ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ނިކަން ހާސްވެފައި ހުރެ ސާޔާ ނޯޔާއާއި އެއްވަރަކަށް ހިނގައިގަތެވެ. ކުރީގައި ތިބެ ރައުލްއާއި ސެހްރާން ދިޔައީ އަމިއްލަ ވާހަކައެއް ދައްކަމުންނެވެ. ގޭގެ ގޭޓުން ވަދެވުމާއެކު ސާޔާ އަށް ވަށައިގެން ބަލާލެވުނެވެ. މާމެލީގެ ބަގީޗާއެއް ފަދައެވެ. މިތަން ބަލަހައްޓަނީ ކާކު ހެއްޔެވެ؟... އެއްފަރާތުގައި ހުރި ފެންއަރުވާ ވަޑާމުގެ ހިތްގައިމު މަންޒަރު ފެނި  އަދިވެސް އެއްފަހަރު އެ ދިމާލަށް އޭނާއަށް ބަލާލެވުނެވެ. މިގޭގެ ފުރިހަމަކަމަށް އެ ޅަ ހިތް ހާސްފަހަރު ތަޢުރީފު ކުރިއެވެ. ގެއަށް ވަދެވެން ހުރި ބިއްލޫރި ހަރުފަތްތަކާއި ހަމައަށް ދެވެން އޮތް ވޯރކް ވޭ ހުރަސް ކުރުމަށްފަހު ސާޔާ ގޭތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. ކުރިމަތިން ފެންނަން އޮތް ބޮޑު ހޯލެއްފަދަ ސިޓިންގްރޫމެކެވެ. މުޅި ތަނުގައި ހިފާފައިވާ އޭސީގެ ފިނިކަމާއި ލެވެންޑާ އުއްބަތީގެ މީރުވަހުން ސާޔާގެ ސިކުނޑި ތާޒާ ވެގެން ދިޔައެވެ. ހުވަފެނީ ތަނެކެވެ. ހިތްގައިމު އައްޔެކެވެ. އެ ތަނުގައިވާ އަގުބޮޑު ފަރުނީޗަރު ތަކުގެ ސަބަބުން ޝާހީ ގެއެއް ފަދައެވެ. ނުހަނު ފުރިހަމަ އެވެ.

Ads by STELCO

" މަންމާ.. މިއީ ސާޔާ... "... ސާޔާގެ ނަޒަރު ހުއްޓުނީ ނޯޔާ އޭނާ ތަޢާރަފް ކޮށްދިން އަންހެން މީހާއަށެވެ. އޭރު އޭނާ އާއި ފަސް ވަރަކަށް ފޫޓު ދުރުގައި ހުއްޓިގެން ހުރި އެ އަންހެންމީހާގެ ދެލޯ ފެންކަޅި ވެއްޖެއެވެ.

********************************

އެ އަންމީހާގެ ލޮލުން ސާޔާއަށް ފެނުނީ މައިވަންތަކަމުގެ ކުލުނެވެ. އޯގާތެރިކަމާއި އަޅާލުމެވެ. ލޯތްބެވެ. ސާޔާއަށް ނުވިސްނުނީ އެލޮލަށް ޖަމާވެފައިވީ ކަރުނަތަކުގެ ސިއްރެވެ. އެ ކަރުނަތަކުން ބުނެދޭން ބޭނުންވާ ވާހަކައެވެ. އިޚްތިޔާރަކާ ނުލައި ސާޔާއަށް ނޯޔާގެ މަންމައާއި ދިމާލަށް ހިނގައިގަނެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ސިކުނޑީގައި ވީ އަޔާނާއެވެ. އުމުރުށް ވަކިވެގެން ދިޔަ މަންމައެވެ. ސާޔާގެ ދެލޯ ތެންމާލީ އެ ހިތަށް ކުރި އަސަރުންނެވެ.

