ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by STELCO

ކުއްލިއަކަށް މުޅިތަން ފަނޑު އޮރެންޖް އައްޔަކުން ދިއްލިގެން ދިޔައެވެ. ކައިރާގެ ދެލޯ ބޮޑުވެ އަނގަމަތީ އަތް އެޅުނީ ކައިރާގެ ކުރިމަތީގައި އެއް ފައިމައްޗަށް އިށީނދެގެން އިން ކިޔާން ފެނުުމުންނެވެ. އޭރު ކިޔާންގެ އަތުގައި އޮތް މުތީގެ އަނގޮޓި ވިދަމުން ދިޔައެވެ.

*****

ކައިރާއަށް ހަރަކާތެއް ވެސް ކުރަން ނޭނގި ހުއްޓައި އެ ދެލޯ ފެންކަޅި ވެއްޖެއެވެ. އަދިވެސް އަނގަމަތީ އަތް އަޅައިގެން ހުރި އިރު އޭނާގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ކިޔާންއަށެވެ. މި ފެންނަނީ ހަޤީޤަތެއްކަމާ މެދު ކައިރާއަށް ހުރީ ޝައްކު ވެފައެވެ. އޭނާއަށް މިކަމުގެ ކުޑަ ނަމަވެސް ހިލަމެއްވެފައި ނެތެވެ.

ކައިރާއަށް ވެފައި ހުރި ގޮތުން ކިޔާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އަދިވެސް ބޮޑަށް ކައިރާ އުފާކޮށްދޭން ކިޔާން ބޭނުންވިއެވެ.

ކައިރީގައި ހުރި މޭޒުމަތީގައި ބާއްވައިފައި އޮތް މައިކް ނަގައި ކިޔާން ބަލައިލީ ކައިރާއަށެވެ. ކުރަން އެ އުޅެނީ ދުވަހަކު ވެސް އޭނާ ކުރަން ހިތަށް އެރުވި ކަމަކަށް ނޫން ވިޔަސް ކައިރާއަށް ޓަކައި ކޮންމެ ކަމެއް ކުރަން ވެސް ކިޔާން ތައްޔާރެވެ.

" އައިޝަތު ކައިރާ... އަހަންނަށް އެނގޭ ކައި އެންމެ އިންތިޒާރު ކުރި ދުވަސްކަން މިއީ.. ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ދުވަހަކު ކައި ދެރަކޮށް ރުޅި އަރުވައިލެވެނީ އެކަން ކުރަން ބޭނުންވާތީ ނޫން.. ދުލުން ހުރެފަ ބުނެލާ ބުނެލުމަކަށް ވުރެ ކައިއަށް އެކަށީގެން ވަނީ މިފަދަ ގޮތަކަށް މިކަން ކުރުން... ބިކޯޒް ޔޫ އަރ ސޯ ސްޕެޝަލް ... އެންމެ ފުރަތަމަ ދުވަހު ވެސް ކައި ފެނުމުން މި ހިތަށް ގޮތެއްވި... އެއީ ލޯބި ކަމެއް ނޭނގިފަ ހުރީ..... ކައި ރުޅިވާ ހިތްވޭ އަބަދުވެސް... ރުޅި އައުމުން ތި ރީތި މޫނަށް ވެރިވާ ކުލަތަކަށް ބަލާބަލާ ފޫހި ނުވާތީ... އަބަދުވެސް ކައި ގާތު ހުރުމަށް ހިތް އެދެވޭ... މިހިތުގެ ހަމަޖެހުމަކީ ތިއީ ކަމަށްވާތީ.. ހިނދުކޮޅަކަށް ކައިއާ ވަކިވާން ޖެހުނަސް ދެރަވޭ... ސޯ އައި ވޯންޓު ސްޓޭ ވިތް ޔޫ ފޯރއެވަރ... އަންޓިލް މައި ލާސްޓް ބްރެތް... އެހާ ދުވަހަށް ކައި އަހަރެންގެ ހައްޤަކަށް ވާނަންތަ؟...... މި ދިރިއުޅުމަށް އަންނާނަންތަ؟.... ވިލް ޔޫ މެރީ މީ އައިޝަތު ކައިރާ؟........."....... ކައިރާގެ ވަށައިގެން ހިނގަމުން ކިޔާން ވާހަކަ ދެއްކިއިރު އެތަނުގައި ތިބި އެންމެންގެ ހިތްތައް ވެސް ފުރިގެން ދިޔައެވެ. އެއީ ލޯބީގެ ލާމަސީލު ނަމޫނާއެކެވެ.

ކިޔާން ބުނަމުން ދިޔަ ކޮންމެ ލަފްޒަކުން ކައިރާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރުވިއެވެ. ކިޔާން އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލުމާ އެކު ބާރަށް އެ ހަށިގަނޑުގައި ބައްދައިގެން ހުރެ ކައިރާ ރޯންފެށިއެވެ. އެ ހިތަށް ލިބިފައި ވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. ހިނދުކޮޅަކަށް ނަމަވެސް އެތަނުގައި އިތުރު ބައެއް ތިބިކަން ކައިރާ ހަނދާން ނެތުނެވެ.

" ސީރިއަސްލީ ކައި... ޕްރޮޕޯޒް ނުކުރީމަ ވެސް ރޮނީ... މިހާރު ކުރީމަ މާ ގަދަޔަށް ރޯން ތިފެށީ... ނެތެއްނު ސަލާމަތެއް.... ޑޫ ޔޫ ތިންކް ދެޓް އައިމް ސްޓިލް ސްޓަރބަން އެންޑް ބޮސީ......"..... ކައިރާގެ ކަންފަތް ކައިރީ ކިޔާން ބުނެލި ލަފްޒުތަކާ އެކު ކުއްލިއަކަށް ސިހިފައި ކައިރާ ދުރަށް ޖެހިލިއެވެ. ކިޔާންއަށް އެ ހުރިހާ އެއްޗެއް އެނގުމުން ކައިރާ ނުހަނު ލަދުގަތެވެ.

