ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Sosun Fihaara

" އޯހް... ދިވެއްސެއް ދޯ... އަހަރެން ހީކުރީ ބޭރު ޤައުމެއްގެ މީހެއްކަމަށް... ބައި ދި ވޭ.... އައިމް ކިޔާން......"......... އިޝާންއާ ސަލާމްކޮށްލަމުން ކިޔާން އޭނާގެ ނަން ބުނެލިއެވެ.

*****

"އައިމް އިޝާން......".......... އިޝާން އޭނާގެ ނަން ބުނެލުމުން ކިޔާންގެ މޫނު މައްޗަށް ތަފާތު ކުލައެއް ވެރިވެގެން ދިޔައެވެ.

އެވަގުތު ކިޔާންގެ ހިތަށް ވެރިވެގެން ދިޔައީ ކައިރާ އޭނާއަށް ކިޔައިދިން ވާހަކައެކެވެ.

" ކެންއަށް އެނގޭތަ އަސްލު ކައިއަށް މި ނަން ދެވުނީ ކައިގެ ބައްޕަ ބޭނުންވީމަ... ބައްޕަ ބޭނުންވީ އަންހެން ކުއްޖެއްނަމަ ކައިރާ... ފިރިހެން ކުއްޖެއް ނަމަ އިޝާން... އެހެންވެ މަންމަ ބައްޕަގެ ހަނދާނުގަ ކައިއަށް މިނަން ކީ.........." އެ ހަނދާނާއެކު ކިޔާންގެ ސިކުނޑި ހަލަބޮލި ވެގެން ދިޔައެވެ.

ނަމަވެސް މިއީ އަދި ކައިރާއާ އެއްބަފާ ކުއްޖެއްކަން ޤަބޫލުކުރަން ކިޔާންއަށް ދަތިވިއެވެ. ލޯ ކުރިމަތިން ފެންނަން ހުރި ސޫރައާއި ކައިރާއާ ވައްތަރުވުން އިއްތިފާޤަކަށް ވެދާނެބާއެވެ؟ މި ޒުވާނާގެ ނަން އިޝާންއަށް ވުމަކީ ވެސް ހަމަ އިއްތިފާޤެއް ބާއެވެ؟.... ކިޔާންއަށް އިސްތަށިގަނޑުގައި އަތް ހިންގާލެވުނީ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ.

" ބްރޯ... އޯކޭތަ؟........" ކިޔާންއަށް ވަމުން ދިޔަ ގޮތް ފެނުމުން އިޝާން ކަންބޮޑުވެފައި އަހައިލިއެވެ.

" ހަހަ ... އާނ.. ރަނގަޅު..... އެއްޗެއް ހަނދާންވީ ކުއްލިއަކަށް...... ސުވާލެއް ކޮއްލަންތަ؟........" ޖެހިލުންވެފައި ހުރެވެސް އިޝާންގެ ފުރިހަމަ ނަން އޮޅުންފިލުވަން ކިޔާން ބޭނުންވިއެވެ. އިޝާން މަޑުމަޑުން ބޯ ޖަހާލި ނަމަވެސް އެ ހިތުގައި ކިޔާންއާ މެދު ކޮންމެވެސް ވަރަކަށް ޝައްކު އުފެދިގެން ދިޔައެވެ.

" އިޝާންގެ ފުރިހަމަ ނަމަކީ ކޮބާ؟.... މިހެން މި އެހީ އަހަރެންގެ ކުޑަ އިރުގެ ރައްޓެއްސެއް ވެސް އުޅޭނެ އިޝާން ކިޔާ.. އެކަމަކު މިހާރު ވަރަށް ދުވަސްވެއްޖެ ގެއްލިގެން އުޅޭތާ.... ހިތަށް އެރީ....." ކިޔާން އަށް ވާހަކަ ގެންދެވުނީ އެހިސާބަށެވެ. އިޝާން އޭނާގެ ފުރިހަމަ ނަން ބުނެލުމާއެކު ކިޔާންގެ ވާހަކަ ހުއްޓިގެން ދިޔައެވެ.


" އިޝާން އަހުމަދު....".....  ކިޔާން މަޑުމަޑުން އެ ނަން ކިޔައިލިިއިރު އެ މޫނުން ފެނިގެން ދިޔައީ މާޔޫސްކަމެވެ. ކައިރާގެ ބައްޕަގެ ނަމާއި އިޝާންގެ ބައްޕަގެ ނަން ތަފާތުވުމުން އެއީ ކައިރާއާ ގުޅުން ހުރި ކުއްޖެއް ނޫންކަން ކިޔާން އޭނާގެ ހިތަށް ވިސްނައިދިނިވެ.

