ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ހޭއި... ވެއިޓް........"......... ރައުލްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ފަހަތުން އިވުނީ ސާޔާ ގޮވާލި އަޑެވެ. އެއާއެކު ރައުލްއަށް ވުރެ ކުރިން ފަސްއެނބުރި ބަލާލީ ނަވާރްއެވެ. ކުރިމަތިން ހިނގާފައި އަންނަ އަންހެން ކުއްޖާ ފެނުމުން ނަވާރް ހުއްޓުން އެރިއެވެ. ނޭވާ ލާންވެސް ހަނދާންނެތިފައި އޭނާ ހުރީ އެސްފިޔަ ޖަހާލަންވެސް ނުކެރިފައެވެ. ވަށައިގެންވީ ހުރިހާ މަންޒަރެއް ހުއްޓިފައިވާ ކަހަލައެވެ.

Ads by Hajj Corporation

" އަލާރާ....".... މަޑުމަޑުން ނަވާރްގެ ދުލުން ބޭރުވީ އަލާރާގެ ނަމެވެ.

******

އަލާރާއާއި ވައްތަރު ކުއްޖެކޭ ރައުލް ބުނުމުންވެސް މިހާ ވައްތަރު ވެދާނެއޭ ނަވާރް ހީނުކުރެއެވެ. ސާޔާގެ އިސްކޮޅުގައި އަލާރާ ފަދައިން ފަސް ފޫޓު ހަ އިންޗި ހުންނާނެއެވެ. ހަށިގަނޑުގެ ބައްޓަން އަލާރާ އަށްވުރެ ސާޔާގެ ރީތި ނަމަވެސް އެކަމުން އެ ދެކުދިން ތަފާތު ކިޔާކަށް މީހަކަށް ނޭނގިދާނެއެވެ. ނަވާރްއަށް އަޅައިގަންނަ ތަފާތުކަމަކަށް ފާހަނގަ ކުރެވުނީ ސާޔާގެ ލޮލާއި އިސްތަށިގަނޑުގެ ކުލައެވެ. އަލާރާގެ ހޭޒެލް ކުލައިގެ ކަޅީގެ ބަދަލުގައި ސާޔާގެ އިނީ ފެހި ކުލައެވެ. އަދި އަލާރާގެ ދެލިކޮޅެއްހާ ފަން އިސްތަށިގަނޑުގެ ބަދަލުގައި ސާޔާގެ އިސްތަށިގަނޑުގައި ވަނީ މަޑު މުށިކުލައެކެވެ.

" މިއީ ނަވާރް... މައި ލިޓްލް ސިސް... ނަވާ... މިއީ ސާޔާ..."..... ސާޔާ އައިސް ކައިރީގައި މަޑުކޮށްލުމުން ރައުލް ދެކުދިންގެ ކުޑަ ތަޢާރަފެއް ދިނެވެ. ނަވާރްގެ މޫނުމައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލަމުން ސަލާމްކޮށްލިއެވެ. އަދިވެސް އޭނާއަށް ލިބިފައިވާ ޝޮކް ފިލައިގެން ނުދެއެވެ.

" ހިނގާ ދާން.... ކޮބާ ފޮށިތައް...".... ނަވާރް ވަށައިގެން ނަޒަރު ހިންގާލަމުން އަހާލިއެވެ. ނަމަވެސް ރައުލްގެ އިޝާރަތާއެކު ނަވާރް އަށް އެއްޗެއް ވިސްނުނު ކަހަލައެވެ. އެހެންކަމުން އިތުރު އެއްޗެކޭ ނުބުނެ އޭނާ ހިނގައިގަތެވެ. ނަވާރްގެ ފަހަތުން ގޮސް ރައުލް އާއި ސާޔާ ހުއްޓުނީ ފާލަން ކައިރީގައެވެ. އޭރު އެކުދިންގެ އިންތިޒާރުގައި ލޯންޗު އޮތެވެ. އެހެން މީހުން ޓެކްސީ ތަކުގައި އެއަރޕޯޓުން ދާ މަންޒަރު ފެނުމުން، ނަވާރް ލޯންޗު އިޚްތިޔާރު ކުރި ސަބަބާއި މެދު ސާޔާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ ހުރީ ބްރިޖް ހުރަސްކޮށް ދާ ހިތްވެފައެވެ. އައިރާ އެއްފަހަރު މާލެ އިން އައުމަށްފަހު ބްރިޖްގެ ރީތިކަމުގެ ވާހަކަ ސާޔާއަށް ކިޔައިދިން ފަހުން އެ ޝައުޤުވެރިކަން އޭނާގެ ހިތުގައި އަބަދުވެސް އޮވެއެވެ.