" ދޮންތީ... ދެން އަވަސް ކޮށްބަލަ..... ".... ދުރުގައި ހުރެ އިޝާން ހަޅޭއްލަވައި ގަތުމާ އެކު އެންމެން ވެސް އިޝާންގެ ބަހަށް ތާއީދުކޮށް ހަޅޭއްލަވައިގަތެވެ. އެއާއެކު ފަޒާގައި ގުގުމައިގެން ދިޔައީ އެމީހުންގެ އުފާވެރި ހުނުމުގެ އަޑެވެ.

ކައިރާ ލަދުރަކި ހިނިތުންވުމަކާ އެކު ވައަތުގެ ކަށި އިނގިލި ދިއްކޮށްލިއެވެ. ކިޔާން ލޯބިން އޭނާގެ އަތުގައި އޮތް އަނގޮޓި އަޅުވައި ދިނުމަށް ފަހު އެ އަތުގައި ބޮސް ދިނެވެ. އޭރު ދެމީހުންގެ މޫނުން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

" އަދި އެއް ވާހަކަ ބުނަން ބޭނުން......"...... ކިޔާން އަނެއްކާވެސް މައިކް ނަގައިގެން ހުރެ ބުނެލިއިރު އެ އަޑުގައި ވަނީ ލާނެތްކަމެވެ. މޫނުގައި ވެސް އެފަދަ ކުލަވަރެއް ހުރުމުން ކައިރާ ކިޔާންއާ ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލާލީ ލޯ ހަނިކޮށްލަމުންނެވެ.

" އެއްވެސް މީހަކު ކައިއަށް މޭކަޕް ކުރާ އެއްޗެއް ނުދޭތި... ޖަސްޓް ލުކް އެޓް ހާރ.. ހީވަނީ ޕެންޑާއެއްހެން.. ބިރުވެސް ގަތް ފުރަތަމަ ފެނުނީމަ.... ކޮންމެ ދުވަހަކު މި ޕެންޑާ ފެންނަން ވެއްޖެނަމަ ހާރޓް އެޓޭކް އެއް ޖެހިދާނެ.....".... ކިޔާން ހިތާ ވީ ދިމާލުގައި އަތް އަޅައިލަމުން ބުނެލިއެވެ.

އެއާ އެކު ދެން އިވިގެން ދިޔައީ ކައިރާގެ ބާރު ހަޅޭކުގެ އަޑެވެ.

" ސާބަހޭ... ރޮއްވާލީމަ މިހެން ދޯ ވާނީ.. " ... ތުންކޮޅު ދިގުވެފައި ހުރެ ކައިރާ ބުނެލުމުން ކިޔާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

" ދެން އެންމެ އަވަހަށް ކުރެވޭނީ ކައިގެ ކައިވެނި... ބައްޕަމެން ހާދަ އިންތިޒާރެއް ކޮށްފީމޭ މިދުވަހަށް...... "..... ހައިކަލް ކައިރާގެ ބޮލުގައި ފިރުމައިލިއެވެ. އޭނާގެ ދަރިފުޅު ފުރާ ފުރިހަމަ ވެއްޖެކަން ހައިކަލްއަށް އެނގުމުން ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ނަމަވެސް އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ މި ދުވަސް ދެކެން އާޝިޔާ ހުރި ނަމައޭ ހިތަށް އެރުމުންނެވެ.

ޕާރޓީ ނިމި އެންމެން ވެސް އެ މީހެއްގެ ކޮޓަރިއަށް ގޮސްފިއެވެ. ނަމަވެސް އިޝާންއާއި އުލްޔާ އަދި އެލީޝާއާއި ޒެވިޔަންއަށް ދެވުނީ އެތަށް އިރެއްވީ ފަހުންނެވެ. ކިޔާންއާއި ކައިރާގެ އުނދަގުލާ ހެދި އެމީހުން މަޑުކުރަން ޖެހުމުން ޒެވިޔަން ހުރީ ރުޅި ގަދަވެފައެވެ.

އެންމެ ފަހުން އެ ހަތަރު ޒުވާނުން ދޫކޮށްލުމަށް ފަހު ކިޔާން އާއި ކައިރާ ދިޔައީ ނިދި އައުމުންނެވެ.

އެނދުގައި ފުރޮޅިފުރޮޅި އޮތް ކައިރާގެ ލޮލުގައި ނިދީގެ ކަންފުޅެއް ވެސް ނެތެވެ. އިރުއިރު ކޮޅާ އެތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވެގެންދާއިރު އެ މޫނަށް ރަތްކުލަ ފާއްދާލައެވެ. އެރޭގެ ހަނދާންތައް އެ ސިކުނޑިއަށް ވެރިވަނީއެވެ. އޮވެއޮވެ ނުނިދުމުން ކައިރާ ތެދުވެ ނިދަން ލައިގެން ހުރި ޕިޖާމާގެ މަތިން އަބާޔާއެއް ވައްޓައިލިއެވެ. އަދި ބޮލުގައި އިސްތަށިގަނޑުގައި ނިވާވާނޭ ގޮތަށް ސްކާފެއް އެޅުމަށް ފަހު ކޮޓަރީގެ ފަހަތަށް ނުކުމެވެން ހުރި ދޮރު ހުޅުވައިލިއެވެ.

ހާމައަށް އޮތް ގޮނޑުދޮށް ފެނުމުން ކައިރާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ކަނޑުން އަންނަ ފިނި ވައިރޯޅިތައް އެ ހަށިގަނޑުގައި ބީހެން ފެށުމުން ކައިރާ ތުރުތުރު އަޅާގޮތްވިއެވެ. އޭނާގެ ފިޔަވަޅުތައް އަޅަން ފެށީ ގޮނޑުދޮށާ ދިމާލަށެވެ. ރާޅުފަށާ ތަންކޮޅެއް ދުރުގައި ހުރި އުނދޯލި ކައިރާގެ ލޮލުގައި އަޅައިގަތެވެ. ދޮންވެލިގަނޑުގައި ފިޔަވަޅުގެ ނިޝާން ދޫކުރަމުން ގޮސް ކައިރާ އިށީނދެލީ އެ އުނދޯލީގައެވެ.

