ވާހަކަ

ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ނޭނގި ހިތޭ ގެންދެވީމާ ލޯބިން (ފުރަތަމަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދެވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން.. (ތިންވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން... (ހަތަރުވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ފަސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ހަތްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމާ ލޯބިން (އަށްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނުވަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ދިހަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެގާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސާދަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަނަރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސޯޅަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ނަވާރަވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ވިހިވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތޭވީސްވަނަ ބައި) ނޭނގި ހިތޭ ގެންވީމަ ލޯބިން (ސައުވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައްބީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ހަތާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ނަވާވީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެއްތިރީސްވަަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ބައްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެއްތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސައުރަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން( ސަތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސަތުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އަށުތިރީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އޮނަސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (އެކާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ބަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ތެޔާޅީސްވަަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން ( ސައުރަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަންސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަޔާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ސަތާޅީސްވަނަ ބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން (ފަހުބައި) ނޭނގި ހިތޭ ގެންދެވީމަ ލޯބިން - ޓްރައިލާ

 

Ads by MWSC

އެ ޒުވާނާ ވެސް ހުރީ ކިޔާން ފެނުމުން ހުއްޓުން އަރައިފައެވެ. ދެމީހުންގެ ނަޒަރު ބައްދަލުވެފައި ވީއިރު އޭޝް ބިރުން ތުރުތުރު އަޅަމުން ދިޔައެވެ.

*****

" ސަރ.... " އޭޝް ކިޔާންއަށް ގޮވާލުމަށް ފަހު ދެތިން ފިޔަވަޅު ކުރިއަށް އަޅާލިއެވެ. ނަމަވެސް ކިޔާންގެ އަތުގެ އިޝާރަތާއެކު އޭޝްއަށް ހުއްޓެން މަޖުބޫރުވިއެވެ. ކުށްވެރިއަކު ފަދައިން އިސްޖަހައިގެން ހުރި އިރު އޭނާގެ އަތްފައި ފިނިވަމުން ދިޔައެވެ.

ކިޔާން މަޑުމަޑުން ފިޔަވަޅު އަޅަން ފެށީ އޭނާގެ ކުރިމަތީގައި ހުރި ޒުވާނާއާ ދިމާލަށެވެ. " މީކާއިލް......." ކިޔާން ހުއްޓުނިީ މީކާއިލްއާ ފޫޓެއްހައި ދުރުމިނެއްގައެވެ. ކިޔާންގެ ބެލުމުން ވެސް އޭނާގެ އެދުން ދެނެގަންނާކަން މީކާއިލްއަށް އުނދަގުލެއް ނުވިއެވެ.

ކުއްލި ހަރަކާތާއެކު މީކާއިލް އަވަސްވެގަތީ ކިޔާންގެ ކިބައިން ސަލާމަތްވުމަށެވެ. އެނދުގެ ސައިޑް ޓޭބަލް މަތީގައި ހުރި ވާސް ނަގައި ކިޔާންގެ މޫނާ ދިމާލަށް ހޫރާލަމުން މީކާއިލް ދުއްވައިގަތީ އެޕާރޓްމެންޓުން ނުކުތުމަށެވެ. ނަމަވެސް ކިޔާން އެ އަށްވުރެ ހުޝިޔާރެވެ. މީކާއިލްގެ ފަރާތުން އެފަދަ ހަމަލާއަކަށް ނުވިސްނައި ހުރި ނަމަވެސް ކިޔާންއަށް އެކަމުން ސަލާމަތް ވެވުނީ ކުއްލިއަކަށް ތިރިވެގަތުމުންނެވެ. ފާރުގައި ޖެހި ވާސް ތަޅައިގެން ދިޔަ ބާރުގަދަ އަޑުފަތްގަނޑާއެކު ކިޔާން ވެސް މީކާއިލްގެ ފަހަތުން ދުއްވައިގަތެވެ.

