ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ލިފްޓު ގްރައުންޑް ފްލޯރ އަށް ހުއްޓުމާއެކު ސާޔާ އެތެރެއަށް ވަދެ ކުޑަ އިރުކޮޅަކު މަޑުކޮށްލީ އިތުރު މީހަކު އާދޭތޯއެވެ. ނަމަވެސް އެހެން ހުންނަތާ އިރުކޮޅެއްވީ އިރު ވެސް މީހަކު  ނައުމުން އޭނާ ހަ ވަނަ ފްލޯރ އަށް ދާން ފިތާލިއެވެ. ލެއްޕެމުން ދިޔަ ލިފްޓަށް ނަޒަރު ހުއްޓައިގެން ހުއްޓާ ސާޔާ ސިހުނީ ކުއްލިއަކަށް މީހަކު އެތެރެއަށް އަތް ކޮށްޕާލުމަށްފަހު ދޮރު ހިފެހެއްޓުމުންނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެ މީހާގެ އަތުގައި އިން ބޮޑު ޓެޓޫއެވެ.

Ads by MWSC

***********************************

" ސޮރީ..."... ލިފްޓު ތެރެއަށް ވަނީ އިސްކޮޅުން ދިގު ބިޔަ ފިރިހެނެކެވެ. އޭނާގެ ކަޅު ކުލައިގެ އިސްތަށިގަނޑު ދެފަރާތުން ތުނި ކޮށްފައި ހުރި އިރު މެދުން ވަނީ ކުޑަކޮށް ދިގުކޮށެވެ. އެއް ކަންފަތުގައި ކަޅު ކުލައިގެ ބޮޅެއް ލައްވާފައި ހުރި އިރު ތުނބުޅި މަތިމަސް ވެސް ހުރީ ޒަމާނީ ގޮތަކަށް ކޮށާލެވިފައެވެ. ލައިގެން ހުރި އަޅި ކުލައިގެ އަތް ކުރު ޓީޝާޓުގައި އެ ހަށިގަނޑުގެ ބިޔަކަމާއި ވަރުގަދަކަން ހާމަވަމުން ދެއެވެ.

ސާޔާ ކުޑަކޮށް ފަހަތަށް ޖެހިލީ އެ މީހާ އާއި ވީހާވެސް ދުރުގައި ހުރުމަށެވެ. ނަމަވެސް ސާޔާ ފަހަތަށް ޖެހިލުމުން އެ ޒުވާނާ ވެސް ފަހަތަށް ޖެހިލިއެވެ. އިތުރު ހަރަކާތެއް ނުކޮށް ސާޔާ މަޑުކޮށްލިއެވެ. އޭނާ ދެން ބަލަން ފެށީ އެ ޒުވާނާގެ އަތުގައި އިން ބޮޑު ޓެޓޫ އަށެވެ. ކަނޑިއެއްގެ ވަށައިގެން ވާ ފިނިމެންމާތަށް ރަމްޒު ކޮށްދެނީ ކޯއްޗެއް ބާއޭ އޭނާ ހިތަށް އެރިއެވެ.

ލިފްޓު ގޮސް ހަވަނަ ފްލޯރ އަށް ހުއްޓުމާއެކު ސާޔާ ފޭބިއެވެ. އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށީ އެ ޒުވާނާ ސާޔާގެ ފަހަތުން އަންނަން ފެށުމުންނެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ސާޔާ ދުއްވައިގަތެވެ. ދެން އިވުނީ ފަހަތުގައި ހުރި ޒުވާނާ ހޭން ފެށި އަޑެވެ.

" ހޭއި... ތި ކުއްޖާ ފަހަތުން ނޫން މިދަނީ...."... އެ ޒުވާނާގެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު ސާޔާގެ މެޔަށް ފިނިވެގެން ދިޔައެވެ. ދެފައި ބިންމަތީގައި ހަރު ލިއެވެ. މޫނަށް އިސާހިތަކު ލަދުވެތިކަން ވެރިވިއެވެ. މިހާރު އޭނާ ހީކުރާނީ ކީކޭ ހެއްޔެވެ؟...

