ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ފޯނު ރިންގުވަން ފެށުމާއެކު އައިރާ އެއްފަރާތަށް ޖެހިލިއެވެ. ގުޅަނީ ޝެހެނާޒް ކަމުން އޭނާ ފޯނު ނެގިއެވެ.

Ads by MWSC

" މަންމަ.. މަޑުކޮށްލައްޗޭ.. މި ގުޅަނީ އިރުކޮޅަކުން އިނގޭ..".. އަވަސްއަވަހަށް އެހެން ބުނުމަށްފަހު އައިރާ ފޯނު ބޭއްވިއެވެ. އަދި އަނެއްކާވެސް ސެހެރާން ކައިރިއަށް ޖެހިލިއެވެ.

އޭރު ސޯފާތަކުގައި އެންމެން ތިބި ގޮތުން ބޮޑު ކަމެއް ހިނގައިފިކަން އެނގެއެވެ. އިރުއިރުކޮޅާ މަލިކާ އެތެރެއަށް ނޭފަތް ދަމާލާ އަޑު އިވެއެވެ. އޭނާއާއި ޖެހިގެން މަލާން އިން އިރު މެލެކް ފެންނާކަށް ނެތެވެ.

ލިއަމް ވެސް ދެއަތް ޖޯޑު ކޮށްލައިގެން ސޯފާގައި އިސްޖެހިފައި އިނެވެ. އޭނާގެ ކަނާތް ފަރާތުގައި ނޯޔާގެ އަތުގައި ހިފަހައްޓައިގެން ނަވާރް އިން އިރު އެ މޫނު ވެސް ވަނީ އެއްކޮށް މިލާފައެވެ. މުޅި މޫނު ރަތްވެފައި ހުރި ގޮތުން އޭނާ ވެސް ހުރީ ރޮއެފައިކަން ބަލާލި މީހަކަށް އެނގޭހާ ވެއެވެ.

މާހައުލަށް ވެރިވެފައި އޮތް ހިމޭންކަމުން ކިރާޒް ވެސް އިނީ މަޑުންނެވެ. ޔަލާއާއި ރާސިލްގެ މެދުގައި އިނދެ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔަ ގޮތުން އެކުއްޖާއަށްވެސް ކަމެއް ވެއްޖެކަން އެނގޭ ކަހަލައެވެ.

" އަހަންނަށް ކުރިން އެނގުނު ނަމަ..".. ފަނޑު ގޮތަކަށް މަލިކާގެ އަޑު އިވުނެވެ. އެއާއެކު އަނެއްކާވެސް އޭނަގެ ހިމޭން ގިސްލުމުގެ އަޑު އިވެންފެށިއެވެ.

****************************

ބަދަލު ހިފުމުގެ ރޫހުގައި އަފްރާހު އެފަދަ ކަމެއް ކުރުމުން މަލިކާއަށް ޤަބޫލުކުރަން ދަތިވިއެވެ. އެހެންނަމަވެސް އަފްރާހު ކުރި ކުށަށް އިޢުތިރާފްވީ އޭނާ އަމިއްލަ އަށެވެ.

އަަލަރާ މެރުމަށްޓަކައި އެ އެކްސިޑެންޓް އޭނާ ރޭވި ކަމަށް އަފްރާހު އެއްބަސްވިއެވެ. އަދި އެކަމަށްޓަކައި  ގޭގައި ގެންގުޅުނު ޑްރައިވަރަކަށް ރުފިޔާ ދިނުމަށްފަހު ކާރުގެ ބްރޭކް ހަލާކު ކުރި ކަމަށްވެސް އަފްރާހު އެއްބަސްވިއެވެ. އެ ހުރިހާ ކަމެއްވެސް އޭނާ ކުރީ މަލިކާގެ ކިބައިން ބަދަލު ހިފުމުގެ ރޫހުގައެވެ.

އޭނާގެ ދަރިއަކަށް ބަލިވެ އިނދެ އެ ދަރިފުޅު ގަސްތުގައި މަރާލީ ކަމުގައި ބުނެ އަފްރާހު މެލެކްގެ ބޮލުގައި ތުހުމަތު އެޅުވިއެވެ. އަދި މެލެކްގެ ދަރިއަކު ހުރުމަށް އޭނާ ނޭދޭ ކަމުގައި އެންމެންގެ ކުރިމަތީގައި ހާމަކުރިއެވެ.

ރައުލްއާއި ރާސިލްއަށް ގެއްލުމެއް ދޭން އުނދަގޫވާނެ ކަން އަފްރާހުއަށް އެނގުމާއެކު އޭނާގެ އަމާޒު ފަތްގަނޑަކަށްވީ އަލާރާއެވެ. އަލާރާ މަރުވުމުން އަފްރާހުއަށް ހަމަޖެހުމެއް ލިބުނު ނަމަވެސް އެކަން ދެމިގެން ދިޔައީ ދުވަސްކޮޅަކަށެވެ. ސާޔާ ގެއަށް އައުމާއެކު އަފްރާހުގެ ވިސްނުން އިތުރަށް ފުޅާ ކުރުމަށް އޭނާއަށް މަޖުބޫރު ވިއެވެ.

އެހެންކަމުން ވިޝާލްގެ އެހީތެރި ކަމާއެކު ސާޔާގެ ހަޤީޤަތް ހޯދުމަށް އަފްރާހު ނިންމީއެވެ. ނަމަވެސް އެކަން އޭނާ ހީކުރި ފަދައިން ފަސޭހަ ކަމަކަށް ނުވިއެވެ. ސާޔާގެ ރައްކާތެރިކަން ރައުލްމެން ބެލެހެއްޓީ އިތުރު ބަޔަކަށް އެކަން ނުކުރެވޭނެހާ ފުރިހަމަކޮށެވެ.

އެ ސަބަބާއި ހުރެ އަފްރާހުއަށް މަޖުބޫރުވީ ދޮގު ތަކެއް ހަދައިގެން ނަމަވެސް ސާޔާ އެގެއިން ފޮނުވާލުމަށެވެ. ވިޝާލް ގާތުގައި ސާޔާއަކީ މެލެކްގެ ދަރިއެއް ކަމުގައި އަފްރާހު ބުނީ ހަޤީޤަތުގައި އެކަން އެނގިގެނެއް ނޫނެވެ. ނަމަވެސް އޭނާގެ ރޭވުމާއި އެއްގޮތަށް އެކަން ކުރިޔަށް ދިޔުމުން އަފްރާހު އުފާވިއެވެ. ސާޔާ އެ މާހައުލާއި ދުރަށް ފޮނުވުމަށްފަހު އެ ވަސް ވެސް ނައްތާލުމަށް އަފްރާހު އަތުކުރި އޮޅާލީ ސާޔާ އަކީ މެލެކްގެ އުފަން ދަރިއެއްކަން އެނގުނު ހިސާބުންނެވެ.

އެހެންނަމަވެސް އަފްރާހުގެ އެ ރޭވުން ކާބިޔާބު ވުމުގެ ކުރިން ޒާހިރުގެ ހަޤީޤަތް ހާމަވިއެވެ. ސާރާ ހެކި ބަސްދީ ޒާހިރުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރެވުނެވެ. ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރައިގެ އިތުރުން މަސްތުވާތަކެތީގެ ވަގު ވިޔަފާރިއާއި ކޮރަޕްޝަންގެ ބޮޑު ވައްކަން ކޮށްފައިވާކަން ޒާހިރުގެ މައްޗަށް ސާބިތު ވުމާއެކު އޭނާ އަފްރާހުގެ ނަން ހާމަ ކުރިއެވެ.

އަފްރާހުގެ މައްސަލަ ބަލަން ފެށުމާއެކު އަލާރާގެ އެކްސިޑެންޓުގެ ފަހަތުގައި ވާ ފަރާތަކީވެސް އޭނާކަން ހާމަވިއެވެ. އަދި އެކަމުގައި ވިޝާލްގެ ބައިވެރިވުން އޮތްކަން ވެސް އެނގިގެން ދިޔައެވެ.

**************************

މެލެކް ކޮޓަރިއަށް ވަތް ގޮތަށް ނުނިކުމެ ގިނަ އިރު ވާން ފެށުމުން ރައުލް ތެދުވިއެވެ. އޭނާ ގޮސް ދެތިން ފަހަރަކު ޓަކި ޖެހުމުން ވެސް މެލެކް ދޮރު ނުހުޅިއެވެ. ދޮރު ހުޅެވޭތޯ ރައުލް ބެލީ ދެނެވެ. ތަޅުގައި ހިފައި އަނބުރާލުމާއެކު ނުހަނު ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. އޭރު މުސައްލަ މަތީގައި ދެއަތް މައްޗައް ނަގައިގެން ދުޢާ ކުރަން އިން މެލެކް ރައުލްގެ ލޮލުގައި އަޅައިގަތެވެ.

މެލެކްއަށް އުނދަގޫ ނުވާނޭހެން ގޮސް ރައުލް އިށީނދެލީ ކޮޓަރީގެ އެއް ފަރާތުގައި ބެހެއްޓިފައިވާ ސޯފާގައެވެ. އޭރު އޭނާގެ ނަޒަރު އަމާޒުވެފައިވީ މެލެކްއަށެވެ. ދުޢާ ކުރަމުންދިޔަ އިރު އެ ލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތައް ފެނުމާއެކު ރައުލްގެ ލޯ ވެސް ތެންމާލިއެވެ.

" ރައުލް..".. މުސައްލަ އޮޅާލުމަށްފަހު ތެދުވެ މެލެކް އޭނާއަށް ގޮވާލިއެވެ. އަދި މުސައްލަ އޮންނަންޖެހޭ ތަނުގައި ބޭއްވުމަށްފަހު ގޮސް ރައުލްއާއި ޖެހިގެން އިށީނެވެ.

" މަންމަ.. އަރ ޔޫ އޯކޭ؟.".. ރައުލް އިނީ ކަންބޮޑުވެފައެވެ. މެލެކްއަށް ކަމެއް ވެދާނެތީ ރައުލް ހުރީ ހިތްނުތަނަވަސް ވެފައެވެ.

" ދޮހު ނުހަދާ މި ބުނަނީ.. މިއަށްވުރެ މަންމަ ހިތްހަމަޖެހުނު ދުވަހެއް އަދި ނާދޭ.. މިހާރު މަންމަގެ ލާރާއަށް ހަމަޖެހުމެއް ލިބޭނެ.. އެ ދަރިފުޅަށް އިންސާފު ލިބިއްޖެ.. އެ ޤާތިލުންނަށް ދޭން ޖެހޭ ހައްޤު އަދަބު ނުދެވުނަސް އެއީ ކޮން ބައެއްކަން ދެނެގަނެވިއްޖެ.. އެއީ ވެސް ލާރާއަށްޓަކާ ކުރެވުނު ކިހާ ބޮޑު ކަމެއް.. އަފްރާހު އެފަދަ ކަމެއް ކުރުމުން މަންމަ ހައިރާނެއް ނުވޭ.. އެއީ އަބަދުވެސް އެކަހަލަ ނުބައި މީހެއް.. މަންމަ ދެރަވަނީ މަލިކާ ދެރަވާނެ ވަރު ހިތަށް އަރާފަ.."... މެލެކް އޭނާގެ ހިތުގައި އުފެދިފައިވާ ޝުޢޫރުތައް ލިއަމްގެ ކުރިމަތީގައި ހާމަކޮށްލިއެވެ.

" ކުޑަ މަންމަ އިނީ ދެރަވެފަ.. އެކަމަކު މަންމަ ގޮސް ވާހަކަ ދެއްކީމަ ހަމައަކަށް އެޅިދާނެ ކަންނޭނގެ.. ދެން އޮތީ އެންމެ ކަމެއް.. ސާޔޫ އެނބުރި ގެނައުން..".. ލިއަމް ބުނެލިއެވެ. އެއާއެކު މެލެކްގެ މޫނުގައި ވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.

" އެދުވަސް އަވަހަށް އާދޭތޯ ކެތްތެރިކަމެއް ނެތި މަންމަ މި ހުންނަނީ.. ދަރިފުޅު ހުއްދަ ދޭނެ ނަމަ މަންމަ ބޭނުން އަމިއްލަ އަށް ނަމަވެސް ސާޔާ ހޯދަން.. އެ ދަރިފުޅަށް މިއީ މަންމަކަން އެނގުމުން ދުރުގަ ހުންނާނެއޭ މަންމަގެ ހިތެއް ނުބުނޭ..".. މެލެކް އުއްމީދުއް ފުރިފައިވާ ހިތަކާއެކު ބުނެލިއެވެ.

" މަންމަ ކަންބޮޑުވާނެ ކަމެއް ނެތް.. އިންޝާﷲ.. ޝީ ވިލް ބީ ބެކް ސޫން..".. މެލެކްގެ ނިތް ކުރީގައި ބޮސް ދިނުމަށްފަހު ރައުލް ބުނެލިއެވެ.

*****************************

ހަފްތާއެއް ފާއިތުވެގެން ދިޔައިރު މަލިކާގެ ހާލަތު ވެސް ރަނގަޅު ވެއްޖެއެވެ. އެކަމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މެލެކްގެ ފަރާތުންނެވެ. ހަމަ އެދުވަސްކޮޅު ނަވާރްއާއި ރައުލްގެ ކައިވެންޏަށް ވާން ޖެހޭ ތައްޔާރީތައް ފެށުނެވެ. އެއާއެކު ގޭތެރޭގައި އުފެދިފައި އޮތް ހާސްކަން ފިލައި ކުރިއެކޭ އެއް ގޮތަށް ދިރުން އައެވެ.

ހެނދުނު ހޭލެވުމާއެކު ނަވާރް އަވަސް އަވަހަށް ތައްޔާރުވާން ފެށިއެވެ. އަލާމަރީގެ ދޮރުފަތް ހުޅުވުމަށްފަހު އެތެރޭގައި އަޅުވާފައި އޮތް ގަޔަށް ދޫ ކަޅު ހެދުން ނެގިއެވެ. އަދި ހެދުމާއި ގުޅޭނެހެން ރީތި ގޮތަކަށް ޝޯލް އެޅުމަށްފަހު ސެންޓު ޖަހައިލިއެވެ.

ދެން ރައުލް އަށް ގުޅުމަށްފަހު އޭނާ ދަނީ ކަމުގައި ބުނެލިއެވެ. ނަވާރް ބޭރަށް  ނުކުތް އިރު އަމްރު އޭނާގެ އިންތާޒުގަައި ކާރު ނެރެގެން ހުއްޓެވެ.

" އަމްުރު.. އަހަރެން އެކަނި ގޮސްދާނަން..".. ނަވާރް ހަދިޔާކޮށްލީ ރީތި ހިނިތުންވުމެކެވެ. ކުރިއަށްވުރެ އަމިއްލަ ނަފްސަށް އޮތް އިތުބާރު މިހާރު ބޮޑުވެފައިވާކަން ނަވާރްއަށް އިހްސާސްވެއެވެ. އަމްރު ތަޅުދަނޑި ދިނުމުން ނަވާރް ކާރަށް އެރުމަށްފަހު ސްޓާޓް ކޮށްލިއެވެ.

އޭނާގެ މިސްރާބު ހުރީ ޕޮލިސް ސްޓޭޝަނާއި ދިމާލަށެވެ. އޭރު އެ ހިތް އާދަޔާޚިލާފަށް ތެޅެމުން ދިޔައެވެ. ދާން ބޭނުންވާ މަންޒިލާއި އޭނާގެ ރާސްތާ ކުޑަވަމުންދާ ވަރަކަށް ހިތް ނުތަވަސްވަމުން ދިޔައެވެ.

ޕޮލިސް ސްޓޭޝަންގެ ކުރިމަތީގައި އޮތް ޕަރކިންގް ޒޯނުގައި ކާރު ޕަރކް ކޮށްލުމަށްފަހު ނަވާރް ފޭބިއެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް ޕޮލިސް ސްޓޭޝަނަށް ވަނެވެ. އޭރު އޭނާގެ އިންތިޒާރުގައި ހުރި ޖާވިން ފެނުމާއެކު އަތުން ހަނާ އަޅާލިއެވެ.

" މާ ގިނަ ވަގުތެއް ނުލިބޭނެ އިނގޭ ނަވާ.. އޮންލީ ފައިވް މިނިޓްސް..".. ވަކިން ހުރި ކުޑަ ކޮޓަރިއަށް ނަވާރް ވަނުމުގެ ކުރިން ޖާވިން ބުނެލިއެވެ. އެއާއެކު ނަވާރް ބޯ ޖަހާލަމުން އެތެރެއަށް ވަނެވެ.

އޭސީ ކޮށްފައިވާ އެ ކޮޓަރީގެ މެދުގައި މޭޒެއް ހުރި އިރު ދެފަރާތުގަައި ދެގޮނޑި ބެހެއްޓިފައި ވެއެވެ. ހަތަރު ފާރުގެ ކަނުގައި ވެސް ކެމެރާ ހަރުކޮށްފައި ހުރި އިރު އެއް ކަނެއްގައި ޕޮލިސް އޮފިސަރެއް ހުއްޓެވެ.

ނަވާރްގެ ނަޒަރު ހުއްޓުނީ މޭޒުގެ އެއްފަރާތުގައި އިން ވިޝާލްއަށެވެ. ހަމަ އެގޮތަށް ވިޝާލްގެ ތޫނު ނަޒަރުވެސް އަމާޒުވެފައިވީ ނަވާރްއާއި އެވެ. ނަވާރް ގޮސް ގޮނޑީގައި އިށީނުމުގެ ކުރިން ފުންކޮށް ދެތިން ނޭވާ ލުމަށްފަހު ނަފްސު ހަމައަކަށް އަޅުވާލިއެވެ.

ނަވާރް އޭނާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގެ ތެރެއިން އެއްޗެހި ތަކެއް ނެގިއެވެ. ދެން ވިޝާލްގެ ކުރިމަތީގައި އޭނާ ބޭއްވީ ސިޓީ އުރައަކާއި އަލްބަމެއްގެ އިތުރުން ކީ ޗެއިންއެކެވެ. އޭރު ވިޝާލްގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަތަކަށް ނަވާރް ސަމާލުކަން ދީގެން އިނެވެ.

