ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ދި ޓިޕިކަލް ފާދަރ އެންޑް ސަންސް ފައިޓް.. "... ބީކާލް އާއި ރައުލްގެ ސަމާލުކަން އަތުލީ ދޮރުމައްޗަށް އެރި ޒުވާނާއެވެ. އެއާއެކު ބީކާލް ރައުލްގެ ކަރުން އަތް ދޫކޮށްލުމަށްފަހު ހިނގަނޑެއް ޖަހާލިއެވެ. ރައުލް ވެސް ހީ ގަންނަމުން ބީކާލްގެ ބުރަކަށީގައި ޖަހާލިއެވެ. ދެންމެ އެ ދެމެދުގައި ހިނގި ކުޑަ ހަމަނުޖެހުމުގެ ނިޝާނެއް އެ މޫނުތަކުން މިހާރު ފެންނާކަށް ނެތެވެ.

Ads by STELCO

" ރާސިލް... ވެލްކަމް ބެކް ސަން.. ".... ބީކާލް ފުޅާ ހިނިތުންވުމަކާއެކު ގޮސް ދޮރުމަތީގައި ހުރި ދޮށީ ދަރިފުޅު ރާސިލްގެ ކުރި މަތީގައި ހުއްޓިލިއެވެ.

****************************

ބީކާލްގެ އަތް ދަށުން ހަލުވި ކަމާއެކު ދެމިގަންނަމުން ގޮސް ރާސިލް އިށީނީ ސިޓިންގްރޫމްގައި ހުރި ސޯފާތަކުން ސޯފާއެއްގައެވެ.

" ކިހިނެތް ދަތުރު؟... "... ރައުލް އަހާލީ ލާނެތް ފާޑަކަށް ހީގަންނަމުންނެވެ. އެއާއެކު ރާސިލް ސޯފާގައި އޮތް ކުޝަން ނަގާ ރައުލްއާއި ދިމާލަށް ހޫރާލިއެވެ.

ނަމަވެސް ރައުލް ހުށިޔާރު ކަމާއެކު ކުޝަން ހިފަހައްޓަމުން އަނބުރާ އޭތި ރާސިލް އާއި ދިމާލަށް ހޫރާލީ ހަމަ އެ ބާރު މިނުގައެވެ.

" ދަތުރު ރަނގަޅެއް ނޫން.. ކާފަ ބޭނުންވަނީ އަހަރެން އެމީހުންގެ ނަސްލުގެ މީހަކާއި ގުޅެން.. ހީވާ ގޮތުން ބައްޕަގެ ނިންމުން ކާފަ އަދިވެސް ބަލައި ނުގަނޭ.. "... ރާސިލްގެ ނަޒަރު ހުއްޓުނީ ބީކާލް އަށެވެ. އޭނާގެ މޫނުން ފެނުނީ މާޔޫސް ކަމެވެ.

" ބައްޕަގެ ނިންމުން އެއީ ރަނގަޅު ނިންމުމެއް.. ލޯބި ވެވުނީމަ ދަރިފުޅަށް ވެސް އެނގޭނެ... "..... ބީކާލް ބުނެލީ ފަނޑު ހިނިތުންވުމަކާ އެކީގައެވެ. ނަމަވެސް ރާސިލްގެ މޫނުގެ ކުލަ ވަގުތުން އޮއްސުނެވެ. ރައުލް އާއި އަވަސް ނަޒަރެއް ބަދަލުކޮށްލަމުން އޭނާ އިސްޖަހާލިއެވެ.

" ކޮބާ މަންމަ؟..."... ރައުލް ދެ ފަރާތް ހޯދާލަމުން އަހާލިއެވެ. އޭގެ ޖަވާބުގައި މަންމަ އަބަދުވެސް އުޅޭ ތަނުގައި އުޅޭނެއޭ ބީކާލް ބުނެލީ ހެވިފައެވެ.

ރާސިލް ސޯފާއިން ތެދުވުމުން އޭނާގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރެ ރައުލް އާއި ދެމީހުން ހިނގައިގަތީ ލިފްޓާއި ދިމާލަށެވެ.

މަންމަ މެލެކް ވާނީ ޓެރެސްގައި ކަން އެކުދިންނަށް އެނގެއެވެ.

