ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި)

  • ކުރީގެ އަދަދުތައް
މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

" ނަބާ......".......... ކައިރާގެ ދެ ތުންފަތް ފޫ އަޅުވައިލުމަށް ފަހު ނުކުތީ އެންމެ ލަފްޒެކެވެ.

*****

ކައިރާގެ އަނގައިން އެ ލަފްޒު ބޭރުވީ ކިތަންމެ މަޑުން ކަމުގައި ވިޔަސް މާހައުލަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރެއިން އެ އަޑު ކިޔާންގެ ކަންފަތަށް ފޯރިއެވެ. އެވަގުތު ނަބާއަށް ވެސް ކުރިމަތީގައި ހުއްޓި ހުރި އަންހެން ކުއްޖާ ފެނިއްޖެއެވެ.

" ކައި......"..... ކިޔާންއަށް ކައިރާގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުން އެ ދެމެދު ދެކެވުނު ވާހަކަތައް އަޑު އިވުނީކަން ޔަޤީންވިއެވެ. ނަބާއާ ދިމާލަށް އިންޒާރުގެ ބެލުމަކުން ބަލައިލުމަށް ފަހު ކިޔާން އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ކައިރާއާ ދިމާލަށެވެ.

" ނޫން... ނާންނާތި... ކައިރި ނުވާތި........"....... ކައިރާ ކަނާތް ދަމާލުމަށް ފަހު ބުނެލިއިރު އެ އަޑުގައި ހަރުކަށި ކަމެއް އެކުލެވިގެން ވިއެވެ. އެކަން އިހްސާސްވެ ކިޔާންއަށް ވެސް ހުއްޓެން މަޖުބޫރުވިއެވެ.

" ކައި ލެޓް މީ އެކްސްޕްލެއިން ......" ކިޔާން ބެލީ ކައިރާއަށް ހަޤީޤަތް ކިޔައިދެވޭތޯއެވެ. ކައިރާ ގެއްލިދާނެކަމުގެ ބިރު އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.

" ކިޔާން ދެން ކިޔައިދޭން ޖެހޭ އެއްޗެއް އޮތްހެނެއް ހިއެއް ނުވޭ.... ވާ ވަރަށް އަޑު ވެސް އިވިއްޖެ.... އަހަރެން.. އަހަރެން....." ކައިރާގެ އަޑު ކުރެހިގެން ދިޔައެވެ. އިތުރަށް ބުނާނޭ ލަފްޒުތަކެއް އެ ދުލަކަށް ނައެވެ. ކިޔާންގެ ބޭވަފާތެރިކަން ފެނުމުން އިތުރަށް ކެތްކުރާނޭ ހިތްވަރު ވެސް ގެއްލިއްޖެއެވެ. ކައިރާ އަވަހަށް އިސްޖަހައިލީ އެ ލޮލުގައި ޖަމާވަމުން ދިޔަ ކަރުނަތައް ކިޔާންއަށް ފޮރުވުމަށެވެ.

" ޕްލީޒް.... އަދި ތި އިވުނީ ރަނގަޅަށް ނޫން ކައި....." ކިޔާން އަނެއްކާ ވެސް ކައިރާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.

" ކައިރި ނުވާށޭ.........."....ކައިރާ ފަހަތަށް ފިޔަވަޅެއް އަޅައިލުމަށް ފަހު ހަޅޭއްލަވައިގަތުމުން ކިޔާންގެ ފިޔަވަޅުތައް މަޑުޖެހިގެން ދިޔައެވެ. ކައިރާ ހުރި ގޮތުން އޭނާގެ ވާހަކަތައް ފަސޭހައިން ޤަބޫލު ކުރާނެހެން ހިއެއް ނުވިއެވެ.

" ކެން... ކޯއްޗެއް ދެން ކިޔައިދޭން އޮތީ.... ޖަސްޓް ޓެލް ހަރ ދެޓް ވީ ބޯތް އާރ އިން އަ ރިލޭޝަންޝިޕް....."........ ކިޔާންގެ ފަހަތުގައި ހުރި ނަބާ ބުނެލި ބަސްތަކުން ކިޔާންގެ އަތް މުއްކެވިގެން ދިޔައެވެ. ނަމަވެސް އޭނާ އެނބުރި ނަބާއާ ދިމާލަށް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނުން ކައިރާ ހަލުވި ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.

" ކައި... ޕްލީޒް... މަޑު ކޮށްބަލަ....".......... ކިޔާން ކައިރާގެ އަތުގައި ހިފައި ހުއްޓުވުމަށް ފަހު ބުނެލީ އާދޭހުގެ ރާގަކަށެވެ.

ނަމަވެސް އޭނާގެ ކޯތާފަތަށް އަރައިގެން ދިޔައީ ކައިރާގެ އަތުގެ ހޫނު ހަމަލާއެކެވެ. އޭރު އެ ރުޅިވެރި ނަޒަރުން ކިޔާން ފިއްސާލަށް އުޅޭ ކަހަލައެވެ.

" މީގެ ފަހުން ތި މަކަރުވެރިޔާގެ އަނގައިން އަހަރެންގެ ނަން ވެސް ކިޔައިގެން ނުވާނެ.... އައި ހޭޓް ޔޫ ސޯ މަޗް..... " ކިޔާންގެ އަތް ފޮޅުވައިލުމަށް ފަހު ކައިރާ ހިނގައިގަތް އިރު ވެސް ކިޔާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ފަސްއެނބުރި ކިޔާން ބަލައިލީ ނަބާއަށެވެ. ނަމަވެސް މިފަހަރު ކިޔާންގެ ނަޒަރުން ނަބާ ޖެހިލުމެއް ނުވިއެވެ. އެ ތުންފަތުގައި ކުޅެލަކުޅެލާ ހުރި ހިނިތުންވުން އެކަމަށް ފުދެއެވެ. ކިޔާން އެ އައި ގޮތަށް އައިސް ނަބާ ތަތްކޮށްލީ ފާރުގައެވެ. އޭރުވެސް ނަބާގެ ތޫނު ކަޅި ވަނީ ކިޔާންއާ އަމާޒު ކުރެވިފައެވެ.