ނަމަވެސް އޭރު މީކާއިލްއެއް ނެތެވެ. ގޭގެ މައިދޮރު ހުޅުވައިފައި ހުރި އިރު ކިޔާން ވެސް ތިރިއަށް ދިޔައީ ތިރިން މީކާއިލް އަތުލައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއެކުގައެވެ.

އެހެން  ނަމަވެސް ތިރިންވެސް މީކާއިލް ނުފެނުމުން ކިޔާން ރުޅިގަދަވިއެވެ. ހުރިހާ ކަމެއް ވެސް މިވީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މީކާއިލް ފެނޭތޯ އެ ހިސާބު އެއްކޮށް ބަލާ ފާސްކުރުމަށް ފަހު ނުފެނުމުން ކިޔާން އެނބުރި އަޒީޒްގެ އެޕާރޓްމެންޓަށް ދިޔައީ އޭޝްއާ ސުވާލުކުރުމަށް ނިންމައިގެންނެވެ.

*****

ދުވެފައި ސިޑިން ފޭބުމަށްފަހު މީކާއިލް މިސްރާބު ޖެހީ މަލީހާގެ ކޮޓަރިއާއި ދިމާލަށެވެ. އެޕާރޓްމެންޓަށް ވަން ގަޑީގައި ކިޔާންގެ އަޑު އިވުމުން މީކާއިލް އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ފަރިތަކަމާއެކު ސިޑީގެ ހަރުފަތްތަށް ގިރާ ކޮށްލުމަށް ފަހު މީކާއިލް ހުއްޓިލީ މަލީހާގެ ކޮޓަރީގެ ކުރިމަތީގައެވެ. ޖީބުގައި އޮތް ތަޅުދަނޑި ނެގުމަށްފަހު މީކާއިލް އަވަސް އަވަހަށް ތަޅު ހުޅުވާލަމުން ކޮޓަރީގެ ތެރެއަށް ދެމިގަތެވެ.

" މީކާއިލް... ކިހިނެތް ވީ...."...... އެ ގަޑީގައި އެހާ ހާސްވެފައި ހުރެ މީކާއިލް އެ ކޮޓަރިއަށް ވަނުމުން މަލީހާ ކަންބޮޑުވިއެވެ. ކޮންމެވެސް ކަމެއް ހިނގައިފިކަން އޭނާ ދެނެގަތެވެ.

" ހުރިހާ ވެސް މައްސަލައަކީ ކަލޭގެ ދަރިފުޅު.... ".... ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީންނަމުން މީކާއިލް ހަމަޖެހެން މަސައްކަތް ކުރަމުން ދިޔައެވެ.

" ތިޔޭ މީކާއިލްގެ މައްސަލައަކީ... ކޮން ކަމެއް ރަނގަޅަށް ކުރެވެނީ.... އެންމެ ފުރަތަމަ ދުވަހު ވެސް އަޒީޒް މަރާލަން ބުނުމުން އެކަން ވެސް ނުކުރެވުނު..... މިއަދު ވެސް އެކަން ނުވީތަ... ނޫނީ މިރޭ ވެސް އެތާހުރި މަންޖެ ފެނިފަ ކެތް ނުވީތަ....." މަލީހާ ހިތްހަމަނުޖެހިފައި ހުރިކަން އެ އަޑުން ވެސް ހާމަވެގެން ދިޔައެވެ.

" ކޮންމެ ކަމަކަށް އޭޝް ކުށްވެރިކުރާނެ ކަމެއް ނެތް.... އެއީ ވެސް މަލީހާ އަހަރެން ލައްވާ ކުރުވަން ފެށިކަމެއް.. ދެން މިހާރު ކީކޭ ތި ކިޔަނީ.... އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުމެއް އޮތީ.... ތި ހުރިހާ ކަމަކާ ވިސްނުމުގެ ބަދަލުގަ މަލީހާ އުޅޭ ކިޔާން މައިތިރިކުރަން.... ކިޔާންއާ ހެދި ކޮންމެ ދުވަހަކު ވެސް ޕްލޭން ފެއިލް ވަނީ......." މީކާއިލް ހުރީ ކިޔާންގެ ސަބަބުން އޭނާ ކުރަން އުޅުނު ކަންތަކަށް ހުރަސް އެޅުމުން ނުރުހުންވެފައެވެ.