" އައި އެމް ސޮރީ ނަވާ..".. ލޮލުން ނީރާލި ކަރުނަތިއްކާއެކު ވިޝާލްއަށް ބުނެވުނެވެ. ހަޤީޤަތުގައި ވެސް އެ ހިތަށް ކޮށްފައިވަނީ ފުން އަސަރެކެވެ. ދިރިއުޅުމަށް ވެރިވެފައިވަނީ އަނދިރި ކަމެކެވެ. ދުވަހަކުވެސް އިހްސާސް ނުކުރެވޭ ވަރަށް މިއަދު އޭނާއަށް އެކަނިވެރިކަން އިހްސާސް ކުރެވެމުން ދިޔައެވެ.

".. އަހަރެން އައީ ވިޝާލް ދައްކާ ވާހަކަ އަޑު އަހާކަން ނޫން.. މި އައީ މި ތަކެތި ވިޝާލްއާއި ހަވާލު ކުރަން.. އަހަންނަށް ހީކުރެވުނީ ވިޝާލް އަކީ އަހަރެންގެ ބެސްޓް ފްރެންޑް ކަމަށް.. މި އެއްޗެހި އަހަރެންގެ އަތުގައި މި ހުރިހާ ދުވަހު މި ހުރީ ވެސް އެހެން ހީކުރެވިފައި އޮތުމުން.. ބަޓް އައި އެމް ސަޗް އެން އިޑިއެޓް.. ކީއްވެ އަހަންނަށް ވިޝާލް ފެނުމުން ވަކި ކުރަން ނޭނގުނީ.. ކީއްވެ ވިޝާލްއަށް ތިހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ.. އައި ސްޓިލް ކާންޓް ބިލީވް ދެޓް ޔޫ ޑިޑް އިޓް.. ޔޫ ކިލްޑް އެން އިނޮސެންޓް ގަރލް. ".. ނަވާރްގެ އަޑު ބާރުވާން ފެށުމާއެކު ވާހަކަ ދެއްކުން ހުއްޓާލިއެވެ. ދެން އޭނާ ދެއަތުން މޫނު ފޮރުވާލިއެވެ. އެހެން އިނުމަށްފަހު ނަވާރް އަތް ތިރިކޮށްލީ ވިޝާލް ވާހަކަ ދައްކަން ފެށުމުންނެވެ.

" މަންމަ.. ".. ވިޝާލް ބުނެލިއެވެ. އޭރު ވިޝާލްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނުތައް ނަވާރް އަށް ފެނުނެވެ. ހަމަ އެހެންމެ ވިޝާލް ދައްކަން އުޅޭ ވާހަކަ އަޑު އެހުމުގެ ޝައުޤުވެރިކަން އެ ހިތުގައި އުފެދުނެވެ.

" އައި ނޯ ދެޓް މައި މަމް އިޒް އެލައިވް.. އޯލް އައި ވޯންޓެޑް ވޮޒް މައި މަމް.. ".. ގިސްލެެވެން ފެށުމާއެކު ވިޝާލްގެ އަޑު ކެނޑުނެވެ. ނަމަވެސް ހިތްވަރު ކޮށްފައި އޭނާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

" އަހަރެން ނަވާ ކުރިމަތީ މިހެން ބުނަން ޖެހިލުމެއް ނުވޭ.. އަފްރާހު އަކީ އިންސާނެއްގެ ސިފައިގައި ހުރި ޝައިޠާނެއް.. އަހަރެން ބައްޕައޭ ކިޔާ ޒާހިރުވެސް.. އެ ދެމީހުންގެ އަނިޔާވެރިކަން ނަވާއަށް ނޭނގި ނޯންނާނެ.. ޒާހިރުއާއި އަފްރާހު އަހަރެންގެ މަންމަ މަރުވެއްޖެކަމުގައި ބުނި އިރު އަހަރެން އުމުރުން ހަނގު.. އަހަރެން ވެސް ޤަބޫލުކުރީ އެގޮތަށް.. އެކަމަކު ފުރާވަރުގެ ދުވަސްތައް ނިމި ޒުވާން ދައުރު ފެށުނު ފަހުން އަހަންނަށް މަންމަ ފެނުނީ.. މަންމައަށް އަހަރެން ނުފެނޭ.. އަހަރެން ހުރި ހާލަތުން މަންމަ ކުރިމައްޗަށް ދާން ފަސް ޖެހުނީ.. ގޭންގް ފައިޓަކަށް ފަހު އަހަރެން ގެއަށް ދަނިކޮށް މަންމަ ފެނުނީ ޒުވާން އަންހެން ކުއްޖަކާއެކު ފިހާރައަކުން ނުކުތްތަން.. މޫނު ނިވާކޮށްގެން ހުއްޓަސް އެ ދެލޯ ފެނުމުން އަހަންނަށް މަންމަ ވަކި ކުރަން އެނގިއްޖެ.. ފުރަތަމަ ޤަބޫލު ކުރަންވެސް ދަތިވި.. އެކަމަކު މަންމަގެ އަޑު ކަންފަތުގައި ޖެހުމުން އަހަންނަށް ޔަޤީން ކުރެވުނު.. ނަވާގެ ބައްޕަ ކައިރީ އަހަރެން ފުރަަތަމަ އެވާހަކަ ބުނީ.. ބަޓް ހީ ވޮޒް ނޮޓް ސަޕްރައިޒްޑް.. ހީ ނިއު އިޓް.. ފްރޮމް ދި ފަސްޓް ޑޭ.. އެކަމަކު އަފްރާހު ހުރީ އެކަން ބައްޕައަށް ސިއްރުކޮށްގެން.. އަހަރެން މަންމަ ކައިރިއަށް ދާން ބޭނުން ވާހަކަ ބުނުމުން އަފްރާހު ބުނީ އޭނާ ބުނާ ކަމެއް ކޮށް ދިނީމަ އަހަންނަށް މަންމައާއި ބައްދަލު ކުރެވޭނެކަމަށް.. އޭނާ އަހަންނާއި ހަވާލު ކުރި މަސައްކަތަކީ އަލާރާ އެކްސިޑެންޓް ކުރުވުން.. އަހަންނާއި އަބުޅޯ އެކަމާއި ހަވާލުވީ.. މަންމަ ކައިރިއަށް ދާން ބޭނުންވެފައި ހުރުމުން އަހަންނަށް އޭރު ނުވިސްނުނީ.. ހިތުގެ އެދުން މާ ބޮޑަށް ވެސް އިސްކުރެވުނީ... ".. ވިޝާލް އެކަން ކުރަން އޭނާއަށް މަޖުބޫރުވި ސަބަބު ނަވާރްއާއި ހިއްސާކުރިއެވެ. ނަވާރްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަޤީޤަތުގައި ވެސް އަފްރާހު އެހާ ގޯސްވެދާނެ ހެއްޔެވެ.

" ދެން ކީއްވެ ވިޝާލް އަހަރެން ސަލާމަތް ކޮށްދިނީ... ކީއްވެ އަލާރާ އަކީ ކާކުކަން އެނގިހުރެ ވެސް އެހީ ނުވީ.. އެންޑް ލިއަމް.. ހައު ކެން ޔޫ ..".. ނަވާރްއަށް ބޭއިހްތިޔާރުގައި ހިތުގައި ފުނިޖެހިފައިވާ ޝަކުވާތައް ދުލާއި ހަމައަށް ގެނެވުނެވެ.

" މިހެން ބުންޏަސް ނަވާ ޤަބޫލު ނުކުރާނެ... އެކަމަކު އަހަންނަށް ނޭނގެ ފުރަތަމަ ނަވާއާއި ލިއަމް ކާރުގައި ތިބި ކަމެއް.. އަފްރާހު ގުޅާފައި ބުނީ އަލާރާ ބޭރަށް ގޮއްސިއޭ.. ދެން އަހަންނާއި އަބުޅޯ ވެސް ކާރުގައި ނައްޓާލީ.. އަބުޅޯ އިނީ ދުއްވަން.. ވަކި ހިސާބަކަށް ގޮސްފައި އަހަރެން ކާރުން ފޭބުމަށްފަހު އަބުޅޯ ދުއްވަމުން ދިޔަ ކާރުގެ ފަހަތުން ސައިކަލުގައި ދިޔައީ.. ނަވާއާއި ލިއަމް ތިބިކަަން އެނގުމުން އަހަރެން އަފްރާހުއަށް ގުޅާފައި ބުނިން ނަވާމެން އެބަ ތިއްބޭ.. ބުނީމަ އަފްރާހު ބުނީ ހެވޭ.. ދެން ކުރާނެ ކަމެއް ނެތޭ.. ކާރުގެ ބްރޭކް ފެއިލް ވެފަ އޭ ހުންނާނީ.. އިތުރަށް ހެދޭނެ ގޮތެއް އަހަރެންގެ ވިސްނުމަށް ނައި.. އެކްސިޑެންޓް ހިނގައިދިޔަތަން އަހަރެން ވަރަށް ރީތިކޮށް ދުށިން.. ކާރުން ނަވާ ސަލާމަތް ކޮށްދިނީ އަހަރެން.. އައި ޓްރައިޑް ޓު ސޭވް ލިއަމް.. ބަޓް އައި ހެޑް ޓު ހައިޑް.. އެތަނަށް ރައުލް އައީ އެވަގުތު.. ".. ވިޝާލް އިނީ ހަޤީޤަތުގައި ވެސް ނުހަނު ދެރަވެފައެވެ.

މަންމަގެ ލޯބި ހޯދަން ކަމުގައި ވިޔަސް އޭނާއަށް ޚިޔާރު ކުރެވުނީ ނުބައި ރާސްތާއެއް ކަން މިހާރު ވިޝާލްއަށް ޤަބޫލު ކުރެވެއެވެ. ނަަމަވެސް ދެރައީ ދެން އެ މަންމަގެ ލޯބިވެސް ނުލިބޭނެތީއެވެ. ސާރާގެ މާފުވެސް ހައްޤު ނޫންކަމުގައި ހުދު ވިޝާލް އަމިއްލައަށް ވެސް ޤަބޫލު ކުރިއެވެ.

" ކޮންމެ ސަބަބަކާއި ހުރެ ވިޝާލް އެގޮތަށް ކަންތައް ކުރި ނަމަވެސް އަހަންނަށް ވިޝާލްގެ މައްޗަށް ހަމްދަރުދީ ވެވޭކަށް ނެތް.. ޔޫ ޑިޑް ޓޫ މަޗް.. ".. ގޮނޑިން ތެދުވަމުން ނަވާރް ބުނެލިއެވެ. ހިތަށް ފުން އަސަރުތަކެއް ކޮށްފައިވީ ނަމަވެސް ނަވާރް އެކަން މޫނުން ނުދެއްކިއެވެ.

" އައި ނޯ.. އެކަމަކު ވެސް އަހަރެން އުންމީދުކުރަން ކޮންމެވެސް ދުވަހަކުން ނަވާގެ މާފު އަހަންނަށް ލިބޭނެ ކަމަށް. އައި އެމް ސޮރީ..".. އިސްޖެހިފައި އިނދެ ވިޝާލް ބުނެލީ ނަވާރްއާއި ހަތަރުކަޅި ހަމަކޮށްލާނޭ ހިތްވަރު އޭނާގެ ނެތުމުންނެވެ.

އިތުރު އެއްޗެކޭ ބުނުމެއްނެތި ނަވާރް ނުކުތެވެ. އެއާއެކު ހިފަހައްޓައިގެން ހުރި ކަރުނަތަށް ނަވާރްގެ ކޯތާފަތް މަތިން ފައިބަން ފެށިއެވެ. އެހެނަސް އޭނާ އަވަސް އަވަހަށް އެ ކަރުނަތައް ފޮހެލިއެވެ. އަދި ޕޮލިސް ސްޓޭޝަނުން ނުކުތުމަށް ހިނގައިގަތެވެ.

********************************

ހަފްތާއެއް ފަހުން ނަވާރްއާއި ރައުލްގެ ކައިވެނި ކުރަން ހަމަޖެހުނެވެ. ދެ ޒުވާނުންގެ އެދުމަށް ކައިވެނީގެ ކަންތައް އެހާބޮޑުކޮށް ނުގެންދިޔުމަށް މަލިކާ މެން ނިންމިއެވެ. ނަމަވެސް މަލިކާ އެދުނީ އެންމެންވެސް އެރެއަށްޓަކައި ފުރިހަމައަށް ތައްޔާރު ވުމަށެވެ.

ކައިވެނި ކުރަން ހޮނިހިރު ދުވަސް ކަނޑައަޅައި ގޭގެ ޓެރަހުގައި ކައިވެނީގެ ސައި ކުޑަ ގޮތަކަށް ބޭއްވުމަށް ނިންމުނެވެ. އެހެންކަމުން އެ ކައިވެންޏަށްޓަކައި ވެވެނު ވަރަކަށް އެންމެންވެސް ތައްޔާރުވަމުން ދިޔައެވެ.

ޔަލާއާއި ނޯޔާގެ އިތުރުން އައިރާގެ މޭކަޕް ކުރުމަށް ގެނައީ އެލީޝާއެވެ. ކައިރާއަށް ވެސް ކައިވެނީގެ ދައުވަތު ދެވުނު އިރު އެކަމުގައި އެލީޝާއާއި ޒެވިޔަން ވެސް ބައިވެރި ކުރުމަށް ނިންމީ ރައުލްއެވެ. ވަޒީފާގެ މާހައުލުން ޒެވިޔަންއާއި ދިމާވެ މިހާރު ޒެވިޔަން ވެފައިވައިނީ އެ ޒުވާނުންގެ ޚާއްސަ އެކުވެރިއަކަށެވެ.

ކައިވެނި ކުރެވޭ ވަގުތު ޖެހުނު އިރު އެންމެންވެސް ހަމަވެއްޖެއެވެ. ހުރިހާ ފިރިހެންވެރިން ކުރުތާއާއި ފަޓުލޫނުގައި ތިބިއިރު އަންހެން ކުދިން ތިބީ އަރަބި ސްޓައިލަކަށް ފަހާފައިވާ އަބާޔާ ހެދުމުގައެވެ. ނަވާރްގެ މޭކަޕްވެސް ކުރެވިފައި ހުރީ އަރަބި ސްޓައިލަކަށެވެ. ނަމަވެސް ރައުލް ހުރީ ކަޅު ސޫޓެއްގައެވެ. އެންމެން އާދޭސް ކުރުމުންވެސް ރައުލް ކުރުތާ ލުމާއި ދެކޮޅު ހެދިއެވެ. އެހެންކަމުން ނަވާރް ވެސް އެންމެ ފަހުން ލައިގެން ހުރީ ހުދު ކުލައިގެ ކައިވެނި ހެދުމެކެވެ.

ނަވާރްއާއި ރައުލްގެ ކައިވެނި ކުރެވުމާއެކު އެންމެންގެ އަތްތިލަބަޑީގެ އަޑުން އެ މާހައުލު ގުގުމާލިއެވެ. މާ ގިނަ މީހުންނަށް ދައުވަތު ނުދިން ކަމުގައި ވިޔަސް ގާތް މީހުން ގެނައެވެ. އޭގެ ތެރޭގައި ސާރާއާއި ޖާވިން އަދި ޒޯޔާ ހިމެނެއެވެ. އިރުއޮއްސެން ކައިރވެފައި ވަނިކޮށް އެ ހަފްލާއަށް ވެލެރިކްއާއި ކައިލްވެސް އައެވެ.

" ނަވާ.. ދަނީ އިނގޭ.. ދެކުދިންނަށް ވެސް ވަރަށް ބާއްޖަވެރި ދިރިއުޅުމަކަށް އެދެން..".. ކައިރާއާއި އެލީޝާ އައިސް ނަވާރްގެ ގައިގައި ބައްދައިލިއެވެ. އޭގެ ފަހަތުގައި ތިބި ކިޔާން އާއި ޒެވިޔަންގެ ތުންފަތުގައި ވެސް ވަނީ ރީތި ހިނިތުންވުމެކެވެ. ރައުލްގެ އެދުމަށް އެ ހަތަރު މީހުން ފޮޓޯއަކަށް ހުއްޓިލިއެވެ.

ނަވާރްއާއި ޖެހިގެން ހުރީ ކައިރާއާއި ކިޔާންއެވެ. އަދި ރައުލްގެ އަނެއްފަރާތުގައި މަޑުކުރީ ޒެވިޔަން އާއި އެލީޝާއެވެ.

" ދެން އަހަރުމެންގެ ކައިވެނި ވެސް ކުރަންވީ..".. އެ މަންޒަރަށް ގެއްލިފައި އިނދެ ސެހްރާން ބުނެލިއެވެ. އެވަގުތު އައިރާގެ މޫނަށް ރަތްކަމެއް ވެރިވުމާއެކު އޭނާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އެއީ އައިރާ ވެސް ބޭނުންވާ ގޮތެވެ. އަވަހަށް ކައިވެނި ކުރުމަށް އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. ޝެހެނާޒް ވެސް މާލެ ބާދަލުވާން ނިންމާފައި އޮތުމުން ކައިވެނި އަވަސް މުސްތަޤުބަލެއްގައި ކުރުމަށް އައިރާގެ ހިތުގައި ރާވާއިލިއެވެ.

ޔަލާއާއި ރާސިލް ވެސް ވަކިން މޭޒެއްގެ ދޮށުގައި ތިބިއިރު އެކަނިވެފައި އިނީ ލިއަމްއެވެ. އެވަގުތު އެތަށް ހާސް ޝަކުވާތަކެއް ހިތަށް އަރާ ފައިބަމުން ދިޔަ ނަމަވެސް ލިއަމް އިނީ ކެތްތެރިވެލައިގެންނެވެ. ސާޔާ އޭނާގެ ގާތަށް ގެންނަން ކިތަންމެ ބޭނުންވި ނަމަވެސް ލިއަމްގެ ސިކުނޑި އެކަމަށް ހުރަސް އަޅަނީއެވެ. މި ހުރިހާ ދުވަސްވީ އިރުވެސް ސާޔާގެ ހަބަރެއް ނުވުމުން ލިއަމްއަށް ހީކުރެވުނީ ހަޤީޤަތުގައިވެސް ސާޔާ އޭނާގެ މަތިން ހަނދާން ނައްތާލީ ކަމުގައެވެ.

