ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by Hajj Corporation

އަމަލުތަކުން މަލީހާ ދެކެ ލޯބި ނުވާކަން ކިޔާން ދައްކަމުން ދިޔަ ނަމަވެސް އެ ހިތް ވަނީ މަންމަގެ ލޯތްބަށް އެދި ފެން ބޮވައިގެންފައެވެ. މަލީހާގެ ލޯބި ލިބޭނެ ކަމުގެ އުއްމީދެއް ނެތަސް ކިޔާން މަލީހާގެ އަޅައިލުން ބޭނުމެވެ. ލޯބިން ދަރިފުޅާއޭ ކިޔައި މަލީހާ ގޮވާލައި އަޑު އަހަން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ހުވަފެން ހަޤީޤަތަކަށް ވާނެބާއެވެ. 

*********

ދުވަހާ ގުޅޭ ގޮތުން ސްކޫލްގެ ގޯތި ތެރޭ ވަނީ ނުހަނު ފުރިހަމައަށް ޒީނަތްތެރި ކުރެވިފައެވެ. ދިވެހި ހެދުމުގައި ކުދިންތައް ހޭލަމޭލަވަމުން ދިޔައިރު ބަލާލަން ހިތްގައިމެވެ. ކޮންމެ ދިމާލަކަށް ބެލި ކަމުގައި ވިޔަސް ސިފަ ވަނީ ދިވެހީންގެ ރަންޒަމާނެވެ.

ހެނދުނު ލަހުން ހޭލެވުމުގެ ސަބަބުން ކައިރާއަށް ސްކޫލަށް ދެވުނީ ގަޑިޖެހިގެންނެވެ. ނުތަނަވަސްވެ ހުރެ ކްލާހަށް ވަން ކައިރާއަށް އެއްމެންގެ ނަޒަރު ހުއްޓުނެވެ. އެވަގުތު އެ ކޯތާފަތަށް މަޑު ޖަންބު ކުލައެއް ވެރިވެގެން ދިޔައެވެ.

" ވާއު ...." ކައިރާ ފެނުމާއެކު ކިޔާންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ކިޔާންއަށް އަބަދުވެސް ކައިރާ ފެނިފައި ވަނީ ދޫ އަބާޔާ ނުވަތަ ސްކޫލް ޔުނިފޯރމްގައެވެ. ނަމަވެސް މިއަދު ފެންނަ ކައިރާ ވަރަށް ތަފާތެވެ. ޒަމާނީ ފެޝަނަކަށް ފަހާފައިވާ ރީތި ދިވެހި ހެދުމުގައި އެ ރީތިކަން ވިދަމުން ދިޔައެވެ. މެރޫން ކުލައިގެ ޕެޕްލަމް މަތިކޮޅަކާއެކު ތިރިން ލައިފައި ހުރީ ކަޅު ކުލައިގެ ފޭއްޔެކެވެ. ހެދުމުގެ އުނަގަނޑުގައި ރަން ކުލައިގެ ފުޅާ ރޭނދާ ގަނޑެއް އަޅާފައި ހުރި އިރު އަތުގައި ވެސް ހިމަ ރޭނދާފަށެއް އަޅާފައި އޮތެވެ.  މޫނުގައި ލުއި މޭކަޕެއް ކޮށްފައި ހުރި އިރު އެ މޫނާ ނުހަނު ގުޅެއެވެ. ހެދުމާ ގުޅޭ ގޮތުން އަޅައިފައިވާ ފައްޓަރުބަޔާއި ގޯލްޑް ކުލައިގެ ޝޯލްގެ ތެރެއިން އެ މޫނު ކިޔާންއަށް ސިފަވަމުން ދިޔައީ ސާދަ ވިލޭރޭގެ ހަނދު ފަދައިންނެވެ. ކައިރާގެ ޖާދޫގައި ޖެހި ކިޔާން ހުރީ އާޝޯހު ވެފައެވެ.

ކިޔާން އެވަރަށް ބަލަން ފެށުމުން ކައިރާ ލަދުން އިސްޖަހާލި އިރު އެ މޫނުގައިވީ ލަދުރަކި ހިނިތުންވުމެކެވެ. ކުދި ފިޔަވަޅުތަކެއްގައި ގޮސް ކައިރާ އޭނާގެ ގޮނޑިގައި އިށީނެވެ.