އިރުކޮޅަކަށް ވާހަކަ ދައްކަން ހުރެފައި ކިޔާން ދިޔުމުން އިޝާން އޭނާއަށް ބަލަހައްޓައިގެން ހުރީ ތަފާތު ނަޒަރަކުންނެވެ. އޭނާ ފުރިހަމަނަން ނުބުނީ ގަސްތުގައެވެ. ކިޔާންއަށް އިތުބާރުކުރަން އިޝާންއަށް އުނދަގޫވީއެވެ.

*****

އެލީޝާއަށް ހޭލެވުނީ ގަޑިން އަށްގަޑިބައި ވެސް ވި ފަހުންނެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން އޭނާގެ ބޮލުގައި ކުޑަ ރިހުމެއް އުފެދިފައި ހުއްޓެވެ.

އެލީޝާ ބޯ ހިއްލާލަމުން ކައިރާ އޮތްތޯ ބަލައިލިއެވެ. ނަމަވެސް އޭނާއަށް ފުއްމައިގެން ތެދުވެވުނީ ކައިރާ ނެތުމުންނެވެ. އެނދުން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތްތަނުން އެލީޝާގެ ލޮލުގައި އަޅައިގަތީ މުސައްލަމަތީގައި ނިދާފައި އޮތް ކައިރާއެވެ.

ކައިރާ ފެނުމުން އެ ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް އޭނާ އޮތްގޮތް ފެނުމުން އެލިޝާގެ މޫނުން ހިތާމަވެރިކަން ފެންނަން ފެށިއެވެ. ކައިރާގެ ގާތުގައި އިށީންނަމުން އެލީޝާ މަޑުން ކައިރާއަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލާއިރަށް ކައިރާ ސިހިފައި ތެދުވީ ބިރެއް ފެނިގެން މީހަކު ތެދުވާހެންނެވެ.

އާޝިޔާގެ ވަކިވުމަށް ފަހު ކައިރާއަށް ވަނީ ނަފްސާނީ ގޮތުން ނުހަނު އަސަރުކޮށްފައެވެ. މި ވޭތުވެދިޔަ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ވެސް އަބަދުވެސް ކައިރާ ސިހިފައި ހުންނަކަން އެލީޝާއަށް ފާހަގަވެގެން ދިޔައެވެ.

" ކައި ދޭ ފެންވަރައިގެން އަންނަން.... އެލީ މަޑުކުރާނަން ކައި ނިމުނީމަ ފެންވަރަން...."........ އެލީޝާ އެހާ ރިތިކޮށް ބުނުމުން ކައިރާ ވެސް އިތުރު އެއްޗެއް ނުބުނެ ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ.

*****

އެލީޝާ އާއި ކައިރާއަށް ކޮޓަރިން ނުމުމެވުނުއިރު ދިހައެއް ޖަހަން ކައިރިވަނީއެވެ. އޭރު މެހެރް އެ ދެކުދިންގެ އިންތިޒާރުގައި ސައި ތައްޔާރުކޮށްގެން ކާމޭޒު ދޮށުގައި އިނެވެ.

" އަވަހަށް އާދޭ ... ރޮއްޓާ ފަތްމަސްހުނި ހެދީ މިއަދު....."..... އެލީޝާ އާއި ކައިރާ ފެނުމުން މެހެރް ތަށިތައް ކައިރި ކޮށްދެމުން ބުނެލިއެވެ.

" ވަރަށް މީރު... ދޯ ކައި.......".... ހޭލިއިރުއްސުރެ ވެސް ކައިރާ އަނގައިން ނުބުނެ އިނުމުން އެލީޝާ ކައިރާއާއި މުޚާތަބުކޮށް ބުނީ ކައިރާ ވާހަކަ ދައްކާތޯއެވެ. ނަމަވެސް ކައިރާ ހަމައެކަނި ބޯޖަހައިލީއެވެ. އިސް ޖަހައިގެން އިނދެ ކަމުން ދިޔައިރު ކާއެތިކޮޅު ވެސް ދިރުވުންވީ ކައިރާއަށް އުނދަގޫ ކަމަކަށެވެ.

ނުހަނު ހިތްވަރުކޮށްގެން އިން ނަމަވެސް ކައިރާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ރޮވިދާނެހެން ހީވުމުން ކައިރާ ތެދުވެ ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.

" އެލީ... މަޑުކުރޭ.... އެ މަންޖެއަށް ވެސް ވަގުތުކޮޅެއް ދީ.........." ..... ކައިރާގެ ފަހަތުން އެލީޝާ ދާން އުޅުމުން މެހެރް އޭނާ ހުއްޓުވިއެވެ.