" ކަލޭ އަހަރެން އަތުން މަރުވާނެ.....".... ދަތްކުނޑި ވިކާލަމުން ކިޔާން ބުނެލި އިރު ގޮއްމުށުން ފާރާ ދިމާލުގައި ބާރަށް ޖަހައިލިއެވެ. ކިޔާންގެ އެ ހަރަކާތުން ބިރުގަތް ނަމަވެސް ނަބާ ފިނޑިވާކަށް ބޭނުމެއް ނޫނެވެ.

" މަރުވިޔަސް ހެޔޮ.... ދެން އެ ކައިރާއެއް ނުލިބޭނެ.... އަހަންނަށް ނުލިބުނު މީހެއް އޭނާއަކަށް ވެސް ނުލިބޭނެ... އަހަންނަށް ނުލިބުނު ލޯތްބެއް ކިޔާންއަކަށް ވެސް ނުލިބޭނެ .... އެނގިއްޖެތަ؟؟؟؟ .... އޭނ... އަޑު އިވިއްޖެތަ......؟؟....."....... ނަބާ ހަޅޭއްލަވައިގަތް އިރު އޭނާއަކީ ސިކުނޑި ހަމަޖެހޭ މީހެކޭ ނުބުނެވޭނެއެވެ.

ނަބާ އެ ހާލަށް ދޫ ކޮށްލުމަށް ފަހު ކިޔާން ދުއްވައިގަތީ ކައިރާ ހޯދުމަށެވެ. ނަމަވެސް މިހާރު ކައިރާ ތިރީގައި ނުހުންނާނެކަން އޭނާއަށް ޔަޤީނެވެ. ކިޔާން މިސްރާބު ޖެހީ އެލީޝާމެން ގެއަށެވެ.

ސްކޫލުން ނުކުމެވުމާ އެކު ކައިރާ މިސްރާބު ޖެހީ އާޓިފިޝަލް ބީޗާ ދިމާއަށެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅެއް ވެސް އޭނާ އަޅަމުން ދިޔައީ މަޖުބޫރުވެގެން ކަހަލައެވެ.

ކިޔާންގެ ފަރާތުން އެ އިވުނީ އޭނާ އަޑުއަހަން ބޭނުންވި ޖުމްލަތަކެއް ނޫނެވެ. އެ ހިތި ހަޤީޤަތް ޤަބޫލު ކުރަން ބޭނުން ނުވި ނަމަވެސް އެ އަޑުތައް އޭނާ އެހީ އަމިއްލަ ކަންފަތުންނެވެ. އެހެން މީހެއް ބުނި ނަމަ ކައިރާ ޤަބޫލު ނުކުރީހެވެ.

ކައިރާ ގޮސް މަޑުކޮށްލީ މޫދު ފެންނަ ގޮތަށް ހުރި ބެންޗެއްގައެވެ. ހަށިގަނޑުން ވަރު ދޫވެފައިވާ މީހެއް ފަދައިން އެތަނުގައި އިށީނދެލިއިރު އެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ.

" ކީއްވެ....."........ ބޭއިޚްތިޔާރުގައި ކައިރާއަށް ބުނެލެވުނު އިރު އެ ދެ ލޯ ފުރިގެން ކަރުނަ ފައިބަން ފަށައިފިއެވެ.

ކިޔާންދެކެ ހިތާއި ފުރާނައިން ލޯބިވާ އިރު ވެސް އެފަދަ އޮޅުވައިލުމެއް ކިޔާން އޮޅުވައިލުމުން ކައިރާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. މަޑުމަޑުން އޭނާގެ ކަނާއަތް ނަގައި ބަލަން އިނދެވުނީ ކިޔާންގެ ގައިގައި ބޭއިޚްތިޔާރުގައި ނަމަވެސް ޖެހުމުންނެވެ. ނަމަވެސް އެއީ ކިޔާންއަށް ހައްޤު އެއްޗެއްކަން ކައިރާއަށް ޤަބޫލު ކުރެވުނެވެ.

އެއިން ގޮތަށް އިން އިރު ކައިރާގެ ހިތުގައި ޝަކުވާތައް ވީ ފުނި ޖެހިފައެވެ.

*****

ސިޓިންގރޫމުގައި އިން މެހެރް ސިހިގެން ދިޔައީ ބާރަކަށް ގޭގެ މައިދޮރުގައި ތަޅަން ފެށި އަޑަށެވެ. ހަމަ ގައިމުވެސް އެއީ އެލީޝާ ނޫނީ ކައިރާއެއް ނޫނެވެ. އައިމަން އަތުގައި ވެސް ތަޅުދަނޑިއެއް އޮންނާތީ އެއީ އައިމަންއަށް ވެސް ނުވާނެކަން މެހެރްއަށް ޔަޤީނެވެ.

ކުޑަކޮށް ދޮރު ހުޅުވައިލުމަށް ފަހު މެހެރް ބޭރު ބަލައިލީ ކާކުތޯ ބެލުމަށެވެ.

" އެލީ މަންމާ... ކޮބާ ކައި.....".... ހާސްވެފައި ފުރަތަމަ ވެސް ކިޔާންއަށް އަހައިލެވުނެވެ.

" ކައި އަދި ނާދޭ.. ކިހިނެއްވީ؟...... އެކުއްޖާފުޅު ގެއްލުނީތަ.....؟......... " މެހެރްގެ މޫނުން ވެސް ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.

ކައިރާ ގޭގައި ނެތްކަން އެނގުމުން ކިޔާން ވިސްނައިލީ މަސްލަހަތަށެވެ.

" އުހުނ... ނޫން... އެހެނެއްނޫން.... އެލީއާއި ދެމީހުން ގެއަށް އަންނާނަމޭ ބުނި އިރުކޮޅަކުން... އެހެންވެ ކައި އަތުގަ އޮތް އެއްޗެއް ހޯދަން މިއަޢި......."...... ކިޔާން އޭނާގެ މޫނުން ހާސްކަން ފޮރުވާލެވޭތޯ މަސައްކަތްކުރި ނަމަވެސް އެކަން މެހެރްއަށް އޮޅުވައެއް ނުލެވުނެވެ.

ކިޔާން ބުނި ވާހަކަ ޤަބޫލު ނުކުރެވުނަސް މެހެރް ބޯ ޖަހައިލީ ލަސްލަހުންނެވެ. ކިޔާން ދިޔުމާއެކު މެހެރް ސޯފާ މަތީގައި އޮތް ފޯނު ނަގައި އެލީޝާއަށް ގުޅައިލިއެވެ.

