ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ޕްލީޒް ޑޯންޓް ޑިސްޓަރބް.. އިޓްސް އަވަރ ހަނީ މޫން.. ލަވް... ލާރާ އެންްޑް ލިއަމް..."... އެ ގަނޑު ކޮޅުގައި ފިރުމާލަމުން ލިއަމް ދޮރުގައި ބޯ ޖައްސާލިއެވެ. އޭރު އޭނާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. ހަށިގަނޑު ތުރުތުރުއަޅައެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވޭ ފަދައަކުން ލިއަމް ހުރި ތަނަށް ތިރިވިއެވެ. ނަމަވެސް އޭނާ ސިހުނީ ކުއްލިއަކަށް ކޮނޑުމަތީގައި މީހަކު އަތް ބޭއްވުމުންނެވެ.

Ads by MWSC

***************

ވަގުތުން ލިއަމްގެ ކަރުނަތަކަށް ހުއްޓުމެއް އައެވެ. އަވަސް ހަރަކާތަކާއެކު މޫނު ފޮހެލުމަށްފަހު އޭނާ ފަސްއެނބުރި ބަލައިލިއެވެ. އެ މޫނުން ނުތަނަވަސްކަން ފާޅުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އޭނާގެ ސިއްރު ބޭޒާރުވީކަން ޔަޤީންވި ހިނދު ލިއަމް އަށް ހިންދިރުވާލެވުނެވެ. މިފަދަ ގޮތަކަށް މިކަން ހާމަވެދާނެއޭ ލިއަމް ހިއެއް ނުކުރެއެވެ. ނަމަވެސް އިތުރަށް ހެދޭނެ ދޮގެއް ނެތެވެ. އޮޅުވާލެވޭކަން ވެސް ނެތެވެ. ލޮލުން ކަރުނަ ނުފޭބިޔަސް އެ ހިތުގައި އުފެދިފައިވާ ޝަކުވާތަށް އަނެއްކާވެސް ކަރުނައިގެ ސިފައިގާ ބޭރުވެދާނޭހެން ހީވުމުން ލިއަމް އިސްޖަހާލިއެވެ. ހާއްސަކޮށް ކުރިމަތީގައި ހުރި ރައުލް އަށް އޭނާގެ އެ ސިފަ ދައްކާކަށް ލިއަމް ބޭނުމެއް ނުވިއެވެ.

" ލިއަމް...".. ރައުލްގެ އަޑުގައި ވީި މަޑުމައިތިރި ކަމެވެ. ލިއަމްގެ ހާލު އޭނާއަށް އިހްސާސް ކުރެވޭފަދައެވެ. ނަމަވެސް ނުރުހުންވެފައި ރައުލްގެ އަތް ލިއަމް ފޮޅުވާލިއެވެ. އަނެއްކާވެސް އޭނާ ފުރަގަސްދިނެވެ. ކުށްވެރިއަކު ފަދައިން ރައުލް ފުން ނޭވާއެއް ދޫކޮށްލަމުން އިސްޖަހާލިއެވެ. އޭނާއަށް ކުރެވުނީ ކޮށްގެން ނުވާނެ ކަމެއްކަން ހުދު ރައުލް އަށް ވިސްނެއެވެ.

" ލުކް.. އައި ޑިޑް އިޓް ފޯރ..".. ރައުލް ބުނަން އުޅުނު ޖުމްލަ މެދުކަނޑަށް މަޖުބޫރުވީ ލިއަމް ކަނާތް ހިތްލާލުމަށްފަހު ހުއްޓާލުމަށް އިޝާރާތް ކުރުމުންނެވެ. ޖީބުން ނެގި ތަޅުދަނޑިން ލިއަމް އެޕަރޓްމެންޓުގެ ތަޅު ހުުޅުވާލިއެވެ. ނަމަވެސް ދޮރު ހުޅުވަން އޭނާ އަށް ފަސްޖެހެވުނެވެ. ދެތިން ފަހަރަކު ތަޅުގައި ހިފުމަށްފަހު ވެސް އަތް މުށްކަވާލުމަށްފު ގެނެސް ޖީބަށް ލިއެވެ.

" ކީއްވެ؟.. އަހަރެން ހީކުރީ ރައުލް އަށް ކަމަށް އެންމެ ވިސްނެނީ.. މި ހުރިހާ ދުވަހު އޮޅުވާލަން ރައުލް އެ އަންހެން ކުއްޖާ ގެނައި އިރު އެއްފަހަރު ވެސް ވިސްނާނުލީ ކީއްވެ؟.. ".. ލިއަމްގެ އަޑުގައި ވީ ޝަކުވާއެވެ. ރައުލްއާ ދިމާލަަށް ބަލަން ބޭނުންވެސް ނުވެފައި ހުރި ކަހަލައެވެ.

" އައިމް ސޮރީ.. ".. ރައުލް ހަމައެކަނި ބުނެލީ އެވަރަށެވެ. އެއާއެކު އޭނާގެ ކޮލަށް އެރި ހޫނު ހަމަލާއާއެކު މޫނު އަނެއްފަރާތަށް އެނބުރުނެވެ. ދެލޯ މަރާލުމަށްފަހު ވައަތުން ރައުލް ކޮލުގައި ފިރުމާލަމުން ކަތުރުކަށިގަނޑަށް ވާން ކޮށްލިއެވެ. ދެން އޭނާގެ ނަޒަރު އަމާޒުވީ ލިއަމްއަށެވެ. ދެއަތް ދެއަތާއި ޖޯޑުކޮށްގެން ހުރި އިރު ލިއަމްގެ ލޮލުގައި ވީ ނުރައްކާތެރި ވިދުވަރުން ރައުލް ނުތަނަވަސްވިއެވެ. މާ ބޮޑު ގޯހެއް ހެދުމުގެ ކުރިން އޭނާއަށް ލިއަމް ނުހުއްޓުވިއްޖެނަމަ ކަންތައްތައް މާ މައްޗަށް ގޮސްދާނެކަން ރައުލް އަށް ޔަޤީންވިއެވެ.

