ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

އިރުކޮޅަކުން ރައުލް އައިއްސިއެވެ. ނަވާރް ކުޑަކޮށް ވެސް ހަމައަކަށް އެޅުނީ ރައުލް އެތަށް ވާހަކައެއް ދެއްކުމުންނެވެ. ނަވާރް ވަކިން ގެންގޮސް ރައުލް ދެއްކީ ކޮންވާހަކަ ތަކެއް ކަމެއް ސާޔާ އަށް ނޭނގުނަސް ރައުލްގެ މޫނުން ފެންނަން ހުރި ކުލަވަރުން ބޮޑު ހާދިސާއެއް ހިނގާފައިވާކަން އޭނާ އަށް ޔަޤީން ވިއެވެ. ނޯޔާ ވެސް އިނީ އެއްކޮށް ހިމޭންވެފައެވެ. އެ މޫނުން ފެންނަމުންދިޔަ ހިތާމަ ވެރިކަމުން ސާޔާ ވެސް ދެރަވިއެވެ. އެވަގުތު ފޯނަށް މެސެޖަށް އައުމުން އޭނާ ބަލާލިއެވެ. އެއީ މަލިކާގެ ފަރާތުން އައިސްފައިވާ މެސެޖެއް ކަމުން އެންމެ ސިކުންތެއްވެސް ލަސްނުކޮށް ސާޔާ އެ މެސެޖް ހުޅުވާލިއެވެ.

Ads by Hajj Corporation

" ލިއަމް...".... އޭނާގެ ދުލުން ބޭރުވީ ލިއަމްގެ ނަމެވެ.

***********************

" ނޯޔާ... ލިއަމް... "... ސާޔާ ދެލޯ ބޮޑުވެފައި ހުރެ އަދިވެސް އެއްފަހަރު މަލިކާގެ މެސެޖް ކިޔާލިއެވެ.

" ދޮންބެ ކިހިނެތްވީ... ؟.....".. ސާޔާގެ މޫނުން ފެންނަމުން ދިޔަ ކުލަތަކުން ދޭހަކުރަންވީ މާނަ ނޯޔާއަށް ނޭނގުނެވެ. ފެންކަޅިވެފައިވާ ސާޔާގެ ލޯ ފެނުމުން ނޯޔާގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. ނަމަވެސް އިރުކޮޅަކުން ސާޔާގެ މޫނަށް ވެރިވީ ހިނިތުންވުމެކެވެ. ފެންކަޅިވެފައިވާ ދެލޮލާއެކު ވެސް އޭނާ ނޯޔާ އަށް ބަލާލީ ހެވިފައެވެ.

" ސާޔޫ.. ކިހިނެތް ތިވަނީ؟. އަރ ޔޫ އޯކޭ ؟.. .."... ނޯޔާ ހުރީ ހައިރާންވެފައެވެ. ސާޔާ އަށް ވަމުންދާ ގޮތް ފެނި އޭނާ ހިސާބަކަށް ހާސްވިއެވެ. ސާޔާ ބޯ ޖަހާލިއެވެ. ނަމަވެސް އަދިވެސް އޭނާ އަށް ވާހަކަ ދެއްކޭ ވަރެއް ނުވެއެވެ.

" ހެޕިއެސްޓް ޑޭ.. އުއްމީދު ވެސް ނުކޮށް ހުއްޓާ މި ލިބުނީ އެންމެ އުފާވެރި ހަބަރު ނޯޔާ..."... ސާޔާ ދެލޯ ފޮހެލަމުން ބުނެލިއެވެ. އަދިވެސް ނޯޔާ ހުރީ ސާޔާ ބުނަން އުޅެނީ ކީކޭ ކަމެއް ދޭހަ ނުވެފައެވެ.