" މަންމާ... އެލީ ވަރަށް ދެރަވޭ ކައި އުޅޭ ގޮތުން.... ނަފްސާނީގޮތުން ވަރަށް އަސަރުކޮށްފަ އެ ހުރީ... "..... އެލީޝާ މަޑުމަޑުން މެހެރް ގާތުގައި ބުނެލިއެވެ.

*****

ކޮޓަރިއަށް ވަތް ގޮތަށް ކައިރާ އެނދުގައި އޮށޯވެލިއެވެ. ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން އޭނާ ދެލޯ މަރާލީ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ނެތެވެ. ކާން ވެސް ބޭނުމެވެ. އެކަމަކު ކެއުން ވެސް ވީ ކައިރާއަށް ދަތި ކަމަކަށެވެ. އަބަދު ރޮއެ ހިތާމަ ކުރުމުގެ ސަބަބުން އެ މޫނުގެ ތާޒާކަން ވެސް ވަނީ ގެއްލިފައެވެ. ލޯ ކައިރި ކަޅުވެފައި ހުރި އިރު ތުންފަތް ވެސް ވަނީ ހިކިފައެވެ. އެ ބުޅި އިސްތަށިގަނޑު ވެސް އެއްވެސް ތަރުތީބެއްނެތި ދޫކޮށްލެވިފައި އޮތުމުން ވެސް އޭނާއަށް އުނދަގުލެއް ނުވާ ކަހަލައެވެ.

ރޮއެރޮއެ އެ ލޮލުން ކަރުނަ ހުސްވެފައިވާ ކަހަލައެވެ. އެއްވެސް ހަރަކާތެއްނެތި އެ އޮތްގޮތަކަށް އޮތް އިރު ކައިރާގެ މޫނުން ވެސް އެއްވެސް ތަފާތު ކުލަވަރެއް ނުފެނެއެވެ.

*****

ގެއަށް ދިޔުމަށް ފަހު ފެންވަރައިގެން ކިޔާން ޒެވިޔަންއަށް ގުޅާލިއެވެ.

" ޒެވް... ކޮންތާކު.... މިއަދު އެބަ ޖެހޭ ކޮންމެ ގޮތެއް ހަދާފަވެސް މިކަންތައް ކޮންމެވެސް އެއް ކޮޅެއްގަ ޖައްސަން.... މިހާރު ވެސް މާ ލަސްވެއްޖެ.........." .... ކިޔާން ފޯނު ހިފައިގެން ދެ ފަރާތަށް ހިނގަމުން ދިޔަ އިރު އެއް އަތް އޮތީ ފުރަގަހަށް ލެވިފައެވެ.

އެ ވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ފެށި އަޑު އިވުނެވެ. ކިޔާން ފޯނު ކުރުކޮށްލުމަށް ފަހު ދޮރު ހުޅުވައިލީ އެއީ ކާކުކަން އެނގިހުރެއެވެ.

" ކިޔާން... ރޫމް ހުންނާނެ ރެޑީ ކޮށްފަ.... މިއޮތީ ތަޅުދަނޑި.... ޑަބަލް ކީ އެއް ނޯންނާނެ އެއްވެސް މީހެއް އަތުގަ....." މޭރީ އަތުގައި ޑަބަލް ތަޅުދަނޑި ކިޔާން އަތަށް ލައިދިނެވެ.

" ތޭންކްސް މޭރީ... ދެން އަހަރެން ބުނި ގޮތަށް ދޭ ބައްޕަ ކައިރިއަށް.... މޭކް ޝުއާރ ދެޓް ނޯ ވަން އެންޓަރސް ދެޓް ރޫމް.... " .... ކިޔާން އެދުނު ގޮތަށް މޭރީ އަވަސް ފިޔަވަޅު ތަކެއްގައި ނުކުމެގެން ދިޔައީ އަޒީޒްގެ އެޕާރޓްމެންޓަށެވެ.
*****

ޒެވިޔަން އައުމާއެކު ކިޔާންއާ ދެމީހުން މިސްރާބު ޖެހީ ސީސީޓީވީ ރޫމާ ދިމާލަށެވެ. ކުޑަކޮށް ހުރި އެ ކޮޓަރީގެ ކޮންމެ ދިމާލަކަށް ބެލި ކަމުގައި ވިޔަސް އެ ބޮޑު ގޭތެރޭގެ ހުރިހާ ދިމާލެއް ފެންނަމުން ދިޔައެވެ.