*****

" މަންމަ މި ގުޅަނީ.........." ފޯނަށް އަރައިފައިވާ މެހެރްގެ ނަންބަރު ފެނުމުން އެލީޝާ ޒެވިޔަން ކައިރީގައި ބުނެލިއެވެ. ފޯނު ހިފައިގެން އެލީޝާ އެއް ފަރާތަކަށް ޖެހިލީ އެ ތަން އަޑުގަދަ ވުމުންނެވެ.

" ކީކޭ މަންމާ......"... އެލީޝާ ފޯނު ނަގައި ކަންފަތާ ކައިރިކޮށްލަމުން ބުނެލިއެވެ.

" ދަރިފުޅު ކޮންތާކު.. ކޮބާ ކައި... "... މެހެރް އާދައިގެ ގޮތަކަށް ސުވާލު ކުރިޔަސް އެލީޝާއަށް އެ އަޑުގައިވީ ހާސްކަން ދެނެގަތެވެ.

" ސްކޫލްގަ އަދިވެސް... ކައި އެބައުޅޭ ކިޔާންއާއެކު... އެލީއާއި ޒެވް އެއްކޮށް މި އުޅެނީ....".... އެލީޝާ ވަށައިގެން ހޯދާލަމުން ޒެވިޔަން ގާތު އޭނާ ކައިރިއަށް އައުމަށް އަތުން އިޝާރާތް ކޮށްލިއެވެ. ކޮންމެ ވެސް ނުބައެއް އުޅޭކަމުގައި އެ ހިތް ބުނަމުން ދިޔައެވެ.

އެލީޝާގެ ޖަވާބު އިވިފައި މެހެރްއަށް އޭނާގެ ޝައްކު ޔަޤީންވެގެން ދިޔައެވެ. މެހެރް އެލީޝާއަށް އެވާހަކަތައް ކިޔައިދިނުމުން އެލީޝާ ވެސް ހައިރާންވީ ކިޔާން އެ ގޮތަށް އަމަލު ކުރުމުންނެވެ. ކައިރާ ހޯދާނެކަމުގެ ޔަޤީންކަން ދީފައި އެލީޝާ ފޯނު ބޭއްވި އިރު ޚުދު އޭނާއަށް ވެސް ކައިރާ ހޯދަންވީ ކޮންތާކުން ކަމެއް ނޭނގުނެވެ.

" އެލީ... ކިހިނެތްވީ......"...... އެލީޝާ ދެއްކި ވާހަކަ އިވުމުން ޒެވިޔަންއަށް ވެސް ކައިރާ ގެއްލިގެން އުޅޭކަން އެނގުނެވެ.

ލަސްނުކޮށް ދެ ޒުވާނުން ވެސް ލިފްޓުން ތިރިއަށް ފައިބަން ފެށިއެވެ.

" ބަލައިގެން އުޅެބަލަ.........." ލިފްޓުން ފޭބި ވަގުތު އެލީޝާ އަޅައިގަތީ ލިފްޓު ތެރެއަށް ވަންނަން އައި އަންހެން ކުއްޖާގެ ގައިގައެވެ. އެ އަޑަކީ ދަންނަ އަޑެއް ކަމުން ކައިރާ އެ ކުއްޖާގެ މޫނަށް ބަލައިލިއެވެ.

އެހާ ގިނަ ދުވަސްތަކަކަށް ފަހު ނަބާ ފެނުމުން އެލީޝާގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ވަގުތެއް ނެތެވެ.

ކައިރާގެ ނަންބަރަށް ގުޅާލަމުން އެލީޝާ ކަންފަތުގައި ފޯނު ޖައްސައިލިއެވެ. ކައިރާގެ ފޯނު ނިއްވާލާފައި އޮތް ކަމުގައި ބުނުމުން އެލީޝާގެ ދެލޯ ފެންކަޅި ވެގެން ދިޔައީ އެ ހިތުގައި އުފެދިގަތް ބިރުވެރިކަމެއްގެ ސަބަބުންނެވެ.

އޭރު ޒެވިޔަން ވެސް ކިޔާންއަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ދިޔައީ ބޭކާރުވަމުންނެވެ.

" އެލީ... ކައި ދާނެހެން ހީވާ ތަންތަން ކިޔާބަލަ... އޭރުން ހޯދަން ފަސޭހަވާނެ.... "....... ޒެވިޔަން އަހައިލުމުން އެލީޝާއަށް ވެސް ސީދާ ޖަވާބެއް ދޭކަށް ނޭނގުނެވެ. ކައިރާއަކީ އެކަނި ބޭރަށް ދާ ކުއްޖެއް ނޫން ކަމުން އެލީޝާއަށް ކައިރާ ހޯދަން ދާންވީ ވަކި ކޮންތާކަށް ކަމެއް ނޭނގުނެވެ.

" އެލީ.... ޑޯންޓް ވޮރީ.. ކައި ފެންނާނެ......" އެލީޝާގެ މޫނުގައިވީ ހިތްދަތިކަން ފާހަގަ ކުރެވުމުން ޒެވިޔަން އޭނާ ހިތްހަމަ ޖައްސާލަން ބުނެލި ނަމަވެސް އެ އަޑުގައި ވެސް ވީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

" އާހ... ކައި... ކޮންތާކު......."... ކިޔާންއަށް އިސްތަށިގަނޑުގައި އަތް ހިންގާލެވުނު އިރު މީހާ ހުރީ ނުހަނު ހާސްވެފައެވެ. މިރޭ ކައިރާއަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ކިޔާން އޭނާގެ އަމިއްލަ ނަފްސަށް ދުވަހަކު ވެސް މާފެއް ނުކުރާނެއެވެ.

ޒެވިޔަން މަތިން ކިޔާން ކުއްލިއަކަށް ހަނދާންވިއެވެ. ޖީބުގައި އޮތް ފޯނު ނަގައި ބަލާލިއިރު ޒެވިޔަންއާއި އެލީޝާގެ އެތައް ކޯލެއް މިސްވެފައި އޮތެވެ. އެ ހުރިހާ އެެއްޗަކަށް ވުރެ ބޮޑަށް ކިޔާންގެ ސަމާލުކަން އަތުލީ ކައިރާގެ ފަރާތުން އައިސްފައި އޮތް މެސެޖެކެވެ.