" ހާއި.. އައިމް ވިޝާލް... ޑރ ވިޝާލް... މިތާ ޕްރައިވެޓް ރޫމެއްގަ އޮންނާނެ އަހަރެންގެ ޕޭޝަންޓެއް.. ކުޑަކޮށް ޗެކް ކޮށްލަން މިދަނީ...".... ވިޝާލް އަމިއްލަ ތައާރަފެއް ދެމުން ސާޔާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އޭނާ އިޝާރާތް ކުރީ ސާޔާގެ މިސްރާބު ހުރި ދިމާލަށެވެ. އެވަގުތު ސާޔާ ވެސް ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކޮށްލަމުން ހަމައެކަނި މާފަށް އެދުނީއެވެ. އަމިއްލަ ނަން ބުނުމުގެ ޚިޔާލެއް އޭނާގެ ސިކުނޑީގައި ނެތެވެ.

ސާޔާ ހީލުމާއެކު އެޅުނު ދެ އަޑިކޮޅު ފެނިފައި ވަނީ ވިޝާލްގެ ހިތް އަވަސްވީ އަލާރާ ސިފަ ކުރެވުމުންނެވެ. މި އަންހެން ކުއްޖާ އަކީ އަލާރާ ކޮޕީ ކޮއްގެން ހުރި ކުއްޖެއް ފަދައެވެ. އަނެއްކާ އަލާރާ މަރުނުވަނީ ބާއޭ ވިޝާލްގެ ހިތަށް އެރިއެވެ. އޭނާ ފިޔަވަޅުތައް އަނބުރާލުމަށްފަހު ގޮސް ވަނީ ފިރިހެން ފާހާނާއަށެވެ. ލޯގަނޑު ކައިރީގައި ހުއްޓިލަމުން ވިޝާލް އޭނާގެ ސޫރައަށް ބަލާލިއެވެ. އެއަށްފަހު ފުން ނޭވާ އެއް ދޫކޮށްލަމުން ނަފްސު ހަމައަކަށް އަޅުވާލިއެވެ.

އޭނާގެ ލޯ ކުރިމަތީގައި އަލާރާގެ ފަހު ވަގުތު ސިފަ ކުރެވިގެން ދިޔައެވެ. ވިޝާލް ބޭނުންވި ގޮތަށް އެކަން ނުނިމުނީ އެވަގުތު އެތަނަށް ރައުލް އައުމުގެ ސަބަބުންނެވެ. އަމިއްލަ ސަލާމަތަށްޓަކައި އޭނާ އެދުވަހު ފިލީއެވެ.

ވިޝާލް ލޯ ކުރިމަތިން ގެއްލުމާއެކު ސާޔާ އައިސް ލިއަމް ބާއްވާފައި އޮތް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އޭނާ އަށް ހަމަޖެހުމުގެ ނޭވާ އެއް ލެވުނީ ދެނެވެ. ވިޝާލް ފެނުމުން ސާޔާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ވިޝާލް އޭނާ އަށް ބަލަން ހުރިގޮތް އަދިވެސް ފެންނަ ކަހަލައެވެ. އެ ބެލުމުގައި ވީ ކީކޭކަން ބުނަން ނޭނގުނަސް އެއީ ރަނގަޅު ބެލުމެއް ނޫންކަން ސާޔާ އަށް އެނގެއެވެ.

" ލިއަމް.. އަވަހަށް ރަނގަޅުވެގެން އާދެބަލަ.. އައި ވިޝް އިފް ޔޫ އަރ ހިއަރ..."... ލިއަމްގެ އަތުގައި ހިފާލަމުން ސާޔާ އެނދުގައި ބޯ އަޅާލިއެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަމުން އެ ދެލޯ ފެންކަޅިވާން ނެގީ މަދު ސިކުންތު ކޮޅެކެވެ. މަޑު ގިސްލުމެއްގެ އަޑު ކޮޓަރީގައި ހަރުލައިގެން ދިޔައިރު ސާޔާގެ ކަރުނަތަކުން ލިއަމްގެ އަތް ތެންމަމުން ދިޔައެވެ. ހިތް ފުރެންދެން ރޯ ލުމަށްފަހު ސާޔާ މޫނު ފޮހެލިއެވެ. އަދި ތެދުވެގެން ގޮސް ވާސްގައި ޖަހާފައި ހުރި ޓުލިޕްތައް ބަދަލު ކޮށްލިއެވެ. އެއަށްފަހު ދަބަހުން ނެގި ސެންޓުފުޅިން ކޮޓަރިއަށް ޖަހާލިއެވެ. އަނެއްކާވެސް އައިސް ސާޔާ އިށީނީ ލިއަމް ކައިރީގައެވެ. މިފަހަރު އެއްޗެކޭ ނުބުނެ ލިއަމް އަށް ނަޒަރު ހުއްޓާލައިގެން އިން އިރު އެ ހިތުގައި އުފެދެން ފަށާފައިވާ އިހްސާސް ތަކާއިމެދު ސާޔާ އަށް ވިސްނާލެވުނެވެ. އޭނާގެ ތުންފަތަށް ވެރިވީ ރީތު ހިނިތުންވުމެކެވެ.

