. ކިހާ ރަނގަޅު.....".... އިޝާން ފެނުމާއެކު ޒަފަރު ބުނެލިއެވެ. އެ އަޑުގައި ބީރައްޓެހިކަމެއް ނެތުމުން އިޝާން ހީލިއެވެ.

އިޝާންގެ ސަކަ މިޒާޖަކީ ޒަފަރުގެ ފަރާތުން ވާރުތަވި އެއްޗެއްކަން އެނގުމުން ކައިރާގެ ތުންފަތަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. ޒަފަރު ފެނުމުން ހިތުގައި ޝަކުވާ އުފެދުނު ނަމަވެސް ކައިރާ ހުރީ އުފާވެފައެވެ. އުމުރުން އެހާ ދުވަސްވެފައި ހުރުމުން ބާކީ ދުވަސްތަކުގައި ކާފައާ އެކީ ހަނދާނުން ފޮހެލަން އުނދަގޫ އުފާވެރި ދުވަސްތަކެއް ހޭދަކުރަން ކައިރާ ބޭނުންވިއެވެ.

ޒަފަރުގެ ހިތުގައި ކައިރާއާ މެދު އިޝާންއަށް ވުރެ ބޮޑަށް ލޯބި އުފެދިގެން ދިޔައީ އަސްރާގެ ސޫރަ ސިފަވާތީއެވެ. އާޝިޔާއާ މެދު ބޭއިންސާފުން ކަންތައް ކުރެވުމުން އޭގެ ބަދަލުގައި ކައިރާއަށް އުނިވެފައިވާ ކާފައެއްގެ ލޯތްބާއި އަޅައިލުން ދޭން ޒަފަރު ބޭނުންވިއެވެ.

ހައިކަލްމެން އެނބުރި ގެއަށް ދިޔުމުން ނަޝީލާމެންގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ތަފްސީލީ ޖަވާބެއް ނުދީ ހައިކަލް ތަންކޮޅެއް ތިލަކޮށް އެވާހަކަ ކިޔައި ދިނެވެ. ހައިކަލް ބޭނުންވީ ޒަފަރު އެގޭގައި ހުރުމަށެވެ. ކަން ދިމާކުރި ގޮތުން ޒަފަރް ރާއްޖެއަށް އައީ ވެސް އެދުވަހުއެވެ. ދުވަހު ކުއްޔަށް ދޭ ކޮޓަރިއެއްގައި ޒަފަރު ހުރީ މާލޭގައި ހުންނާނެ ގެއެއް ނެތިގެން ނޫނެވެ. ނަމަވެސް އެ ގެއަކީ ހައިކަލްގެ ގެކަން ޒަފަރަށް އެނގޭތީއެވެ. ހައިކަލްގެ ނިންމުމާ މެދު ޒަފަރު ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. ދަރިފުޅާ ދޭތެރޭ އެއް އިރެއްގައި އަނިޔާވެރި ވެވުނަސް މިހާރު އެ ލޯބި އަނބުރާ ދޭން ޒަފަރު ބޭނުމެވެ.

*****

ހަފްތާ ބަންދު ގާތް ވަމުން ދިޔަވަރަކަށް އާއިލާ ތެރޭގައި ފޯރި ގަދަވަމުން ދިޔައެވެ. އިޝާން ހުންނަނީ ކެތްތެރިކަން ކުޑަ ވެފައެވެ. ކޮންމެ ދުވަހަކު ކަލަންޑަރުން ދުވަސްތައް ގުނަމުންދާއިރު ހީވަނީ ކުޑަކުއްޖެއްހެންނެވެ. އޭނާ އުޅެމުން ދިޔަ ގޮތުން ކިޔާންމެން ދިމާކުރިޔަސް އިޝާންގެ ފަރުވާލެއް ނެތެވެ.

"އުލް.. ކޮބާ؟...."... މާދަމާ ގެންދަން ޖެހޭ ތަކެތި ގަތުމަށް ޓަކައި އެލީޝާމެން ތިބީ ފިހާރައަށް ދާން ތައްޔާރުވެގެންނެވެ. އެންމެން ހަމަވިއިރު ވެސް އުލްޔާ ނާންނާތީ ކައިރާ ގުޅުމުން އުލްޔާ އެދުނީ އިޝާން ފޮނުވުމަށެވެ.

