ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

" ސޯ.... ހައު ޑަޒް އިޓް ފީލް ލައިކް ބީން އޭން އިލީގަލްޗައިލްޑް...... ޕްރިންސެސް ކައިރާ....." ނަބާ އޭނާގެ ކަންފަތް ކައިރީގައި ބުނެލި ލަފްޒުތަކާއެކު ކައިރާގެ ނޭވާ އެތެރެހަށީގައި ތާށިވި ކަހަލައެވެ.

*****

ކައިރާގެ ކަންފަތުގައި އެ ލަފްޒުތައް ގުގުމަމުން ދިޔައެވެ. އޭނާގެ ވަށައިގެންވާ ހުރިހާ ތަނެއް ފުސްވަމުން ދިޔައިރު ކައިރާގެ ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. އެ ރީތި ދެލޯ ކަރުނުން ފުރިގެން ދިޔައިރު ކަރުނަތައް އޭގެ މަޤާމު ދޫކޮށް އެ ކޯތާފަތް މަތިން ރޮނގަކަށް ފައިބަން ފެށިއެވެ. އަނގައިން ބަހެއް ނުބުނި ކަމުގައި ވިޔަސް އެ ހިތް ޝަކުވާއިން ފުރުނެވެ.

މިއީ އޭނާ ހަޤީޤަތް އެނގެން ބޭނުންވި ގޮތެއް ނޫނެވެ. މި ބޮޑު ސިއްރު އޭނާއަށް ނޭނގި މަރުވި ނަމަވެސް މާ ރަނގަޅޭ އެ ވަގުތު ކައިރާގެ ހިތަށް އެރިއެވެ. އާޝިޔާ އެވަރުގެ ވާހަކައެއް ކައިރާއަށް ސިއްރު ކުރުމުން އޭނާއަށް މަންމަ ކުށްވެރި ކުރެވުނެވެ. ދެވަނަ ސިކުންތުގައި އެއީ ދޮގެކޭ ކައިރާގެ ހިތަށް އެރިއެވެ.

" ނޫން... ތިއީ ދޮގު... ހުސް ދޮގު....." އިރުކޮޅަކަށް ފަހު ކައިރާ ހަޅޭއްލަވައިގަތް އިރު އޭނާގެ މުޅި މޫނު ވަނީ ރަތްވެފައެވެ.
" ކަލޭ ތިހެން ބުނީމަ ޤަބޫލު ކުރާނީ ކާކު ؟.... މި އޮތީ ހަޤީޤަތް.....  ހަމަ ތި ކައިރާގެ ފޯނުން ފެންނަން މި އޮތީ...." ނަބާ ކައިރާގެ ކޮނޑުގައި ހިފައި ފަހަތަށް ކޮއްޕާލި އިރު އަތުގައި އޮތް ފޯނު ދައްކާލިއެވެ.

" ނަބާ.... " އެވަގުތު އެތަނަށް އައި އެލީޝާ އަށް އެމަންޒަރު ފެނުމުން ބާރަށް ހަޅޭއްލަވައިގަތެވެ. ބާރު ހިނގުމެއްގައި އައިސް ނަބާގެ އަތުގައި އޮތް ފޯނު އެލީޝާ ޖަހައިގަތެވެ.

ކައިރާ އޭރުވެސް ހުރީ ހުއްޓުން އަރާފައެވެ. އެ ސިކުނޑީގައި ހިނގަމުން ދިޔައީ ކޮންފަދަ ހައިޖާނުގަނޑެއް ކަމެއް ވެސް ނޭނގެއެވެ.

" މި ދެމެދަށް ވަންނަން ތިއީ ކާކު... ތި ވަރަށް ލޯބިވާ އެންމެ ގާތް އެކުވެރިޔާގެ ހަޤީޤަތް އެނގުމުން ވެސް ތި ވަރަށް ސަލާމަތްކޮށްދޭން އުޅޭނެބާ ....".... ނަބާ މަލާމާތުގެ ރާގެއްގައި ބުނެލިއިރު އެ މޫނުގައި ވަނީ ވިހަގަދަ ހިނިތުންވުމެކެވެ. ކައިރާއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" ބުނަންތަ ވާހަކައެއް... ކައިގެ ކިތަންމެ ބޮޑު ސިއްރެއް އޮތަސް އެއީ ނަބާއާ ބެހޭ ކަމެއް ނޫން.. މިތަނުން ދާން އުޅޭ...." އެލީޝާ އިންޒާރުގެ ބެލުމަކުން ނަބާއާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ޝަހާދަތް އިނގިލި ވަނީ ނަބާގެ މޫނާ ދިމާލަށް ދިއް ކުރެވިފައެވެ.

