ޚަބަރު

ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ރައުލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ސާޔާ އިނީ ހައިރާން ވެފައެވެ. އާދަޔާ ޚިލާފު ބާރު މިނެއްގައި ހިތް ތެޅެމުން ދިޔައިރު އޭނާގެ އަތްފައި ފިނިވަމުންދާކަން އިހްސާސް ކުރެވުނެވެ.

Ads by STELCO

މިއީ ހޭލާ ހުއްޓާ ފެންނަ ހުވަފެނެއް ބާއޭ ސާޔާގެ ހިތަށް އެރިއެވެ. ނޫނެކެވެ. ހުވަފެނަކުން ވެސް މިފަދަ ކަމެއް ވެދާނޭކަމާއި މެދު އޭނާގެ ޒަމީރު ދެކޮޅެވެ.

*****

" ސާޔާ....".... ރައުލް މަޑުމަޑުން ގޮވާލީ ސާޔާ އެއްޗެކޭ ނުބުނުމުންނެވެ.

" އަހަރެން ނުދާނަން... އެއީ އަހަންނާއި އެކަށީގެންވާ ވަރުގެ ތަނެއް ނޫން.. އަހަރެންގެ ދިރިއުޅުމަކީ މިއީ.. ތިއީ ކާކުކަމެއް ވެސް އެނގެނީ އެއް ނޫން.. ފެންނަ ކޮންމެ މީހަކާއި މެދު ނުބައިކޮށް ވިސްނަން ނުވާނެކަން އެނގޭ.. އެކަމަކު އަހަރެން އެއްވެސް މީހަކަށް އިތުބާރު ނުކުރަން.. އަހަންނާއި މެދު ކުޑަކޮށް ވެސް ވިސްނާނަމަ މިތަނުން ދޭ...."..... ސާޔާ އިސްޖަހާލަމުން މބުނެލީ ހިތުގެ އެދުންތައް އެއް ފަރާތް ކޮށްލަމުންނެވެ.

އެ ގޮތް ނޭނގޭ ޒުވާނާއަށް އިތުބާރުކުރަން ސާޔާއަށް އުނދަގުލެވެ. އޭނާގެ ހަޔާތުގައި ރަނގަޅު އެއްވެސް ފިރިހެނަކާއި ދިމާވެފައި ނެތެވެ. އޭގެ އިތުރުން ވެސް އަސަދު ނަން ހިތަށް ވެރިވުމުން އެކަނި ވެސް ސާޔާ ޖެހިލުން ވިއެވެ. އަސަދު ދުވަހަކުވެސް އޭނާ ދިޔަ ނުދޭނެއެވެ.

މިރޭ ވެސް ދިޔުމުގެ ކުރިން ރައުލް ކުރިން ރޭ ވެސް ދިން ފެހި ކުލައިގެ ދިޔަ ސާޔާ އަށް ދިނެވެ. އޭގައި ހިފަން ބޭނުން ނުވިޔަސް ސާޔާ އަށް މަޖުބޫރުވާ ކަހަލައެވެ.

ސިޑިން ފައިބައިގެން ތިރިއަށް އައި ރައުލް ފެނުމުން އަސަދުގެ ބުމަ ކައިރިވެގެން ދިޔައެވެ. އެހާ އަވަހަށް ރައުލް އަންނަން ޖެހުނު ސަބަބެއް އޭނާއަށް ނުވިސްނުނެވެ.

" ކިހިނެތްވީ؟....".... އަސަދު އަހާލީ ކެތްތެރިކަން ކުޑަވެފައެވެ. ރައުލްގެ މޫނުން އެހެންޏާ ނުފެންނަ މާޔޫސްކަމެއް އަސަދު އަށް ފާހަނގަ ކުރެވުނެވެ.

" އަހަރެން މިއައީ ކަމަކު ކިޔަން..."...... ރައުލް އަސަދުގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއިރު އޭނާގެ ގެ ނުރައްކާތެރި ނަޒަރު އަމާޒު ވެފައިވަނީ އަސަދުގެ މޫނަށެވެ. އެ ބެލުމުގައި ވީ ބާރުން އަސަދުގެ މޭ ރޫރޫ އަޅައިގެން ދިޔައެވެ. ކުއްލިއަކަށް މީހާ އުދާސްވާން ފެށިއެވެ.

މަޑު މަޑުން ރައުލް އަސަދުގެ ކަންފަތް ބުޑުގައި ވާހަކައެއް ބުނެލުމުން އަސަދުގެ މޫނުގެ ކުލަ އެއްކޮށް ބަދަލުވިއެވެ. އިންތިހާ ދަރަޖައިގެ ސިހުން އެ މޫނުން ފެންނަމުން ދިޔައިރު މީހާ ގަނޑުވެފައިވާ ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ.

