ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" އަހަރެން މިއަހަނީ ކީއްވެ ހެއްޔޭ ރައުލް އަހަންނަށް ސާޔާގެ ހަޤީޤަތް ވެސް އޮޅުވާލީ؟.. ވައި ޑިޑިންޓް ޔޫ ޓެލް މީ ހޫ ޝީ އިޒް؟.. ".. ލިއަމްގެ އަޑު ބާރުވެގެން ދިޔުމާއެކު އެ އަޑުގައިވީ ނުރުހުން ރައުލްއަށް އިހްސާސް ކުރެވުނެވެ.

Ads by STELCO

************************

އެއާއެކު އޭނާއަށް ދެއަތް މުށްކަވާލެވުނެވެ. އެ ސިއްރު ލިއަމް އަށް އެނގެންވީ ގޮތަކާމެދު ރައުލް އަށް ހިތުގައި ސުވާލު އުފައްދާލެވުނެވެ. އެއީ އޭނާއާއި ރާސިލްއަށް އެކަނި އެނގޭ ބޮޑު ސިއްރަކަށްވެފައި ރާސިލް އެ ސިއްރު ހާމަނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އެބައޮތެވެ.

" ކިހިނެތްވީ؟.. ކީއްވެ އެއްޗެކޭ ނުބުނެ ތި ހުންނަނީ؟.. ވާހަކަ އޮއްބާލެވޭނެ މޮޅު ދޮގެއްތަ ތި ވިސްނަނީ؟.. އެހެންވީރު ބުނަންތަ؟.. ތިކަމެއް ނުވާނެ.. ބިކޯޒް އައިނޯ ހޫ ޝީ އިޒް ރައުލް....".. ލިއަމްގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ. ރެއިލިންގައި ހިފަހައްޓައިގެން ހުރި ދެއަތަށް ބާރުވަމުން ދާގޮތުން އޭނާ ރުޅިގަނޑު މައިތިރި ކުރަން މަސައްކަތް ކުރާކަން ދޭހަވެއެވެ.

" ލިއަމް ކީކޭ ތި ކިޔަނީ؟؟؟ .. އެއްފަހަރު އެބަ ބުނޭ ސާޔާގެ ހަޤީޤަތް އެނގެޔޭ.. ދެން އެބަ ބުނޭ އޭނާ އަކީ ކާކުކަން ބުނެދޭށޭ... ފުރަތަމަ ހަމަޖެހިބަލަ.. ލިއަމް މާ އަވަހަށް ރުޅި ތި އަންނަނީ... ".. ރައުލް އަތުން އިޝާރާތް  ކޮށްލަމުން އައިސް އިށީނުމަށް ބުންޏެވެ. ލިއަމް ވެސް އިތުރު އެއްޗެއް ނުބުނެ އައިސް އިށީނެވެ. ނަމަވެސް އޭނާ އިސްޖަހައިގެން އިން ގޮތުން ރައުލް އާއި ދިމާލަށް ބަލަން ބޭނުން ނުވާކަން ރައުލް އަށް އެނގެއެވެ.

" ސާޔާގެ ކަރުގަ އިން ނިޝާން އަހަރެން ދުށިން.. "... ލިއަމް އިން ގޮތަށް އިނދެ ބުނެލިއެވެ. ދެއަތް ޖޯޑުކޮށްލަމުން އޭނާ އިނގިލި ތަކަށް ވާން ކޮށްލިއެވެ. އަދިވެސް އެކަން ޤަބޫލު ކުރަން އޭނާއަށް އުނދަގޫ ވަނީއެވެ. އެހެން ވާން ޖެހޭ ސަބަބު ނުވިސްނެނީއެވެ.

ލިއަމްގެ ޖަވާބު އަޑު އިވިފައި ރައުލް ކުޑަކޮށް ހުއްޓުން އެރިއެވެ. އިތުރަށް އޮޅުވާލެވެން ނެތްކަން އެނގުނެވެ. ނަމަވެސް އެކަމާއި ގުޅިގެން އެއްޗެއް ބުނަން ރައުލް ބޭނުމެއް ނޫނެވެ.