ކުއްލިއަކަށް ނޯޔާގެ ފޯނު ރިންގުވާން ފެށުމުން ބަލާލިއިރު އެއީ މަލާންއެވެ. ނޯޔާ އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެއާއެކު އޭނާ އުފަލުން ފުމެންފެށި ގޮތަށް ރޯން ފެށިއެވެ. ނޯޔާ އަށް ވީ ގޮތުން ސާޔާ އަށް ހެވުނެވެ. އޭނާ ބަލާލީ ދުރުގައި ތިބި ރައުލް އަށާއި ނަވާރް އަށެވެ . އަތުން އިޝާރާތް ކޮށްލަމުން ސާޔާ ނަވާރް ކައިރީގައި ބުނެލީ ފޯނު ބެލުމަށެވެ.

ނަވާރް ފޯނު ނަގާ ހުޅުވާލުމާއެކު ހުއްޓުން އެރިއެވެ. އެސްފިޔަ ވެސް ޖަހާނުލައި އޭނާ އިނީ މަލިކާގެ މެސެޖް ގަބޫލުކުރަން ދަތިވެފައެވެ. އިރުކޮޅަކުން އެހެން އިނުމަށްފަހު ނަވާރް އަނގަމަތީ އަތް އަޅާލިއެވެ. އެ މޫނުން ކުޑަ އިރުކޮޅެއް ކުރިން ފެންނަން ހުރި ހިތާމައިގެ އަސަރު އެކީ ފިލާ ގޮސް އުފާވެރިކަން ވެރިވެއްޖެއެވެ. އޭރު ރައުލް ވެސް ހެވިފައި ހުރި ގޮތުން އޭނާ އަށް އެ އުފާވެރި ހަބަރު އެނގޭކަން ދޭހަވެއެވެ.

އެންމެން ވެސް ނުހަނު އުފާވެފައި ތިބީ ވައިބަރ މެދުވެރިކޮށް މަލިކާ ފޮނުވި މެސެޖުންނެވެ. ދެންމެއަކު ލިއަމް ހޭއަރައިފި ކަމަށާއި މިހާރު ޑޮކްޓަރުން އައިސް ބަލަމުން ދާކަމަށް މަލިކާ ބުންޏެވެ. އަދި ރަނގަޅުވީ ކިހާ މިންވަރަކަށް ނޭނގޭ އިރު ޑޮކްޓަރުންގެ ފަރާތުން ބަހެއް ލިބުނުހާ އަވަހަކަށް ބުނާނެ ކަމުގައި ވެސް ވެސް މެސެޖުގައި އޮތެވެ.

ހަތަރު ޒުވާނުން އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. އޭރު ލިބިފައިވާ އުފާވެރިކަން އެކުދިންގެ މޫނުތަކުން ފާޅުވާން ހުއްޓެވެ.

ސާޔާ މެންނަށް ހޮސްޕިޓަލަށް ދެވުނު އިރު ރާސިލް އާއި ޔަލާގެ އިތުރުން ލޫކަސްވެސް ހުއްޓެވެ. ލިއަމް ބާއްވާފައި އޮތް ކޮޓަރީގެ ދޮރު ކުރިމަތީގައި ދެފަރާތަށް ހިނގާލަ ހިނގާލާ ހުރި މަލިކާ އަށް ނަވާރް ފެނުމުން އައިސް އެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެތަށް ދުވަހެއް ވަންދެން ކުރި ދުއާ މާތް ﷲ އިޖާބަ ކުރެއްވުމުން އެ ހިތަށް ލިބިފައިވަނީ ބުނެދޭން ނޭނގޭފަދަ އުފާވެރި ކަމެކެވެ.

" މަންމާ..."... މަލިކާ ރޯންފެށުމުން ނަވާރް ކަންބޮޑުވިއެވެ. އޭނާ ހާސްވެފައި ހުރެ ގޮވާލަމުން މަލިކާގެ ބުރަކަށީގައި ފިރުމާލިއެވެ. އަދިވެސް ލިއަމް ރަނގަޅު ނުވަނީ ކަމުގައި ހީވުމުން ނަވާރް ނުތަނަވަސްވިއެވެ.