" ޝޭން.. އުލް ބުނި އަންނާށޯ.. އެހެންވީމަ އެންމެން އެއްކޮށް ދޯ ދާނީ... " ކައިރާ ފޯނު ބާއްވަމުން ބުނެލިއެވެ. ސައިކަލުގައި އުލްޔާމެންގެ ގެއަށް ދިޔައިރު އުލްޔާ ގޭގެ ދޮރުމަތީގައި އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ.

ހަ ޒުވާނުން އެކީގައި ފިހާރަތަކަށް ވަދެ ތަކެތި ހަމަކުރަމުން ދިޔައެވެ. ބާޒާރުކޮށް ނިމުނު އިރު ކޮންމެ މީހެއްގެ އަތުގައި ވެސް ދެތިން ކޮތަޅު އޮތެވެ.

" ޝޭން ހީވަނީ ދެތިން މަސްދުވަހަށް ފުރަން އުޅޭހެން ރަށަކަށް.. މި ކޮތަޅަށް އަޅައިފިޔޭ ސާމާނު ފަށެއް...."..... އުލްޔާ އޭނާގެ އަތުގައި އޮތް ބޮޑުކޮތަޅެއް ދައްކައިލަމުން ބުނެލިއެވެ. އެއާ އެކު އިޝާން އަނގަޔަށް ގޮތެއް ހަދައިލިއެވެ.

" އުލް ބުނަންތަ ވާހަކައެއް... ޝޭން އުލް ތެދުކުރާނެ ދަންވަރު ދޭއް ޖަހާއިރުވެސް ކާން.. މަންމަ ބުނާނެ ރޭގަނޑު އެންމެން ނިދީމަ ބަދިގެއިން އަޑުއަޑު އިވޭތީ ދާއިރު ޝޭން އުޅޭނެއޭ ކާ އެއްޗެއް ފެނޭތޯ ތަންތަން ކޮނުމުގަ "........ ކައިރާ އިޝާންއާ ދިމާކޮށްލުމުން އިޝާން ދެލޯ ހަނިކޮށްލަމުން އޭނާއަށް ބަލައިލިއެވެ.

އަނެއްކާވެސް ކައިވެނީގެ ވާހަކަ ދެކެވުމުން ކައިރާ ސިއްރު ސިއްރުން ކިޔާންއަށް ބަލައިލިއެވެ. އޭރު ކިޔާން ލާނެތް ހިނިތުންވުމަކާ އެކު އޭނާއަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން ކައިރާ އަވަސްއަވަހަށް ދުރު ބަލައިލިއެވެ.

ގެއަށް ކޮތަޅުތައް ލުމަށް ފަހު އަނެއްކާ ވެސް ހަ ޒުވާނުން ނުކުތީ ބޭރަށެވެ. ޖެލީއަށް ވަދެ ޕިއްޒާއާއި ކޯކް ގަނެގެން އެމީހުން މިސްރާބު ޖެހީ އާރޓިފިޝަލް ބީޗާ ދިމާލަށެވެ. ދޮންވެލިގަނޑުގައި އިށީންނަން މެޓެއް ފަތުރާލަމުން އެންމެން ހަމަޖެހިލިއެވެ.

ކައިރާއާއި ކިޔާން އެއްފަހަރާ އެކަކު އަނެކަކަށް ބަލައިލަމުން ހޭން ފެށީ މާޒީން ދުވަހެއް ހަނދާންވުމުންނެވެ. ޒެވިޔަންއަށް އެކަން ވިސްނުމުން އެދުވަހު ނެގި ވީޑިޔޯ ހޯދައިލިއެވެ. އަހަރުތަކާ އެކު ފޯނު ބަދަލުވިޔަސް އެ ހަނދާންތައް ރައްކާކުރެވިފައި ހުއްޓެވެ.

" ދޮންތި ހާދަ ގަދައޭ.. ބަލާބަ ކެން ވައްޓާލި ގޮތް.. ހިތަށް އަރާ މި ދެމީހުން ކިހާ ވަރަކަށް އަދި ފައިޓް ކުރާނެ ބާއޭ... ކެންއަށް ތި ލިބުނީ ސުޕަރ ވިމެން އެއް ..... "....... ވީޑިޔޯ ބަލާ ނިމުނު އިރު އިޝާންއާއި އުލްޔާ ތިބީ ހީހީ ހަލާކުވެފައެވެ.

