ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

އަސަދުގެ މޫނަށް ވެރިވެފައިވާ ކުލަވަރު ފެނުމުން ރައުލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

Ads by Hajj Corporation

" ތީ ކާކު؟..."... ސިނގިރޭޓް ދުންތައް ބޭރުކޮށްލަމުން އަސަދު އަހާލިއެވެ.

" މިރޭ އަންނާނެ ވާހަކަ ބުނީމެއްނު..."..... ރައުލްގެ މޫނުން ފާޅުވީ ސީރިޔަސް ކަމެވެ. އަސަދުގެ ނިތަށް ކުދި ރޫތަކެއް ޖަމާވެ ހައިރާންކަން ވެރިވީ ކުރިން ދިމާ ވެފައި ނެތް ޒުވާނަކު ސާޔާގެ ވާހަކަ ދެއްކުމުންނެވެ. މީގެ ކުރިން ސާޔާގެ ކައިރިއަށް އައިސްފައިވަނީ ދެބައި އުމުރުގެ މީހުންނެވެ. ނަމަވެސް މި އާދަޔާ ޚިލާފު ރީތިކަމެއް ލިބިފައިވާ ޒުވާނާއަށް ސާޔާ އެނގުމުން އަސަދުގެ ބުމަ ކައިރިވެގެން ދިޔައެވެ. އަދި ޚާއްސަކޮށް އެ ޒުވާނާ ބުނި ފަދަ އެއްބަސްވުމެއް އެ ދެމެދުގައި ވެވިފައި ނެތްކަން އަސަދުއަށް ޔަޤީނެވެ.

" ތިއީ ސާޔާގެ ކާކު؟.. ކަލެއަށް ކިހިނެތް ސާޔާ އެނގެނީ؟...".. އަސަދުގެ ހިތުގައި ރައުލް އާއި މެދު ޝައުޤުވެރިކަން އުފެދުނެވެ. އެ ޒުވާނާގެ ގައިގައި ހުރީ ޝާހީ ގޮތްގަނޑެކެވެ. ރައުލް އައުމުން ދުވަން ފެށި މީރުވަހުން އެއީ އަގުބޮޑު ސެންޓެއްކަން އަސަދު ދެނެގަތެވެ. ރައުލްގެ އަތުގައި އަޅާފައި އޮތް ގަޑިއާއި ހެދުން އެޅުމުގެ ވައްޓަފާޅިން ވެސް އެއީ އާދައިގެ ޒުވާނެއް ނޫންކަން އަސަދު އަށް ޔަޤީނެވެ.

" ހާދަ ބޭކާރު ސުވާލު ތަކެކޭ ތި ކުރަނީ؟.. ކިހާ ވަރެއް ބޭނުންވަނީ؟.. މިލިއަނެއް ރަނގަޅުތަ؟..."... އަސަދުގެ ކޮނޑުގައި އަތް އަޅުވާލަމުން ރައުލް ގޭތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. ރައުލްގެ އަތް އާދަޔާ ޚިލާފަށް ފިނިކަން އަސަދަށް ފާހަނގަ ވިއެވެ. އެއަށްވުރެ ބޮޑަށް އަސަދުގެ ހިތް ތެޅެނެ ފެށީ ރައުލް ހުށަހެޅި އަދަދު އަޑު އިވުމުންނެވެ.

" މިލިއަން؟..."... އަސަދު ދެލޯ ބޮޑުވެފައި ހުރެ އަހާލީ ޔަޤީން ކުރުމުގެ ގޮތުންނެވެ.

" އެވަރު މަދުތަ؟.. އަދި އިތުރަށް ދޭންވީ؟..."... ރައުލްގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ރުފިޔާގެ ދަހިވެތި ކަމުގައި އަސަދު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އޭނާއަށް ޔަޤީން ވީއެވެ.

" އުހުނ.. މިލިއަނެއް ރަނގަޅު މިރެއަށް.. އަދި ނުބުނަމެއްނު ކިޔާ ނަމެއް.. އަހަންނަށް ކިޔަނީ އަސަދު..."... އަސަދު ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލަމުން ސަލާމަތް އަތްދިއްކޮށްލިއެވެ. އެ އަތުގައި ނުފިހާނެހެން ހީވި ވަގުތުކޮޅަކަށް ފަހު ރައުލް ވެސް ސަލާމްކޮށްލިއެވެ. ނަމަވެސް ރައުލް އޭނާގެ ނަން ހާމަނުކުރިއެވެ.

