ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Hajj Corporation

ހަމަ ގައިމުވެސް އެހެން ފިރިހެންކުއްޖެއް ފެނުމުން ނުވާ ގޮތްތައް ކިޔާން ފެނުމުން އޭނާއަށް ވެއެވެ. އަބަދުވެސް އެ ސޫރަ ފެނުމަށް އަބަދު ބޭނުންވެއެވެ. ކިޔާން ފެނުމުން އެ ލިބޭ އުފާވެރިކަން އެއީ ހަމަ އެކުވެރިއެއް ފެނުމުންވާ އުފާ ހެއްޔެވެ ؟ އަނެއްކާ ކައިރާއަށް ނޭނގި އޭނާގެ ހިތް ކިޔާން އަށް ދެވުނީބާވައެވެ ؟ އެހެން ވެއްޖެނަމަ ދެން ކަންތައް ވާނީ ކިހިނެއްބާވައެވެ ؟

******

ދުވަހުގެ އިންޓަރވަލްއަށް ފަހުގެ ސެޝަން ކެންސަލް ކޮށްލުމަށް ފަހު އެންމެންވެސް ދިޔައީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ އަދަބީ ހަފްތާއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެއްބަޔަކު ސްޓޭޖާއި ބެކްޑްރޮޕް ތައްޔާރު ކުރަމުން ދިޔައިރު އަނެއްބަޔަކު ދިޔައީ ހޯލު ޒީނަތްތެރި ކުރަމުންނެވެ. އިހު ޒަމާނުގެ ވައްޓަފާޅިއަކަށް މުޅިތަން ތައްޔާރުކޮށްފައިވާ އިރު ބަލާލަން ނުހަނު ހިތްގައިމެވެ.

ކައިރާ އާއި އެލީޝާގެ އިތުރުން މަލާންއާއި އައިޝާން ދިޔައީ ދަޢުވަތު ދެވިގެން އަންނަ ޚާއްސަ މެހެމާނުންނަށް ޓަކައި ބޭއްވޭ ޖާފަތަށް ތައްޔާރު ވަމުންނެވެ. ހެދިކާ ލިސްޓުތަކުގެ އިތުރުން ކުދިންނަށް އެކިއެކި ކާނާގެ ބާވަތްތައް ހަވާލުކުރަމުން ދިޔައިރު ނަބާމެން ވެސް ކައިރާމެންގެ ގްރޫޕުގައި މަސައްކަތް ކުރަމުން ދިޔައެވެ.

ބޭރުފުށުން ހިނިތުންވުމެއް ދައްކައިގެން ހުއްޓަސް ނަބާގެ ހިތުތެރޭގައި ވަނީ މުޅިން އެހެން ޝުޢޫރު ތަކެކެވެ. ކައިރާއާ ދިމާލަށް ފާޅުގައި އެއްޗެއް ބުނަން ނުކެރޭތީ އޭނާ ދިޔައީ ލިބޭނެ ފުރުސަތަކަށް އިންތިޒާރު ކުރަމުންނެވެ.

"ހެލޯ ގާއިސް...." .. ކްލާސް ރޫމަށް ވަދެގެން އައީ ކިޔާންއާއި ޒެވިޔަންއެވެ.

" ހެއި ކެން.... އާދެބަ ހެލްޕް ވާން...." ނަބާ ވަގުތުން ކުރަން ހުރި މަސައްކަތް ހުއްޓާލަމުން ނިތްކުރި މައްޗަށް ވެއްޓިފައި އޮތް ދެތިން އިސްތަށި ރަނގަޅުކޮށްލިއެވެ. ނަމަވެސް ކިޔާން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ. ކިޔާންގެ އަޅާލުން ކުޑަކަމުން ނަބާ ހިތުގައި ޖެހުނެވެ. ކުރިން އެ ދެމެދުގައި އޮތް ގުޅުން އަނބުރާ ގެންނަން އޭނާ ބޭނުމެވެ. އަދިވެސް ނަބާ އުއްމީދު ކަނޑައެއް ނުލާނެއެވެ. އޭނާ ހުއްޓާލާނީ ކިޔާންގެ ލޯބި ހޯދާފައެވެ.