އެރޭ ރައުލްއާއި ނަވާރް ތިބުމަށް ހަމަޖެހިފައި އޮތީ ކިޔާންގެ ބައްޕަ އަޒީޒްގެ ރިޒޯޓެއްގެ ވޯޓަރ ބަންގަލޯރ އެކެވެ. އެއީ ވެސް ޒެވިޔަންއާއި ކިޔާންގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. އެ ޒުވާނުން އޮތީ ފުރުމުގެ ހުރިހާ ކަމެއްވެސް ހަމަޖައްސަ ދީފައެވެ.

ރިސޯޓަށް ދިޔަ އިރު ރައުލްއާއި ލިއަމްގެ އިސްތިޤްބާލުގައި ހުރީ ރަފާއެވެ. ރިޒޯޓުގެ ޝެފެއްގެ މަޤާމުން ރަފާ މިހާރު ޕްރޮމޯޓް ވެފައި ހުރީ ފުޑް އެންޑް ބެވަރެޖް މެނޭޖަރ އަކަށެވެ.

" ކައިގެން ދޯ ދާނީ ރޫމްއަށް.. ކައި ވަރަށް ސްޕެޝަލް ފްރެންޑެކޭ ބުނީމަ ޚާއްސަކޮށް ޑިނާ ތައްޔާރު ކޮށްފައި ހުންނާނީ.. ބީޗް ޑިނަރ އެއް ކަމުދާނެތަ؟..".. ރަފާ ވާހަކަ ދެއްކީ ނުހަނު ގާތްކޮށެވެ. އެކަމުން ނަވާރްއަށް ނުހަނު ބޮޑު ހަމަޖެހުމެއް ލިބުނެވެ. އޭނާ އަވަސް އަވަހަށް ބޯ ޖަހާލަމުން ރައުލް ބަލާލިއެވެ.

ރަފާއާއި އެކު ނަވާރް އާއި ރައުލް ޑިނަރ ތައްޔާރު ކޮށްފައި އޮތް ސަރަހައްދައް ދިޔައެވެ. ނަވާރްއަށް ބޭ އިޚްތިޔާރުގައި ހިނިތުންވެވުނީ އެ މާހައުލުގެ ފުރިހަމަކަން ފެނުމުންނެވެ. ހިތެއްގެ ބައްޓަމަށް ވަށައިގެން އުއްބައްތި ރޯކޮށްފައި ހުރި އެރު އެ ހިތުގައި މެދުގައި ނަވާރްއާއި ރައުލްއަށް ހާއްސަ ކޮށްފައިވާ މޭޒު ބެހެއްޓިފައި ވާއިރު މޭޒުވެސް ހުރީ ނުހަނު ފުރިހަމައަށް ޒީނަތްތެރި ކޮށްފައެވެ. ރަފާ އެތަނުން ދިޔައީ އެ ދެޒުވާނުން އިތުރު ކަމަކަށް ބޭނުންވެއްޖެ ނަމަ ގުޅުމަށް ބުނެ އޭނާގެ ނަންބަރު ދީފައެވެ.

" ދިސް އިޒް މެޖިކަލް..".. ނަވާރް ވަށައިގެން އެނބުރިލަމުން ބުނެލިއެވެ. ދެން އޭނާ ބަލާލީ ކުރިމަތީގައި ހުރި ރައުލްއަށެވެ. އެވަގުތު އެ ތުންފަތަށް ވެރިވީ ފުން ހިނިތުންވުމެކެވެ. މަޑު މަޑުން ހިނގާލަފައި ގޮސް ނަވާރް ރައުލްގެ މޭގައި ބޯ އަޅާލިއެވެ. އެއާއެކު ރައުލް ދެއަތް ވަށާލަމުން އެ މޭގައި ނަވާރް ފޮރުވާލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައަކުންނެވެ.

" އައި ލަވް ޔޫ ސޯ މަޗް މައި ލިޓިލް ޖެމް..".. ރައުލް ބުނެލިއެވެ. އަދި ކުޑަކޮށް ނަވާރް ދުރުކޮށްލަމުން އެ ނިތްކުރީގައި ބޮސްދިނެވެ.

ރައުލްއާއި ނަވާރް ކައިގެން ކޮޓަރިއަށް ދިޔައިރު ކޮޓަރިވެސް ވަނީ އެރެއަށްޓަކައި ރީތި ކުރެވިފައެވެ. އެ މަންޒަރު ފެނުމުން ނަވާރްގެ ހިތް އަވަސްވިއެވެ. ރައުލްގެ އަންބެއްގެ މަޤާމުގައި ހުރެވުނު ކަމުގެ އިހްސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ. އެކަމުން އޭނާއަށް ލިބުނީ ބަޔާން ކުރަން ދަތި އުފާވެރި ކަމެކެވެ.

ކައިވެނީގެ ފުރަތަމަ ރޭގައި ނަވާރްއަށް ލިބުނީ ރައުލްގެ ފަރާތުން ހިފެހެއްޓުމެއް ނެތް ލޯތްބާއި އަޅާލުމެވެ. އެތަށް ފަހަރެއްގެ މަތިން ރައުލް އޭނާ ދެކެ ވާ ލޯބި ހާމަކުރިއެވެ.

******************************

އެއަރޕޯޓުގެ އެރައިވަލްސް އިން ނުކުތް ސާޔާއަށް ވަށައިގެން ހޯދާލެވުނެވެ. ބަރާބަރު ދެ އަހަރު ފަހުން އޭނާއަށް އެ ފަސްގަނޑަށް އާދެވުނު އިރު އެތަށް ކަމެއް ވަނީ ބަދަލުވެފައެވެ. ޓްރޮލީ ކުރިއަށް ކޮށްޕަމުން އޭނާ ހިނގައިގަތީ ޓެކްސީ އެއް ލިބޭތޯއެވެ. ލައިގެން ހުރި މަޑު ފެހި ކުލައިގެ ކުރުތާ ހުރީ ތަނބިކަށްޓައްވުރެ ދެތިން އިންޗި މައްޗަށެވެ. އެއާއެކު ތިރިން ލައިގެން ހުރި ހުދުކުލައިގެ ފުޅާ ހަރުވާޅު ހެދުން ދެފަރާތުން ފަޅާފައި ހުރުމުން ފެންނަން ހުއްޓެވެ.

އެއަރޕޯޓުގައި ތިބި ގިނަ ބައެއްގެ ނަޒަރު ސާޔާއަށް އަމާޒުވަމުން ދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މީގެ މަސްތަކެއް ކުރިން ސޯޝަލް މީޑިޔާގައި އަލާރާގެ ފޮޓޯ ވަނީ ނުހަނު ގިނައިން ދައުރުވެފައެވެ. އެހެންކަމުން ސާޔާ ފެނުމާއެކު ގިނަ ބަޔަކަށް އަލާރާއާި ސާޔާ ވައްތަރުކަން ފާހަނގަ ކުރެވުނެވެ.

މީހުންގެ ނަޒަރުން ސަލާމަތްވުމަށްޓަކައި ސާޔާ ދަބަހުން ނެގި އައިނުން އޭނާގެ ލޯ ފޮރުވާލިއެވެ. އަދި އޭނާ ގެންގުޅު ހުދު ކުލައިގެ ތޮފި ބޮލަށް ހެޔޮވަރު ކޮށްލިއެވެ. ދެން އޭނާ ގުޅާލީ ޝެހެނާޒް އަށެވެ.

" ދައްތާ.. އެއަރޕޯޓުގަ މިހާރު.. އިިރުކޮޅަކުން ގެއަށް ދެވޭނެ.. ނުބުނައްޗޭ އައިރާ ކައިރީގަ..".. ސާޔާ ބުނެލީ ހެވިފައެވެ.

އެކޮޅުން ޝެހެނާޒް ބުނި އެއްޗަކަށް ޖަވާބު ދިނުމަަށްފަހު ސާޔާ ފޯނު ބޭއްވިއިރު އަދިވެސް އެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ނަމަވެސް އެ ހިތަށް އިތުރު ހިޔާލު ތަކަކުން އުނދަގޫ ކުރަމުން ދިޔައެވެ. ނުވިސްނަން އުޅުނު ނަމަވެސް އެ ނޫން ކަމަކާއި މެދު ވިސްނުންވީ ސާޔާއަށް އުނދަގޫ ކަމަކަށެވެ.

ޓެކްސީއެއް ލިބުމާއެކު ސާޔާ އަވަހަށް އެރުމަށްފަހު ގޭގެ އެޑްރެސް ބުނެލިއެވެ. އަދި ޑްރައިވަރު އަތަށް ރުފިޔާ ދިނުމަށްފަހު ހަމަޖެހިލިއެވެ. ކަންފަތަށް ހެޑް ސެޓް ޖެހުމަށްފަހު ސާޔާ ސީޓުގައި ހަމަޖެހިލިއެވެ. އަދި ވަށައިގެން ފެންނަމުންދާ މަންޒަރުތަކަށް ސަމާލުކަން ދީގެން އިނެވެ.

ޝެހެނާޒްމެން ގޭގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމުން ސާޔާ ފޭބިއެވެ. އޭރު ޑްރައިވަރު އޭނާގެ ފޮށި ޑިކީ އިން ނެގުމަށްފަހު ބަހައްޓަނީއެވެ.

" ތެންކިޔު..".. ޑްރައިވަރަށް ޝުކުރު އަދާ ކުރުމަށްފަހު ސާޔާ ކުރިމަތިން ފެންނަން ހުރި ގެއަށް ވަނުމަށް ހިނގައިގަތެވެ. ލިފްޓުން ހަތަރު ވަނަ ފްލޯރ އަށް ފިއްތާލިއިރު އެ ހިތުގެ ތެޅުން ކުރިއަށްވުރެ ވެސް އަވަސްވެއްޖެއެވެ. އައިރާއަށް އޭނާ ފެނުމުން ވާނޭގޮތް ހިތަށް އެރުމާއެކު ވެސް ސާޔާއަށް ހެވުނެވެ.

ލިފްޓު ހުއްޓުމާއެކު ސާޔާ ފޭބިއެވެ. އަދި ފޮށި ހިފައިގެން ގޮސް ގޭގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. ކުޑަކޮށް ހުޅުވާފައި ހުރި ދޮރު ދޭތެރެއިން އޭނާ އެތެރެ ބަލާލިއެވެ. އޭރު ސޯފާގައި އައިރާ އިށީނދެ އިންތަން ފެނުމާއެކު ސާޔާ ތައްޔާރުވެލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. އަދި ބޮލުގައި އަޅާފައި އޮތް ތޮތްޕާއި އައިނު ނެގުމަށްފަހު ދަބަހައް ލިއެވެ.

" ސަޕްރައިޒް...".. ގޭގެ ދޮރު ހުޅުވާލުމަށްފަހު ސާޔާ ހަޅޭއްލަވައިގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ މޫނުގައިވީ ހިނިތުންވުން އެއްކޮށް ފަނޑުވިއެވެ. އުފުލާލެވިފައި ހުރި އަތް ލަސް ކަމާއެކު ތިރިވި އިރު މީހާ ހާސްވެއްޖެއެވެ.

" ރެޕަންޒެލް..".. ސެހްރާންއަށް މަޑުމަޑުން ގޮވާލެވުނެވެ. އެއާއެކު އޭނާއަށް ވެސް ހުރެވުނީ ހައިރާންވެފައެވެ. ސާޔާއަށް އައިސްފައިވާ ބޮޑު ބަދަލު ސެހްރާންއަށް ފާހަނގަ ކުރެވުނެވެ. އޭނާއަށް ސޯފާއިން ތެދުވެވުނެވެ. މަޑުމަޑުން ސާޔާއާއި ގާތަށް ފިޔަވަޅު އަޅަމުން ގޮސް ސެހްރާން ހުއްޓުނީ ކުޑަ ތަންކޮޅެއް ދުރުގައެވެ.

.

" ނޯ ވޭ..".. ސެހްރާން އަށް ބުނެވުނެވެ.

ހަމައެވަގުތު ސާޔާ ނުވިސްނާ ހުއްޓާ ސެހްރާން އޭނާގެ ކޮލުގައި ކޮއްޓާލިއެވެ.

" ޝީ އިޒް ރިއަލް.. އައިރާ.. ޝީ އިޒް ރިއަލް..".. ސެހްރާންގެ އަޑުގައިވީ އެކުލެވިގެންވީ ހައިރާންކަމުގައި ވިޔަސް އެ ލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ. މި ނޫނީ ދުވަހަކުވެސް ސެހްރާންގެ މި ސިފަ އައިރާއަށް ވެސް ފެނިފައި ނެތެވެ.

ސެހްރާންގެ އެ ހަރަކާތުން ސާޔާގެ ލޯ ވެސް ތެންމާލިއެވެ. އޭނާގެ ހަނދާނަށް ވެރިވީ އެންމެ ފުރަތަމަ ސެހްރާންއާއި ދިމާވި ދުވަހުގެ ހާދިސާއެވެ. އެވަގުތު ސާޔާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

" ސެހެރް..".. ސާޔާގެ ތުންފަތް ހަރަކާތް ކޮށްލިއެވެ. އެއާއެކު ސެހްރާން އައިސް އޭނާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ކުރިން އެކުވެރިއެއްގެ ދެކުނު ނަމަވެސް މިހާރު އެއީ އޭނާ ލޯބިވާ ދައްތަ ކަމުގައި ވެއްޖެއެވެ. އެހެންކަމުން ސާޔާއަށްޓަކައި އެ ހިތުގައި އުފަން ވެފައި ވަނީ ފުން ޖަޒުބާތެކެެވެ.

އިރުކޮޅަކުން ސެހްރާން ދުރުވި އިރު އެ މޫނުގައި ވެސް ވަނީ އުފާވެރި ހިނިތުންވުމެކެވެ.

" އައި މިސްޑް ޔޫ ސޯ މަޗް ރެޕަންޒެލް.. ޕްލިޒް ޑޯންޓް ލީވް އަސް އެގެއިން.. ލެޓްސް ގޯ ހޯމް..".. ސެހްރާން އާދޭސް ކުރާ ފަދައަކުން ބުނެލިއެވެ.

" ސެހެރް.. އިށީންނަން ހިނގާ.. އޭގެ ފަހުން ވާހަކަ ދައްކާނީ..".. ސާޔާ ބުނެލުމާއެކު ސެހްރާން ބޯ ޖަހާލިއެވެ.

" ވެލްކަމް ހޯމް ސާޔޫ..".. އައިރާ ސާޔާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ދެ އެކުވެރިން އެ ގޮތުގައި އިރުކޮޅަކު ތިބުމަށްފަހު ސާޔާ ޝެހެނާޒް ކޮބައިތޯ ސުވާލުކޮށްލިއެވެ.

" މަންމަ ދެންމެ ކޮޓަރިއަށް އެ ވަނީ އިއްކޮ ރޯން ފެށީމަ.. މަންމަ އުޅުނޭ ވަރަށް ސެހެރް ފޮނުވާލަން ވެގެން.. ސާޔޫ އަންނަކަން މަންމައަށް އެނގޭދޯ..".. އައިރާ އަހާލިއެވެ. އެވަގުތު ސާޔާ ބޯ ޖަހާލުމާއެކު އޭނާ ސާޔާއާއި ދިމާކޮށްލިއެވެ. އައިރާއަށް ސަޕްރައިޒް ދޭން ހެދުމުން ސަޕްރައިޒް މި ލިބުނީ ސާޔާއަށެވެ.

" ސާޔޫ.. ޕްލީޒް.. ހިނގާ ގެއަށް ދާން.. އެންމެން ތިބީ ސާޔޫގެ އިންތިޒާރުގަ..".. ސެހްރާން ބުނެލިއެވެ.

އެއަށް ވަކި އެއްޗެކޭ ނުބުނެ ސާޔާ އިޚްތިޔާރު ކުރީ ހިމޭންކަމެވެ.

" ސޭ ސަމްތިންގް..".. ސާޔާ އެއްޗެކޭ ނުބުނެ އިނުމުން ސެހްރާން އޭނާގެ އަތުގައި ހިފާލިއެވެ. ނަމަވެސް މަޑުމަޑުން ސާޔާ އެ އަތް ދުރުކޮށްލިއެވެ. އެ ހަރަކާތުން އައިރާ އަދި ސެހެރާންއަށް ވެސް ލިބުނީ ހައިރާންކަމެކެވެ.

" ހޯމް؟.. އައި ހެވް ނޯ ހޯމް ހިއަރ ސެހެރް..".. ސާޔާ ބުނެލިއެވެ.

ސެހްރާންގެ ބުމަ ގާތްވީ އޭނާ އެ ބުނަން އުޅޭ އެއްޗެއް ދޭހަ ނުވުމުންނެވެ.

" ކީކޭ ސާޔޫ ތި ކިޔަނީ..".. ސެހެރާން އަހާލިއެވެ.

" މި ބުނާ އެއްޗެއް އެނގުމަށްވުރެ ނޭނގުނު ރަނގަޅު ވާނެ ސެހެރް.. އިތުރަށް އެ މާޒީ ގެންނަން ނޫޅޭ.. އެކަން އަހަރެން ހަނދާން ނައްތާލައިފިން.. އެއީ މާޒީ ކަމުގައި ޤަބޫލު ކޮށް އަހަރެން ދިރިއުޅުމެއް ފަށައިފިން.. އިތުރަށް ބްލޮސޮމްއަށް ދާން އަަހަރެންގެ ވިސްނުމުގަ ނެތް.. ސެހެރް ވެސް އަަހަންނާއި ދިމާވި ވާހަކަ އިތުރު މީހެއް ކައިރީ ނުބުނުން އަހަރެން އެދެނީ.. ".. ސާޔާ ބުނެލިއެވެ.

" ސާޔޫ.. އެޓް ލީސްޓް ލިސެން ޓު މީ ޕްލީޒް.. އިޓްސް ނޮތް ވަޓް ޔޫ ތިންކް..".. ސެހްރާން ބެލީ ސާޔާއަށް ހަޤީޤަތް ބުނެދެވޭތޯއެވެ.