" އާދޭ.. ހަމަޖެހިގެން ވެސް ވާހަކަ ދެއްކިދާނެ.. އަހަރެންގެ ކުށް އަހަރެން ޤަބޫލު ކުރަން...".. ލިއަމްގެ ކޮނޑުގައި އަތް ބާއްވަމުން ރައުލް އެޕަރޓްމެންޓްގެ ދޮރު ހުޅުވާލިއެވެ. ލިއަމް ކުޑަކޮށްވެސް މައިތިރި ކުރެވެން އެވަގުތު ކުރެވޭނެ ކަމަކީ އެއީ ކަން އޭނާއަށް އެނގެއެވެ.

އެޕަރޓްމެންޓަށް ވަދެވުމާއެކު ފަރާތް ފަރާތަށް ލިއަމް ނަޒަރު ހިންގާލިއެވެ. އޭނާ ހީކުރި ގޮތަށް އެތަން ހުރީ އެއްކޮށް ހުސްކޮށްފައެވެ. ދެއަތް ޖީބަށް ޖަހާލުމަށްފަހު ލިއަމް ދެތިން ފަހަރު އަވަސް އަވަހަށް އެސްފިޔަ ޖަހާލިއެވެ. ދެން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކަނާތް ގެނެސް މޭގައި ފިރުމާލިއެވެ. ރައުލް ގޭގެ ކުޑަދޮރު ތަކާއި ބެލްކަނި ހުޅުވުމުން ފިނި ވައިރޯޅި އެތެރެއަށް ވަންނަން ފެށިއެވެ. ހީކަރުވައިގަތް ނަމަވެސް ލިއަމް ގޮސް ބެލްކަންޏަށް ނުކުމެލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އެއްފަރާތުގައި ހުރި އުނދޯއްޔަށެވެ. ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުމާއެކުވެސް އޭނާ ގޮސް އެ އުނދޯލީގައި އިށީނެވެ. ވައަތުން އުނދޯލީގައި ވާގަނޑުގައި ހިފާލަމުން އަނެއް އަތުން ހުސްކޮށް އޮތް ޖާގައިގައި އޭނާ ފިރުމާލިއެވެ. ލިއަމްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިގެން ބެލްކަނީގެ ދޮރުގައި ލެނގިގެން ހުރި ރައުލްގެ ލޯ ވެސް ތެމުނެވެ.

" އައި މިސް ހަރ ސޯ މަޗް.... ޝީ ލެފްޓް ޓޫ ސޫން... އެދުވަހު އަހަރެން މަރުވި ނަމަ.....".. ލިއަމް ބުނެލީ ކިތަންމެ މަޑުން ނަމަވެސް ރައުލްގެ ކަންފަތާއި ހަމައަށް އެ އަޑު ފޯރިއެވެ. ހަށިގަނޑު ސީދާ ކޮށްލުމަށްފަހު ލަސް ފިޔަވަޅު ތަކެއްގައި އައިސް ލިއަމް އާއި ޖެހިގެން އޭނާ އިށީނެެވެ. ހާމައަށް އޮތް އުޑަށް ނަޒަރު ހުއްޓާލަމުން ރައުލް ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ހިތަށްވެސް އަލާރާގެ ހަނދާންތަކުން އުނދަގޫ ކުރުވީއެވެ. ނަމަވެސް އިހްސާސްތައް ފޮރުވުމުގައި ރައުލް ކުޅަދާނައެވެ.

" ލިއަމް.. ހަޤީޤަތް ޤަބޫލު ކުރަންވީ ވަގުތު މިއީ.. ކޮންމެ ގޮތަކަށް ކަންތައް އަހަރެން ކުރި ނަމަވެސް ލާރާ ދެން އެނބުރި ނާންނާނެ.. ނުބުނަން ކަންތައް ކުރެވުނީ ރަނގަޅަށޭ.. އެކަމަކު ލިއަމް އަށް އެހީ ވެދޭން އުޅުނީ.. ބަޓް ތިންގްސް ޓާންޑް އައުޓް ޓުބީ ޑިފަރެންޓް.. ".. ރައުލް ބެލީ ލިއަމްއަށް ވިސްނައި ދެވޭތޯއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ލިއަމް އިން ގޮތުން އޭނާ އިނީ ފުން ހިޔާލެއްގައި ހެން ރައުލް އަށް ހީވިއެވެ. އެހެންކަމުން އޭނާ ލިއަމްގެ ކޮނޑުގައި މަޑު މަޑުން ޖަހާލިއެވެ.

" ހޫ އިޒް ޝީ؟... އަހަރެން ބޭނުން އޭނަގެ ހުރިހާ ޑީޓެއިލްސް.. ރައުލް އަށް އެނގޭނެ.. ޓެލް މީ...".. ލިއަމް ސާޔާގެ ވާހަކަ ދައްކަން ފެށުމުން ރައުލް ނިތްކުރީގައި އަތް ހިންގާލިއެވެ. ލިއަމްގެ ވިސްނުން ހުރި ގޮތުން އޭނާ ހާސްވިއެވެ.

" މިކަމުގެ ތެރެއަށް ސާޔާ ވައްދާނެ ކަމެއް ނެތް.. އޭނާއަށް އެއްވެސް އެއްޗެއް ނޭނގެ.. ".. އަވަސް ވެފައިވީ ހިތަކާއެކު ރައުލް ބުނެލިއެވެ. ނަމަވެސް ލިއަމްއަށް އެ އަޑު ނީވޭ ކަހަލައެވެ.