" ސާޔާގެ އިސްތަށިގަނޑުގަ ކުލަ ޖައްސާފަތަ؟..."... ނަވާރް އަށް ކެތްނުކުރެވިގެން އަހާލިއެވެ. އޭނާ ހުރީ ސާޔާއާއި ބެހޭ ގޮތުން އޮޅުންފިލުވާ ހިތް ވެފައެވެ.

" ނޫން... މިއީ އިސްތަށިގަނޑުގެ ކުލަ... ވަރަށް ގިނަ މީހުން ތި ސުވާލު ކުރޭ..."..... ސާޔާ ކުޑަ ހިނިތުންވުމަކާއި ބުނެލި ނަމަވެސް އެމޫނުގައިވީ ނުތަނަވަސްކަން ނަވާރްއަށް ސިއްރެއް ނުވިއެވެ.

" ނަވާ.. ސާޔާ އާއި ސުވާލު ކުރާނީ ފަހުން.. "...... ރައުލް ބަލާލީ އިންޒާރުގެ ބެލުމަކުންނެވެ. ހީވަނީ އޭނާ ކުރަން ނުވާ ސުވާލެއް ކުރީ ހެންނެވެ. ހަޤީޤަތުގައި ރައުލް އިނީ ޖެހިލުންވެފައެވެ. ނަވާރް އެއްޗެކޭ ބުނުމުގެ ކުރިން ސާޔާ އަށް ހުރިހާ ވާހަކައެއް ވެސް ކިޔައިދޭން ރައުލް ބޭނުމެވެ. ނަމަވެސް ސާޔާ އޭނާ އާއި ދެކޮޅު ވެދާނެ ކަމުގެ ބިރު ރައުލްގެ ހިތުގައި އޮތެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑުގައި ގޮސް ލޯންޗު މާލެ އާއި ކައިރި ކުރިއެވެ. އެންމެ ފުރަތަމަ ފޭބީ ރައުލް އެވެ. އޭގެ ފަހުގައި ސާޔާ އާއި ނަވާރްއެވެ. އޭރު ތިން ކުދިންގެ އިންތިޒާރުގައި އޮތް ކާރު ފެނުމުން ނަވާރް ނުރުހުންވެފައި ރައުލް އަށް ބަލާލިއެވެ.

" އަހަރެން މިދަނީ ހިނގާފަ ދާން...".... ރައުލްގެ ޖަވާބަކަށް މަޑުކުރުމެއް ނެތި ނަވާރް ހިނގައިގަތެވެ. ރައުލް އަށް ހުރިހާ ކަމެއް އެނގިހުރެ ވެސް ކާރުގައި އޭނާ ގެންދަން އުޅުމުން ނަވާރް ދެރަވިއެވެ. އޭނާއާއި މެދު ރައުލް ނުވިސްނަނީ އޭ ހިތަށް އެރިއެވެ.

" ނަވާރް... އަހަރެން ވެސް ދާނަން... އަންހެން ކުއްޖަކު އެކަނި ދާން ނުވާނެ...".... ނަވާރް އެކަނި ދާން ފެށުމުން ސާޔާ ކަންބޮޑުވިއެވެ. އޭނާގެ ހިތް ނުބައި ވަސްވާސްތަކުން ފުރާލީ ދިރިއުޅުމުގައި ކުރިމަތިލާން ޖެހުނު އަނިޔާތަކުގެ ސަބަބުންނެވެ. އެފަދައިން އެހެން އަންހެންކުއްޖަކަށް ވާން ސާޔާ ދުވަހަކުވެސް ނޭދޭނެއެވެ.