" ކޮބާ ޔައި... ބުނިދޯ އަންނާނަމޭ އިރުކޮޅަކުން .....".... ކިޔާން ޒެވިޔަންއާ ސުވާލު ކޮށްލީ ޔައިޝް ލަސްވާތިއެވެ. ޔައިޝް އަކީ އެމީހުންނަށް ވުރެ އުމުރުން ދޮށިވި ނަމަވެސް ޒެވިޔަންއާއި ކިޔާންގެ ވެސް ވަރަށް ގާތް އެކުވެރިއެވެ. އައި.ޓީގެ ދާއިރާއިން ތަޢުލީމް ހާސިލްކުރުމުގެ އިތުރުން އެ ދާއިރާގައި ގިނަ ދުވަސްތައް ހޭދަ ކުރެވިފައި ހުރުމުން ކިޔާން ކުރަން ބޭނުންވާ ކަންތައް ކުރުމަށް ޔައީޝްގެ އެހީއަށް ކިޔާން އެދުނީ އެއީ އެކަމަށް އެންމެ ޤާބިލް މީހާކަން ކިޔާންއާއި ޒެވިޔަންއަށް ވެސް ޤަބޫލު ކުރެވޭތީއެވެ. އަދި ޔައިޝްއަކީ އިތުބާރުހިފޭ ގާތް ރައްޓެއްސަކަށް ވީތީއެވެ.

" ޔައި މިހާރު ތިރީގަ... ދެންމެ މެސެޖް އެ ކުރީ... އެބަ އަންނަން ގޮވައިގެން....."....... ޒެވިޔަން ތިރިއަށް ދިއުމުން ކިޔާން ފޯނު ނަގައި އެލީޝާއަށް ގުޅާލީ ކައިރާގެ ހާލަތު އޮޅުން ފިލުވުމަށެވެ.

ނަމަވެސް އެލީޝާ ފޯނު ނުނެގުމުން ކިޔާން ކައިރާއަށް ވެސް ގުޅައިލިއެވެ. ކައިރާގެ ފޯނު ނިއްވާފައިވާ ކަމަށް ބުނުމުން ކިޔާން ނިންމީ އިރުކޮޅަކުން އެ ގެއަށް ދިޔުމަށެވެ.

ޔައިޝް އައުމާއެކު މަސައްކަތް ފެށިގެން ދިޔައެވެ. ރޭގައި އޭޝް ކިޔައިދިން ވާހަކަތަކުން ކިޔާންއަށް ހެކި ހޯދަން މަޖުބޫރެވެ. އެ ނޫންގޮތަކަށް އޭނާއަށް ކުށްވެރިންނަށް ހައްޤު އަދަބެއް ނުދެވޭނެއެވެ. އަޒީޒަށް އިންސާފު ހޯދައެއް ނުދެވޭނެއެވެ.

ގަޑި އިރުތަކެއްގެ ބުރަ މަސައްކަތަކަށް ފަހު ޔައިޝް ކުރިން ދުވަހު ގެއްލުނު ސީސީޓިވީ ފުޓޭޖްތައް ހޯދައިދިނެވެ. ކިޔާންގެ ހިތް އަވަސްވަމުން ދިޔަ ނަމަވެސް ލިބެމުން ދިޔަ ކުރިއެރުމުގެ ސަބަބުން ހިތްހަމަޖެހުން ލިބުނެވެ.

" ކެން ރެޑީތަ ؟......"..... ޔައިޝް ދިޔުމުން ދޮރު ތަޅުލުމަށްފަހު ޒެވިޔަން ކިޔާންއާ ސުވާލުކޮށްލިއެވެ. ކިޔާން މަޑުމަޑުން ބޯ ޖަހާލުމުން ޒެވިޔަން އެ ފުޓޭޖްތައް އަޅުވާލިއެވެ.

ފުޓޭޖްތަކުން ފެންނަމުން ދިޔަ މަންޒަރުތަކުން ކިޔާންގެ ނިތަށް ކުދި ރޫތަކެއް ޖަވާމަވުން ދިޔައެވެ.

ފުރަތަމަ ފުޓޭޖްގައި ލިފްޓަށް އެރި މީހާގެ ފަހަތުން މޭރީ ވެސް އަރާތަން ފެނެއެވެ. އެ މީހާގެ މޫނު ފޮރުވިފައި ހުރި އިރު ދެން ފެނުނީ އިރުކޮޅަކުން މޭރީ ލިފްޓުން ކޮއްޕާލާތަނެވެ.