ރައުލްގެ ވާހަކަ ހުރިގޮތުން ލިއަމް ހިތްހަމަނުޖެހުނެވެ. ސާޔާއާ މެދު އޭނާ ނިންމާ ނިންމުމަކީ ޒާތީ ދިރިއުޅުމާ ގުޅިފައިވާ ނިންމުން ތަކެކެވެ. އޭނާ އުފުލަމުންދާ ހިތާމައަށް ލިބޭނޭ ހަމައެކަނި ފަރުވާއަކީ ސާޔާގެ ހިތް ހަލާކު ކޮށްލުން ކަމުގައި ލިއަމްއަށް ޤަބޫލުކުރެވުނެވެ. ސާޔާގެ ހިތުގައި ވަނީ ކީކޭކަން ނުހަނު ސާފުކޮށް ލިއަމް އަށް އެނގެއެވެ. އެހެންކަމުން ރައުލްގެ ވާހަކަ ޤަބޫލުކުރަން ލިއަމްގެ ހިތް ދެކޮޅު ހެދިއެވެ. ސާޔާއަށް އޭނާގެ ފެންވަރު ހަނދާން ކޮށްދޭން ލިއަމް ބޭނުންވާ ކަަހަލައެވެ. އެ ހިތުގައިވީ ވޭނާއި ހިތްދަތިކަން ތަޙައްމުލުކުރުމަށް ޓަކައި ލިއަމް އިހްތިޔާރު ކުރީ ނަފުރަތާއި ރުޅިވެރިކަމެވެ. އެއީ ސާޔާއަށް ހައްޤު އެއްޗެކޭ ލިއަމްއަށް ހީވަނީއެވެ. ލިއަމްއަށް އެބާރު އޮތްކަމުގައި ޤަބޫލު ކުރެވެނީއެވެ. ވީއިރު އޭނާ ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ ބާރު އޮތީ ހުުދު އަމިއްލަ އަތުގައެވެ. ރައުލް އަތުގައެއް ނޫނެވެ.

"ލިއަމް!..." އަމިއްލަ ޚިޔާލުތެރޭގައި އިން ލިއަމްގެ ސަމާލުކަން ރައުލް ހޯދިއެވެ. ކުރިއަށް ގުދުވެލައިގެން އިން ލިއަމް ހަށިގަނޑު ސީދާ ކޮށްލަމުން ރައުލްއަށް ބަލާލިއެވެ.

" ވަޓް ހެޕެންޑް ޓު ޔޫ.. ތީ ކުރިން ލިއަމް އުޅުނު ގޮތެއް ނޫން.. އެހެން މީހުންނަށް އަނިޔާކުރުމަކީ ލިއަމް ކުރާނޭ ކަމެއް ނޫން.. ސާޔާއަށް ތި ނަފްރަތާއި ރުޅި ވެރިކަން ދައްކައިގެން ލިބޭނޭ ފައިދާއަކީ ކޮބާ؟.. އޭނަގެ ހިތުގައި ލިއަމްއަށް ނަފްރަތު އުފެދުން ނޫން ކަމެއް ނުވާނެ.. ތި އުޅުން ބަދަލުކުރޭ ލިއަމް.. އަހަންނަށް އެނގޭ މި ހުރިހާ ވާހަކައެއް ދެއްކުމުގެ ހައްޤު އަހަންނަށް ލިބިގެން ނުވާކަން.. އެކަމަކުވެސް ސާޔާގެ ހައްޤުގައި މި ބުނަނީ.. އެއީ މައުސޫމް ކުއްޖެއް.. ޑޯންޓް ޓްރީޓް ހަރ ލައިކް އެ ޕަޕެޓް.. ." ރައުލްގެ ވާހަކަތައް އަޑުއަހަން އިން ލިއަމް ކުއްލިއަކަށް ތެދުވެއްޖެއެވެ. ރެއިލިންގައި ހިފަހައްޓާލި ގޮތަށް ގުދުވެލަމުން ފުންކޮށް ދެތިން ނޭވާ ދުކޮށްލިއެވެ. އިނގިލަތަކަށް ބާރުވެގެން ދިޔަ ވަގުތު ލިއަމް އައިސް ހުއްޓިލީ ރައުލްގެ ކުރިމައްޗަށް ވާގޮތަށެވެ.

" ރައުލް ތަ ތިހުރިހާ ވާހަކައެއް ތި ދައްކަނީ؟.. އަޑު އަހާ.. އާނ.. މީ އަހަރެން އުޅުނު ގޮތެއް ނޫން.. ލާރާއާ ނުލާ އަހަރެން ނޫޅެން.. މީހުންގެ އިހްސާސްތަކަށް އިހްތިރާމް ކުރަން ޖެހޭ ސަބަބެއް އެބައޮތްތަ؟.... ކާކު އަހަރެންގެ އިހްސާސްތަކަށް ތި ބުނާ އިހްތިރާމެއް ކުރީ؟.. އެންޑް ޔޫ ނޯ ވަޓް.. އައި ޑޯންޓް ކެއަރ އެބައުޓް ހަރ.. ޝީ ޝުޑް ޑައި ޓޫ.. ލާރާގެ ސިފައިގައި ހުރެ އޭނާ އަހަންނަށް އެދޭ އަނިޔާތަކަށް މާފު ލިބޭނެތަ؟.. އަހަންނަށް އޭނާގެ ދިރުއުޅުމާ ކުޅޭވޭނެ.. އެ ހައްޤު އަހަންނަށް ދިން މީހަކީ ތިއީ.. ޔޫ ބެޓަރ ރިގްރެޓް ދިސް.. ފޯރ ދި ރެސްޓް އެފް ޔޯރ ލައިފް ރައުލް.. ".... ލިއަމްގެ އަޑުގައި އެކުލެވިގެންވީ މަލާމާތާއި ނުރުހުންވުމުގެ އަސަރެވެ. އޭނާ އަށް ވިސްނައި ދޭން ކުރެވޭނެ މާބޮޑު ކަމެއް ނެތްކަން ހުދު ރަައުލްއަށް ވެސް ވިސްނުނެވެ. ލިއަމް ވާހަކަތައް އަޑުއަހާފައި އެކަމަށް ރައުލް ރައްދެއް ނުދިނެވެ. ކަނދުރާ މައްޗަށް ޖަހައިގެން މައްޗަށް ނަޒަރު ހުއްޓާލި ގޮތަށް ރައުލް އިނެވެ. ލިއަމް ވެސް އިތުރަށް އެއްޗެއް ނުބުންޏެވެ. އިތުރަށް އެތާ މަޑުކުރަން ޖެހޭ ސަބަބެއް ނެތްކަން އެނގުމުން ލިއަމް ނުކުތެވެ.