ލިފްޓުން ފައިބައިގެން ގޮސް ޓެރެސްއަށް ނިކުމެވުމާއެކު ރައުލް ދެ އަތް ފުޅާ ކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެތަނަށް ޖެހެމުން ދިޔަ ފިނި ވައިރޯޅިން އޭނާގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ.

" ހާއި މޯމް... "... ރައުލް އާއި ޚިލާފަށް ރާސިލް ގޮސް ހުއްޓުލީ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި މެލެކް ކައިރީގައެވެ. މެލެކް އެނބުރި ބަލާލަމުން ރާސިލް ގައިގައި ފިރުމާލަމުން ރައުލް ވެސް ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ.

" މަންމަ ނުވިސްނަންތަ އެނބުރި މާލެ ދާން؟... "... ރާސިލް ޖެހިލުންވެފައި ހުރެ ވެސް އަހާލީ އެ ސުވާލުގެ ޖަވާބު އޭނާ ބޭނުންވެފައި ހުރި ވަރުންނެވެ.

" މި މާހައުލު މާ ފަސޭހަ.. ދަރިފުޅަށް އޯކޭ އެންނު މަންމަ ކޮންމެ ތަނެއްގަ ހުއްޓަސް.. ބޭނުން ވަގުތަކު އާދެވޭނެ އެންނު..."...... މެލެކް ދިނީ ރާސިލް ބޭނުންވި ޖަވާބެއް ނޫނެވެ. ހީވާ ގޮތުން އެ ވާހަކަ ދައްކަން މެލެކް ބޭނުން ނުވީއެވެ.

ރާސިލް މަޑުމަޑުން މެލެކްގެ އަތުގައި ހިފާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަލާރާގެ ހަނދާންތަކުން އަރައިގަންނަން މެލެކް އަށް އުނދަގޫ ވާނެކަން ރާސިލް ޤަބޫލު ކުރެއެވެ. ޚުދު އޭނާ އަށް ވެސް ހުރި ހަމައެކަނި އަންހެން ކޮއްކޮ ވަކިވެދިޔުމުގެ ފަޅުކަން އިންތިހާއަށް އިހްސާސް ވެއެވެ.

ފަހަތުގައި މެލެކްއާއި ރާސިލްގެ ވާހަކަތައް އަޑުއަހަން ހުރި ރައުލްގެ މޫނުން ވެސް ހިނދުކޮޅަކަށް ހިތާމައިގެ އަސަރު ފާޅުވިއެވެ. އޭނާއަށް އަލާރާގެ ހަނދާންތަކުން އުނދަގޫ ވީއެވެ. ތުއްތު އިރުއްސުރެ އެކުގައި އުޅެ ބޮޑުވުމުން އެ ހިތުގައި އަލާރާ އަށް ދެވިފައިވަނީ މަތިވެރި މަޤާމަކާއި ފުން ލޯތްބެކެވެ. އަލާރާގެ ވަކިވުން އެއީ ރައުލް އަށް ވެސް ނުހަނު އަސަރު ކުރުވި ކަމެކެވެ.

" ރައުލް... ކިހިނެތް ވެފަ؟....."... ރައުލް ސިހިފައި ބަލާލީ މެލެކް އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލުމުންނެވެ. ފެންކަޅި ވެފައި ދެލޯ ފޮރުވާލުމުގެ ގޮތުން ރައުލް އަވަސް އަވަހަށް އެސްފިޔަ ޖަހާލިއެވެ. އަދި އެއަށްފަހު މެލެކްގެ ގައިގައި ބައްދާލިއެވެ.

އެވަގުތު މެލެކް އަވަހަށް މާލެއަށް ނުދާނެ ގޮތެއް ވޭތޯ ރައުލްއަށް ހިތާއި ހިތުން ދުޢާ ކޮށްލެވުނެވެ. އޭނާގެ ސިކުނޑީގައި ރޭވިފައިވާ ޕްލޭނާއި އެއްގޮތަށް ހުރިހާ ކަމެއް ނިމެންދެން މެލެކް ރާއްޖެއާއި ވީހާ ވެސް ދުރުގައި ބަހައްޓަން ރައުލް ބޭނުންވެއެވެ.