އޭރު މަޑު މިއުޒިކެއް ފަދައިން ވާރޭ ވެހޭއަޑު އިވެމުން ދިޔައެވެ. އެ ހިތްގައިމު އަޑާއެކު ސާޔާގެ ސިކުނޑީގައި ކުޅެލީ ރީތި ލަވައެކެވެ. އެއްވެސް އިހްތިޔާރަކާއި ނުލާ އޭނާ އަށް މަޑުމަޑުން އެ ލަވަ ކިޔެން ފެށުނެވެ.

" ވެވުނީ ލޯތްބޭ ޔާރު ހުވާ...

ފެނިފާ ޔާރު ހުވާ...

ލޯތްބޭ ޔާރު ހުވާ...

ބޭނުން ވޭ ހިތް ޔާރު ހުވާ...

ފެނިފާ ޔާރު ހުވާ...

ލޯތްބޭ ޔާރު ހުވާ.... "

މަޑުމަޑުން ލިއަމްގެ އަތުގައި ފިރުވާލަމުން ސާޔާ ލަވަ ކުރިޔަށް ގެންދިޔަ އިރު ލަވައާއި އެއްވަރަށް އަތުގެ އިނގިލިތައް ހަރަކާތް ކުރަމުން ދިޔައެވެ.

ކުއްލިއަކަށް އޭނާ ސިހުނީ ފަހަތުން މީހަކު ކަރުކެހެލި އަޑު އިވުމުންނެވެ. ލަވައިގެ ތެރެއަށް ގެއްލިފައި އިންވަރުން ކޮޓަރިއަށް މީހެއް ވަތްކަމުގެ ހިލަމެއް ސާޔާ އަށް ނުވިއެވެ.

" ރައުލް..."... ސާޔާގެ މޫނަށް ފާއްދާލި ރަތްކުލަ ފޮރުވާލަމުން އަވަސް އަވަހަށް އިސްޖަހާލިއިރު އޭނާގެ އަތްފައި ފިނިވެއްޖެއެވެ. ރައުލް ހީކުރާނީ ކީކޭ ހެއްޔެވެ؟... މިވީ ގޮތުން ދެން ރައުލް އާއި ހަތަރުކަޅި ހަމަކޮށްލާކަށް ނުކެރޭނެއެވެ.

ސާޔާ އަށް ވެފައި އިން ގޮތް ފެނުމުން ރައުލް ގާތަށް ހިނިއައި ނަމަވެސް އެތެރެއަށް ހިނިގަނޑު ހިފަހައްޓާލިއެވެ. އެ މަންޒަރު ފެނުމުން ނޭނގޭ އުފާވެރިކަމަކުން އޭނާ ވަށާލިއެވެ. އަލާރާ ފަދައިން ސާޔާ އަށް ލިއަމް ދެކެ ލޯބި ވެވުނީ ހެއްޔެވެ؟.. މީހަކަށް ނޭނގުނަސް އެދެކުދިންގެ މެދުގައި ވަނީ ވަރުގަދަ ގުޅުމެކެވެ. އެހެންކަމުން ހިތުގައި ހިނގާ އިހްސާސްތައް ވެސް އެއްގޮތް ވީ ބާއެވެ؟.. ނަމަވެސް ސާޔާގެ ފަރާތުން ރައުލް އަށް ފެނުނީ އާދަޔާހިލާފު ލޯތްބެކެވެ. ލިއަމްގެ ފަރާތުން އެއްވެސް އިޝާރާތެއް ވެސް ނުލިބި އެ ނާޒުކު އަންހެން ކުއްޖާގެ ހިތް ލިއަމް މިލްކު އެ ކުރީ ކިހިނެތް ހެއްޔެވެ؟..

މޭޒުމަތީގައި ހުރި ޓުލިޕްތައްވެސް ރައުލްގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އެތަނުގައި ކުރިން ނުހުންނަ ހިތްގައިމު ވަހެއް ހުރިކަން ވެސް ރައުލް ފާހަނގަ ކުރިއެވެ.