**************************

އާ ދުވަހަކަށް އެރި އިރާއެކު އޭގެ ނަަލަ ދޯދިތަކުން ބްލޮސޮމް ގޭގެ ބަގީޗާއަށް އިތުރު ފުރިހަަމަކަމެއް ގެނެސްދިނެވެ. އެ ހިތްގައިމު ހެނދުނުގެ އުފާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރުމަށްޓަކައި ނަވާރް އާއި ސާޔާގެ އިތުރުން ނޯޔާ ބަގީޗާގައި ހުރި ހަޓުގައި ތިތްބެވެ. އެކުދިން އިންތިޒާރު ކުރަމުން ދިޔައީ ޔަލާ ކިރާޒް ގޮވައިގެން އަންނާނެ ވަގުތަކަށެވެ.. ކޮންމެ ކުއްޖެއްގެ ކުރިމަތީގައި ވެސް އާވި އަރަމުންދާ ކޮފީތަށްޓެއް ހުއްޓެވެ. ހަޓުގައި ހުރި މޭޒު މަތީގައި ސޭންޑްވިޗާއި ސޮސެޖް އަޅާފައި ހުރި ދެ ތަށި ހުއްޓެވެ. ކިރާޒް އަށް ހާއްސަކޮށް ޖޫސް ޕެކެޓެއްވެސް ނޯޔާ ގެނެސްފައި ހުއްޓެވެ.

" ފައިނަލީ... މައި ބޭބީ އިޒް ހިއަރ...".. ދުރުން ކިރާޒް ފެނުމާއެކު ސާޔާ ދުވެފައި ގޮސް އެ ކުއްޖާ އުރާލިއެވެ.. އެ ބޮޑު ކޮލުގައި ބޮސް ދިނުމަށްފަހު ކިރާޒް ގެނެސް މޭގައި ޖައްސާލަމުން ސާޔާ ލޯބިކޮށްލިއެވެ. އަދި ޔަލާއާއި އެއްވަރަކަށް ހިނގާލާފައި އައިސް ކުރިން ވެސް އިން ތަނުގައި އިށީނެވެ.

" މި ރާސ... އައި މީން.. ލޫކް ފާހާނައިން ނުނިކުމެގެން ލަސްވީ...".. ޔަލާ އަށް ދެއަތުން ހެދުމުގެ ހިފައި ބާރުކޮށްލެވުނެވެ. އޮޅިގެން އޭނާ އަށް ރާސިލްގެ ނަން ކިޔެން އުޅުނު ނަމަވެސް އަވަހަށް ރަނގަޅުކޮށްލިއެވެ. އެކަން އިތުރު މީހަކަށް ފާހަނގަ ނުވި ކަން ނަސީބެކޭ ޔަލާގެ ހިތަށް އެރިއެވެ. ނަމަވެސް ނަވާރްގެ މޫނުގައި ވީ ހިނިތުންވުން ފަނޑުވިކަން ޔަލާއަށް ފާހަނގަވިއެވެ. އެއީ ލޫކަސްގެ ނަން އިވުމުން އައި ބަދަލެއްކަން އެނގުނަސް ލޫކަސް އާއި ނަވާރްގެ ގުޅުމެއް އޮތްކަން ޔަލާއަށް އެނގިފައި ނެތެވެ. އެކަމާއި ގުޅޭ ގޮތުން ލޫކަސްއާއި ސުވާލުކުރަން ވެސް އޭނާ ހިތަށްއެރިއެވެ. ލޫކަސް ފެންނަން ހުންނަ ވަގުތު ތަކުގައި ނަވާރްގެ މޫނަށް އަރާ ފައިބާ ކުލަތަށް ޔަލާއަށް މީގެ ކުރިންވެސް ފާހަނގަ ކުރެވުނެވެ. އަދި ނަވާރް އައުމަށްފަހު ލޫކަސްގެ އުޅުމަށްވެސް ބޮޑު ބަދަލެއް އައިކަން ޔަލާއަށް އެނގެއެވެ. ގިނަ ވަގުތު ބޭރުގައި އުޅޭއިރު އެންމެން އެކީގައި މަލިކާމެން ބަޔަށް ދާން އުޅުނަސް ލޫކަސް އެކަމުން މަނާވެއެވެ. އެކަމަށް އޭނާއަށް ބޮޑަށް ފަސޭހަވީ ރާސިލް އެގެއަށް އައުމުންނެވެ. ކަންކަމުގައި ހޭދަކުރަން ލިބޭ ވަގުތު އިތުރުވެ ގޭގައި އުޅޭ ދުވަސްތަށް ނުހަނު މެދެވެ.

" ޔަލް.. ކިރާޒް އަށް ކިހިނެތް ވެފަ މިހިރީ؟... ނޯޔާ ދައްކާލީ ކިރާޒްގެ ކަރުގައި އިން ނިޝާނެކެވެ. ކުޑަކޮށް އިސްތަށިގަނޑު ދިގުވެފައި ހުރުމުން އެ ނިޝާން ފެންނަން ނެތަސް ނޯޔާ ގެ ސަމާލުކަމަށް އެކަން އައީ ކިރާޒްގެ އިސްތަށިގަނޑު މައްޗަށް އައްސަން އުޅުމުގެ ތެރޭގައެވެ. މާ ބޮޑު ކަމަކަށް އެކަން ނުހަދާ ޔަލާ ކިރާޒްގެ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ.

" ކުރިން ނުފެނޭތަ ނޯޔާ އަށް.. ކިރާޒް ވަރަށް ކުޑައިރު ވެސް އިންނަ ނިޝާނެއް އެއީ..".. ސޭންޑްވިޗެއް ނަގާ އެތިކޮޅެއް ކާލަމުން ބުނެލިއެވެ. އޭނާ އަށް އެކަން ވީ ނުހަނު އާދައިގެ ކަމަކަށެވެ. ނަމަވެސް ނަވާރްއަށް ބަލާލެވުނީ ޝައްކުގެ ނަޒަރަކުންނެވެ. އެއީ އޭނާއަށް އޮޅޭނެ ނިޝާނެއް ނޫނެވެ. ފުރަތަމަ ފަހަރަށް ނަވާރްގެ ހިތުގައި ޔަލާއާއި މެދު ޝައްކު އުފެދުނެވެ. އެކި ދުވަސްތައް މަތިން ހިނގާފައި ހުރި ހާދިސާތައް އެ ސިކުނޑީގައި ދައުރުވާން ފެށުމުން ނަވާރް ދެފަރާތަށް ބޯ ހޫރާލިއެވެ.