" ކިޔާން.. އަހަރެން ހީކުރީ ކިޔާން އަހަރެންދެކި ލޯބިވި ކަމަށް... ކިޔާންގެ ލޮލުން އަހަރެން ހީކުރީ އަހަންނަށްޓަކައި ފެނުނު އިހްސާސަކީ ލޯބި ކަމަށް.... ކިޔާން އަހަންނާއެކު ވަގުތު ހޭދަކުރީ ތި ހިތުގައި އަހަންނަށް ހާއްސަ މަޤާމެއް ދެވިފައި އޮތުމުން ކަމަށް އަހަންނަށް ހީވި... ތިފަދަ ދެވަނަ މީހަކު ނުފެނުނީތީ ތިއީ އަހަރެންދެކެ ތެދުވެރި ލޯބިވި މީހާއޭ ހީކުރެވުނު.... އެންމެން އަހަރެން ދޫކޮއްފަ ދިޔަޔަސް ކިޔާން އަހަރެން ދޫކޮށް ނުދާނޭ ކަމަށް ޤަބޫލުކުރިން... އެކަމަކު މިއަދު އެނގިއްޖެ މި ހުރިހާވެސް ކަމަކީ އަހރެން ހޭލާ ހުއްޓާ ފެނުނު ބިރުވެރި ހުވަފެނެއްކަން.... އަހަރެންގެ ހިތުގައި ކިޔާންގެ މައްޗަށް ބުރަކަމެއް ނެތް... އެކަމަކު ދެން އަލަކުން މި ގުޅުމަކަށް ފުރަސަތެއް ނެތް. އަހަންނަށް އެނގޭ ދެން ކިޔާން ބޭނުން ނުވާނެކަން ވެސް... ކިޔާން ބޭނުންވި ގޮތަށް އަހަންނަށް ކިޔާން ދެކެ އިންތިހާއަށް ލޯބިވެވި ކިޔާންގެ ބޭނުން ފުރިހަމަވީތީ މަރުހަބާ ކިޔަން... ކިޔާންއަށް އަބަދުވެސް އުފާވެރި ހަޔާތަކަށް އެދެން... ލިވް ހެޕިލީ ވިތް ނަބާ........"..... ކައިރާގެ މެސެޖް ކިޔައި ނިމުމުން ކިޔާންއަށް މޫނުގައި އަތް ހިންގައިލެވުނެވެ. އެ މެސެޖަށް ރިޕްލައި ކުރަން ހިތަށް އަރާފައި ވެސް ކައިރާއާ ދިމާވުމުން ހުރިހާ ކަމެއް ވެސް އޮޅުން ފިލުވައިދޭން ކިޔާން ނިންމިއެވެ.

މާޔޫސް ކަމާއެކު އަނެއްކާވެސް ކިޔާންއަށް ފޯނު ލެވުނީ ޖީބަށެވެ. ޒެވިޔަންއަށް ގުޅަން ވެސް ހަނދާން ނެތުނެވެ. އެކަމުން ނުކުމެދާނޭ ނަތީޖާއަކާ މެދު ކިޔާންއަށް ވިސްނައި ނުލެވުނީއެވެ. އެހެން ނޫން ނަމަ އޭނާ އެކަން ނުކޮށް ދޫކޮށްނުލީސްކަން ޔަޤީނެވެ.

ގަޑިން 11 ޖެހިއިރު ވެސް ކައިރާގެ ހިލަމެއް ނުވިއެވެ. އައިމަން ވެސް އޭނާގެ އެކުވެރިންނާއެކު ކައިރާ ފެނޭތޯ އެތަން މިތަން ހޯދަމުން ދިޔައީ އާޓިފިޝަލް ބީޗްގައި އޭނާ އިނދެދާނެ ކަމަށް ކުޑަކޮށް ވެސް ހިތަށް އަރުވައިލުމެއް ނެތިއެވެ. އެލީޝާއާއި ޒެވިޔަން ވެސް ކައިރާ ފެނޭތޯ ހޯދުމަށް ފަހު އެލީޝާ ގެއަށް އަންނަން ޖެހުނީ މެހެރް ރޯން ފެށުމުންނެވެ. ކައިރާ ދެން ނުފެންނާނެއޭ ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާގެ ރުއިމުގެ އަޑު ގަދަވެގެން ދެއެވެ.

އެލީޝާ ވެސް ހުރީ މި ހުރިހާ އިރެއްވީ އިރު ވެސް ކައިރާގެ ހަބަރެއް ނުވުމުން އިންތިހާއަށް ދެރަވެ ކަންބޮޑުވެފައެވެ. ޒެވިޔަން ދެމުން ދިޔަ ހިތްވަރުން ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކޮށްގެން އިނަސް އެ ހިތް ދިޔައީ ގިސްލާ ރޮމުންނެވެ.

" އެލީ.... ބައްޕައަށް ގުޅާފަ ބުނޭ ދެން ޕޮލިހަށް އަންގަން... އެ ދަރިފުޅު ނުފެނިއްޖެނަމަ މަންމަ މޮޔަވެދާނެ...."......... މެހެރް ހުއްޓުމެއް ނެތި އެލީޝާ ކައިރިއަށް އެދެމުން ދިޔަ ނަމަވެސް އެލީޝާ އެ ގޮތާ އެއްބަހެއް ނޫނެވެ. އޭނާ ކައިރާއަށް ފުރިހަމަ އިތުބާރު ކުރެއެވެ. ކައިރާ އެނބުރި އަންނާނެކަން އެލީޝާއަށް ޔަޤީނެވެ.

ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ގޭތެރެ އަލިވެގެން ދިޔައެވެ. ހިނދުކޮޅަކަށް މެހެރްގެ ރުއިމުގެ އަޑުވެސް ކެނޑިގެން ދިޔައެވެ. ވިދުވަރުގެ ގަދަ އައްޔާ އެކު އިވުނު ބާރު ގުގުރީގެ އަޑާއެކު އެލީޝާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލިއެވެ.

ބޭރުގައި އުފެދެމުން ދިޔަ ތޫފާނުގެ ސަބަބުން އެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. މި ތޫފާނީ ވިއްސާރަ ރޭގައި ކައިރާވީ ތަނެއް ނޭނގުމުން އެލީޝާގެ ހިތްވަރު ވެސް އެލެން ފަށައިފިއެވެ. ނަމަވެސް ފަހު ވަގުތާ ހަމައަށް ވެސް އޭނާ އުއްމީދު ކަނޑައެއް ނުލާނެއެވެ.