" އާނ ދެން ހެޔޮ... މިއީ ހައްލެއް ނޫން... މީކް ހަމަޖެހިލާ.... އަޒީޒް މަރުވުމުން ހުރިހާ ކަމެއް ވެސް ހަމަޖެހޭނެ.... އޭރުން އަހަރުމެންގެ ގުޅުން ވެސް ސިއްރު ކުރާކަށް ނުޖެހޭނެ... މީކް ބޭނުން ވަންޏާ އޭރުން ފުރަތަމަ އަހަންނާ ކައިވެނި ކޮށްފަ ފަހުން އޭޝްއާ ވެސް ކައިވެނި ކުރެވިދާނެ އެއްނު... ޖަސްޓް ތިންކް އެބައުޓް ދި ބެނެފިޓްސް.... " ފަރި ހިނގުމެއްގައި އައިސް މަލީހާ މީކާއިލްއާ ޖެހިގެން އިށީނެވެ.

މީކާއިލްގެ ނަޒަރު މަލީހާއާ ބައްދަލުވުމުން ދެމީހުންގެ ތުންފަތުގައި ވެސް ކުޅެލީ ވިހަގަދަ ހިނިތުންވުމެކެވެ. މަޑުމަޑުން މީކާއިލްގެ އަތް މަލީހާގެ އުނަގަނޑުގައި ވަށާލަމުން މަލީހާ އޭނާގެ އަތު ތެރޭގައި ފޮރުވާލިއެވެ.

****

ކައިރާއަށް ހޭލެވުނު އިރު އޭނާގެ މަގަތުގައި ނިދާފައި އޮތް އެލީޝާ ފެނުމުން ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާއާ ކުރިމަތިވި އެންމެ ހިތްދަތި ދުވަހުގައި ވެސް ދެގޮތެއް ނުވެ އެކުވެރިޔާ ކައިރީގައި ހުރުމުން ކައިރާއަށް ކުޑަ ނަމަވެސް ހިތްވަރެއް ލިބިގެން ދިޔައެވެ.

މަޑުމަޑުން ތެދުވެ ކައިރާ އެނދުގެ ފަޑީގައި ލެގިލިއެވެ. ހަމަޖެހިލައިގެން އެކަނި ހޭދަކުރަން ވަގުތުކޮޅެއް ލިބުމުން ކައިރާގެ ސިކުނޑި އެކިއެކި ޚިޔާލުތަކުން ފުރިގެން ދިޔައެވެ. އަނެއްކާ ވެސް ނާސިހްގެ ހަނދާންވުމުން ކައިރާ ފޯނު ބަލައިލީ ނާސިހްގެ މިސް ކޯލެއް ނަމަވެސް އޮތްތޯއެވެ. ނަމަވެސް ނާސިހްގެ އެއްވެސް ހަބަރެއް ނުވުމުން ކައިރާ މާޔޫސްވިއެވެ.

އާޝިޔާގެ ހަނދާންތަކުން އެ ހިތް ތޮރުފަމުން ދިޔައެވެ. ތާޒާ ކަރުނައިން އެ ދެ ލޯ ފުރެމުން ދިޔައިރު ކައިރާ އިނީ އެ ކަރުނަތައް ފޮހެލަން ވެސް ނޭނގިފައެވެ.

އެހެން އިނުމަށް ފަހު ތެދުވެ ކައިރާ ވުޟޫ ކޮށްލިއެވެ. އަދި މުށިތަކުގެ މަތީގައި މުސައްލަ ފަތުރާލަމުން ހަމަޖެހިލިއެވެ. ސަޖިދާގައި އޮވެ އެ ހިތަށް ހަމަޖެހުމެއް ދެއްވާތޯ ކައިރާ ދުޢާ ކުރަމުން ދިޔައިރު ހުއްޓުމެއްނެތި ރޮވެމުން ދިޔައެވެ. އެކަމުން އެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބެމުން ދިޔައެވެ. ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުއި ކަމެއް ލިބިގެން ދިޔައެވެ.