" ހަހަ އިޑިއަޓްސް... ދެންވާނެ ގޮތް އެނގިދާނެތާ...." ނަބާ އެލީޝާއާއި ކައިރާއަށް ބަލާލުމަށް ފަހު ހިނގައިގަތްއިރު އެ މޫނުމަތިން ފެންނަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ނަބާ ދިޔުމާއެކު ކައިރާއަށް ހުރި ތަނަށް ތިރި ވެވުނެވެ. އެ ވޭނީ ރުއިމުގެ އަޑު އިވިއްޖެ ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރު ކުރާނެކަން ގައިމެވެ. ކައިރާ ރޮމުން ދިޔަ މަންޒަރު ފެނި އެލީޝާއަށް ވެސް ރޮވުނެވެ. ވެގެން އުޅޭ ގޮތް ނޭނގުނަސް ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ޔަގީނެވެ. އެލީޝާ ތިރިވެލަމުން ކައިރާގެ ގައިގައި ބައްދާލިއެވެ. އެލީޝާގެ އޯގާތެރިކަން ލިބުމުން ކައިރާގެ ރުއިން ހައްތަހާ އިތުރުވިއެވެ.

އިރުކޮޅަކުން ކައިރާ ތެދުވެ މޫނު ފޮހެލިއެވެ. ނަމަމެސް ތާޒާ ކަރުނަ ދިޔައީ އެ ލޮލަށް ޖަމާ ވަމުންނެވެ. އޭރު ރުއިމުގެ ސަބަބުން އޭނާގެ ދިގު ބޯ އެސްފިޔަތައް ތެމިފައިވާއިރު ދެލޯ ހުރީ ރަތްވެފައެވެ. އެލީޝާ ކައިރާގެ އަތުގައި މަޑުމަޑުން ހިފައިލީ ހިތްވަރުދޭ ގޮތަށެވެ.

" އެލީ... ނަބާ ބުނީ... އަހަންނަކީ...." ކައިރާ އަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. މަޑު ތުރުތުރެއް އަޑުގައިވީ އިރު އިތުރަށް ވާހަކަ ދައްކާނޭ ހިތްވަރެއް ކައިރާގެ ކިބަޔަކު ނެތެވެ.

" އިޓްސް އޯކޭ ކައި.. ފަހުން މާދަން ކިޔައިދޭނީ.. ހިނގާ ގެއަށް ދާން.. މިހާރު ވަރަށް ލަސްވެއްޖެ...." އެލީޝާ ކައިރާ އަށް ހަމަޖެހިލަން ވަގުތުކޮޅެއް ދިނެވެ. ކައިރާއަށް ވެފައި ހުރި ގޮތުން އޭނާ ހުރީ ނުހަނު ދެރަވެފައެވެ.

ކައިރާ އާއި އެލީޝާ ސްކޫލުން ނުކުތްއިރު ހިމަ ފޮދު ވާރޭ ވެހެމުން ދިޔައެވެ. މުޅި މާހައުލަށް ވެރިވެފައިވާ އަނދިރިކަން ކައިރާގެ ހިތާމައިގައި ބައިވެރިވާ ކަހަލައެވެ. ގެއަށް ދެވުނު އިރު ވެސް ދެމީހުން ކުރެ އެކަކު ވެސް ވާހަކައެއް ނުދައްކައެވެ.

ގެއަށް ވަނުމުގެ ކުރިން ކައިރާ ފުން ނޭވާއެއް ދޫ ކޮށްލިއެވެ. މޫނު މައްޗަށް މަސްނޫޢީ ހިނިތުންވުމެއް ވެރިކޮށްލައިގެން ގެއަށް ވަތް އިރު އާޝިޔާ ބަދިގޭގައި އުޅޭ އަޑު އިވެއެވެ. މުޅި ގޭތެރޭގައި ހިފައިފައިވާ ބަޖިޔާގެ މީރުވަހުން ކައިރާ ވަގުތުން ކުޅު ދިޔާވިއެވެ.

ނަމަވެސް އާޝިޔާއާ ކުރިމަތިލާން ބޭނުން ނުވާތީ މަޑުކުރުމެއްނެތި ކައިރާ ވަނީ ކޮޓަރި އަށެވެ.