" އެއީ އެވަރު ކަމެއް ނޫން... އަހަރެން އަބަދުވެސް އުޅެނީ ހިނގާފަ.. ސާޔާ ހުންނާނީ ވެސް މިހާރު ވަރުބަލި ވެފަ.. ގެ އެހާ ދުރެއް ނުވާނެ.. ސާޔާ ދޭ ރައުލްއާ އެކީ ކާރުގަ...".... ނަވާރް ސާޔާގެ އަތުގައި ހިފާލަމުން ބުނެލީ ކުޑަ ހިނިތުންވުމަކާއި އެކުގައެވެ. ސާޔާގެ މޫނަށް ނަޒަރު ހުއްޓައިގެން ހުރުންވީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށެވެ. އެ މޫނުން އޭނާއަށް ސިފަވަނީ އަލާރާއެވެ. ހިތާއި ސިކުނޑި ވަށާލަނީ އެހަނދާންތަކުންނެވެ.

" ނަވާ.. ދޭބަ ހޮޓެލް އަށް.. އަހަރެން ސާޔާ ގޮވައިގެން ދާނަން....".... ރައުލް އައިސް މަޑުމަޑުން ނަވާރްގެ ކަންފަތް ދޮށުގައި ބުނެލީ ސާޔާ އަށް އެކަން ނޭންގުމަށެވެ. ނަވާރް ވެސް އިތުރު އެއްޗެކޭ ބުނުމެއް ނެތި ހިނގައިގަތީ ރައުލް އާއި ސާޔާ ގޮސް ކާރަށް އެރުމުންނެވެ.

" ދޯސް ގްރީން އައިސް...".... ނަވާރް ވިސްނަން ހުރެފައި މަޑުމަޑުން ކިޔާލީ ސާޔާގެ ދެލޯ އޭނާ އަށް ވާހަކައެއް ކިޔައިދޭހެން ހީވުމުންނެވެ. އެއީ ހަމަގައިމުވެސް އޭނާ އަށް އާ މޫނެއް ނޫނެވެ. އެ ފެހި ކުލައިގެ ކަޅިއާއި މުށި ކުލައިގެ އިސްތަށިގަނޑުން ވެސް ނުހަނު ދެކެ ފަރިތަ ގޮތެއް ނަވާރް އަށް ފާހަނގަ ކުރެވުނެވެ. ނަމަވެސް ސިކުނޑިއަށް ނުހަނު ބާރުލައިގެން ވެސް އެއީ ކޮންތާކުން ކަމެއް ނަވާރް ހަނދާނެއް  ނުވިއެވެ.

**************

ކާރުގައި އިންއިރު ސާޔާ ގެ ނަޒަރު ހުއްޓިފައިވަނީ ބޭރަށެވެ. ފެންނަމުންދާ އުސް އިމާރާތްތަކަށެވެ. އެއީ އޭނާއަށް އާ މަންޒަރުތަކެކެވެ. އާ ތަންތަނެވެ. އާ މީހުންތަކެކެވެ. އާ ދިރިއުޅުމެކެވެ. ނަމަވެސް މިހުރިހާ އާ ކުލަތަކަކުންވެސް ސާޔާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ފުން ނޭވާ އެއް ދޫކޮށްލީ އެ ޚިޔާލުތައް ސިކުނޑިން ބޭރު ކޮށްލެވޭތޯއެވެ.