ސާޔާ އަށްވެސް ވީ އެފަދަ ގޮތެކެވެ. އެއީ އޭނާއަށް ވެސް އާ ނިޝާނެއް ނޫނެވެ. މަޑުމަޑުން އަމިއްލަ އަށް އިސްތަށިގަނޑުގެ ދަށުން ކަރުގައި ހުރި ލަކުނުގައި އަތް ހިންގާލެވުނެވެ. އެއީ ހަމަ އެ ލަކުނެވެ. ނޯޔާގެ އުނގުގައި އިން ކިރާޒް އުރާލަމުން ސާޔާ ވަރަށް ފަރުވާތެރި ކަމާއެކު ކިރާޒްގެ ކަރުގައި އިން ނިޝާނަށް ބަލާލިއެވެ. އެއްވެސް ތަފާތެއް ނެތެވެެ. މިއީ ހަމަ އިއްތިފާޤެއް ބާއެވެ؟.. ކިރާޒްގެ އިސްތަށިގަނޑުގެ ކުލައާއި ލޮލަށް ވެސް ސާޔާގެ ސަމާލުކަން ހުއްޓުނެވެ. އޭނާ އަށް ހުރިހާ ކަމެއް ވެސް ގުޅުވާލެވުނީ ރާސިލް އާއެވެ. އެވަގުތު ބޭއިހްތިޔާރުގައި ސާޔާ އަށް ހިނިތުންވެވުނީ ސިކުނޑިއަށް ވެރިވި މޮޔަ ހިޔާލުގެ ސަބަބުންނެވެ.

އެ ނިޝާނާއި މެދު ޝައުޤުވެރިކަން އުފެދުނު ނަމަވެސް ސާޔާ އެވާހަކަ ނުދެއްކިއެވެ. އޭގެ ސަބަބުން އޭނާގެ މާޒީ ނަވާރް މެންގެ ކުރިމަތީގައި ހުޅުވާލަން ޖެހިދާނެތީ ކަންބޮޑުވިއެވެ. އެންމެ ބުއްދިވެރި ގޮތަކީ އެހިސާބުން އެވާހަކަ ހުއްޓާލުން ކަމުގައި ސާޔާ ޤަބޫލު ކުރިއެވެ.

*********************

ނިދިފައި އޮތް ލިއަމްއަށް ހޭލެވުނީ ފޯނުގެ އެލަރމްގެ އަޑަށެވެ. ހަށިގަނޑު ކަންނެތްވެފައި ވިޔަސް ލިއަމް ތެދުވިއެވެ. އެނދުގައި އިރުކޮޅަކު އިށިނދެ އިނުމަށްފަހު އެލަރމް އޮފް ކޮށްލިއެވެ. އަދި ޗަރޖް ކުރަން ބާއްވާފައި އޮތް ފޯނު ނެގުމަށްފަހު ޗެކް ކޮށްލިއެވެ. އިރުކޮޅެއްފަހުން ފޯނު ބޭއްވުމަށްފަހު ލިއަމް ތެދުވީ ފެންވަރައި ތާޒާ ވުމަށެވެ.

ބައި ގަޑިއިރު ފަހުން ލިއަމް ނުކުތްއިރު ސިޓިންގްރޫމުގައި ސެހްރާން އުޅެއެވެ. ކުރިމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން އޭނާ ކުރަން އިން މަސައްކަތަށް ލިއަމް ނަޒަރެއް ދިނެވެ.

"ރަނގަޅަށް ނުނިދެނީތަ؟" ގޮނޑީގައި އިނދެ ލިއަމް އަދިވެސް އާފުރޭތީ ސެހްރާން އަހާލިއެވެ. ރައުލްގެ ފަރާތުން ރޭގެ ހާދިސާ އޭނާއަށް ވަނީ އެނގިފައެވެ. އެހެންކަމުން ލިއަމް ރޭގައި ނުނިދާ ހުރީ ކަމުގައި ސެހްރާން އަށް ހީވިއެވެ.

"ނޫން.. ދެންމެ ހޭލީމަ. ... ކީއްތަ ތިކުރަނީ؟" ލިއަމް އަހާލިއެވެ. އޭނާ ވަށައިގެން ހޯދާލީ އިތުރު މީހެއް ފެންނަން ނެތުމުންނެވެ. އެކަން ވިސްނިގެން ސެހްރާން، ރައުލް ވީ ބޭރުގައި ކަން ބުނެދިނެ ވެ. އަދި ރާސިލް ވެސް ދެންމެ އިނދެފައި ކޮޓަރިއަށް ވަނީ ކަމަށްވެސް ބުންޏެވެ.

" މި ވިސްނަނީ މަތީ އެޕަރޓްމެންޓް އޮފީހަކަށް ޗޭންޖް ކުރަން.. ބައްޕަ އެބައޮތް ބައްދަލު ކުރަން ބޭނުންވާކަމަށް މެސެޖް ކޮށްފަ.. މަންމަ ވެސް ނުބުނޭ ބައްޕަ އައި ވާހަކައެއް..".. ވިސްނަން އިނދެފައި ލިއަމް ބުނެލުމުން ސެހްރާން ހަށިގަނޑު ސީދާ ކޮށްލަމުން އޭނާގެ ފުރިހަމަ ސަމާލުކަން ލިއަމް އަށް ހުއްޓާލިއެވެ. ލިއަމް އެބުނަން އުޅެނީ ކީކޭކަން އޭނާއަށް ދޭހަނުވާފަދައެވެ.

" ތިގޮތާ އަފްރާހުބެ ރުހޭނެތަ؟.. މި ބުނީ.. އައި ނޯ އެވްރީތިންގް.. ރައުލް ކިޔައިދީފި.. ލިއަމް ވިސްނާފަތަ ތިގޮތަށް ތި ނިންމީ..؟..".. ސެހްރާން އިނީ ކަންބޮޑުވެފައެވެ. ލިއަމް އިސްތަށިގަނޑުގައި އަތް ހިންގާލީ ރައުލް އެހާ އަވަހަށް އެވާހަކަ ދެއްކީކަން އެނގުމުންނެވެ.

