ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

ބާރު ހިނގުމެއްގައި ކައިރާ އޮފީހުން ނުކުމެ ދިޔައީ އެއްވެސް މިސްރާބެއް ނެތިއެވެ. އެހިތަށް ލިބިފައިވާ ހިތްދަތިކަން ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. އިސްޖަހައިގެން ހުރެ ހިނގަމުން ދަނިކޮށް ކައިރާ އަޅައިގަތީ ގެއަކުން ނުކުތް މީހެއްގެ ގައިގައެވެ. ނުވިސްނާ ހުރުމުން ބެލެންސް ނުވެ ކައިރާ ވެއްޓުނެވެ. އެވަގުތު އެމީހާ ކައިރީގައި ހުރި ކުޑަކުއްޖާ އަވަހަށް ކައިރާއަށް ތެދުވާން އެހީވެދިނެވެ. ތެދުވެ ހަމަޖެހިލަމުން ކައިރާ އިސްއުފުލާ ކުރިމަތީގައި ހުރި މީހާގެ ކިބައިން މާފަށް އެދުނެވެ. އެވަގުތު ކައިރާގެ ދެލޯ ބޮޑުވެ އަނގަމަތީ އަތް އެޅުނެވެ. ކުރިމަތިން ފެންނަން ހުރީ ހަޤީޤަތެއްކަމާ މެދު އޭނާއަށް ޝައްކުވިއެވެ.

****

ކުރިމަތީގައި ހުރި ކައިރާ ފެނުމުން ނާސިހުގެ މޫނުން ހާސްކަން ފެންނަން ފެށިއެވެ. އަވަހަށް ކައިރީގައި ހުރި ތުއްތު ކުއްޖާ އަތުގައި ހިފަހައްޓައިގެން ހުރެ ނާސިހް ބެލީ އެތެރެއަށް ވަދެވޭތޯއެވެ.

" ބޭބެ...."... ކައިރާ އަވަސްވެފައިވާ ހިތަކާ އެކު އަވަހަށް ގޮވައިލިއެވެ. ނާސިހް ހުއްޓުވޭތޯ ކައިރާ އުޅުނެވެ. އޭނާގެ ސިކުނޑި ފަޅައިގެން ގޮސްދާނެއޭ ހީވުމުން ކައިރާއަށް ބޮލުގައި މަޑުމަޑުން ހިފަހައްޓައިލެވުނެވެ. އެ ކުޑަ ވަގުތުކޮޅު ތެރޭގައި ކައިރާ ނާސިހް ކައިރީގައި ހުރި ކުޑަ ކުއްޖާއަށް ބަލައިލިއެވެ. އެ މޫނުން ވެސް އެއީ ނާސިހްގެ ދަރިއެއްކަން ބުނަން ކައިރާއަށް އެނގުނެވެ.

ކައިރާގެ އަޑު އިވުނުކަމަށް ވެސް ނުހަދާ ނާސިހް އަވަހަށް ގެއަށް ވަދެ ދޮރު ލައްޕައިލިއެވެ. ކައިރާގެ މޫނު މައްޗަށް ދޮރުލެއްޕުމާ އެކު ސިހިފައި ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. އޭނާ ހުރީ ހައިރާންވެފައެވެ. ނާސިހް ކައިރާއަކީ ދަންނަ މީހަކަށް ވެސް ހަދާ ނުލިއެވެ.

މިހާ ދުވަސް ކޮށްފައި ދިމާވުމުން ވެސް ނާސިހްގެ އަމަލުތައް ހުރި ގޮތުން ކައިރާ ހުރީ އަޖައިބުވެފައެވެ. މަޑު މަޑުން ދޮރާ ކައިރިވުމަށް ފަހު ކައިރާ ދޮރުގައި އަތް ޖައްސާލިއެވެ. ނާސިހް ގާތުން އޮޅުން ފިލުވަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުއްޓެވެ. ނަމަވެސް ކޮންމެ ވެސް ސަބަބަކާ ހުރެ ނާސިހް އޭނާއާ ކުރިމަތިލާން ބޭނުން ނުވާކަން ކައިރާ ދެނެގަތެވެ.

އިތުރަށް ވަގުތު ބޭކާރު ނުކޮށް ކައިރާ މިސްރާބު ޖެހީ ގެއާ ދިމާލަށެވެ. ދެން މިއަދު ކިޔާންއާ ކުރިމަތިލާކަށް ކައިރާ ބޭނުމެއް ނޫނެވެ. ނަމަވެސް މިރޭ އެމީހުންގެ ޕްރޮޖެކްޓްގެ ޕާރޓީ އޮންނާތީ އެތަނަށް ދިޔުން ކައިރާއަށް މަޖުބޫރެވެ. އެހާ ހިސާބަށް ސިކުނޑި ހަމަޖައްސާލަން އޭނާ ބޭނުމެވެ.