ރައުލްއާ ދިމާވި ފުރަތަމަ ފަހަރުކަމުން އަސަދު ރައުލްގެ ހުށަހެޅުން ޤަބޫލުކުރިއެވެ. ނަމަވެސް އެއަށްވުރެ ބޮޑު އަދަދެއް ލިބެން އޮއްވާ ވެސް އެކަމަށް އާނއެކޭ ނުބުނެވުމުން އެ މޫނުގެ ކުލަ ފަނޑުވިއެވެ.

" އަހަރެން އަންނާނަން ސާޔާ ތައްޔާރު ވެއްޖެތޯ ބަލާފަ.. ރުފިޔާ ކޮން އިރަކު؟..."... އަސަދު ޖީބުން ނެގި ދެވަނަ ސިގިރޭޓް ރޯ ކޮށްލިއެވެ.

" ރުފިޔާ ހަމަޖެހޭނެ މިރޭ.. އެކަމާ ހާސް ނުވޭ... އަސަދު ދާނެ ކަމެއް ނެތް ސާޔާ ކައިރިއަށް.. އަހަރެން ގޮސްފާނަން..."... އަސަދުގެ ޖަވާބަކަށް މަޑުކުރުމެއް ނެތި ރައުލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ސިޑިން މައްޗަށް އަރަން ފެށިއެވެ. ރައުލް ދިޔަ ދިމާލަށް ބަލަން ހުރި އަސަދުގެ ލޮލުގައި ވަނީ ތަފާތު ވިދުވަރެކެވެ.

****************

ކައި ނިންމާލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ލޫކަސް ގޮސް ލިފްޓަށް އެރީ ގޭގެ ތިންވަނަ ފަންގިފިލާއަށް ދިއުމަށެވެ. ދިހަ ބުރިއަށް ހަދާފައިވާ އެގެ އަކީ މަލިކާ އާއި މަލާންގެ ބައްޕަގެ ގެއެވެ. ކޮންމެ ކުއްޖަކަށް ވެސް ގެއިން ފަސް ބުރި ދީފައިވާ އިރު އެންމެ ތިރީ ހަތަރު ބައިގައި އުޅެނީ އާއިލާ މީހުންނެވެ. ފުރަތަމަ ފަންގިފިލާގައި މަލިކާގެ އާއިލާ ދިރި އުޅޭއިރު ދެވަނަ ބައިގައި އުޅެނީ މަލާންގެ އާއިލާ އެވެ. އަދި ތިން ވަނަ ބައިގައި ޔަލާގެ ކުޑަ އާއިލާއެވެ. ހުރިހާ ފިރިހެން ކުދިންގެ އެދުމުގެ މަތިން އެކުދިންނަށް ދީފައި ހުންނަނީ ހަތަރުވަނަ ބުރިއެވެ. ނަމަވެސް އެބައި ވެސް މިހާރު ހުރީ ހުސްކޮށެވެ. ބާކީ ހުރި ހަ ފަންގިފިލާއިން ފަސް ފަންގިފިލާ ކުއްޔަށް ދޫކޮށްފައި ހުންނައިރު އެންމެ މަތީ ފަންގިފިލާ ހުރީ ހުސްކޮށެވެ.

އެންމެން އެކީގައި ނޫޅުނު ނަމަވެސް އާއިލީ ގުޅުން ދެމެހެއްޓުމުގެ ނިޔަތުގައި އާއިލާގެ ހުރިހާ މެމްބަރުންވެސް ކެއުމުގެ ކަންތައް ހަމަޖެހިފައި އޮންނަނީ މަލިކާގެ ބައިގައެވެ.

އެޕަރޓްމެންޓަން ވަދެވުމާއެކު ލޫކަސް ނިތްކުރީގައި ފިރުމާލިއެވެ. ދެން މަޑު މަޑުން މޭގައި ދެތިން ފަހަރު ޖަހާލިއެވެ. ހީވާ ގޮތުން ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަނީއެވެ.