ކިޔާން ގޮސް ހުއްޓިލީ ކައިރާ ގާތުގައެވެ. ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ކައިރާގެ ކުރިމަތީގައި ހުރި ގޮނޑިގައި ކިޔާން އިށީނެވެ. ކައިރާ ވެސް ބަދަލުގައި ހިނިތުންވެލިއެވެ. އޭރު އޭނާގެ އަތްފައި ފިނިވަމުން ދިޔައެވެ. ކިޔާންގެ ތޫނު ނަޒަރު އަމާޒުވެފައި ވަނީ އޭނާއަށް ކަން އެނގުމުން އެ މޫނު ރަތްވަމުން ދިޔައެވެ.

" ހަހަ ... ކައި މޫނަން ކިހިނެތް ތި ވަނީ ؟....."އެލީޝާ ގަސްތުގައި ކައިރާ ލަދު ގަންނަވާލަން ބުނެލީ ކިޔާންއަށް އެއްލޯ މަރާލަމުންނެވެ. ކައިރާ ވަގުތުން އެލީޝާއަށް ލޯ އަޅާލިއެވެ. އަދި ކުރަން އިން މަސައްކަތަށް ފުރިހަމަ ސަމާލުކަން ދިނެވެ.

ކިޔާން އިނީ ކައިރާ އުޅޭގޮތުން މަޖާވެފައެވެ. ކައިރާ އިތުރަށް ލަދުގަންނަވާލުމުގެ ނިޔަތުގައި ކިޔާން ޑެސްކުގައި އަތް ވިއްދާލަމުން ސީދާ ކައިރާގެ މޫނަށް ބަލަން ފެށިއެވެ.

" ކިހާ ދެރަކަމެއް ދެން... މަގޭ މޫނުން ކިޔާންއަށް އެއްޗެއް ފެންނަނީތަ ؟....." ކައިރާއަށް އެންމެ ފަހުން މަޑުން ނީނދެވިގެން ބުނެލިއެވެ. ނަމަވެސް ކިޔާން ރައްދުގައި އެއްވެސް އެއްޗެއް ނުބުންޏެވެ. ކިޔާންގެ ފަރާތުން ޖަވާބެއް ނުލިބުމުން ކައިރާ ރުޅިގަދަވާން ފެށިއެވެ. ހިތްހަމަނުޖެހިފައި ކިޔާންއާ ދިމާލަށް ލޯ އަޅާލުމުން ކިޔާންއަށް މަޖާވެގެން ހޭން ފެށިއެވެ.

" ހަހަ.. ވެރީ ފަނީ..."... ކައިރާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ.

" ޔަޤީނެއްނު...  އަހަރެން ބުނީމެންނު ނިއު ގަރލް ކައިރީގަ ނުހޭށޭ... ".... ކިޔާން ގަސްތުގައި ކައިރާ ރުޅިއަރުވާލަން ބުނެލިއެވެ. އޭނާގެ ބޭނުންވި ގޮތަށް ކައިރާ އިތުރަށް ރުޅިގަދަވުމުން ކިޔާން ބާރުބާރަށް ހޭންފެށިއެވެ.

" ބްރޯ.... މި ގުޅަނީ ސިސްޓަރ...." ކުއްލިއަކަށް ޒެވިޔަން ކިޔާންއަށް ގޮވާލަމުން އޭނާގެ އަތުގައި އޮތް ފޯން ދައްކާލިއެވެ. ކިޔާން އަތުން އިޝާރާތް ކޮށްލުމުން ޒެވިޔަން ފޯނު ގެނެސްދިނެވެ.

" ވަޓް.... އޭނަ ހުއްޓުވޭތޯ ބަލާ... އަހަރެން މިދަނީ....".... އެކޮޅުން ނަރުސް ކުއްޖާ ބުނި އެއްޗަކުން ކިޔާން ގޮނޑިން ތެދުވެ ބާރަށް ހިނގައިގަތީ ދޮރާ ދިމާލަށެވެ.