*****

އުނދަގޫ ގޮތަކަށް ސާޔާ ދެލޯ ހުޅުވާލީ އިރުގެ ދޯދިތައް އޭނާގެ މޫނަށް އެޅެން ފެށުމުންނެވެ. ތެދުވާ ހިތް ނުވެފައި އޮތީ ކުރާނެ ވަކި ކަމެއް ނެތުމުންނެވެ. ކިތަންމެ ގިނަ އިރެއް ވަންދެން އޮތަސް އޭނާއަށް ގޮވަން އަންނާނެ މީހަކު ނުހުންނާނެއޭ ހިތަށް އެރުމުން ސާޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަސަދުގެ ފަރާތުން ލިބޭނޭ އަޅާލުމެއް ވެސް ނޯންނާނެއެވެ.

ސައިޑް ޓޭބަލް މަތީގައި ބަހައްޓާފައި ހުރި ގަޑިއަށް ސާޔާ ނަޒަރު ހުއްޓާލިއެވެ. ގަޑިން ދިހަ ގަޑި ބައި ވާން ކައިރިވެފައި ހުރިތަން ފެނުމުން އޭނާ ބަލާލީ ކޮޓަރީގެ މެދަށް ވާގޮތަށް ހުރި މޭޒަށެވެ. ހީކުރި ގޮތަށް މޭޒުމަތީގައި ހެނދުނުގެ ސައި ހުއްޓެވެ. އަނގަޔަށް ގޮތެއް ހަދާލަމުން ސާޔާ އެނދުން ފައިބައިގެން ގޮސް ފާހާނާއަށް ވަނީ ހަރުގަނޑުން ތުވާއްޔެއް ނަގައިގެންނެވެ.

އެއީ އަބަދުވެސް އާދައެވެ. އަޔާނާ ހުރި އިރުވެސް އެގޮތަށް އަމަލު ކުރުމަށް އަސަދު އޮންނަނީ އަމުރު ކޮށްފައެވެ. ގޭގައި ކަންކަން ކޮށްދީ އޭނާގެ ހިތް އުފާ ކޮށްދިނުމަށް ގެއަށް އަންހެނުން ގެނައުމަކީ އަސަދުގެ އާދައެކެވެ.

ފެންވަރައިގެން ނުކުމެ ސާޔާ ނަމާދު ކޮށްލިއެވެ. އަދި އެއަށްފަހު ސޯފާގައި އިށީނދެ މޭޒު ކައިރިކޮށްލަމުން ސައިބޯން ފެށިއެވެ.

ކުއްލިއަކަށް އަނގަޔަށް ލާން އުޅުނު ރޮށިކޮޅު އޭނާ ދުރުކޮށްލިއެވެ. މަޑު މަޑުން އަތް ތިރި ކޮށްލިއިރު ސާޔާ އަށް ވިސްނެމުން ދިޔައީ ރޭގައި އަސަދު ކޮޓަރިއަށް މީހަކު ނުވެއްދީ ކީއްވެތޯއެވެ. ސިކުނޑިއަށް ބާރު ލައިގެން ވެސް ސާޔާއަސް ރޭގެ ހަނދާނެއް ނުވިއެވެ. ކޮންމެ ގޮތެއްވިޔަސް އެހެން ދުވަސް ދުވަހަށްވުރެ އޭނާއަށް ތާޒާކަން މިއަދު އިހްސާސް ކުރެވެއެވެ. ކުރިން ހޭލާ އިރު ހަށިގަނޑުގައި ހުންނަ ރިހުމެއް މިއަދު ނެތެވެ. ވަރުބަލިކަން އިހްސާސް ނުކުރެވެއެވެ.

ސޯފާއަށް ހަށިގަނޑު ދޫކޮށްލަމުން ސާޔާ ލޯ މަރާލީ ވިސްނާ ވިސްނާ ވަރުބަލި ވުމުންނެވެ. އެހެން އޮވެފައި އޭނާ ދެލޯ ހުޅުވާލީ ރޭގައި އަސަދު ދިން ރަތް ކުލައިގެ ހެދުން އޮތްތޯ ބެލުމަށެވެ. ނަމަވެސް އޭގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ.

އެންމެ ފަހުން އޭނާ ނިންމީ އެއީ ނުވާ ކަމެއް ކަމުގައެވެ. ރޭގައި މާ ގަދަޔަށް ނިދުނީ ކަމުގައި ނިންމާ އެނބުރި ކެއުމާއި ސާޔާ މަޝްއޫލުވިއެވެ. އޭރު އެ މޫނުގައި ވީ ލުއި ހިނިތުންވުމެކެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަ ވެސް އަސަދުގެ ފަރާތުން ތަފާތު ކަމެއް ފާހަނގަ ވުމުން އެ ޅަ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލުނެވެ.