" ނަވާ..."... ލޫކަސްގެ ތުންފަތް ފޫ އަޅުވާލުމަށްފަހު ނިކުތީ ނަވާރްގެ ނަމެވެ. ކުއްލިއަކަށް ނަވާރް ފެނުމުން އެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ނަވާރްއާއި ކުރިމަތިލާން ލޫކަސް އަދި ތައްޔާރެއް ނޫނެވެ. އެ ދުވަސް އަންނާނެކަމެއް ހުދު ލޫކަސް އަށް ޔަޤީނެއް ވެސް ނޫނެވެ.

****************

ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ރައުލް މަޑުމަޑުން ސާޔާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެނދުގެ ކަނުގައި ބޯ އަޅައިގެން އޮތް ޒުވާން އަންހެން ކުއްޖާއެވެ. ކައިރީގައި ރަތް ކުލައިގެ ހެދުމެއް އޮތް އިރު އެ ހެދުމުގެ ބައިތަށް ވަނީ ކަފާ ކުދި ކޮށްފައެވެ. ރައުލް އަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނީ ސާޔާގެ މައުސޫމުކަން ހިތަށް އެރުމުންނެވެ. ބޯ އަރިކޮށްލުމަށްފަހު ރައުލް ސާޔާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ހީވާ ގޮތުން އޭނާ އޮތީ ނިދާފައެވެ. ނަމަވެސް އިސްތަށިގަނޑުން ބައެއް މޫނަށް އެޅިފައި އޮތުމުން ސާޔާގެ މޫނު އެއްކޮށް ފެންނަ ވަރެއް ނުވިއެވެ.

ކޮޓަރީގެ ދޮރު ކައިރީގައި ހުރި ރައުލް ކުއްލިއަކަށް ފެނުނީ ސާޔާގެ ކައިރީގައި ހުއްޓައެވެ. ހަރަކާތްތަކަށް ނުހަނު ފަރުވާތެރިވެ ހުރެ ރައުލް އުޅުނީ ސާޔާގެ މޫނަށް އެޅިފައި އޮތް އިސްތަށިގަނޑު ދުރުކޮށްލާށެވެ. ނަމަވެސް ކުއްލިއަކަށް ސިހިފައި ރައުލްއަށް ފަހަތަށް ޖެހެވުނީ ސާޔާ ދެލޯ ހުޅުވާލުމުންނެވެ. އަދި ހަމަ އެ ވަގުތު އޭނާގެ އަތުގައި އޮތް ކަތުރު ރައުލްގެ އަތަށް ހަރާލިއެވެ.

" ޑޭމްން.. ސްޓުޕިޑް ގާރލް..."... ރައުލްއަށް ވީ ތަދާއެކު ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. އޭރު ސާޔާ ދެފަރާތަށް ކަޅި ހިންގަމުން ދިޔަ އިރު ހީވަނީ ރައުލްއަށް ހަމަލާދޭނެ އިތުރު އެއްޗެއް ހޯދަނީ ހެންނެވެ. ރައުލްއަށް އެކަން ވިސްނުމުން އެއް މިޔަނަކުން ހީލިއެވެ. އާރެއް ބާރެއް ނެތަސް ސާޔާ އޭނާގެ އަމިއްލަ ރައްކާތެރިކަން ހޯދަން މަސައްކަތް ކުރާތަން ފެނުމުން ރައުލް ހިތްހަމަ ޖެހުނެވެ.

" ނޯ ޑޯންޓް ޓަޗް މީ... އާދޭސް ކޮށްފަ މި ބުނަނީ.. ހެޔޮ ނުވާނެ.. "... ރައުލް އަތަށް ހެރިފައިވާ ކަތަރު ދަމައިގަތުމަށްފަހު ތިރިވުމުން ސާޔާ އަށް ރޮވިއްޖެއެވެ. ސާޔާގެ އެ ހަރަކާތުންވެސް ރައުލްގެ މޫނުން ފެނުނީ ލާނެތް ކަމެވެ. ހީވާ ގޮތުން ރައުލްއަކީ ސަކަ މިޒާޖެއްގެ ޒުވާނެކެވެ. ކިތަންމެ ސީރިޔަސް ވަގުތެއްގައިވެސް ރައުލް ހެވިފައި ހުއްޓާ ފެނިދާނެއެވެ. އެ މޫނުން ހިތާމައިގައި އަސަރު ފާޅުވާނީ މަދު ފަހަރެއްގައެވެ.