މަލިކާއާއި ދެތިން ފޫޓު ދުރުގައި ސާޔާ ހުއްޓިލުމުން އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ނުހަނު ފުރިހަމަ ކުއްޖެކެވެ. ސާޔާ ލައިގެން ހުރި ސޭޖް ފެހި ކުލައިގެ ކުރުތާއާއި ހުދު ކުލައިގެ ޖީންސް އޭނާގެ ފެހި ކުލައިގެ ކަޅިއާއި ނުހަނު ގުޅެއެވެ. އުނަގަނޑަށްވުރެން ތިރިއަށް ދޫކޮށްލާފައި އޮތް ފަން އިސްތަށިގަނޑުގެ ބައެއް ކަނާތު ކޮނޑުމަތިން ގެނެސް ކުރިއަށް ވައްޓާފައި އޮތެވެ. ނިތްކުރި މަތިން ކޮށާލައިފައި އޮތް އިސްތަށިކޮޅުތައް ދެފަރާތުން ކަންފަތް ކައިރިއަށް ލައްވާފައި ހުއްޓެވެ. ބައްޓަން ރީތި ބުމައެކެވެ. އެހެން މީހުންނާއި ޚިލާފަށް ސާޔާ ފެނުމުން މަލިކާގެ ހިތަށް ވެރިވީ އެހެން ނަމެކެވެ. އެކަމުގެ ސަބަބުން މާޒީގެ ދުރު ހަނދާނެއް އޭނާގެ ސިކުނޑިއަށް ވެރިވިއެވެ. މަލިކާ ދެފަރާތަށް ބޯ ހޫރާލީ ބާވީސް އަހަރު ކުރީގެ އެ ހާދިސާ އޭނާ ހިތަށް ވެރިވި ފަދައިން ނުހިނގާކަން ހަނދާން ކުރަމުންނެވެ. ނަމަވެސް މިއީ ވެސް ހަމަ އިއްތިފާޤެއް ހެއްޔެވެ؟.. ނޫނީ ތަޤްދީރުގެ ރޭވުމެއް ހެއްޔެވެ؟....

" ސާޔާ.. މަރުހަބާ.. ވަރަށް އުފާވެއްޖެ ބައްދަލުވީމަ.. މިއީ ނޯޔާގެ މަންމަ.. މަލިކާ... ރައުލްމެން ކިޔާނީ ކުޑަ މަންމަ.. ސާޔާ ވެސް ކިޔަން ވާނީ އެގޮތަށް.... ".... މަލިކާ އައިސް ސާޔާއާއި ސަލާމް ކޮށްލިއެވެ. އެ ހަށިގަނޑު ގެނެސް މެޔާލައި ބޮނޑިކޮށްލަން ބޭނުންވި ނަމަވެސް އެކަމުން ސާޔާއަށް އުނދަގޫވާނެކަން ރައުލް ވަނީ މަލިކާ އަށް ބުނެދީފައެވެ.

ސާޔާ ގެނައުމުގެ ކުރިން ރައުލް މަނީ މަލިކާއާއި މަލާންއަށް ސާޔާގެ ދިރިއުޅުން ކޮންމެވެސް ވަރަކަށް ކިޔައިދީފައެވެ. އެހެންކަމުން ސާޔާއާއި ކޮށްގެން ނުވާނޭ ސުވާލުތަކާއި ސާޔާއާއި މެދު އަމަލުތައް ބަހައްޓަންވީ ގޮތް މަލިކާ އަށް އެނގެއެވެ.

މަލިކާގެ އަތުގައި ހިފާލަމުން ސާޔާވެސް ހިނިތުންވެލިއެވެ. އެ ހިތުގައި މަލިކާއަށް ދެވުނީ މަތިވެރި މަޤާމެކެވެ. އޭނާ ވަށައިގެން ހޯދާލީ އެބޮޑު ގޭތެރެއިން އިތުރު މީހެއް ފެންނަން ނެތުމުންނެވެ. މަލިކާ އަށް އެކަން ވިސްނައިގަނެވުމުން އޭނާ އާއި އެކު އަންނަން އެދުނެވެ. އެ ހުރިހާ އިރުވެސް މަލިކާ ހުރީ ސާޔާގެ އަތުގައި ހިފަހައްޓައިގެންނެވެ. އެ މޫނުގައިވީ ނުފިލާ ހިނިތުންވުމެކެވެ.

ނޯޔާ ޝުކުރުވެރި ނަޒަރަކުން ބަލާލީ ރައުލް އަށެވެ. ސާޔާގެ އެންމެ ފެނިލުމަކުން ވެސް މަލިކާ އަށް އައި ބަދަލު އޭނާއަށް ފާހަނގަ ކުރެވިއްޖެއެވެ. ފާއިތުވެ ދިޔަ އަށް މަސް ދުވަސްތެރޭގައި މަލިކާގެ މޫނުން އެފަދަ އުފާވެރިކަމެއް އޭނާއަށް މި ފެނުނީ އަލަށެވެ. ސާޔާއަކީ ޔަޤީނުންވެސް ޚާއްސަ ކުއްޖަކީތާއެވެ. އެ އަންހެންކުއްޖާ އެ އާއިލާއަށް ދިރުން ގެންނާނެ ކަމާމެދު ނޯޔާގެ ހިތުގައި ޝައްކެތްނެތެވެ.

