ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ޓެލް މީ ހޫ ދެޓް ލަކީ ގަރލް އިޒް....".. ގޮނޑީގައި ހަށިގަނޑު ސީދާ ކޮށްލަމުން ރައުލް ލާނެތް ހިނިތުންވުމަކާއެކު އަހާލިގޮތުން ލިއަމްގެ ހިތް ތެޅިލިއެވެ.

Ads by Sosun Fihaara

**********************

" ނޯ ވަން.... އަދި ތި ކަހަލަ ކަމަކާ ނުވިސްނަން... އޭގެ ކުރިން ނިންމަން ޖެހޭ މަސައްކަތެއް އެބައޮތެއްނު...".. އޯޑަރު ކުރި ކާތަކެތި ގެނައުމުން ލިއަމް ކެއުމާއި މަޝްއޫލުވިއެވެ. ނަމަވެސް ރައުލްގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ވިއެވެ. ލިއަމްގެ ސިކުނޑީގައި އެހެން ހިޔާލުތަކެއް ވެސް ދައުރުވާކަން އެ މޫނުން ހާމަވެއެވެ. އެކަމާއި ގުޅިގެން އިތުރު އެއްޗެއް ބުނަން އުޅެފައި ވެސް ރައުލް ހިމޭންވިއެވެ. ލިއަމް އަދި އަމިއްލައަށް ކިޔައިދޭނެކަން ޔަޤީނެވެ.

***********************

ބަރުވެފައިވާ އެސްފިޔަތަށް ތަޅުވާލުމަށްފަހު ސާޔާ ދެލޯ ހުޅުވާލީ އެލަރމްގެ އަޑަށެވެ. ބާލީސްދަށުން ފޯނު ނަގަމުން އޭނާ އެލަރމް އޮފް ކޮށްލިއެވެ. އޭރު ވާރޭގެ އަޑު އިވެމުން ދިޔައެވެ. އެހެން އިރުކޮޅަކު އޮތުމަށްފަހު ސާޔާ ތެދުވިއެވެ. އެނދުގައި ހަމަޖެހިލައިގެން އިށީނުމަށްފަހު ދޫކޮށްފައި އޮތް އިސްތަށިގަނޑުގައި ހުޅިއެއް ޖެހިއެވެ. އަދި ކަނދުރާގައި ދެއަތް އަޅުވާލަމުން ގޮސް ބެލްކަނީގެ ދޮރު ހުޅުވާލިއެވެ. ނަމަވެސް ޖެހެމުން ދިޔަ ފިނި ވައިރޯޅިއަށް ކެތްނުކުރެވިގެން އޭނާ ދޮރު ލެއްޕިއެވެ. ހަށިގަނޑުގައިވީ އާދަޔާހިލާފު ހޫނުކަމުގެ ސަބަބުން ސާޔާ އަނބުރާ ގޮސް އެނދުގައި އޮށޯތެވެ. ރަޖާގަނޑު އޮޅާލުމަށްފަހު ހަށިގަނޑު ފޮރުވާލިއެވެ.

"ލިއަމް..." އޭނާއަށް ހިތުން އެ ނަން ކިޔާލެވުނެވެ. އެހިނދު ލިއަމްގެ ފަރާތުން ފެނުނު ކުއްލި ބަދަލު ސާޔާގެ ސިކުނޑި ހިސާރު ކޮށްލިއެވެ. ލިއަމްގެ ފަރާތުން އެ ފެނުނު ބަދަލު ސާޔާއަށް ނުހަނު ކަމުދިޔައެވެ. އެހެންނަމަވެސް އެހިތުގައި ބިރުވެރިކަން ވިއެވެ. އެއީ ވަގުތީ ބަދަލެއް ކަމުގައިވެދާނެތީ ހިތުގެ ހަމަނުޖެހުން ގެއްލުނެވެ. ނަމަވެސް އެ ވިސްނުމުގައި ދުވަސް ހަރާބުކޮށްލަން ބޭނުނު ނުވުމުން ސާޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން އަތް ހިތްލާލުމަށްފަހު ސާޔާ ނިތްކުރީގައި ފިރުމާލިއެވެ. އެހިނދު އިހްސާސް ކުރެވުނު ތޫނު ރިހުމުގެ ސަބަބުން އޭނާއަށް ވަގުތުން އަތް ދުރުކޮށްލެވުނެވެ. ކުޑަކޮށް ހުންވައްތަރު ވެފައި ހުރުމުން ސާޔާ އޭސީގެ ފިނި ދައްކޮށްލިއެވެ. އަދި ތެދުވެގެން ގޮސް ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ މޫނަށް ބަލައިލިއެވެ. ނިތްކުރިން ދުޅަވެފައި ހުރިތަން ފުދޭވަރަކަށް ތިރވެފައި ހުރި ނަމަވެސް ތަދުވެއެވެ. ތުންފަތް ކައިރި ރަނގަޅުވެފައި ހުއްޓެއް ކަމުގައި އެދިމާލުންވެސް ރަތްކަން ފަނޑެއް ނުވެއެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފާޚާނާއަށް ވަދެ ހޫނުފެނުން ސާޔާ ފެންވަރާލިއެވެ. އެއާއެކު ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.