ރައުލް ނުތަނަވަސްވީ ސާޔާ އަށް އަލާރާގެ ހަޤީޤަތް އެނގުމުން ވާނެ ގޮތް ހިތަށް އަރުވާލެވުމުންނެވެ. ސާޔާގެ ހިތަށް އަނިޔާ އެއް ލިބޭފަދަ ކަމެއް ވާން ރައުލް ނޭނދެއެވެ. ނަމަވެސް ދެން އަލާރާގެ ވާހަކަ ބުނުމަކީ އެހާ ބުއްދިވެރި ކަމަކަށް ނުވާނެއެވެ. ހާއްސަކޮށް ސާޔާގެ ހިތުގައި ލިއަމް އަށް އިހްސާސްތަކެއް އުފެދިފައި ވަނިކޮށެވެ. ނަމަވެސް އެ ލޯބި ސާޔާ އަށް ލިބިދާނެ ބާއޭ ރައުލްގެ ހިތަށް އެރިއެވެ. ދެވަނަ އަލާރާ އެއް ދެކެ ލިއަމް އަށް ލޯބި ވެވިދާނެބާއެވެ؟...

" ހާދަ ނާވަސް ވީ؟.... ސާޔާ ވަރަށް މޮޅު ލަވަ ކިޔަން.. ކިހިނެތް އެނގުނީ ތިއީ ލިއަމް އަށް މާ ރީތި ލަވައެއްކަން؟... "... ރީތި ހިނިތުންވުމެއް ވެރިކޮށްލަމުން ރައުލް ބެލީ ވީހާވެސް އާދައިގެ ގޮތަކަށް ސުވާލު ކުރެވޭތޯއެވެ. ރައުލް ބުނެލި ވާހަކަތަކުން ސާޔާގެ މޫނަށް ކުޑަ ހައިރާން ކަމެއް ވެރިވިއެވެ.

" އޯހ... މިއީ ލިއަމް އަށް ރީތި ލަވައެއް ކަމެއް ނޭނގެ ކުރިން.. ސާޔާ އަށް ރީތި ވީމަ ކިޔާލީ... އެކްސިޑެންޓަލީ..."... ނުތަނަވަސްކަން ފޮރުވާލުމުގެ ގޮތުން ސާޔާ އަނގަޔަށް ގޮތެއް ހަދާލިއެވެ. ނަސީބަކުން ރައުލް މާބޮޑަށް އެވާހަކަ ނުދެއްކިއެވެ. ދެން އޭނާ ފެށީ މިއަދު ސާޔާ އަށް ފެނުނު ހިޔަނީގެ ވާހަކައެވެ.

" ނަވާ ބުނީ އަނބުގަހުގެ ހިޔަންޏޯ.. އެކަމަކު ސާޔާ އަށް ހީވަނީ ބްލޮސަމް އެއީ ހޯންޓެންޑް ގެއެއް ހެން... ރައުލް އަށް ފާހަނގަ ނުވޭތަ އެކަހަލަ ކަމެއް "... ސާޔާ ނުސީދާކޮށް އިޝާރާތް ކުރީ ރައުލް އަށެވެ. އެކަން އެނގި ހުރެވެސް ރައުލް ހައިރާންކަން މޫނަށް ވެރިކޮށްލީ އިތުރަށް ސާޔާ ޝައުޤުވެރި ކުރުމުގެ ގޮތުންނެވެ.

ކުއްލިއަކަށް ދެ ޒުވާނުންގެ ވާހަކަ މެދުކަނޑާލަން މަޖުބޫރުވީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހެމުންނެވެ. އިރުކޮޅަކުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ޑޮކްޓަރ ވިޝާލް އެވެ. އޭނާ ސާޔާ އަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ރައުލް އަށް ބަލާލިއެވެ. އެވަގުތު ވިޝާލްގެ ފިޔަވަޅުތައް ކުޑަކޮށް މަޑުޖެހުނެވެ. ރައުލް ފެނުމުން ޖެހިލުން ވިއެވެ. ދެން ވިޝާލްގެ ނަޒަރު ހުއްޓުނީ އޭނާގެ ބޮސް ބުނި ޕޭޝަންޓަށެވެ.