*****

އިރުއެރީ ނަވާރް އަށްވެސް އުފާވެރި ދުވަހަކަށެވެ. ގިނަ ދުވަސްތަކަކަށްފަހު މާލެ އާދެވުމުން އޭނާ ކުރަން ބޭނުންވާ ބައިވަރު ކަންކަން އެބަހުއްޓެވެ. އޭގެ އިތުރުން ވެސް ލޫކަސް އާއި އެކީ އެއް ގެއެއްގައި އުޅެން ފުރުސަތު ލިބުމުން ނަވާރް ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް ފަހަރެއްގައި ވެސް އެއީ ޔަލާގެ ފިރިމީހާކަން އޭނާ ހަނދާން ނައްތާނުލާނެއެވެ.

މިއަދު ފެންވަރައިގެން ރީތިވާން ނަވާރްއަށް ތަންކޮޅެއް ގިނައިރު ނެގިއެވެ. އިސްތަށިގަނޑު ތަފާތު ސްޓައިލްތަކަށް ހަދަމުން ދިޔައިރު ހީވަނީ ޚާއްސަ ހަފްލާއަކަށް ދާން ތައްޔާރު ވަނީ ހެންނެވެ. އަލަމާރީގައި ހުރި ހެދުންތަކުގައި އިރު އިރުކޮޅާ އަތް ލަމުން ދިޔަ އިރު ޖަހާފައިވާ ލަވައާއި އެއް ވަރަށް ނަވާރް ހޫމް އަޅުވަމުން ދިޔައެވެ.

" ވަޓް އިޒް ވްރޯންގް ވިތް މީ ސީރިއަސްލީ....".... އިސްތަށިގަނޑުގައި ހިފާ ދެފަރާތުން ވާން ކޮށްލަމުން ނަވާރް އެދުމައްޗަށް ވެއްޓިގަތެވެ. ނޭނގި ނަމަވެސް މި ހުރިހާ އިރު ރީތިވާން މަސައްކަތް ކުރީ ލޫކަސް އަށް ފެންނާނެތީ ކަން ވިސްނުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

އެންމެ ފަހުން އަތް ދިގު މަޑު ފިޔާތޮށި ކުލައިގެ ކުރުތާއަކާއި ނޫ ކުލައިގެ ޖިންސެއް ލައިގެން ނަވާރް އިސްތަށިގަނޑުގައި ފުނާ އަޅާލިއެވެ. ކޮޓަރިން ނިކުމެގެން ދަމުން ޖެހިގެން ހުރި ކޮޓަރީގައި ނިދާފައި އޮތް ނޯޔާއަށް އޭނާ ގޮވާލިއެވެ. ނަމަވެސް ނޯޔާ އަށް އެ އަޑު އިވުނު ކަމަކަށް ނުވިއެވެ.

ލޫކަސްގެ ޚިޔާލު ސިކުނޑިން ބޭރުކޮށްލަމުން ނަވާރް އަވަސް އަވަހަށް ގެއިން ނުކުމެ ހިނގައިގަތެވެ. އޭނާގެ މަންޒިލަކަށްވީ ޕާރލްސް ހޮސްޕިޓަލެވެ.

*****

ނަވާރް ގޮސް ލޮލުކޮޅަށް އޮބާ ލުމުން ބެލްކަނީގައި ހުރި ލޫކަސް ކައިރީގައި ހުސްކޮށްފައި ހުރި ކޮފީ މަގުގައި ދެފަރާތުން ހިފާލިއެވެ.

އެތެރެއަށް ވަތް އިރު ސިޓިންގްރޫމްގައި ކިރާޒް އާއެކީ ކުޅެން އިން ރާސިލް ފެނުމުން ލޫކަސްގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. އެ އެޕާރޓްމެންޓުން ރާސިލް ފެނުމަކީ އާންމު ކަމެކެވެ. ގިނަ ވަގުތު ކިރާޒް އާއެކީ އުޅެނީ ވެސް ރާސިލް އެވެ. އެކަމުގައި ލޫކަސްގެ މައްސަލައެއް ވެސް ނެތެވެ. ލޫކަސް އަށްވުރެ ކިރާޒް އަށް އޮތް ހައްޤު ބޮޑީ ރާސިލްގެ އެވެ.