އެވަގުތު ކިޔާން ، ކައިރާގެ ފޯން ބަލައިލުމަށް އިޝާރާތުން އަންގައިލިއެވެ. ކައިރާ ހަމަޖެހިލަމުން ފޯނު ނަގައި ކިޔާން ފޮނުވާފައި އޮތް މެސެޖު ކިޔައިލިއެވެ.

" ޔޫ ލުކް ސޯ ބިއުޓިފުލް ކައި......" ކިޔާން ފޮނުވާފައި އޮތީ ކުރު އެހެނަސް ފޮނި ފޮނި ލަފްޒުތަކެކެވެ. ކައިރާ ބަލައިލިއިރު ކިޔާން ވެސް ބަލަހައްޓައިގެން އިނުމުން ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

" ޔޫ ލުކް ހޭންޑްސަމް ޓޫ ކެން....."..... ކައިރާ ވެސް ކިޔާންއަށް ތަޢުރީފް ކޮށްލިއެވެ.

މަޑުމަޑުން އެ ދެމެދުގައި އޮތް ގުޅުން ދިޔައީ ރަނގަޅުވަމުންނެވެ.

ކިޔާންގެ ގެ ހިތުގައި އޮތް ބަދަލު ހިފުމުގެ ރޫހުގެ މައްޗަށް އެހެން އިހްސާސްތަކެއް އަތްގަދަ ކުރަން ފެށިއެވެ. އެ ހިތުގައި ކައިރާގެ ސޫރަ ބިންވަޅުނެގިގެން ދިޔައެވެ. ކައިރާ އޭނާގެ މިލްކަކަށް ހަދަން ކިޔާން ހިތުގައި އަޒުމު ކަނޑައެޅިއެވެ.

********

" އަހަރެން ނުބުނަންތަ އަޒީޒަށް އިތުރު ފުރުސަތެއް ނުދޭށޭ.... ކިތަންމެ ރަނގަޅު ފުރުސަތެއް ލިބުނަސް ތި ނޫން ވަރެއް ނުވެއެންނު.... މިހާރުވެސް ތިކަން ކުރަން އުޅޭތާ އެއް އަހަރު މިވަނީ..... އަހަރެން މިދެނީ ބަރާބަރު އެއް އަހަރުގެ މުއްދަތެއް ބާކީ.... ހަވާލު ކުރި މަސައްކަތް ނިންމަން ޖެހޭނެ.. އެހެން ނޫނީ ކަލޭ ޖެހޭނީ އުމުރުގެ ބާކީ އޮތްބައި ޖަލުގައި ހޭދަކުރަން....... ޑޫ ޔޫ އަންޑަސްޓޭންޑް.....؟....." ސީ ހައުސް ރެސްޓޯރެންޓުގެ ތަންކޮޅެއް މީހުންނާ އެކަހެރިކޮށް ތިބި ދެ މީހުން ވާހަކަ ދައްކަމުން ދިޔައީ ނުހަނު ސިއްރުންނެވެ.

ދެމީހުންނަށް ބަލައިލުމުން ވެސް އެއީ ހައިބަތު ހުރި ދެމީހުންކަން އެނގެއެވެ. ކޯޓު ފަޓުލޫނުގައި އިން ފިރިހެން މީހާގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ގޮނޑީގައި އިށީނދެގެން އިނީ ރީތި އަންހެނެކެވެ. ކައިރީގައި ހުރި އޮރެންޖު ޖޫސްތަށިން އެތި ފޮދެއް ބޯ ލަމުން އެ އަންހެން މީހާ ދަބަހުން ނެގި ޗެކް ފިރިހެން މީހާއާ ކައިރި ކޮށްލިއެވެ. އޭރު ދެމީހުންގެ ތުންފަތުގައި ވެސް ކުޅެމުން ދިޔައީ ވިހަގަދަ ހިނިތުންވުމެކެވެ.

" އޯހް... އައި ލަވްޔޫ ބޭބް...." ޗެކްގައި ލިޔެފައިވާ ބޮޑު އަދަދު ފެނުމާއެކު ފިރިހެން މީހާގެ ހުރިހާ ދަތްތަކެއް ފެންނަން ފެށިއެވެ.

ދެމީހުން އަތުގުޅުވާލައިގެން ނުކުތުމުގެ ކުރިން އަންހެން މީހާ ބޮލުގައި ކަޅު ކުލައިގެ ބޮޑު ތޮތްޕެއް އަޅާލަމުން ނިތްކުރިމައްޗަށް އިސްތަށިގަނޑުގެ ބޮޑު ބައެއް ވައްޓާލިއެވެ.