" ރައުލް އަށް ކިހިނެތް އެ ނިޝާނާއި ގުޅޭ ގޮތުން އެނގެނީ؟.. އައި ތޯޓް ލާރާ ޑިޑިންޓް ނޯ... ".. ރައުލް ބުނެލިއެވެ. އެއާއެކު ލިއަމް ބޯ ޖަހާލިއެވެ. އަލާރާ އަށް ނޭނގޭ ކަމުގައި ބުނެލިއެވެ.

" ލާރާ އަށް ނޭނގެ.. ލާރާ ހީކުރީ އެއީ ލަކުނެއް ކަމަށް.. އެތަން އިންނަ ގޮތުން ހީވާނީ ވެސް ލަކުނެއް ހެން.. އެކަމަކު އެއް ދުވަހަކު ބީކާލް އަންކަލް އާއި މެލެކް އާންޓީ އެވާހަކަ ދައްކަނިކޮށް އަޑު އިވުނު.. އެނގޭ އެއީ އާއިލީ ނިޝާނެއްކަން.. އެހެންވީމަ މާނަ އަކީ.. ސާޔާ އަކީ...؟.....".. ލިއަމް އަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރަން އުނދަގޫ ވިއެވެ. ހިންދިރުވާލުމަށްފަހު އުނދަގޫ ގޮތަކަށް ލިއަމް މޫނުގައި އަތް ހިންގާލުމަށްފަހު އިސްތަށިގަނޑަށް އަތް މަހާލިއެވެ.

" ލިއަމް.. އައި ޖަސްޓް ވޯންޓް ޔޫ ޓު ޓްރަސްޓް މީ.. ލިއަމް އަށް ޤަބޫލުކުރަން ވެސް އުނދަގޫ ވާނެކަން އެނގޭ.. އެކަމަކު ކަންތައްތައް ވަމުން ދަނީ އަހަރެމެން ހީކުރި ގޮތަށް ނޫން.. ލާރާގެ މަރަކީ ވެސް އެކްސިޑެންޓެއް ނޫން.. އައި މީން.. އެރޭ އެއީ އެކްސިޑެންޓެއް ނޫނޭ.. އެހެންވީމަ ސާޔާގެ ހަޤީޤަތް އެއްވެސް މީހެއް ކައިރީގަ ބުނެވެން ނެތީ.. އެކަން ހާމަވެއްޖެ ނަމަ ސާޔާއަށް އެއްވެސް ރައްކާތެރި ކަމެއް ނެތް.. ޕްލީޒް.. ކީޕް ދިސް އޭޒް އެ ސީކްރެޓް... އެޓްލީސް ފޯރ ދި ސޭކް އޮފް ލާރާ..."... ރައުލް ބުނެލީ އާދޭހާއި އެކުގައެވެ.

" އަހަންނަށް އެނގޭ އެއީ އެކްސިޑެންޓެއް ނޫންކަން.. އެކަމަކު އެވަރު ކަމެއް ކުރާނީ ކާކު ކަމެއް ނޭނގެނީ.. ޖޯން ކައިރީގަ ބުނެފަ އޮންނާނީ އެ ކޭސް އާ ގުޅުން ހުރި ފައިލް ބަލާދިނުމަށް އަދި.. އަހަންނަށް ވެސް އެނގޭ އެއީ ބަޔަކު ކުރި ކަމެއްކަން... އެރޭ ކާރުގެ ބްރޭކް ވެސް ފެއިލް ވެފަ ހުރީ.. އިތުރު ކާރަކުން އައިސް ފަހަތުން ޖައްސާލީ.. އަހަރެން އެވާހަކަ އިތުރަށް ނުދެއްކީ މިހާރު އެ ކޭސް ނިމިފަ އޮންނާނެ ކަމަށް.. ބައްޕަ ކައިރީގަ އެވާހަކަ ދައްކަން މިއުޅެނީ.. މޭބީ ހީ ކޭން ހެލްޕް.. އަދި އެއް ވާހަކަ... އަހަންނަށް ޝައްކު ކުރެވޭ މީހެއް އެބަހުރި...".. ލިއަމް ރައުލް އަށް ބަލާލިއެވެ. އެއާއެކު ރައުލް ބުމަ އަރުވާލީ ކާކު ހެއްޔޭ އަހާލާފަދަ ގޮތަކަށެވެ.