" ލޫކް... ކިހިނެތް؟....".... ފަހަތުން ލޫކަސްގެ ހިލަން ވުމުން ފަސްއެނބުރި ރާސިލް ބަލާލިއެވެ.

" އެކަހަލަ ގޮތެއް.. އަހަރެން ހިއެއް ނުކުރަން ނަވާ އެހާ އަވަހަށް އަންނާނެއޭ... ދެން އުޅެން ޖެހޭނީ ވަރަށް ބަލައިގެން.. ނަވާ އަށް ކުޑަ ވެސް ޝައްކެއް ވިޔަ ދީގެން ނުވާނެ.. އެކަން ކުރެވޭނީ ރާސިލްއަށް.. އައި ހޯޕް ޔޫ ވުޑުންޓް ޑިސެޕޮއިންޓް މީ..."..... ލޫކަސްގެ ބެލުމުގައި ވަނީ ފިނިކަމެވެ. އެކަން ރާސިލްއަށް ވެސް ފާހަނގަ ކުރެވުނެވެ.

" ލޫކް.. އަހަންނަށް ލޫކް ތިކޮށްދޭ ހެޔޮ ކަމުގެ އަގު އަދާ ކޮށްނުދެވޭނެ.. ލޫކް މިކަން ކޮށްދިނުން އަހަރެން މަޖުބޫރެއް ނުކުރަން... އަދި ކުޑަ ދުވަސްކޮޅެއް ދީ.. އަހަރެން ޔަލާ އާއި ވާހަކަ ދައްކާނަން... "........ ރާސިލް ތެދުވެގެން އައިސް ލޫކަސް ގާތުގައި ހުއްޓިލިއެވެ. އިތުރު އެއްޗެކޭ ނުބުނެ ގޮސް ލޫކަސް ވަނީ ކޮޓަރިއަށެވެ. އޭގެން ނަގަން ވީ މާނައެއް ނޭނގިފައި ހުރެ ރާސިލް އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

*****

ކޮޓަރީގައި އޮވެ އޮވެ ފޫހި ވުމުން ސާޔާ ބޭރަށް ނިކުންނަން ގަސްތުކުރިއެވެ. ނަމަވެސް އެއީ އޭނާއަށް އަދި މާ އުނދަގޫ ކަމެކެވެ. މީހުންނާއި ކުރިމަތިލާން ސާޔާ ޖެހިލުންވެއެވެ. މީހުން އޭނާ އާއި މެދު ދެކޭނެ ގޮތް ހިތަށް އެރުމުން ދެރަވެއެވެ.

އެ އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން ސާޔާ ވެސް އުފާވެރި ރީތި ދިރިއުޅުމެއް ބޭނުމެވެ. ކިޔަވައިގެން ރަށަށް ހިދުމަތް ކޮށްދޭން ބޭނުންވެއެވެ. އައިރާ ސިފަކޮށްދޭ ފަދަ ލޯބިވެރިޔެއް ބޭނުމެވެ. ނަމަވެސް ދުވަހަކުވެސް އޭގެ ނަސީބެއް އޭނާއަށް ލިބޭނެ ހެއްޔެވެ؟

އަސަދުގެ ނުފޫޒުން ސާޔާ އަށް ގެއިން ބޭރަށް ދާއިރު ރީތިވުން އޮންނަނީ މަނާ ކޮށްފައެވެ. އެކުވެރިން ގެއަށް ގެނައުން މަނަލެވެ. މަދު ފަހަރެއްގައި ބޭރަށް ދާން ހުއްދަ ދިން ކަމުގައި ވިޔަސް އެއީ ކުޑަ ވަގުތުކޮޅަކަށެވެ.

ސިޑީގެ ހަރުފަތްތަށް ގިރާ ކުރަމުން އައިސް ސާޔާ ސިޓިންގްރޫމުގައި މަޑުކޮށްލިއެވެ. އޭރު ސޯފާގައި އަސަދު ޓީވީން އަންނަ ސިޔާސީ ޕްރޮގްރާމެއް ބަލަން އޮތެވެ. ސާޔާ އެތަނުގައި ހުރިކަން އޭނާއަށް ނޭނގޭ ކަހަލައެވެ. އާދައިގެ މަތިން އޭނާގެ އަތުގައި ރޯކޮށްފައި އޮތް ސިނގިރޭޓެއް އޮތެވެ.