" ސެހްރާން.. ސްޓޮޕް.. އަހަރެން ރީތިކޮށް ބުނީމަ ދެން އަޑުއަހާ.. އުމުރުން ސައުވީސް އަހަރު މިވީ ތި ބުނާ އާއިލާގެ ލޯތްބެއް ނުލިބި.. އިތުރަށް އެ ލޯބި ބޭނުމެއް ނޫން.. އައި ޑޫ ނޮޓް.. އަޑު އިވިއްޖެތަ މިހާރު.. އެއީ އަހަރެންގެ މަންމަ އެއް ނޫން.. އަހަރެންގެ މަންމަ މަރުވެއްޖެ.. ޑޫ ނޮޓް ޓޯކް ޓު މީ އެބައުޓް ދިސް އެގެއިން.. އައި ހޯޕް ޔޫ އަންޑަރސްޓޫޑް..".. ކުއްލިއަކަށް ސާޔާ ރުޅި އައިސްގެން ސެހްރާންއާ ވާހަކަ ދެއްކި ގޮތުން އޭނާ އެއްކޮށް ހިމޭންވިއެވެ. އިސްޖަހާލި ގޮތަށް އިތުރަށް އިސްއުފުލާ ބަލަން ވެސް ބޭނުމެއް ނުވިއެވެ.

" ޔޫ ވިލް ރިގްރެޓް ދިސް.. ހަޤީޤަތް އެނގުނީމަ ޔޫ ވިލް ރިގްރެޓް ދިސް..".. ސެހްރާންގެ އަޑުގައިވީ ނުރުހުންވުމެވެ. އެކަން ސާޔާއަށް އިހްސާސް ކުރެވުމާއެކު އޭނާއަށް ވާހަކަ ދެއްކުނު ގޮތުން ދެރަވިއެވެ. ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް ސެހްރާންއާއި ދިމާލަށް އެފަދައިން ބުނުމުގެ ހައްޤެއް އޭނާއަށް ނެތެވެ.

" ސެހްރް.. އައި..".. ސާޔާގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ސެހްރާން ކޮޅަށް ތެދުވުމުންނެވެ. އޭނާ ކުޑަކޮށް ކަނާއަތް ހިތްލާލި ގޮތުން ސާޔާ ޖެހިލުންވިއެވެ. އެ ހިތް ނުތަވަސްވެގެން ދިޔުމާއެކު ސެހްރާންއާ ކައިރިއަށް ޖެހިލިއެވެ.

" ޑޯންޓް ވޮރީ.. ސާޔާ ފެނުނު ވާހަކައެއް އަހަރެން ނުބުނާނެއް އެއްވެސް މީހެއް ކައިރީ.. އެކަމަކު ހަޤީޤަތް އެނގުނު ދުވަހަކުން ސާޔާ އަންނާނެ އުއްމީދު ކުރަން.. ބްލޮސޮމް ވިލް އޯލްވެސް ވެލްކަމް ޔޫ.. ".. ސެހްރާން އޭނާ ބުނަންވާ އެއްޗެއް ބުނުމަށްފަހު އަވަސް ފިޔަވަޅު ތަކެއްގައި ގެއިން ނުކުތެވެ.

އެއާއެކު ގޮތް ހުސްވެފައިވާ މީހަކު ފަދައިން ސާޔާ ސޯފާގައި އިށީނެވެ. ސޯފާގައި ކަނދުރާ މައްޗަށް ޖަހައިގެން އިން އިރު އޭނާ ދިޔައީ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ. އެހެނަސް އެހެން އޮވެވުނީ އިރުކޮޅަކަށެވެ. ލޮލުގެ ހިމަކޮޅުން ފައިބަން ފެށި ކަރުނައިން ނަފްސުގެ މައްޗަށް އޮތް ބާރު ސާޔާގެ އަތުން ދޫވި ކަހަލައެވެ.

" ސާޔޫ.. ".. އިރުކޮޅަކުން އައިރާ ގޮވާލިއެވެ. އަދި ސާޔާގެ ކޮނޑުގައި އޭނާގެ އަތް މަޑުމަޑުން ބޭއްވިއެވެ. އެވަގުތު ސާޔާ ދެލޯ ހުޅުވާލުމަށްފަހު އަތުގެ ނުފުށުން މޫނު ފޮހެލިއެވެ. ދެން މަޑުމަޑުން ކުރިއަށް ގުދުވެލަމުން އަތުގެ އުޅަބޮށި ކަކުލުގައި ޖައްސާލިއެވެ.

" އަހަންނަށް ރަނގަޅަށްތަ ކަންތައް މި ކުރެވުނީ..".. ސާޔާ އެއިން ގޮތަށް އިނދެ އަހާލިއެވެ. އޭނާ އިނީ އައިރާގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ކަހަލައެވެ. ނަމަވެސް އައިރާ އެއްޗެކޭ ނުބުނުމުން ސާޔާ މޫނު އަނބުރާލައި ބަލައިލިއެވެ. އައިރާގެ ހަމަހިމޭންކަމުން އޭނާއަށް އުނދަގޫވިއެވެ.

" އަމް.. އައި ޑޯންޓް ނޯ.. ސާޔޫ އަމިއްލަ އަށް މީގެ އިރުކޮޅެއް ކުރިން ތި ނިންމީ އެންނު ފެންނަ އެންމެ ރަނގަޅު ގޮތަށް.. ދެން ކީއްކުރަން އަހަރެންގެ ހިޔާލު ތި ހޯދަނީ..".. ރީތިކޮށް ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އައިރާއަށް ބުނެވުނީ ހިސާބަކަށް ހިތްހަމަނުޖެހިފައި އިނދެއެވެ.

" ލުކް.. އައި އެމް ސޮރީ.. އަހަރެން.. އަހަރެން ހުރީ އެގޮތަށް ސެހެރް ފެނިދާނެކަމަށް އުއްމީދު ކޮށްގެނެއް ނޫން.. އަދި އެ މައުޟޫއަށް ވާހަކަދައްކަން ވެސް ތައްޔާރުވެގެނެއް ނޫން.. އައި ލޮސްޓް ކޮންޓްރޯލް..".. ސާޔާ އިނީ ހަޤީޤަތުގައި ވެސް އޭނާއަށް ބުނެވުނު ބަސްތަކުން ދެރަވެފައެވެ.

" އަދިވެސް ވަގުތު ފާއިތު ނުވޭ.. އަހަރެން އުއްމީދު ކުރަން ސާޔޫ މިކަމާއިމެދު ތިއަށްވުރެ ބޮޑަށް ވިސްނާނެކަމަށް.. ވަންސް ޔޫ އަރ އޭބަލް ޓު ކަނެކްޓް ދި ޑޮޓްސް.. ޔޫ ވިލް ސީ ދި ޓްރުތް..".. އައިރާ ސޯފާއިން ތެދުވަމުން ބުނެލިއެވެ. އަދި އެންމެ ކައިރިއަށް ހުރި ދޮރު ހުޅުވާލުމަށްފަހު ޝެހެނާޒް އަށް ގޮވާ ސާޔާ ގޭގަައި ހުރި ވާހަކަ އަންގާލިއެވެ. ދެން އައިރާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ސާޔާ ކަންތައް ކުރި ގޮތުން އައިރާ ހުރީ ނުހަނު ހިތްހަމަނުޖެހިފައެވެ. ހާއްސަކޮށް ސެހްރާން އެހާ ދެރަވެފައި ހުރުމުން އައިރާ ނުތަނަވަސްވިއެވެ. މީގެ ކުރިން ސެހްރާންގެ ފަރާތުން އައިރާއަށް އެ ސިފަ ފެނިފައި ނެތެވެ. ބްލޮސޮމްގައި ހޭދަކުރެވުނު މަދު ވަގުތު ތަކުގައި ވެސް އައިރާއަށް ފާހަނގަ ކުރެވެނީ އެގޭ މީހުންގެ ހިތް ހެޔޮކަމެވެ. މުއްސަނދި ނަމަވެސް ބޮޑާކަމުގެ ޒައްރެއްގެ މިންވަރުވެސް އޭނާއަށް ފެނިފައި ނެތެވެ. ރީތިކަމާއި ހައިބަތާއި ޝަހުސިއްޔަތު ލިބިފައި ހުއްޓަސް އޭނާއަށް އެގެއިން ފެންނަނީ އެ މަންޒަރެއް ނޫނެވެ. ވީ އިރު ސާޔާއަށް މެލެކްއާ ބެހޭ ގޮތުން އެނގިފައިވާ ވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގެއްކަން އައިރާ އަށް އެނގުނަސް އޭނާ އެވާހަކަ ދައްކަން ބޭނުން ނުވިއެވެ. ސެހްރާން ކައިރީވެސް އައިރާ އެކަމާއި ގުޅޭ ގޮތުން ވާހަކައެއް ނުދައްކާ ހުރީ ސާޔާ ހިތްހަމަނުޖެހޭނެ ކަން އެނގޭތީއެވެ.

***************************

ބްލޮސޮމް ގޭގެ ކުރިމައްޗަށް މަޑުކޮށްލި ކާރުގެ ދޮރު ހުޅުވާލުމަށްފަހު ފޭބި ލިއަމް އޭނާ ލައިގެން ހުރި ކޯޓު ރިތި ކޮށްލިއެވެ. އަދި ކޯޓުގެ ގޮށް އަޅުވަމުން ގެއާއި ދިމާލަށް މިސްރާބު ޖެހި އިރު އެ ތުންފަތަށް ވެރިވެފައިވީ ނުހަނު ރީތި ހިނިތުންވުމެކެވެ.

ލިއަމް އެ އައީ ވޯރކްޝޮޕެއްގައި އެއް މަސް ދުވަސް ސްރީލަންކާގައި ހޭދަކޮށްފައެވެ. އެ ފާއިތުވެ އެއް މަސް ތެރޭގައި ވެސް އޭނާއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ފަހަކަށް އައިސް ގަވާއިދުން ޖިމަށް ދާން ފެށުމުން އެ ހަށިގަނޑު ވަނީ ބިޔަވެ މަސްތައް ހަރުވެފައެވެ. ކުރިން އާދައިގެ ވަރަކަށް ދިގުކޮށް އޮންނަ އިސްތަށިގނަޑުވެސް މިހާރު ވަނީ ތުނި ކޮށް ކޮށާލެވިފައެވެ.

ދެތިން ފަހަރު ބެލް ޖަހާލުމަށްފަހު ލިއަމް މަޑުކޮށްލީ އެތެރެއިން ދޮރު ހުޅުވަންދެނެވެ. މާ ގިނަ އިރުތަކެއް ވަންދެން އޭނާ އިންތިޒާރުގައި ހުންނާކަށް ނުޖެހުނެވެ.

" އަނހަ ދަރިފުޅު.. ނުވެސް ބުނެ ތިއައީ.. މަންމަ ނުހުންނާނެ ރަނގަޅު އެއްޗެއް ކައްކާފަ ވެސް..".. ދޮރު ހުޅުވާލި މަލިކާއަށް ލިއަމް ފެނުމާއެކު ޝަކުވާކޮށްލިއެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑު ވުމަކަށް ވީ ހިތްހަމަޖެހޭ ވަރުގެ އެއްޗެއް ކެއްކިފައި ނެތުމުންނެވެ.

" އެއްކަލަ މަންމަ.. އެނގެއެންނު މަންމަ ކައްކައިފަ ހުންނަ ކޮންމެ އެއްޗެއް ވެސް އަޅުގަނޑަށް މީރު ވާނެކަން.. ކޮބާ ކިރާޒް.. މިހާރު ހުންނާނެ ކަންތައް ބޮޑުވެފަ... ".. ލިއަމް ހިނިއައިސްފައި ހުރެ ބުނެލިއިރު ފަރާތް ފަރާތަށް ކަޅި ހިންގާލިއެވެ.

" އެބަ އުޅޭ ބަގީޗާ ތެރޭ ކުދިންވެރިންނާއެކު.. ދަރިފުޅު ދޭބަލަ.. މަންމަ ވެސް މި ދަނީ އިރުކޮޅަކުން..".. މަލިކާ ބުނެލުމާއެކު ލިއަމް އަނެއްކާވެސް ނުކުތީ ބޭރަށެވެ. ގޭގެ ފަހަތުގައި އޮންނަ ބަގީޗާއަށް ނުކުމެވެން ވާއިރަށް އޭނާގެ ލޮލުގައި ކިރާޒް އަޅައިގަތެވެ.

އޭރު ވިނަގަނޑު މަތީ އަޅާފައި އޮތް ކާޕެޓް މަތީގައި ޚައިރީ އާއި ސޯހާ ކުޅޭ އެއްޗެހި އަތުރައިގެން އުޅެއެވެ. ހަމަ އެ ކާޕެޓު މަތީގައި ނަވާރްއާއި ނޯޔާގެ އިތުރުން ޔަލާ އިން އިރު އެ މީހުންނަށް ލިއަމް ނުފެނެއެވެ. ނަމަވެސް ދުވެ ދުވެ ހުރި ކިރާޒްއަށް އޭނާ ފެނުމާއެކު ހަޅޭއްލަވައިގަންނަށް އުޅުނެވެ. އެވަގުތު ލިއަމް އަވަސް އަވަހަށް ތުންފަތުގައި އިނގިލި ޖައްސާލުމުން ކިރާޒް ހިމޭންވިއެވެ. އެހެންނަމަވެސް އޭނާ ހުރީ ނުހަނު ހިނި އައިއްސައެވެ.

" ޕޮއް..".. ނޯޔާގެ ކަންފަތް ބުޑުގައި ލިއަމް ހަޅޭއްލަވައިގަތުމާއެކު އެއަށްވުރެ ބާރަށް ނޯޔާ ހަޅޭއްލަވައިގަތެވެ. އެއާއެކު ޚައިރީ އެކަން މަޖާވެގެން ހޭން ފެށިއިރު ސޯހާ އަށް އިނދެވުނީ ދެލޯ ބޮޑުވެފައެވެ. އިރުކޮޅަކުން އޭނާ ރޯން ފެށުމާއެކު ޔަލާ އަވަސް އަވަހަށް ސޯހާ އުރާލިއެވެ.

" ދޮންބެ ދަރިފުޅު ރޮއްވާލީ ދޯ.. ގޯސް ދޮންބެއެއް.. ".. ޔަލާ ނުހަނު ލޯބިން ސޯހާ ގެނެސް އޭނާގެ މޭގައި ޖައްސައިގެން ހުރެ މަސަލަސް ކުރެވޭތޯ ބެލިއެވެ.

" ލިއަމްމްމް.. ".. ނަވާރް އަކުރުތަކަށް ދަމާލަމުން ގޮވާލި އިރު އެ އަޑުގައި އެކުލެވިގެންވި އުފާވެރިކަން ސިއްރެއް ނުވެއެވެ. ލިއަމް ދެއަތް ފުޅާ ކޮށްލަމުން ނޯޔާއާއި ނަވާރް ގެނެސް ބައްދާލިއެވެ. ދެން އޭނާ ސޯހާ ކައިރިއަށް ޖެހިލިއެވެ.

" ސޮރީ ބޭބި.. މި ނޯޔީގެ ކަންތަކޭ އެއީ.. ".. ނޯޔާއަށް ދިމާލަށް އިޝާރާތް ކުރަމުން ލިއަމް ބުނެލުމުން ނޯޔާ އަނގަޔަށް ގޮތެއް ހަދާލިއެވެ. ލިއަމް އެކި އެކި ވާހަކަ ދައްކަން ފެށުމުން ނުހަނު އަވަހަށް ސޯހާ ރުއިން ހުއްޓާލިއެވެ. އޭރު ކިރާޒް ވެސް އައިސް ލައިމް ކައިރީ ހުއްޓެވެ. ޚައިރީ ހުރީ ލިއަމް ނުފެނި ދުވަސްވުމުން ލަދުގެންފައެވެ. ނަވާރްގެ ކޮނޑުގައި ބޯ އަޅާލި ގޮތަށް އިސްއުފުލާ ބަލައިވެސް ނުލިއެވެ.

ޔަލާ ދެވަނަ ދަރިއަކަށް ބަލިވެ އިންކަން އެނގުނީ ނަވާރްގެ ކައިވެނި ކުރެވުނުތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ތުއްތު ސޯހާ އުފަންވި އިރު އޭނާއަށް ލިބިފައިވަނީ ކިރާޒް އާއި ޚިލާފަށް ޔަލާގެ ސިފަތަކެވެ. ނަމަވެސް ޔަލާއަށް ވުރެ ބޮޑަށް ސޯހާ ގުޅެނީ ރާސިލްއާއެވެ.

ސޯހާ އުފަންވި އިރު ނަވާރްގެ ބަނޑަށް ހަތް މަހެވެ. ދުވަސްތަކަށްފަހު ގޭގައި ކުޑަ ކުދިންގެ އަޑު މެދުނުކެނޑި އިވުންވީ ބްލޮސޮމްއަށް ލިބުނު ދިރުމަކަށެވެ. މިހާރު ނޯޔާގެ އުމުރުން ވެސް ބާވީސް އަހަރު ފުރިފައިވުމުން މަލިކާ ކުއްޖަކާއި ގުޅުމުގެ ހިޔާލުވެސް ދީފިއެވެ. ނަމަވެސް އަދިވެސް ނަވާރް ހުންނަނީ ހިތްހަމަޖެހޭ ކުއްޖަކާއި ދިމާ ނުވާ ކަމުގައި ބުނެފައެވެ.

ނަމަވެސް އެ ހިތުގައި ވެލެރިކްގެ ސޫރަ ބިންވަޅު ނެގިފައިވާތާ ކިތަންމެ ދުވަހެކެވެ. ވެލެރިކްވެސް ނޯޔާއާއި ގަޔާވާކަން އޭނާއަށް އެނގެއެވެ.. އެހެނަސް އެ ގުޅުމަށް ފުރުސަތުދޭން ދެ ޒުވާނުންވެސް ޖެހިލުންވަނީއެވެ.

ބަގީޗާގައި ވަގުތު ކޮޅެއް ހޭދަކުރުމަށްފަހު ލިއަމް ގެއަށް ވަނެވެ. ބަނޑުހައި ހޫނުކަން އިހްސާސް ކުރެވިފައި ހުރުމާއެކު އޭނާ ހުރީ އަރާމުކޮށްލަން ވެސް ބޭނުންވެފައެވެ. އެޕަރޓްމެންޓުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނުމާއެކު ލިއަމްގެ ލޮލުގައި ސޯފާގައި އިން ސެހްރާން އަޅައިގެވެ. ލިއަމް ވަނުމުން އަޅާވެސް ނުލައި އިނުމުން ސެހްރާންގެ ތަބީއަށް ގޯސްވެފައިވާކަން ލިއަމް ދެނެގަތެވެ.