ކާރު ގޮސް މަޑުކޮށްލީ އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. އެތަނަށް ބަލާލުމުން ވެސް އެއީ ޝާހީ ތަނެއްކަން ބުނަން ސާޔާއަށް އެނގުނެވެ. ބޭރުގައި ބޮޑުއަކުރުން ލިޔެފައިވާ ނަން ކިޔާލުމުން ސާޔާގެ މޫނަށް ވެރިވީ ހައިރާން ކަމެވެ. "ބްލޮސަމް.. "..... ސާޔާގެ ތުންފަތް މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. މަންމަ ކުޑައިރު ކިޔައިދޭ ވާހަކަތަކުގައި ބޮލްސަމް ކިޔާ އަޑު ސާޔާ އަށް ނުހަނު ގިނައިން އިވެއެވެ. އަދި އެގޭގައި އުޅޭ ކުޑަ " ޕްރިންސެސް" ވެސް މަންމަ އަޔާނާގެ ވާހަކަތަކުން ސާޔާ ހަނދާންވިއެވެ. އެ ހަނދާންތަކުން އެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.

ރައުލް އިޝާރާތް ކޮށްލުމުން އޭނާ މަޑުމަޑުން ހިނގައިގަތެވެ. ނަމަވެސް އެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ތަފާތު ޚިޔާލުތަކެކެވެ.

************************

އަފްރާހުގެ "ބްލޮސަމް ހޮޓެލް" ގެ ދިހަ ވަނަ ބައިގައި ހުރި އިރު ސާޔާ ވަށައިގެން ހޯދަމުން ދިޔައެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ އަގުބޮޑު ފަރުނީޗަރުތަކެވެ. މިއީ ރައުލްގެ ހޮޓެލެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އެފަދަ މުއްސަނދި ކަމެއް ފެނުމުން ސާޔާ ހުރީ ހައިރާންވެފައެވެ.

" އަހަރެން އިމްޕްރެސް ކުރަންތަ މިތަނަށް ތި ގެނައީ؟... އެހެން ކަމަށް ވާނަމަ ބުނަންތަ؟... މި މުއްސަނދި ކަމަށް އަހަރެން ނުހެއްލޭނެ... އަސަދުގެ ވަލީ ލިބުނަސް އަހަރެން ދުވަހަކުވެސް މި ކައިވެންޏަށް ޤަބޫލެއް ނުވާނަން..."..... ސާޔާ އައިސް ހުއްޓިލީ ރައުލް ކުރިމަތީގައެވެ. އެމޫނުގައިވީ ނަފްރަތުގެ ބެލުމުން ރައުލް ގާތަށް ހިނި އަންނަ ގޮތް ވިއެވެ. ނަމަވެސް އަދި ސާޔާ ތަޅުވާލަން އޭނާ ބޭނުންވިއެވެ.

" ތިހެން ހުރިހާ އަންހެން ކުދިން ވެސް ބުނާނެ.. އެކަމަކު މުއްސަނދި ދިރިއުޅުމެއް އެންމެންވެސް ބޭނުން ވާނެ.. އައި ނޯ ސާޔާ ވެސް އަސްލު ވަރަށް އުފަލުންކަން ތިހިރީ.. އަހަންނާއި ކައިވެނި ކުރަން ބޭނުންވާ ކަންވެސް އެނގޭ..."..... ރައުލް ގަސްތުގައި ސާޔާ ރުޅިއަރުވާލުމަށް ބުނެލި ނަމަވެސް އެ މޫނުމަތީގައި ވީ ސީރިޔަސް ކަމުން ރައުލް ސަމާސާ ކުރަނީ ނޫންކަން ސާޔާ ޔަޤީން ކުރިއެވެ.

" ދުނިޔެއިން އަހަންނަށް ފެންނާނެ އެންމެ ބޮޑާ އިންސާނާ ތިއީ.. ޔޫ އާރ ޑިސްގަސްޓިންގް...".... ސާޔާ ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ބުނެލި ޖުމްލަތައް ރައުލްގެ ކަންފަތާއި ހަމައަށް ނުހަނު ރީއްޗަށް ފޯރިއެވެ.