*******************************

" ރާސިލް.. ކިރާޒް ކައިރީގަ މަޑުކޮށްދެއްޗޭ.. މި ދަނީ ކުޑަމަންމަ މެން ބަޔަށް.... "... ލޯގަނޑު ކުރިމަތީގައި ހުރި ޔަލާ ފަސްއެނބުރި ސޯފާގައި އޮތް ރާސިލް އަށް ބުނެލިއެވެ. ރާސިލްގެ ބަނޑު މަތީގައި ކިރާޒް އޮތްއިރު އޭނާގެ އަތުގައި ރަބަރު ކުޅޭ އެއްޗެއް އޮތެވެ. އޭތި އަނގަޔަށް ލައިގެން ކިރާޒް އިން ލޯބި ގޮތުން ރާސިލް އެބޮޑު ކޯތާފަތުގައި ބޮސް ދިނެވެ.

" ޔަލް ނުބުންޏަސް އަހަރެން މަޑުކުރާނަމެންނު.. ދޯ ބައްޕިގެ ލޯބި ދޫނި..."... ރާސިލް ހިނިއައިސްފައި އޮވެ ބުނެލީ ކިރާޒް އަށް ދޯ ދެމުންނެވެ. އެ ތުއްތު ކުއްޖާއަށް ރާސިލް ބުނި އެއްޗެއް ދޭހަވި ފަދައަކުން އަނގައިން އަޑު ލައްވާލަމުން ރާސިލްގެ ކަރުދޮށުގައި މޫނު ފޮރުވާލިއެވެ. ޔަލާ ޖަވާބުގައި ހޫމް އެއް އަޅުވާލަމުން އައިސް ރާސިލްގެ މަޑު މުށި ކުލައިގެ އިސްތަށިގަނޑާއި ކުލެލިއެވެ.

" ރާސިލް..."..... ޔަލާގެ އަޑުގައިވީ ކަންބޮޑުވުމުން އެ ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތައް ރާސިލްއަށް ދެނެގަނެވުނެވެ.

" ޑޯންޓް ވޮރީ ލަވް.. އައި ޕްރޮމިސް.. ހުރިހާ ކަމެއް ވެސް ވަރަށް އަވަހަށް ރަނގަޅު ވާނެ.. އަހަރެން މަންމަ ކައިރީގަ ބުނާނަން... އެކަމަކު މިކަން ސިއްރެއްގެ ގޮތުގަ މާގިނަ ދުވަހު އޮންނާނެހެން ހިއެއް ނުވޭ... ކާފަގެ ޕްރެޝަރ ވަރަށް ބޮޑު.. ޔަލް އާއި ކިރާޒް އަށް ގެއްލުމެއް ލިބިދާނެތީ އަހަރެން ބިރުގަނޭ.. ކާފައަކީ ގޮތް ދޫކުރާނެ މީހެއް ނޫން... ".... ރާސިލް ތެދުވެ ހަމަޖެހިލަމުން ޔަލާ ގެނެސް ކައިރީގައި ބޭންދިއެވެ. އޭރު އޭނާގެ އަތްވީ ޔަލާގެ ހިމަ އުނގަނޑުގައި އަޅުވާލެވިފައެވެ.

" ރާސިލް އަށް އެނގޭތަ ރައުލް އެބުނާ ސާޔާ އަކީ ކޮން ކުއްޖެއްކަން؟...".... ޔަލާ އަހާލީ އެކަމާއި ގުޅޭ ގޮތުން ރާސިލް އެއްވެސް ސުވާލެއް ނުކޮށް އިނުމުންނެވެ. ޖަވާބުގައި ރާސިލް ނޫނެކޭ ބުނުމުން ޔަލާ އޭނާއަށް އެނގޭ ވަރަކަށް ކިޔައިދޭން ފެށިއެވެ.