" ކައި ނޫޅެން ދެން... "....... އެންމެން ދިމާ ކުރަން ފެށުމުން ކައިރާ ލޯ އަޅައިލަމުން ތެދުވިއެވެ. ކިޔާންވެސް އޭނާ ފަހަތުން ތެދުވެ ދެމީހުން އެއްކޮށް ހިނގައިގަތީ ރާޅުފަށާ ދިމާއަށެވެ. މަޑުމަޑުން ފައިތިލައިގައި ރާޅުތައް ބޮސްދެމުން ދިޔައިރު ދެ ޒުވާނުންގެ މޫނުގައި ވެސް ވަނީ އުފާވެރި ހިނިތުންވުމެކެވެ.

" ކެން.. އާރޓިފިޝަލް ބީޗް އަހަރުމެންގެ ދިރިއުޅުމާ ވަރަށް ގުޅޭ ދޯ....."...... ކައިރާ ވިސްނުމެއްގައި ހުރެފައި ބުނެލިއެވެ.

" ޔެސްސް.... ކައި ގެއްލިގެން ހޯދި ރޭގަ ވެސް މިތަނަށް އައިން.. ހިތް ބުނީ ކައި ހުންނާނެއޭ މިތާނގަ.. ވަރަށް ހޯދިން...... "..... ކިޔާން މާނަ ފުން ހިނިތުންވުމަކާ އެކު ބުނެލިއެވެ. އެވަގުތު ކައިރާ ފާޑަކަށް ބަލައިލުމުން ކިޔާން ބުމަ އަރުވާލީ ކިހިނެތްވީ ހެއްޔޭ އަހާ ފަދަ ގޮތަކަށެވެ.

" ސާބަސް މޮޔަގަނޑު... ތިވަރަކަށް ދެން މީހަކަށް ބެލޭނީ.. ކައި އިނީ މިތާނގައޭ... 12 ހާއިރު ގެއަށް ދިޔައީ ވެސް......".... ކައިރާ އުނގަނޑުގައި އަތް ވިއްދާލަމުން ބުނެލީ ތުންކޮޅު އަނބުރައިލަމުންނެވެ.

" އަސްލުތަ.. ކެން ވެސް އެގަޑީގައޭ ދިޔައީ ހަމަ... ދެން ކުރާނެ ކަމެއް ނެތް.. ތަޤުދީރު...."..... ކިޔާން މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއިރު ކައިރާ ހޭން ފެށިއެވެ.

އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު އެންމެން އެނބުރި ގެއަށް ދިޔައިރު އެ ހިތްތަކަށް ލިބިފައި ވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ނަމަވެސް ނޭނގޭ ސަބަބަކާ ހުރެ ކިޔާންގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ކައިރާ ދިޔުމަށް އޭނާ ބޭނުން ނުވަނީއެވެ. ލޯ ކުރިމަތިން ގެއްލިދާނޭ ކަމުގެ ބިރު ހިތުގައި އާލާ ވަނީއެވެ.

" ކެން... ޕްލީޒް .. ތިވަރަށް ނުވިސްނަބަލަ.... އައި ވިލް އޯލްވޭޒް ބީ ހިއަރ ފޯރ ޔޫ... މާދަން މަރުވިޔަސް މިހިތުގައި ފަހު ވަގުތާ ހަމައަށް ވެސް ވާނީ ތި ލޯބި... ކެން ނޫން އެހެން މީހަކު ދެކެ ލޯތްބެއް ނުވާނަން... ކައި އަބަދުވެސް ދުޢާ ކުރަން މި ދުނިޔޭގަ ވެސް... އެ ދުނިޔޭގަ ވެސް ކެން އާއެކީ ވުމަށް... "..... ކައިރާގެ ވާހަކަދެއްކުމުގައިވީ ތަފާތުކަން ކިޔާންއަށް އަޅައިނުގަތެވެ. ނަމަވެސް އެ ހިތުގައި އުފެދެމުން ދިޔަ ގޮތް ނޭނގޭ އިހްސާސްތައް ދިޔައީ ފުންވަމުންނެވެ. ލޯބިން ކައިރާ ގެނެސް މޭގައި ލަށްކޮށްލަމުން ކިޔާން އޭނާގެ އަތް ކައިރާގެ ހަށިގަނޑުގައި ވަށައިލިއެވެ. އެ ގޮތުގައި ދެ ޒުވާނުން ވެސް ހިނދުކޮޅަކަށް ތިބީ ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށެވެ. ބޭ އިޚްތިޔާރުގައި ކައިރާގެ ލޮލުން ކަރުނަ ފާއްދާލީ ކިޔާންގެ ހިތަށް ކޮށްފައިވާ އަސަރު ކޮންމެވެސް ވަރަކަށް އިހްސާސް ވުމުންނެވެ.

