ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

 

Ads by STELCO

" ވިލް ޔޫ ފޮރގިވް މީ ޕްލީޒް..".. ސާޔާގެ ކޯތާފަތުގައި މަޑުމަޑުން އަތް ޖައްސާލަމުން ލިއަމް ބުނެލިއެވެ.

************************

ލިއަމްގެ އެ ބީހުމުން ސާޔާއަށް އުނދަގޫވިއެވެ. މަޑުމަޑުން އޭނާ ފަހަތަށް ޖެހިލީ އެހެންވެއެވެ. ނުތަނަވަސްވެފައި ހުރެ ސާޔާ ކަންފަތަށް ޖަހާފައި ހުރި ހެޑްސެޓް ނައްޓާލުމަށްފަހު މުށު ތެރޭގައި ބޮނޑި ކޮށްލިއެވެ. ލިއަމް އެހާ ކައިރީގައި ހުރުމުން ސާޔާ އަށް އުނދަގޫ ވަނީއެވެ. ބިރުގަނެ ޖެހިލުންވަނީއެވެ.

" އައި ނޯ އަ ހެވް ހަރޓް ޔޫ މޯރ ދެން އިނަފް.. އެކަމަކު އަހަރެން އެކަމަށް މާފަށް އެދެން.. މާފަށް އެދުނަސް އެނގޭ ސާޔޫ އަށް ކުރެވުނު އަނިޔާތަކުގެ ބަދަލު ނުދެވޭނެކަން".. ލިއަމްގެ އަޑުގައިވީ މޮޅިވެރިކަމެވެ.

" ނޫން.. އިޓްސް އޯކޭ.. އަހަންނަށް އެނގޭ ލިއަމް ރަނގަޅު ވާން ދުވަސް ބޭނުންވާނެކަން.. އަހަރެންގެ ސޫރަ ފެނުމުން ލިއަމް އަށް އުނދަގޫ ވާކަން އެނގޭ.. އެންޑް އައި އެމް ސޮރީ އެބައުޓް އިޓް.. އަހަރެންގެ ސިފަ އަކީ އަހަރެން އަމިއްލަ އަށް ހޯދި އެއްޗެއް ނޫން..." ސާޔާ މަޑުމަޑުން ލިއަމްގެ އަތް ނައްޓުވާލިއެވެ.

" ޔޫ އަރ ދި މޮސްޓް ބިއުޓިފުލް ގަރލް އައި ހެވް ސީން..".. ލިއަމް ބުނެލީ ހިނިތުންވުމަކާއި އެކުގައެވެ.

ސާޔާގެ އެ އާދަޔާ ޚިލާފު ރީތިކަމުގެ ސިއްރު މިހާރު ޤަބޫލު ކުރަން ލިއަމް އަށް އުނދަގުލެއް ނޫނެވެ. އެއީ ކިހިނެތް ވާރުތަކުރި ސިފަތަކެއް ކަން ލިއަމް އަށް އެނގިއްޖެއެވެ. ތަޤުދީރުގެ ސަމާސާއިން އޭނާ ހައިރާންވި ނަމަވެސް އުފާވެއެެވެ.

ސާޔާގެ ހިތުގައި ވެސް އޭނާއަށް އިހްސާސްތަކެއް ވާކަން ލިއަމް އަށް އެނގެއެވެ. ކޯމާގައި އޮތް އިރު ސާޔާ އޭނާއާ މެދު ބެހެއްޓި ގާތްކަން އޭނާ ހަނދާނެއް ނުނެތެއެވެ. އެއީ ހަމައެކަނި އޯގާތެރިކަން ނޫންކަން ލިއަމް އަށް ޔަޤީނެވެ. ސާޔާއަށް އެއް ލޯ މަރާލުމަށްފަހު ލިއަމް އަވަސް އަވަހަށް ގެއިން ނުކުންނަށް އުޅުނެވެ. ނަމަވެސް އޭނާއަށް ސާޔާ ކުރިން ކުރަން އިން މަސައްކަތް ފެނުމުން ފިޔަވަޅުތައް މަޑު ޖައްސާލިއެވެ.

" އޮހް.. ޔޫ ޑަމްބް..".. މޭޒުމަތީގައި އޮތް ކަޅު ކުލައިގެ ހެއަރ ކަލަރ ޕެކެޓް ނަގަމުން ލިއަމް އެނބުރި ބަލާލިއެވެ. އޭރު އެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމެކެވެ. ބާރު ހިނގުމެއްގައި އައިސް ސާޔާ ލިއަމް އަތުން އޭތި ޖަހައިގަތެވެ. އެއާއެކު ލިއަމް ހޭން ފެށުމުން ސާޔާ ރަކިވިއެވެ.