" ކިހިނެތްވެފަ ؟.. " ލިއަމް އައިސް ސެހްރާން ކައިރީ އިށީނެވެ. އެއާއެކު ސެހްރާންގެ މޫނަށް ވެރިވި ކުލަތަކުން އޭނާ ސިހުނުކަން ލިއަމްއަށް އެނގުނެވެ.

" ކަމެއް ނުވޭ..".. ސެހެރާންގެ އަޑުގައިވީ މާޔޫސްކަމެވެ. އެހެނަސް އެކަން ފޮރުވާލުމުގައި އޭނާއަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. ހާއްސަކޮށް ލިއަމްގެ ކުރިމަތީގައި އިހްސާސްތައް ފޮރުވުން އެއީ ސެހްރާންއަށް މަދުން ނޫނީ ނުކުރެވޭ ކަމެކެވެ.

" ސެހެރް ތިހެން ބުންޏަސް އެނގޭ ކަމެއް ވެއްޖެކަން.. ބުނެބަލަ.. އައިރާއާ މައްސަލަ އެއް ޖެހުނީތަ؟.. ". ލިއަމް އަހާލިއެވެ. އެއާއެކު ސެހްރާން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ދެން އޭނާ ދޫކޮށްލީ ފުން ނޭވާއެކެވެ. ހަށިގަނޑު ސޯފާއަށް ދޫކޮށްލަމުން ކުރިމަތީގައި ހުރި ކޮފީ ޓޭބަލްގެ މައްޗަށް ދެފައި އެރުވިއެވެ.

" ލިއަމް.. ގޮތް ދޫކުރަން ވެއްޖެއެންނު މިހާރު.. ".. ސެހްރާން ބުނެލިއެވެ. އޭނާ އެ ބުނީ ކީކޭކަން ފަހުމްވާން ލިއަމްއަށް އިރުކޮޅެއް ނެގިއެވެ.

" ކޮން ކަމަކާ ސެހެރް ތި ވިސްނަނީ.. އައި ޑޯންޓް ތިންކް އެބައުޓް ހަރ ނައު.. ސެހެރް ވެސް ބޭކާރު ވިސްނުންތަކާއި ދުރުވާން ވެއްޖެ.".. ލިއަމް ބުނެލިގޮތުން ވެސް އޭނާ އެވާހަކައާއި މާ ގަޔާ ނުވެ އިންކަން ސެހްރާންއަށް ވިސްނުނެވެ.

" ޔޫ އަރ ޕުޓިންގ ޔޯރ އިގޯ އޮން ޓޮޕް އޮފް ވަޓް ޔޫ އެކްޗުއަލީ ވޯންޓް.. ތިހެން ބުންޏަސް އެނގޭ ލިއަމް އަށް ސާޔާ ނޫން ކުއްޖަކު ދެން ލޯބި ނުވެވޭނެކަން.. ނުވެސް ވާނެކަން.. ކޮންމެ މީހަކަށްވެސް އެމީހެއްގެ ލޯބި ހާސިލް ކުރުމަށް މަސައްކަތް ކުރެވިދާނެ... ހަޔާތުން ދުވަސްތައް ބޭކާރު ކުރުމުގެ ބޭނުމަކީ ކޮބާ؟.. ލިއަމްއަށް ވެސް އަންބެއްގެ ލޯތްބާއި އަޅާލުން ބޭނުންވާނެ... ތި ހިތް އެކަމަށް އެދޭނެ.. ހަަމަ އެގޮތަށް ސާޔޫ ވެސް ލިއަމް ނޫން އެހެން މީހަކަށް ނުވެސް ބަލާނެކަން އަހަންނަށް ޔަޤީން.. ތި ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު ގޮތް ދޫކޮށްގެން ނޫނީ އެއްވެސް ކަމެއް ހައްލެއް ނުވާނެ.. ތި ބޯހަރުކަމުން އާއިލާއެއްގެ ވަކިވުން އައީ ވެސް.. ރައުލްއާއި ލިއަމް އެހާ ބޮޑު ސިއްރެއް އެނގި ތިބެ އެކަކަށް ވެސް ކިޔައި ނުދިނުމުގެ ނަތީޖާ މިހާ ހިތި ވާނެކަން ކުރިން ނޭނގުނެއްނު.. އަހަރެންގެ ހިތެއް ނުބުނޭ ސާޔޫ އަށް އޭނާގެ އާއިލާއާއި ބެހޭ ގޮތުން އެނގިފައިވާ ވާހަކަތަކަކީ ތެދު ވާހަކަތަކެއްހެން.. އަފްރާހު އަންކަލް ބުންޏެއްނު.. ސާޔޫ ފޮނުވާލަން އަސަދު މެދުވެރިކޮށް ސާޔޫ ކައިރީ ދޮގު ވާހަކަތަކެއް ދެއްކީމޭ.. އައި އެމް ވެރީ ޝުއަރ ހީ ލައިޑް.. ލިއަމް.. އަހަރެން އާދޭސް ކޮށްފަ މި ބުނަނީ.. ބްރިންގް ހަރ ހޯމް.. ".. ސެހްރާންގެ އަޑުގައިވި ހިމޭންކަމާއި އާދޭހުން ލިއަމްގެ ބަސް ހުއްޓުނެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ހަމަޖެހިގެން ވިސްނާލަން ސެހްރާން ހަނދާން ކޮށްދިން ކަހަލައެވެ. ކުއްލިއަކަށް ލިއަމް ތެދުވެއްޖެއެވެ. އަދި އެހާމެ އަވަސް ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަތް ގޮތުން ސެހްރާން މާޔޫސްވިއެވެ. އޭނާއަށް ހީކުރެވުނީ ދެކެވުނު ވާހަކައިގެ ސަބަބުން ލިއަމް ރުޅި އައީ ކަމުގައެވެ.

ކޮޓަރިއަށް ވަދެވުމާއެކު ލައިގެން ހުރި ސޫޓް ލިއަމް ބޭލިއެވެ. އަދި ރިތިކޮށް ކޮނޑެއްގައި އެޅުވުމަށްފަހު ހަރުގަނޑުން ތުވާއްޔެއް ނަގައިގެން ފާހާނާއަށް ވަދެ ފެންވަރާލިއެވެ. އެކަމުން ވަރުބަލި ވެފައިވާ އެ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.

އަލަމާރިން ނެގި ޓީޝާޓާއި ސޯޓު ލުމަށްފަހު ލިއަމް އެނދުގައި ޖައްސާލިއެވެ. އޭނާގެ ހިތާއި ނަފްސަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުން ހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ.

ސެހްރާން ބުނި ފަދައިން ސާޔާއަށް ހަޤީޤަތުގައި ވެސް އެނގިފައި އޮތީ ނުބައި ކޮށް ކަމުގައި ލިއަމްގެ ހިތް ބުނެލިއެވެ. އެހެން ކަމުގައިވާ ނަމަ އޭނާ ސާޔާ ހޯދަން ޖެހޭނެއެވެ. މި ހުރިހާ ދުވަހުވެސް އޭނާ ސާޔާ ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައި ނެތެވެ. މެލެކް އާއި ބީކާލް ސާޔާ ހޯދަން އުޅުމުންވެސް ލިއަމްގެ އެދުމަށް އެދެމަފިރިން އެކަން މަޑުޖެއްސީ ލިއަމްގެ ވާހަކައަށް އިތުބާރު ކޮށްފައެވެ.

ސާޔާ ދިޔަ ފަހުން ދެއަހަރަށްވުރެ ގިނަ ދުވަސްވި އިރުވެސް ލިއަމްގެ ހިތުން އެ ސޫރަ ފިލައިދާ ގޮތެއް ނުވިއެވެ. އެތަށް ރެއެއްގެ ނިދި ނަގާލުމަށްފަހު އެ ހިޔާލުގައި އޮވެވެއެވެ. އެކި ދުވަސްތައް މަތިން އެ ދެމެދުގައި ހިނގާފައިވާ ހާދިސާތަކުން އެ ހިތަށް އުފާވެރިކަން ގެނުވައެވެ. ސާޔާ ނެތުމުން އެކަމުގެ ފަޅުކަން އިންތިހާއަށް އިހްސާސް ކުރެވުނު ނަމަވެސް ލިއަމްވެސް ގޮތްދޫކުރަން ބޭނުން ނުވީއެވެ.

މިއަދު ސެހްރާންގެ ވާހަކައިން އެ ހިތަށް ކުރުވީ ތަފާތު އަސަރެކެވެ. ކުރިން ސާޔާ ހޯދަން ބޭނުން ނުވާ ވަރަށް އޭނާގެ ހިތް އެކަމަށް އެދެވެން ފެށުނެވެ. އެ ހަށިގަނޑު އޭނާގެ ހިމާޔަތުގެ ދަށަށް ގެންނަން ބޭނުންވިއެވެ. އެ ރީތި މޫނަށް ބަލަހައްޓައިގެން އިނުމަށް ކެތް މަދުވިއެވެ.

" ރެޕަންޒެލް... އައި ވިލް ފައިންޑް ޔޫ...".. މަޑުމަޑުން ލިއަމްގެ ތުންފަތް ހަރަކާތް ކޮށްލިއެވެ.

******************************

ހަވީރުގެ ހިތްގައިމު ވަގުތެވެ. ހުކުރު ދުވަސްކަމުން ސާޔާއާއި އައިރާ އަދި ޝެހެނާޒް ބޭރަށް ނުމެލިއެވެ. ބޭބީ ސްޓްރޯލާ ކޮށްޕަމުން ސާޔާ ޕޭވްމަންޓު މަތިން ހިނގާފައި ދިޔަ އިރު ޝެހެނާޒް އާއި އައިރާ ދިޔައީ އެއަށްވުރެ ކުރީގައި ތިބެ ވާހަކައެއް ދައްކަމުންނެވެ.

އަރްޔަން އަށް އަހަރެއް ފުރުމުން އަނެއްކާވެސް މެލޭޝިޔާއަށް ބަދަލު ވުމުގެ ޚިޔާލު ޝެހެނާޒް ގެންގުޅޭ ކަމުގައި ބުނެލިއެވެ.

" ދެން ކީއްކުރަން މަންމަ ބަދަލުވަނީ.. އެކަނި އުޅެން މިހާރު އުނދަގޫވެސް ވާނެ.. އިއްކޮ ބޮޑުވަމުން އަންނަ އިރު މަންމައަށް އަޅުގަނޑުގެ ހެލްޕް ވެސް ބޭނުންވާނެ.. " އައިރާ ކުސްތަޅާލިއެވެ.

" ނޫނޭ.. ސާޔާ ދާނަމެންނު.. އެހެންވީމަ އުނދަގޫ ނުވާނެ..". ފަހަތުގައި ހުރެފައި ސާޔާ ބުނެލުމުން އައިރާ ވަގުތުން ނޫނެކޭ ބުނެލިއެވެ.

" ސާޔޫއަށް ދެން ނުދެވޭނެ.. ހިނގާ ޕަރކަށް ވަންނަން.. އަޑު އެހިން މިހާރު މިތާ އެތެރޭގަ ފެން އަރުވާ ވަޑާމެއް ހުންނަ ވާހަކަ.. އެތަން ބަލަން ވާނެ އެންނު..".. އައިރާގެ ބަހަށް ތާޢީދުކޮށް ޝެހެނާޒް އާއި ސާޔާވެސް އޭނާގެ ފަހަތުން އެތެރެއަށް ވަނެވެ.

އެ ހިތްފަސޭހަ ވަގުތުގެ އުފާ ލިބިގަތުމަށް އެތަށް ބަޔަކު އެވަގުތު ވެސް އެތަނުގައި އުޅެމުން ދެއެވެ. މީހުން ތަކުގެ ތެރެއިން ގޮސް އައިރާ ބުނި ފެން އަރުވާ ވަޑާމާއި ހިސާބަށް ސާޔާމެންނަށް ދެވުނެވެ. ބޮޑު ސަރަހައްދަކަށް ވާގޮތަށް އެތަން ހަދާފައި ހުރީ ނުހަނު ރީތިކޮށެވެ. ކުލަ ކުލައިގެ އަލިން ދިއްލޭ މަންޒަރު ފެނުމުން އަރްޔަން ވެސް ކަޅި ޖަހާނުލައި ބަލަން އޮތެވެ. އެ މަންޒަރު ފެނުމުން ސާޔާ އެކުއްޖާ އުރާލިއެވެ.

ހިނދުކޮޅަކަށް ފެން އެރުވުން މަޑުޖެހިފައި އޮތުމަށްފަހު އަނެއްކާވެސް ފެން އަރުވަން ފެށިއެވެ. އެއާއެކު ކުޑަ ކުދިންތައް އެތަނުގެ އެތެރެއަށް ވަދެ ދުވެ ސަކަރާތް ޖަހަން ފެށިއެވެ. ސާޔާގެ އުރުގައި ހުރެ އަރްޔަންވެސް އަނގައިން އަޑުތައް ލައްވާ އަތް ޖަހަން ފެށި ގޮތަށް އެ މަންޒަރަށް އެ ކުއްޖާ ހުރި ޝައުޤުވެރިކަން ސާޔާ ދެނެގަތެވެ.

" މަންމާ ބަލާބަ.. އިއްކޮ ވަރަށް އެކްސައިޓެޑް ވެފަ މި ހުންނަނީ.. ".. އައިރާ ފޯނުން އަރްޔަންގެ ދެތިން ފޮޓޯ ނެގުމަށްފަހު ޝެހެނާޒް އަށް ގޮވާލިއެވެ. އެވަގުތު ޝެހެނާޒް އަރްޔަން އުރާލިއެވެ. އަދި އޭނާއާއި އަރްޔަންގެ ފޮޓޯއެއް ނަގައިދިނުމަށް އައިރާ ކައިރިން އެދުނެވެ.

އަރްޔަންގެ ލޯބިވެތި ހަރަކާތްތަކަށް ނަޒަރު ހުއްޓައިގެން ހުރި ސާޔާ ސިހުނީ އޭނާގެ ހެދުމުގެ ފަސްބަޔަށް ވާން ވުމުންނެވެ. ތިރިއަށް ބަލާލިއިރު ކައިރީގައި ހުރި ތުއްތު ކުއްޖާ ހުރީ އެތަން ހުރަސްކޮށް ނުދެވިފައެވެ. ބަލާ ބެލުމަށް އެ ކުއްޖާގެ އުމުރުން ވާނީ ހަތް ވަރަކަށް އަހަރެވެ.

" ހާއި.. ކޮބާ ކޮއްކޮގެ މަންމި..".. އެކުއްޖާއާއި އެއް ވަރަށް ތިރިވުމަށްފަހު ސާޔާ އަހައިލިއެވެ.

" މަންމި އެތަނުގައި ހުރީ.. ދައްތި ހެލްޕް މީ.. ".. އެކުއްޖާގެ މޫނުން ކަންބޮޑުވެފައި ހުރިކަން އެނގެއެވެ. ކުޑަ ހިނިތުންވުމަކާއި އެކު ސާޔާ ބޯޖަހާލިއެވެ. އަދި އެ އަންހެންކުއްޖާގެ އަތުގައި ހިފައިގެން އެ ކުއްޖާ ދެއްކި މިސްރާބުން ކުރިއަށް ދާން ފެށިއެވެ.

" ޔެސް.. އެއީ ކޮއްކިގެ މަންމި.. ".. ދުރުގައި ހުރި އަންހެނެއް ދައްކާލަމުން އެ އަންހެންކުއްޖާ ބުނެލިއެވެ. އެ ކުއްޖާ ދެއްކި އަންހެން މީހާ ހުރީ ފުދޭވަރަކަށް ދުރުގައި ކަމުން ސާޔާ އެ ހިސާބަށް ދާން ގަސްތު ކުރިއެވެ.

ނަމަވެސް އޭނާއަށް މާ ކުރިއަކަށް ނުދެވުނެވެ. ފަހަތުން ދުވެފައި އައި ކުއްޖެއް ކައިރީ ހުރި ކުޑަ އަންހެން ކުއްޖާގެ ގައިގައި އޮޅުލައިގެންފިއެވެ.

" މާވީ.. ކޮންތާކަށް ދިޔައީ..".. ކަންފަތުގައި ޖެހުނު އަޑުން ސާޔާއަށް ސިހުން ގެނުވިއެވެ. މަޑުމަޑުން މާވީގެ އަތުގައި ހިފަހައްޓައިގެން ހުރި ސާޔާގެ އަތް ދޫވެއްޖެއެވެ. އޭނާއަށް ދެން ބަލާލެވުނީ މާވީ އާއެކު ހުރި އަންހެންކުއްޖާއަށެވެ.

އެ މޫނު ފެނުމުން ސާޔާއަށް ކުރުވީ ބުނެދޭން ނޭނގޭ އިހްސާސެކެވެ. އަތްފައި ފިނިވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ކިރާޒް ފެނުމާއެކު އެ ސިކުނޑިއަށް ފާއިތުވެދިޔަ ހަތަރު ވަރަކަށް އަހަރުގެ ހާދިސާތަށް އެއްފަހަރާ ސިފަވެގެން ދިޔަ ކަހަލައެވެ.

" ރެޕަންޒެލް..".. ކުއްލިއަކަށް ކިރާޒްގެ ލޮލުގައި ސާޔާ އަޅައިގަތުމާއެކު ބުނެލިއެވެ. ސާޔާގެ މޫނަށް ވެރިވި ހައިރާންކަމާއެކު ކިރާޒްއަށް އެ ނަން އެނގުނު ގޮތަކާއި މެދު ވިސްނާލެވުނެވެ.

" ކިރާޒް.. މާމަ ބުނީމެންނު އެހާ ބާރަށް ނުދާނެއޭ.. މާވީއާ ދެކުދިން ބަސްއަހާށޭ ބުނީމަ ވެސް ދަރިފުޅު މެން ތި ދުވަނީ..".. ސާޔާގެ ފަހަތުން އިވުނު އަޑާއެކު އޭނާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ކުރިއަށް ހިނގައިގަންނަން ވީތޯ އޭނާއަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. މަލާންގެ އަޑު އޭނާއަށް ވަކި ކުރަން އެނގިއްޖެއެވެ. އެއާއެކު މަލިކާ މެންވެސް ވާނޭކަން ސާޔާއަށް އެނގުނެވެ. ހިނދުކޮޅަކަށް ހަރަކާތެއްވެސް ގެންނަން ނޭނގި ހުރެފައި ކުއްލިއަކަށް ސާޔާ ހިނގައިގަތެވެ. އޭރު ކިރާޒް ކަޅި ޖަހައި ނުލައި އޭނާއަށް ބަލަން ހުރިކަން ސާޔާއަށް ފާހަނގަވިއެވެ.