ގޭތެރެއަށް ވަންއިރު މިޝެލްގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ.

" ޝެލީ...."... އަތް ދަބަސް ސޯފާ މައްޗަށް ދޫ ކޮށްލުމަށް ފަހު ކައިރާ ދުއްވައިގަތީ މިޝެލްގެ އަޑު އަންނަ ދިމާލަށެވެ. ނަމަވެސް ފިޔަވަޅުތައް މަޑުކޮށްލުމަށް ފަހު ކައިރާ ފަސްއެނބުރި ބަލާލީ އެއްޗެއް ހަނދާންވުމުންނެވެ. އޭނާގެ އަތްދަބަހެއް ކިޔާންގެ ކާރުގައި ބޭއްވުނު ހަނދާން ވުމުން ކައިރާ އަނގަޔަށް ގޮތެއް ހަދާލީ ކިޔާންގެ ކިބައިން އޭނާ ސަލާމަތް ނުވާނެއޭ ހިތަށް އެރުމުންނެވެ.

" މަމީ... "... ކައިރާ ފެނުމާއެކު މެހެރްގެ އުނގުން ފައިބައިގެން މިޝެލް ދުވެފައި އައިސް ކައިރާގެ ގައިގައި ބައްދައިގަތެވެ.

ވީގޮތެއް ނޭނގޭތީ ކައިރާ ހާސްވަމުން ދިޔައެވެ. މިޝެލްއަށް ލިބޭ ކުޑަ އަނިޔާއަކީ ވެސް އޭނާއަށް ލިބޭ އަނިޔާއެކެވެ.

މެހެރް ދައްކާލީ އޭނާގެ އަތުގައި އޮތް ކުޑަ ދަތެކެވެ. ކައިރާގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކު މިޝެލް އުރާލަމުން އެ މޫނުގައި ބޮސް ދިނެވެ.

" ވާއު ޝެލީ.. މިހާރު ދޫނި ވަރަށް ރީތި... ހަވީރު ދާނީ ދޯ އައިސްކްރީމް ބޯން.. "... ކައިރާ މިޝެލް ހިތްހަމަ ޖައްސައިދޭން އެކިއެކި ވާހަކަތައް ކިޔައިދޭން ފެށުމުން މިޝެލް ރުއިން ހުއްޓާލިއެވެ.

*****

ކޮޓަރިއަށް ވަދެ ހަމަޖެހިލަމުން އިޝާން ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި ރާއީގެ ނަމުގައި ސޭވް ކުރެވިފައިވާ ނަންބަރުގައި ދޮންތަ ޖަހައި ސޭވް ކޮށްލިއެވެ. އޭރު އެ މޫނުގައި ވަނީ އުފާވެރި ހިނިތުންވުމެކެވެ. ދެ ފިކުރެއްގައި ހުރެފައި ވެސް އިޝާން އެ ނަންބަރަށް ގުޅައިލިއެވެ. ކައިރާ ފޯނު ނަގާނެކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ.

" ހެލޯ......... ޝޭން..."....... އެކޮޅުން ފޯނު ނެގުމަށްފަހު ގޮވައިލިއެވެ.

" ދޮންތަ...."...... އިޝާންއަށް މަޑު މަޑުން ކިޔާލެވުނެވެ. އޭނާއަށް އެވަގުތު ތަފާތު އިހްސާސެއް ކުރެވުނެވެ.

އިޝާން އޭނާއަށް ދޮންތާއޭ ކިޔާފައި ގޮވުމުން ކައިރާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ވީ އުފަލެއްގެ ބޮޑުކަމުން އެ ލޮލުން ކަރުނައިގެ އަސަރު ވެސް ފާޅުވާން ފެށިއެވެ.

" ހާދަ އުނދަގުލޭ... އެކަމަކު ވެސް ދެން ދޮންތަ ވާނީ ދޮންތައަށް .... މިއަދު ފްރީތަ... " އިޝާން އެ ދެމެދުގައިވީ ދުރުކަން ނައްތާލަން އަވަސް އަވަހަށް ބުނެލިއެވެ.

ކައިރާ ބަލައިލީ ކުޑަކުޑަ މިޝެލްއަށެވެ. މިޝެލް ފެނުމުން އިޝާންގެ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެކަން ކައިރާއަށް އެނގެއެވެ. ނަމަވެސް އެކަމަށް އޭނާގެ ފަރުވާލެއް ނެތެވެ.