*****

ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި ކިޔާން ދުއްވަމުން ދިޔައިރު އޭނާ ހުރީ ތެމިފޯވެފައެވެ. ފިނިކަމުން އެ ހަށިގަނޑު ރޫރޫ އަޅަމުން ދިޔަ ނަމަވެސް ކައިރާ ނުފެންނަނީސް މަސައްކަތް ހުއްޓައިލަން އޭނާގެ ޟަމީރު ދެކޮޅު ހަދަމުން ދިޔައެވެ.

އާޓިފިޝަލް ބީޗާ އަރައި ހަމަވުމުން ކިޔާންއަށް ބޭ އިޚްތިޔާރުގައި އެދިމާލަށް ބަލައިލެވުނެވެ. ސައިކަލް ޕާރކް ކޮށްލުމަށް ފަހު ކިޔާން އާޓިފިޝަލް ބީޗަށް ވަދެގެން ދިޔަ އިރު އޭނާ ލައިގެން ހުރި ކޯޓު އެއް އަތުގައި އަޅުވައިފައި އޮތެވެ.. ލައިގެން ހުރި ހުދު ގަމީސް ގައިގައި ތަތްލަވާފައި ހުރިއިރު އެ ހަށިގަނޑުގެ ވަރުގަދަކަން ހާމަވަމުން ދިޔައެވެ. ކަރުގައި އަޅާފައި އޮތް ޓައިވެސް ދޫވެފައި އޮތުމުން ހިތްގައިމު ގޮތެއް ހުއްޓެވެ.

ކުޑަ ތަންކޮޅަކަށް ދިޔަ ތަނުން ކިޔާންގެ ލޮލުގައި އަޅައިގަތީ މޫދާ ދިމާލަށް އެނބުރިގެން ބެންޗުގައި އިން އަންހެން ކުއްޖެކެވެ. ކަނު އަނދިރީގެ ތެރެއިން ވެސް ކިޔާންއަށް އެކުއްޖާއަކީ ކައިރާއޭ ބުނެވޭހާ ވައްތަރުވިއެވެ. ކައިރާ ފެނުމާއެކު އެއްމެ ސިކުންތުކޮޅެއް ވެސް ބޭކާރު ކުރާކަށް ކިޔާން ބޭނުމެއް ނުވިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން އެ ލޮލުން އުފާވެރިކަމުގެ ކަރުން ނީރާލިއިރު ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

" ކައި......."....... އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ކިޔާން އެކުއްޖާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެއާ އެކު އެ ކުއްޖާ ފަސްއެނބުރި ބަލައިލިއިރު ދެމީހުންގެ ނަޒަރު ބައްދަލުވެގެން ދިޔައެވެ.

" ސޮރީ.. އެހެން ކުއްޖެއް ކަމަށް ހީކުރީ......."....... ކިޔާންގެ މޫނުގައިވީ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެއީ ކައިރާއަށް ނުވުމުންނެވެ. އެ ކުއްޖާއަށް ފަސްދީ ހިނގައިގަތް އިރު ކިޔާންއަށް ނޭނގުނު ކަމަކީ އޭނާގެ ކަނާތްފަރާތުން ތަންކޮޅެއް ދުރުން ކައިރާ ވެސް އާޓިފިޝަލް ބީޗުން ނުކުންނަން ދިޔަކަމެވެ. ނަމަވެސް ދެމީހުންނަށް ވެސް ދެ މީހުން ނުފެނުން އެއީ ކައިރާގެ ނަސީބެވެ. ނުވަތަ ކިޔާންގެ ބަދު ނަސީބެވެ.

*****

ސިޓިންރޫމްގައި ހުރި ގަޑީގެ ކައްޓާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އިން މެހެރްގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. އޭނާގެ އެއް ކަނާތްފަރާތުގައި އެލީޝާ އިން އިރު އޭނާ ވެސް އިނީ ހަރަކާތް ހުއްޓިފައެވެ. މީގެ އިރުކޮޅެއް ކުރިން ޒެވިޔަން ވެސް ގެއަށް ދިޔައީ އައިމަން ކައިރާ ހޯދާނެ ކަމުގެ ޔަޤީންކަން އެލީޝާ ދިނުމުންނެވެ. ޕޮލިހުންގެ އެހީތެރިކަމަށް އެދުން ނޫން ދެން އިތުރު ގޮތެއް ނެތްކަން އެލީޝާއަށް ވެސް ޤަބޫލު ކުރާނެއެވެ.

" އެ އައީ ބައްޕަ... "... ފުން ވިސްނުމަކަށް ގެއްލިފައިއިން އެލީޝާ ބެލް އަޅައިލި އަޑަށް އަވަހަށް ތެދުވެ އެ ދިމާލަށް ހިނގައިގަތެވެ. މެހެރްގެ ނަޒަރު ވެސް ދޮރާ އަމާޒުވެފައި ވީ އިރު އެއީ ކައިރާއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.

" މަންމާ... ".... އެލީޝާގެ އަޑު އިވުމާއެކު މެހްރްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކައިރާ އައީކަން އެލީޝާގެ އަޑުން ވެސް ހާމަވެގެން ދިޔައެވެ.

" ކައިރާ... އެނގޭތަ ތިގޮތަށް ދިޔުމުން އެހެން މީހުންނަށް ވާނޭ ގޮތް... ދޭ... އެނބުރި ތި އައި ތަނަކަށްދޭ... "..... ކައިރާ ފެނުމުން އުފާވި ނަމަވެސް އެލީޝާއަށް ގިސްލާ ރޯން ފެށުނެވެ. އުމުރަށް ކައިރާ ގެއްލުނު ކަމުގެ ބިރު އެހިތުގައި އުފެދިފައިވުމުން އެ އިހްސާސްތަކުގެ މައްޗަށް އަތްގަދަ ނުކުރެވުނީއެވެ.