ފަސްއެނބުރި ބެލުމެއް ނެތި ސާޔާ ގޮސް ޕަރކުން ނުކުތެވެ. އަދި އައިރާ އަށް ގުޅުމަށްފަހު އޭނާ ހުރީ ބޭރުގައި ކަން ބުނެދިނެވެ. އައިރާ ވެސް އަރްޔަން ގޮވައިގެން ބޭރަށް ނުކުންނަނީ ކަމުގައި ބުނުމުން ސާޔާ އެތަނުގައި މަޑުކޮށްގެން ހުރީއެވެ. އޭރު ވެސް އެ ހިތުގެ ތެޅުން ހަމަނުޖެހެއެވެ. ދެއަތް ދެއަތާއި މޮޑެލަމުން ސާޔާ ފުންކޮށް ދެތިން ނޭވާ ދޫކޮށްލިއެވެ. ނަމަވެސް އޭނާއަށް އެހެން ހުރެވުނީ ހިނދުކޮޅަކަށެވެ. ހިތަށް ކޮށްފައިވަނީ އެއަށްވުރެ ފުން އަސަރެކެވެ. އަދިވެސް ކިރާޒްގެ މޫނު އޭނާއަށް ސިފަވަނީއެވެ. ހީވަނީ ސާޔާގެ ކުޑައިރު ހެންނެވެ. އެވަރު ބުނަން ސާޔާއަށްވެސް އެނގުނެވެ. ސަބަބެއް ނެތިވެ އެހާ ވައްތަރު ނުވާނެކަން ޚުދު އޭނާއަށް ވެސް ވިސްނެއެވެ.

ބޭއިޚްތިޔާރުގައި ސާޔާއަށް ޕަރކުގެ އެތެރެއަށް ވަނުމަށް ފިޔަވަޅު އެޅެން ފެށުނެވެ. އަމިއްލަ އާއިލާ އެއް އޮތްކަން އެނގިހުރެ އެ އާއިލާއާއި ދުރަށް ދާނީ ކާކު ހެއްޔޭ ސުވާލުކޮށްލެވުނެވެ. އަމިއްލަ މޮޔަކަމާއި މެދު ސާޔާއަށް ބޯ ހޫރާލެވުނެވެ.

ފަހަކަށް އައިސް އޭނާއަށް މާ ބޮޑަށް އަސަދުއަށް އިތުބާރު ކުރެވުނީއޭ ސާޔާއަށް ހީވިއެވެ. އަސަދުއަކީ އެއްވެސް އިރެއްގައި އޭނާއަށް ހެޔޮކޮށް ކަންތައް ކޮށްދިން މީހެއް ނޫންކަމުގައި ވާއިރު އަސަދު އެފަދަ ހަޤީޤަތެއް ހާމަކުރަންޖެހޭ ސަބަބެއް ސާޔާއަށް ނުވިސްނުނެވެ. ހަމައެއާއެކު އޭނާއަށް ވިސްނާލެވުނީ އައިރާއާއި ޝެހެނާޒް ދެއްކި ވާހަކައެވެ. އަފްރާހު އަލާރާ މަރާލީ މެލެކްގެ ފަރާތުން ބަދަލު ހިފަންކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެ ހާދިސާ ހިނގި ގޮތުގެ ތަފްސީލު ސާޔާއަށް ނޭނގެއެވެ. އޭނާ އެނގެން ބޭނުން ނުވީއެވެ.

އެވަގުތު ސެހްރާން ބުނެލި ވާހަކަތަކާއި މެދުވެސް ސާޔާއަށް ވިސްނާލެވުނެވެ. ކަމެއް އޭނާއަށް ފަހުމްވި ކަހަލައެވެ. ދެލޯ ބޮޑުވެފައި ހުރެ އަވަސް ފިޔަވަޅުތަކެއްގައި ކިރާޒް ފެނުނު ދިމާލަށް ހިނގައިގަތެވެ. އޭރު އެ ދެލޯ ފެންކަޅިވެއްޖެއެވެ. ނުވިސްނާ ހުރެ ކުރެވުނީ މޮޔަ ކަމެއްކަން ފުރަތަމަ ފަހަރަށް އޭނާއަށް އިހްސާސް ވެއްޖެއެވެ.

" ނޯ ނޯ.. ވަޓް ހެވް އައި ޑަން.. ލިއަމ.. އޯ ގޯޑް.. ލިއަމް..".. އިހްތިޔާރަކާއި ނުލާ އޭނާއަށް ރޮވެން ފެށުނެވެ. ހިތް ނުތަވަސްވެފައި ހުރިއިރު ނޭވާ ލާންވެސް އުނދަގޫވިއެވެ. މޭ ފިތޭ ކަހަލަ އިހްސާސެއް ކުރެވުނު ހިނދު އަނގައިން މަޑު އާހެއް ބޭރުވިއެވެ.

ސާޔާއަށް ދެވުނު އިރު މާލަސްވެއްޖެއެވެ. އެ ސަރަހައްދުން ކިރާޒްމެންގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. މޫނަށް ވެރިވި މާޔޫސީ ކުލަވަރާއެކު ސާޔާ ނުކުންނަން ހިނގައިގަތެވެ. ކުރިއަށް ފިޔަވަޅު އެޅިނަމަވެސް އޭނާއަށް ފަސްއެނބުރި ބެލެނީ ފަހަތަށެވެ. ކިރާޒް ނޫނީ މަލާން ނަމަވެސް ފެނޭތޯ ހިތާއި ހިތުން ދުޢާ ކޮށްލެވުނެވެ.

އެހެނަސް ސާޔާގެ އެ އެދުން އެވަގުތު ފުރިހަމަވާން ނެތީ ކަންނޭނގެއެވެ. އޭނާ ހޯދަން އުޅުނު ފަރާތް ފެންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން އޭނާ ޕަރކުން ނުކުތީ އައިރާ ލަސްވެގެން ދެތިން ފަހަރު ގުޅުމުންނެވެ.

" އަރ ޔޫ އޯކޭ؟..".. ސާޔާއަށް ވެފައި ހުރިގޮތުން އައިރާ އަހާލީ ގެއަށް އާދެވުމުންނެވެ. ޕަރކުން ނުކުތީއްސުރެ ސާޔާ ހިޔާލަކަށް ގެއްލިފައި ހުރިކަން އައިރާއަށް ފާހަގަވިއެވެ. މޫނުންވެސް މާޔޫސީ އަސަރު ފާޅުވާން ހުރިއިރު ކަމަކާއި ދެރަވެފައި ހުރިކަން އައިރާއަށް ޔަޤީންކުރެވުނެވެ. އެހެނަސް ސާޔާ އެވާހަކަ ދައްކަން ބޭނުން ނުވެފައި ހުރިހެން ހީވުމުން އައިރާ އެ ހުރިހާ އިރު ސުވާލު ނުކޮށް ހުރީއެވެ.

" އައި ސޯ ކިރާޒް..".. ސާޔާ ފަނޑު ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

" އޯހ.. ދެން ކިހިނެތް ވީ؟..".. އައިރާ އަހާލީ އާދައިގެ ގޮތަކަށެވެ. އެކަމުން ސާޔާއަށް އުނދަގޫވިއެވެ. އަދިވެސް އެކަމުގައި އައިރާ ހުރީ ހިތްހަމަނުޖެހިފައިކަން އޭނާއަށް އެނގެއެވެ.

" އައިރާ.. ޕްލީޒް.. އައި ނީޑް ޔޯރ ސަޕޯރޓް ރައިޓް ނައު.. އަހަންނަށް އެނގޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން.. އެކަމަށް އަހަރެން މާފަށް އެދެން.. މިހާރު ހިތް ބުނޭ އަސަދު ދެއްކި ވާހަކަތަކަކީ އޭގައި އެއްވެސް ހަޤީޤަތެއް އެކުލެވިގެން ނުވާ ހުސް ދޮގު ވާހަކަ ތަކެކޭ.. ފަހަރެއްގައި އަހަންނަށް އެވާހަކަ އިތުރަށް އޮޅުން ފިލުވުނު ނަމަ މި ނޫން ގޮތަކަށް ހާލަތު އޮތީސް.. ރައުލް އަކީ ދުރު ވިސްނޭ މީހެއް.. އެއްވެސް ސަބަބެއް ނެތިވެ ރައުލް އެވަރުގެ ކަމެއް އަހަންނަށް ސިއްރު ނުކުރާނެކަން ވިސްނިއްޖެ.. ހީ ވިލް ނެވްރ ޑޫ އެނީތިންގް ދެޓް ވުޑް ހަރޓް މީ.. އައި ވޮޒް ޓޫ ސްޓަބޯން..".. ސާޔާގެ އަޑުން އޭނާ ދައްކަނީ ތެދު ވާހަކަ ތަކެއްކަން އައިރާއަށް ޤަބޫލު ކުރެވުނެވެ. ހަޤީޤަތުގައި ވެސް ސާޔާ އޭނާގެ އާއިލާ އެނގެން ބޭނުންވާ ކަމުގައި ބުނުމުން އައިރާ އަށް ލިބުނީ ބަޔާން ކުރަން ދަތި އުފާވެރި ކަމެކެވެ. އެކަމުގައި އޭނާއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރުމަށް އައިރާ ހުރީ ތައްޔާރަށެވެ.

******************************

ލިއަމްގެ އިންތިޒާރުގައި ސޯފާއަށް އަރާ އިން ކިރާޒްގެ އަތުގައި ކުޑަ އަލްބަމެއް އޮތެވެ. އިރުއިރުކޮޅާ ލިއަމް ލަސްވެގެން ރާސިލް ކައިރީ އޭނާ ޝަކުވާ ކޮށްލައެވެ.

" މި އައީ އެންނު ކިރާޒްގެ ފެވްރިޓް.. ދެން އަވަހަށް ތި ބުނަން އުޅޭ ވާހަކައެއް ބުނެލާ.. މަންމި އެބައިން ދަރިފުޅު އަންނަންދެން ކާން ރެޑީ ކޮށްގެން...".. ގެއަށް ވަތް ލިއަމް ފެނުމާއެކު ރާސިލް އަތުގެ އިޝާރާތުން ކިރާޒްއަށް ރާސިލް ދެއްކިއެވެ.

" ދޮންބެ.. ޔޫ ނޯ.. އައި ސޯ ރެޕަންޒެލް ޓުޑޭ.. ދޮންބެ ބުނި ގޮތަށް ރެޕަންޒެލް ވަރަށް ރީތި..".. ކިރާޒް ނުހަނު ފޯރީގައި އެވާހަކަ ކިޔައިދޭން ފެށުމުން ރާސިލް އަށް ބަލާލެވުނީ ލިއަމްއަށެވެ. އޭރު ލިއަމްގެ ނަޒަރުވެސް ވީ ރާސިލްއާއި އަމާޒުވެފައެވެ.

" ދަރިފުޅު.. ބައްޕި ބުނީމެންނު ނޯ ލައިސް އޭ.. އެއީ ގޯސް ކަމެކޭ..".. ކިރާޒް ދެއްކި ވާހަކަ ޤަބޫލު ކުރަން އުނދަގޫ ވެފައި ހުރެ ރާސިލް ބުނެލިއެވެ. އެއާއެކު ކިރާޒް ރުޅި މޫނު ހަދައިލިއެވެ. އެ ހަރަކާތުން ރާސިލްއަށް ކިރާޒް އެ ހަދަނީ ދޮގެއް ނޫންކަން ޔަޤީންވިއެވެ.

" އަޅެ ބައްޕީ.. ކިރާޒް ދޮގެއް ނުހަދަމޭ.. ބަލާބަ.. މި ފޮޓޯގައި މިއީ ރެޕަންޒިލްއޭ ދޮންބެ ބުނީ.. ކިރާޒްއަކީ ވެސް ރެޕަންޒިލްއެއް.. އެކަމަކު މިހާރު ބޮޑު ރެޕަންޒިލް ހުރީ މަންމި ގޮތަށް ބުރުގާ އަޅާފަ.. ".. ކިރާޒް އަތުގައި އޮތް އަލްބަމް ހުޅުވުމަށްފަހު ސާޔާގެ ފޮޓޯ ރާސިލްއަށް ދެއްކިއެވެ.

" އެހެންތަ؟.. ދެން ކިރާޒް އަށް ކިހިނެތް އެނގުނީ އެއީ ރެޕަންޒިލްކަން..؟..".. ލިއަމް އައިސް ކިރާޒް ކައިރީ އިށީންނަމުން އަހާލިއެވެ. އޭރު އެ ހިތަށް ނޭނގޭ އުފާވެރިކަމެއް ވެރިވެއްޖެއެވެ. ސާޔާ މާލޭގައި ހުރިކަން އެނގުމުން ހޯދަން ފަސޭހަވާނެކަން ލިއަމްއަށް އެނގުނެވެ.

" ދޮންބެ ބުނީމެންނު ރެޕަންޒެލްގެ އައިޒް ހުންނާނީ ގްރީން ކުލައިގައޭ.. ".. ކިރާޒްގެ ލޯބި އަޑުން އޭނާ ދައްކަމުން ދިޔަ މައުސޫމް ވާހަކަތަކުން އެ ސިކުނޑީގެ ޅަ ކަން ހާމަވެއެވެ.

" ކިރާޒް ބޭނުންތަ ރެޕަންޒެލް މިގެއަށް ގެންނަން..". ލިއަމް އަހާލުމާއެކު ކިރާޒް ވަގުތުން ބޯ ޖަހާލިއެވެ.

" އޯކޭ މައި ލިޓްސް ޕްރިންސެސް.. އެނީތިންގް ފޯރ ޔޫ..".. ކިރާޒްގެ ކޯތާފަތުގައި ބޮސް ދިނުމަށްފަހު ލިއަމް ބުނެލިއެވެ. އޭރު އެ ތުންފަތަށް ވެރިވެފައިވަނީ ރީތި ހިނިތުންވުމެކެވެ.

ލިއަމްގެ ވާހަކަތައް ހުރިގޮތުން ރާސިލްއަށް ވެސް ހަމަޖެހުމެއް ލިބުނެވެ. އެންމެ ފަހުން ލިއަމް ގޮތްދޫކޮށްލުމަށްފަހު ސާޔާ ގެންނަން ބޭނުންވިކަން އެނގުމުން އެވާހަކަ މެލެކްއާއި ހިއްސާ ކުރަން އެހިތް އެދުނެވެ. ނަމަވެސް އެއަށްވުރެ މެލެކް އުފާވާނޭ ގޮތަކަށް އެކަން ކުރުމަށް ރާސިލް ސިކުނޑީގައި ރާވާލިއެވެ.

************************

ހަފްތާއެއް ފާއިތުވެގެން ދިޔައިރު އައިރާއަށް ފާހަގަވީ ސާޔާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމެވެ. އަބަދުވެސް ހިނިތުންވުމެއް ވެރިވެފައި ހުންނަ އެމޫނުން އަބަދާއި އަބަދުމެ ފެންނަީ މާޔޫސްކަމެވެ. އެ އަސަރުތައް ފޮރުވަން ކިތަންމެ މަސައްކަތެއް ސާޔާ ކުރިނަމަވެސް އައިރާއަށް އެކަން ސިއްރެއް ނުވިއެވެ. ސާޔާގެ ސަކަ މިޒާޖުވެސް އެއްކޮށް ނެތި ގޮސްފައިވާ ކަހަލައެވެ. މިހާރު އޭނާގެ އުޅުމުން ފެންނަނީ މަޑުމައިތިރި ކަމެވެ. ކަންކަން ކުރުމުގައި ވެސް ލަސްކަމެއް އެކުލެވިގެން ވެއެވެ. ހީވަނީ ނެތް ހިތްވަރުން ދުނިޔެއާއި ކުރިމަތިލާން އޭނާ މަސައްކަތް ކުރާހެންނެވެ.

**********************

ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން އަތުގައި އޮތް ފުނާ ޑްރެެސިންގް ޓޭބަލް މަތީ ބޭއްވުމަށްފަހު މެލެކް ކުޑަކޮށް ދޮރު ހުޅުވާލިއެވެ. ބޭރުގައި ހުރި ރާސިލް ފެނުމުން އޭނާ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި އެބަ އަންނަމޭ ބުނެ ދޮރު  ލައްޕާލިއެވެ.

މެލެކް އަންނަންދެން ރާސިލް ގޮސް އިށީނީ ސޯފާގައެވެ. ސްވިޒްލޭންޑްގައި ހުރި ރެސްޓޯރެންޓުގެ ބައެއް ކަންކަން ބެލުމަށްޓަކައި ބީކާލް ވަނީ ހަފްތާއެއް ކުރިން އެކޮޅަށް ގޮއްސައެވެ. އެހެންކަމުން ގެއަށް ވެރިވެފައި ވަނީ ހިމޭންކަމެވެ. ހީވާގޮތުން ނޯޔާއާއި މަލިކާވެސް ގޭގައި ނޫޅެއެވެ.

ފަސް ވަރަކަށް މިނިޓް ފަހުން މެލެކް އައިސް އިށީނެވެ. އަދި ރާސިލް އައި ބޭނުން އޮޅުންފިލުވުމަށްޓަކައި އެކަމާއި ގުޅިގެން ސުވާލުކޮށްލިއެވެ. އެފަދަ ވަގުތެއްގައި މުހިއްމު ކަމެއްގައި ނޫނީ ރާސިލް ނާންނާނެކަން އޭނާއަށް ޔަޤީނެވެ.