ކޮޓަރިން ނުކުމެ ބަދިގެއަށް އައިއިރު ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ ނަވާރް އާއި ރައުލް ފެނުނެވެ. އޮފީސް ހެދުމުގައި ހުރި ރައުލް ފެނުމުން ސާޔާ ކުޑަކޮށް ހައިރާންވިއެވެ. އެހެންނަމަވެސް އެވަގުތު އެކަމާއި ގުޅިގެން ސުވާލުކުރުމުގެ ވިސްނުމެއް ސާޔާގެ ނެތެވެ. ހެނދުނުގެ ސަލާމް ގޮވާލުމަށްފަހު ސާޔާ އައިސްއަލަމާރި ކައިރިއަށް އައިސް ދޮރުފަތް ހުޅުވާލިއެވެ.  ކޮންޓެއިނަރެއްގައި ނަވާރް ތައްޔާރުކޮށްފައި ހުރި ފޮނި އެއްޗެއް ހުއްޓެވެ. އޭގެން އެތިކޮޅެއް ރަހަ ބަލާލުމަށްފަހު ސާޔާ އެތަށި ބެހެއްޓިއެވެ. އަދި ކޮފީއެއް ހަދާލުމާއެކު ރައުލް އާއި ނަވާރް ތައްޔާރުކޮށްފައިވާ ތަރުކާރީ ސޭންޑްވިޗެއް ނަގައިގެން ކައުންޓަރު ދޮށުގައި ކާން އިށީނެވެ.

" އަރ ޔޫ އޯކޭ ސާޔޫ؟..". ސާޔާ މާ މަޑުން އިނުމުން ރައުލް އަހާލިއެވެ. އެއްޗެކޭ ނުބުނެ ސާޔާ ހިނިތުންވުމަކާއެކު ބޯ ޖަހާލިއެވެ. އިސްތަށިގަނޑު މޫނުމައްޗަށް ވައްޓާފައި އޮތް ގޮތުން ނިތްކުރިން ދުޅަވެފައިވާތަން ވަނީ ފޮރުވިފައެވެ.
ހިމޭންކަމާއެކު ސައިބޮމުން ދިޔަ ސާޔާ ފެނުމުން ނަވާރް ވެސް އިނީ އުނދަގޫވެފައެވެ. އެހެންޏާ އަބަދުވެސް އަނގަގަދަ ކޮށް އުޅޭ ކުއްޖާއަށް އައިސްފައިވާ ބަދަލުން އޭނާވެސް ކަންބޮޑުވިއެވެ.

އެޕަރޓްމެންޓްގެ ދޮރު ހުޅުވުނު އަޑަށް ސާޔާ ހަށިގަނޑު ކުޑަކޮށް ސީދާ ކޮށްލިއެވެ. ނަމަވެސް ފަސްއެނބުރި ބަލައިލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.

" ލުކިންގް ހޭންޑްސަމް ބްރޯ.... ".. ނަވާރް ކައުންޓަރުގައި އުޅަބޮށި ޖައްސާލުމަށްފަހު ލިއަމްއަށް ތަޢުރީފް ކޮށްލިއެވެ. އެއް މަސް ދުވަސް ފާއިތުވެގެން ދިޔައިރު ލިއަމްގެ ހަށިގަނޑަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަކުތަކެއް އަތުވެއްޖެއެވެ. ކުރިއަށްވުރެ މީހާ ހުރީ ވަރުގަދަވެ މަސްތައް ޖަހައިފިއެވެ.