ޖެހެމުން ދިޔަ ފިނި ވައި ރޯޅިއާއެކު އުނދޯލި ދިޔައީ މަޑުމަޑުން ހެއްލެމުންނެވެ. ހަނދުވަރުގެ ރިހި ބެބުޅުމުން އެތަން ވަނީ ދިއްލިފައެވެ. އެމާހައުލުގެ ހިތްގައިމު ކަމުން ކައިރާ އިނީ އާޝޯޚުވެފައެވެ. ކުއްލިއަކަށް އޭނާއަށް ސިހިފައި ހަޅޭއްލަވައި ގަނެވުނީ ކޮނޑުމަތީގައި ބަރު އަތެއް ބާއްވައިލިކަމުގެ އިހްސާސް ކުރެވުނެވެ.

ކައިރާގެ ދެލޯ ބޮޑުވެ ގައިގެ ހުރިހާ އިސްތަށިތަކެއް ކޮޅަށް ޖެހިއްޖެއެވެ. މިފަދަ ވަގުތެއްގައި މި ތަނަށް އަންނަން ހިތަށް އެރުމުން އަމިއްލަ ނަފްސަށް ކުދި ކިޔައިލެވުނެވެ. ފަސް އެނބުރި ބަލައިލުމެއް ނެތި ކައިރާ ބާރުބާރަށް ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަން ފެށިއެވެ.

ކުއްލިއަކަށް އިވެން ފެށި ކިޔާންގެ ހުނުމުގެ އަޑާއެކު ކައިރާ ސިހިފައި ފަހަތް ބަލާލިއެވެ.

" ކިޔާންންންން....... ކިރިޔާ އޭ ބިރުން މަރު ނުވީ......"..... ކައިރާ ހުރީ މޫނު ކުނި ކޮށްގެންނެވެ.

" އޯހް ކަމޯން މައި ޕްރިންސެސް... ނުނިދިގެން ކޮޓަރީގެ ދޮރު ހުޅުވާފަ ބޭރަށް ނުކުތް ގަޑީގަ ކައި މާ ސިއްރު ސިއްރުން މި ދިމާލަށް އަންނަތަން ފެނުނީމަ މިއައީ.. " ކިޔާން އައިސް އުނދޯލީގައި ހަމަޖެހިލިއެވެ. ކައިރާ ވެސް މަޑުމަޑުން ކިޔާންގެ ބޯ ހާވާލަމުން އުނދޯލީގައި އަނެއްކާ ވެސް އިށީނެވެ.

" އައިމް ސޯ ހެޕީ މިރޭ......."..... މޫދާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިނދެ ކިޔާން ބުނެލީ ފުޅާ ހިނިތުންވުމަކާ އެކުގައެވެ. އެތައް ދުވަހަކަށް ފަހު އެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބިފައިވާ ފަދައެވެ.

" ޔޫ އޯލްވޭސް މޭކް މީ ދި ހެޕިއެސްޓް....."... ކައިރާ ލުއި ހިނިތުންވުމަކާ އެކު ބުނެލުމުން ކިޔާން އޭނާ ގާތް ކޮށްލިއެވެ.

" މިހާރު ކެތްތެރިކަމެއް ނެތި އިންތިޒާރު މިކުރެވެނީ ކައި އުމުރަށް މިލްކު ކުރެވޭނެ ދުވަހަކަށް.....".. ކިޔާން ކައިރާގެ ލޮލަށް ބަލަން އިނދެ ބުނެލިއެވެ. ރަކި ހިނިތުންވުމަކާ އެކު ކައިރާ އިސްޖަހައިލުމުން ކިޔާން މަޑުމަޑުން ހީލިއެވެ.

" އައި ލަވް ޔޫ ކެން......"..... ކުއްލިއަކަށް ކައިރާ އަވަސް އަވަހަށް ބުނެލިއެވެ. ކައިރާއަށް ވެފައި އިން ގޮތުން ކިޔާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

" ކީކޭ... އަޑެއް ނީވުނު..."... ކިޔާން އޭނާގެ ކަންފަތް ކުޑަކޮށް ކައިރިކޮށްލަމުން ބުނެލިއެވެ.

" އައި ސެއިޑް އައި ލަވް ޔޫ ކިޔާން....."..... ކައިރާ ތަންކޮޅެއް ބާރަށް ބުނެލުމުން ކިޔާން ގެނެސް އޭނާ މޭގައި ޖައްސާލަމުން ލޯ މަރައިލިއެވެ.

" ކައިއަށް އެނގޭތަ... ކައިގެ ދުލުން ލޯބިވެޔޭ ބުނާނެ ދުވަހަކަށް ހާދަ ދިގު އިންތިޒާރެކޭ މި ކުރީ.. ހަ އަހަރުގެ ދިގު ދިގު އިންތިޒާރެއް... ހަނދާން ވޭތަ ސްކޫލް ކެންޓީންގަ އިނދެ ކައިދެކެ ލޯބިވެޔޭ ބުނި ދުވަސް.. އޭރުއްސުރެ ކައި ތިހެން ބުނޭތޯ މި ހުންނަނީ...  ".. ކިޔާންގެ އަޑުގައިވީ އުފާވެރިކަން އިހްސާސް ވުމުން ކައިރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ކިޔާންއާއި ކައިރާ ދުރަށް ޖެހިލި ވަގުތު ޖެހިލި ވައިރޯޅި އާއެކު ކައިރާ އަޅައިގެން ހުރި ސްކާރފުން ބައެއް ފަހަތަށް ވެއްޓުނެވެ. އެއާއެކު އެ މުށި ކުލައިގެ ބުޅި އިސްތަށިގަނޑުން ބައެއް ފާޅުވެގެން ދިޔައެވެ. ކިޔާންއަށް ހައިރާންވެފައި ބަލަން ހުރެވުނީ ކައިރާގެ ފުރިހަމަ ކަމުންނެވެ. އެފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެއް މަދުން ނޫނީ އޭނާއަށް ފެނިފައެއް ނުވެއެވެ. ކިޔާން އެސްފިޔަ ޖަހައިލުމެއް ނެތި ބަލަހައްޓައިގެން އިންނަން ފެށުމުން ކައިރާ ލަދުން އިސްޖަހައިލިއެވެ. އެއާއެކު ކިޔާންއަށް ހަމަހޭވެރިކަން ލިބުނު ކަހަލައެވެ. ސްކާރފްއިން ވެއްޓިފައި އޮތް ބައި ނަގައި ކައިރާގެ އިސްތަށިގަނޑު ފޮރުވާލަދިނެވެ. ކިޔާންގެ އެ އަމަލުން ކައިރާގެ ހިތުގައި އޭނާއަށް ދެވިފައިވާ މަޤާމް އިތުރަށް އުފުލިގެން ދިޔައެވެ.