" ދެރަވެގެން ނޫނޭ މަންމަ މި ރޮނީ.. ދުވަހަކުވެސް މި ވަރަށް އުފަލެއް ނުވޭ... މަންމަ އިނީ ލިއަމް ކައިރީގަ ޤުރުއާން ކިޔަވަން.. އެއް ފަހަރު ހީވި މަންމަ އަށް ގޮވާލިހެން.. އެކަމަކު ބަލާލިއިރު އެއްވެސް ހަރަކާތެއް ނުކޮށް އޮތީމަ މަންމަ އަނެއްކާ ވެސް ކިޔަވަން ފެށީ.. އެކަމަކު އަނެއްކާ ވެސް ލިއަމް ގޮވާލި މަންމަ އަށް.. ދެން ކައިރިވެފަ ބަލާލި އިރު އެސްފިޔަ ހަރަކާތް ކުރީ.. މަންމަ ދަރިފުޅާ އޭ ކިޔާ ގޮވާލީމަ އަނެއްކާވެސް މަންމަ އަށް ގޮވާލި.. "... މަލިކާ ރޮވިފައި ހުރެ ވީގޮތް ކިޔައިދިނެވެ.

" އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ.."... މަލާން ހިނިތުންވެފައި ހުރެ ބުނެލިއެވެ. އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ޑޮކްޓަރުން ނިކުންނާނެ ވަގުތަކަށެވެ.

ތަންކޮޅެއް ދުރުގައި ސާޔާ އިންއިރު އޭނާ އިނީ ފިނިވެފައެވެ. ލިއަމް ހޭލިކަން އެނގުނީއްސުރެ އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ލިއަމް ދެކޭ ހިތްވި ނަމަވެސް ކެތްކުރަން ޖެހޭނެކަން ސާޔާ އަމިއްލަ ނަފްސަށް ވިސްނައި ދިނެވެ.

ނަމަވެސް އެ ހިތުގައި ބިރުވެރިކަން ވެސް ވިއެވެ. ލިއަމް އަށް އޭނާ އަކީ ކާކުކަން އެނގޭނެ ހެއްޔެވެ؟.. ނޫނީ އޭނާ ޖެހޭނީ ދެން ލިއަމް އާއި އުމުރަށް ވަކިވާން ހެއްޔެވެ؟.... މި ދިރިއުޅުން މި ހިސާބުން ނިމޭނީ ހެއްޔެވެ؟... ސިކުނޑި ހާސްވާން ފެށުމުން ސާޔާ ފުން ނޭވާ އެއް ދޫކޮށްލަމުން ގޮނޑީގައި ލެނގިލިއެވެ.

އެއްގަޑި އިރު ފަހުން ޑޮކްޓަރުންގެ ޓިމް ނުކުތެވެ. ލިއަމް ހޭއެރިޔަސް އަދި ސްޓޭބަލް ވާން ވަގުތު ނަގާނެ ކަމުގައި ބުންޏެވެ. އަދި ވާހަކަ ދައްކާ ހަދަން އުނދަގޫ ވާނެ ކަމަށާއި ވަރުބަލިކަން އިހްސާސް ކުރެވޭތީ ވީހާވެސް ގިނައިން އަރާމުކުރަން ޖެހޭނެ ކަމުގައި ޑޮކްޓަރު ބުނުމުން މަލިކާ ބޯ ޖަހާލިއެވެ.