ނޭފަތުގައި ޖެހުނު ސެންޓުގެ ވަހުން ސާޔާއަށް ބޭއިހްތިޔާރުގައި އެތެރެއަށް ނޭފަތް ދަމާލެވުނެވެ. ލިއަމްގެ ސޫރަ ދެކިލާ ހިތްވިޔަސް އޭނާ އިނީ މަޑުންނެވެ. ނަފްސުގެ މައްޗަށް ބާރުފޯރުވަމުން ސާޔާ އަދިވެސް އެގޮތުގައި އިނެވެ.
ލިއަމްގެ ލޮލުގައި އޭނާއަށް ފުރަގަސްދީގެން އިން ސާޔާ އަޅައިގަތެވެ. އެ ރީތި އިސްތަށިގަނޑު އޮތީ އާދައިގެ މަތިން ފަހަތަށް ދޫޫކޮށްފައެވެ. ލިއަމް އައިސް އިށީނީ ސާޔާ ކައިރީ ހުރި ސްޓޫލްގައެވެ. ކައުންޓަރު މަތީ ހުރި ތަށީގެ ތެރެއިން ސޭންޑްވިޗެއް ނަގައި އެތިކޮޅެއް ލިއަމް ކާލިއެވެ. އޭރު ނަވާރް އާފަލު ޖޫސް ތަށްޓެއް އަޅައިގެން ގެނެސް ލިއަމް ކުރިމަތީ ބެހެއްޓިއެވެ. އެހެންދުވަސް ދުވަހަށްވުރެ ސާޔާ މަޑުން އިންކަން ލިއަމްއަށް ވެސް ފާހަނގަކުރެވުނެވެ. ލޮލުގެ އިޝާރާތުން އޭނާ އެ ސުވާލު ރައުލްއާއި ކޮށްލިވެސް މެއެވެ. ނަމަވެސް ރައުލް ދެކޮނޑު އަރުވާލި ގޮތުން އޭނާއަށް ވެސް ނޭނގޭ ކަން ލިއަމް އަށް އެނގުނެވެ.

"މޯނިންގް"  ލޮލުގެ ހިމަކޮޅުން ސާޔާއަށް ނަޒަރެއް ދެމުން ލިއަމް ބުނެލިއެވެ. ނަމަވެސް ލިއަމްއަށް ބެލުމެއްނެތި ސާޔާ ބޯ ޖަހާލީއެވެ.

ކައ ނިމެންދެން ލިއަމް އިތުރު ވާހަކަތަކެއް ނުދެއްކި ނަމަވެސް ސާޔާއަށް ކަމެއް ވެއްޖެކަން އެނގުނެވެ.  ސައިބޮއެ ނިމުމުން ލިއަމް ޖޫސްތަށި ހުސްކޮށްލިއެވެ. އަދި ކައިރީގައި ހުރި ފެންފުޅިން ކޯވަރެއް ބޯލަމުން ތެދުވިއެވެ. އޭރު ސައިބޮއެ ނިމިގެން ކައުންޓަރު މަތިން ތަށިތައް ނަގަން ސާޔާ އުޅުނެވެ. އިރުކޮޅަކު ސާޔާ އަށް ބަލަން ހުރުމަށްފަހު އެ މޫނު ރަތްވެފައި ހުރިކަން ލިއަމްއަށް ފާހަނގަވިއެވެ. ހަމައެހެންމެ ތުންފަތް ހިކިފައި ހުރި ގޮތުންނާއި އެ މޫނުން ފެންނަމުންދާ ވަރުބަލިކަމުން ސާޔާ ބަލިވެ އުޅޭހެން ލިއަމް އަށް ހީވިއެވެ.

" ބަލީތަ ..؟"  ނުވިސްނާ ހުއްޓާ ސާޔާގެ ކަރުގައި ކުއްލިއަކަށް ލިއަމް އަތްޖެއްސިއެވެ. އެވަގުތު ނުހަނު އަވަހަށް ބޯހޫރާލަމުން ސާޔާ ކުޑަކޮށް ފަހަތަށް ޖެހިލިއެވެ.

" ތެދެއް؟.. ސާޔޫ ބަލީތަ؟..". ލިއަމްގެ އަޑަށް ރައުލްވެސް އައިސް ސާޔާގެ ނިތް ކުރީގައި އަތް ޖައްސާލިއެވެ.