ރާސިލްގެ މޫނަށް ވެރިވަމުން ދިޔަ ކުލަތައް ޔަލާއަށް ފެނުނު ނަމަ އެ ހިތުގައި ވެސް ޝައްކުތަކެއް އުފެދުނީސްކަން ގައިމެވެ. ރައުލް އޭނާއަށް ސާޔާގެ ވާހަކަ ސިއްރު ކުރި ސަބަބު ރާސިލްއަށް ވިސްނުނެވެ. އެ ހިތްގައިމު މޫނަށް ރީތި ހިނިތުންވުމެއް ވެރިވީ އަހަރުތަކަކަށް ކުރި ދުޢާ އިޖާބަ ވުމުންނެވެ. ނަމަވެސް ރައުލްއަށް މާޒީގެ އެ ބޮޑު ސިއްރު އެނގުނު ގޮތާއި މެދު ރާސިލް ހައިރާންވިއެވެ. މި ހުރިހާ ދުވަހު ވެސް އެއީ ހަމައެކަނި ރާސިލްއަށް އެނގޭ ސިއްރެއްކަމުގައި ޤަބޫލު ކުރަމުން އައި ޤަބޫލުކުރުން ބަދަލުކުރަން އޭނާއަށް މަޖުބޫރުވިއެވެ. ބީކާލްއާއި މެލެކް އަށް މިކަންތައް އެނގޭ ބާއެވެ؟... އޭނާ ބުނަންވީ ބާއެވެ؟... ރާސިލް ދެފަރާތަށް ބޯ ހޫރުވާލަމުން ނިންމީ ފުރަތަމަ ރައުލް އާއި ވާހަކަ ދެއްކުމަށެވެ.

ލަސްވާން ފެށުމުން ޔަލާ ކިރާޒްގެ ކޯތާފަތުގައި ބޮސް ދިނުމަށްފަހު ރާސިލް ގައިގައި ބައްދާލިއެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް ކޮޓަރިން ނުކުމެ ދޮރު ތަޅުލީ އޮޅިގެން ވެސް އެހެން މީހަކު އެކޮޓަރިއަށް ވައްދަން ބޭނުން ނުވާތީއެވެ. އޭރު އޭނާގެ އިންތިޒާރުގައި ސިޓިންގްރޫމުގައި އިން ލޫކަސް ފެނުމުން ޔަލާ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނަމަވެސް އެ ހިނިތުންވުން ލޮލާއި ހަމައަށް ނުފޯރިއެވެ. މިހާރު އެ މޫނުގައިވީ "ޕްލާސްޓިކް" ހިނިތުންވުމެކެވެ. ކޮޓަރިން ނުކުތުމާއެކު އޭނާގެ "ބޮޑު ސިއްރު" ވެސް ކަޝްފު ވީއެވެ. މީހުންގެ ކުރިމަތީގައި ކުޅެމުން އަންނަ ޑްރާމާ ފެށުނީއެވެ.

*************************

މަލިކާ ސާޔާ ގޮވައިގެން ގޮސް ވަނީ ބޮޑު ސިޓިންގްރޫމަކަށެވެ. އުސްކޮށް ރާނާފައި ހުރި އެ ގޭގެ ފާރުތަކުގައި ވަނީ ސާފު ހުދުކުލައެވެ. ސާޔާގެ ކަނާތްފަރާތަށް ހުރި ފަޅީގެ ފާރުގެ ބަދަލުގައި ހުރީ ދެފަރާތަށް ކަހާލެވޭފަދަ ވަރުގަދަ ބިއްލޫރި ދޮރުފަތެކެވެ. އެ ދޮރުފަތް ނިވާ ކުރުމަށް ދަމާލެވިފައިވާ ބޯ ހުދު ކުލައިގެ ފަރުދާގައި ތިރީގައި ހުރި ރަން ބޯޑަރުގެ ސަބަބުން ޝާހީ ގޮތެއް ސާޔާ އަށް ސިފަކުރެވުނެވެ. ސިޓިންގް ރޫމުގައި މުށީގެ ބަދަލުގައި ހުރީ ހުދު ކުލައިގެ ވުޑް ފޮލޯރިންގްއެވެ. އެ ތަނަވަސް ސިޓިންގް ރޫމަށް އިތުރު ރީތިކަމެއް ގެނުވައިދެނީ މަތިން އެލުވާފައިވާ ޗާންދަލިޔާގެ ސަބަބުންނެވެ. ސިޓިންގްރޫމުގެ މެދުގައިވާ މަޑު ބްރައުން ކުލައިގެ ސޯފާތަކުގައި އާއިލާގެ މެމްބަރުން ތިބިއިރު ކޮންމެ މީހެއްގެ މޫނުން ވެސް ފެންނަނީ ހައިރާން ކަމެވެ. ނަމަވެސް އެ މޫނުތަކަށް ހިނިތުންވުމެއް ވެރިކުރުވީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

މަލިކާ ހައިރާންވީ އަފްރާހު ވެސް ސިޓިންގްރޫމުގައި އިނުމުންނެވެ. ނަމަވެސް އެހެން މީހުންނާއި ޚިލާފަށް އެ މޫނުން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.