" ތިއީ ދޮގެއް؟.. ކިހިނެތް؟...".... ސަމާސާއަކަށް ހަދައިގެން އެފަދަ ވާހަކައެއް ރައުލް ނުދައްކާނެކަން އަސަދުއަށް ޔަޤީންވި ނަމަވެސް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ.

" އަހަރެން ބޭނުންވާ ގޮތް މިބުނީ... ބޭނުން ވާ ވަރަކަށް ރުފިޔާ ދޭނަން.. އަހަރެން ބޭނުންވާ ކަންތައް ކޮށްދީ...".... ރައުލްގެ އަޑުގައި ވަނީ ފިނިކަމެވެ. ހީވީ އަމުރެއް ކޮށްލިހެންނެވެ.

އަސަދުއަށް އިތުރަށް އެއްޗެއް ބުނެވުމުގެ ކުރިން ރައުލް ގެއިން ނުކުމެއްޖެއެވެ. އޭނާގެ ހަރަކާތްތަށް އަވަސްކަމުން އަސަދު ހުރީ ހައިރާންވެފައެވެ.

" އޭތް.. އޭ... މަޑުކޮށްބަލަ....".... އަސަދު ދުވެފައި ގޮސް ދޮރު ހުޅުވާލިއިރު އެ ޒުވާނާގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ. އޭނާ އަދި އިތުރަށް އެވާހަކައިގެ ތަފްސީލު ބޭނުމެވެ. ނަމަވެސް މިރޭ ދެން ރައުލް ނާންނާނެކަން އަސަދުއަށް ޔަޤީނެވެ. އޭނާ އަށް އޮތީ ރައުލް އަންނާނެ ވަގުތަކަށް އިންތިޒާރު ކުރުމެވެ.

ގޭގެ ދޮރު ލައްޕާލުމަށްފަހު އަސަދު ސޯފާގައި އިށީނެވެ. އޭރު އޭނާއަށް ވިސްނެމުން ދިޔައީ ދެންމެ ރައުލް ބުނި ވާހަކައާއި މެދުގައެވެ. ރައުލް ބުނިގޮތަށް ކަންތައް ކުރަންވީ ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

*****

ނަވާރް އަށް ހޭލެވުނީ ވަރަށް ބޮޑަށް ހޫނުވެ އުދާސްވެގެންނެވެ. ނުކައި ނިދުމުގެ ސަބަބުން ބަނޑުހައި ހޫނުކަން އިހްސާސް ކުރެވުނެވެ. ކޮޓަރީގެ ކުޑަދޮރު ނުލައްޕާ ހުރުމުން ހަނދުވަރުގެ ރިހި އަލި ކޮންމެވެސް ވަރަކަށް ކޮޓަރި ތެރެއަށް އެޅިފައި އޮތެވެ. ކުޑަކޮށް ވެސް ވައިކޮޅެއް ޖެހި ނުލަނީ ކަންނޭނގެއެވެ. އެހާ ވެސް ހޫނު ރެއެކެވެ. ނަވާރް ކުޑަކޮށް ބޯ ހިއްލާލުމަށްފަހު ސައިޑް ޓޭބަލް މަތީގައި ހުރި ގަޑިއަށް ބަލާލިއެވެ. ލިއަމް ކައިރީގައި އިނުމަށް ފަހު އޭނާ ގެއަށް އައިސް ނިދާލެވުނީއެވެ.

ނަވާރް ކަންނެތް ގޮތަކަށް ތެދުވެގެން ގޮސް ކުޑަ ދޮރު ލައްޕާލުމަށްފަހު އޭސީ ފިނި ކޮށްލިއެވެ. އަދި ކޮޓަރީގެ ނިދާ ބޮކި ޖައްސާލިއެވެ.

ހޫނު ވެފައި ހުރުމުގެ ސަބަބުން ނަވާރް ފާހާނާއަށް ވަނީ ފެންވަރާލުމަށެވެ. ފެން މާގަނޑު ދަށުގައި އެތަށް އިރެއް ވަންދެން ހުރުމަށްފަހު އޭނާ އަށް ހަމަޖެހުމެއް ލިބުނީ ސިކުނޑިއަށް ފިނިކަން ލިބި ހަށިގަނޑު ތާޒާ ވުމުންނެވެ. ފާހާނާގައި ހިފާފައިވާ ލުއި ޝަވަރ ޖެލްގެ މީރުވަހުން ނަފްސަށް އިތުރު ހަމަޖެހުމެއް ލިބުނު ކަހަލަ އިހްސާސެއް ނަވާރްއަށް ކުރެވުނެވެ. ނިދަން ލާން ގެންގުޅޭ ދޫ ހަރުވާޅަކާ އަތް ދިގު ޓީޝާޓެއް ލުމަށްފަހު އޭނާ ކޮޓަރިން ނުކުތީ ކޮންމެވެސް އެއްޗެއް ކާލުމަށެވެ.