އެ އުފާވެރި މާހައުލުގައި ތިބެ އެ ދެ ޒުވާން ލޯބިވެރިން ލޯބީގެ ބަގީޗާގައި އެތަށް ވައުދަކާއި އަހުދެއް ކުރިއެވެ. އެ ހިތްތަކުގައި އެކަކު އަނެކަކަށް ޓަކައި ވީ ފަނޑުވުމެއް ނެތް ލޯބި ހެކިކޮށެވެ. އުޑުގައި ރަނިކަން ކުރަމުން ދިޔަ ޖާދުވީ ހަނދު ހެކި ކޮށެވެ.

" ވީ ހަނދާން ރޭގެ ސާފު ހަނދުވަރުގާ...

ފޫހި ނުވޭދޯ ބަލާ......

މެންދަމުގާ ފިނި..

މަންޒިލެއްގާ ނިދާފައިވަނީ.....

ނޭނގި ހިތޭ ގެންދެވީމާ ލޯބިން.... "

 

** ހަތަރު އަހަރު ފަސް **

" ޔޫލް.. ބޭބީ.. ނުދޭ.. ވެއްޓިދާނެ.....".... ލޮނުޒިޔާރަތް ޕާރކު ތެރޭގައި ދުވަމުން ދިޔަ ތުއްތު އަންހެން ކުއްޖާގެ ފަހަތުން ހިނގަމުން ދިޔަ ޒުވާން އަންހެނާ ގޮވައިލިއެވެ. ބަލާ ބެލުމަށް އޭނާއަށް ވާނީ 27 އަހަރެވެ. ލައިގެން ހުރި ދޫ އަބާޔާގެ މަތިން ވެސް އޭނާގެ ބޮޑުވެފައި ވާ ބަނޑު ފާހަގަވެއެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ ދުވަމުން ދިޔަ ކުއްޖާއާ އެއްވަރުކުރުންވީ އޭނާއަށް އުނދަގޫ ކަމަކަށެވެ.

ތަންކޮޅަކަށް ދުރަށް ދެވުމުން އެ ތުއްތު ކުއްޖާ މަޑުކޮށްލިއެވެ. އަދި ފަސްއެނބުރި ބަލާލީ އޭނާގެ މަންމަ ހުރިތޯއެވެ. އެ ކުއްޖާއަށް ލިބިފައިވަނީ އަޅިފެހި ކުލައިގެ ބޮޑު ކަޅިއެކެވެ. ފަން އިސްތަށިގަނޑުގައި ހުރީ މުށިކުލައެވެ. ތަންކޮޅެއް ދުރުގައި ހުއްޓި ހުރި އޭނާގެ މަންމަ ފެނުމުން އަނެއްކާވެސް ދުވެފައި އެދިމާއަށް މިސްރާބު ޖެހިއެވެ.

" މަމީ... ސޮލީ..."........ ތުއްތު ތުއްތު ޔޫލީ އޭނާގެ ޅަ އަޑުން ކައިރާގެ ގާތުން މާފަށް އެދުމުން ކައިރާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ޔޫލީ އެނބުރި އަންނާނީ އެގޮތަށް ކަންތައް ކުރުމުންކަން ކައިރާއަށް އެނގެއެވެ.

ޔޫލީގެ އަތުގައި ހިފައިލަމުން ކައިރާ ވަށައިގެން ހޯދައިލިއެވެ. އެވަގުތު ތަންކޮޅެއް ދުރުން ހިނގާފައި އައި މިޝެލްއާއި ކިޔާން ފެނުމުން ކައިރާ އަތުން ހަނާ އަޅައިލިއެވެ.

" ބައްޕި.. އެހުރީ މަންމި......".... މިޝެލްއަށް ކައިރާ ފެނުމާ އެކު ކިޔާންގެ އަތުގައި ކޮށްޓާލުމަށް ފަހު ދައްކައިލިއެވެ.

ކައިރާ މިސްރާބު ޖެހީ ކިޔާންއާ ދިމާލަށެވެ.

" ބައްޕިގެ ދޫނި.. މިއަދު ވެސް މަންމި ވަރުބަލި ކޮށްލީ ދޯ.. ތިހެން ހެދީމަ ކޮކީ ވަރަށް ދެރަ ވާނެ... "... ކިޔާން ޔޫލީ އުރައިލަމުން އެ ބޮޑު ކޯތާފަތުގައި ބޮސްދިނެވެ.

މިޝެލްގެ އެދުމަށް ކިޔާންއާއި ކައިރާ މިސްރާބު ޖެހީ އާރޓިފިޝަލް ބީޗާ ދިމާލަށެވެ. ބޮޑުވެގެން އައި ވަރަކަށް މިޝެލްގެ ފަރާތުން އޭޝްގެ ސިފަތައް ފެންނަން ފެށިއެވެ. މިޝެލްއަށް ބަލައިލި ކޮންމެ މީހަކަށް ވެސް އެއީ ކައިރާއާއި ކިޔާންގެ ދަރިއެއް ނޫންކަން އެނގޭނެއެވެ. މިޝެލްގެ ކިބައިގައި ހުރީ ބޭރު ކުއްޖެއްގެ ފަރާތުން ފެންނާނެ ސިފަތަކެވެ. އޭނާއަށް ލިބިފައި ވަނީ މީހުން ހައިރާން ކުރުވާފަދަ ރީތިކަމެކެވެ.