" ކާކު ބުނީ އަހަރެން މީ އިންސާނެކޭ؟..."... ރައުލް ދެލޯ ހަނިކޮށްލަމުން އަހާލި އިރު އެ މޫނުގައި ނުރައްކާތެރި ގޮތެއް ހުރިކަން ސާޔާއަށް ފާހަނގަކުރެވުނެވެ. އަނެއްކާ ރައުލް ބުނިފަދައިން އޭނާ އަކީ އިންސާނެއް ނޫން ބާއެވެ؟.. އިސާހިތަކު ސާޔާގެ ހިތަށް ބިރުވެރިކަން ވަދެ ޖެހިލުންވިއެވެ.

" ކާމް ޑައުން ... އެއީ މަޖަލަކަށް ބުނި އެއްޗެއް.. އެކަމަކު ވަރަށް ސީރިޔަސް ކޮށް ބުނަންތަ؟.. އަހަންނަށްވުރެ ބޮޑާ އިންސާނަކާ ދިމާވާން ސާޔާ ތިއައީ...."..... ރައުލްގެ ތުންފަތުގައި ވީ ލާނެތް ހިނިތުންވުމެކެވެ.

އެވަގުތު ސާޔާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ރައުލްގެ ފޯނު ރިންގުވާން ފެށިއެވެ.

" އާދޭ ދިހަ ވަނަ ބަޔަށް.. އެއްކަލަ ކޮޓަރި..."..... ރައުލް ވާހަކަ ދެއްކި ގޮތުން ނަވާރް އައީކަން ސާޔާ ދެނެގަތެވެ. އެއީ އޭނާއަށް ލިބުނު ކުޑަ ހިތްހަމަ ޖެހުމެކެވެ. ރައުލްއާ އެކީ އެކަނި ހުންނަން ޖެހުމުން ސާޔާ ހުރީ ނުތަނަވަސްވެފައެވެ. ރައުލް އަށް އިތުބާރުކުރަން އޭނާ ބޭނުމެއްނޫނެވެ. ސާޔާގެ ނަޒަރުގައި ހުރިހާ ފިރިހެނުންނަކީ ވެސް އެއްކަހަލަ ބައެކެވެ.

އިރުކޮޅަކުން ދޮރު ހުޅުވާލުމަށްފަހު ނަވާރް އައިސް ކޮޓަރީގައި ހުރި ސޯފާއަށް ވެއްޓިގަތެވެ. އޭރު އެ މޫނުގައި ދާތިކިތައް ވިދަމުން ދިޔައެވެ. ހޫނު ވެފައި ހުރުމުގެ ސަބަބުން ނަވާރް އޭނާގެ ބުޅި އިސްތަށިގަނޑު ރީތިކޮށް އައްސާލިއެވެ. އަދި ތެދުވެގެން ގޮސް މިނީ ފްރިޖް ހުޅުވާލުމަށްފަހު ފެންފުޅިއެއް ނަގާ އަނގަޔަށް އޮއްސާލިއެވެ.

" މިހާ ހޫނު އިރު ކީއްވެ ކާރުގަ ނައީ؟... ".. ސާޔާ ހިތުގައި އުފެދުނު ސުވާލު ކޮށްލީ ނަވާރްގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހުގައެވެ. އެއާއެކު ނަވާރްގެ މޫނަށް ވެރިވި ކުލަވަރު އޭނާއަށް ރީތިކޮށް ފެނުނެވެ.

" ނަވާ އަށް ކަމުދަނީ ހިނގާފަ އުޅެން.. ".... ނަވާރް ދިނީ ކުރު ޖަވާބެކެވެ. ސާޔާ ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރުމަށްފަހު ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނަވާރްގެ ސިއްރެއް ވާކަން އޭނާގެ ހަވަނަ ހިއްސު އަންގައިދިނެވެ. ނަމަވެސް އެއީ އޭނާ އާއި ބެހޭ ކަމެއް ނޫންކަން ސާޔާ އޭނާގެ ނަފްސަށް ހަނދާން ކޮށްދިނެވެ.