" ޒެވް ....ބައްޕަ....."... ކިޔާން ދަމުން ޒެވިޔަން ކައިރީގައި މަޑުމަޑުން ބުނެލިއެވެ. ޒެވިޔަން ވަގުތުން ބޯ ޖަހާލަމުން ކިޔާން ކައިރީގައި ދާށޭ ބުންޏެވެ. އޭރު ދެމީހުންގެ މޫނުމަތިން ވެސް ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. ކިޔާންގެ ބައްޕައަށް ކޮންމެވެސް ކަމެއް ވެއްޖެކަން ޒެވިޔަންއަށް ޔަޤީން ވިއެވެ.

ކައިރާ އާއި އެލީޝާ ތިބީ ވާނުވާ ނޭނގިފައެވެ. ކިޔާންގެ ފަރާތުން ނުފެންނަ ސިފައެއް ފެނުމުން ކައިރާ ހިތުގައި ސުވާލު އުފެދުނެވެ. އޭނާގެ ކުރިމަތީގައި ކިޔާން އުޅޭ ގޮތާއި ދެންމެ ހޭދަވީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ފެނުނު ކިޔާންއާ ހާސްބައި ތަފާތެވެ. އޭނާއަށް ނޭނގުނަސް ކިޔާންގެ ސިއްރެއްވާކަމުގައި ކައިރާގެ ހިތް ބުނެލިއެވެ. ނޭނގޭ ސަބަބަކާ ހުރެ ކިޔާންއަށް އެހީވާން ކައިރާ ބޭނުންވިއެވެ. ކިޔާން ހުއްޓުވުމަށް ފަހު ކައިރާއަށް ވެވެން އޮތް އެހީއެއް ވެދޭނަމޭ ބުނަން ބޭނުން ވިޔަސް ކިޔާން ފަސްދީ ދަންދެން ކައިރާއަށް ބަލަން ހުރެވުނީއެވެ. ނަމަވެސް ކިޔާންއަށް އެއައި ކުއްލި ބަދަލުން ކައިރާގެ މޫޑު ވަގުތުން ސަކަރާތްވިއެވެ.

ނަބާ އިނީ ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން ދަތިވެފައެވެ. ކިޔާންގެ ހިތުގައި ވަނީ ކައިރާ ހެއްޔެވެ؟... އެ މޫނުން ފެންނަމުން ދިޔައީ މަސްހުނި އިހްސާސް ތަކެކެވެ. ނާކާމިޔާބީގެ ހިތިރަހަ އޭނާގެ އަރުތެރޭގައި ލަމުން ދިޔަ ފަދައެވެ. ކައިރާގެ މޫނު މަތީގައި ޖަހަން ވެސް އޭނާ ހިތަށް އެރިއެވެ. ނަމަވެސް ކެތްކޮށްލައިގެން އިނީ ރަނގަޅު ފުރުސަތެއް ލިބޭނެ ވަގުތަކަށެވެ.

******

ހަލުވި ފިޔަވަޅުތަކެއްގައި ކިޔާން ގޮސް ގޭގެ ލިފްޓަށް އެރިއެވެ. 3 ވަނަ ފްލޯރއަށް ފިއްތާލުމުން ލިފްޓުގެ ދޮރު ލެއްޕުނެވެ. އިރުކޮޅެއްވި އިރުވެސް ލިފްޓު މައްޗަށް ނޭރުމުން ކިޔާން ދެވަނަ ފަހަރަށް ވެސް ފިތާލިއެވެ. ނަމަވެސް ލިފްޓު މަސައްކަތެއް ނުކުރިއެވެ.