ރައުލްގެ އަތް މަޑު މަޑު ގެންދަން ފެށީ ސާޔާ އާއި ދިމާލަށެވެ. އޭނާގެ ނަޒަރު އަމާޒުވެފައި ހުރީ ސާޔާގެ މޫނަށެވެ. ދެން ކުރެވޭނެ މާ ބޮޑު ކަމެއް ނެތްކަން އެނގުމުން ހިތްދަތިކަމާއެކު ސާޔާ ލޯ މަރާލިއެވެ. އެހެން އިންނަތާ ފަސް ވަރަކަށް މިނިޓް ފާއިތުވެގެން ދިޔައިރު ވެސް ކުރިމަތީގައި އިން ޒުވާނާގެ ހިލަމެއް ނުވުމުން ސާޔާ ލޯ ހުޅުވާލިއެވެ.

އެވަގުތު އެ މޫނަށް ހައިރާންކަން ވެރިވީ އެނދުގައި ހަމަޖެހިލައިގެން އިނދެ އެ ޒުވާނާ އަތުގައި ޒަހަމް ވެފައިވާ ތަން ފޮތިކޮޅަކުން އައްސާތަން ފެނުމުންނެވެ.

ޖެހިލި ފިނި ވައިރޯޅި އާއެކު ސާޔާގެ ނޭފަތުގައި ޖެހުނީ އެރޭ ދުވި ލުއި މީރު ވަހެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަން ވެސް މަޑުމަށުން ފިލަން ފެށިއެވެ. ހުޅުވިފައިވާ ކުޑަދޮރު ލޮލުގައި އަޅައިގަތް ނަމަވެސް އޭނާ އިނީ އިންތަނުން ގުޑި ލާންވެސް ނުކެރިފައެވެ. އެހެން އިން އިރު ސިއްރު ސިއްރުން ރައުލްގެ ހަރަކާތްތަކަށް ސާޔާ ބަލަމުންދިޔައެވެ. ރައުލްގެ ފަރާތުން ކުރިން އެ ކޮޓަރިއަށް އަންނަ ފިރިހެނުންގެ ކިބައިން ފެންނަ އެއްވެސް ކަމެއް ނުފެނުމުން ސާޔާ އަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ރައުލް އޭނާއާއި ގާތް ވާން މަސައްކަތެއް ނުކުރެއެވެ. އަދި އޭނާ އާއި ވާހަކަ ދައްކަން ވެސް މަސައްކަތެއް ނުކުރެއެވެ.

ކުއްލިއަކަށް ސާޔާ ސިހުނީ ރައުލްގެ ނަޒަރު އޭނާ އާއި އަމާޒު ވުމުންނެވެ. ރައުލް އަތުން އިޝާރާތް ކޮށްލުމަށްފަހު ކައިރިއަށް އައުމަށް އެދުނެވެ. ނަމަވެސް ސާޔާއަށް ޖެހިލެވުނީ ފަހަތަށެވެ.

" އޯކޭ ފައިން.. އަހަރެން ނޫޅެން ސާޔާއަށް ކަމެއް ކުރާކަށް... އެނގޭ މިހެން ބުނީމަ ގަބޫލު ކުރަން އުނދަގޫ ވާނެކަން.. ބަޓް ޔޫ ހޭވް ޓު ޑޫ ސަމްތިންގް ފޯރ މީ.. އެހެން ނޫނީ ސާޔާގެ އުމުރު ހުސްވަންދެން ވެސް މި ދިރިއުޅުން އުޅެން ޖެހިދާނެ.. އެކަމަކު މިއީ އާ ފެށުމެއް ކަމަށް ބަލާ... " ރައުލް ވާހަކަ ދައްކަމުން ދިޔައީ ސާޔާ އަށް ފަސޭހައިން ވިސްނޭނެ ފަދަ ގޮތަކަށެވެ.

ރައުލް ހީކުރި ގޮތާއި ޚިލާފަށް ސާޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެ މޫނުން ފެންނަނީ ހައިރާން ކަމާއި ޖެހިލުންވުމުގެ އަސަރުތަކެވެ. ރައުލްގެ ހިތުގައި އެ ނާޒުކު އަންހެން ކުއްޖާއާއި މެދު ހަމްދަރުދީ އުފެދުނެވެ.