މަޑު ފިޔަވަޅުތަކެއްގައި ގޮސް ނަވާރް ކާބަޔަށް ވަނެވެ. އަނދިރިކަން ވެރިވެފައިވާ އެ މާހައުލަށް އަލިކަމެއް ގެނައުމަށްޓަކައި ނަވާރް އަތުގައި އޮތް ފޯނުން ފެލްޝް ލައިޓް ޖައްސާލިއެވެ. އެވަގުތު އޭނާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނީ ނުހަނު ކައިރީގައި ލޫކަސް ހުރުމުންނެވެ.

ނަމަވެސް ލޫކަސް ހުށިޔާރު ކަމާއެކު ނަވާރްގެ އަނގަމަތީ އަތް އެޅިއެވެ. އެތަނަށް އިތުތު މީހަކު އަންނަން އޭނާ ބޭނުމެއް ނޫނެވެ. ގުޑިލަން ވެސް ނޭނގިފައި ނަވާރް އަށް ހުރެވުނު އިރު އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ. އެ ހިތުގެ ތެޅުން ލޫކަސް އަށް ނީވޭނެ ކަމާއިމެދު ނަވާރް އަށް ޝައްކެވެ.

" ނަވާ...."..... މަޑު މަޑުން ނަވާރްގެ ގައިން އަތް ދޫކޮށްލަމުން ލޫކަސް ގޮވާލީ ކިރިޔާ އަޑު އިވޭ ވަރަސެވެ. ނަމަވެސް އިސްޖަހާލި ގޮތަށް ނަވާރް ހުރީއެވެ. ލޫކަސް އާއި ހަތަރުކަޅި ހަމަކުރާނޭ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ނަވާރް އެއްޗެކޭ ނުބުނުމުން ލޫކަސް އޭނާގެ ދަތްދޮޅީގައި ހިފައި މޫނު އުފުލާލިއެވެ.

ނަވާރްގެ ފެންކަޅި ވެފައިވާ ދެލޯ ފެނި އޭނާގެ މޭގައި ރިއްސާލިއެވެ. އެ ނާޒުކު އަންހެން ކުއްޖާ ގެނެސް ލޯބިން ބައްދާލަން ބޭނުންވިއެވެ. ހުރިހާ ހިތާމަތަކުން ނަވާރް ސަލާމަތް ކޮށްދޭން ބޭނުންވިއެވެ. ނުހަނު ލޯބިން ލޫކސް ނަވާރްގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެދިނެވެ.

ލޫކަސްގެ ހަރަކާތްތަށް ހުރިގޮތުން ނަވާރް ހުރީ ހައިރާންވެފައެވެ. ރޭގައި އޭނާއާއި ދިމާލަށް ބަލާލަން ވެސް ލޫކަސް ބޭނުން ނުވިއެވެ. ނަވާރްގެ ތުންފަތް މަޑު މަޑުން ހަރަކާތް ކޮށްލީ ލޫކަސް އަށް ގޮވާލުމަށެވެ. ނަމަވެސް ސިހިފައި ދެމީހުންނަށް ދުރަށް ޖެހެވުނީ އެތަން އެކީ އެކައްޗަކަށް އަލިވުމުންނެވެ.

ތެޅެމުން ދިޔަ ހިތަކާއެކު ނަވާރް ފަސްއެނބުރި ބަލާލިއެވެ. އޭރު ހަލުވި ފިޔަވަޅު ތަކެއްގައި ލޫކަސް ނިކުމެއްޖެއެވެ. ނަވާރް އަށް ހަމަޖެހުމުގެ ނޭވާއެއް ދޫ ކޮށްލެވުނީ ދޮރުމަތީގައި ހުރި ރައުލް ފެނުމުންނެވެ.