އަސަދުއަށް ގޮވަން އުޅެފައިވެސް ސާޔާ ދެއަތް މުއްކަވާލިއެވެ. އަދި ތަންކޮޅެއް ބާރަށް އޭނާ ބޭރަށް ދަނީ ކަމުގައި ބުނެލިއެވެ.

" މާ ލަސް ނުވެ އަންނާތި... މޭޒު މަތީގަ ތި އޮތީ ސާޔާގެ ފޯނު.. މީގެ ފަހުން ފޯނު ބޭނުން ކުރާތި.. އަހަރެން ގުޅީމަ ފޯނު ނަގާތި...."...... ސާޔާއަށް ބެލުމެއް ނެތި އަސަދު އަވަސް އަވަހަށް އޭނާ ބުނަން ބޭނުންވި ވާހަކަތައް ބުނެލިއެވެ.

ހުރި ތަނުގައި ސާޔާއަށް ހުރެވުނީ އެއީ ހަމަ އަސަދު ބާއޭ ހިތަށް އެރުމުންނެވެ. އޭނާ އަށް ނޭނގި ކަމެއް ވީ ބާއޭ ސާޔާގެ ހިތަށް އެރިއެވެ. އަސަދުގެ ފަރާތުން ފެންނަމުންދާ ތަފާތު ކަމުގެ ސަބަބުން އޭނާ ހުރީ އަޖައިބުވެފައެވެ. އަސަދު ބުނި ގޮތަށް މޭޒު މަތީގައި ފޯނެއް އޮތެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް ސާޔާ ފޯނު ނެގިއެވެ. ފަހުގެ ފޯނެކެވެ. ސާޔާގެ މޫނަށް ވެރިވި ހިނިތުންވުން ފެނިފައި އަސަދު މޫނު އަނބުރާލިއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ އަވަސް ފިޔަވަޅު ތަކެއްގައި ގެއިން ނުކުމެ ސާޔާ ހިނގައިގަތީ އައިރާ އާއި ބައްދަލުކުރުމަށެވެ.

*****

ލިއަމް ބާއްވާފައި އޮތް ކޮޓަރީގެ ދޮރު ހުޅުވާލަމުން ނަވާރް އެތެރެއަށް ބޯ ދިއްކޮއްލިއެވެ. ސޯފަގައި ނިދާފައި އޮތް މަލިކާ ފެނުމުން އޭނާ ގޮސް ހުއްޓިލީ މަލިކާ ކައިރީގައެވެ. އަދި މަޑުމަޑުން ގޮވާލިއެވެ.

" މަންމަ ދޭ ގެއަށް އަރާމު ކޮށްލަން.. އަޅުގަނޑު ލިއަމް ކައިރީގައި މަޑުކުރަން މިއައީ...."..... ފަނޑު ހިނިތުންވުމަކާއި އެކު ނަވާރް ބުނެލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވީ ހިތްދަތިކަން މަލިކާ އަށް ސިއްރު ނުވިއެވެ.

" ލިއަމް އެނބުރި ވަރަށް އަވަހަށް އަންނާނެ...."... ނަވާރް އަށް ހިތްވަރު ދިނުމުގެ ގޮތުން މަލިކާ ބުނެލިއެވެ. ނަމަވެސް ނަވާރްގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ޚުދު އޭނާގެ ހިތުގައި ވެސް ވެއެވެ. ޑޮކްޓަރުން ބުނި ގޮތަށް ލިއަމްގެ ހަނދާނުން އެއްވެސް ކަމެއް ފޮހެވިގެން ނުދާނަމަ އެކަމާއި ކުރިމަތިލާނެ ގޮތަށް މަލިކާއަށް ނުވިސްނުނެވެ. ލިއަމްއަށް ހަޤީޤަތާއި ކުރިމަތިލެވޭނެ ކަމާއި މެދު އޭނާއަށް ޝައްކެވެ.