" ސާޔާ.. މިއީ ނަވާރް އާއި ނޯޔާގެ ބައްޕަ .. އަފްރާހު... ދެން މިއީ މަލާން އާއި މަލާންގެ ހަޒްބެންޑް އިޝާރް... މަލާން އެއީ އަހަރެންގެ ދައްތަ. . މިއީ އެދެމަފިރިންގެ ކުދިން.. ސެހެރް އާއި ޔަލާ... ދެން މިއީ ޔަލާގެ ފިރިމީހާ ލޫކަސް... ".... މަލިކާ ދިޔައީ ފަހަރަކު މީހަކަށް ސާޔާ ތައާރަފް ކޮށްދީ އެމީހުންގެ ކުރު ތައާރަފް ސާޔާއަށް ވެސް ދެމުންނެވެ.

" ކޮބާ ރައުލްގެ އާއިލާ...".... ސާޔާ އަށް އަހާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. އެއީ ކޮށްގެން ނުވާނޭ ސުވާލެކޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ދުލުން ބުނެވުނު ބަސްތަކެއް އަނބުރާ ނުގެނެވޭނެކަން އޭނާއަށް އެނގެއެވެ. ސާޔާގެ ސުވާލުން މަލިކާ ހިމޭންވިއެވެ. އޭނާ އެކަންޏެއް ނޫނެވެ. އެ އެންމެންގެ މޫނުންވެސް ހިތާމައިގެ އަސަރު ސާޔާއަށް އެ ވަގުތު ފާހަނގަ ކުރެވުނެވެ.

" ރައުލްގެ މަންމަ، މެލްކްއާއި ބައްޕަ ބީކާލް ދިރިއުޅެނީ ސްވިޒްލޭންޑް ގަ... އާއިލާގަ ތިބެނީ ދެކުދިން.. ދެން ހުންނާނީ ވެސް ފިރިހެން ކުއްޖެއް... އެއީ ރާސިލް.. ރައުލްއަށް ވުރެ ދޮށި ވާނެ ދެ އަހަރަށް... ބައެއް ފަހަރު އަންނާނެ ރާއްޖެއަށް... ".... މަލިކާ ކިޔައިދިނީ ވީހާވެސް ކުރުކޮށެވެ. މެލެކްގެ ވާހަކަ ދެއްކުމަކީ އޭނާއަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއްބަނޑު އެއްބަފާ ނޫންވިޔަސް އެ ދެމެދުގައި ވަނީ އެފަދަ ވަރުގަދަ ގުޅުމެކެވެ. އުޅެ ބޮޑުވީ އެކު އެކީގައެވެ.

މަލާން އާއި މަލިކާގެ ބައްޕަ ޝަރީފް އަކީ އޭރުގެ ނަންމަޝްހޫރު ވިޔަފާރި ވެރިއެކެވެ. މުއްސަނދިންގެ ތެރޭގައި ހިމެނޭ ނަން ހިނގާ މީހެކެވެ. އެ މުއްސަނދިކަމަށްވުރެ އޭނާ މަޝްހޫރު ވެފައިވަނީ އެ މާތް ޝަޚުސިއްޔަތުގެ ސަބަބުންނެވެ. ޝަރީފް އަށް މެލެކް ފެނުނީ އަތޮޅު ތެރެއަށް އޭނާ ކުރި ދަތުރެއްގައެވެ. އާއިލާގައި އިތުރު މީހެއް ނެތް އެ ޔަތީމު ކުއްޖާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޯށްދޭ އޭނާ ބޭނުންވީ އެ ހިތުގައި އެ ތުއްތު އަންހެން ކުއްޖާއާއި މެދު ވެވުނު ހަމްދަރުދީގެ ސަބަބުންނެވެ. އެ ދަތުރު ނިންމާލުމަށްފަހު ޝަރީފް އެނބުރި މާލެ އައީ މެލެކް ގޮވައިގެންނެވެ. އޭނާގެ ކުޑަ އާއިލާއިން މެލެކް ބަލައިގަތީ ނުހަނު އުފަލާއެކުގައެވެ. އެއީ ވެސް އާއިލާގެ ކުއްޖެއް ފަދައެވެ. ޚާއްސަކޮށް މަލިކާއާއި މެލެކްގެ މެދުގައި ވަރުގަދަ އެކުވެރިކަމެއް އުފެދުނެވެ. އުމުރުގެ ގޮތުން އެއްވަރު ވުމުން މަލާން އަށްވުރެ އެދެކުދިންގެ ޚިޔާލު ކަންކަމުގައި އެއް ގޮތެވެ.