ކައިރާގެ ނިތް ކުރީގައި ބޮސް ދިނުމަށް ފަހު ކިޔާން އޭނާގެ ގައިން ދޫކޮށްލިއިރު އެ މޫނުގައިވީ ފަނޑު ހިނިތުންވުމެކެވެ. ކައިރާ ގޮސް ގެއަށް ވަނުމާއެކު ކިޔާންއަށް ފަޅުކަން އިހްސާސް ކުރެވުނެވެ. ނުތަނަވަސްކަން ކަނޑުވައިލެވޭތޯ ކިޔާން ފުންކޮށް ދެތިން ނޭވާލުމަށް ފަހު އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

*****

" ދޮންތީ....... ވޭކް އާޕްޕްޕް....... ރައިޒް އެންޑް ޝައިން......" ކައިރާއަށް ސިހިފައި ދެލޯ ހުޅުވައިލެވުނީ އިޝާންގެ އަޑު ދާދި ގާތުން އިވުމުންނެވެ. އޭރު ހެވިފައި މިޝެލް އުރައިގެން ކިޔާން ހުއްޓެވެ.

" ޝެލީ.. އަވަހަށް ދޭ ދޮންބެ ގޮވައިގެން ... މަމީ އަދި ނިދާލަން...."..... ކައިރާ ލޯ މަރާލަމުން ބާލީހުގައި ބައްދާލިއެވެ.

" ނޯ ނޯ... މަމީ... "...... ޝެލީ އައިސް ކައިރާގެ މޫނުގައި ހިފައި ތެދުކުރަން އުޅަން ފެށުމުން ކައިރާ އެނދުގައި އޮތް ބާލީސް ހޫރައިލީ އިޝާންއާ ދިމާއަށެވެ. ނުވިސްނާ ހުރުމުން ބާލީހުން ޖެހިފައި އިޝާން ވެއްޓުނީ ސޯފާއަށެވެ.

އެވަގުތު އިޝާން ހިނިގަނޑެއް ޖަހައިލަމުން މިޝެލްއާއި އަތާއަތް ޖަހައިލިއެވެ. ކުޑަކުޑަ މިޝެލް ވެސް އަނގަމަތީ އަތް އަޅައިގެން ހުރެ ހެމުން ދިޔައީ އިޝާންއާ އެއްބައި ވުމުގެ ގޮތުންނެވެ.

އެންމެން ވެސް ފުރަތަމަ ދިޔުމަށް ހަމަޖެހިފައި އޮތީ ޖިހާދުމެން ގެއަށެވެ. އެގެއިން އެންމެން އެކީގައި ފުރަން ދިޔުމަށް ހަމަޖެހިފައި އޮތުމުންނެވެ.

ކައިރާމެންނަށް ދެވުނު އިރު ހުރިހާ މީހުން ވެސް އެގޭގައި ތިއްބެވެ. ލަސްނުކޮށް ޕެކް ކޮށްފައިވާ ފޮށިތައް ނަގައިގެން ހިނގައިގަތް އިރު އެ މޫނުތަކުން ފެންނަނީ އުފާވެރިކަމެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑެއްގައި ގޮސް ލޯންޗު ކައިރިކޮށްލީ ކުޑަ ފަޅުރަށެއް ކައިރިއަށެވެ. ރަށާއި މާބޮޑަށް ގާތް ނުކުރެވޭތީ މީހުން ގެންދަން ޖެހުނީ ކުޑަ ޑިންގީ އެއްގައެވެ. ހައިކަލްމެން ގުޅުމުން އަނބުރާ ލޯންޗު އަންނަ ގޮތަށް ފުރީ އެއީ ޖިހާދުގެ އެއްޗެއް ކަމަށްވާތީއެވެ.