" ކޯމާގަ އޮތް އިރު އަަހަންނަށް ފެނޭ ހުރިހާ މަންޒަރުތައް.. ހުރިހާ އަޑުތަކެއް ވެސް އިވޭ.. ބައެއް ދުވަސް ދުވަހު ވަރަށް ދެރަވޭ.. އެކަމަކު ހަރަކާތެއް ނުކުރެވޭ.. ނުރޮވޭ.. އަޑެއް ބޭރު ނުކުރެވޭ.. ލާރާ މަރުވިކަން ވެސް އެނގުނީ އެގޮތުން.. ސާޔާ އާ ބެހޭ ގޮތުން ވެސް އެނގުނީ އެހެންވެ.. ހަނދާންވޭތަ؟.. ވަޓް ވޯޒް ހިޒް ނޭމް.... ފަހުން އައި ޑޮކްޓަރ.. ޑޮކްޓަރ ވިޝާލް.. ވަރަށް ޝައްކު ކުރެވޭ ވިޝާލް އަށް... ސާޔާ ވެސް އެވާހަކަ ބުންޏެންނު އެދުވަހު ހޮސްޕިޓަލްގަ...  ".. ރައުލް ކުޑަކޮށް ވިސްނާލުމުން ލިއަމް އެ ބުނާ ދުވަސް ހަނދާންވިއެވެ. ނަމަވެސް އޭނާ އަށް ވިޝާލްގެ ފަރާތުން އެކްސިޑެންޓާއި ގުޅޭ އެއްވެސް ކަމެއް ފާހަނގަ ކުރެވިފައި ނެތެވެ. އެހެންކަމުން ލިއަމް ކައިރީ އިތުރަށް ސުވާލުކުރިއެވެ.

" އޭގެ ފަހުން ވެސް ވިޝާލް އާދޭ.. ހަމަ އެގަޑީގަ.. އެނޫން ގަޑިއެއްގަ ނާދޭ.. އަތުގަ އޮވޭ ފައިލެއް. އެކަމަކު ވަދެފަ އޭނަ ދަނީ.. ހީވާ ގޮތުން އެތަނަށް ދަނީ މީހެއް ހޯދަން ކަންނޭނގެ.. ބޭނުންވާ މީހެއް ނުހުންނާތީ ދަނީ އޭ އަހަރެންގެ ހިތަށް އެރީ.. ދެން އަނެއް ކަމަކީ ޑޮކްޓަރެއް ނަމަ އަހަރެންގެ ހާލު ބަލާނެ އެންނު.. އެކަމަކު ހީ ނެވަރ ޑަޒް ދެޓް.. އެކަން އަހަންނަށް ޔަޤީން.. އައި ތިންކް ހީ އިޒް ޕްރިޓެންޑިންގް ޓު ބީ އެ ޑޮކްޓަރ...".. ލިއަމް ވަރަށް ވިސްނުންތެރިކަމާއެކު އޭނާއަށް ފާހަނގަ ކުރެވުނު ކަންކަން ކިޔައިދިނެވެ. މީގެ ކުރިން އެކަންކަމާއި މެދު ވިސްނަން ހިތަށް ނޭރީއެވެ. މާ ލަސްވެއްޖެ ކަމުގައި ޤަބޫލު ކުރެވުމުން ލިއަމް މާޔޫސްވިއެވެ. އާލާރާ އަށްޓަކާ އެވަރު ކަމެއް ވެސް ލަސްކުރެވުމުން އޭނާ ދެރަވިއެވެ. ނަމަވެސް މިހާރު އެ ހިތުގައި ކުރިން ނެތް ޖޯޝަކާއި ރޫހު އާލާ ވެއްޖެއެވެ. އަލާރާ އަށް އިންސާފު ހޯދަދޭން ކުރަން ޖެހުނު ކޮންމެ ކުރަން ވެސް ލިއަމް ތައްޔާރެވެ.