" މަންމި.. ކޮބާ ދޮންތިއާ ދޮންބެ.. ޒެލޫއާ ލޫކް ނުފެންނާތީ ޝެލީ ދެރަވޭ.. ".. މިޝެލްގެ މޫނުން ފެނުނީ މޮޅިވެރިކަމެވެ.

" ތޫތި ދެރަނުވޭ.. ޒެލޫއާ ލޫކް އަންނާނެ....".. މިޝެލް ދެރަވެފައި ހުރިހެން ހީވުމުން ޔޫލީ އައިސް މިޝެލްގެ އަތުގައި ހިފައިލިއެވެ. އެ ހަރަކާތުން ވެސް އެ ދެކުދިން އެކަކު އަނެކަކު ދެކެ ލޯބި ވާވަރު ހާމަވެއެވެ. އެ މަންޒަރު ބަލަން ހުރި ކައިރާއާއި ކިޔާންގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

" ދޮންތިއާ ދޮންބެ ބުނި މިއަދު އަންނާށޭ.. ކާފަ ހުންނާނެ މިހާރު ދަރިފުޅުމެންގެ އިންތިޒާރުގަ..... މަންމި ބުނިން ކުޑަކޮށް ލަސްވާނެއޭ ޔޫލް ޕާރކަށް އަންނަން އުޅޭތީ......."...... ކައިރާ ނުހަނު ލޯބިން މިޝެލްއަށް ކިޔައިދިނުމުން އެ މޫނު އުޖާލާ ވެގެން ދިޔައެވެ.

" ކައިރާ......."..... ކުއްލިއަކަށް ކައިރާ ސިހުނީ ގާތުގައި ހުއްޓުނު އަންހެން ކުއްޖާގެ އަޑަށެވެ. އެއީ އޭނާއަށް ނުހަނު ފަރިތަ އަޑެއް ނަމަވެސް އެއީ ކާކުކަން ނޭނގުނީ އަޅައިފައިވާ މޫނު ބުރުގާގެ ސަބަބުންނެވެ.

ކައިރާގެ މޫނަށް ވެރިވި ކުލަވަރު ފެނުމުން އެކުއްޖާ ހީލިއެވެ. އަދި ކައިރާގެ ގާތުގައި ހުރި ކިޔާންއަށް އަވަސް ނަޒަރެއް ހަދިޔާކޮށްލިއެވެ.

" ނޭނގުނު ދޯ.. ނަބާ މިއީ...."..... އެ އަންހެންކުއްޖާގެ ދުލުން ނުކުތް ލަފްޒުތަކާ އެކު ކައިރާއާއި ކިޔާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެކަކު އަނެކަކަށް ބަލައިލެވުނީ ހައިރާންވެފައެވެ. އެއީ ނަބާކަން ޤަބޫލުކުރަން ވެސް ކައިރާއަށް އުނދަގޫވިއެވެ.

" ނަބާ؟...."..... ކައިރާގެ އަޑުގައި ވީ ހައިރާންކަން ނަބާއަށް ސިއްރެއް ނުވިއެވެ.

" ޔެސް... ނަބާ... އެނގޭ ޤަބޫލު ކުރަން އުނދަގޫވާނެކަން... ވަރަށް ދުވަސް ވެއްޖެ ތި ދެމީހުންނާ ބައްދަލުނުވެގެން އުޅޭތާ.. އޭރު ކަންތައް ކުރެވުނު ގޮތުން މާފަށް އެދެން ބޭނުން... "....... ނަބާ އިސްޖަހައިލަމުން ބުނެލިއިރު އެ އަޑުގައިވީ މޮޅިވެރިކަން ކިޔާންއާއި ކައިރާއަށް ވެސް ފާހަގަކުރެވުނެވެ.

" އެއީ މާ ކުރީގެ ކަމެއް.. ވެން ވީ ވަރ ޔަންގް އެންޑް ސްޓުޕިޑް.. ވަރަށް އުފާވެއްޖެ ނަބާއާ ދިމާވީމަ...."... ކައިރާ ނަބާގެ ގައިގައި ބައްދައިލަމުން ބުނެލިއިރު އެ ތުންފަތަށް ވެރިވެފައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ނަބާގެ ލޮލަށް ބަލައިލުމުން އޭނާ ވެސް ހުރީ ހިނިތުންވެގެންކަން އެނގެއެވެ.

" މިއީ ކައިރާގެ ؟......"... ނަބާ އިޝާރާތްކޮށްލީ ޔޫލީއާއި މިޝެލްއަށެވެ.

" މި ވެސް......"... ކައިރާ އޭނާގެ ފަސް މަހުގެ ބަނޑުގައި އަތް ޖައްސާލައި ބުނެލުމުން ނަބާ ހީލިއެވެ.

" އަހަރެން ދަނީ އިނގޭ... ފިރިމީހާ ވެއްޖެ މިދިމާލުގަ ދަރިފުޅު ގޮވައިގެން.. އިންޝާﷲ.. އަދި ދިމާވާނެ....."........ ނަބާ ސަލާމް ކޮށްލުމަށް ފަހު ހިނގައިގަތެވެ.

ނަބާ ގޮސް އޭނާގެ ލޯ ކުރިމައްޗަށް ގެއްލުމުން ކައިރާ ހިނިތުންވެފައި ކިޔާންއަށް ބަލައިލިއެވެ.

" ލެޓްސް ގޯ... މިހާރު ލަސްވެއްޖެ......."..... ކިޔާން ޔޫލީ އުރައިލުމުން ކައިރާ މިޝެލްގެ އަތުގައި ހިފައިލިއެވެ.

*****

ސޯފާގައި އިން ހައިކަލްގެ ނަޒަރު އިރުއިރުކޮޅާ ދޮރާ ދިމާލަށް ހުއްޓެމުން ދިޔައެވެ.