" އައި ނޯ އެވްރީތިންގް އެބައުޓް ޔޫ.. އައި ނޯ ވަޓް ޔޫ އަރ ގޮއިންގް ތްރޫ.. އަހަންނަށް އެނގޭ މިވަގުތު ސާޔާގެ ސިކުނޑީގައި ވަނީ ކީކޭ ކަންވެސް.. އެކަމަކު މިވަގުތު އެ ސުވާލުކަތަށް ޖަވާބު ދެވޭކަށް ނެތް.. އަހަރެން  ބޭނުންވަނީ ސާޔާ އަހަންނަށް އިތުބާރު ކުރުމަށް... އެ ދުވަހަކުން ސާޔާގެ ހިތުގައި ތި އުފެދޭ ސުވާލުތަކުގެ ޖަވާބު އަހަރެން ދޭނަން... އެކަމަކު އިހަށް މި ބޯލަން ވީ...".... ރައުލް ދައްކާލީ ޖީބުން ނެގި ކުޑަ ފުޅި އެކެވެ. އެ ފުޅީގައި ހުރި ފެހި ކުލައިގެ ދިޔައަށް ސާޔާ ބަލާލިއެވެ.

ރައުލް އެ ފުޅި ދިއްކޮށްލުމުން އޭގައި ނުހިފަން ހުރެފައި ވެސް ސާޔާ ހިފީ ރައުލްގެ ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރެވުމުންނެވެ. ޚާއްސަކޮށް އެ ދިރިއުޅުމުން އޭނާ ސަލާމަތްކޮށްދޭނެ ކަމުގައި ބުނުމުންނެވެ.

ރައުލް ބޯ ޖަހާލުމާއެކު ސާޔާ އެއް ނޭވާއިން އެ ފުޅި ހުސްކޮށްލިއެވެ. ހީކުރި ގޮތާއި ޚިލާފަށް އެއީ މީރު ބުއިމެކެވެ. ދުވަހަކުވެސް ބޮއެފައި ނުވާ އެއްޗަކަށް ވިޔަސް އޭނާއަށް އެ ބުއިން ކަމުދިޔައެވެ.

****************

އެނދުގައި އިން ނޯޔާގެ ނަޒަރު އިރު އިރުކޮޅާ ދޮންތަ ނަވާރް އަށް ހުއްޓެމުން ދިޔައެވެ. ނޯޔާ އެ ކޮޓަރިއަށް އައީ ކޮޓަރި ތަރުތީބު ކުރަން ނަވާރް އަށް އެހީތެރިވެދިނުމުގެ ބަހަނާގައެވެ. އުމުރުން ނަވާރަ އަހަރުގެ ނޯޔާ އަކީ ވިސްނުން ތޫނު ކުއްޖެކެވެ. އެހެން މީހުންގެ އިހްސާސްތައް ފަސޭހައިން ދެނެގަންނަ ކުއްޖެކެވެ. ފަހަރެއްގައި ސައިކޮލޮޖީ ކިޔަވަން ނޯޔާ އެހާ ވަރަށް ޝައުޤުވެރިވީ އެ ސަބަބާއި ހުރެއެވެ.

" ސޭ އިޓް ދޮންތި.. އައި ނޯ ޔޫ އަރ ހާރޓް.. އެންޑް އައިމް ސޮރީ.. "... ނަވާރްގެ ހިތުގެ ހާލު އެނގޭތީ ނޯޔާ އިނީ ނުހަނު ދެރަވެފައެވެ. ނަވާރް އެއްޗެކޭ ނުބުނެ އިނަސް އެ ހިތުގެ އަޅާނެ ވޭން ނޯޔާއަށް އަންދާޒާ ކޮށްލެވުނެވެ.

" ދޮންތި އަށް ނޭނގެ ބުނާނެ އެއްޗެއް.. ހީކުރީ މިހާރު އެ ހަނދާންތަކާއި ދުރުވެވިއްޖެ ކަމަށް.. އެކަމަކު ލޫކަސް ފެނުމުން އެއީ ދޮގެއްކަން އެނގިއްޖެ.. އައި ސްޓިލް ލަވް ހިމް ސޯ މަޗް...".... އެނދުގައި އޮށޯވެލަމުން ނަވާރް ބުނެލީ ކިރިޔާ ނޯޔާއަށް އަޑު އިވޭ ވަރަށެވެ.