" އާހްހްހް...." ކިޔާން ރުޅިގަދަވެފައި ލިފްޓުގައި ބާރަށް ފައިން ޖަހައިލިއެވެ. އޭނާއަށް ވަގުތެއް ނެތެވެ. ފާއިތުވާ ކޮންމެ ސިކުންތަކީ ވެސް އޭނާއަށް ވަރަށް މުހިންމު އެއްޗެކެވެ. އޭނާގެ ސަބަބުން އަޒީޒަށް ކުޑަ ނަމަވެސް ގެއްލުމެއް ލިބިއްޖެނަމަ ދުވަހަކު ވެސް އަމިއްލަ ނަފްސަށް އޭނާއަށް މާފެއް ނުކުރެވޭނެއެވެ. އެއީ އޭނާ ދުނިޔޭގައި ހުރުމުގެ ހަމައެކަނި ބޭނުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ފަސް ވަރަކަށް މިނެޓު ފަހުން ލިފްޓުގެ ދޮރު ހުޅުވުނެވެ. ކިޔާން ބަލާކަށް ނުހުރެ ދުވެފައި ސިޑިން 3 ވަނަ ބުރިއަށް އަރަން ފެށިއެވެ. އެ ހިސާބަށް ދެވުނު އިރު މޭރީ އެޕާރޓްމެންޓް ދޮރު މަތީގައި ހުއްޓެވެ. އޭރު އެ ލޮލުން ކަރުނައިގެ އަސަރު ފެންނަމުން ދިޔައެވެ. ކިޔާން ފެނުމާއެކު މޭރީ އަޑުން އަޑު ނަގައި ރޯންފެށިއެވެ.

" ސަރ.. މާފް ކުރޭ... އަހަރެން މަސައްކަތް ކުރިން ...." މޭރީގެ ވާހަކަތަކުން އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރާކަން ދޭހަވިއެވެ. ނަމަވެސް ކިޔާން މޭރީއަށް ބެލުމެއްނެތި އެޕާރޓްމެންޓްގެ ދޮރު ހުޅުވައިލިއިރު އެ ހިތް ބާރުމިނެއްގައި ތެޅެމުން ދިޔައެވެ.

އެތެރެއަށް ވަތްއިރު ޑޮކްޓަރު އަޒީޒަށް ފަރުވާދެމުން ދިޔައެވެ. އޭރު އޭނާގެ ދިޔައީ ލަސްލަހުން ފުން ނޭވާތަކެއް ދޫކުރަމުންނެވެ.

އަޒީޒް އޮތް ހާލު ފެނުމުން ކިޔާންގެ ދެ ލޮލުން ކަރުނަ ފާއްދާލިއެވެ. ކިޔާންގެ ނޭވާ ކުރުވާހެން ހީވެ މޫނު މައްޗަށް އަނދިރިވެގެން ދިޔައެވެ. ނަމަވެސް އޭނާ ނަފްސު ހަމައަކަށް އަލުވާޅިއެވެ. މިކަހަލަ ވަގުތެއްގައި ކިޔާން ފިނޑިވެއްޖެނަމަ ވާނެގޮތް އޭނާއަށް އެނގެއެވެ.

" ޑޯންޓް ވޮރީ ސަރ... ހީ އިޒް އޯކޭ ނައު.. ކުޑަކޮށް ލަސްވި ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުނީސް....." ޑޮކްޓަރ މީކާލް ކިޔާން އަށް ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

ކިޔާން މަޑުމަޑުން ބޯ ޖަހާލަމުން އަޒީޒް ކައިރީގައި އިށީނެވެ. ފެންކަޅިވެފައިވާ ލޮލަލުން އޭނާ އަޒީޒަށް ބަލަހައްޓައިގެން އިންއިރު ހިތާމައިގެ ތަސްވީރެއް ފަދައެވެ. މާހައުލަށް ވެރިވެފައިވާ މެޝިންގެ އަޑުތަކުގެ ތެރެއިން ކިޔާންގެ މަޑު ގިސްލުމުގެ އަޑު އިވެން ފެށިއެވެ. އަޒީޒްގެ އަތުގައި ހިފަހައްޓައިގެން އިންއިރު ދުވަހަކުވެސް ދޫކޮށް ނުލާނަމޭ ބުނާ ފަދައެވެ. ކިޔާންގެ ހިތް އަދިވެސް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ދެންމެ އެއީ ބައްޕަގެ ފަހު ވަގުތުހެން އޭނާއަށް ހީވިއެވެ. އަޒީޒް އެ ހާލުގައި އޮތް އިރުވެސް ކިޔާން ކޮންމެ ދުވަހަކުވެސް އަޒީޒްއާއެކު ވަގުތު ހޭދަކުރެއެވެ. އޭނަގެ ހަޔާތުގެ ވާހަކަތައް ކިޔައިދެއެވެ. ބައްޕަގެ ފަރާތުން ކުޑަ ނަމަވެސް އިޝާރަތެއް ލިބޭތޯ ކިޔާން ކުރާ ދުޢާ ، އިޖާބަ ކުރައްވާނެ ދުވަހެއްގެ އިންތިޒާރު ދުވަސްތައް ގުނަމުން ދަނީ އުއްމީދާއެކު ގައެވެ.