ކައިރާ ގައިގައި އޮޅުލައިގެން އޮވެ އެލީޝާ ރޮމުން ދިޔައިރު ކައިރާ އެއްވެސް އެއްޗެކޭ ނުބުނެ އޭނާގެ ގައިގައި ބައްދައިގެން ހުއްޓެވެ. ނަމަވެސް އޭނާއަށް މެހެރްއާއި އެލީޝާ ދެރަ ކުރެވިއްޖެކަން އެނގުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

" ދެން ތިހެން ހުންނާނީތަ... އަހަރެން ގެއަށް ވެސް ނުވައްދާނަންތަ....".... ކައިރާގެ އަޑު ގިނަ ދުވަސް ތަކަކަށްފަހު އިވުމުން ކުއްލިއަކަށް އެލީޝާ ކައިރާއާ ދުރުވެފައި ބަލަން ހުރީ ޤަބޫލު ނުކުރެވިފައެވެ. މެހެރްއަށް ވެސް ފެންނަމުން ދިޔަ މަންޒަރުން ހުރިހާ ނުތަނަވަސްކަމެއް ފިލައިފި ކަހަލަ އިހްސާސެއް ކުރެވުނެވެ.

ކައިރާ އެލީޝާއަށް ވެފައި ހުރި ގޮތް ފެނުމުން ބާރަށް ހޭން ފެށިއެވެ. ނަމަވެސް އެލީޝާގެ މޫނުން ފާޅުވަމުންދިޔަ ހައިރާންކަންވީ އިތުރެވެ.

" ކައި......"........ އެލީޝާއަށް މަޑުމަޑުން ކައިރާގެ ނަން ކިޔައިލެވުނެވެ. އޭރު އަނެއްކާ ވެސް އެ ދެ ލޯ ކަރުނައިން ފުރިއްޖެއެވެ.

" ދަރިފުޅާ... ދެން ތިހެން ނުހުރެ އަވަހަށް ކައި އެތެރެއަށް ވައްދާ... މަންމަ މި ގުޅަނީ ބައްޕައަށް... ދަރިފުޅު ޒެވިޔަންއާއި ކިޔާން ކައިރީގަ ވެސް ބުނޭ...."....... މެހެރް އައިމަންއަށް ގުޅާލަމުން ބުނެލިއެވެ.

" ނޫން... ކިޔާން ކައިރީގަ ނުބުނާތި.... ޒެވިޔަން ކައިރީގަ ވެސް ބުނާތި ކިޔާންއަށް ނާންގަން...."..... ކައިރާ އެލީޝާގެ އަތުގައި ހިފައި ހުއްޓުވުމަށް ފަހު އެކަން މަނާ ކުރިއެވެ. ކައިރާގެ އެ އަމަލުން އެލީޝާ ހައިރާންވެގެން ދިޔައެވެ. ނަމަވެސް ކައިރާ އެހެން ބުނާނީ ބޮޑު ކަމެއް ދިމާވުމުންކަން އެލީޝާއަށް އެނގުނެވެ.

" އެބަ އަންނަން ..... ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން....." ކައިރާގެ ދެލޯ ފެންކަޅިވެގން ދިޔަ ނަމަވެސް އޭނާ ނިކަން އަވަހަށް އިސްޖަހައިލިއެވެ.

" ކައި.... އަހަރެން އަބަދުވެސް ކައިއާ އެކު ވާނަން....".......... ކައިރާ ސިޑިން މައްޗަށް އަރަން ފެށުމުން އެލީޝާ އޭނާގެ އަތުގައި ހިފައިލިއެވެ. ކައިރާ ވެސް ރައްދުގައި ބޯ ޖަހާލަމުން ހިނިތުންވެލިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު ކައިރާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމުދޫކޮށް ފައިބައިގަތެވެ. ކިޔާންގެ ސަބަބުން އެހިތުގައި ފަސޭހަ ނުވާނޭ ވަރުގެ ޒަހަމެއް އުފެދިއްޖެއެވެ. ނަމަވެސް ކައިރާ ކަރުނަ އޮއްސާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ސާފު ތެދުވެރި ލޯބީގައި ކޮޅުފައިން ޖެހި މީހަކަށް ޓަކައި ކަރުނަ އެޅުމަކީ ބޭކާރުކަމެއް ކަމުގައި ކައިރާއަށް ވިސްނުނެވެ.

ކައިރާ ތިރިއަށް ދިޔަ އިރު މުޅި މާހައުލުގައި ހިފައިފައި ވަނީ ކޮފީގެ މީރު ވަހެވެ. އެތެރެއަށް ނޯއް ދަމާލަމުން ކުޑަކޮށް ދުވެފައި ގޮސް ކައިރާ އެލީޝާ ގާތުގައި މަޑުކޮށްލިއެވެ.

ކައިރާގެ ފަރާތުން ފެންނަމުން ދިޔަ އާދަޔާ ޚިލާފު ހަރަކާތްތަކުގެ މާނަ އެލީޝާ ހުރީ ނަގައިގަންނަން ނޭނގިފައެވެ.

" އެލީ.. އައިމް ސޯ ސޮރީ....."...... ކޮފީ މަގުގެ އަތްގަނޑުގައި ހިފައިލަމުން ކައިރާ ބުނެލީ އިސްޖަހާލަމުންނެވެ.

" ކައި މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނުކުރޭ.... އެކަމަކު ދެން އެ ގޮތަށް ނުދައްޗޭ....."......... އެލީޝާ ކައިރާގެ އަތުގައި ހިފައިލަމުން ބުނެލިއެވެ.

ކައިރާ ވީ ހުރިހާ ކަމެއް ފަށައިގެން އެލީޝާއަށް ކިޔައިދިނެވެ. އެލީޝާއަށް ވެސް ކިޔާންދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. އެވާހަކަތައް ޤަބޫލު ކުރަން އެލީޝާއަށް ފަސޭހަވެގެން ދިޔައީ އޭނާއާ ނަބާ ވެސް ދިމާވެފައި ވުމުންނެވެ. އަދި ޒެވިޔަން ގުޅުމުން ކިޔާން ފޯނު ވެސް ނުނެގުމުންނެވެ.

ނަމަވެސް ކިޔާންގެ ފަރާތުން އެފަދަ ސިފައެއް ފެނިދާނެކަމާ މެދު އެލީޝާއަށް ޝައްކެވެ. ނަމަވެސް އެލީޝާ ކައިރާއަށް ފުރިހަމައަށް އިތުބާރުކުރިއެވެ.

" ކައި ގުޅީމަ ފޯނު ނުނެގީ ކީއްވެ...."........ އެލީޝާ ޝަކުވާ ކޮށްލިއެވެ.