" އަހަރެން އިމްޕްރެސް ކުރަންތަ ތި އުޅެނީ؟...".. ލިއަމް ބުމަ އަރުވާލަމުން އަހާލިއެވެ. އޭނާ އަށް ނޭނގޭ އުފާވެރިކަމެއް އިހްސާސް ކުރެވުނެވެ. ނަމަވެސް އެ އިހްސާސްތައްވީ ހަމައެކަނި އެ ހިތުގައެވެ.

" ޔޫ ވިޝް.. އަހަރެން ނޫޅެން ލިއަމް އިމްޕްރެސް ކުރަން.. . އައި ހޭޓް ޔޫ..".. ސާޔާ ހިތްހަމަނުޖެހުނުކަން އަންގާލިއެވެ.

" ޑޯންޓް ޗޭންޖް ޔޯރ ސެލްފް.. ޔޫ ވިލް އޯލްވެސް ބީ މައި ރެޕަންޒެލް... ".. ލިއަަމް އައިސް ސާޔާގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ދެން އެނބުރި އަވަސް ފިޔަވަޅު ތަކެއްގައި އޭނާ ގޮސް އެޕަރޓްމެންޓުން ނުކުތެވެ.

**********************

ބްލޮސޮމް ހޮސްޕިޓަލަށް ވަދެގެން ދިޔަ ރައުލްގެ ނަޒަރު ފަރާތް ފަރާތަށް ދަތުރު ކުރަމުން ދިޔައެވެ. މުޅިން ކަޅު ކުލައިގައި ހުރި އިރު އެ ރީތިކަން އިންތިހާއެވެ. ހޭޒެލް ކަޅީގެ ވިދުން ވެސް މިރޭ ތަންކޮޅެއް ގަދަހެން ހީވެއެވެ. އިސްތަށިގަނޑު ރީތިކޮށް ސްޓައިލް ކޮށްފައި ހުރި އިރު އެ ޝަހުސިއްޔަތުގައި ވަނީ ހަރުދަނާ ކަމެވެ.

" އެކްސްކިއުޒް...".. ރިސެޕްޝަން ކައިރިއަށް ހުއްޓިލަމުން ރައުލް ކުޑަކޮށް މޭޒުގައި އިނގިލިތަކުން ޖަހާލިއެވެ. އޭނާ ފެނުމާއެކު ރިސްޕެޝަނުގައި އިން އަންހެން ކުއްޖާ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. ރައުލް ކައިރިއަށް ހިނި އައި ނަމަވެސް އޭނާ އެކަން ފޮރުވާލިއެވެ.

" ޑރ ވިޝާލް އަށް އެޕޮއިންޓްމެންޓެއް ލިބިދާނެތަ؟...".. ރައުލް އަހާލިއެވެ.

" ސޮރީ.. ޑރ ވިޝާލް އެއް ނޫޅުއްވާ އެނގޭތޯ.. ޑޫ ޔޫ މީން ޑރ ވިވިޔަޝް؟.. ".. އެ އަންހެން ކުއްޖާ ކޮމްޕިއުޓަރުން ނަޒަރު ވަކި ކޮށްލަމުން ބުނެލީ ކުޑަ ހިނިތުންވުމަކާއި އެކުގައެވެ.

" އަރ ޔޫ ޝުއަރ؟.. އަމް.. އަދި ޗެކް ކޮށްލަބަ.. މި ހޮސްޕިޓަލްގަ ވިޝާލް ކިޔާ ޑރ އެއް ވަރކް ކުރިތަ؟. އެނީ ރެކޯރޑްސް؟.. ".. ރައުލް ނިތަށް ގިނަވި ރޫތަކާއި އެކު އަހާލީ އަދިވެސް ޔަޤީން ކުރުމަށެވެ.

" ލައްބަ.. އައިމް ވެރީ ޝުއަރ.. މޭބީ އިޓްސް އެ މިސްޓޭކް.. ތި ނަން ކިޔާ ޑޮކްޓަރ އެއް މި ހޮސްޕިޓަލް ގަ ވަރކް ކޮށްފަ ނުވޭ...".. ރައުލް އަށް ޖަވާބު ލިބުމާއެކު ޝުކުރު އަދާ ކޮށްފައި ހިނގައިގަތެވެ. އޭނާ ހޮސްޕިޓަލުގެ ދޮރުމަތީގައި މަޑުކޮށްލުމަށްފަހު ޖީބުގައި އޮތް ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ.

= ނުނިމޭ =

 

 

 

Ads by Ooredoo
  1. ާމަރްޔަމް

    ޥ ވ ވ ވ ރީތި އަދިވެސް ކުރޭ

  2. ލާރާ

    ވާއު ލަވް ދިސް❤

  3. ދިގުކުރައްޖޭ

  4. ާަަާަަަެެއިރަ

    ވ ވވވވރިތި