*****

ކުޑަ ދޮރު ކައިރީގައި ވެހެމުން ދިޔަ ވާރެއަށް ނަޒަރު ހުއްޓާލައިގެން ކިޔާން ހުރީ ފުން ވިސްނުމެއްގައެވެ. ބޭރުގައި އުފެދިފައިވާ ތޫފާނަށްވުރެ އެ ހިތުގައި ހިނގަމުންދިޔަ ތޫފާން ބޮޑެވެ. މިއަދު ހިނގައިދިޔަ ހާދިސާއާއެކު އޭނާގެ ސިނކުޑި ދިޔައީ ޖަވާބު ނުލިބޭ އެތައް ސުވާލުތަކަކުން ފުރެމުންނެވެ.

އަޒީޒް މަރާލަން ބޭނުން ވާނީ ކާކު ހެއްޔެވެ ؟ މަލީހާ ކިތަންމެ ގޯސް ވިޔަސް އެފަދަ ދަށު ދަރަޖައިގެ އަމަލެއް ކުރާނެ ކަމާ މެދު ކިޔާންއަށް ޝައްކެވެ. އެއީ ކޮންމެ މީހަކު ކުރި ކަމެއް ކަމުގައި ވިޔަސް ކިޔާން އެމީހަކަށް މާފެއް ނުކުރާނެއެވެ.

" މޭރީ... ސީސީޓީވީ ފުޓޭޖްތައް ރެޑީ ކުރޭ.. އަހަރެން މިދަނީ އިރުކޮޅަކުން.... އެންޑް މި އެޕާރޓްމެންޓްގެ ސެކިއުރިޓީ ބަލަހައްޓަން އިތުބާރު ހިފޭ މީހަކު ހަމަޖައްސާ... " ކިޔާން މޭރީއަށް ގުޅައިލިއެވެ. އަދި އޭޝް ގާތުގައި އަޒީޒަށް ފަރުވާތެރިވުމަށް ބުނެ ނުކުމެގެން ދިޔައެވެ. ކިޔާން ނުކުތުމުން އޭޝްއަށް ކުށްވެރިކަން އިހްސާސް ކުރެވުނެވެ. އޭނާއަށް ވަނީ މަޖުބޫރު ވެފައެވެ. ކިޔާންއަށް ހަޤީޤަތް ކިޔައިދޭން އޭޝް ބޭނުންވެއެވެ. ނަމަވެސް އޭރުން ދެންވާނެ ގޮތް އެނގޭތީ އޭޝްއަށް ހުރިހާ ކަމެއް ސިއްރުކުރުން ނޫން އެހެން ގޮތެއް ނެތެވެ.

ގެއަށް ވަދެ ކިޔާން ފުރަތަމަ ކަމަކަށް ފެންވަރައިލިއެވެ. ސްކޫލުން އައި ގޮތަށް ޔުނިފޯރމް ވެސް ބަދަލު ނުކޮށް މި އޮތް ހުރިހާއިރު ހުރުމުން އޭނާއަށް ވަރުބަލިކަން އިހްސާސްވަމުން ދިޔައެވެ. ހެނދުނުއްސުރެ އެއްޗެއް ނުކައި ހުރުމުން ބަނޑުހައިވެފައި ހުއްޓަސް ސީސީޓީވީ ފުޓޭޖްތައް ބެލުން ކިޔާންއަށް މާ މުހިއްމެވެ. އޭގެ އެހީގައި އަޒީޒަށް އެހެން ހެދީ ކާކުކަން ކިޔާންއަށް ހޯދޭނެތީއެވެ.

" މޭރީ... ސެންޑް އިޓް ޓު މައި ރޫމް...." ކިޔާން ބޭނުން ވަނީ އޭނާ އެކަނި ހުރެ އެ އެއްޗިހި ބެލުމަށެވެ. ފަސް ވަރަކަށް މިނިޓް ފަހުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. މޭރީ ކަމަށް ހީކޮށް ކިޔާން ގޮސް ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރި ޒެވިޔަން ފެނުމުން ކިޔާންގެ މޫނު މައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވެއެވެ.

" ބްރޯ.. ކިހިނެތް ވީ މިއަދު....." ޒެވިޔަން ސުވާލުކުރުމުން ކިޔާން ވީގޮތް އޭނާއަށް ކިޔައިދިނެވެ. އަދި މިހާރު ފުޓޭޖްތައް ބަލަން އުޅޭ ވާހަކަވެސް ބުންޏެވެ. ކިޔާންގެ ވާހަކަތަކުން އެއީ ކިހާ މުހިއްމު ކަމެއްކަން ޒެވިޔަންއަށް އިހްސާސް ވިއެވެ. އަދި އަޒީޒަށް ނުރައްކާ އޮތް މިންވަރު ވެސް އެނގުނެވެ.