" ޝޭން ސީރިޔަސް ވާނީ ކޮން ދުވަހަކުންބާއޭ ހިތަށް އަރާ..  ޔެސް ފްރީ.. ދޮންތަ މިއުޅެނީ ހަވީރު ޝެލީ ގޮވައިގެން ބޭރަށް ދާން... ޝޭންއަށް ދެވޭނެތަ އެގަޑީގަ ... ޝެލީއާ ޝޭން ވާނެ ބައްދަލުކުރަން.... އެއީ ދޮންތަގެ ބެސްޓް ބަޑީ......"..... ކައިރާ މަޑުމަޑުން ޝެލީގެ ކޮލުގައި ހިފައިލިއެވެ.

ކައިރާ އެ ބުނާ ޝެލީއެއް ނޭނގުނު ކަމުގައިވިޔަސް އިޝާން ހަވީރު ކައިރާއާ އެކު ބޭރަށް ދާން އެއްބަސް ވިއެވެ. ނަމަވެސް އޭގެ ކުރިން ހައިކަލްއާ ވާހަކަދައްކާލުމަށް ކިޔާން ތިރިއަށް ފޭބިއެވެ.

" ޝޭން.. ކޮންތާކު ތި އުޅެނީ.. އިއްޔެ ދިމާވި ގޮތަށް ހަބަރެއް ވެސް ނުވޭ... ބައްޕަ ވަރަށް މުހިއްމު ވާހަކައެއް ދައްކަން ވެފަ އެބައޮތް...."...... ސޯފާގައި ތިބި ހައިކަލްއާއި ނަޝީލާއަށް އިޝާން ފެނުމުން ބުނެލިއެވެ.

" ބައްޕަ ބުނުމުގެ މާކުރިން އެނގިއްޖެ..."...... އިޝާން ފޮނިވެފައި ބުނެލުމުން ނަޝީލާ ހިނިތުންވެލިއެވެ.

" މާ ރަނގަޅަށް ދޯ މިވީ އެހެންވީމަ...... މާދަން ކައިމެންނަށް މެންދުރު ކެއުމަށް ދައުވަތު ދީފަ އޮންނާނީ... ދަރިފުޅު ވެސް ގެންނަން ބޭނުންވާ ކުއްޖަކު ހުރި ނަމަ ގެންނައްޗޭ........"..... ނަޝީލާއާއި ހައިކަލް އެކަކު އަނެކަކަށް ބަލާލި އިރު އެ މޫނުތަކުގައި ވީ ލާނެތް ހިނިތުންވުމެކެވެ.

" ދެން މަންމަ ވެސް ދޯ... "...... އިޝާން ރަކިވި ނަމަވެސް އަވަހަށް އެކަން ފޮރުވައިލިއެވެ. އެވަގުތު އޭނާގެ ހިތަށް ވެރިވީ އުލްޔާގެ ނަމެވެ. އުލްޔާއަށް ލޯބި ހުށަހަޅަންވީއެވެ. ނޫނީ ކިޔާންއަށް ދިމާވި ފަދަ ދެރަގޮތެއް ވެދާނެއެވެ.

" މިއަދު ހަވީރު ދޮންތައާއެކު ބޭރަށް ދާން މިއުޅެނީ... މަންމަ ބޭނުންތަ ދިމާކުރަން...."..... ނަޝީލާގެ ޖަވާބު އެނގި ހުރެ ވެސް އިޝާން ސުވާލުކޮށްލިއެވެ. ނަޝީލާ ވަގުތުން ބޯ ޖަހާލިއިރު އެ މޫނުން އުފާވެރިކަން ފެންނަމުން ދިޔައެވެ. ހައިކަލް ވެސް އިޝާންއާއި ނަޝީލާގެ ހަރަކާތްތަކަށް ބަލަން ހެވިފައި އިން އިރު ކައިރާ އެގޭގަ އުޅޭ ނަމައޭ ހިތަށް އެރިއެވެ. އެވާހަކަ ބުނަން ބޭނުން ވިޔަސް އަދި ކައިރާއަށް ވަގުތު ކޮޅެއް ދޭން ހައިކަލް ނިންމިއެވެ.