ސާޔާ ހުރީ ނުހަނު ބޮޑަށް ހުން އައިސްފައެވެ. ނަވާރް ގެނައި ބޭސް ކުޅަ ރައުލް އޭނާއަށް ދިނެވެ. އެވަގުތު ސާޔާގެ ނިތް ކުރީގައި ދުޅަވެފައި އިންތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް އެކަމާއި ސުވާލު ކުރުމުގެ ވިސްނުމެއް އޭނާގެ ނެތީ ސުވާލު ކުރިޔަސް ސާޔާ ޖަވާބު ނުދޭނެކަން އެނގިހުރެއެވެ.

ރައުލްއާއި ލިއަމް ދިޔުމުގެ ކުރިން ނަވާރް ކައިރިން ސާޔާ ރަނގަޅަށް ބެލުމަށް ބުންޏެވެ. އަދި އޮފީސް ނިންމާލުމަށްފަހު އަންނާނެ ކަމުގައި ބުންޏެވެ.

***************

އޮފީހުގެ އިމާރާތް ލިއަމްމެން ބޭނުންވާގޮތަށް ނިންމާލުމަށް ގިނަ ވަގުތު އެކަމަށް ހުސްކުރަންޖެހުނެވެ. އެހެންކަމުން އޮފީސް ހިންގުމުގައި ހުރިހާ ވަގުތެއް އެޒުވާނުން ހޭދަކުރިއެވެ. ހަފްތާއެއް ފަހުން ސެހްރާންއާއި ރާސިލް ވެސް އެ މަސައްކަތާއި ގުޅުމުން ކުރިން އުޅެމުން ދިޔަ ވަރަށްވުރެ ތަންކޮޅެއް މަސައްކަތް ލުއިވިއެވެ. ކުރިން އަންނަވަރަށް ސާޔާމެންގެ އެޕަރޓްމެންޓަށް ނަޔަސް އެގެއަށް އެ ހަތަރު ޒުވާނުން އާދެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ސާޔާއާއި ލިއަމްގެ ގުޅުން ވެސް ރަނގަޅު ވެފައިވިއެވެ.

ސާޔާއަށް ކުރިން ދިރިއުޅުމާއި މެދު ހަނިވެފައިވާ އުންމީދު އާވިއެވެ. ކިޔެވުން ފެށުނު އިރު ލިއަމްގެ ފަރާތުން އޭނާއަށް އެހެން އެންމެނަށްވުރެ ބޮޑު އެހީތެރިކަމެއް ލިބެއެވެ. ކޮލެޖަށް ގެންގޮސްދީ ހެދުމުގައި ވެސް ލިއަމް އުޅެއެވެ. އެހުރިހާ ކަމެއްގެ ސަބަބުން ސާޔާގެ ހިތުގައި ލިއަމްއާ މެދު އުފެދިފައިވާ އިހްސާސް އިތުރަށް ފުންވިއެވެ.

********************

އޮފީސް މަސައްކަތަކަށް ކުޑަ ލުޔެއް ލިބުމުން އެންމެންވެސް ނިންމީ ކުޑަ ބްރޭކެއް ނެގުމަށެވެ. އެގޮތުން ހަފްތާ ބަންދުގައި ދަތުރުދާން ރޭވިއެވެ. ނަމަވެސް ޔަލާ އެގޮތާއި އެއްބަސް ނުވީ ކިރާޒް ބަހައްޓާފައި އޭނާއަށް ދެވެން ނެތުމުންނެވެ އެހެންކަމުން ދަތުރުދިޔުމުގެ ބަދަލުގައި ބާބެކިޔުއެއް ބޭއްވުމަށް ހަމަޖެހުނެވެ. އެކަމަށް ބޭނުންވާ ތަކެތި ހޯދަން ނުކުތީ އެންމެން އެކީގައެވެ. ބާބެކިޔުގެ ފަހު ވަގުތުގައި ލޫކަސް އަށް އާދެވެން ނެތްކަމުގައި ބުނުމުން ނަވާރް ހިތްހަމަޖެހުނެވެ. އޭނާ ލޫކަސްގެ ހަނދާންތަކުން ދުރުވާން މި ނޫނީ ދުވަހަކުވެސް ބޭނުންވެފައި ނެތެވެ.