ކިޔާންގެ މޫޑު ހުރިގޮތުން ޒެވިޔަން އޭނާ އައި ބޭނުން ފަސްކޮށްލިއެވެ. އެލީޝާ ގުޅާފައި ކައިރާއަށްވި ގޮތް ކިޔައިދިނުމުން ޒެވިޔަން އެ ވާހަކަތައް ކިޔާންއަށް ކިޔައިދޭން ބޭނުންވިއެވެ.

" ކެން.. އަސްލު އަހަރެން އައީ ވާހަކަ އެއް......."..... ޒެވިޔަން އަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް މޭރީ އައުމުން ހުއްޓާލަން މަޖުބޫރުވިއެވެ. ނަމަވެސް ދެން އެ ވާހަކަ ކިޔާން ކައިރީގައި ބުނުމުގެ ޚިޔާލު ޒެވިޔަން ދޫކޮށްލިއެވެ.

މޭރީ ދިޔުމުން ކިޔާން ޕެންޑްރައިވް ކޮޓަރީގައި ހަރުކުރެވިގައިވާ ޓީވީއަށް ޖަހާލިއެވެ. ޖުމްލަ 6 ވީޑިއޯ އޭގައި ވެއެވެ. ކިޔާން ފުރަތަމަ ވީޑިއޯ އަޅުވައިލިއެވެ. ނަމަވެސް އިރުކޮޅެއް ނުވެ ސްކްރީން ކަޅުވެގެން ދިޔައެވެ.

" ވަޓް... ކީއްވެ މިހެން ވާންވީ.....".... ކިޔާން އަނެއްކާ ވެސް ވީޑިއޯ އަޅުވާލިއެވެ. ނަމަވެސް ހަމަ ކުރިން ވީގޮތަށް ވުމުން ކިޔާން ބާކީ ހުރި ވީޑިއޯތައް ވެސް ޗެކް ކުރިއެވެ. ކޮންމެ ވީޑިއޯ އެއްވެސް އެގޮތަށް ވާން ފެށުމުން އައި ރުޅީގައި ކިޔާން އަތުގެ ކޮޅަށް ރިމޯޓް ހޫރާލިއެވެ.

" ކެން... ހަމަޖެހިބަލަ...." ޒެވިޔަންއަށް ކިޔާންގެ ރުޅިމަޑު ނުވާނެކަން އެނގުނަސް ބުނެލިއެވެ.

" ޒެވް.. ވަރަށް ޕްލޭންކޮށްގެން ބަޔަކު ކުރި ކަމެއް މިއީ.... "... ކިޔާން ހަމައެކަނި ބުނެލީ އެވަރަށެވެ. ޒެވިޔަން ވެސް ކިޔާންގެ ވާހަކައާ އެއްބަސްވި އިރު ދެމީހުންގެ ސިކުނޑިގައިވެސް ވީ އެއް ސުވާލެކެވެ. ކާކު ހެއްޔެވެ ؟

*****

ކައިރާ ކޮޓަރީގައި ލަސްވާތީ މިހާރު އާޝިޔާ ދެތިން ފަހަރަކު ކައިރާއަށް ގޮވައިފިއެވެ. ކޮންމެ ފަހަރަކު ވެސް މި ނުކުންނަނީ އޭ ބުނެ ކައިރާ އާޝިޔާ ފޮނުވާލައެވެ.

ޝަވަރުން އޮހެމުން ދިޔަ ފެންތަކާއެކު ކައިރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކިތަންމެ ވަރަކަށް ހުއްޓާލަން އުޅުނަސް ތާޒާ ކަރުނަ އެ ލޮލަށް ޖަމާވަމުން ދިޔައެވެ. އެ ހިތަށް ކޮށްފައި އެވަނީ ފުން އަސަރެކެވެ. އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ ހަށިގަނޑުގައި މަޑު ތުރުތުރެއް އަޅަމުން ދިޔައެވެ.

އެއް ގަޑި އިރުވަންދެން ފާހާނާގައި އުޅުމަށް ފަހު ނުކުތްއިރު ކައިރާ ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ގޭގައި ލާން ގެންގުޅޭ ކުރުތާއަކާއި ދޫ ހަރުވާޅެއް ލައިގެން ނުކުތް އިރު އާޝިޔާ ބަދިގޭގައި ކައިރާގެ އިންތިޒާރުގައި އިނެވެ.