" ބަޓް ވަޓް އެބައުޓް އަލާރާ.. ކީކޭ ލިއަމް ކައިރީގަ ބުނާނީ...."... ނޭހާ މަޑުމަޑުން އަހާލީ މަލިކާގެ ހިތުގައި ވެސް އުފެދިފައިވާ ސުވާލެވެ.

" ލިއަމްގެ ފުރާނަ އެއީ މަންމާ... ލިއަމް އަށް ނޭނގޭނެ އަލާރާ އާއި ނުލާ އުޅެން... އަލާރާ މަރުވެއްޖެކަން އެނގޭ އިރު ލިއަމް އަށް ކިހިނެތް ވާނީ... ހައު ވިލް ހީ ސަރވައިވް.. ލިއަމް ދުވަހަކުވެސް އަޅުގަނޑަށް މާފެއް ނުކުރާނެ "...... މަލިކާ އެއްޗެކޭ ނުބުނުމުން ނަވާރް އަނެއްކާ ވެސް ބުނެލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ މަލިކާގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެވެ. އެ މަންޒަރު ފެނުމުން ނަވާރްގެ ހިތަށް ނުހަނު އަސަރުކުރިއެވެ. ދަރިފުޅާއި މެދު އެ މައިމީހާ ގޮތް ހުސްވެފައިވާ މިންވަރު މަލިކާގެ ލޮލުން ނަވާރްއަށް ސާފުކޮށް ފެނުނެވެ.

" މެލެކް އަންނާނެ ނަމަ.... ".... މަލިކާ އަށް ބުނެވުނު ހާވެސް އެއްޗަކީ އެއީ އެވެ. އެފަދަ ކޮންމެ ވަގުތެއްގައި ވެސް މެލެކް ކައިރީގައި ހުރި ނަމައޭ މަލިކާގެ ހިތަށް އަރައެވެ. އަލާރާގެ ވަކިވުމާއެކު މެލެކް ވެސް ދިޔައީ އެވެ.

މެލެކްގެ ވާހަކަ ދެއްކުމުން ނަވާރް އިސްޖަހާލިއެވެ. ހުރިހާ ވެސް މައްސަލައަކީ އޭނާ ކަމުގައި ހީކުރެވުނެވެ. އެވަގުތު ނަވާރްގެ ހަނދާނަށް އައީ ރައުލްއެވެ. އެފަދަ ވަގުތު ތަކުގައި އޭނާ އަށް ހިތްވަރު ދޭން ރައުލް އަބަދުވެސް ހުރެއެވެ. ނަމަވެސް މިހާރު ރައުލް ވެސް ދުރުވެއްޖެއޭ އޭނާގެ ހިތަށް އެރިއެވެ.. ރޭގައި ފޮނުވި މެސެޖަށް ރައުލް ރިޕްލައި ނުކުރުމުން ނަވާރް ހުރީ ރައުލް އާއި މެދު ހިތްހަމަ ނުޖެހިފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރައުލް ފެނިފައި އަނެއްކާ ގެއްލުނީ ބާއޭ ހިތަށް އެރުމުން ނަވާރް މާޔޫސް ވިއެވެ.

*****

ހުދު ދޮންވެލި ގަނޑުގައި އިށީނދެގެން ސާޔާ އާއި އައިރާ ތިބިއިރު ކައިރީގައި ދެތިން ވައްތަރުގެ ލުއި ކާނާ ޕެކެޓްތައް ހުއްޓެވެ. ދެކުދިން އެކި އެކި ވާހަކަތަށް ދައްކަމުން ދިޔަ އިރު ސާޔާގެ މޫނުމަތިން ހިތްހަމަ ޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ.

" މިއޮތީ ހުރިހާ އެއްޗެއް އިންސްޓޯލް ކޮށްފަ.. ފޭސްބުކް އައިޑީ އެއް ވެސް ހުޅުވާފަ އިންނާނެ.. އެކަމަކު ފޮޓޯ އެއް ނުލަން...".... ސާޔާގެ ފޯނަށް އައިރާ ބޭނުންވި ހުރިހާ އެއްޗެއް އިންސްޓޯލް ނިމުމުން އެ އެއްޗެހި ބޭނުން ކުރަންވީ ގޮތް ކިޔައިދޭން ފެށިއެވެ. އެއީ ސާޔާ އަށް އާ ކަމެއް ކަމުން އޭނާ އިނީ ނުހަނު ޝައުޤު ވެރި ވެފައެވެ.