****

" ހޮޓެލް ގްރޭންޑް"ގެ ޕާރޓީ ބޭއްވުމަށް ކިޔާންމެން ތައްޔާރުކުރި ހޯލުގައި ކިޔާން ހުއްޓިގެން ހުރިއިރު އެ ތުންފަތުގައިވީ ހިތްތައް ދީވާނާ ކޮށްލާނޭ ފަދަ ރީތި ހިނިތުންވުމެކެވެ. މިރޭ އެތާނގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކައިވެނި ޕާރޓީއަކީ ރާއްޖޭގެ މަޝްހޫރު މޮޑެލްއެއް ކަމަށްވާ ޝެނާގެ ކައިވެނި ޕާރޓީއެކެވެ. އެ ޕާރޓީ އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ކުލަގަދަ ހަފްލާއަށް ވާނޭ ކަން ގައިމެވެ. އެ ޕާރޓީގެ ވާހަކަ އެންމެން ދައްކަމުން ދިޔައީ ތުންތުންމަތިން ޕާރޓީގެ ފުރިހަމަކަމުގެ ވާހަކަ ދެކެވެމުން ދާތީއެވެ. ވަށައިގެން ހުރިހާ ދިމާލަކަށް ބަލާލަމުން ކިޔާން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ބޭނުންވާ ފަދައިން އެތަން ފުރިހަމައެވެ. މީހުންގެ ލޯ ތަކުގައި އަޅައިގަންނާނެ ކަން ގައިމެވެ. އެއީ ވިޔަފާރިއަށް ވެސް ލިބޭނޭ ކުރިއެރުމެއްކަން ޔަޤީނެވެ.

*****

ހަވީރުގެ ހިތްގައިމު ވަގުތެވެ. މަޑު ރޯޅިއެއް ޖެހިލި ނަމަވެސް ޖައްވުގައި އަދިވެސް ވަނީ ހޫނުކަމެވެ. މިޝެލް ރީތިކޮށްގެން ކައިރާ ބޭރަށް ނިކުމެ ހުރީ އިޝާންގެ އިންތިޒާރުގައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އިޝާން އޭނާ ބަލައި އަންނާނޭ ކަމުގައި ބުންޏެވެ.

މިޝެލް ދެފައި ތަޅުވަން ފެށީ ދުރުން ކާރެއް ފެނުމުންނެވެ. ކައިރާ ވެސް އެދިމާއަށް ނަޒަރު ހުއްޓައިލި އިރު މޫނު އުޖާލާ ވެގެން ދިޔައެވެ. ގެއާ ތަންކޮޅެއް ދުރުގައި ކާރު ޕާރކް ކޮށްލުމަށް ފަހު އިޝާން ކާރުން ފޭބިއެވެ. އޭނާގެ ފަހަތުން ހައިކަލްއާއި ނަޝީލާ ވެސް ފޭބުމުން ކައިރާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ނަމަވެސް މިޝެލް ކައިރާގެ ގައިގައި އޮޅުލައިގަންނަމުން މޫނު ފޮރުވައިލީ އެއީ ދުވަހަކު ވެސް އޭނާއަށް ފެނިފައި ނުވާ ބަޔަކަށް ވީމައެވެ.

ކައިރާގެ އުރުގައި އިން ކުއްޖާ ފެނުމުން ހައިކަލްއާއި ނަޝީލާގެ މޫނުން ފެނުނީ ހައިރާން ކަމެވެ. ނަމަވެސް އެކަން މާ ބޮޑު ކަމަކަށް ނުހެދީ އެއީ އެހެން މީހެއްގެ ދަރިއަކަށް ވެދާނެއޭ ހީކޮށެވެ.

" ޝެލީ.. އަވަހަށް ސަލާމް ކުރޭ... މިއީ ދަރިފުޅުގެ ފްރެންޑްސް އޭ... ދޫންޏަށް އައިސްކްރީމް ދޭނީ މި ބޭބެ.. ދޮންބެ...."...... އިޝާން އޭނާ ކައިރީގައި މަޑުކޮށްލުމުން ކައިރާ މަޑުމަޑުން މިޝެލްގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެއާއެކު މިޝެލް ކުޑަކޮށް ބޯ ހިއްލައިލުމަށް ފަހު އިޝާންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

އިޝާން ކައިރާގެ އަތުން މިޝެލް އަތުލުމަށް ފަހު މިޝެލް ގޮވައިގެން ކާރާ ދިމާލަށް ހިނގައިގަތީ މިޝެލް އެދިމާއަށް އަތް ދިގު ކުރަން ފެށުމުންނެވެ.

" ކައި... "... ކައިރާގެ ސޫރަ ހަމަލޮލަށް ފެނުމުން ނަޝީލާ ފެންކަޅިވިއެވެ. އެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ވުމުން އެ ލޮލުގައިވީ އުފާވެރިކަމުގެ ކަރުނަކަން އެނގެއެވެ.