" ކައި ހާދަ ލަސްވީ މިއަދު... " ކައިރާ ގޮނޑިއެއްގައި އިށީނުމުން އާޝިޔާ ހޫނު ކޮފީ މަގެއް ކައިރާއާ ކައިރި ކޮށްލިއެވެ.

" ސްކޫލްގަ ބިޒީ ދުވަހެއް..."... ކައިރާ ކޮފީ ތަށި ތެރޭގައި އޮތް ސަމްސަލާ ކުޅެން ފެށިއެވެ. އާޝިޔާއާ ހަތަރުކަޅި ހަމަ ނުކުރަން އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭރު ނާސިހް ވެސް އެ ދެމައިންނާއެކު ހަވީރުގެ ސަޔަށް އިންސާފު ކުރަން އިށީނެވެ.

ނާސިހްއަށް ކައިރާގެ މަޑުމައިތިރިކަން ފާހަގަވެ އާޝިޔާއަށް އިޝާރާތް ކޮށްލިއެވެ. އާޝިޔާ ވެސް އިޝާރާތުން އޭނާއަށް އެނގޭ ކަމުގައި ބުނެލިއެވެ. ފަހުން ކައިރާއާ ވާހަކަ ދައްކަން ނިންމައިގެން އާޝިޔާ އިނީ ދަރިފުޅާމެދު ކަންބޮޑުވެފައެވެ.

ގިނައިރު މަޑުނުކޮށް ކައިރާ އަނެއްކާވެސް ކޮޓަރިއަށް ވަނެވެ.

" އާޝިޔާ.. މަށަށް ހީވަނީ ކޮންމެ ވެސް ކަމެއް ވެއްޖެހެން... ނޫން ނަމަ ކައި އެހާ މަޑުންނެއް ނީންނާނެ... "... ނާސިހް ކައިރާ ދިޔަ ދިމާއަށް ބަލަން އިނދެފައި ބުނެލިއެވެ. އާޝިޔާ ވެސް ބޯ ޖަހައިލިއިރު ކައިރާއަށް އެ އައި ކުއްލި ބަދަލާ މެދު ވިސްނާލިއެވެ.

ކޮޓަރިއަށް ވަދެ ކައިރާ އެނދުގައި ހަމަޖެހިލިއެވެ. އަދި ފުން ނޭވާއެއް ދޫ ކޮށްލުމަށް ފަހު ފޯނު ނަގާ ގެލެރީ ހުޅުވާލިއެވެ.

ތިރިއަށް ސްކްރޯލް ކޮށްލަމުން ކައިރާ ހުޅުވާލީ އެ ދުވަހު ނެގި ފޮޓޯތަކެވެ.

ކޮންމެ ސަފްހާއެއްގެ ތިރީގައި ވެސް އާޝިޔާ އާއި ހައިކަލްގެ ނަން ލިޔެފައި އޮތެވެ. ބައެއް ސަފްހާތަކުގައި ހުރި ލިޔުންތައް ފޭދިފައި ހުރުމުން އާޝިޔާ އެ ފޮތް ލިޔެފައި ވަނީ ރޮމުންކަން ކައިރާއަށް ދޭހަވިއެވެ.

އެ ފޮތް ކިޔަމުން ދިޔަވަރަކަށް ކައިރާއަށް ގިސްލެވެމުން ދިޔައެވެ. އާޝިޔާގެ ޅަ އުމުރުން ފެށިގެން ހުރިހާ ވާހަކައެއް އެފޮތުގައި ހިއްސާކޮށްފައި ހުރިއިރު އެ ވާހަކަތަކުން ކައިރާގެ މޭގައި ރިހުމެއް އުފެދިގެން ދިޔައެވެ. ކައިރާއަށް ހީ ވެސް ކުރެވިފައި ނުވާ ގޮތަށް އާޝިޔާގެ ހަޤީޤަތް އެނގި ހާމަވަމުން ދިޔައިރު އެ ފޮތުގައި ލިޔެވިފައިވީ ކޮންމެ ވާހަކައަކުން އޭނާގެ ހިތް ތޮރުފަމުން ދިޔައެވެ.

..ނުނިމޭ..

  1. އައިލެންޑް ގާރލް

    ވަރަށް ރީތި ️