" ރައުލް.. އައި ކޭން އެކްސްޕްލެއިން...."...... ނަވާރްއަށް ރޮވެން އުޅޭ ހެން ހީވުމުން އިސްޖަހާލިއެވެ. އޭނާގެ ހިތަށް ވަނީ ނުހަނު އަސަރު ކޮށްފައެވެ. ދެންމެ ލޫކަސް އާއެކީ ހޭދަކުރެވުނު މަދު ވަގުތުކޮޅު އުމުރަށް ދެމިގެންދާނެ ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އެކަން ނުވާނޭ ކަމުގައި އޭނާގެ ޒަމީރު ބުނެލިއެވެ.

ނަވާރްއަށް ވެފައި ހުރި ގޮތުން ރައުލްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އާއިލާގެ ސިއްރު ތަކުގެ ތެރެއިން ނަވާރްއާއި ލޫކަސްގެ ސިއްރަކީ އޭނާއަށް އެނގޭ ކަމެކެވެ. ކުއްލިއަކަށް ލޫކަސް ޔަލާއާއި ކައިވެނި ކުރަން ޖެހުނު ސަބަބު ރައުލް އަށް އެނގޭ ނަމަވެސް ނަވާރް އަށް އެކަން ކިޔައިދިނުމަށް އޭނާ ފަސްޖެހެއެވެ. އެއަށްވުރެ ބޮޑަށް އެ ހިތުގެ އެދުން ވެސް އިސްކުރެވެނީއެވެ. ނަމަވެސް އޭނާއަށް ގޯހެއް ހެދުމުގެ ކުރިން ރައުލް ކޮންމެ ފަހަރަކުވެސް އެކަމުން ސަލާމަތްވެއެވެ. ޚާއްސަކޮށް މާޒީގެ ސަބަބުން ހިތުގެ އެދުން ފޮރުވުމަށް ރައުލް އަށް މަޖުބޫރެވެ.

ރައުލް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ނަވާރްގެ ކޯތާފަތް މަތިން ރޮނގަކަށް ކަރުނަ ފައިބަން ފެށިއެވެ. ރައުލް ހިތްހަމަ ނުޖެހުނީއޭ ހީވުމުން ނަވާރް ދެރަވިއެވެ. ނަމަވެސް އެކަމުގައި އޭނާގެ ކުށެއް ނެތްކަން ރައުލްއަށް ބުނެދޭން ނަވާރް ބޭނުމެވެ.

" އިޓްސް އޯކޭ ނަވާ... ކީއްކުރަން މިގަޑީގަ ހޭލާ ތި އުޅެނީ..؟...".... ރައުލް ގަސްތުގައި މައުޟޫ ބަދަލުކޮށްލިއެވެ. އެވަގުތު ނަވާރްގެ ބަނޑުން އަޑު ކިޔަން ފެށުމުން ރައުލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ރައުލްގެ މޫނަށް ވެރިވި ކުލަވަރު ފެނުމުން ނަވާރްގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

*****

އާ ދުވަހަކަށް އިރު އެރުމާއެކު އަސަދުގެ ހާސްކަން އިތުރުވާން ފެށިއެވެ. ރައުލް ބުނި ބަސްތަކާއި މެދު ވިސްނަން ހަދައިގެން ރޭގައި ރަނގަޅަށް އޭނާއަށް ނިދުނު ކަމަކަށް ނުވިއެވެ.

ވަރަށް ވިސްނުމަށްފަހު އަސަދު ގޮތެއް ނިންމިއެވެ. ރައުލް ބުނި ފަދައިން އޭނާއަށް ބޭނުންވަރަކަށް ފައިސާ ލިބޭނެ ނަމަ ހާސްވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް އަސަދު އަމިއްލަ ނަފްސަށް ވިސްނުވައި ދިނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އަސަދު ހުއްޓިލީ ސާޔާގެ ކޮޓަރީގެ ދޮރުމަތީގައެވެ.

ގަޑިން އަދި އަށެއް ނުޖަހާތީ ސާޔާ ހޭލާ ނޫޅޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް ކެތްތެރިކަން ކުޑަވެފައި ވާތީ އަސަދު ބާރަކަށް ދޮރުގައި ތަޅަން ފެށިއެވެ.

މާގިނައިރުތަކެއް ނުވެ ސާޔާ ދޮރު ހުޅުވާލިއެވެ. އަސަދު ހީކުރި ގޮތާއި ޚިލާފަސް އޭނާ އުޅެނީ ހޭލައެވެ. އަޅާފައިވާ ހުދުކުލައިގެ ބުރަގާ ފެނުމުން ސާޔާ އިނީ ނަމާދުކުރަންކަން އަސަދު އަށް ވިސްނުނެވެ. މޫނު މައްޗަށް ވެރިވި ފޫހިކަމާއެކު ތިރިއަށް އައުމަށް ސާޔާ އަށް އަމުރުކުރުމަށްފަހު އަސަދު ދިޔައީ އެވެ.