ހަޔާތުގެ ބޮޑުބައި އެކީގައި ހޭދަކުރުމަށްފަހު މެލެކް ދިޔުމުން މަލިކާގެ ދިރިއުޅުމަށް ވެރިވި ހުސްކަން ފޫބެއްދުން ވީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށެވެ. އެއް ފަހަރާ ގެއްލި ދިޔައީ ލޯބިވާ އެތަށް ބައެކެވެ. ނަމަވެސް މަލިކާގެ ހިތުގައި މެލެކްއަށް ބުރަކަމެއް ނެތެވެ. މެލްކް އެގޮތަށް ދާން މެދުވެރިވި ސަބަބު މަލިކާ އަށް ވެސް ވިސްނެއެވެ. އޭނާ އާއި މަލާން އަށްވުރެ މެލެކްގެ ދިރިއުޅުން އުނދަގުލެވެ. އެހެންކަމުން އެފަދަ ނިންމުމެއް ނިންމުމުގެ ހައްޤު އޭނާއަށް ލިބިގެންވާކަން ޚުދު މަލިކާ އަށް ވެސް ޤަބޫލު ކުރެވެއެވެ. ނަމަވެސް މެލްކް އަދި އެނބުރި އަންނާނެކަން އޭނާއަށް ޔަޤީނެވެ.

" މާޝާ ﷲ... ވަރަށް ފުރިހަމަ ކުއްޖެއް.. "... މަލާން އައިސް ސާޔާގެ ކުރިމަތީގައި ހުއްޓިލިއެވެ. އެ ހިތުގައި ވެސް ސާޔާއަށްޓަކައި ވީ މައިވަންތަ ކަމުގެ ކުލުނެވެ. އޭނާއަށް ކަރުނަތައް ހިފަހައްޓާލުންވީ ނުހަނު އުނދަގޫ ކަމަކަށެވެ. ނަމަވެސް ސާޔާގެ ހިތުގައި ޝައްކު އުފެދޭނެ އެއްވެސް ކަމެއް ނުކުރުމަށް ރައުލް ވަނީ ތަކުރާރުކޮށް ބުނެފައެވެ.

" ދެން ހިނގާބަލަ އެއްޗެއް ކެވޭތޯ... މިތާ ކޮޅަށް ތިބެ ވަރުބަލިވާ އިރުވެސް މަންމަގެ ވާހަކަކޮޅު ނުނިމޭނެ...".. ނޯޔާ ކުޑަކުއްޖެއް ފަދައިން ކުސް ތަޅާލިއެވެ. ހަޤީޤަތުގައި ވެސް އޭނާ ހުރީ ނުހަނު ބަނޑުހައި ވެފައެވެ. ނޯޔާ ލޮލުގެ ހިމަ ކޮޅުން ކައިރީގައި ހުރި ރައުލް އަށް ބަލާލަމުން ބުމަ އަރުވާލިއެވެ. އެ ލާނެތް ހަރަކާތުން ނޯޔާއަށް އޭނާ ސާޔާ އަށް އޮޅުވާލިކަން އެނގުނީކަން އެނގުމުން ރައުލް ލޯ ހަނިކޮށްލަމުން ބަލާލީ ސެހެރާން އަށެވެ. ނޯޔާއަށް އެނގިއްޖެ ނަމަ ސެހްރާންއަށް ވެސް އެނގޭނެކަން ރައުލް އަށް ޔަޤީނެވެ.

" ޔޫ ލުކް ޕްރިޓީ... ރައުލް އަށް މިރޭ އެހެން ދިމާލަކަށް ނުބެލޭނެ..."...... ނަވާރް އައިސް ހުއްޓިލީ ސާޔާ ކައިރީގައެވެ. އޭނާ ގަސްތުގައި އެހެން ބުނެލީ ރައުލްގެ މޫނަށް ވެރިވާ ކުލަތައް ދެކިލުމަށެވެ. ނޯޔާގެ ފަރާތުން ނަވާރްއަށް ވެސް އޮތީ އެވާހަކަ އެނގިފައެވެ. ރައުލް އެގޮތަށް ކަންތައް ކުރުމުން ނަވާރް އަށް މަޖާވިއެވެ. އޭރު ރައުލް އަނގަޔަށް ގޮތެއް ހަދައިގެން ބަލަން ހުރުމުން ނަވާރް އަށް ހެވުނެވެ.