" ޕޭޝަންޓް އަދި އެއްކޮށް ރިކަވަރ ވާން ދުވަސް ނަގާނެ.. މިވަގުތު ހާލު އެންމެ ރަނގަޅެއް ވެސް ނޫން.. ސިކުނޑި އަށް ލިބިފައި ހުރީ ކިހާ ވަރެއްގެ ގެއްލުމެއްތޯ އެނގޭނީ އަދި ޓެސްޓުތައް ހެދުމަށްފަހު.. ފަހަރެއްގައި ހަނދާނުގެ މައްސަލަތައް މެދުވެރިވެދާނެ.. މިހެން މި ބުނީ އެއީ ސިކުނޑިއަށް ލިބޭ ގެއްލުންތަކުގައި އެފަދަ ހާލަތްތަށް މެދުވެރި ވެފަ ހުރީމަ ފުދޭ ވަރަކަށް ގިނައިން.. ބައެއްފަހަރު ވަކި މީހަކާއި ގުޅުން ހުރި ކަމެއް ވެސް ހަނދާނުން ފޮހެވިފަ ހުރެދާނެ.. ސޯ ވީ ވިލް ޑޫ ފިއު މޯ ޓެސްޓްގެ އެންޑް ލެޓް ޔޫ ނޯ..."... ޑޮކްޓަރު ދައްކަމުން ދިޔަ ވާހަކައަށް އެންމެންގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ހުރިހާ ކަމެއްވެސް ރަނގަޅު ވާނެކަމުގައި ހިތަށް އަރުވަމުން އެންމެން ހިތްހަމަ ޖައްސާލިއެވެ.

*************************

ލިއަމް ރަނގަޅު ވެފައިވުމުން ރައުލްގެ އުފަން ދުވަސް ފާހަނގަ ކުރަން ނިންމީ ލިއަމް އައުމުނުންނެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ލިއަމް ހޭއެރި ފަހުން ތިން ހަފްތާ ވެއްޖެއެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި ސާޔާ އަށް އެއްވެސް ގޮތަކަށް ލިއަމް ފެނިފައި ނުވެއެވެ. ލިއަމްގެ ހާލު އޮޅުންފިލުވަން ބޭނުން ވިޔަސް އެސުވާލު ކޮށްލާކަށް އޭނާއަށް ނުކެރެއެވެ. ގޭތެރޭގައި ދައްކާ ވާހަކަތަކުން ލިއަމްގެ ހާލު ރަނގަޅު ވަމުންދާކަން ސާޔާ އަށް އެނގެއެވެ.

މިއަދު ގޭތެރެ ވަނީ ނުހަނު ހަލަބޮލި ވެފައެވެ. މަލިކާމެން ބައިގައި އެންމެން ވެގެން ނުހަނު ބޮޑު ކެއުން ގަނޑެއް ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެމުން ދިޔައެވެ. ސާޔާ ވެސް އޭނާ އަށް ވެވެނު ވަރަކުން އެހީތެރިކަން ފޯރު ކޮށްދިނެވެ. ކެއްކުމުގެ މާ ބޮޑު ހުނަރުތަކެއް ލިބިފައި ނެތް ނަމަވެސް ކުދި ކުދި ކަންކަން ކޮށްދީ އަތް ގާތް ކޮށްދިނުމުގައި އޭނާ ހަރަކާތްތެރިވިއެވެ.

ލިއަމް އެދުވަހު ގެއަށް އަންނާތީ އެންމެންގެ މޫނުތަކުން ވެސް ފެންނަނީ އުފާވެރިކަމެވެ. ލިއަމް ހޭއެރި ފަހުން އެންމެ ފަހަރަކުވެސް އަލާރާގެ ވާހަކަ އޮޅުން ނުފިލުވައެވެ. އެހެން ކަމުން އެންމެން ވެސް ޤަބޫލުކުރީ ޑޮކްޓަރުން ބުނި ފަދައިން ހަނދާނުން ބައެއް ކަންކަން ފޮހެވުނު ކަމަށެވެ. ނަމަވެސް ލިއަމްގެ ހުރިހާ ޓެސްޓުތަކެއް ނޯމަލް އެވެ. ޑޮކްޓަރުން ފަރާތުން ވެސް ލިއަމްގެ އެއްވެސް މައްސަލައެއް ހުރިކަން ފާހަނގަ ކޮށްފައި ނެތެވެ. ލިއަމްގެ ފަރާތުން ފެނުނު ކަމަކީ ޑޮކްޓަރުން ވެސް ހައިރާންވި ކަމެކެވެ. ޓެސްޓުތައް ނޯމަލްވި އިރު ލިއަމްގެ ހަނދާނުން ވަކި ހާއްސަ މީހެއް ފޮހެވެން ޖެހުނު ސަބަބެއް އޮޅުން ފިލުވަން އެމީހުން ވެސް މަސައްކަތް ކުރިއެވެ.