ލިއަމްގެ މޫނު ފެނުމާއެކު ވިޝާލް އަތުގައި އޮތް ފައިލުގައި  ބާރަށް ހިފަހައްޓާލަމުން ދަތްކުނޑި ވިކާލިއެވެ. އޭނާގެ ޕޭޝަންޓަކީ ލިއަމް އަށް ވެދާނެއޭ ކުޑަކޮށް ވެސް ވިޝާލް ހިއެއް ނުކުރެއެވެ. މިވީ ގޮތުން ނުހަނު ފަރުވާތެރިވާން ޖެހޭނެއެވެ. ރައުލް އަކީ އާދައިގެ ޒުވާނެއް ކަމާއި މެދު ވިޝާލް އަށް ޝައްކެވެ. އަލާރާ މަރުވި ރޭގައި ރައުލްގެ ފަރާތުން ފެނުނު ހަލުވި ކަމަކީ އާދައިގެ ކަމެއް ނޫނެވެ.

" ހައި.. މިއީ ޑޮކްޓަރ ވިޝާލް.. ލިއަމްގެ ޑޮކްޓަރ ޗުއްޓީ އަކަށް ދުރުވީމަ އަޅުގަނޑު ވަގުތީ ގޮތުން ލިއަމް އާއި ހަވާލުވާނީ.. ".. ވިޝާލް ތުންފަތަށް ވެރިކޮށްލި ފޭކް ހިނިތުންވުމުން އޭނާ އެ ހަދަނީ ތެދުހެން ރައުލް އަދި ސާޔާ އަށް ވެސް ހީވިއެވެ. ވިޝާލް މަޑުކޮށްލީ ސާޔާ އާއި ނުހަނު ގާތުގައެވެ. ކުރިއަށްވުރެ ވެސް ކައިރިއަށް ޖެހިލަމުން ވިޝާލް އެނދާއި ޖެހިގެން ހުރި މެޝިނަށް ބަލާލިއެވެ. އަދި އަތުގައި އޮތް ފައިލުގައި އެއްޗެހިތަކެއް ނޯޓް ކޮށްލިއެވެ.

ވިޝާލްގެ އެ ހަރަކާތުން ސާޔާ އިނީ އުނދަގޫ ވެފައެވެ. އެކަން ރައުލް އަށް ފާހަނގަ ކުރެވުނު ނަމަވެސް އެއްޗެކޭ ނުބުނެ ވިޝާލްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ވިޝާލް އޭނާގެ މަސައްކަތް ނިންމާލާފައި ދަމުން ސާޔާ އާއި ދިމާލަށް ބަލާލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އޭނާ ނުކުތުމާއެކު ސާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

" ހާދަ ފާޑެއްގެ ޑޮކްޓަރ އެކޭ ދޯ.. މިރޭ ތަންކޮޅެއް ކުރިން ދިމާވި.. އޭރު ވެސް ވަރަށް ފާޑަކަށް ބަލަން ހުރީ.. ދެންމެ ވެސް...".... ވިޝާލްގެ ބެލުންތަކުން ސާޔާ އަށް ނުބައި ސިގްނަލްއެއް ދެމުން ދިޔައެވެ. ދެވަނަ އަސަދު އެއް ކުރިމަތިން ފެންނަނީ އޭ ހިތަށް އެރިއެވެ. އެ ހިޔާލާއެކުވެސް ސާޔާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުނެވެ.

" ޑޯންޓް ވޮރީ.. އަހަރެން ހުއްޓާ ސާޔާ އަށް އެއްވެސް ގެއްލުމެއް ނުލިބޭނެ.. އައި ޕްރޮމިސް ޔޫ..."... ރައުލްގެ އަޑުގައި ވީ ޔަޤީންކަމުން ސާޔާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ރައުލްއާއި މެދު ބޭބެއެއްގެ ނަޒަރުން ފަހަކަށް އައިސް ދެކެވޭތީ ސާޔާ ހައިރާންވެއެވެ. ނަމަވެސް އެއީ ވެދާނެ ގޮތެއްކަން އޭނާ އަށް ވިސްނުނެވެ. ރައުލް އެހާ ވެސް ރަނގަޅެވެ. އަމިއްލަ ބޭބެ އެއް ހުރި ނަމަވެސް އެހާ ރަނގަޅު ވެދާނެ ބާއޭ ސާޔާ ހިތަށްއެރިއެވެ.