" ރައުލް ތިހާ މޮޔަ ކަމެއް ނަވާ އަށް ނޭނގެ.. ރީއްޗަށް ބުނި ނަމަވެސް ސާޔާ އަންނާނެ އެންނު....".... ނަވާރް ރައުލް ކައިރިއަށް ޖެހިލައި ސިއްރު ސިއްރުން ބުނެލިއެވެ. ޖަވާބުގައި ރައުލް އެއްޗެކޭ ނުބުނެ އެ ބޮޑާ ހިނގުމުގައި ހިނގައިގަތުމުން ނަވާރް އަށް އަނެއްކާވެސް ހެވުނެވެ.

************************

ސްވިޒްލޭންޑުގެ މަގުތަށް ވަނީ އެކީ އެކައްޗަކަށް ހުދު ވެފައެވެ. ގޭގެ ފުރާޅުތައް ވެސް ވަނީ ސްނޯއިން ބަރާވެފައެވެ. ބަލާލަން ނުހަނު ހިތްގައިމު މަންޒަރެކެވެ. ހިތްތަކަށް ފިނިކަން ލިއްބައިދެއެވެ.

ހަށިގަނޑަށް ވެރިވެފައިވާ ފިނިކަން ކުޑަ ކުޑަކުރުމުގެ ގޮތުން މެލެކް ކައިރީގައި އޮތް ރަޖާ ގަނޑު ނަގާއި ގައިގައި އޮޅާލިއެވެ. އޭނާ އިނީ ޓީވީ އިން ދައްކަމުން މާރސްޓާ ޗެފް ޕްރޮގްރާމަށް ގެއްލި ހުސްވެފައެވެ. އަތުގައި ހުރި އާވި އަރަމުން ދިޔަ ކޮފީއިން އިރުއިރުކޮޅާ އެތިފޮދެއް ބޯލައެވެ. މެލެކް އަކީ ވެސް ކުޅަދާނަ ޗެފެކެވެ. ސްވިޒްލޭންޑްގައި  އޭނާގެ ރެސްޓޯރެންޓެއް ހުރެއެވެ. ރާއްޖޭގައި ވެސް އެތަނުގެ ބްރާންޗެއް ހުޅުވުމުގެ ވިސްނުން އޭނާގެ ސިކުނޑީގައި ދައުރުވާތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެއްޖެއެވެ.

" ބީކާލް... އަހަރެން ބުނީމެންނު " އާޔާ ކިޗެން"ގެ ބްރާންޗެއް ރާއްޖޭގައި ހުޅުވަން ވިސްނާ ވާހަކަ.. ބީކާލް ކީކޭ ބުނަނީ؟.. ރަނގަޅު ޚިޔާލެއްތަ އެއީ؟..."...... މެލެކް ކައިރީގައި އިން ބީކާލްގެ ކޮނޑުގައި ބޯ އަޅާލިއެވެ.

" ތި ޚިޔާލު ކަމުދޭ.. އެކަމަކު މެލެކް ތައްޔާރުތަ ރާއްޖެއަށް ދާން.."..... ބީކާލް އޭނާގެ އަނބިމީހާގެ އިސްތަށިގަނޑުގައ ލޯބިން ފިރުމާލިއެވެ. އެ ކުޑަ ހަރަކާތުންވެސް އި ހިތުގައި މެލެކް އަށްޓަކާ އޮތް ސާފު ތެދުވެރި ލޯބި ފާހަނގަވެއެވެ.

" ނޭނގެ.. ބައެއް ފަހަރު ވަރަށް ދާ ހިތްވޭ... މި ދުވަސްކޮޅު ނޭނގެ ކީއްވެ ކަމެއް އެހާ ދާހިތްވަނީ.. އެކަމަކު އެނބުރި ދިޔުމުން ލާރާގެ ހަނދާންތައް ވެރިވާނެ މިހާރަށްވުރެ ބޮޑަށް... ".... އަލާރާގެ ނަން ދުލުން ބޭރުވިއިރު މެލްކްގެ ލޯ ފެންކަޅި ވެއްޖެއެވެ. އިސާހިތަކު އޭނާގެ މަޑު ގިސްލުމުގެ އަޑު އިވެންފެށިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ވަކިވެދިޔުމުން އެހިތަށް ކޮށްފައިވަނީ ފުން އަސަރެކެވެ.