ލިއަމް ހަނދާނުގައި ހުރީ ނަވާރް އާއެކު ކާރު ދުއްވަން ދިޔަ ހަނދާނެވެ. އަދި ހައިވޭގައި ދެކާރު ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމެވެ. ޑޮކްޓަރުންގެ އިރުޝާދާއެކު އެއްވެސް މީހަކު ލިއަމްގެ ހަނދާންތައް ގެންނަން ޕްރެޝަރ ނުކުރުމަށް މަލިކާ ވަނީ ތަކުރާރުކޮށް ބުނެފައެވެ. އެހެންކަމުން އަލާރާގެ ނަން ކިޔުން ވެސް މަނާ ވިއެވެ.

ލިއަމް ހޭއެރި ވާހަކަ މެލެކް އާއި ބީކާލްއަށް އަންގަން ބޭނުން ވިޔަސް މަލިކާ އެކަން ފަސްކޮށްލީ އެ ސަބަބާއި ހުރެއެވެ. ނަމަވެސް ނުހަނު އަވަހަށް އެވާހަކަތައް މެލެކް އަށް ކޮންމެވެސް ގޮތަކުން ކިޔައިދޭން މަލިކާ އަޒުމް ކަނޑައެޅިއެވެ.

************************

ބަދިގޭގައި އުޅުނު އިރު ސާޔާގެ ހިތްވަނީ އުފަލުން ފޮޅިފައެވެ. ބޭރުފުށުން އެއްވެސް ކުލަވަރެއް ފެންނަން ނެތަސް އޭނާގެ ހިތްވަނީ ނުހަނު އަވަސް ވެފައެވެ. ފާއިތުވެދިޔަ ތިން ހަފްތާގައި އެއްވެސް ގޮތަކަށް ލިއަމް ލޮލަށް ނުފެނުމުން އޭނާ ދެރަވިއެވެ. ނަވާރްގެ އަލްބަމުގައި ހުރި ލިއަމްގެ ފޮޓޯތައް ސިއްރުން ބަލައެވެ. އެންމެ ފަހުން ސާޔާ އެފޮޓޯތަކުގެ ފޮޓޯ އޭނާގެ ފޯނުން ނެގީވެސް އެންމެނަށް ސިއްރުންނެވެ.

ލިއަމް ފެނުމުން އޭނާ އަށް ވާނީ ކިހިނެތް ބާއޭ ސާޔާގެ ހިތަށް އެރިއެވެ. ގެއިން އާ މޫނެއް ފެނުމުން ލިއަމް ހިތްހަމަޖެހޭނެ ބާއެވެ.

މަސައްކަތްތައް ނިމުމާއެކު އެންމެން ވެސް ދިޔައީ ފެންވަރާލުމަށެވެ. އޭރު ރައުލް އާއި މަލިކާ ވީ ހޮސްޕިޓަލަށް ލިއަމް ބަލާ ގޮހެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި މަލާން ބަދިގެ ތެރެ ސާފު ކޮށްލިއެވެ. އެ މަސައްކަތް ނިންމާލުމަށްފަހު މަލާން ނުކުތް ވަގުތު ރައުލް ފޮށްޓެއް ހިފައިގެން އައިސް ވަނެވެ. އޭނާގެ މޫނުން ވެސް ފެންނަނީ ނުފިލާ ހިނިތުންވުމެކެވެ.