" ބައްޕަގެ ފޭވަރިޓް ދަރިފުޅު ނައިސްގެން ލަސްވެފަ ދޯ ތި އިންނަނީ......"... ހައިކަލްގެ ހަރަކާތްތަކަށް ބަލަން ހުރުމަށް ފަހު އިޝާން ލާނެތް ހިނިތުންވުމަކާ އެކު ބުނެލިއެވެ. އެއާ އެކު ހައިކަލް ވެސް ހިނިގަނޑެއް ޖަހައިލިއެވެ.

" ކާފާ....."..... ހައިކަލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައީ ދުވެފައި ގެއަށް ވަދެގެން އައި ޔޫލީއާއި މިޝެލް ފެނުމުންނެވެ. އެ ދެކުދިން ވެސް އައި ގޮތަށް އައިސް ހައިކަލްގެ ގައިގައި ބައްދައިގަތެވެ.

" ދޮންބެ.. ކޮބާ ލޫކް.. އަދިވެސް ޒެލޫ ނާދޭތަ؟....".. މިޝެލް އިޝާންގެ އަތުގައި ހިފާ އެލިގަންނަމުން އަހައިލިއެވެ. އެއާއެކު އިޝާން އުލްޔާއަށް ގޮވައިލިއެވެ.

" ލޫކް....."... މިޝެލްއަށް އުލްޔާއާ އެކު އައި ލޫކަސް ފެނުމާއެކު ދުވެފައި ގޮސް ލޫކަސްގެ ގައިގައި ބައްދައިގަތެވެ. ލޫކަސް ވެސް ތޫތިއޭ ކިޔާ ގޮވައިލަމުން މިޝެލްގެ ކޯތާފަތަށް ބޮސް ދިނެވެ. އެ މަންޒަރު ބަލަން ހުރި ޔޫލީ ރޯންފެށިއެވެ.

" ކާފަ.. ލޫކް ލޯބި ވަނީ ތޫތި ދެކެ.. ޒެލޫ ވެސް ... ޔޫލް ދެކެ ލޯބި ވަނީ ކާފަ އެކަނި...."..... އެއީ އަބަދުވެސް ޔޫލީ ކުރާ ޝަކުވާއެވެ. އެ ކުދިން ޔޫލީއާއެކީ މުޅީ ދުވަސް ހޭދަކުރިޔަސް ވެސް ޔޫލީގެ ހިތެއް ނުފުރެއެވެ.

" އެލީ.. ޒެލޫ ކުށްވެރި ވެއްޖެ އަނެއްކާވެސް......"... ގެއަށް ވަން ޒެވިޔަންއާއި އެލީޝާ ފެނުމުން ކައިރާ ގޮވައިލިއެވެ.

" ޒެލޫ.. އަވަހަށް ދޭ ޔޫލް ގާތަށް....."..... ޒެވިޔަން ހިނިގަނޑެއް ޖަހައިލަމުން އޭނާގެ އުރުގައި އިން ޒެލާ ތިރިކޮށްލިއެވެ. ޒެލާއާއި ލޫކަސްއަށް ހަތަރު އަހަރު ފުރުނު އިރު މިއީ ޔޫލީއަށް ތިންވަނަ އަހަރެވެ. އެންމެނަށްވުރެ ޔޫލީ ކުޑަވުމުން އެ ހުރިހާ ކުދިން ވެސް ޔޫލީ ދެކެ ނުހަނު ލޯބިވެއެވެ.

" ހިނގާ ދޯ މައްޗަށް ދާން.. މިހާރު މަންމަމެން ސައި ތައްޔާރު ކޮށްގެން ތިބޭތާ ކޮން އިރެއް... ބައްޕަވެސް މަތީގަ ހުރެފަ މިއައީ ތިކުދިން އައިސްފިތޯ ބަލަން.......".... ހައިކަލް އެދުނީ އެންމެން ވެސް އޭނާއާ އެކު ޓެރަސްއަށް ދިޔުމަށެވެ.

ކައިރާމެން ޓެރަސްއަށް އެރިއިރު އާފްރީންއާއި ޖިހާދުގެ އިތުރުން މެހެރްއާއި އައިމަން، ލީސާ އަދި، ޒައިނާއާއި ޒާޔާއާއި އޭނާގެ ފިރިމީހާ ސަލަފް އަދި މަލީހާ އާއި އަޒީޒްގެ އިތުރުން ނަޝީލާ ވެސް އިނެވެ.

ކޮންމެ ހުކުރު ދުވަހަކީ ވެސް އެ އާއިލާތައް އެއްތަން ވާ ދުވަހެކެވެ. އުފާވެރި މާހައުލެއްގައި ވަގުތުތަކެއް ހޭދަކުރުމަށް އެމީހުން އަބަދުވެސް އިސްކަން ދެނީ އާއިލީ ގުޅުން ވަރުގަދަ ކުރުމަށެވެ.

" ޒާޔޫ.. އަދިވެސް ވިހާކަށް ނޫޅެންތަ؟.. ".. ޒާޔާގެ ބޮޑުވެފައިވާ ބަނޑަށް އިޝާރާތް ކޮށްލަމުން ކައިރާ އަހާލިއިރު ސަލަފްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ސަލަފްއަކީ ޒާޔާ އެންމެ ފުރަތަމަ ވެސް ކައިވެނި ކުރަން ބޭނުންވި ޒުވާނާއެވެ. ޒައިނާގެ ޚިޔާލު ބަދަލުވެ ޒާޔާގެ ކައިވެންޏަށް ސަލަފްގެ ކިބައިން އެދުނީ އަމިއްލަ އަށެވެ.

" ބައްޕަ ހުރި ނަމަ ދޯ... " އޭނާގެ ލޯބިވާ ކާފަދަރިންނަށް ނަޒަރު ހުއްޓައިގެން ހައިކަލް މަޑުމަޑުން ނަޝީލާ ގާތު ބުނެލިއެވެ. ޒަފަރް މި ދުނިޔެއާ ވަކިވީ މީގެ ތިން އަހަރު ކުރިންނެވެ. އޭރު ކައިރާ އިނީ ޔޫލީއަށް ބަލިވެއެވެ. ޒަފަރް ގިނަ ވަގުތުތައް ލޫކަސްއާ އެކީ ހޭދަކުރި ނަމަވެސް އޭނާ އެންމެ އިންތިޒާރު ކުރީ ކައިރާ ވިހާނެ ދުވަހަކަށެވެ. ނަމަވެސް އެ ނަސީބު ނުލިބި ޒަފަރް މި ދުނިޔެއާ ވަކިވީއެވެ.