" މިރޭ ހިއެއް ނުވޭ ވާރޭ ތުނި ކުރާނެހެން.. ހޮސްޕިޓަލްގަ މަޑުކުރަން ކަންނޭނގެ ޖެހޭނީ... ނަވާ ވެސް އެބައިން މަލާން ދޮންތަ ކައިރީ ތިރީގަ.. ޔަޤީން ދެމީހުން މިހާރު ބޮޑުތަރުތީބު ފަށައިގެން އުޅޭނެ...".. ރައުލް އަތުގައި އޮތް ގަޑިއަށް ބަލާލަމުން ބޯ ހޫރާލިއެވެ. އެ ހަރަކާތުން ސާޔާ ހީލިއެވެ.

" ކޮބާ ޔަލާ ... ރާސިލް އައި ފަހުން ޔަލާ ނުފެނޭ މިހާރު.. ކިރާޒް ބޭބީ އަދިވެސް ބަލީތަ؟..."... ސާޔާ އޭނަގެ ހިތުގައި އުފެދުނު ސުވާލު ރައުލް އާއި ކޮށްލިއެވެ. ނަމަވެސް ރައުލް އެއްވެސް އެއްޗެކޭ ނުބުނެ ފޯނަށް ގެއްލިފައި އިނުމުން އިތުރަށް އަހާކަށް ސާޔާ އަށް ނުކެރުނެވެ. ހަޤީޤަތުގައި ރައުލް އަށް އިޑުވުނު ކަމަށް ނުހެދުނީއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް އޭނާގެ އަތުގައި ނެތެވެ.

އިރުކޮޅަކުން ނަވާރް އައުމުން ކޮޓަރީގައި އަޑު ގަދަވިއެވެ. ސާޔާ ވެސް ބޭކާރު ވިސްނުން ތަކާއި ދުރުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރިއެވެ. ނަމަވެސް އެހެން އިން އިރުވެސް ދޭތެރެއަކުން އޭނާގެ ނަޒަރު ލިއަމް އަށް ހުއްޓިލައެވެ. އެކަން ފާހަނގަ ކުރެވުނު ނަމަވެސް ރައުލް އާއި ނަވާރް އެކަމާއި ގުޅޭ ގޮތުން އެއްޗެއް ބުނަން ގަސްތު ނުކުރިއެވެ.

*******************************

އަނދިރި ބަނަ ދުވަސްތަކަކަށްފަހު އާ ރީތި ދުވަހަކަށް އަލިވިލިއްޖެއެވެ. ބަނަ ވިލާތަކުގެ ފަހަތުގައި ފިލާ ފޮރުވިގެން ހުރުމަށްފަހު އިރު ވެސް އޭގެ ފުރިހަމަކަމާއެކު ދިއްލާ ވިރުވާއަޅަމުން ދިޔައެވެ.

ދުރުދުރަށް ދާންދެން ނޫކުލައިގެ ސަދުވާއެއް ފަދައިން އުޑު ފެންނަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ހުދު ކަފަކޮޅުތައް ފަދަ ވިލާތައް ފެންނަމުން ދިޔައެވެ. އިރުގެ ދޯދިތަށް ބިޔަ ގަސްތައް ފުރާނާލާފައި ބްލޮސަމްގެ ބަގީޗާ ވެސް އަލިކޮށްލައިފިއެވެ.

ޒުވާން ކުދިންކޮޅު ގޭގެ ބަގީޗާގައި ތިބިއިރު މަޝްވަރާ ކުރެވެމުން ދިޔައީ ދެ ދުވަސް ފަހުން އަންނަ ރައުލްގެ އުފަން ދުވަސް ފާހަނގަ ކުރާނެ ގޮތަކާއި މެދުގައެވެ. ނަވާރް ދަތުރު ދާން ބޭނުން ވިޔަސް ސާޔާ އިނީ އެކަމާއި އެހާ ގަޔާ ނުވެފައެވެ. ރައުލް މީގެ ކުރިން ދެއްކި ވާހަކަ އަދިވެސް އޭނާ އަށް އިވޭ ކަހަލައެވެ. ފަހުން ރޭގައި ހޮސްޕިޓަލުގައި މަޑު ނުކޮށް ގެއަށް އައުމަށްފަހު ވެސް ސާޔާ އެންމެ ފަހަރަކުވެސް ނަވާރްގެ ކައިރިން ދުރުނުވެއެވެ. ނިދަން އޮވެފައި ވެސް ފެނުނު ހިޔަނީގެ ހަނދާން އާވުމުން އަނެއްކާ ނިދީ ވެސް ގޮސް ނަވާރް ކައިރީގައެވެ. އެންމެ މިނިޓަކަށް ވެސް އެކަނި ހުންނާކަށް ނުކުރެއެވެ. ވައި ރޯޅިއެއް ޖެހިލިޔަސް ސާޔާ އަށް ބެލެނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.