" ވިސްނައިފިން.. ސެހެރް އަށް އުނދަގޫ ނުވަންޏާ ކިހިނެތް ވާނެ މި ކޮޅަށް އަންނަން.. އަދި ފަށަން އުޅޭ ބިޒްނަސް އެއްވީމަ ރިސްކް ބޮޑު.. އެކަމަކު އެކައުންޓްގަ ހުންނާނެ ރަނގަޅު އެއްޗެއް ސޭވް ކުރެވިފަ.. އޭގެން އިންވެސްޓް ކުރެވޭނެ ފުދޭވަރަކަށް ރަނގަޅަށް.. ބައްޕަ ކައިރިން ލޯނެއް ވެސް ނެގިދާނެ.. މިހާރު ބޭނުން ވަނީ އަމިއްލަ ބިޒްނަސްއެއް ފަށަން..".. ލިއަމްގެ ސިކުނޑީގައި ހުރިހާ ކަމެެއްވެސް ވަނީ ރަނގަޅަށް ރާވާ ނިންމާފައެވެ. އޭނާ މިހާރު ބޭނުންވަނީ އެކަމުގައި އަފްރާހު ދެކޭ ގޮތް ބެލުމަށެވެ. ސެހްރާން ބުނި ފަދައިން އޭނާއަށް ހުރިހާ ކަމެއް ވެސް އެނގޭކަން އެނގިހުރެ އަފްރާހު އެ އެޕަރޓްމެންޓް ލިއަމް އަށް ދޭނެ ކަމާއި މެދު ޝައްކެވެ.

ދެ ޒުވާނުންގެ ވާހަކަ މެދުކެނޑުނީ ދޮރު ހުޅުވާފައި އެތެރެއަށް ވަތް ރައުލް ފެނުމުންނެވެ. އޭނާގެ ފަހަތުން އައި ޔަލާއާއި ނޯޔާ އަދި ނަވާރް ފެނުމުން ސެހްރާން ވަގުތުން ލެޕްޓޮޕް ބެހެއްޓުމަށްފަހު ގޮސް ކިރާޒް އުރާލިއެވެ. ނަމަވެސް ލިއަމް އިނީ އުނދަގޫ ވެފައެވެ. އިސްޖަހާލުމަށްފަހު އޭނާ ފޯނާ ކުޅެންފެށި ގޮތުން ނަވާރް ނޯޔާ އަށް ބަލާލަމުން އެ މަންޒަރު ދައްކާލިއެވެ.

" ލިއަމް ދެންމެ ދޯ ތިހޭލީ.. އާދޭ ސައިބޯން.. ވަރަށް މީރު ސޭންޑްވިޗެއް އެބަހުރި.. ".. ނަވާރް އަތުގައި ހުރި ތަށި ދައްކާލަމުން ގޮސް މޭޒުކައިރީގައި ހުއްޓުނެވެ. ވަތްގަނޑު ދަމާލުމަށްފަހު ތަށްޓެއް ނަގައިގެން ގޮނޑިއާއި ކައިރިކޮށްލިއެވެ. އަދި ކޮފީ މެޝިނުން ކޮފީ އެއް ތައްޔާރު ކޮށްލިއެވެ. އޭރު ބިސްގަނޑު އެޅުމުގައި ނޯޔާ އުޅެއެވެ. އިތުރު އެއްޗެކޭ ނުބުނެ ލިއަމް ގޮސް އިށީންނަމުން މޭޒާއި ގޮނޑި ކައިރި ކޮށްލިއެވެ. އޭނާ އަށް އިރު އިރުކޮޅާ ދޮރާއި ދިމާލަށް ނަޒަަރު ހުއްޓާލެވެއެވެ. އިތުރު މީހަކު ވެސް އެތަނުގައި ވުމަށް އޭނާގެ ނުކިޔަމަންތެރި ހިތް އެދެމުން ދިޔައެވެ.

ރައުލްގެ އެދުމުގެ މަތިން ރޭގެ ހާދިސާއާއި ގުޅުވައިގެން އެއްވެސް މީހަކު އެއްޗެކޭ ނުބުނެއެވެ. ނަމަވެސް ލިއަމް ކައިރިން މާފަށް އެދެން ނަވާރް އިނީ ބޭނުންވެފައެވެ. އެ ފުރުސަތު ލިބެންދެން އޭނާ އިނީ ކެތް ކޮށްގެންނެވެ. ލިއަމްގެ ހަރަކާތްތަކުން ވެސް ވަކި ތަފާތުކަމެއް ނުފެނެއެވެ. އެހެންކަމުން ނަވާރް އިނީ ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހިފައެވެ.

*********************

ކޮޓަރިއަށް ވަތް ގޮތަށް ސާޔާ ދޮރު ތަޅުލިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިލުމަށްފަހު އިސްތަށިގަނޑު އެއް ފަރާތް ކޮށްލިއެވެ. ކަރުގައި އިން ލަކުނަށް އޭނާ ބަލަން ހުރީ ވިސްނުމެއްގައެވެ. އެހެން ހުރެފައި ސާޔާ ތިރީ ވަތްގަނޑަށް ދަމާލިއެވެ. އޭގައި އޮތް ދުވަސްވީ އަލްބަމެއް ހިފައިގެން އައިސް އޭނާ އިށީނީ އެނދުގައެވެ. ދެފައި ވަށްކޮށްލުމަށްފަހު ބާލީސް މަތީގައި އަލްބަމް ބާއްވަމުން އޭނާ ހަމަޖެހިލިއެވެ. ފުރަތަމަ ވެސް އިނީ މަންމަ އަޔާނާގެ ފޮޓޯ އެކެވެ. އެ ފޮޓޯ ގެނެެސް މޭގައި ޖައްސާލަމުން ސާޔާ ހިނިތުންވެލިއެވެ. މިވަގުތު ހިތާމައަށް ވުރެ ކުރަން އައި މަސައްކަތް އޭނާ އިސްކުރިއެވެ. އެހެންކަމުން އަލްބަމް ގަޔާއި ދުރުކޮށްލަމުން ސާޔާ އަޔާނާ އަށް ބަލަން ފެށިއެވެ. ވަކި ވަކިން އަޔާނާއާއި އަސަދުގެ ފޮޓޯ ތަކަށް ބަލަމުން ދިޔައިރު އޭނާ އާއި ވައްތަރު އެއްވެސް ސިފައެއް ހުރިތޯ ބެލިއެވެ. އިސްތަށިގަނޑުގެ ކުލައާއި ކަޅީގައި އެ ހުންނަ ފެހި ކުލައަކީ އަޔާނާއާއި އަސަދުގެ ފަރާތުން ވާރުތަ ކުރި ސިފަތަށް ކަމާއި މެދު އެ ހިތުގައި ޝައްކު އުފެދުނެވެ.