އުފާވެރި މާހައުލެއްގައި ވަގުތު ކޮޅެއް ހޭދަކުރުމަށް ފަހު ކައިރާ އާއި ކިޔާން ގެއަށްދިޔައީ ހިތްހަމަ ޖެހިފައިވާ ހިތަކާއެކުގައެވެ.

*****

ގެއަށް ދިޔަ އިރުއްސުރެ ކައިރާ މާ ފާޑަކަށް އުޅޭކަން ކިޔާންއަށް ފާހަގަވިއެވެ. މާބޮޑަށް އޭނާ ބޭރަށް ފޮނުވަން އުޅޭކަން އެނގުމުން ކިޔާން ގަސްތުގައި ބޭރަށް ނުގޮސް އިނީ ކައިރާ ކުރަން އުޅެނީ ކީއްކަން އެނގޭތީއެވެ. ނަމަވެސް އެކަން ވިޔަދޭން އޭނާ ބޭނުމެއް ނޫނެވެ. ފާއިތުވެ ދިޔަ 3 އަހަރު ވެސ ކުރި ހޯދުނީ ކައިރާ އަށެވެ. އެހެންކަމުން މިފަހަރު ކޮންމެ ގޮތެއް ހަދާފައި ވެސް ކިޔާން އޭނަގެ ޕްލޭން ރަނގަޅަށް ދާން ބޭނުމެވެ.

އެއްވެސް ކުލަވަރެއް ނުދައްކާ ކިޔާން ސޯފާގައި ޓީވީން އަންނަމުން ދިޔަ ފުޓުބޯޅަ މެޗެއް ބަލަން އިނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ޔޫލީ ނިދިއައިސްގެން ރޯން ފެށުމުންނެވެ. ކައިރާއަށް އިތުރު ގޮތެއް ނޯންނާނޭކަން އެނގުމުން ކިޔާންގެ ހިތް އުފަލުން ނަށައިލިއެވެ.

އޭނާ ބޭނުންވި ފަދައިން ކައިރާ ޔޫލީއާއި މިޝެލް ނިންދެވުމަށް ފަހު އެ ދެކުދިންގެ ގާތުގައި އޮވެ ނިދައިފިއެވެ. ނިދަން ބޭނުން ނުވިޔަސް ދުވާލު ބުރަކޮށް އުޅުމުގެ ސަބަބުން ކައިރާއަށް ނިދުނީއެވެ.

ކިޔާން އަވަސް އަވަހަށް ތެދުވެގެން ގޮސް އޭނާގެ ޕްލޭނާ އެއް ގޮތަށް މަސައްކަތް ފެށިއެވެ. އެ މަސައްކަތް ނިމުމުން ކިޔާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަތުގައި އަޅައިފައި އޮތް ގަޑިއަށް ބަލާލިއިރު ވަގުތު ކުޑަތަން ވެފައި އޮތުމުން ކިޔާން އަވަސް އަވަހަށް ތައްޔާރުވެލިއެވެ.

ގަޑިން 11:59 ވުމާއެކު ކިޔާން ގޮސް މަޑުމަޑުން ޔޫލީ މެން ނިދާފައި ތިބި ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު އެމޫނުން ހައިރާންކަން ފާޅުވީ ކައިރާ އެނދުގައި ނެތުމުންނެވެ. ނަމަވެސް ފާހާނާއިން ފެން އޮހޭ އަޑު އިވުމުން ކިޔާން އަވަސް އަވަހަށް ފާހާނާގެ ދޮރު މައްޗަށް ވާގޮތަށް އެއް ފައި މައްޗަށް އިށީނދެ އަތުގައި އޮތް ރަތް ކުލައިގެ ފިނިފެންމާ ދިއްކޮށްލިއެވެ. ކައިރާ ފާހާނާއިން ނުކުންނާނެ އިރަކަށް ކިޔާން އިނީ ނުހަނު ފުރިހަމައަށް ތައްޔާރުވެގެންނެވެ.

" ހެޕީ އެނިވާރސަރީ މައި ސްޓުޕިޑް ހަޒްބެންޑް....."..... ކުއްލިއަކަށް ކަންފަތް ކައިރިން އިވުނު ކައިރާގެ އަޑާ އެކު ކިޔާންއަށް ސިހިފައި ތެދުވެވުނެވެ. އޭރު ކައިރާ ބަނޑުގައި އަތް އަޅައިގެން އޮވެ ހެމުން ދިޔައިރު ކިޔާން މޫނު ކޮށްލިއެވެ.

" ކިރިޔާ ބަސްޓް ނުވީ.. ކެން އަންނާނެކަން އެނގޭތީ މި ހުންނަނީ އަލަމާރި ތެރެއަށް ވަދެ.. މި ސިކުނޑީގަ ތެތް ކަމެއް ނެތީމަ އެއްނު އެ ދޮރު ހުޅުވާފަ ހުރިތަން ފެނުނީމަ ވެސް އެއްޗެއް ނުވިސްނުނީ....".... ކިޔާންގެ ބޮލުގައި ޝަހާދަތް އިނގިލި އަޅާ އޮއްބާލަމުން ކައިރާ ބުނެލީ ހުޅުވިފައި ހުރި އަލާމާރީގެ ދޮރާއި ދިމާލަށް އިޝާރާތް ކޮށްލަމުންނެވެ.