އެއީ ރީތި ހިތްގައިމު ރަށެކެވެ. ގާކޮޅެއް ނެތް އިރު ލޮނުގަނޑު ނުހަނު ސާފެވެ. ހުދު ކިރުފޮދެއް ފަދަ ދޮންވެލިގަނޑު ފެނުމުން އެކަނިވެސް އިޝާން ހުރީ މޮޔަވެފައެވެ. އޭނާ ހީކުރި ވަރަށް ވުރެ އެރަށް ފުރިހަމައެވެ.

މޫދަށް ފޭބުމުގެ ކުރިން އެއްވެސް މީހަކު އެކަނި ދުރަށް ނުދިޔުމަށް އައިމަން ނަސޭހަތްތެރި ވިއެވެ. ހުރިހާ ފިރިހެން ވެރިން ވެގެން ޓެންޓް ޖަހައި ނިމުމުން އަންހެންވެރިން ޓެންޓް ތެރޭގައި ގެނައި ތަކެތި އަތުރައިލިއެވެ. އަދި ހެނދުނަށް ސައިގެ ގޮތުގައި ގެނައި ރޮއްޓާއި މަސްހުނި، ސޭންޑްވިޗް، ސޮސެޖު އަދި ކައްކާފައި ހުރި ބިސް ވެސް ކެވޭ ގޮތަށް ބޮޑު މެޓެއްގައި އަތުރައިލިއެވެ.

މެޓުގެ ވަށައިގެން އެންމެން ތިބިއިރު އެކި އެކި ވާހަކަތަށް ދިޔައީ ދެކެވެމުންނެވެ. ފަޒާގައި ގުގުމާފައި ވަނީ ހިނިތުންވުމުގެ އަޑެވެ.

ސަޔަށް ފަހު ކިޔާންމެން ނިންމީ ރަށުތެރެ ބަލާލަން ދިޔުމަށެވެ. ޒެވިޔަންއާއި އެލީޝާ، އަދި ކިޔާންއާއި ކައިރާގެ އިތުރުން އިޝާންއާއި އުލްޔާ ހިނގައިގަތީ ކުޑަ ދަބަހަކަށް ފެން ފުޅިއާއި ލުއި ކާނާ އަޅައިގެންނެވެ. ކިޔާންގެ ކަރުގައި އަޅައިފައި އޮތް ކެމެރާއިން ފޮޓޯ ނަގަމުން ދިޔައިރު ކޮންމެ މީހަކަށް ވެސް އެމީހަކަށް ޖެއްސުނު ވައްތަރެއް ޖައްސަމުން ދިޔައެވެ.

" އުލްޔާ ޖިހާދު.... ".... އިޝާން ދަތްތަކަށް ބާރުކޮށްލުމަށް ފަހު ހަޅޭއްލަވައި ގަތީ ކުއްލިއަކަށް އޭނާގެ މޫނުގައި އުލްޔާ އައިސް ކުލަ އުނގުޅުމުންނެވެ. އިޝާންގެ މޫނު ހުރިގޮތް ފެނުމުން އުލްޔާ ބަނޑުގައި އަތް އަޅައިގެން އޮވެ ހެމުން ދިޔައިރު ދެންތިބި ޒުވާނުން ވެސް އިޝާންއަށް މަލާމަތްކޮށްފައި ހެމުން ދިޔައެވެ.