" ދޮންތި މޫވް އޮން ކުރަން ޖެހޭނެ.. ލޫކަސް ދޮންތި ދެކެ ކުޑަކޮށް ވެސް ލޯބިވާ ނަމަ ޔަލް ދޮންތި އާ މެރީ ނުކުރާނެ އެންނު... ކިރާޒް ވެސް ނުހުންނާނެ އެންނު.."... ނޯޔާ ހާމަކުރީ ހަޤީޤަތެވެ.

" ނޯޔާ ތިހެން ބުންޏަސް ދޮންތި އަށް ޤަބޫލެއް ނުކުރެވޭ.. ލޫކަސް އެހާ އަވަހަށް ބަދަލުވާނެއޭ ހިތެއް ނުބުނޭ..."... ނަވާރް އަށް ހަޤީޤަތް ޤަބޫލުކުރަން އުނދަގޫ ވިއެވެ. އެހިތަށް އޮޅުވާލުމުގައި ނަވާރް ކުރި ހޯދަމުން ދިޔައެވެ.

" އޯކޭ.. ދެން ތިވާހަކަ ނޫން.. ކީއްވެ ކުއްލިއަކަށް ތި އައީ ނުވެސް ބުނެ؟...".... ނޯޔާ ވާހަކަ ބަދަލުކޮށްލިއެވެ. މުހިއްމު ކަމަކު ނޫނީ ނަވާރް ނާންނާނެކަން ނޯޔާ އަށް ޔަޤީނެވެ.

" އައި ކޭމް ފޯރ ލިއަމް...".... ނަވާރްގެ މޫނަށް ވެރިވީ މޮޅިވެރިކަމެވެ. ދެ ކުދިން ވެސް އެއްޗެކޭ ނުބުނެ އިރުކޮޅަކަށް ތިބީ ބުނާނެ އެއްޗެއް ވިސްނުމަށް ނައުމުންނެވެ.

" ދޮންބެ ކައިރިއަށް ނުދާނަން؟... ".. ނޯޔާ އަހާލީ ނަވާރްގެ އަތުގައި ހިފާލަމުންނެވެ. އެ ލޮލުގައި ވީ އުއްމީދުގެ ވިދުވަރެކެވެ.

" މާދަމާ ދާނަން.. އިޓްސް ޓައިމް ފޮރ އަސް ޓު ރީ ޔުނައިޓް.. "... ނޯޔާގެ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން ނަވާރް ބުނެލިއިރު އެ އަޑުގައި ޖޯޝެއް އެކުލެވިގެން ވިއެވެ.

****************

"ޕާރލްސް" ހޮސްޕިޓަލުގެ ދޮރުމައްޗަށް މަޑުކޮށްލި ކާރުން ފޭބީ މަލިކާއެވެ. ލައިގެން ހުރި ހެދުން ރަނގަޅުކޮށްލަމުން މަލިކާ ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ. ހޮސްޕިޓަލުން ދިމާވާ ކޮންމެ މީހަކަށް ވެސް މަލިކާ ހަދިޔާ ކުރީ ހިތްހެޔޮ ހިނިތުން ވުމެކެވެ. އޭގެ ބަދަލުގައި އެމީހުން ވެސް މަލިކާއާއި ހިނިތުންވުން ބަދަލުކުރިއެވެ.

ލިފްޓުން މަލިކާ އެރީ ހޮސްޕިޓަލުގެ ހަ ވަނަ ބުރިއަށެވެ. އެތަނުން ޕްރައިވެޓް ކޮޓަރިއެއްގެ ދޮރު ހުޅުވާލުމަށްފަހު އޭނާ އެތެރެއަށް ވަދެ އަތުގައި އޮތް ދަބަސް އެއް ފަރާތުގައި ހުރި ސޯފާގައި ބޭއްވިއެވެ.

" ސޯފިޔާ ދެން ދޭ ގެއަށް.. މިރޭ މިކޮޅުގަ އަހަރެން މަޑުކޮށްލާނަން.. "... ގޭގައި ގެންގުޅޭ ސޯފިޔާ އާއި މަލިކާ ވާހަކަ ދެއްކީ އޯގާތެރި ކަމާއެކުގައެވެ. ސޯފިޔާ ރޭގަނޑުގެ ސަލާމް ކޮށްލުމަށް ފަހު ނުކުމެގެން ދިޔުމުން މަލިކާ ގޮސް ހުއްޓިލީ އެނދު ކައިރީގައެވެ.

އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އެނދުގައި އޮތް ލިއަމް އަށެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުން ވުމާއެކު މަލިކާ ލިއަމްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އަދި އެ ތަނަވަސް ނިތްކުރީގައި ބޮސް ދިނެވެ.

" ދަރިފުޅާ.. އަދި ކިހާ ދުވަހަކު މަންމަ ދަރިފުޅަށް އިންތިޒާރު ކުރަން ޖެހޭނެ..؟.. ދެން ދަރިފުޅު ހޭލަން ވެއްޖެ އެންނު.. ދަރިފުޅު ތިހެން އޮތަސް އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ.. ލިއަމް ނެތުމުން ގޭތެރެ ވަރަށް ފަޅު.. އެއްވެސް ދިރުމެއް ނެތް.. މިރޭ ނަވާރް އައިއްސި.. ނަވާ އަދިވެސް އަމިއްލަ ނަފްސަށް މާފް ކުރިހެން މަންމަ އަށް ހިއެއް ނުވޭ... މަންމަ އަށް އެނގޭ ނަވާ ދަރިފުޅުގެ ހާލު އޮޅުންފިލުވަން ބޭނުން ވާނެކަން.. އެކަމަކު އޭނާގެ އެ ހިތްވަރެއް ނެތް ދަރިފުޅާ.. މަންމަ ވަރުބަލި ވެއްޖެ.. މަންމަގެ އުފާވެރި އާއިލާގެ އުފާވެރިކަން ގެއްލިއްޖެ.. ދަރިފުޅު ހޭލީމަ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.. ".... ލިއަމްގެ އަތުގައި ހިފަހައްޓައިގެން އިނދެ މަލިކާ އޭނާގެ ހިތުގެ އުދާސްތަށް ބޭރުކުރަމުން ދިޔައެވެ. އެކަމުން އޭނާގެ ހިތަށް ލުޔެއް ލިބޭތޯއެވެ.

****************

" ރައުލް...."... ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާ އެކުވެސް ރައުލްގެ ކަންފަތުގައި ޖެހުނީ ބީކާލް ގެ އަޑެވެ. ދުލުގެ ކޮޅުގައި ދަތް އަޅާލަމުން ރައުލް ފަސްއެނބުރި ބަލާލަމުން ހީލިއެވެ.

" ސޮރީ ޑޭޑް.. މިއީ އެންމެ ފަހު ފަހަރު... ޕްރޮމިސް...".. ރައުލް އޭނާގެ ބައްޕަ ބީކާލް އަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަވަހަށް މާފަށް އެދުނެވެ.

" ދަރިފުޅު ބުނާނީ ތިހެން.. ބައްޕަ އަބަދުވެސް ބުނަން އިންސާނުންގެ ކަންކަމާ ދަރިފުޅު ނުބެހޭށޭ.. އެއީ ވަކި އިމެއް.. އެމީހުންގެ ހުދޫދުގެ ތެރެއިން އެކަންތައް ހިނގާނީ.. އަހަރުމެން އެކަންކަމުގެ ތެރެއަށް ވަންނަން ފެށީމަ ހުރިހާ ކަމެއް ވެސް ބަދަލުވަނީ... ".. ބީކާލް ހާމަކުރީ ހަޤީޤަތް ނަމަވެސް އެއީ ރައުލްއަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫނެވެ.

" އަޅުގަނޑަކީ ވެސް އިންސާނެއް.. ވެލް.. ހާފް.. ހިއުމަން.. ".. ރައުލް ބުނެލީ ފަރުވާ ކުޑަ ރާގަކަށެވެ. އެކަމުން ބީކާލް އެހާ ހިތްހަމަ ޖެހުނުހެން ހިއެއް ނުވެއެވެ.

" ރައުލް އަށް ބާރު ތަކެއް ލިބިފަ ހުއްޓަސް އެކަމުގެ ފައިދާ ނާޖާއިޒު ގޮތުގަ ނަގަން ބައްޕަ ހިތްހަމަ އެއް ނުޖެހޭ.. ބައްޕައަށް ނޭނގެ ރައުލް ކޮންކަމެއްކަން ތި ކުރަނީ.. އެކަމަކު ބައްޕަ ބޭނުމެއް ނޫން ރައުލް އިންސާނުންގެ ކަންކަމާ ބެހެން.. އެކަމުން ދަރިފުޅަށް ލިބޭނެ ފައިދާއެއް ނެތެންނު"... ބީކާލް ބުނެލީ އޭނާ ބޭނުންވާ ގޮތެވެ.