" ކުޑަމަންމަ އަންނާނެ އިރުކޮޅަކުން... ލިއަމް ބޭނުންވެގެން ޑޮކްޓަރާ ކުޑަ ވާހަކައެއް ދައްކާލުމަށް އެތެރޭގަވީ... ޑްރައިވަރު ގޮއްސި އަނެއްކާ.. "... ރައުލް މަލާން އަށް އޮޅުން ފިލުވައި ދިނެވެ.

" އެހެންތަ... އެހެންވީމަ އެބަ އަންނަން އިނގޭ ފެންވަރައިގެން.. ރައުލް އަށް މަޑުކޮށްލެވިދާނެތަ އިރުކޮޅަކު... ޔަލާ ނޫނީ ކޮންމެވެސް ކުއްޖަކު އައީމަ ބުނެބަލަ މަލާން މަންމަ ބުންޏޭ މަސްކޮޅު ތައްޓަކަށް އަޅާފަ މޭޒުމައްޗަށް ނަގައްޗޭ..."... ޓިޝޫ އަކުން އަތް ފޮހެމުން މަލާން ނުކުތީ ބޭރަށެވެ. އޭނާ ވެސް ދިޔައީ ފެންވަރައިގެން އަންނާށެވެ.

ކުޑަ އިރުކޮޅަކުން ފަހަރަކު މީހެއް އައިސް ސިޓިންގް ރޫމްގެ ސޯފާތައް ފުރާލައިފިއެވެ. އެންމެންގެ އިންތިޒާރު ނިމުމަކަށް އައީ މަލިކާ އާއި ލިއަމް އައުމުންނެވެ. މަލިކާގެ މޫނު މަތިން ނުހަނު އުފާވެރިކަން ފެންނަން ހުރި ނަމަވެސް ލިއަމް ހުރީ ފާޑަކަށެވެ. އޭނާ ވަކި ވަކިން އެންމެންގެ މޫނުތަކަށް ބަލައިލިއެވެ. އެންމެން ވެސް ޤަބޫލުކުރީ ލިއަމް އަށް އައިސްފައި ހުރި ބަދަލަކީ ގިނަ ދުވަސް ވަންދެން އާއިލާ އާއި ދުރުގައި ހުރުމުން އައި ބަދަލެއް ކަމުގައެވެ.

" އަޅެ.. ދޮންބެ ހާދަ ހިކިއްޖެއޭ.. އައި މިސްޑް ޔޫ ސޯ މަޗް..."... ކުޑަ ކުއްޖެއް ފަދައިން އައިސް ނޯޔާ ލިއަމްގެ ގައިގައި ބައްދާލިއެވެ. ދުވަސްތަކަކަށްފަހު ލޯބިވާ ދޮންބެގެ އަތުގެ ހިމާޔަށް ލިބުމުން ނޯޔާގެ ލޮލުން ކަރުނަ ނީރާލިއެވެ. ކުރިއަށްވުރެވެސް ބާރަށް ބައްދާލަމުން ނޯޔާ ބުނެލީ ދެން ދުވަހަކުވެސް އޭނަ ދޫކޮށް ނުދިޔުމަށެވެ.

ލިއަމްގެ ނަޒަރު ހުއްޓުނީ ވަކިން ހުރި ސޯފާގައި އިން ނަވާރް އަށެވެ. ފެންކަޅިވެފައިވާ ދެލޮލަކުން އޭނާ ލިއަމްއަށް ބަލަން އިނީ ހިތަށް ކޮށްފައިވާ އަސަރުންނެވެ. ދުވަހަކު ވެސް މިކަމަށް ނަވާރް އަށް އަމިއްލަ ނަފްސަށް މާފު ދެވޭނެކަމެއް ނޭނގެއެވެ.