" ސޯ... ވިޝާލް އެއީ ޑޮކްޓަރ އެއް ނޫން ދޯ.. ދެން ތިބުނީ ހީވަނީ މީހަކު ހޯދަންށޭ ދޯ ދަނީ.. މޭބީ އިޓްސް ސާޔާ.. އެރޭ ވިޝާލް އާއި ސާޔާ ދިމާވި ހޮސްޕިޓަލުން އެގަޑީގަ.. ފަހުން ސާޔާ ނުދޭ އެގަޑީގަ.. އެހެންވީމަ ވިޝާލް ސާޔާ އަށް ފާރަލަނީތާ.. ފަހުން ނަވާ އާއި ނޯޔާ އާއި ސާޔާ ބޭރުގަ އުޅުނު ދުވަހެއްގަ ވެސް ވިޝާލް އާއި ދިމާވި.. މިހާރު އަހަންނަށް ވެސް ހީވެއްޖެ ވިޝާލްގެ އަތެއް މިކަމުގަ ވެޔޭ.. ނަވާ އަށް އެދުވަހު ވިޝާލް ފެނުމުން ވަރަށް ސަކަރާތްވި.. އެއީ ލިއަމް ހޭއެރި ދުވަސް.. އޭގެ ފަހުން ވިޝާލް ނުފެނޭ އަދި..."... ރައުލް އަށް ހުރިހާ ކަމެއް ގުޅުވާލެވުނެވެ. ވިޝާލް އެކަން ކުރާނީ ކާކު ބުނެގެން ކަންވެސް އޭނާ އަށް ވިސްނުނެވެ. ނަމަވެސް ލިއަމް ކައިރީގައި އެވާހަކަ ބުނެވޭކަށް ނެެތެވެ. އެކަމަށް އެކަށީގެންވާ ހެކި ރައުލް ބޭނުމެވެ. ނަމަވެސް އެމީހަކު އަލާރާ އާއި ސާޔާ ފަހަތުން އުޅެންވީ ސަބަބު ރައުލްގެ ވިސްނުން ތޫނު ސިކުނޑިއަށް ވެސް ނޭނގުނެވެ.

" އެހެންވީމަ ވީ ހޭވް ޓު  ޕްރޮޓެކްޓް ސާޔާ.. ލާރާ ސަލާމަތް ނުކުރެވުނަސް..  ވީ ހޭވް ސާޔާ.. ވެއިޓް.. ލާރާ އަށް އެނގޭތަ ސާޔާ؟... ".. ލިއަމް ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. އަލާރާ އަށްޓަކާވެސް މިއަދު އޭނާ ސާޔާ ހުރިހާ ނުރައްކަލަކުން ސަލާމަތް ކުރަން ބޭނުންވިއެވެ.

ލިއަމްގެ ސުވާލަށް ރައުލް ބޯ ޖަހާލުމާއެކު އޭނާ ހައިރާންވިއެވެ. އަލާރާ އެކަހަލަ އެއްވެސް ވާހަކައެއް ލިއަމް އަށް ހިއްސާކޮށްފައި ނެތެވެ. ސިކުނޑިއަށް ވެރިވި ސުވާލު ލިއަމް ރައުލް އާއި ކޮށްލިއެވެ. ނަމަވެސް ރައުލް ހިނިތުންވުމަކުން ފުއްދާލީއެވެ.

" ފާރުގަ ވެސް ކަންފަތް ހުރޭ.. ހަމައެކަނި އިންސާނުން ނޫން އުޅެނީ.. ދެން މިވާހަކަ މި ހިސާބުން ނިންމާލަމާ.. ލިއަމް ވެސް މާ އޮބްވިޔަސް ނުވާތި.. މިހާރު ކޮންމެވެސް ވަރަކަށް ހަޤީޤަތް އެނގުނީމަ އުންމީދު ކުރަން ލިއަމް ސާޔާއާއި މެދު ދެކޭގޮތް ބަދަލުވެދާނެކަމަށް.. އަހަރެން ވެސް އަބަދު ނުހުންނާނަށް ލިއަމް ބޭނުން ގޮތަކަށް ސާޔާ އާއި މެދު ކަންތައް ކުރާގޮތް ބަލަން.. ޝީ އިޒް އިނޮސެންޓް.. ".. ރައުލް ދިނީ އިންޒާރެކެވެ. ލިއަމް ދެއަތް އުފުލާލަމުން ހިނިގަނޑެއް ޖަހާލިއެވެ. ނަމަވެސް ރައުލްގެ ފަހު ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. " އިނޮސެންޓް " އެ ބުނީ ކޮން މާނައެއްގައިކަން އެނގެން ބޭނުންވިއެވެ. އެއާއެކު ސާޔާ އެއީ އޭނާގެ ރުހުމުގައި ވީ ކަމެއް ނޫން ކަމުގައި ބުނި ޖުމްލަ ވެސް ލިއަމްގެ ކަންފަތުގައި ހަރުލިއެވެ. ސާޔާއާއި މެދު މާ އަވަހަށް ގޮތް ނިންމުން އެއީ އޭނާއަށް ހެދުނު ގޯހެއް ކަމުގައި ލިއަމްގެ ހިތް ބުނެލިއެވެ.