އެއާއެކު ކިޔާން އިސްތަށިގަނޑުގައި އަތް ފުނާ އަޅާލިއެވެ. އެވަގުތު އޭނާގެ ނަޒަރު ހުއްޓުނީ ކައިރާއަށެވެ. ކައިރާ ރީތިވެގެން ހުރިކަން ކިޔާން އަދި ކިރިޔާ ފާހަގަ އެވީ އެވެ. ރަތް ކުލައިގެ ވިދުމެއް ހުރި އެ ހެދުމުގައި ކައިރާ ނުހަނު ރީއްޗެވެ. ހެދުމުގެ ބަނޑާއި ދިމާލުން ފަހަތަށް އައްސާފައިވުމުން ކައިރާގެ ބޮޑުވެފައިވާ ބަނޑު ނުހަނު ލޯބިކޮށް ފެންނަން ހުއްޓެވެ. ތުންފަތުގައި ވެސް ރަތް ކުލައެއް ޖައްސާފައި ހުރިއިރު އަޅައިގެން ހުރީ ވެސް ރަތް ކުލައިގެ ޝޯލްއެކެވެ.

" ޔޫ ލުކް ސޯ ޕްރީޓް ކައި......"... ކިޔާން އާޝޯހުވެފައި ހުރެ އަތުގައި އޮތް ފިނިފެންމަލުން ކައިރާގެ މޫނުގައި ފިރުމައިލިއެވެ.

" އައި ހޭވް އެ ސަޕްރައިޒް ފޯ ޔޫ...."..... ކިޔާން މަޑުން މަޑުން ކައިރާ ގާތް ކޮށްލަމުން ބުނެލިއެވެ.

" ހެޔޮ.. މިފަހަރު ވެސް ކައި ފުރަތަމަ ވިޝް ކުރީ......"..... ކައިރާއަށް މިފަހަރު ސަޕްރައިޒެއް ނުދެވުނަސް ކިޔާންއަށް ވުރެ ކުރިން ތަހުނިޔާ ކިޔައިލެވުމުން އެކަމާ ފޮނިވިއެވެ.

ކިޔާން ކައިރާގެ އަތުގައި ހިފައިގެން ގޮސް ވެއްދީ އެގޭގެ އެންމެ ބޮޑު ކޮޓަރިއަށެވެ. އެއްވެސް ފަރުނީޗަރެއް ނެތް އެ ކޮޓަރީގައި ހުންނަނީ ހަމައެކަނި ސޯފާއަކާއި ބޮޑު ޓީވީއެކެވެ. އާންމުކޮށް އެ ކޮޓަރި ކައިރާމެން ބޭނުންކުރަނީ އެލީޝާމެން އަންނަ ދުވަސްތަކުގައި ޔޫލީމެންނަށް ކާރޓުން އަޅުވާފައި ބެހެއްޓުމަށެވެ.

ކިޔާން އެތަން ތައްޔާރު ކޮށްފައި ހުރިލެއް ފުރިހަމަކަމުން ކައިރާ ހުރީ ދެލޯ ބޮޑުވެފައެވެ. ރަތް ކުލައިގެ ފިނިފެންމަލާއި ތުނި ފޮތީގެ ރީތިކަން އެ ކޮޓަރީގެ އެކި ދިމާލުގައި ބަހައްޓާފައި ހުރި އުއްބައްތިތަކުން ފުރިހަމަ ކޮށްދެއެވެ.

" އައި ލަވް ޔޫ ސޯ މަޗް..."...... ކައިރާ ވަށައިގެން އެނބުރި ލުމަށްފަހު ކިޔާންގެ ކަރުގައި އަތް ވަށައިލިއެވެ.

އެވަގުތު އެ ކޮޓަރިތެރެއިން އިވެންފެށީ މަޑު މިއުޒިކެއްގެ އަޑެވެ. އެއާއެކު ކިޔާން ކުޑަކޮށް ކައިރާ ދުރުކޮށްލުމަށް ފަހު އޭނާގެ ކަނާތް ދިއްކޮށްލިއެވެ. ލުއި ހިނިތުންވުމަކާ އެކު ކައިރާ އެ އަތުގައި ހިފައިލިއިރު އެ މޫނުގައި ވަނީ އުޖާލާކަމެވެ.

" ހިތް ކެނޑޭނޭހެ ތާކު ދާ ކޮންމެ...

ލިޔެވިފައިވޭ ނަން....

ހައިރާން ވެޔޭ... ހައިރާން ވެޔޭ....

ވާ ލޯބި ނޭގެންނާ.. ހިތް ނަގައިގެން....

ބަލާށޭ އަމޭ...

ނޭނގި ހިތޭ ގެންދެވީމާ ލޯބިން... "...

ކައިރާއާއި ކިޔާންގެ ލޯ އެކަކު އަނެކަކާ އަމާޒުވެފައިވާއިރު ލަވައިގެ ކޮންމެ ބައިތަކުން ވެސް ހާމަ ކުރަމުން ދިޔައީ އެ ދެހިތުގެ އެދުމެވެ. ދެ ހިތުގައި ވެސް ޖަހަމުން ދިޔައީ އެއް ވިންދެކެވެ. އެކަކު އަނެކަކަށް ޓަކައި އުފެދިފައި ވަނީ ވަރުގަދަ ލޯތްބެކެވެ. ދެލޮލުން ކިޔައިދެމުން ދިޔައީ އެއް ވާހަކަތަކެކެވެ. ވަކިވުމެއްނެތި އުމުރަށް އެކުގައި ވާނަންކަމެވެ. ފަހު ވިންދާ ޖެހެންދެން ވެސް އެއީ އެކަކު އަނެކެއްގެ މިލްކެއް ކަމެވެ. ދެގޮތެއް ނުވެ ދާއިމަށް ލޯބި ވާނަން ކަމެވެ.

** ނިމުނީ **

Ads by HDC
  1. ށށށށ

    ވ ވ ވ ވ ވ ވ ރީތި އާ ވާހަކަ އަކަށް އިންތިޒާރު ކުރެވޭވ

  2. އާކިފް

    ރީތި ވާހަކައެއް

  3. ފާރި

    ވވވ ރީތި ވާހަކައެއް

  4. ވ.ވ.ރީތި.ވާހަކަ.

  5. މަންޖެ

    ވ ވ ވަރަށް ރީތި

  6. މަމީ

    ވ ވ ވ ރީތި ވާހަކަ