އެހެން އިނުމަށް ފަހު ކިޔާން ކުއްލިއަކަށް ތެދުވީ ހިތަށް އެރި އެއްޗަކުންނެވެ. " އޭނަ ފިލައިފި... ސަރ އަވަސް....".... " އަހަރެން މަސައްކަތް ކުރިން...."......ސިކުނޑި ތެރޭގައި މޭރީ އަދި ސިސްޓަރ އޭޝް ބުނި ވާހަކަތައް ގުގުމައިގަތެވެ.

" އޭޝް... ހައު ޑިޑް ދިސް ހެޕެން... ކިހިނެތް އޮކްސިޖަން މާސްކް ނެއްޓުނީ...." އަޒީޒަށް އެއްވެސް ހަރަކާތެއް ނުކުރެވޭ އިރު މާސްކް ނެއްޓުނު ގޮތާ މެދު ކިޔާންގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ.

"އަހަރެން ދަނީ ހޮސްޕިޓަލަށް .. ބިގް ސަރގެ ފަހުގެ ރިޕޯޓު ޑޮކްޓަރަށް ހަވާލުކުރަން އަހަރެން ދަނީ... މޭރީ ގުޅާފަ ބުނަނީ މީހުން އަންނަނީ... " އޭޝް އޭނާއަށް ބުނެވުނު ގޮތަކަށް ބުނެވޭތޯ މަސައްކަތްކުރިއެވެ. އޭޝްލީ ބުނަން އުޅޭ ވާހަކަ ކިޔާންއަށް ފަހުމުވުމުން އޭނާގެ އަތް މުއްކެވިގެން ދިޔައެވެ.

" އަޅުގަނޑު ފިހާރައިން އައިސް ލިފްޓަށް އެރިއިރު މޫނު ފޮރުވައިގެން ހުރި މީހަކު ވެސް އެރި.. އެމީހާ ތިން ވަނަ ބުރިއަށް ފިއްތާލުމުން އަޅުގަނޑަށް އެނގުނު ކޮންމެވެސް ގޯހެއް އުޅޭކަން. އަޅުގަނޑު މަސައްކަތް ކުރިން އޭނާ ހުއްޓުވޭތޯ... އެކަމަކު އަހަރެން ލިފްޓުން ކޮއްޕާލުމަށް ފަހު އޭނާ ދިޔައީ.... ސިޑިން މައްޗަށް އެރިއިރު އޭނާ އެޕާޓްމެންޓަށް ވަންނަނީ.. އަހަރެން ވަގުތުން އޭޝްއަށް ގުޅީމަ އޭޝް އައިސްފައި ދޮރު ހުޅުވިއިރު އަޒީޒް ސަރ ވަރަށް އުނދަގުލުން ނޭވާ ލަމުން ދިޔައީ... އޭޝް އަވަހަށް ފަރުވާން ދޭން ފެށީ... އޭރު އެޕާރޓްމެންޓްގެ ކުޑަދޮރު ހުރީ ހުޅުވާފަ... އެކަމަކު އެމީހާއަށް ތިރިއަށް ފުންމާނުލެވޭނެކަން ޔަޤީން.. އަހަންނަކަށް ނޭނގެ އެމީހާ ސަލާމަތްވިގޮތެއް. ޑޮކްޓަރ މީކާލް އައީ އޭޝް ގުޅީމަ 20 ވަރަކަށް މިނިޓް ފަހުން..... "..... މޭރީ ވަރަށް ތަފްސީލުކޮށް އެކަން ހިނގައިދިޔަ ގޮތް ކިޔާންއަށް ކިޔައިދިނެވެ.