" ސާޔާ މިރޭ މިކޮޅުގަ މަޑުކޮށްފަ މާދަމާ ދާނީ ގެއަށް އާއިލާ އެހެން މީހުންނާއި ބައްދަލުކޮށްލަން.. ކަމެއް ބޭނުން ވެއްޖެ ނަމަ ނަވާ ހެލްޕް ވާނެ... ދެން ހުންނާނެ ނޯޔާ އާއި ސެހެރާން ވެސް.. އެއީ ވެސް ފެމިލީ ކުދިން.. ސާޔާ ވާނެ އެ ކުދިންނާ ފްރެންޑްލީ ވާން... "... ރައުލް އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. އިރު އިރުކޮޅާ އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލަމުންދާ ގޮތުން ހީވަނީ ތަނަކަށް ދާން ލަސްވެފައި ހުރިހެންނެވެ.

ރައުލް ބަލާލުމާއެކު ސާޔާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެއާއެކު އެންމެ ހިނދުކޮޅަކަށް ވެސް މަޑުކުރުމެއްނެތި ރައުލް ދިޔައީއެވެ.

ރައުލް ދިޔުމުން ނަވާރްގެ ނަޒަރު ހުއްޓުނީ ސާޔާ އަށެވެ. އޭނާ ސާޔާ ދަސްކުރަން ބޭނުމެވެ. އެއީ އަލާރާ ނޫންކަން ޔަޤީންވިޔަސް ނަވާރްގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. އޭނާ އަށް އެކަން ޔަޤީން ކުރެވެން އޮތީ އެންމެ ގޮތެކެވެ. ނަމަވެސް އެގޮތަށް އެކަން ނުވާނެކަން ނަވާރްއަށް ޔަޤީނެވެ.

" ސާޔާ އާއިލާގަ އުޅެނީ ކޮން ބައެއް.. ޓެލް މީ އެބައުޓް ޔޫ...".... ނަވާރް އައިސް އިށީނދެލީ ސާޔާ ކައިރީގައެވެ. ނަމަވެސް ސާޔާ ދުރަށް ޖެހުނު ގޮތުން ނަވާރް ހައިރާންވިއެވެ. ހީވީ ނަވާރްއަށް ސާޔާ ގަޔާނުވާ ކަމެއް ކުރެވުނީ ހެންނެވެ.

" ސޮރީ.. އުނދަގޫވޭ މީހުން މާ ކައިރި ވީމަ.. އަންނާނަށް ފްރެޝް ވެލައިގެން.. ފަހުން ދޯ އެވާހަކަ ދައްކާނީ...".... ސާޔާ ގަސްތުގައި މައުޟޫ ބަދަލުކޮށްލިއެވެ. އާއިލާގެ ވާހަކައަކަށް އޭނާ ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟.. އަސަދުގެ ނުބައި ކަމުގެ ވާހަކަ ހެއްޔެވެ؟... އޭނާ އުޅެން ޖެހުނު ހާލު ހެއްޔެވެ؟.. މަންމަ އަޔާނާ ވަކިވެގެން ދިޔަ ގޮތް ހެއްޔެވެ؟.. ކުއްލިއަކަށް އެ ހުރިހާ ޚިޔާލުތަކުން ސިކުނޑި ވަށާލުމުން ސާޔާގެ ބޮލުގައި މަޑު ރިހުމެއް އުފެދުނެވެ.

" ކިހިނެތްވީ؟..."... ފެންވަރަން ދާން ބުނުމަށްފަހު ސާޔާ މާ މަޑުން ހުންނަން ފެށުމުން ނަވާރް އަހާލިއެވެ.

" އަހަރެން އަތުގަ ނެތް ލާނެ ހެދުމެއް.. ރައުލް ބުނީ އެއްވެސް އެއްޗެއް ނުގެންނަން..."..... ސާޔާ ކުޑަކޮށް ލަދުގަނެފައި ހުރެ ބުނެލީ އިތުރު ގޮތެއް ނެތުމުންނެވެ.

" ތިކަމާ ހާސްވާން ނުޖެހޭނެ... މި ކޮޓަރި ޚާއްސަ ކުރެވިފައިވަނީ ސާޔާއަށް.. މިތާނގަ ހުންނާނެ ސާޔާ އަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް......"...... ނަވާރް ބުނެލީ ފަނޑު ހިނިތުންވުމަކާ އެކުގައެވެ.