" ޝޭން ނޯ..."..... އުލްޔާގެ ހުނުމުގެ އަޑު ފަޒާގައި ގުގުމައިގެން ދިޔައެވެ. އުލްޔާގެ ފަހަތުން އިޝާން ދުވަމުން ދިޔައިރު އެ މަޑު ފަސްގަނޑުގައި ދުވުން ވީ އުލްޔާއަށް އުނދަގޫ ކަމަކަށެވެ. ކުއްލިއަކަށް ފަސްގަނޑަށް ފައިތިލަ ގަނބައި ގަތުމުން އުލްޔާ ވެއްޓެން ދިޔައެވެ. ނަމަވެސް ބިންމަތީގައި ޖެހުމުގެ ކުރިން އިޝާން އޭނާ ހިފަހައްޓައިފިއެވެ. މަޑުމަޑުން ލޯ ހުޅުވައިލުމާ އެކު ފުރަތަމަ ވެސް އުލްޔާގެ ލޮލުގައި އަޅައިގަތީ އިޝާންގެ ޖާދުވީ އަޅިފެހި ކުލައިގެ ލޮލެވެ. އެ ލޮލުގެ ޖާދުލުގައި ޖެހެން އުލްޔާއަށް ނެގީ މަދު ސިކުންތު ކޮޅެކެވެ. އެ ދޮން މޫނަށް ފިޔާތޮށި ކުލަވެރިވެގެން ދިޔައިރު އިޝާންގެ މޫނުގައިވީ ލާނެތް ހިނިތުންވުމެކެވެ. ކުއްލިއަކަށް އިޝާން އުލްޔާގެ އަތުގައި އޮތް ކުލަ ޕެކެޓް ނެގުމަށް ފަހު އެ މޫނަށް އޮއްސައިލިއެވެ. އަދި މަޑުމަޑުން އުލްޔާ ތިރިއަށް ވައްޓައިލައި ދުވެފައި ގޮސް މޫދަށް ފުންމައިލިއެވެ.

އޭރު އުލްޔާ މޫނު ކުނި ކޮށްގެން ބަލަން ހުރުމުން އިޝާން ކުރިއަށްވުރެ ބާރަށް ހޭން ފެށިއެވެ.

" އަދިވެސް މާ ރޮމޭންޓިކްވާން އުޅޭނީ އުލްޔާ ގަނޑާ......".... އިޝާން ބެލީ އުލްޔާ ލަދުގަންނަވައި ލެވޭތޯއެވެ. އޭނާ ބޭނުންވިފަދައިން އެކަން ކާމިޔާބުވިކަން އެނގުނީ އުލްޔާގެ ތުންފަތަށް ވެރިވި ރަކި ހިނިތުންވުން ފެނުމުންނެވެ. އިޝާން އަތުން އިޝާރާތް ކޮށްލުމުން އުލްޔާ އެދިމާއަށް ހިނގައިގަތެވެ.

އޭރު ތަންކޮޅެއް ދުރުގައި ޒެވިޔަންއާއި އެލީޝާގެ އިތުރުން ކައިރާ މޫދުގައި އުޅޭ ތަން އުލްޔާއަށް ފެނުނެވެ. އައިމަން ބުނި އެއްޗެއް އެޒުވާނުންގެ ސިކުނޑީގައި ނެތް ފަދައެވެ.

ދޮންވެލިގަނޑުގައި އޮށޯވެގެން އޮތް ކިޔާންގެ ނަޒަރު ހުއްޓިފައި ހުރީ ކައިރާއަށެވެ. އިރުއިރުކޮޅާ އެ މޫނަށް ވެރިވާ ހިނިތުންވުން ފެނުމުން ކިޔާންއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވެއެވެ. އެ މައުސޫމް އަންހެން ކުއްޖާ އޭނާގެ މިލްކަށް ވާނޭ ދުވަހަކަށް ކިޔާންއަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައެވެ. ކައިރާގެ ފޮނިފޮނި ޚިޔާލުތަކާ އެކު ކިޔާން ލޯ މަރައިލީ އެ މަންޒަރުތައް ސިފަކުރަމުންނެވެ. އޭރު އެ ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.

ކުޑަ އިރުކޮޅަކަށް ނަމަވެސް ކިޔާންގެ ވިސްނުން އެހެން ދިމާލަކަށް އެނބުރިގެން ދިޔައެވެ. ކައިރާގެ ހަރަކާތްތަކަށް ސަމާލުވެވޭ ވަރަށްވުރެ ބޮޑަށް އެ ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔައީ އެހެން ޚިޔާލު ތަކެކެވެ.

ކުއްލިއަކަށް މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅި ބާރުވަމުން ދާކަން ކިޔާންއަށް ފާހަގަވިއެވެ. އެ ވައިރޯޅީގައި ވަނީ ތެތް ފިނި ކަމެކެވެ. އިރުގެ އަލިކަން ފަނޑުވެ ކޮންމެވެސް ވަރެއްގެ އަނދިރިކަމެއް ޖައްވަށް ފެތުރިގެން ދިޔައެވެ. ހަމަހިމޭން ކަމާއެކު ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ.