*****

ކިޔާންގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑީގައި ދެއަތް ދެއަތާ މޮޑެލަމޮޑެލާ އޭޝް އިނީ ކިޔާންއާ ދިމާލަށް ބަލާލަން ވެސް ނުކެރިފައެވެ. ކިޔާންއަށް ހަޤީޤަތް ކިޔައި ދޭންވީ ވަގުތު އައިސް ޖެހިއްޖެކަން އޭޝްއަށް ޔަޤީނެވެ. ނަމަވެސް އޭނާ އިނީ ވާހަކަ ފަށަންވީ ހިސާބެއް ނޭނގިފައެވެ. ހަޤީޤަތް އެނގުމުން ކިޔާން ރުޅި އަންނާނެވަރު އަންދާޒާ ކޮށްލެވުމުން ވެސް އޭޝްގެ ހިތް ރޫރޫ އަޅައިގެން ދިޔައެވެ.

އޭޝްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ކިޔާން އިނީ އޭޝް އަމިއްލައަށް އެއްޗެއް ބުނޭތޯއެވެ. ނަމަވެސް ވިއްސަކަށް މިނެޓު ފާއިތުވެގެން ދިޔައިރު ވެސް އޭޝް އިސްއުފުލާ ބަލައި ވެސް ނުލިއެވެ. ކިޔާންގެ ކެތްތެރިކަން ކޮޅުން ލައިގެން ދާނެހެން ހީވުމުން ތެދުވެ ކުޑަދޮރާ ދިމާލަށް ހިނގައިގަތެވެ.

" އޭޝް... ކިޔައިދޭނީތަ... ނޫނީ އަހަރެން ސުވާލު ކުރަންވީތަ.... " ރީއްޗަށް ވާހަކަ ދައްކަން މަސައްކަތްކުރި ނަމަވެސް ކިޔާންގެ އަޑު ބާރުވެފައި ހަރުކަށިކަމެއް އެކުލެވިގެންވިއެވެ. ދެން ވެސް އޭޝްގެ ފަރާތުން ޖަވާބެއް ނުލިބުމުން ކިޔާން ފަސްއެނބުރި ބަލައިލިއެވެ.

" ސަރ.. އައިމް ސޯ ސޮރީ.... އަހަންނަށް މަޖުބޫރުވީ........." އޭޝްއަށް އެ ހިސާބަށް ވާހަކަ ގެންދެވުނު އިރު ރޮވެން ފަށައިފިއެވެ.

" އޭޝް ފުރަތަމަ ހަމަޖެހިލާފަ ދެން ކިޔައިދީ ހުރިހާ ވާހަކައެއް....." ކިޔާންއަށް އޭޝްގެ ހާލަތު ފެނުމުން ރުޅި މަޑުކޮށްލުމަށް ފަހު ބުނެލިއެވެ.

ފުން ނޭވާއެއްލުމަށް ފަހު އޭޝް އޭނާގެ ވާހަކަ ފެށިއެވެ.

އިވެމުން ދިޔަ ވާހަކަތަކުން ކިޔާން ހުރީ ހުއްޓުން އަރައިފައެވެ. މިވީ ހުރިހާ ދުވަހު އޭނާއަށް ހުރީ ނޭނގުމެއްގެ ތެރޭގައެވެ. ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ބަނދެވިފައެވެ. ކިތަންމެ ފަރުވާތެރިވެގެން ހުއްޓަސް އޭނާގެ ލޮލުގައި ވެސް ވީ ފަރުދާއެއް ލެވިފައެވެ.

އައި ރުޅިން ކިޔާންގެ އަތް މުއްކެވިގެން ދިޔައިރު އޭނާގެ ރުޅިވެރި ނަޒަރު އޭޝްއާ އަމާޒުވެގެން ދިޔައެވެ. ލަސް ފިޔަވަޅުތަކެއްގައި އޭޝްއާ ދިމާލަށް ކިޔާން އަންނަން ފެށުމުން ބިރުން އޭޝްއަށް ފަހަތަށް ޖެހެވުނެވެ.