ހަޤީޤަތުގައި އެއީ އަލާރާ އަށް ޚާއްސަ ކޮޓަރިއެކެވެ. އެތަނުގައި ވާ ކޮންމެ އެއްޗަކީ ވެސް އަލާރާގެ އެއްޗެކެވެ. ނަވާރް އެހެން ކޮޓަރިއެއް ހަމަޖައްސަން އުޅުމުން ވެސް ރައުލް ބޭނުންވީ އެކޮޓަރީގައި ސާޔާ ބެހެއްޓުމަށެވެ. އެ ސިކުނޑީގައި ޚިޔާލުތައް ނަވާރް އަށް ނޭނގުނަސް ރައުލް އޭނާއަށް ކަމެއް ސިއްރުކުރާކަން ނަވާރްއަށް އެނގެއެވެ.

ކޮޓަރީގެ އެއްފަރާތުގައި ހުރި ދޮރު ސާޔާ ކަހާލިއެވެ. އެތެރެއަށް ވަދެވެން ހުރީ އާދައިގެ ކުޑަ ކޮޓަރިއެއް ވަރުގެ ތަނެކެވެ. ފާރުތަކާއި އެއްވަރަށް ޖަހާފައިވާ އަލަމާރިތަކުން އެ ކޮޓަރި ވަނީ ފަޅުފިލުވާފައެވެ. ދެފަރާތުގައި އަލަމާރި ހުރި އިރު ދޮރާއި ސީދަލަށް ކުރިމައްޗަށް ހުރި ފާރުގައި ވަނީ އިސްކޮޅަށް ވުރެ ބޮޑު ލޯގަނޑެއް ހަރުކރެވިފައެވެ. އެ ލޯގަނޑުގެ ދެފަރާތުން ކުދި ހަރުތަކެއް ހުރި އިރު ކޮންމެ ހަރުގަނޑެއް ގައި ވެސް ރީތިވާން ގެންގުޅޭ ތަފާތު ބްރޭންޑް ތަކުގެ ސާމާނު ތަރުތީބުން އަތުރާފައި ހުއްޓެވެ. އަލަމާރި ތަކުގައި ފުރެންދެން އަންނައުނު ހުރި އިރު ފައިވާނާއި ބޫޓުތައް ވެސް ހުއްޓެވެ. އަލަމާރި ތަކުގެ ތިރީގައި ހުރި ވަތްގަނޑުތަކުގައި ތަފާތު ގަހަނާގެ ބާވަތްތަށް ހުރި އިރު އެތަކެއްޗަށް ބަލާ ފޫހި ނުވާނެކަން ގައިމެވެ.

އެތަނުން ވެސް ސާޔާގެ ލޮލުގައި އަޅައިގަތީ ދަނބު ކުލައިގެ ހިތެއްގެ ބައްޓަމަށްވާ ފުލެއް އިން ފަށެކެވެ. އެ ހިތުގެ ވަށައިގެން ގޯލްޑް ކުލައިގެ ދެތިން ރޮނގު އިން އިރު އޭގައި ވިދުމެއް ވިއެވެ.

" މިއީ ކާކުގެ އެއްޗެއް؟...".... ސާޔާ ހައިރާންވެފައި ހުރެ އެ ފަށް އަތަށް ނެގިއެވެ. އޭތި އެތަނުގައި އޮންނަންވީ ކީއްވެތޯ އޭނާގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ.

ސާޔާގެ ސުވާލުން ނަވާރްގެ ހިތުގައި ވެސް އުފެދުނީ ސުވާލެކެވެ. ސަޔާއަށް އެ ހުރިހާ ގަހަނާތަކުގެ ތެރެއިން އެ ފަށް ހާއްސަވީ ކީއްވެ ހެއްޔެވެ؟.. އެ ފަށާއި ސާޔާއާއި ކޮން ގުޅުމެއް ހެއްޔެވެ؟...

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!