" ކިޔާން......."....... ކުއްލިއަކަށް ކިޔާންގެ ކަންފަތުގައި ޖެހުނީ އެލީޝާގެ ބާރު ހަޅޭކުގެ އަޑެވެ. އެ އަޑުގައިވީ ހާސްކަމާއި ނުތަނަވަސްކަން ކިޔާންއަށް ސިއްރެއް ނުވިއެވެ. އަވަސް ހަރަކާތަކާ އެކު ކިޔާން ފުންމައިގެން ތެދުވިއިރު ފެނުނު މަންޒަރުން ކިޔާންގެ ހިތް ހުއްޓުނު ފަދައެވެ. ހިނދުކޮޅަކަށް ހިތާއި ސިކުނޑި ހުއްޓުނު ކަހަލައެވެ. ހަރަކާތެއް ކުރަން ނޭނގިފައި ކިޔާން ހުއްޓައި އަނެއްކާ ވެސް އެލީޝާގެ ހަޅޭކުގެ އަޑު އިވުނެވެ.

އެއާއެކު ކިޔާންއަށް ހަމަހޭވެރިކަން ލިބުނު ފަދައެވެ. ދުވެފައި ގޮސް މޫދަށް ފުންމައިލި ގޮތަށް ފަތަން ފެށީ ގައިގައި ހުރި ހިތްވަރެއް ލައިފައެވެ. ހިނދެއް ހިނދަކަށް ކަނޑުގެ ލޮނުގަނޑު ދިޔައީ ބޮޑުވަމުންނެވެ. ބޯ މައްޗަށް ރާޅުތައް ބިންދަމުން ދިޔައި ރަހުމް ކުޑަ ކޮށެވެ. އެ ބިޔަ ރާޅުތަކުގެ ތެރޭގައި ކައިރާ ސަލާމަތްވުމަށް ކުރަމުން ދިޔަ މަސައްކަތް ފެނި ކިޔާންގެ މޭ ކުދި ކުދިވަމުން ދިޔައެވެ. އަދި އެ ދެމީހުންގެ މެދުގައި ދިގު ރާސްތާއެއް އެބަހުއްޓެވެ. ޒެވިޔަންވެސް ފެންނާކަށް ނެތެވެ. އިރުކޮޅެއް ކުރިން އެލީޝާގެ އަޑު އިވުނު ނަމަވެސް މިހާރު އޭނާގެ އަޑެއް ވެސް ނީވެއެވެ. ކިޔާން ފަހަރަކު މީހެއްގެ ނަމުން ބާރަށް ގޮވަމުން ދިޔައިރު އެ ހަށިގަނޑުން ވެސް ދިޔައީ ހަކަތަ ހުސްވަމުންނެވެ.

އިޝާން ވެސް ކައިރި ހިސާބެއްގައި ފެންނާކަށް ނެތެވެ. އެ ކުޑަ ފަޅުރަށާއި ފުދޭވަރަކަށް ދުރަން ކިޔާންއަށް އާދެވިފައިވާކަން އެނގުނީ ފަސްއެނބުރި ބަލައިލުމުންނެވެ.

ވަރަށް ހާލުން ކިޔާން ކައިރާގެ އަތާ ހަމައަށް އަތް ފޯރުވިއެވެ. ނަމަވެސް އެ އަތުގައި ހިފުނުތަނާހެން ބޯ މައްޗަށް ބިންދައިލީ ބޮޑުރާޅެކެވެ. ވަގުތުން ކިޔާންގެ އަތް ކައިރާގެ އަތުން ދޫވެގެން ދިޔައިރު ކިޔާން ވެސް ލޮނުގަނޑުގެ ތެރެއަށް ގަނބައިގަތެވެ.