އަންހެން މީހާގެ އުނގަނޑުގައި ފިރިހެން މީހާގެ އަތް އަޅުވާލެވިފައި އޮތް އެ ދެމެދުގައި ވަނީ ގާތް ގުޅުމެއްކަން ދައްކުވައިދެއެވެ.

********

ސްކޫލުގެ ހޯލު ތެރޭގައި ނުހަނު ފޯރި އާއެކު އަދަބީ ހަފްތާގެ ހަރަކާތްތައް ކުރިއަށް ދެއެވެ. ހުނަރުން ފުރިގެންވާ އެތައް ކުދިންތަކެއްގެ ހިތްގައިމު ހުށަހެޅުންތައް ފެންނަމުން ދިޔައެވެ.

" ދޯދި ނަލަ އިރު ވަޔާ

ފޯދި ގަސްތައް އެބަ ނަށާ

ރޯދި ލިބި ކަނޑުފަޅު ބިމާ

ހޯދި ބަރަކާތް އެކު ތިމާ

ޝުކުރުކޮށް ޔާ ރައްބަނާ

ޝުކުރު ސަޖިދައިގާ އަނާ..."

ކައިރާގެ ހިތްގައިމު އަޑުން ކީ ރައިވަރުން ފަނޑިޔާރުންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހާ ފުރިހަމަކޮށް ރައިވަރު އެއްވެސް ކުއްޖަކު ކިޔާފައި ނުވުމުން އެއްމެންވެސް ތިބީ އާގަމަ ވެފައެވެ.

އެސްފިޔަ ޖަހާލަން ނޭނގިފައި ކިޔާންއަށް އިނދެވުނީ ކައިރާގެ ފަރި ހަރަކާތްތަކަށް ހުސްވެފައެވެ. އެ އަޑު އޭނާއަށް އިވެމުން ދިޔައީ ލުއި މިއުޒިކެއް ފަދައިންނެވެ.

އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ކިޔާން ކައިރާގެ ލޮލުގައި އަޅައިގަތެވެ. ކައިރާ ބަލައިލުމާއެކު ކިޔާން އަތުގެ ބޮޑުވާ އިނގިލި ކައިރާއަށް ދައްކާލިއެވެ. އެވަގުތު ކައިރާގެ ހިތް އުފަލުން ނަށައިލިއެވެ.

ކިޔާން އާއި ކައިރާގެ ހަރަކާތްތަކަށް ފާރަލަމުން ދިޔަ ނަބާއަށް މި ހުރިހާ މަންޒަރުތަކެއް ފެންނަމުން ދިޔައެވެ.

އެ ހިތުގައި ކައިރާއަށް ޓަކައި އޮތް ނަފްރަތު ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޚާއްސަކޮށް ކިޔާންއާއި ކައިރާގެ އޮތް ގުޅުން ނަބާ އަތް ވީ ކެތްކުރަން އުނދަގޫ ކަމަކަށެވެ.

" ރަފް... އަހަންނަށް ދެން ކެތެއް ނުވާނެ... މިހާރު އެ ކައިރާގެ ކަންތައް އެދަނީ މާ މައްޗަށް.. ކައިރާއަކަށް ކިޔާންއެއް ނުލިބޭނެ... އެއީ އަހަރެންގެ ހައްޤެއް... ކިޔާން ލޯބިވީ އަހަރެންދެކެ... އަދި ލޯބިވާނީ ވެސް އަހަރެން ދެކެ....... މަށަށް ޔަޤީން ކިޔާން އެ ކައިރާ ދެކެ ލޯބި ނުވާނެ ކަން...." ނަބާގެ ހިތުގައި ކުރީގެ ހަނދާންތަކެއް އާވެގެން ދިޔައެވެ. އެ ހަނދާންތަކުން ފުން އަސަރެއް ކުރި ނަމަވެސް ނަބާ އޭނާގެ އިހްސާސް ތަކުގެ މައްޗަށް ބާރު ފޯރުވިއެވެ. މޫނު މަތިން ހިނދުކޮޅަކަށް ފެނުނު ކުލަވަރު ނަބާ ފޮރުވައިލީ ނުހަނު ކުޅަދާނަ ކަމާ އެކުގައެވެ.