" ފޯނުގެ ޗާޖް ދިޔައީ ފަހުން... މިހާރު އޮންނާނީ ހަލާކު ވެސް ވެފަ ކަންނޭނގެ... " ފޯނަށް ފެން އެޅިފައިވާކަން ހަނދާންވުމުން ކައިރާ ބުނެލިއެވެ.

އިރުކޮޅަކުން މެހެރްއާއި އައިމަން އައުމުން ކައިރާ ކޮފީ ތަށި ކައިރިކޮށްދިނެވެ.

" މެހެރް މަންމާ...  ކައި ވާހަކައެއް ބުނަން ބޭނުން......."...... ކައިރާ އަތުގައި އޮތް ސަމުސާ ކޮފީ ތަށި ތެރެއަށް ދޫކޮށްލަމުން މެހެރްއާއި އައިމަންއަށް ނަޒަރު ހުއްޓައިލިއެވެ.

ކައިރާ ބުނެލި ވާހަކައިން އެ އެއްމެންގެ މޫނުތައް ވެސް އުޖާލާ ވެގެން ދިޔައެވެ. ނަމަވެސް ކައިރާގެ ޝަރުތެއް ވިއެވެ. މެހެރްމެން ކައިރާގެ ޝަރުތު ޤަބޫލުކުރީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އެމީހުންނަށް ވެސް ޤަބޫލު ކުރެވުނީތިއެވެ.

ފަތިސްވާން ކައިރިވެފައި ވަނިކޮށް ކިޔާން ގެއަށް ދިޔައީ އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ހާލުގައެވެ. އަމިއްލަ އެޕާރޓްމެންޓަށް ވަނުމުގެ ބަދަލުގައި ކިޔާން ވަނީ އަޒީޒްގެ އެޕާރޓްމެންޓަށެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށް ފަހު ކިޔާން އަޒީޒްގެ އަތުގައި ހިފައިލިއެވެ.

ހަމަހިމޭންކޮށް އެ މާހައުލުގެ ތެރެއިން ކިޔާންގެ ގިސްލުމުގެ އަޑު އިވިގެން ދިޔައެވެ.

" މާފް ކުރޭ ބައްޕާ.... އަޅުގަނޑު މިއަދު ކުށްވެރިވެއްޖެ... މީގެ އަހަރުތަކެއް ކުރިން ބައްޕަ ސަލާމަތްނުކޮށް ދެވުނު ގޮތަށް މިއަދު އަހަންނަށް ކައި ވެސް ނުހޯދުނު... އަހަންނަށް ދުވަހަކު ވެސް ކައިގެ މާފެއް  ލިބުމެއް ނެތް.. ކައި މިހާރު އަހަންނަށް ނަފްރަތު ކުރާނެ.... އަހަންނަށް ދެން އެ ލޯތްބެއް ނުލިބޭނެ...."...... ގިސްލައި ރޮމުން ދިޔަ ކިޔާން އޭނާގެ ހިތުގައި ހުރި ޝަކުވާތައް އަޒީޒްގެ ކުރިމަތީގައި ހާމަ ކުރަމުން ދިޔައެވެ. ހިތް ފުރޭވަރަށް ރޯލުމަށް ފަހު ކިޔާން މޫނު ފޮހެލިއެވެ. ވާރެއާ ތެމުމުގެ ސަބަބުން އޭނާ ވަނީ ރޯގާ ވައްތަރު ވެސް ވެފައެވެ.

ސިކުނޑިއަށް ކުރަމުން ދިޔަ ބާރާއެކު އަޒީޒްގެ އެނދުގައި ބޯ އަޅައިގެން އޮވެ ކިޔާން ނިދީގެ ފުން ޢާލަމަށް ގެނބިގެން ދިޔައެވެ. އެވަގުތު އަޒީޒްގެ ލޮލުގެ ހިމަކޮޅުން ރޮނގަކަށް ކަރުނަ ފައިބައިގެން ދިޔައެވެ. މަޑުމަޑުން ވައަތުގެ އިނގިލިތައް ވެސް ކުޑަކޮށް ހަރަކާތް ކޮށްލިއެވެ.

*****

ކިޔާންއަށް ހޭލެވުނީ މެންދުރު ނަމާދުގެ ބަންގީގެ އަޑަށެވެ. ރޭގައި ނިދުނު ގޮތުން ހަށިގަނޑުގައި ރިއްސަމުން ދިޔައިރު ބޮލުގައި މަޑު ރިހުމެއް އުފެދިފައި ހުއްޓެވެ. ރަނގަޅަށް ދެލޯ ހުޅުވައިލެވުމާ އެކު ކިޔާންގެ ޚިޔާލަށް ފުރަތަމަވެސް އައީ ކައިރާގެ ނަމެވެ.

" އާހ...... " ކިޔާންއަށް ބޮލުގެ އިސްތަށިގަނޑަށް ވާން ކޮށްލެވުނީ ރޭގައި ޒެވިޔަން އަދި އެލީޝާއަށް ވެސް ނުގުޅޭ ހަނދާން ވުމުންނެވެ. އޭނާ ވެފައި ހުރި ހާސްކަމުގެ ތެރެއިން ކައިރާ ނޫން އެހެން މީހެއްގެ ހަނދާން ނުވީއެވެ.

ކިޔާންގެ ފޯނަށް ވެސް ފެން އެޅި ގިނަ އިރުތަކެއް ވެފައި އޮތުމުން ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. މޭރީގެ ފޯނުން ކިޔާން ޒެވިޔަންއަށް ގުޅައިލިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ޒެވިޔަން ފޯނު ބިޒީ ކޮށްލަނީއެވެ. ހީވާ ގޮތުން ޒެވިޔަން ހުރީ ކިޔާން ދެކެ ނުހަނު ހިތްހަމަނުޖެހިފައެވެ.

ކިޔާން ދެން މަސައްކަތްކުރީ ކައިރާއާއި އެލީޝާއަށް ގުޅޭތޯއެވެ. ނަމަވެސް އެ ދެކުދިންގެ ފޯނު ވެސް އޮތީ ނިއްވާލާފައެވެ.