މިފަހަރު ރައުލްގެ މޫނަށް ވެރިވީ ނުރުހުންވުމުގެ ކުލަވަރެކެވެ. ބީކާލްގެ ވާހަކަ ހުރި ގޮތުން ރައުލް އަށް އުނދަގޫ ވިއެވެ.

" އަޅުގަނޑު ގޯސް ކަމެއް ނުކުރަން.. އިންސާނަކަށް ގެއްލުމެއް ނުދެން.. އަނިޔާއެއް ނުކުރަން.. އަބަދުވެސް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދެނީ.. ބައްޕަގެ ސަބަބުން ދޯ އެކަމަކު އެންމެ ފަހު ފަހަރުވެސް އަޅުގަނޑަށް ނުދެވުނީ.. ބައްޕަގެ ސަބަބުން ލާރާ މަރުވީ.. ދެން އިތުރަށް އެހ.........".. ރައުލްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ބީކާލް އަތުގެ އިޝާރާތުން ހުއްޓާލުމަށް ބުންޏެވެ.

ރައުލްގެގެ ދުލުން އަލާރާގެ ނަން އިވުމުން ކެތްތެރިކަން ކޮޅުންލީ އެވެ. ބީކާލް ކުއްލި ހަރަކާތަކާއެކު ހިފާލީ ރައުލްގެ ކަރުގައެވެ. ނުހަނު ހަލުވި ކަމާއެކު ގޮސް ބީކާލް ރައުލް ފާރުގައި ތަތްކޮށްލިއެވެ.

" އަލާރާ މަރުވީ އަހަރެންގެ ސަބަބުން ނޫނޭ ކިތަށް ފަހަރުތަ ބުނަންވީ...މާތްﷲ ކަމެއް މެދުވެރިވާން އިރާދަކުރެއްވީމަ އެކަން ހުއްޓުވުމުގެ ބާރު އަހަރުމެންނަށް ލިބިގެން ނުވާކަން ކިތަށްފަހަރު ބުނެދޭންވީ... ބައްޕައަށް ކިހިނެތް އެނގޭނީ އެކްސިޑެންޓް ވާނެ ކަމަށް.. ދަރިފުޅަށް އެނގޭނެ ބައްޕަގެ ބާރެއް ނެތްކަން.. ލާރާ އެއީ ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު... އެއީ އަހަރެންގެ ދަރިއެއް.. އެ ހަށިގަނޑުގައި ހިނގީ އަހަރެންގެ ލޭ.. ދަރިޔަކު ދެކެ ބައްޕަ އަކު ވާނެ ލޯބި އަހަރެން އަލާރާ ދެކެ ވީން.. "... ބީކާލްގެ އަޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. ރައުލްއަށް ބާރު ލިބިފައި ހުއްޓަސް ބީކާލްއަށް ވުރެ ބާރުގަދަ ނުވާނެކަން އެނގެއެވެ. ނަމަވެސް ބީކާލްގެ އަތް ނެއްޓުވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

" ދި ޓިޕިކަލް ފާދަރ އެންޑް ސަންސް ފައިޓް.. "... ބީކާލް އާއި ރައުލްގެ ސަމާލުކަން އަތުލީ ދޮރުމައްޗަށް އެރި ޒުވާނާއެވެ. އެއާއެކު ބީކާލް ރައުލްގެ ކަރުން އަތް ދޫކޮށްލުމަށްފަހު ހިނގަނޑެއް ޖަހާލިއެވެ. ރައުލް ވެސް ހީ ގަންނަމުން ބީކާލްގެ ބުރަކަށީގައި ޖަހާލިއެވެ. ދެންމެ އެ ދެމެދުގައި ހިނގި ކުޑަ ހަމަނުޖެހުމުގެ ނިޝާނެއް އެ މޫނުތަކުން މިހާރު ފެންނާކަށް ނެތެވެ.

" ރާސިލް... ވެލްކަމް ބެކް ސަން.. ".... ބީކާލް ފުޅާ ހިނިތުންވުމަކާއެކު ގޮސް ދޮރުމަތީގައި ހުރި ދޮށީ ދަރިފުޅު ރާސިލްގެ ކުރި މަތީގައި ހުއްޓިލިއެވެ.

~ ނުނިމޭ ~

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!