******

މަސައްކަތްތައް ނިންމާލުމަށް ފަހު ކައިރާއަށް ސްކޫލުން ނުކުމެވުނު އިރު 5 ޖަހައިފިއެވެ. އަވަސް ހިނގުމެއްގައި ގެއާ ދިމާލަށް ހިނގަމުންދިޔަ ކައިރާ އަށް ކުއްލިއަކަށް ހުއްޓެވުނީ ކަމެއް ހަނދާންވުމުންނެވެ. އެއާއެކު ބޮލުގައި ހިފަހައްޓާލަމުން އެލީޝާއަށް ބަލާލި އިރު އެ މޫނުން އިންތިހާ ދަރަޖައިގެ ހާސްކަމެއް ފެންނަމުން ދިޔައެވެ.

" އެލީ ... އަހަރެންގެ ފޯނު ސްކޫލުގަ ބާއްވާފަ މި އާދެވުނީ....." ... ކައިރާއަށް އޭނާގެ ފޯނު ނެތްކަން ހަނދާންވީ އެވަގުތުގައެވެ.

" ހިނގާ ސްކޫލަށް ދާން... ނޭނގެ މިހާރު އެތާނގަ އޮންނާނެ ކަމެއް ވެސް ......" .. އެލީޝާއާއި ކައިރާ އަނެއްކާ އައި ކޮޅަށް ހިނގައިގަތެވެ.

އޭރު އުޑުމަތި ބައްދަމުން ދިޔަ ކަޅުވިލާތަކުން ދެންމެ ދެންމެ ވާރެ އޮއްސައިގަންނާނެހެން ހީވަމުން ދިޔައެވެ. ޖެހުމުން ދިޔަ ވައިރޯޅި ވެސް ދިޔައީ ބާރުވަމުންނެވެ. މާހައުލަށް ވެރި ވެފައި ވަނީ ތެތް ފިނިކަމެވެ.

ބާރު ހިނގުމެއްގައި ސްކޫލަށް ވަދެގެން ދިޔަ ކައިރާ މިސްރާބު ޖެހީ ކްލާސްރޫމާ ދިމާލަށެވެ. އޭރު އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިޔަސް ކައިރާގެ ހިތް ނޭނގޭ ސަބަބަކާހުރެ ނުތަނަވަސްވަމުން ދިޔައެވެ.

ކައިރާގެ ފިޔަވަޅުތައް މަޑު ޖެހިގެން ދިޔައީ ކްލާހަށް ވަތްއިރު ފެނުނު މަންޒަރުންނެވެ. ނަބާގެ އަތުގައި ކައިރާގެ ފޯނު އޮތްއިރު އޭނާ ދިޔައީ އޭގެން އެއްޗެއް ބަލަމުންނެވެ.

ކުއްލިއަކަށް ކައިރާގެ ހަނދާނަށް އައީ ފޯނުން އޭނާ ކުރިން ދުވަހު ނެގި ފޮޓޯތަކެވެ. ކައިރާގެ ހިތް ރޫރޫ އަޅައިގެން ދިޔައިރު އޭނާއަށް ހުރީ ގުޑިލާން ނޭނގިފައެވެ. އެވަގުތު ނަބާ އިސް އުފުލައި ކައިރާއަށް ބަލައިލުމާއެކު ދެމީހުންގެ ނަޒަރު ބައްދަލުވެގެން ދިޔައެވެ. ނަބާގެ ތުންފަތަށް ވެރިވި މަލާމާތުގެ ހިނތުންވުމާއެކު ގޮނޑިން ތެދުވެ ކައިރާއާ ދިމާލަށް އަންނަން ފެށީ ފޯނު އަތުތެރޭގައި އަނބުރަމުންނެވެ.

" ސޯ.... ހައު ޑަޒް އިޓް ފީލް ލައިކް ބީން އޭން އިލީގަލް ޗައިލްޑް...... ޕްރިންސެސް ކައިރާ....." ނަބާ އޭނާގެ ކަންފަތް ކައިރީގައި ބުނެލި ލަފްޒުތަކާއެކު ކައިރާގެ ނޭވާ އެތެރެހަށީގައި ތާށިވި ކަހަލައެވެ.

 ..ނުނިމޭ..

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!