" ނަވާ.."... ލިއަމްގެ މަޑުމަޑުން ގޮވާލީ ނަވާރް އަށެވެ. އަދި ގެއަށް އައި ފަހުން ލިއަމް ވާހަކަ އެދެއްކީއެވެ. ލިއަމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ނަވާރް ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތްމަތިން ރޮނގަކަށް ފައިބަން ފެށިއެވެ. ނަމަވެސް ނަވާރްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

" މަންމާ.. އަނެއްކާ ވެސް ކޯމާ އަށް ދާންވީ ދޯ.. ނަވާ ބިރުން އެ ރޮނީ .. "... ލިއަމް އައިސް ސޯފާގައި އިށީންނަމުން ބުނެލީ މޫނަށް ގޮތެއް ހަދާލަމުންނެވެ. އެއާއެކު ނަވާރް އަށް ހެވުނެވެ. އަދިވެސް ލިއަމް ބަދަލުނުވަނީތާއެވެ.

" ނޯޔީ ހާސްވާނެ ކަމެއް ނެތް.. ދުވަސްކޮޅަކުން އަނެއްކާވެސް ހަށިގަނޑު ވަރުގަދަ ކޮށްލާނަން... އޭރަށް މިސްޓަރ މޯލްޑިވްސް އަށް ވާނެ....".... ލިއަމް އަތުގެ ހިކަނދި މަސްގަނޑުގައި ޖަހާލަމުން ބުނެލިއެވެ.

" އާނ... ލިއަމް ޖިމަށް ދާން ފެށީމަ ތިކަން ހައްލުވީނު.. އަހަރެން ވެސް ދާނަން ލިއަމް އާ އެކީގަ..."... ލިއަމްގެ ކޮނޑަށް އަތް ވައްޓާލަމުން ސެހްރާން ބުނެލިއެވެ.

" ކޮބާ ސާޔާ...؟.. އަދިވެސް ފެންވަރަށް ދިޔަ ގޮތަށް ތިރިއަށް ނާދޭތަ؟..."... ވަށައިގެން ހޯދަމުން މަލިކާ އަހާލީ ސާޔާ ފެންނަން ނެތުމުންނެވެ. ސާޔާގެ ނަން އިވުމުން ލިއަމް ވެސް ދެފަރާތަށް ކަޅި ހިންގާލިއެވެ. ނަމަވެސް އެ މޫނުން ތަފާތު އަސަރެއް ފާޅު ނުވިއެވެ.

" ނަވާ.. ސާޔާ އަށް ގުޅާފަ އަވަސް ކުރަން ބުނެބަލަ.. "... މަލިކާ ބަދިގެއާއި ދިމާލަށް ދަމުން ބުނެލިއެވެ. އޭނާގެ ފަހަތުން ހުރިހާ އަންހެން ވެރިން ދިޔައިރު ރައުލް އާއި ލިއަމް އެރީ މައްޗަށެވެ. ލިފްޓުން ހަތަރުވަނަ ފްލޯރ އަށް އެރުމަށްފަހު ރައުލް އެޕަރޓްމެންޓްގެ ދޮރު ހުޅުވާލިއެވެ.

ލިއަމް އައިސް ވެއްޓިގަތީ ސޯފާއަށެވެ. ލޯ މަރައިގެން އޮތް ގޮތުން ކަމަކާ ވިސްނަނީހެން ރައުލް އަށް ހީވިއެވެ. އޭނާ ގޮސް ލިއަމްގެ ފޮށި ކޮޓަރިއަށް ވައްދާލުމަށްފަހު ނުކުތެވެ.

" ކާކު ސާޔާ އަކީ؟.."... ލިއަމް އަހާލީ ފަރުވާކުޑަ ރާގަކަށެވެ. އަދިވެސް އެ އޮތްގޮތަށް ލޯ މަރައިގެން އޮތް އިރު ހީވަނީ އެލޮލުން ރައުލް އަށް ކަމެއް ސިއްރު ކުރަން އުޅޭ ހެންނެވެ.

" އަމް.. ސާޔާ ދޯ... އެއީ ގޭގަ ގެންގުޅޭ ކުއްޖެއް...".... ބުނަންވީ ކީކޭ ކަމެއް ނޭނގުމުން ރައުލް ބުނެލީ އެންމެ ފުރަތަމަ ދުލު ކުރިއަށް އައި ޖުމްލަތަކެވެ. އެއާއެކު އޭނާއަށް އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. ލިއަމް އަށް ދޮގު ހަދަން ޖެހުމުން ރައުލް އަށް އުނދަގޫ ވިއެވެ.