ބީކާލް މެލެކް ކައިރިކޮށްލަމުން ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއޭ ބުނެލިއެވެ. ނަމަވެސް އެ ހިތުގައި ވެސް ވަނީ އަލާރާގެ ހަނދާން ތަކެވެ. އެ ދަރިފުޅު އަދިވެސް ހުރި ނަމައޭ ހިތަށް އެރުމުން ބީކާލް ލޯމަރާލިއެވެ.

***************************

ކާކޮޓަރި ވެސް އެހާ ހިތްގައިމެވެ. މޭޒުމަތީގައި ތަށިތަކާއި އުލާއި ސަމްސާ އަތުރާފައި ހުރި ގޮތުންނާއި ބޮޑެތި އުއްބަތި ތަކާއި ތާޒާ މާ ހުރި ގޮތުން އިތުރަށް ޝާހީ އެވެ. ކާން ހުރި ތަށިތައްވެސް ރަން ބޯޑަރު އަޅާފައި ހުރުމުން އިތުރަށް ރީތިކަމަށް ދައްކައެވެ.

މޭޒު މަތީގައި ތަފާތު ކާނާގެ ވައްތަރުތައް އަތުރާފައި ހުއްޓެވެ. ކާންވީ ކޯއްޗެއް ކަމެއް ނޭނގިފައި ސާޔާ އިނީ ޖެހިލުންވެފައެވެ. މަލިކާ މެން ކިތަންމެހާ ވެސް ރަނގަޅެވެ. އޭނާއަކީ ދުރު މީހެއްގެ އިހްސާސް އެއިން އެއްވެސް މީހެއް ކޮށް ނުދެއެވެ. އެކީގައި ގިނަ ދުވަހު އުޅެވިފައިވާ ބައެއް ކަހަލައެވެ. މިހާ މާތް މީހުން ވެސް ދުނިޔޭގައި އުޅެނީ ހެއްޔެވެ؟.. ނަމަވެސް ސާޔާ އޭނާގެ ފެންވަރު ހަނދާން ނައްތާލަން ބޭނުމެއް ނޫނެވެ.

ރައުލް އޭނާ ގެނައި ސަބަބު ބުނެ ނުދެނީސް އެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ރައުލްގެ އަމިއްލަ އެދުމެއްވާކަން ސާޔާއަށް ޔަޤީނެވެ.

އެންމެންވެސް ކާން ފެށީ އުލާއި ސަމްސަލުންނެވެ. އެކަމުން ސާޔާއަށް ލިބުނު ނުތަނަވަސްކަން އިތުރު ވިއެވެ. ހަޔާތުގައި ވެސް އުލާއި ސަމްސަލުން ކެއި ހަނދާނެއް އޭނާ ނުވެއެވެ. ސިއްރު ސިއްރުން ސާޔާ އެހެން މީހުން އުލާއި ސަމްސާ ގެންގުޅޭ ގޮތަށް ބަލާލިއެވެ. އަދި އޭނާ އަށް ހީވާގޮތަށް ތަށިތެރޭގައި އޮތް ކުކުޅު ފައިން މަސްކޮޅެއް ނެއްޓޭތޯ އުޅުނެވެ. ނަމަވެސް ސާޔާ އަށް ހެދުނު ގޮތަކުން ކުކުޅު ފައި ވިއްސައިގެން ގޮސް ޖެހުނީ ކާން އިން އަފްރާހުގެ ތަށި ތެރޭގައެވެ.

ވަގުތުން ސާޔާއަށް މޫނުގައި އަތް އަޅައިލެވުނެވެ. ދުވަހަކުވެސް މިހާ ބޮޑު ލަދަކާ ކުރިމައްޗެއް ނުވެއެވެ. އޭނާ އަށް ރޮވިއްޖެއެވެ. މޫނަށް އިންތިހާ ދަރަޖައިގެ ރަތްކަން ވެރިވެއްޖެއެވެ. ސާޔާ ބޭނުންވީ ވަގުތުން މޭޒު ދޫކޮށް ދިޔުމަށެވެ. ނަމަވެސް ގުޑިލަން ވެސް ނޭގިފައި އިންގޮތަށް އޭނާއަށް އިނދެވުނީއެވެ.

= ނުނިމޭ =

 

Ads by Ooredoo
  1. ތޫހާ

    ވަރަށްރީތި

  2. ހައި

    ނެކްސްޓްއެޕިސޯޑުނުކުންނާނީކޮންއިރަކު