" މަންމާ.... "...... ކައިރާ ހައިކަލއަށް ބަލާލަމުން ގޮސް ނަޝީލާ ގައިގައި ބައްދައިލިއެވެ. އޭނާގެ ނަޒަރުގައި މިހާރު އެއީ މަންމައެވެ. އިޝާންގެ މަންމަ އަކީ ކައިރާގެ ވެސް މަންމައެވެ. ހައިކަލްގެ ވާހަކަތަކުން ކައިރާގެ ހިތުގައި ނަޝީލާއަށް ދެވިފައި ވަނީ މަތިވެރި މަޤާމެކެވެ.

ކައިރާގެ ދުލުން މަންމާއޭ ބުނުމުން ނަޝީލާއަށް އޭނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ކައިރާއަކީ އޭނާގެ އުފަން ދަރިއެއް ފަދައެވެ. ކައިރާ ފެންނާނޭ ދުވަހަކަށް އޭނާވެސް އިންތިޒާރު ކުރިއެވެ. އެ އިންތިޒާރުގެ ނިމުން ފޮނިވެ ކުރިމަތިން އެ ދަރިފުޅު ފެނުމުން ނަޝީލާގެ ހިތުގައި ވީ ތަފާތު އިހްސާސެކެވެ. ހައިކަލް ވެސް ލޯބިން އެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.

" އެއީ ކާކުގެ ކުއްޖެއް...؟.."....... އިޝާންގެ ކައިރީގައި ހުރި މިޝެލް ދައްކާލަމުން ހައިކަލް އަހައިލިއެވެ. އެ ސުވާލުން ކައިރާގެ މޫނުގައިވީ ހިނިތުންވުން ފަނޑުވިއެވެ.

" އެއީ މިޝެލް... އަޅުގަނޑުގެ ދަރިފުޅު......"...... ކައިރާ މަސްނޫޢީ ހިނިތުންވުމަކާ އެކު ބުނެލިއެވެ.

" ދަރިފުޅު ކައިވެނި ކުރި ވާހަކައެއް ނުބުނަމެއްނު އެކަމަކު......"..... ހައިކަލްގެ އަޑުގައިވީ ހައިރާންކަމެވެ.

" ލައްބަ... އަޅުގަނޑު އަދި ކައިވެންޏެއް ނުކުރަން.. ބައްޕަ ހާސްނުވޭ.. އަޅުގަނޑު ގޯސް ކަމެއް ނުކުރަން.. މިޝެލް އެއީ އުފަން ދަރިއެއް ނޫން ވިޔަސް އެއީ އަޅުގަނޑުގެ ދަރިފުޅު.. "....... ކައިރާ ފަނޑު ހިނިތުންވުމަކާ އެކު ބުނެލިއެވެ.

ހައިކަލްގެ ނިތަށް ކުދި ރޫތަކެއް ޖަމާވެގެން ދިޔަ ނަމަވެސް ނަޝީލާގެ އިޝާރަތާއެކު އިތުރު ސުވާލެއް ނުކުރެއެވެ.

ހައިކަލްގެ އެދުމަށް އިޝާން ދިޔައީ ހުޅުމާލެއަށެވެ. އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު ގެއަށް އައި އިރު މިޝެލްގެ އިތުރުން ކައިރާ ވެސް ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. ފުރާވަރުގެ އުމުރުގެ ދުވަސްތައް ވެސް ފާއިތުވިފަހުން ބައްޕައާއި ކޮއްކޮއާ ދިމާވިއިރު އޭނާއަށް އެ ލިބުނީ ދެވަނަ މަންމައެކެވެ.

(ނުނިމޭ)

Ads by Ooredoo
  1. ކަލޯގަޔާ އަސްލު ކުރު އިނގޭ… ދެރަވެއްޖެ… 🙁 ކޮންކުދިންނެއް ދެރަވީ.. ކުރުވީމަ؟؟؟

    • ލަވް

      ރީތި..1،2 ވަނަ ބައި ލިބި ދާނެތަ

  2. ވ.ވ.ރީތި.އެކަމް މާ މާ ކުރީ…

  3. ހޫނ ސަޅިއޭ ……

  4. ވަރަށް ރީިތި ..ކުރު ވީމަ ދެރަވިީ

  5. މިވާާހަކައިގެެ ޕާޓްް 16ނިމިގެންް ދެންް ފެންނަނީީ 21ވަނަަ ޕާޓް މިސިން ޕާޓްސްް ލިބިދާނެތަަ.