" މަންމާ.. އަޅުގަނޑު ބުނީ ރެސްޓޯރެންޓު ހުޅުވަން ހިނގާ.. މިހާރު އެތަން ނިމިފަ ހުންނަތާ ދެއަރު މި ވަނީ.. ދެފަހަރަށް ރިނޮވޭޓް ވެސް ކުރެވިއްޖެ.. އިތުރަށް ލަސްކުރަންޏާ އަޅުގަނޑުމެންގެ އަތުންވެސް އިތުރު ހަރަދުތަކެއް ދާނީ.. އަޅުގަނޑަށް ހީވަނީ ދެން އެންމެ ރަނގަޅު ގޮތަކީ ވަކި މީހަކަށް ބަރޯސާނުވެ މަންމަ މިކޮޅުގައި މަސައްކަތް ފެށުންހެން.. ".. ރާސިލް ބުނެލިއެވެ. އޭނާ ދެން މަޑުކުރީ މެލެކްގް ފަރާތުން ލިބޭނޭ ޖަވާބަކަށެވެ. ނުސީދާކޮށް ނަމަވެސް ރާސިލް އެ ބުނީ ކީކޭކަން މެލެކްއަށް ފަހުމްވިއެވެ.

" މަންމަވެސް ތި ކަމާއި ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ.. އެކަމަކު ސާޔާ އައުމުން ނޫނީ މަންމަ އެ ރެސްޓޯރެންޓު ހުޅުވާ ހިތެއް ނުވޭ.. ދަރިފުޅު ތިބުނި ގޮތަށް ހަރަދު ބޮޑުވާނެ.. އެހެންވީމަ ދަރިފުޅުމެން މަޝްވަރާ ކުރުމަށްފަހު ފެންނަ ގޮތަކަށް ނިންމާލީމަ ހުންނާނީ ރަނގަޅަށް.. މަންމައަށް ޔަޤީން ރާސިލް ނިންމާ ނިންމުން ގޯސް ނުވާނެކަން.. ".. މަޑުމަޑުން ރާސިލްގެ އިސްތަށިގަނޑުގައި ފިރުމާލަމުން މެލެކް ބުނެލިއެވެ.

" އަޅުގަނޑާއި ރައުލް މަޝްވަރާ ކޮށްފިން.. މަންމަގެ މައްސަލަ އެއް ނެތް ނަމަ ހުކުރު ދުވަހަށް ހަފްލާ ބާއްވަން ހިނގާ.. އަޅުގަނޑުމެއް އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވާނަން.. ބައްޕަ ވެސް ދެތިން ދުވަސް ތެރޭ އަންނާނެ އެންނު.." ރާސިލް އޭނާގެ ހިޔާލު ހުރިގޮތް މެލެކްއާއި ހިއްސާ ކުރިއެވެ.

އެކަމުގައި މެލެކްގެ މައްސަލައެއް ނެތްކަމުގައި ބުނުމުން ރާސިލްމެން އެދުވަހު މަސައްކަތް ފެށިއެވެ. މާ ބޮޑު ހަފްލާއެއް ނުބޭއްވިޔަސް ކޮންމެވެސް ވަރަކަށް އެކަން ފާހަނގަކުރަން އެ ޒުވާނުން ނިންމިއެވެ. ހުކުރު ދުވަހަކީ އެ ހަތަރު ޒުވާނުން ގުޅިގެން ފެށި ވިޔަފާރީގެ ދެވަނަ އަހަރީ ދުވަސްވެސް މެއެވެ. އެހެންކަމުން އަނެއްކާވެސް ވިސްނުން ބަދަލުކުރަން ޖެހުނެވެ. ކުޑަ ހަފްލާއެއް ބާއްވަން ވިސްނާފައި އޮތް ނަމަވެސް ކުލަގަދަކޮށް އެކަން ކުރުމަށް ލިއަމް ބޭނުންވިއެވެ.

ދެ އަހަރު ތެރޭ އެ ވިޔަފާރިއަށް ލިބުނު ކުރިއެރުމުގެ ފަހަތުގައި ވަނީ ހަމައެކަނި އެ ހަތަރު ޒުވާނުންގެ މަސައްކަން ނޫންކަމުގައި ލިއަމް ބުންޏެވެ. އެހެންކަމުން ކޮންޕެނީގެ މުވައްޒަފުންނާއި އެހެން ބައެއް ކޮމްޕެނީތަކުގެ އިސްވެރިންނަށްވެސް ދައުވަތުދީގެން އެ ރަސްމިއްޔާތު ގެންދިޔުމުގެ މަސައްކަތް ފެށުނެވެ.

ހުކުރު ދުވަހަށް ބާކީ އޮތީ ހަތަރު ދުވަސްކަމުން ލިއަމް މެންގެ ހުރިހާ ވަގުތެއް އެކަމަށް ހުސްކުރަން ޖެހުނެވެ. ފުރަތަމަ ހަމައެކަނި ރެސްޓޯރެންޓު އެޅި ނަމަވެސް ފަހުން އެ އިމާރާތަށް ވަނީ ބަދަލު ގެނެސްފައެވެ. " ބްލޮސޮމް ފަންޑް" ގެ މައި އޮފީސް ވެސް ހުންނަނީ އެ އިމާރާތުގައެވެ. އަދި "ބްލޮސޮމް ކޮންސްޓްރަކްޝަން" ގެ މައި އޮފީހާއި ބްލޮސޮމް ހޮސްޕިޓަލުގެ އޮފީސް ބައި ވެސް އެއް އިމާރާތަކަށް ބަދަލު ކުރެވުނެވެ. މެލެކްގެ އެދުމުގެ މަތިން ރެސްޓޯރެންޓު ހެދީ އެންމެ މަތީ ފަންގިފިލާގައެވެ. އޭރުން އިމާރާތުގެ ޓެރެސްއާއެކު ރެސްޓޯރެންޓު ހިންގޭނޭ ކަމުގައި މެލެކް ބުންޏެވެ.

********************

" ސާޔޫ.. އަވަސް.. ".. އެނދުގައި ދެފައި ވަށްކޮށްގެން އިން އައިރާ ގޮވާލިއެވެ. ސާޔާ ފެންވަރަން ވަދެފިއްޔާ އެހާ ލަސްވާނެއޭ ކިޔައި އޭނާ އިނީ ރުޅި މޫނު ހަދައިގެންނެވެ. ނަމަވެސް އިރުއިރުކޮޅާ އޭނާއަށް ހެވެއެވެ. ސިކުނޑީގައި ކުރެހިގެންދާ މަންޒަރު ތަކުން ހިތުގައި އުފެދެނީ ތަފާތު ޝައުޤުވެރިކަމެވެ. މިރެއަކީ އެ ހަޔާތުގައި އަންނާނޭ ނުހަނު އުފާވެރި ރެއެކެވެ.

" ސޮރީ.. ދެން އަވަސް ކުރޭ.. އައިރާ ނުކުންނަން ވާއިރަށް އެލީ އަންނާނެ..".. ސާޔާ ފާހާނާއިން ނުކުތުމަށްފަހު އަވަސް އަވަހަށް ބުނެލިއެވެ.

އައިރާގެ މާ ގާތް އެކުވެރިއަކު ކައިވެނި ކުރަން ހަަމަޖެހިފައި އޮތުމުން އައިރާ އެދުނީ ސާޔާ ގާތު އޭނާއާއި އެކު އެ ޕާޓީ އަށް ދިޔުމަށެވެ. ސެހްރާން މާ ބިޒީ ދުވަސްކޮޅެއް ކަމުނއ އޭނާ ދާން ޖެހޭނީ އެކަނި ކަމުގައި ބުނުމުން ސާޔާ އެއްބަސްވީއެވެ. އެހެން ނޫނަސް އެފަދަ ތަނަކަށް ނުދެވޭތާ މިހާރު ނުހަނު ގިނަ ދުވަސްވެސް ވެއްޖެއެވެ. އެހެންކަމުން ސާޔާ ހުރީވެސް ދާހިތުންނެވެ.

މާ ގިނަ އިރުތަކެއް ނުވެ އެލީޝާ އައިއްސިއެވެ. އޭނާ ސާޔާއާއި އައިރާ ތައްޔާރު ކޮށްދިނީ ނުހަނު ފުރިހަމައަށެވެ.

" މާޝާﷲ.. ޕްރިޓީ ލޭޑީސް..".. އެލީޝާ ބުނެލިއެވެ. އެއާއެކު ސާޔާ އޭނާގެ ސޫރައަށް ބަލާލިއެވެ. ތެދެކެވެ. ޚުދު މިރޭ ސާޔާ އަށްވެސް އޭނާގެ ރީތިކަން ފެނިއްޖެއެވެ.

" ތެންކިޔު ސޯ މަޗް އެލީ..".. އައިރާ އެލީޝާއަށް ޝުކުރު އަދާކޮށްލިއެވެ. ބަދަލުގައި އެލީޝާ ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.

ޓެކްސީއެއްގައި ސާޔާއާއި އައިރާ ޕާޓީ އޮތް މަންޒިލަށް ދިޔުމަށް ދަތުރު ފެށިއެވެ. އޭރު އައިރާގެ ހިތްވަނީ އަވަސްވެފައެވެ. ދެން ވާނޭ ގޮތެއް ހިތަށް އަރުވާލަންވެސް އޭނާއަށް ނޭނގެއެވެ. މާތްﷲ އަށް ވަކީލުކޮށްލަމުން އައިރާ ހަމަޖެހުމެއްޓަކައި ފުން ނޭވާއެއް ދޫކޮށްލިއެވެ.

***********************

ބްލޮސޮމް ބިލްޑިންގް ވަނީ އެރޭގެ ހަފްލާއަށް ނުހަނު ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. އެކި ދިމަ ދިމާލުގައި ހުދު މޭޒުތައް ޖަހާފައި ހުރި އިރު އެއް ފަރާތުގައި ކުޑަ ސްޓޭޖެއް ހަދާފައި ހުއްޓެވެ. އެތާ ފާރުތަކުުގެ ވަށައިގެން މަތިން ތިރިއަށް ހުދުކުލައިގެ ތުނި ފޮތި އެލުވާފައި ހުރި އިރު އެ ފޮތިތަކުގެ ދޭތެރެއިން އޮރެންޖު ކުލައިގެ ފެއަރީ ލައިޓްސް ފެންނަމުން ދިޔައެވެ. ކޮންމެ މޭޒެއްގެ މަތީގައި ވެސް ޤުދުރަތީ މާތަކުން ޒީނަތްތެރި ކޮށްފައިވާ ކުޑަ ވަށިގަނޑެއް ހުރި އެ ވަށިގަނޑާއި ޖެހިގެން ބޮޑު ލެވެންޑަރ އުއްބައްތިއެއް ބަހައްޓާފައި ހުއްޓެވެ.

ފަހަރަކު ބަޔަކު އައިސް އެ މޭޒުތައް ފަޅުފިލުވާލައިފިއެވެ. ޔަލާއާއި ނޯޔާގެ އިތުރުން ނަވާރް ތިބީ ވަކި މޭޒެއްގައެވެ. ނަވާރްގެ އުނގުގައި ޚައިރީ އިން އިރު ޔަލާ އިނީ ސޯހާ އުނގުގައި ބައިންދައިގެންނެވެ. ކިރާޒް އިނީ ނޯޔާއާއި ޖެހިގެންނެވެ. އެ މޭޒާއި ޖެހިގެން ހުރި މޭޒުގައި ތިބީ އިޝާރުއާއި ބީކާލްގެ އިތުރުން މެލެކް އާއި މަލާންގެ އިތުރުން މަލިކާއެވެ. އެއަށްވުރެ ކުރިއަށް ހުރި މޭޒުގައި ތިބީ ރާސިލްއާއި ރައުލްއަދި ލިއަމްއާއި ސެހްރާންއެވެ.

" ކޮބާ އައިރާ؟.. ނާދޭތަ؟..".. ނަވާރްމެން ތިބި މޭޒަށް ނަޒަރެއް ދެމުން ލިއަމް އަހާލިއެވެ.

" ދެންމެ ގުޅީމަ ބުނި މި އަންނަނީ އޭ.. އަހަންނަށް ހީވަނީ އައިރާއަށް އާދެވޭ އިރު މިކަން ނިމިދާނެހެން.. އެހާ ވެސް ސްލޯ..".. ސެހްރާންގެ އަޑުން އޭނާ ހިތްހަަމަނުޖެހިފައި އިންކަން އެނގެއެވެ. އެކަމުން ލިއަމްގެ ގާތަށް ހިނިއައެވެ. ނަމަވެސް އޭނާ އިނީ އެއްޗެކޭ ނުބުނެއެވެ.

ގިނަ އިރުތަކެއް ނުވެ ހަފްލާ ފެށިއްޖެއެވެ. އެންމެ ފުރަތަމަ އޮތީ ބްލޮސޮމް ވިޔަފާރިތަކާއި ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުމެވެ. ރައުލް އާއި ސެހްރާން ޕްރެޒެންޓޭޝަން ދީ ނިމުމުން ދެން ވާހަކަ ދެއްކީ ލިއަމްއެވެ. އޭނާގެ ވާހަކައިގައި މައިގަނޑު ގޮތެއްގައި އެ ވިޔަފާރި ފުޅާ ކޮށްދިނުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރިއެވެ. އަދި ފާއިތުވެ ދިޔަ އަހަރުގެ " ބެސްޓް އެމްޕްލޯއީ އޮފް ދި އިޔަރ" ގެ އެވްރޑް ވެސް ހަވާލުކޮށްދިނެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި އޮތީ ބްލޮސޮމްގެ އެންމެ ފަހުގެ ވިޔަފާރި ކަމަށްވާ "އާޔާސް ކިޗެން" ރަސްމީކޮށް އިފްތިތާހް ކޮށްދިނުމެވެ. އެކަން ފުރިހަމަ ކޮށްދިނުމަށް ލިއަމް އެދުނީ މެލެކް އަދި ބީކާލް ކައިރިންނެވެ. ސަބަބަކީ އާޔާސް ކިޗެންގެ ހަޤީޤީ މޭސްތިރިންނަކީ އެއީ ކަމުގައި ވީތީއެވެ.

މެލެކްއާއި ބީކާލްގެ ފަހަތުން ރާސިލްވެސް ގޮސް އެ ކުޑަ ސްޓޭޖަށް އެރިއެވެ. އަދި މެލެކްއާއި ބީކާލްގެ ކައިރިން އެދުނީ އެ ސްޓޭޖުގެ ފަހަތުގައި ހުރި ފާރު ނިވާކޮށްފައިވާ ބޯ ފޮތި ގަނޑު ކަހައި ދިނުމަށެވެ. ފޮތިގަނޑުގެ ދެފަރާތުން ތިރިއަށް އެލިފައި އޮތް ފަށުގައި ހިފައި މެލެކްއާއި ބީކާލް ދަމައިލިއެވެ. އެއާއެކު އެ ބޮޑު ފޮތިގަނޑު ދެފަރާތަށް ކެހިގެން ގޮސް ފާރުގައި ހަރުކޮށްފައިވާ "އާޔާސް ކިޗެން" ރެސްޓޯރެންޓުގެ ނަން ހާމަވިއެވެ. މާހައުލުގައި ގުގުމާލި އަތްތިލަބަޑީގެ އަޑާއެކު މެލެކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ބަލާލީ ކައިރީގައި ހުރި ބީކާލްގެ މޫނަށެވެ. އެވަގުތު މަޑުމަޑުން މެލެކްގް އުނަގަނޑުގައި އަތް އަޅުވާލަމުން ބީކާލް އޭނާ ކައިރިކޮށްލިއެވެ.

ކެއުމުގެ ކަންކަން ފެށުމާއެކު އެތަނުގެ އަޑު ގަދަވިއެވެ. އެއްބަޔަކު ކެއުމާއިގެން މަޝްއޫލުވެގެން ތިބިއިރު އަނެއްބަޔަކު އުޅުނީ ފޮޓޯ ނެގުމުގައެވެ. ލިއަމް އާއި ބީކާލް ވަކިން މޭޒެއްގައި އިށީނދެ ތިބީ ސްވިޒްލޭންޑުގައި ހުންނަ ރެސްޓޯރެންޓުގެ މެނޭޖަރއާއި އެކުގައެވެ. އެހެން ދިމާލެއްގައި ރައުލް މެންވެސް ބަޔަކާއި ވާހަކަ ދައްކަން ތިއްބެވެ.

" ދަރިފުޅު.. ދެން ގެނޭ ސޯހާ މަަންމަގެ އަތަށް.. ދޭ ކޮންމެވެސް އެއްޗެއް ކާލަން.. މި ކުދިން ނިންދަވަން ވެސް ޖެހޭނެއެންނު...". މެލެކްއާއި މަލިކާ އައިސް ޔަލާއާއި ނަވާރްގެ އުނގުގައި އިން ސޯހާއާއި ޚައިރީ ނެގިއެވެ. އަދި އެމީހުންނާއެކު ކިރަޒްވެސް ގެންދިޔައެވެ.

ދިހަ އެއް ޖަހަންވީއިރު އެ ތަނުގައި ތިބީ ހަމައެކަނި އާއިލާގެ މެމްބަރުންނެވެ. ދެ މޭޒު ކައިރިކޮށްގެން އެންމެން ތިބެ ދައްކަމުން ދިޔައީ އެ އިމާރާތުގެ ވާހަކައެވެ.

" އިޝާރު.. އަހަރެމެންނަށް ދެން ހަމަޖެހިލައިގެން އުޅެވިދާނެ.. މި ކުދިން އެހާވެސް ކުރިއަށް ޖައްސާލައިފި މި ވިޔަފާރި..".. ބީކާލް އިނީ ހެވިފައެވެ. ހަޤީޤަތުގައި ވެސް އޭނާ އިނީ ރާސިލްއާއި ރައުލްއާ މެދު ނުހަނު ފަޚުރުވެރިވެފައެވެ. ބީކާލް ބުނި ވާހަކަތަކާއި އެއްބަސް ވުމުގެ ގޮތުން އިޝާރްވެސް ބޯ ޖަހާލިއެވެ.

" ދެން ގެއަށް ދާންވީ.. މިހާރު މާ ލަސްވެސް ވެއްޖެ.. ".. މަލާން އޭނާގެ އަތުތެރޭގައި ނިދިފައި އޮތް ސޯހާ ދައްކާލަމުން ބުނެލިއެވެ. އޭރު ޚައިރީވެސް މަޑުމަޑުން ބަސްއަހައިގެން މަލިކާގެ އުނގުގައި އިނެވެ. އެވަގުތު އެ ހޯލުގެ މައި ދޮރު ހުޅުވުނެވެ. ދޮރުން އެތެރެއަށް ވަތް އައިރާ ފެނުމާއެކު ސެހްރާންއަށް ކޮޅަށް ތެދުވެވުނެވެ.