ދެވަނަ ފުޓޭޖްގައި ފެންނަނީ އަޒީޒްގެ އެޕާރޓްމެންޓެވެ. އެޕާރޓްމެންޓްގެ ދޮރު ހުޅުވައިލުމަށް ފަހު އެ މީހާ ވަދެ މޫނު މަތީގައި އަޅައިފައި އޮތް ފޮތިގަނޑު ނަގައިލިއެވެ. ފުދޭވަރަކަށް ނުސާފުކޮށް ހުރުމުން ކިޔާންއަށް އެއީ ކާކުކަން ވަކި ކުރަން އުނދަގޫވިއެވެ.

ކިޔާން އެމީހާގެ މޫނު ފެންނަވަރަށް ޒޫމް ކޮށްލިއެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައިރު މުޅި މީހާ ތުރުތުރު އަޅައިގެން ދިޔައެވެ. ކިޔާންގެ އަތް މުއްކެވިގެން ދިޔައީ ދެން ފެނުނު މަންޒަރުންނެވެ. އަޒީޒް އާއި ކައިރި ވުމަށް ފަހު އޭނާ އަޒީޒްގެ މާސްކު ނައްޓާލިއެވެ. އަދި ކައިރީގައި އޮތް ބާލިސް ނަގައި އަޒީޒްގެ މޫނުގައި އެޅިއެވެ.

" އަހަރެން އަތުން މިފަހަރު އޭނަ މަރުވާނެ........".......... އިތުރަށް ބަލަން ކެތް ނުކުރެވުމުން ކިޔާން ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. އޭނާ ތެދުވިލެއް ބާރުކަމުން ގޮނޑި ވެސް ފަހަތަށް ވެއްޓުނެވެ. އެ ކުޑަ ހަރަކާތުން ވެސް ކިޔާން ރުޅި އައިސްފައި ހުރި މިންވަރު ޒެވިޔަންއަށް އަންދާޒާ ކޮށްލެވުނެވެ.

" ކެން.... ރުޅި މަޑުކުރޭ.... ނޫނީ މިކަމެއް ނުވާނެ..." ޒެވިޔަން ބެލީ ކިޔާން ހުއްޓުވޭތޯއެވެ.

" ޒެވިޔަން އަކަށް ނޭނގޭނެ... މިހާރު ދެން އަހަރެން މަޑެއް ނުކުރާނަން... އޭނަގެ ފަހު ދުވަސް މިއީ......".... ކިޔާން ކޮޓާރީގެ ދޮރު ހުޅުވާލުމަށް ފަހު ނުކުމެގެން ދިޔައިރު ޒެވިޔަން ހުރީ ހަދާނެގޮތް ހުސްވެފައެވެ. އޭނާއަށް ވެސް މިއަދު ކިޔާން ހުއްޓުވޭކަށް ނެތެވެ.

އެ ނުލަފާ އިންސާނުން އަޒީޒަށް ހެދި ގޮތް ޒެވިޔަންއަށް ވެސް ފެނިއްޖެއެވެ. އަމިއްލަ ބައްޕައަށް އެފަދަ ގޮތެއް ވެއްޖެނަމަ އޭނާއަށް ވެސް ކެތް ނުކުރެވޭނެކަން ޔަޤީނެވެ. ނަމަވެސް އެ އަނިޔާވެރިޔާ ކިޔާންގެ އަތުން ނިމޭކަށް ޒެވިޔަންއަށް ދޫކޮށްލެވޭކަށް ނެތެވެ. ޒެވިޔަން ކުޑަކޮށް ވެސް ލަސްވެއްޖެނަމަ ކިޔާންގެ އަތުން ފުރާނައެއް ނެތިދާނެކަން ޒެވިޔަންއަށް ޔަޤީނެވެ.

އޭނާގެ ސިކުނޑި ކެނޑިނޭޅި ދެމުން ދިޔަ އިންޒާރުތަކާ އެކު ޒެވިޔަން ވެސް އަވަސް ފިޔަވަޅުތަކެއްގައި ކޮޓައިން ނުކުންނަށް ހިނގައިގަތެވެ. ނަމަވެސް ދޮރު ހުރީ ތަޅު ލެވިފައެވެ. ނޫނީ ކިޔާން ތަޅުލީއެވެ.

ކިޔާންއަށް ގޮވަމުން ޒެވިޔަން ބާރަށް ދޮރުގައި ތަޅަން ފެށިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ބޭރުން އިވުނު ގަދަފަދަ އަޑުފަތްގަނޑާއެކު ގައެވެ. އެއާ އެކު ކިޔާންގެ އަޑާއެކުވެގެން އެހެން އަޑެއް ވެސް ގޭތެރޭގައި ގުގުމައިގެން ދިޔައެވެ.

..ނުނިމޭ..

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!