އިރުކޮޅަކު ވާހަކަ ދައްކާލަން ތިބުމަށްފަހު ދެ ޒުވާނުން އަނެއްކާ ވެސް ތިރިއަށް ފޭބިއެވެ. އޭރު މަލިކާ ކެއުން ތައްޔާރުކޮށްގެން ލިއަމްގެ އިންތިޒާރުގައި ހުއްޓެވެ.

" ކޮބާ ބައްޕަ..."... ސޯފާގައި އެންމެން ހަމައަށް ތިބި އިރުވެސް އަފްރާހު ފެންނަން ނެތުމުން ލިއަމް ސުވާލުކޮށްލިއެވެ.

" ބައްޕަ ދިޔައީ ބިޒްނަސް ޓްރިޕެއްގަ ސިންގަޕޯރ އަށް.. އަދި ދެ ދުވަސް ވަރު އެކޮޅުގަ ވާނެ.. ބުނި ފްރީ ވަގުތެއް ލިބުނީމަ ދަރިފުޅަށް ގުޅާނަމޭ.."... މަލިކާ އައިސް ލޯބިން ލިއަމްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

" ދެން ހިނގާ ދޯ ކާން.. ދަރިފުޅު އަންނަންދެން މިތިބީ.."... މަލިކާ ބުނެލިއެވެ. އެއާއެކު ލިއަމް ވެސް ބޯޖަހާލަމުން ކާ ކޮޓަރިއާއި ދިމާލަށް ހިނގައިގެތެވެ.

ކާ ކޮޓާރިއަށް ވަންނަން އުޅުނު ލިއަމް ހުއްޓުން އެރީ އޭނާގެ ގައިގައި މީހެއް އަޅައިގަތުމުންނެވެ. ލިއަމްގެ ގައިގާ ޖެހުމާއެކު އެ މީހަކު ވެއްޓެން ދިޔައެވެ. ހަރަކާތެއް ކޮށްލަން ނޭނގިފައި ލިއަމް އަށް ހުރެވުނީއެވެ.

ސާޔާ ވެއްޓުމާއެކު ކުރިމަތީގައި ހުރި މީހާއާއި ދިމާލަށް ބަލާލިއެވެ. އެވަގުތު އޭނާގެ ނޭވާ އެތެރެހަށީގައި ތާށިވި ކަހަލައެވެ. މުޅި މޫނު އެއްކޮށް ރަތްވެގެން ދިޔައިރު ހިތުގެ ތެޅުން އަވަސްވިއެވެ.

" ސޮރީ... " ލިއަމްގެ ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމާއެކު ސާޔާ މަޑުމަޑުން ބޯޖަހާލިއެވެ. އޭނާ ތެދުވަން އުޅުނު ވަގުތު ލިއަމް އަތް ދިއްކޮށްލީ ސާޔާ އަށް އެހީވުމަށެވެ. އެ އަތުގައި ނުހިފަން އުޅެފައިވެސް ސާޔާ ހިފާލިއެވެ. ލިއަމް އޭނާ ތެދުކޮށްދިނުމާއެކު ސާޔާ އަވަސްވެގަތީ އެތަނުން ދިޔުމަށެވެ. ނަމަވެސް އޭރު ވެސް ލިއަމް ހުރި ގޮތަށް ހުރީއެވެ. ސާޔާގެ އަތުން ދޫކޮށްލުމުގެ ހިޔާލެއް އޭނާގެ ނެތް ކަހަލައެވެ.

= ނުނިމޭ =

  1. ކިޔުންތެރިޔާ

    ވަރަށް ރީތި

  2. އާމިނަތް

    ވވވ ރީތި

  3. ހަސަނު

    ވަރަށް ފުރިހަމަ