" އެބަ އަންނަން...".. ކުއްލިއަކަށް ތެދުވެ ލިއަމް ބުނެލިއެވެ. ރައުލް ކޮންތާކަށް ހެއްޔޭ އަހާލި ނަމަވެސް އެ ސުވާލަށް ޖަވާބު ނުދީ ލިއަމް އަަވަސް ފިޔަވަޅު ތަކެއްގައި ގޮސް އެޕަރޓްމެންޓުން ނުކުމެ ދޮރު ލައްޕާލި އަޑު އިވުނެވެ.

*************************

" ރާސިލް.. އާދޭ އެތެރެއަށް.. ކިރާޒް ކައިރިއަށް ދޯ ތިއައީ...".. ކާޕެޓް މަތިން ތެދުވަމުން ނަވާރް ބުނެލިއެވެެ. އޭނާ ސިއްރު ނަޒަރަކުން ޔަލާގެ މޫނަށް ބަލާލިއެވެ. އެ ހިތުގައި ވީ ޝައްކު ޔަޤީނާއި ނުހަނު ގާތް ނަމަވެސް ނަވާރް ހުރީ އަދިވެސް އެކަން ޤަބޫލު ކުރަން ދަތި ވެފައެވެ.

" ދެދީ... ".. އަނގަޔަށް ރަބަރު ކުޅޭ އެއްޗެއް ލަމުން ކިރާޒް ގޮވާލިއެވެ. ނަވާރް ހިނދުކޮޅަކަށް ނަމަވެސް ގަނޑުވިއެވެ. ނަމަވެސް އެކަން މޫނުމަތިން ނުދައްކާވޭތޯ އޭނާ ބެލިއެވެ.

" ލޫކަސް އައީތަ؟.. ".. ނަވާރް ގަސްތުގައި ބޯ އަރިކޮށްލަމުން ދޮރާއި ދިމާލަށް ބަލާލީ އިތުރު މީހަކު ހުރިތޯއެވެ. ނަމަވެސް ފެންނަން ނެތުމުން ދެކޮނޑު އަރުވާލުމަށްފަހު ގޮސް ސޯފާގައި އިށީނެވެ.

ޔަލާ އާއި ރާސިލް ތިބީ ނަވާރްގެ އުޅުން ހުރި ގޮތުން ހައިރާންވެ ނުތަނަވަސްވެފައެވެ. ރާސިލް ކައިރިއަށް ހިނިއައި ނަމަވެސް އެކަން އޭނާ ނުދައްކައެވެ. ނަވާރް އެހެން އެ އުޅެނީ އޭނާއަށް ކަމެއް އެނގޭތީކަން ރާސިލް އަށް ޔަޤީނެވެ.

" އިޒް އެވްރީތިންގް އޯކޭ ނަވާ؟.. ".. ރާސިލް އެތެރެއަށް ވަދެގެން އައިސް ކިރާޒް އުރާލަމުން ބޮސް ދިނެވެ. އޭނާ ގޮސް އިށީނީ ސިޓިންގް ރޫމްގައި ބަހައްޓާފައި ހުރި ކުޑަ އުނދޯލީގައެވެ. ނަވާރް ރާސިލްގެ ސުވާލަށް ބޯ ޖަހާލިއެވެ. ނަމަވެސް އޭނާގެ މޫނުން ހައިރާންކަން ފާޅުވާން ހުއްޓެވެ. ރާސިލް ހަމަޖެހިފައި އިން ގޮތުން ނަވާރްގެ ހިޔާލު ބަދަލުވާން ވެސް އުޅުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއީ ރާސިލްއަށް އުނދަގޫ ކަމަކަށް ނުވާނެއޭ ނަވާރްގެ ހިތަށް އެރިއެވެ.