އެތަށް އިރަކު ވިސްނަން އިނުމަށްފަހު އޭނާ އެންމެ ފަހުން އެނދުގައި ހުރަހަށްވާ ގޮތަށް އޮށޯވެލިއެވެ. އަތް އެނދުން ބޭރަށް އެލިފައި އޮތް އިރު އަލްބަމްގައި ހިފަހައްޓާލެވިފައި ވެއެވެ.

********************

މެންދުރު ނަމާދަށްފަހު ލިއަމް ކާން ދިޔައީ މަލިކާ މެން ބަޔަށެވެ. އޭރު ނަވާރް އާއި ނޯޔާވެސް މޭޒު ދޮށުގައި ތިތްބެވެ.

" ދަރިފުޅު ކިހިނެތް؟..".. ލިއަމް އައިސް އިށީނުމާއެކު މަލިކާ ލޯބިން އަހާލިއެވެ. ރައުލްގެ ފަރާތުން އިވުނު ހަބަރަށްފަހު އޭނާ ހުރީ ނުހަނު ކަންބޮޑުވެފައެވެ. ނަމަވެސް ލިއަމްގެ ފަރާތުން ފެންނަން ހުރި ހަމަޖެހުމުގެ ކުލަވަރުން އޭނާގެ ނުތަނަވަސްވެފައިވާ ހިތް ކުޑަކޮށް ހަމައަކަށް އެޅުނެވެ.

" ކޮބާ ބައްޕަ؟..".. މަލިކާގެ ސުވާލަަށް ޖަވާބު ދިނުމަށްފަހު ލިއަމްވެސް ކޮށްލީ ސުވާލެކެވެ. އެވަގުތަކީ އަފްރާހު ކާ ކޮޓަރިއަށް ވަތް ވަގުތެވެ. ލިއަމް ފެނުމާއެކު އަފްރާހުގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ލިއަމްގެ ކޮނޑުގައި ޖަހާލުމަށްފަހު އޭނާ އައިސް ގޮނޑީގައި އިށީނެވެ.

" ބައްޕަ ވަރަށް ގިނަ ދުވަސްތަކަކަށް ކުރި ދުއާ އެއް މިއީ.. މި އުފާވެރި އާއިލާ އެކީގަ ބައްދަލުވުން.. މިއަދު ވަރަށް އުފާވެއްޖެ...".. ވަކި ވަކިން އެންމެންގެ މޫނުތަކަށް ބަލާލަމުން އޭނާ ވާހަކަދެއްކި އިރު އެ އަޑުން އުފާވެފައި އިންވަރު ހާމަވެއެވެ. ލިއަމް ވެސް ރައްދުގައި ހިނިތުންވެލިއެވެ. މާގިނަ ވާހަކަ ދެއްކުމެއް ނެތި ކެއުން ނިމުނެވެ. ކެއުމުގެ ވަގުތުގައި ވާހަކަ ދެއްކުމަކީ އަފްރާހު އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫންކަމުން ހުރިހާ ކުދިންވެސް އެ އާދަ ހިފަހައްޓަން އިސްކަންދެއެވެ. ނަމަވެސް ނޯޔާ އާއި ސެހްރާން ތިބޭނަމަ ގިނަ ފަހަރު އެކަން އެގޮތުގައި ނޯވެއެވެ.

ކައި ނިމުމުން ލިއަމް އޭނާގެ ހިޔާލު ހުރިގޮތް އަފްރާހު އާއި ހިއްސާ ކުރިއެވެ. ފަހުން ވިސްނާފައި ޖަވާބެއް ދޭނެ ކަމުގައި ބުނި ނަމަވެސް އޭނާގެ ޖަވާބު އަންނާނީ ބޭނުންވާ ގޮތަށްކަން އެނގޭތީ ލިއަމް ހުރީ ހިތްހަމަޖެހިފައެވެ. އަފްރާހުގެ އެދުމުގެ މަތިން އެދުވަހުގެ ބާކީ އޮތް ބައި ލިއަމް ހޭދަކުރީ އޭނާ އާއެކު އޮފީހުގައެވެ. އަމިއްލަ ވިޔފާރިއެއް ފަށަން ގަސްތު ކުރާއިރު އެނގެން ޖެހޭނެ ކަންކަން ހުންނާނެ ކަމުގައި އަފްރާހު ބުނެދިނެވެ. އަދި އޭނާގެ އޮފީހުން ލިއަމް އަށް ކަމުދާ ދެތިން ސްޓާފުން ނަގަން ވެސް އަފްރާހު އެދުނެވެ. ނަމަވެސް ލިއަމް ބޭނުންވީ އޭނާ އަމިއްލަ އަށް އިންޓަރވިއު އަށް ކުދިން ގެނެސްގެން ހޯދުމަށެވެ. އެހެންކަމުން އަފްރާހު ވެސް އެގޮތާއި އެއްބަސްވިއެވެ.

***********************

ހަވީރު ނޯޔާއާއެކު ފިހާރަތަކަށް ދިޔުމަށްފަހު ސާޔާ އަށް ގެއަށް އާދެވުނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ނޯޔާ މަލިކާ މެން ބަޔަށް ވަނުމުން ސާޔާ ހިނގައިގަތީ ލިފްޓާއި ދިމާލަށެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވަން ގާތްވެފައި ވުމުން ސާޔާ ބޭނުންވީ އޭގެ ކުރިން ކުޑަކޮށް ތާޒާ ވެލުމަށެވެ. ލިފްޓު ތިރިއަށް އައިސް ހުއްޓުމާއެކު އަވަސް އަވަހަށް އޭނާ އެތެރެއަށް ވަންނަން އުޅުނެވެ. ނަމަވެސް ހަރަކާތްތަށް ލަސްވީ ލިފްޓުގައި ހުރި ލިއަމް ފެނުމުންނެވެ. ޓްރެކްޝޫޓަކާއި ޓީޝާޓެއްގައި ހުރުމުން ދުވަން ދާން ތައްޔާރުވެގެން ހުރިކަން އެނގެއެވެ.