ބާބެކިޔު ބޭއްވުމަށް ހަމަޖެހުނީ ގޭގެ ބަގީޗާތެރޭގައެވެ. ކިރާޒް ނިންދަވާފައި ޔަލާއަށް އުޅެވޭނީ އޭރުން ކަމަށް ވާތީއެވެ. އަންހެން ކުދިންގެ މަސައްކަތަށްވީ ފަރާޓާއާއި ޕާން ތައްޔާރުކުރުމެވެ. ރާސިލް އާއި ރައުލް އަދި ސެހްރާން އާއި ލިއަމް އަށް ޖެހުނީ މަސްތަކާއި ކުކުޅު އަދި ސޮސެޖް ފިހުމަށެވެ. ހަތަރު ޒުވާނުން ވެގެން ފަރުމަސްކޮޅު ރީތިކޮށް ދޮވެލުމަށްފަހު ބައެއް މަސްތަކާއި ސޮސެޖް އުލުގައި ޖެހިއެވެ. އަދި ބާކީ ހުރި މަސްތަކާއި ކުކުޅު ފޮއިލް އަށް ލާފައި އަގުރު އަލިފާންގަޑަށް ލިއެވެ. މަސް ތައް ފިހެން ފެށުމުން މުޅި ހިސާބުގަޑުގައި ހިފާލީ ކުޅުދިޔާވާހާ މީރުވަހެކެވެ.

އެންމެން މަސް ފިހުމުގެ އިންތިޒާރުގައި ތިބިއިރު މަޑުމައިތިރި ކަމާއި އެކު އެކި ވާހަކަ ދައްކަން އަލިފާންގަޑުގެ ވަށައިގެން ތިއްބެވެ. ސާޔާއާއި ޖެހިގެން ލިއަމް އިންއިރު އިރުއިރުކޮޅާ އޭނާގެ ހިމަ އިނގިލަތަކާއި ކުޅެލައެވެ. އެ ކުދި ކުދި ހަރަކާތްތަށް އެންމެނަށް ފާހަނގަ ކުރެވުނަސް އެކަމާއި ގުޅިގެން އެކަކު ވެސް އެއްޗެކޭ ނުބުނެއެވެ. ސެހްރާންގެ އެދުމަށް ލަވަ ބާޒީ ކުޅެން ފެށިއެވެ. ފަހަރަކު މީހަކު ލަވަ ކިޔަމުން ގޮސް ލިއަމް އާއި ޖެހުނެވެ. އެންމެން ވަށް ބުރަކަށްވާ ގޮތަށް އިށީނދެ ތިބިއިރު ލިއަމް އެ ބުރުގެ މެދަށް ގޮސް އިށީނދެ އަތަށް ގިޓާ ހެޔޮވަރު ކޮށްލިއެވެ.

އިނިގިލަތަށް ހަރަކާތް ކޮށްލަމުން ލިއަމް ގިޓާގެ ނަރުތަކާއި ކުޅެލިއެވެ. އޭނާ ކުޅެން ފެށީ ހިތްގައިމު ރާގެކެވެ. އެ ރާގު އިވުމާއެކު ސާޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ މޫނުން ކުޑަ ރަތްކަމެއް ފާޅުވިއެވެ. އޭރު ރައުލްގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުން ފެނިފައި ސާޔާ އިސްޖަހާލިއެވެ. ލިއަމް ކިޔަން ފެށީ ކޯމާގައި އޮތް އިރު އޭނާ ލިއަމް އަށް ކިޔައިދިން ލަވައެވެ.

" ތީ މަގޭ ހިތުގެ ވިންދަކީ... ތީއޭ ތެދޭ އޭގެ ދިރުމަކީ...

އުމުރު ހޭދަކޮށްލާށެ އެކު..އެދެމޭ ބުނަން މި އުންމީދަކީ...

މޭގަ ކަލާ ފޮރުވާލަން .. ހިތް އެދެޔޭ އަންނާށޭ..

ޖާނާ ހިތްވެސް ޤުރުބާން.. މިހިރީ ދެން ކޮށްލާށޭ... "

= ނުނިމޭ =

Ads by HDC
  1. މަރްޔަމް

    ޥވވވވވވވ ރީތި….

  2. ވ.ވ.ވ.ސަޅި

  3. އައިންތު

    ވވވވ ރީތި❤❤❤☺

  4. ޥަރަށް ރީތި