" ޔަލް.. މައި ލަވްލީ ވައިފް.. ކާން ހަދާފަތަ ހުރީ..''.. ނަވާރްގެ މޫނަށް ލޮލުގެ ހިމަކޮޅުން ބަލާލަމުން ރާސިލް ބުނެލީ ލާނެތް ހިނިތުންވުމަކާއެކުގައެވެ. އެއާއެކު ސިހިފައި ޔަލާ އަށް ބަލާލެވުނެވެ. އޭރު ނަވާރް ވެސް ދެލޯ ބޮޑުވެފައި އިނީ އިވުނު އެއްޗެއް ޔަޤީން ނުވެފައެވެ.

*************************

އެޕަރޓްމެންޓުން ނުކުތް ގޮތުން ގޮތަށް ހަލުވި ފިޔަވަޅު ތަކެއްގައި ސިޑިން ލިއަމް އެރީ ސާޔާ ދިރިއުޅޭ ބަޔަށެވެ. ދޮރު މަތީގައި ހުއްޓިލަމުން އޭނާ ދޮރުގައި ޓަކި ޖަހާލަމުން ސާޔާ އަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލުމުން ވެސް އެތެރެއިން ޖަވާބެއް ނުލިބުމުން ލިއަމް ތަޅުގައި ހިފާލިއެވެ. ހީކުރި ގޮތަށް ދޮރު ހުރީ ތަޅު ނުލައެވެ.

އެތެރެއަށް ވަދެވުމާއެކު ލިއަމްގެ ލޮލުގައި އަޅައިގަތީ ސޯފާގައި އިން ސާޔާ އެވެ. ކަންފަތަށް ހެޑްސެޓް ޖަހައިގެން އިން އިރު އިސްތަށިގަނޑު ވަނީ އެއްފަރާތަށް ގަތާ ލެވިފައެވެ. ނިތްކުރި މަތިން ކުރު އިސްތަށިތައް ފައިބާފައި ހުރި އިރު ބަލާލަން ނުހަނު ހިތްގައިމެވެ. ސާޔާ ފެނުމާއެކު ލިއަމް ޖެހިލުންވިއެވެ. އެކި ދުވަސް މަތިން އޭނާ އަށް ކުރެވުނު ކަންކަން ހަނދާންވިއެވެ.

މީހެއްގެ ހިލަން ވުމާއެކު ސާޔާ އިސްއުފުލާ ބަލާލިއެވެ. ކުރިމަތީގައި ހުރި ލިއަމް ފެނުމާއެކު އޭނާ ސިހުނެވެ. ޖެހިލުންވިއެވެ. ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ސާޔާ ބެލީ އަވަހަށް ތެދުވެ ކޮޓަރިއަށް ދެވޭތޯއެވެ.

" ވެއިޓް... އައިމް ނޮޓް ހިއަރ ޓު ހަރޓް ޔޫ.."... ސާޔާގެ އަތުގައި ހިފަހައްޓަމުން ލިއަމް ބުނެލީ އާދޭހާއެކުގައެވެ. އެއާައެކު ސާޔާގެ ފިޔަވަޅުތައް މަޑު ވިއެވެ. ނަމަވެސް އެނބުރި ބަލާލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

ލިއަމް މަޑުމަޑުން ސާޔާގެ އަތުން ދޫކޮށްލިއެވެ. ދެން މަޑުމަޑުން ސާޔާގެ ކޮނޑުގައި ހިފެހެއްޓުމަށްފަހު އޭނާއާއި ދިމާލަށް އަނބުރާލިއެވެ. ނަމަވެސް ސާޔާ ހުރީ އިސްޖަހައިގެން ކަމުން އެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަތަކެއް ލިއަމް އަށް ނުފެނުނެވެ.

" ވިލް ޔޫ ފޮރގިވް މީ ޕްލީޒް..".. ސާޔާގެ ކޯތާފަތުގައި މަޑުމަޑުން އަތް ޖައްސާލަމުން ލިއަމް ބުނެލިއެވެ.

= ނުނިމޭ =

Ads by HDC
  1. ވަރަށް ރީތި ވާހަކާމީ

  2. ހަސަނު

    އަޅޭ ހާދަ ރީއްޗޭ

  3. ރޭށްމާ

    ިވަރަށް ސަޅި..