ފެންވެރުމެއް ނެތި ކިޔާން ކުޑަ ގޮތަކަށް ތާޒާ ވެލީ ކައިރާ އަތުވެއްޖެ ކަމުގައި ހިތް ބުނަން ފެށުމުންނެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ގޮސް ކިޔާން މަޑުކޮށްލީ އެލީޝާމެން ގެ ކައިރީގައެވެ. ބެލް އަޅުވާތާ ފަސް މިނިޓް ވިއިރު ވެސް ދޮރު ނުހުޅުވުމުން ކިޔާން ބާރަކަށް ދޮރުގައި ފައިން ޖެހީ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުމުންނެވެ.

" ކައިރާ ދެން ނާންނާނެ........ "..... ކުއްލިއަކަށް ކިޔާން ފަސްއެނބުރި ބަލައިލީ ޒެވިޔަންގެ އަޑު އިވުމުންނެވެ. އޭރު އޭނާއަށް ދެތިން ފޫޓު ދުރުގައި ހުއްޓިލައިގެން ޒެވިޔަން ހުއްޓެވެ. އެ މޫނުން ވެސް ކިޔާންއާ މެދު ހިތްހަމަ ނުޖެހިފައި ހުރިކަން ދޭހަވަމުން ދިޔައެވެ.

" ޒެވް... ކޮބާ ކައި... އޭނަ ކޮބާ...."....... ކިޔާން އައިގޮތަށް އައިސް ޒެވިޔަންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ނަމަވެސް ޒެވިޔަންގެ މޫނުން ފެނުނު ނުރުހުންތެރިކަމާ އެކު ކިޔާންގެ އަތް ފޮޅުވައިލިއެވެ.

" ކިޔާން... އަހަރެން ހިއެއް ނުކުރަން ތިއީ އެހާ ގޮތެއް ނެތް މީހެއް ކަމަށް... މައުސޫމު ކުއްޖެއްގެ ހިތް ހަލާކު ކޮށްލީ ތި ހިތުގައި ކުލުނެއްގެ ޒައްރެއްގެ މިންވަރު ވެސް ނެތީތަ؟.... އެހައި ވެސް ހިތް ހަރު މީހެއްތަ ތީ؟؟.... " .... ޒެވިޔަން ހުރީ ކިޔާންއާ ހަތަރުކަޅި ހަމަކުރަން ވެސް އުނދަގޫވެފައެވެ.

" ޒެވް.... ޒެވް ވެސްތަ؟......" ކިޔާން ހުރީ ޤަބޫލުކުރަން އުނދަގޫވެފައެވެ. އެންމެން އޭނާގެ ވާހަކަ ޤަބޫލު ނުކުރިޔަސް ޒެވިޔަން އެހެން ހަދާނެކަމަށް ކިޔާން އުއްމީދެއް ނުކުރެއެވެ. ކިޔާން ޒެވިޔަންއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ޝަކުވާގެ ނަޒަރަކުންނެވެ. އެ ބެލުމުގައި ވީ އަސަރުން ޒެވިޔަންއަށް ވެސް އުނދަގޫތަކެއް ވެގެން ދިޔައެވެ. ކިޔާންގެ ވާހަކަ އަޑު އަހަންވީތޯ ޒެވިޔަން އަމިއްލަ ނަފްސާ ސުވާލު ކޮށްލިއެވެ.

" ކެން... ކޮންމެ ގޮތެއް ވިޔަސް ދެން ވީ ކަމެއް ނުވާކަމަކަށް ނުހެދޭނެ... ކައިރާ ދެން ނާންނާނެ.. އޭނަ ފުރައިފި....." ޒެވިޔަން ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު އިސްޖަހައިލީ ކިޔާންގެ މޫނަށް ނުބަލަން ވެގެންނެވެ.

" ޒެވިޔަން... ".... ކިޔާންގެ އަނގައިން ނުކުތީ ހަމައެކަނި ޒެވިޔަންގެ ނަމެވެ. އިތުރު އެއްޗެއް ނުބުނެ ކިޔާން ހިނގައިގަތީ ދުރަށެވެ.

ޒެވިޔަން އޭނާ ހުއްޓުވަން އުޅުމުން ކިޔާން އެކަން މަނާ ކުރިއެވެ. އެނގެން ބޭނުންވާ ކިތަންމެ ގިނަ ވާހަކަތަކެއް ހުރި ނަމަވެސް ކިޔާން ޒެވިޔަންއާ އަނގައިން ބުނަން ބޭނުން ނުވީއެވެ.

ހަތަރު އެކުވެރީންގެ ގުޅުން ކެނޑިގެން ދިޔައީއެވެ. ލޯބިން އުޅުނު ދެލޯބިވެރިންގެ ވަކިވުން އައީ އެވެ.

*****

ފްލައިޓް މައްޗަށް އަރަން ފެށުމުން ކައިރާ ފަހު ފަހަރަށް އެ ފަސްގަނޑަށް ބަލައިލިއެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅި ނަމަވެސް މިއީ އޭނާގެ ޤުރުބާނީއެކެވެ. ބައްދަލުވާން އޮތިއްޔާ އަދި އޭނާ އާއި ކިޔާން ބައްދަލުވާނެއެވެ. ގާތުގައި އިން އެލީޝާގެ ކޮނޑުގައި ބޯ އަޅައިލަމުން ކައިރާ ލޯ މަރައިލިއެވެ. އޭރު އެ ރީތި ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ނަމަވެސް އޭނަގެ ވަށައިގެންވީ ކިޔާންގެ ހަނދާންތަކެވެ. އެ ހިތް ގޮވަމުން ދިޔައީ ކިޔާން އަށެވެ.

" ނޭނގި ހިތޭ ގެންދެވީމާ ލޯބިން..

މިތުރާ... ނުނިދޭ... ހަނދުމަވަނީ...

ހަނދުމަވަނީ... ހަނދުމަވަނީ....

މޭގާ ޖަހާ ވިންދު ނޭނގެ ލޯބިން...

ގެންދެވީ... ތޯ ކާލާ... ގެންދެވީ ކަލާ....

ގެންދެވީ ކަލާ... ގެންދެވީ ކަލާ...... "

..ނުނިމޭ..

  1. ޢާމިރު

    ވަަރަށްރީތި،ކައި އަށް ކެން ލިބޭނެ ކަމަށް އުންމީދު ކުރަން

  2. ގުޑް ޖޮބް .އައި ރިއަލީ ލަވް ދިސް

  3. ެއީނާލް

    ވަރައް ރިީތި،، ކިޔާން އައް ދެރަގޮތެއް ނަހަދާތި…