" ސާޔާ މިހާ ބިރުން އުޅޭ އިރު ކިހިނެތް ދަތުރު ދެވޭނީ.. ނޯޔާ ވެއްޖެ އެންނު ސާޔާ އަށް އޮރިޖިނަލްސް ނޫނީ ވެމްޕަޔަރ ޑައިރީސް ދައްކަން... އޭރުން ފަހަރެއްގައި މި ބިރު ފިލައި ގޮސް ޑެވިލްސް އިންނާއި މެދު ދެކޭ ގޮތް ބަދަލުވެދާނެ.. "... ރައުލް ކައިރީގައި ހުރި ކޯކު ފުޅި ނަގައި ކޯވަރެއް އަނގަޔަށް އޮއްސާލިއެވެ.

" ރާސިލް ބުނީ ވެމްޕްޔަރސް އެއީ އުޅޭ އެއްޗެއް ނޫނޭ.. "... ސާޔާ އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. އެހެން ނަމަވެސް އެ ބޮޑު ދެލޮލުން ފެންނަން ހުރި ބިރުވެރިކަން އެކަކަށްވެސް ސިއްރެއް ނުވިއެވެ.

" ތެދެއް.. އެއީ ހުސް ފޭކު.. ލޭ ބޮއެގެން ނޫނީ އުޅެވެނީ އެއް ނޫން.. މަރުވަނީ އެއް ނޫން.. އިމްމޯޓަލް.. އެ ހުންނަ ރިތިކަމާއި ބާރު އެއީ އާދައިގެ ކަމެއް ނޫން.. ނުވިތާކަށް އަވީގަ އަނގޮޓި ނާޅާ ނޫޅެވޭ.. .. "... ނޯޔާ ނުހަނު ފޯރީގައި އެވާހަކަ ދައްކަން ފެށުމުން ސާޔާ ކުޑަކޮށް ޝައުޤުވެރިވިއެވެ. ރައުލް ބުނިފަދައިން ފަހަރެއްގައި އޭނާގެ ބިރު އެގޮތުން ކުޑަކޮށްލެވިދާނެއެވެ.

"ވެމްޕަޔަރސް ނޫޅުނަސް ހަންޑި ޖިންނި އުޅެއެންނު... އެކަމަކު ރައުލް އާއި ރާސިލް އިނގިލީގަ ވެސް އަނގޮޓި އޮވޭ.. އެއީ ކީއްވެ؟.. .".. ސާޔާގެ އަޑުން ކުރިން ނުހުންނަ ޖޯޝާއި ފޯރިއެއް ރައުލް އަށް ފާހަނގަ ކުރެވުނެވެ. މިފަހަރުވެސް އޭނާ ވާހަކަ ނިންމާލީ ރައުލް އާއި ރާސިލް އަށް ޝައްކު ކުރަމުންނެވެ.

ރައުލް އިނގިލީގައި އޮތް އަނގޮޓި  ނަގާ ސާޔާ އަތަށް ލައިދިނެވެ. އޭނާ ބުމަ އަރުވާލަމުން ޔަޤީން ކޮށްދިނީ އެއީ އާދައިގެ އަނގޮޓި އެއްކަމެވެ. ނަމަވެސް ސާޔަ އަށް އެކަން ޤަބޫލު ނުކުރެވުނީ އޭގައި ވީ އާދަޔާ ޚިލާފު ކުރެހުމުންނެވެ.

އެހެން ދުވަސްތަކަށްވުރެ މިއަދު ސާޔާގެ ތަބީއަތު ރަނގަޅެވެ. އަބަދުވެސް ހުރެވެނީ ހިނިތުންވެފައެވެ. އިރުއިރު ކޮޅާ ލަވައިގެ ތަންކޮޅު ކިޔާލެވެއެވެ. ހިޔާލީ ދުނިޔެއެއްގައި ހުރެވެއެވެ.