މުޅި ދުވަހު ސާޔާ ނުފެނި ހުރެފައި ފެނުމުން ލިއަމްގެ ހިތް ވެސް އަވަސްވިއެވެ. ކިތަންމެ ވަރަކަށް ހިތަށް ވިސްނައިދޭން މަސައްކަތް ކުރިޔަސް އެ ސޫރަ ފެންނަން ހިތް އެދެއެވެ. ނަމަވެސް ކުއްލިއަކަށް ލިއަމް ހަށިގަނޑު ސީދާ ކޮށްލިއެވެ. ސިކުނޑި ހިސާރު ކުރަން އުޅުނު ހިޔާލުތައް އެއްފަަރާތް ކޮށްލިއެވެ.

ސާޔާ މަޑުކޮށްގެން ހުރީ ލިއަމް ފައިބަންދެނެވެ. ނަމަވެސް ލިއަމް ހުރި ގޮތަށް ހުރިއެވެ. ހަރަކާތެއް ވެސް ކޮށްލުމެއްނެތި ހުރި ގޮތުން ސާޔާ އަށް ކަޅި މައްޗަށް ހިންގާލެވުނެވެ. އިތުރު ވިސްނުމަކަށް ނުގޮސް އޭނާ ލިފްޓުގެ ފިތަށް އޮބާލިއެވެ.

"ވަޓް ދަ.... އަހަރެން ފެންނަކަމަށް ވެސް ނުވީތަ؟" ލިއަމް އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. ދުވަން ދިޔުމުގެ ހިޔާލު ވެސް އެއްކޮށް ބަދަލުވިއެވެ. ލިފްޓު ގޮސް ހުއްޓުމާއެކު ސާޔާ ފޭބިއެވެ. އޭނާގެ ފަހަތުން ލިއަމް ވެސް ފޭބިއެވެ. ނަމަވެސް ދެން ވެސް ސާޔާ އަޅާ ނުލައި ހުރީއެވެ. ދަބަސް ހުޅުވާލުމަށްފަހު ނެގި ތަޅުދަނޑިން އޭނާ ދޮރު ހުޅުވާލިއެވެ. އަދި އެތެރެއަށް ވަދެ ސިޓިންގްރޫމުގެ ލައިޓްތައް ޖައްސާލިއެވެ. ގޭތެރެއަށް ވެރިވެފައި އޮތް ހިމޭންކަމުން ނަވާރް ނޫޅެނީކަން އެނގުމުން ސާޔާއަށް ތުން ފިއްތާލެވުނެވެ. އޭނާ އެޕަރޓްމެންޓަށް އައީ ނަވާރް އުޅޭ ކަމަށް ހީކޮށެވެ. ނަމަވެސް ކަންތައް މިވީ މާ ދެރަކޮށެވެ. ފަހަތުގައި ހުރި ލިއަމް ކަރުކެހިލި އަޑަށް ސާޔާ ކުޑަކޮށް ސިހުނެވެ. ނަމަވެސް ނުހަނު އަވަހަށް ނަފްސު ހަަމައަކަށް އަޅުވާލުމަށްފަހު އޭނާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އަވަހަށް ވަންނަން އުޅުނެވެ. ލިއަމްގެ ކިބައިން ސަލާމަތް ވާން ސާޔާ ހުރީ ބޭނުން ވެފައެވެ.

ނަމަވެސް ލިއަމް އެއަށްވުރެ ހުޝިޔާރެވެ. ދޮރު ލެއްޕުމުގެ ކުރިން އެ ދޭތެރެއަށް ލިއަމް އަތް ކޮށްޕާލަމުން ދޮރުގައި ހިފެހެއްޓިއެވެ. އެވަރުން ވެސް ސާޔާ ގޮތްދޫކުރަން ބޭނުން ނުވިއެވެ. ގައިގަ ހުރި ބާރެއް ލާފައި ދޮރު ލެއްޕޭތޯ އޭނާ މަސައްކަތް ކުރިއެވެ.

" އޯހް.. ޕުއަރ ރެޕަންޒެލް.. ކީކޭތަ ކިޔަނީ ؟.. އަމްމްމް... ޔެސް.. ބުނެ އުޅެއެންނު.. ތިމާ ފޭހުނު އިލޮށި ހެރޭނީ ތިމާގެ ލޮލަށޭ؟.. ހަނދާންވޭތަ؟...".. ލިއަމް އަހާލީ ލާނެތް ހިނިތުންވުމަކާއެކުގައެވެ. އަތަށް ކުޑަ ބާރެއް ލުމަށްފަހު ލިއަމް ދޮރު ބޮޑަށް ހުޅުވާލުމަށްފަހު ވަނެވެ. ސާޔާ ވަގުތުން ދުރަށް ޖެހިލިއެވެ. އޭނާ ހުރި ގޮތުން  ނުހަނު ޖެހިލުންވެފައި ހުރިކަން އެނގެއެވެ.

ލިއަމްގެ ސިކުނޑިއަށް ވެރިވި ލާނެތް ހިޔާލާއެކު އޭނާއަށް އަށް އެތެރެއިން ހީލެވުނެވެ. އޭނާ ނުފެންނަ ކަމަށް ހަދާލުމުން ސާޔާއަށް އެކަމުގެ އަދަބުގެ ދޭން ޖެހޭނެ ކަމުގައި އެ ހިތް ބުނެލިއެވެ. ސާޔާގެ ބޮލުން ފެށިގެން އޭނާގެ ހަށިގަނޑަށް ނަޒަރަށް ދެމުން ކުއްލިއަކަށް ލިއަމް ލައިގެން ހުރި ޓީޝާޓް ބޭލިއެވެ. އެއާއެކު ދެލޯ ބޮޑު ކޮށްލެވުމާއެކު ސާޔާއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނެވެ.

= ނުނިމޭ =

 

  1. ވަރަށްރީތި