މޫނު މައްޗަށް ދޮރު ލެއްޕުމާއެކު ސާޔާ ދެތިން ފިޔަވަޅު ފަހަތަށް އަޅާލިއެވެ. އަދި އަޅައިގެން ހުރި ބުރުގާ ބޭލުމަށްފަހު ތިރީގައި އޮތް މުސައްލަ ނަގާ ރީތިކޮށް ފަށްޖަހާލިއެވެ. ފޯނުން ބަލައިގެން ދީނީ ކަންކަން ދަސްކުރުމަށް ސާޔާ ދަނީ މަސައްކަތް ކުރަމުންނެވެ. އަސަދުގެ ކިބައިން ލިބޭ އަނިޔާތަކުން އެ ހިތަށް ކުރާ އަސަރު އެކަމުން ކުޑަވެގެން ދާނޭ ކަމަށް ސާޔާ ޤަބޫލުކުރެއެވެ.

ލައިގެން ހުރި ކަޅުކުލައިގެ ކުރުތާ ރީތިލޮށްލަމުން ސާޔާ ތިރިއަށް ފޭބިއެވެ. އޭރު އޭނާގެ އިންތިޒާރުގައި އަސަދު ސޯފަގައި އިނެވެ.

އަސަދުގެ ހަރަކާތްތަށް ހުރި ގޮތުން އޭނާ ކޮންމެވެސް ވާހަކައެއް ބުނަން އުޅެނީކަން ސާޔާ އަށް ވިސްނި ހިތް ބިރުގަންނަ ގޮތް ވިއެވެ. އަސދުގެ ފަރާތުން އޭނާއަށް ލިބޭނޭ ހެޔޮ ހަބަރެއް ނޯންނާނޭ ކަން ކަނޑައެޅިގެން ބުނަން ސާޔާ އަށް ޔަޤީނެވެ.

" ކަލޭގެ ކައިވެނި ހަމަޖެހިއްޖެ.. ފުރަން ތައްޔާރު ވޭ..."..... އަސަދު އަވަސް އަވަހަށް ބުނެލި ޖުމްލަތައް ސާޔާ އަށް އަޑު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އަސަދު މިފަދަ ކަމެއް ކޮށްފާނެއޭ ސާޔާ އަސް ހީކުރެވިފައި ނެތެވެ. އިސާހިތަކު އެ ދެލޯ ފެންކަޅި ވެގެން ދިޔައީ އަމިއްލަ ބަދުނަސީބުކަން ހިތަށް އެރުމުންނެވެ. ދިރިއުޅުމުގައި އެއްވެސް ކަމެއް އަމިއްލައަށް ނިންމުމުގެ އިޚްތިޔާރު ނެތުމުންނެވެ. އޭނާގެ މަޖުބޫރީ ހާލަތުގެ މައްޗަށް އެ ޅަ ހިތް ރޯލިއެވެ.

" ކާކު އަހަންނާ ކައިވެނި ކުރަން ބޭނުންވަނީ ؟....."... ކުރަކިވެފައިވާ އަޑަކުން ސާޔާ ބުނެލީ ނުރޯން މަސައްކަތް ކުރަމުންނެވެ. އެވަގުތު އޭނާގެ ހިތަށް ވެރިވީ މާތް ﷲ ކީރިތި ޤުރުއާނުގައި އުނދަގޫ ކަމާއެކު ފަސޭހަކަން ވާނޭ ކަމުގައި ބުނެފައިވާ ވަހީ ބަސްފުޅެވެ. އެ އާޔަތުން ސާޔާގެ މާޔޫސް ވެފައިވާ ހިތަށް ދިރުމެއް ލިބުނެވެ.

ސާޔާގެ ސުވާލުން އަސަދުގެ ދުލުގައި ތަޅެއް ލެވުނު ފަދައެވެ. އޭނާ އަށް ވެސް އެޒުވާނާގެ ނަމެއް ނޭނގެއެވެ.

" ރައުލް....."... ފަހަތުން އިވުނު ފިރިހެންވަންތަ އަޑާއެކު ސާޔާ ފަސްއެނބުރި ބަލާލިއެވެ. އޭރު އަސަދުގެ ނަޒަރު ވެސް އަމާޒުވެފައި ވަނީ ދޮރުމަތީގައި ހުރި ޒުވާނާއަށެވެ.

=ނުނިމޭ=

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!