ކުޑަކޮށް ލޮނު ބޮވުނު ނަމަވެސް އަނެއްކާވެސް ކިޔާން ފެނުން މައްޗަށް ބޯ ހިއްލައިލިއެވެ. ވަށައިގެން ހޯދައި ބެލިއިރު ވެސް ކައިރާގެ ހިލަމެއް ނުވިއެވެ. ހިތްވަރު އެލުވައިލާން ބޭނުން ނުވި ނަމަވެސް ކިޔާންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ހާސްކަމާ އެކު އަނެއްކާ ވެސް އަޑިއަށް ފީނައިގަތީ ކައިރާ ފެނޭތޯއެވެ.

ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ބޭކާރުވަމުން ދިޔުމުން ކިޔާން މޫނުން މާޔޫސްކަން ފެންނަން ފެށިއެވެ. ކުއްލިއަކަށް ކިޔާންގެ ލޮލުގައި އަޅައިގަތީ ލޮނުގަނޑުގެ ތެރެއިން މައްޗަށް އަރައިފައި އޮތް ކައިރާގެ ހަށިގަނޑެވެ. އެ މޫނުގައި ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ފެންނަން ހުއްޓެވެ.

ނުހަނު ބުރަ މަސައްކަތަކާ އެކު ކިޔާން ކައިރާގެ ހަށިގަނޑު ގެނެސް ގޮނޑުދޮށަށް އެރުވިއެވެ. އޭރު އޭނާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. ކައިރާގެ ހަށިގަނޑު ފެނުނު ނަމަވެސް ޒެވިޔަންއާއި އެލީޝާއަށް ވީގޮތެއް ކިޔާންއަށް ނޭނގުނެވެ.

ކައިރާ ނޭވާ ނުލާކަން އެނގުމުން ކިޔާން ތެޅިތެޅިއޮތް ހިތަކާ އެކު ބަލާލީ އޭނާގެ ވިންދު ހުރިތޯއެވެ. ނަމަވެސް ކިޔާން ގަނޑުވެގެން ދިޔައެވެ. ފުން ނޭވާތަކެއް ލަމުން ދިޔައިރު ދެލޯ ވަނީ ބޮޑުވެފައެވެ.

ކުއްލިއަކަށް ކައިރާގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ކިޔާން އަޑުން އަޑު ނަގާ ރޯން ފެށިއިރު އެ އަޑު އިވުނު މީހެއްގެ ހިތްވެސް ވިރިގެންދާނޭކަން ޔަޤީނެވެ.

" ކައި.. ދެން މަޖާ ނުވެބަލަ... ތިހެން އޮތީމަ އެއްވެސް މަޖަލެއް ނޫން... " ކިޔާން ހީވަނީ ސިކުނޑި ހަމަނުޖެހޭ މީހެއްހެންނެވެ. ބާރު ބާރަށް ހެމުން ދިޔައިރު އިރުއިރު ކޮޅާ ރޯން ފަށައެވެ. ނަމަވެސް އެ ލޮލުގައި ވީ ރިހުމެވެ. ކައިރާ މާދުރަށް ގޮސްފިކަން ޤަބޫލު ކުރާކަށް ކިޔާން ބޭނުމެއް ނޫނެވެ. ރޭގައި ކައިރާ ދެއްކި ވާހަކަތައް ކިޔާންގެ ސިކުނޑީގައި ގުގުމައިގެން ދިޔައެވެ. މަޑުން މަޑުން ކިޔާންގެ ހަށިގަނޑުން ވަރު ދޫވާން ފެށިއެވެ. ހެޔަށް ގޮތެއް ވަމުން ދިޔައިރުވެސް ކިޔާން ބެލީ ކައިރާގެ ގައިން އަތް ދޫނުކުރެވޭ ތޯއެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކައިރާގެ ގައިގައި ވަށާލެވިފައި އޮތް ދޫވިއިރު ކައިރާއާ އެކީ ކިޔާން ވެލިގަނޑު މައްޗަށް ވެއްޓިއްޖެއެވެ.

ނުނިމޭ..

Ads by Allied Insurance
  1. އެނިމުނީތަ!އަޅޭ ހާދަ ދެރަޔޭ..

  2. ެ ެ

  3. ވަޓް ދަ… މިހާހިސާބައް އައިސްފަ މީހުން ނުމަރަބަލަ ދޯ…

  4. ފާރި

    ވ.ފޫހިވެެއްޖެ. އެހާރީތިކޮށް އައިއްސަ…ކިޔާހިއްވެސް ކެޑިއްޖެ

  5. ވ ފޫހި