އޭނާ އަށް އައިސްފައިވާ ބަދަލު އެންމެނަށް ފާހަނގަ ކުރެވުނު ނަމަވެސް އެ ބަދަލުގެ ފަހަތުގައި ފޮރުވިފައިވީ ސިއްރު އެނގެނީ ހަމައެކަނި ރައުލް އަށެވެ. ނަވާރްގެ ހިތުގައި ޝައްކު އުފެދުނަސް ސާޔާ ލިއަމް ދެކެ ލޯބިވެދާނެކަން ޤަބޫލުކުރަން ދަތިވިއެވެ. ނަމަވެސް ސާޔާގެ ހަރަކާތްތަކުން އެނޫން މާނައެއް ނަވާރް އަށް ނުނެގުނެވެ. އެއީ މައްސަލައެއް ވެސް ނޫން ތާއެވެ. ލިއަމް އަކީ ފުރިހަމަ ޒުވާނެކެވެ. ސާޔާގެ ޅަ ހިތަށް އެކަމުގެ އަސަރު ކުރުމަކީ އާދައިގެ ކަމެކެވެ.

ހަފްތާއެއް ފަހުން އަފްރާހު އެނބުރި އައި އިރު އޭނާގެ މިޒާޖަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ސާޔާ އާއި ވާހަކަ ދެއްކީ ވެސް ނުހަނު ލޯބިންނެވެ. ނަވާރް އާއި ނޯޔާ އަށް ހަދިޔާ ދިންއިރު ސާޔާ އަށް ވެސް ދިނެވެ. ކުރިން ކަންތައް ކުރެވުނު ގޮތާއި މެދު އަފްރާހު މާފަށް އެދުމުން ސާޔާ ހެޔޮހިތުން އެކަން ބަލައިގަތެވެ. އެކަމުން އޭނާ އަށް ލިބިފައިވަނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. މާ ބޮޑު މަސައްކަތަކާއި ނުލާ އަފްރާހުގެ ރުހުން ވެސް ލިބުނީ ތާއެވެ.

ހަވީރު ވުމުން ނަވާރް އާއި ނޯޔާ އަދި ސަޔާ ނިންމީ ހިނގާލަން ދިޔުމަށެވެ. ނޯޔާގެ ފަހު ޓެސްޓު ވެސް އެދުވަހު ނިމުމުން ގޭގައި ތިބެގެން ކުރާނެ ކަމެއް ނެތެވެ. ތިން ކުދިންނަށް ތައްޔާރު ވެގެން ކުކުމެވުނު އިރު ހަތަރު ގަޑި ބައި ވެއްޖެއެވެ. ނޯޔާގެ އެދުމަށް ތިން ޒުވާނުން މިސްރާބު ޖެހީ ރަސްފަންނާއި ދިމާލަށެވެ. ކައިރީގައި ހުރި ސްކޫޕަކަށް ވަދެ އައިސްކޯނު ގަނެގެން އަމިއްލަ ވާހަކަތަކެއްގައި ދިޔައިރު ގިނަބައެއްގެ ނަޒަރު އެ ޒުވާނުންނަށް ހުއްޓެމުން ދިޔައެވެ. ނަވާރް އާއި ނޯޔާއަށް އެކަމުން އުނދަގޫ ނުވިޔަސް ސާޔާ ހުރީ ނުތަނަވަސް ވެފައެވެ. ހާސްވާގޮތް ވެފައެވެ. މީހުންގެ ނަޒަރުން ސަލާމަތް ވެވޭނެ ގޮތެއް ނޭނގިފައެވެ.

" ދޮންތި..."... ނޯޔާ ދައްކަމުން ދިޔަ ވާހަކައަށް ނަވާރް އެއްވެސް އެއްޗެކޭ ނުބުނުމުން ތަންކޮޅެއް ބާރަށް ގޮވާލަމުން ނޯޔާ ފަސްއެނބުރި ބަލާލިއެވެ. އޭރު ތަންކޮޅެއް ފަހަތުގައި ނަވާރް ހަރަކާތް ހުއްޓިފައި ބަލަން ހުރީ ސީދާ ކުރިމައްޗަށެވެ. ދެއަތް މުއްކެވިފައިވީއިރު އޭނާގެ މޫނުން ފެންނަނީ ބަޔާން ކުރަންދަތި ޝުޢޫރު ތަކެކެވެ. ހަށިގަނޑުގައި މަޑު ތުރުތުރެއް ވީއިރު ނަވާރްގެ ދެލޯ އިސާހިތަކު ފެންކަޅި ވެއްޖެއެވެ.

ނަވާރްގެ ނަޒަރު ހުއްޓިފައި ވީ ދިމާލަށް ބަލާލުމާއެކު ސާޔާގެ ބުމަ ގޮށްގެހުނެވެ.

= ނުނިމޭ =

Ads by Allied Insurance
  1. ވަރަ ރިިތިވަަހަކަަ