" ނަނާ.... ދެން ނެތެންނު ގިނަ ދުވަހެއް... އަވަރ ޕްލޭން ވިލް ވާރކް.... ވެރީ ސޫން......".... ރަފާއާއި ޝަހާ އެކަކު އަނެކަކަށް ބަލައިލިއެވެ. ނަބާ ވެސް ތުންފަތަށް މަސްނޫޢީ ހިނިތުންވުމެއް ވެރިކުރުވި އިރު އެ ތިން މީހުން ރާވައިފައިވާ ޕްލޭން ސިކުނޑިއަށް ވެރިވެގެން ދިޔައެވެ.

*******

އެއަރޕޯޓުގެ އެރައިވަލްސް އިން ނުކުތް ޒުވާނާއަށް ގިނަބަޔެއްގެ ލޯތައް ވަނީ އަމާޒުވެފައެވެ. އިސްކޮޅުގައި ޔަގީނުން ވެސް ހަ ފޫޓު ހުންނާނެ ، އެ ހަށިގަނޑަށް ބަލައިލުމުން ވެސް ގަވާއިދުން ކަސްރަތުކުރާކަން ދޭހަ ކޮށްދެއެވެ. ކަޅުކަން ގަދަ ބުމަ އާއި ބޯ އެސްފިޔަ ތަކުގެ ތެރެއިން ފެންނަން ހުރި އަޅިފެހި ކުލައިގެ ކަޅީގައި ވަނީ އާދަޔާ ޚިލާފު ވިދުވަރެކެވެ. ރީތި ވަރަކަށް ފަޅައިފައިވާ ތުނބުޅިން އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ނިތް ކުރި މައްޗަށް އެ ބުޅި އިސްތަށިގަނޑުން ދެތިން އިސްތަށި ވެއްޓިފައި އޮތްއިރު އަންހެން ކުދިންގެ ނަޒަރު ހިނދުކޮޅަކަށް ވެސް އެ ޒުވާނާގެ މޫނުން ވަކި ނުވެއެވެ.

ހުދު ކުލައިގެ ޒަމާނީ ޓީޝާތެއްގައި ހުރިއިރު ތިރިން ލައިގެން ހުރީ ނޫ ކުލައިގެ ޖީންސެކެވެ. އަރައިފައިވާ ސްނީކާރސް ބޫޓުން އެކަނި ވެސް ފަހުގެ ފެޝަންތަކަށް ލޯބި ކުރާ ޒުވާނެއްކަން ދޭހަވެއެވެ. ކޮނޑުގައި ބެކްޕެކެއް އަޅުވާފައި އޮތް އިރު އެއް އަތުން ލަޖެގް ދަމަމުން އައީ އަނެއް އަތް ޖީބަށް ޖަހައިގެން ހުރެއެވެ.

ތޮއްޖެހިފައިވާ މީހުންގެ ތެރެއިން އެ ޒުވާނާ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. ކޮޅުކޮޅަށް ކަޅި ހަރަކާތް ކުރަމުން ދިޔަ ޒުވާނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައީ އޭނާ ހޯދަމުން ދިޔަ މީހާ ފެނުމުންނެވެ.

" އިޝާން.....".... ދިގު ފިޔަވަޅުތަކެއްގައި އައި ދެބައި އުމުރުގެ ފިރިހެނަކު އެ ޒުވާނާ އަށް ގޮވައިލަމުން އައިސް ބައްދާލިއެވެ. ގިނަ ދުވަސްތަކަކަށް ފަހު ފިރިހެން ދަރިފުޅު ފެނުމުން އޭ މޫނުން ނުފިލާ ހިނިތުންވުމެއް ފެންނަމުން ދިޔައެވެ. ނަމަވެސް އެ ހިނތުންވުން ފަނޑުވެގެން ދިޔައީ އިޝާންގެ މޫނުން އޭނާގެ ދިރިއުޅުމުން ގެއްލިފައިވާ މުހިއްމު ފަރާތެއް ސިފަވުމުންނެވެ. އެ ތުންފަތުގައިވީ ފުޅާ ހިނިތުންވުން ފޭދިގެން ދިޔައިރު ކައިރާގެ ނަން މަޑުމަޑުން އެ އަނގައިން ބޭރުވިއެވެ. އޭރު އެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ.

..ނުނިމޭ..

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!