" ކިޔާން... އައިމް ސޮރީ... ޕްލީޒް......"....... އޭޝް ރޮވިފައި ހުރެ ކިޔަމުން ދިޔަ އެއްވެސް އެއްޗެއް ކިޔާންއަށް އަޑު އިވުނުހެން ވެސް ހިއެއް ނުވެއެވެ. އޭޝްގެ މޫނާ ޖެހޭނުޖެހޭ ހިސާބަށް ދެވުމުން ކިޔާން އޭނާގެ ފިޔަވަޅުތައް މަޑުކޮށްލިއެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަ އޭޝްއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ.

*****

ހެނދުނު ހެނދުނާ ހޭލައިގެން އިޝާން އެހެން ދުވަހެކޭ ވެސް އެއްގޮތަށް އާރޓިފިޝަލް ބީޗާ ދިމާލަށް ދިޔައީ ދުވަން ދިޔުމުގެ ކުރިން ކުޑަކޮށް ކަސްރަތު ކޮށްލުމަށެވެ. ގިނަ ދުވަހު އުޅެވިފައި ހުރީ ރާއްޖެއިން ބޭރުގައި ކަމުން އިޝާންއަށް މި މާހައުލު ބީރައްޓެއްސެވެ.

ގާތް އެކުވެރިއެއް ނެތުމުގެ ސަބަބުން އޭނާ އަބަދުވެސް އޮންނަނީ ގޭގައެވެ. ހައިކަލް އާއި ނަޝީލާ ބޭރަށް ނުކުމެލާ ހަދާލަން އެދުމުން ވެސް އިޝާންއަށް މި ނޫން ގަޑިއެއްގައި ނުކުންނަން އެއްބަހެއް ނުވެވެއެވެ.

މެލޭޝިޔާއިން ކިޔެވުން ކުރިއަށް ގެންދިޔުމަށް އިޝާން ބޭނުންވި ނަމަވެސް އޭނާ ކުރަން ބޭނުންވާ އެއަށްވުރެ ބޮޑުކަމެއް އެބައޮތެވެ. ކައިރާއާއި އާޝިޔާ ފެނުމުން ނޫނީ އެނބުރި ނުދާން އިޝާން ހުރީ އަމިއްލަ ނަފްސަށް ވައުދު ވެގެން ކަހަލައެވެ.

ޚިޔާލުތަކަށް ގެއްލިފައި ހުރި އިޝާން ސިހިގެން ދިޔައީ އޭނާގެ ކޮނޑުގައި މީހަކު ޖަހާލުމުންނެވެ. ފަސް އެނބުރި ބަލާލުމަށްފަހު ކުރިމަތީގައި ހުރީ ޒުވާނާ ފެނުމުން އިޝާންގެ މޫނުން ފެނިގެން ދިޔައީ ބީރައްޓެހި ކަމެވެ.

" ހެއި.. ބްރޯ... ވުޑް ޔޫ މައިންޑް އިފް އައި ޖޮއިން....." ކުރިމަތީގައި ހުރި ޒުވާނާ ހިނިތުންވެލުމަށް ފަހު އިނގިރޭސީ ބަހުން އޭނާއާ މުހާތަބު ކުރުމުން އިޝާންއަށް ހެވުނެވެ.

" ހަހަ... ނޯ... އެންމެ ރަނގަޅު......".... އިޝާން ސާފު ރީތި ދިވެހި ބަހުން ވާހަކަދެއްކުމުން އެ ޒުވާނާގެ މޫނުމައްޗަށް ކުޑަ ހައިރާންކަމެއް ވެރިވެގެން ދިޔައެވެ.

" އޯހް... ދިވެއްސެއް ދޯ... އަހަރެން ހީކުރީ ބޭރު ޤައުމެއްގެ މީހެއްކަމަށް... ބައި ދި ވޭ.... އައިމް ކިޔާން......"......... އިޝާންއާ ސަލާމްކޮށްލަމުން ކިޔާން އޭނާގެ ނަން ބުނެލިއެވެ.

..ނުނިމޭ..

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!