އައިރާ ބެލީ ވިހާ ވެސް ބޮޑަށް ސާޔާ ހިތްހަމަ ޖައްސައި ދެވޭތޯއެވެ. މި ހުރިހާ އިރު އަޔާނާގެ ވާހަކަ ދެއްކުމަށްފަހު ސާޔާ ރުއިމުން އަދިވެސް އެ މޫނުން ކޮންމެވެސް ވަރަކަށް ރަތްކަން ފާޅުވާން ހުއްޓެވެ. އެހެން ނަމަވެސް އެއީ ހިތްވަރުގަދަ ކަމުގެ ނަމޫނާ އެކެވެ.

" ޔޫ ނޯ ވަޓް.. ހީ ޑިޑިންޓް ލެޓް އިޓް ހެޕެން ލާސްޓް ނައިޓް..."...... ހިމޭނުން އިނދެފައި ސާޔާ ބުނެލިއެވެ. އޭނާ ހީކުރި ގޮތަށް އައިރާގެ މޫނުން ފާޅުވީ ހައިރާންކަމެވެ.

" އަސްލުތަ؟؟ އެކަމަކު ކީއްވެ؟؟ އަސަދު އެއްޗެކޭ ބުނިތަ؟؟..."..... އައިރާ ކައިރިއަށް ޖެހިލަމުން އެއްފަހަރާ ސުވާލުތައް އޮއްސާލިއެވެ.

" ނޫން.. މިއަދު އެއީ މުޅިން އެހެން މީހެއް ހެން ހީވަނީ... ރޭގެ އެއްވެސް ކަމެއް އަހަރެން ހަނދާނުގަ ނެތް.. އެކަމަކު އެކަހަލަ ކަމެއް ނުވާކަން ޔަޤީން... ނޭނގެ ވާން ވީ އުފާކަމެއް....."..... ސާޔާ ހީލަމުން ބުނެލިއެވެ.

" އުފާ ވާންވީ... ކޮންމެ ވެސް ކަމެއް ވީމަ އަސަދުގެ އަމަލުތައް އެގޮތަށް ހުންނާނީ... ޔޫ ހޭވް ޓު ފައިންޑް އިޓް އައުޓް..."..... އައިރާގެ ވިސްނުން ސާޔާއާއި ތަފާތެވެ.

" ސާޔާ..."...... އައިރާ ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ނުދީ ސާޔާ މާ ދުރަށް ނަޒަރު ހުއްޓައިގެން އިނުމުން އައިރާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއާއެކު ސިހިފައި ސާޔާ ބަލާލިއެވެ.

" ކިހިނެތް ވީ؟...".... ސާޔާ އަދިވެސް އެ ދިމާލަށް ބަލާތީ އައިރާ އަހާލިއެވެ.

" ދެންމެ އެތާ ހުރި ކުއްޖެއް.. ކުއްޖެކޭ ބުންޏަސް ޒުވާނެއް.. މިހާރު ނެތް.. އައި ތިންކް އައި ސޯ ހިމް ކުރިން.. ހަނދާނެއް ނުވި......"... ސާޔާ ހުވަފެނީ ގޮތަކަށް ބުނެލުމުން އައިރާ ފަސްއެނބުރި ބަލާލިއެވެ.

" ޔޫ އަރ ޑޭ ޑްރީމިންގް.. ދެންމެ މާ ރީތި ފިރިހެނުންނަށް ބެލީމަ ހޭލާ ހުއްޓާ ހުވަފެން ތި ފެންނަނީ....."..... އައިރާ ބާރަށް ހީގަންނަމުން ބުނެލިއެވެ. އިންސްޓަގްރާމް ބޭނުން ކުރާނެ ގޮތް ކިޔައިދިން އިރު އޭނާ ސާޔާއަށް ރީތި ކުދިންގެ އައިޑީތައް ދެއްކިއެވެ. ނަމަވެސް ސާޔާ އެކަމާއި ގަޔާ ނުވުމުން އައިރާ އެކަން ހުއްޓާލިއެވެ..

" ނޫން.. ޑޭ ޑްރީމިންގް އެއް ނޫން އެއީ.. ހޭޒެލް އައިސް... "..... ސާޔާ މަޑުމަޑުން ބުނެލިއެވެ.

=ނުނިމޭ=

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!