" އައިރާ.. ވެއަރ ހެވް ޔޫ ބީން.. އައި އެމް ސޯ ވޮރީޑް.." އައިރާއާއި ދިމާލަށް ހިނގައިގަންނަމުން ސެހްރާން ބުނެލިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ފިޔަވަޅުތައް މަޑުވެއްޖެއެވެ. ދެލޯ ބޮޑުވެފައި އޭނާއަށް ބަލަން ހުރެވުނީ އައިރާގެ ފަހަތުން އެތަނަށް ވަތް ސާޔާއަށެވެ.

މޭޒު ދޮށުގައި ތިބި އެންމެނަށްވެސް ކުޑަ ވަރެއްގެ ޝޮކެއް ލިބުނު ކަހަލައެވެ. ޚާއްސަކޮށް މެލެކްއާއި ބީކާލްއަށެވެ. ސާޔާއަށް ނަޒަރު ހުއްޓުނު ގޮތަށް މެލެކްގެ ހަރާކަތް ހުއްޓިއްޖެއެވެ. ކަޅި ޖަހާ ނުލައި އޭނާއަށް ބަލަން ހުރެވުނު އިރު އެ ދެލޯ ފެންކަޅި ވެއްޖެއެވެ.

" ސާޔާ..".. މެލެކްގެ ތުންފަތް ހަރަކާތް ކޮށްލުމާއެކު މަޑުމަޑުން ގޮނޑިން ތެދުވެވުނެވެ. އޭރު ސާޔާއަށް ހަރަކާތެއް ކުރަން ނޭނގިފައި ބަލަން ހުރެވުނީ މެލެކްއަށެވެ. އެއްވެސް ހާލެއްގައި އައިރާ އޭނާ ގެނައީ މި ފަދަ ކަމެއްގައި އޭނާއަށް ޝައްކުވެސް ކުރެވިފައި ނެތެވެ. މި ކަމަށްޓަކައި ނަފްސު ތައްޔާރު ނުކޮށް ހުއްޓާ ކުއްލިއަކަށް އެންމެން ފެނުމުން ސާޔާއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. އޭނާއަށް ކުރެވެމުންދިޔައީ ތަފާތު އިހްސާސެކެވެ. މެލެކްގެ ލޮލުން ފަައިބަމުން ދިޔަ ކަރުނަތައް ފެނުމާއެކު އެ ދެލޯ ވެސް ފެންކަޅި ވެއްޖެއެވެ. އޭނާއަށް އެހެން ހުރެވުނީ އިރުކޮޅަކަށެވެ. ހުރިތަނަށް ތިރިވެވުމާއެކު މޫނު ފޮރުވާލިއެވެ. އޭރު ސާޔާގެ މަޑު ގިސްލުމުގެ އަޑު އިވެން ފަށައިފިއެވެ. ކުއްލިއަކަށް ސާޔާއަށް ވީ ގޮތުން އެންމެން ކަންބޮޑުވިއެވެ. ނަމަވެސް މެލެކްގެ އިޝާރާތަކަށް އެމީހުން މަޑުކޮށްގެން ތިބި ކަހަލައެވެ.

ސާޔާ ކައިރިއަށް ދިޔުމަށްފަހު މެލެކް އޭނާއާއި އެއްވަރަށް ތިރިވެ އެ ހަށިގަނޑު ގެނެސް މޭގައި ޖައްސާލިއެވެ. އޭރު ދެމައިންނަށް ވެސް ގިސްލެވެމުން ދިޔައެވެ. ސާޔާ ވެސް މެލެކްގެ ހަށިގަނޑުގައި އޮޅުލައިގަތުމާއެކު އިހުނަށްވުރެ ރުއިން ގަދަވިއެވެ. ދުވަހަކުވެސް އިހްސާސް ކުރެވިފައި ނެތް ހިމާޔަތެއް ސާޔާއަށް އިހްސާސް ކުރެވުނެވެ. މަންމަގެ އޯގާތެރި ފިރުމުން ލިބުމުން އިތުރަށް އެ ހިތަށް ކެތް ނުވީއެވެ. މެލެކްއަށް ވެސް ވީ އެފަދަ ގޮތެކެވެ. ސައުވީސް އަހަރު ފަހުން އޭނާގެ އަންހެން ދަރިފުޅު ލޮލަށް ފެނި އެ ދަރިފުޅުގެ އިހްސާސް ކުރެވުމުން މައިވަންތަކަމުގެ ކުލުނު އުތުރި އަރަނީއެވެ. ސާޔާ ހަމައަކަށް އެޅުމުން މަޑުމަޑުން މެލެކް އެ ކުޑަ މޫނުގައި ދެއަތުން ވަށާލިއެވެ. އަދި ނިތްކުރީގައި ބޮސް ދިނުމަށްފަހު ކޯތާފަތުގައި ފިރުމާލިއެވެ. އަދިވެސް ހީވަނީ އޭނާއަށް ޤަބޫލު ނުކުރެވޭ ހެންނެވެ.

" މަންމާ..".. ސާޔާގެ އަޑު ކަންފަތުގައި ޖެހުމާއެކު ކަރުނައިގެ ތެރެއިންވެސް މެލެކްއަށް ހިނިތުންވެވުނެވެ. ނަމަވެސް ހިތަށް ކުރި އަސަރުން އަނެއްކާވެސް ރޮވެން ފެށުނެވެ.

ދުރުގައި ދެމައިގެންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިގެން ހުރި ބީކާލްއަށް ވެސް ހުރީ ރޮވިފައެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް އޭނާ ސާޔާގެ ކޮނޑުގައި އަތް ބޭއްވުމާއެކު ސާޔާ އިސްއުފުލާ ބަލާލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ބައްޕަކަން ސާޔާއަށް އިހްސާސް ވުމާއެކު މަޑުމަޑުން ތެދުވެވިއްޖެއެވެ. އެއާއެކު ބީކާލް ސާޔާގެ ގައިގައި ބައްދާލަމުން ނިތްކުރީގައި ބޮސްދިނެވެ.

" ދަރިފުޅު،... މަންމައަށް މާފް ކޮށްދީ..".. މެލެކް ބުނެލުމާއެކު ސާޔާ އެ އަތުގައި ހިފެހެއްޓިއެވެ.

" މަންމަ އަޅުގަނޑު ކައިރިން މާފަށް އެދެން ޖެހޭ ވަރުގެ ކަމުގެ ނުކުރޭ.. އަޅުގަނޑަށް މާފު ކޮށްދީ.. މަންމަގެ ގާތަށް ނާދެވި މިހާ ދުވަސްވީތީ އަޅުގަނޑަށް މާފު ކޮށްދީ..".. ސާޔާ ބުނެލިއިރު އެ ކޯތާފަތުން ތިރިއަށް ކަރުނަ ތިއްކެއް ވެއްޓުނެވެ.

" ޝްޝް.. ދެން ނުރޮއެ .. މިއީ އުފާ ކުރަންވީ ވަގުތު..".. ބީކާލް ދެމައިން ގަޔާއި ކައިރިކޮށްލިއެވެ.

އެ ލޮބުވެތި ހަރަކާތްތަކަށް ހުއްޓިފައި ތިބި އެންމެންގެ ލޯތަށްވެސް ތެންމާލައިފިއެވެ. ހިތްތަކަށް އަސަރު ކުރުވައިފިއެވެ. ނުހަނު ޖަޒުބާތީ ވަގުތު ކޮޅެކެވެ.

" ރެޕަންޒެލް..".. ލިއަމްގެ އަޑު ކަންފަތުގައި ޖެހުމާއެކު ސާޔާއަށް ދެލޯ ހުޅުވާލެވުނެވެ. އޭނާގެ ހިއްސުތައް ކުއްލިއަކަށް މަސައްކަތް ކުރަންފެށި ކަހަލައެވެ. ބީކާލްއާއި ދުރަށް ޖެހިލަމުން ސާޔާ ފަރާތް ފަރާތަަށް ނަޒަރު ހިންގާލިއެވެ. އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ދުރުގައި ހުރި ލިއަމް ފެނުމާއެކު އެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ނަމަވެސް އޭނާއަށް ހުރެވުނީ ހަދާނެގޮތް ހުސްވެ ބަލަހައްޓައިގެންނެވެ.

ކުރިއަށްވުރެ ލިއަމް ރީތި ވެފައިވާކަން ސާޔާއަށް ފާހަގަވިއެވެ. ލައިގެ ހުރި ހުދު ކުލައިގެ ގަމީހުން އަތުގެ މަސްތަށް ފާޅުވާން ހުރި އިރު އަންހެން ކުދިން ދީވާނާ ކުރުވާނެކަން ގައިމެވެ.

ލިއަމްއަށް ވެސް ސާޔާއަށް ބަލަން ހުރެވުނީއެވެ. މީގެ ދެއަހަރު ކުރިން އޭނާއަށް ފެނުނު ސާޔާއާ މި ސާޔާއާއި ހާސްބައި ތަފާތެވެ. ބުރުގާ އަޅައި ދިގުހެދުން ލާފައި ހުރި އިރު އިހުނަށްވުރެ އޭނާ އިސްކޮޅުން ދިގުކަމަށް ދައްކައެވެ. މިހާރު ސާޔާގެ މޫނުންވެސް ސްވިޒްލޭންޑްގެ ގޮތްގަނޑު ފެންނާން އެބަހުއްޓެވެ.

ދެމީހުން އެކަކު އަނެކަކަށް ގެއްލިފައި ތިބިއިރު ލޮލުން ފައިބަމުން ދިޔައީ އުފާވެރި ކަމުގެ ކަރުނައެވެ. ދިގު އިންތިޒާރެއްގެ ނިމުން އައުމުން އެ ހިތްތަށް ލިބިފައިވަނީ ބުނެދޭން ނޭނގޭ އުފާވެރިކަމެކެވެ. ކޮށްފައި ވަނީ ބަޔާން ކުރަން ދަތި އިހްސާސް ތަކެކެވެ. އެހެނަސް އެ ކަރުނަތަކަށް ވެސް އޭގެ ބަސްމޮށުންތެރިކަން ލިބިގެންވާ ކަހަލައެވެ. އެ ލޯ ތަކުން ބުނެދެނީ އެއް ވާހަކައެކެވެ. ފާޅުވާން ހުރީ އެކަކު އަނެކެއްގެ ހިތުގައިވީ ސާފު ލޯތްބެވެ.

ސާޔާ ހަރަކާތެއް ނުކޮށް ހުންނަން ފެށުމާއެކު ލިއަމް ކުރިއަށް ޖެހިލިއެވެ. އަދި ސާޔާއާ އަރާ ހަމަވުމުން ދެފަރާތުން އެ މޫނުގައި ހިފާލިއެވެ. އަދި ލޯތްބާއެކު އެ ކޯތާފަތް ފޮހެލިއެވެ.

" ލިއަމް.. އައި.. އައި އެމް ސޮރި..".. އެވަގުތު ލިއަމް ސާޔާ ބުނަން އުޅުނު ޖުމްލަ ހުއްޓުވިއެވެ. އަދި ލިއަމްގެ ހިމާޔަތަށް ސާޔާ ގެނެސް އެ ހަށިގަނޑު ފިއްތާލީ އެ ދުވަހަށް އިންތިޒާރު ކޮށްކޮށް ވަރުބަލި ވެފައިވާ މީހެއް ފަދައިންނެވެ.

ހިނދުކޮޅަކަށް ދިގުދެމިގެން ދިޔަ އެ ހަރަކާތަށްފަހު ދެ ޒުވާނުން ދުރުވި އިރު މޫނުގައި ވަނީ އުފާވެރި ހިނިތުންވުމެކެވެ. ސާޔާގެ ލޮލުގައި އަޅައިގަތީ އޭނާއަށް ބަލަން ތިބި ރައުލްއާއި ސެހްރާންއެވެ. އެ ދެ ޒުވާނުން ފެނުމާއެކު ސާޔާގެ ހިނިތުންވުން އިތުރަން ފުންވިއެވެ.

ފަހަރަކު މީހަކު އައިސް ސާޔާގެ ގައިގައި ބައްދާ ބޮސްދީ އުޅުނު ގޮތުން ސާޔާއަށް އޭނާގެ މުހިއްމުކަން އިހްސާސް ކުރެވުނެވެ. ހަޤީޤަތުގައި ވެސް އޭނާއަށް އަޅާލާ ލޯބިވާ އާއިލާ އެއް އޮތް ކަމުގެ އިހްސާސް ކުރެވުނެވެ. އެރޭ ގެއަށް ގޮސް ވެސް އެކަކު ވެސް ނިދާކަށް ނޫޅުނެވެ. ޚައިރީ އާއި ސޯހާ އަދި ކިރާޒް މެލެކްގެ ކޮޓަރީގައި ބޭއްވުމަށްފަހު އެންމެން ސިޓިންގްރޫމުގައި އެކި އެކި ވާހަކައިގައި ތިބި އިރު ހީވަނީ އެގެއަށް ބަހާރު މޫސުން އައިސްފައިވާ ހެންނެވެ.

މާ ދަންވުމުން އެންމެން ނިދަން ދާން ފެށިއެވެ. ފަހަރަކު ބަޔަކު ގޮސް އެންމެ ފަހުން ލިއަމްއާއި ސާޔާ އެކަނި ވުމުން ލިއަމް އޭނާއަށް ބަލާލުމަށްފަހު އެއް ލޯ މަރާލިއެވެ.

" ދުރުގަ ހުންނާތި..".. ސާޔާ އިންޒާރެއް ދޭ ފަދައަކުން ބުނެލިއެވެ. އެއާއެލު ލިއަމް ހިނިގަނޑެއް ޖަހާލިއެވެ. އަދި ސާޔާއާއި ކައިރިއަށް ޖެހިލަމުން އެ ހަށިގަނޑު ގާތް ކޮށްލިއެވެ.

ލިއަމްގެ ކޮނޑުގައި ސާޔާ ބޯ އަޅައިގެން އިން އިރު އޭނާގެ ކަނާއަތް އޮތީ ލިއަމްގެ އަތު ތެރޭގައެވެ. އެ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން ނެތިދިޔައީ ލިއަމް ވާހަކަ ދައްކަން ފެށުމުންނެވެ.

" ރެޕަންޒެލް.. ފާއިތުވެ ދިޔަ ދުވަސްތަކުގައި ނޭނގި ހުރެވެސް، އެނގިހުރެ ވެސް ރެޕަންޒެލް އަށް ހަރޓް ކުރެވުނީތީ އައި އެމް ސޮރީ. އެ ހުރިހާ ދުވަސްތަކަށް އަހަރެން މާފަަށް އެދެން.. އަހަރެން ބޭނުންވަނީ ހަޔާތުގެ ބާކީ މި އޮތް ދުވަސްތައް އާ ފެށުމަކުން ފަށަން.. އައި ވޯންޓު މެރީ ޔޫ އެންޑް ސްޓަރޓް މައި ފޯރ އެވަރ ވިތް ޔޫ.. އައި ޕްރޮމިސް އައި ވިލް ލަވް ޔޫ.. އޯލްވެސް އެންޑް ފޯރ އެވަރ.. ".. މަޑުމަޑުން ސާޔާގެ އަތުގެ އިނގިލިތަކާއި ކުޅެލަމުން ލިއަމް ބުނެލިއެވެ. ހީވާގޮތުން އެ ހިތުގައި އުފެދިފައިވާ ހުރިހާ ޝުޢޫރުތަކެއް ލިއަަމް ބޭރުކޮށްލަން ބޭނުންވެފައި ހުރި ކަހަލައެވެ. ނަމަވެސް ލިއަމްއަށް އިތުރު އެއްޗެކޭ ބުނަން ފުރަސަތެއް ސާޔާ ނުދިނެވެ.

" ޝްޝް.. ޑޯންޓް ސޭ ދެޓް.. ލިއަމްގެ ލޯބި ލިބުމުން އެ ހުރިހާ ދުވަސްތަކެއް އަހަރެން ހަނދާން ނެތިއްޖެ.. މިހާރު އެއީ މާޒީ.. އެ ހުރިހާ ކަމެއްގެ ވާހަކަ އަލުން ދެއްކުމުގެ ބޭނުމެއް ނެތް.. ނައު ވީ ހޭވް އީޗް އަދަރ.. ޔޫ އަރ މައި އެވްރީތިންގް.. އައި ލަވް ޔޫ..".. ލިއަމްގެ ކޯތާފަތުގައި ބޮސްދިނުމަށްފަހު ސާޔާ ބުނެލިއެވެ.

***********************

= އެއް އަހަރު ފަސް =

" އާޔާސް ކިޗެންގް " ގެ ޓެރެސް ވަނީ ރެއަށްޓަކައި ޚާއްސަ ކުރެވިފައިވާ ކައިވެންޏަށް ތައްޔާރުކުރެވިފައެވެ. އަށެއް ޖަހަން ކައިރި ވެފައި ވަނިކޮށް އެ އިމާރާތުގެ ކުރިމައްޗަށް މަޑުކޮށްލި ކާރުން ފޭބި ހުދު ކުލައިގެ ބޮޑު ކައިވެނި ހެދުމުގައި ހުރި އައިރާގެ މޫނުން ފެންނަނީ އުފާވެރި ކަމެވެ. ހަމަ އެކާރުގެ ކުރީ ދޮރުފަތް ހުޅުވުމަށްފަހު ލިއަމް ފޭބިއެވެ. އަދި އަނެއް ފަރާތުގެ ދޮރު ހުޅުވުމަށްފަހު އެތެރޭގައި އިން ސާޔާއަށް ފައިބަން އެހީވެދިނެވެ.

" ބީ ކެއަރ ފުލް ލަވް..".. ސާޔާގެ ބޮޑުވެފައިވާ ބަނޑުގައި ފިރުމާލަމުން ލިއަމް ބުނެލިއެވެ. އަދި އޭނާއާއި އެއްވަރަށް މަޑު މަޑުން ހިނގާފައި އައީ އުނަގަނޑުގައި ހިފަހައްޓައިގެން ހުރެއެވެ. އޭރު ނޯޔާއާއި ނަވާރް އާއެކު އައިރާ އެތެރެއަށް ވަދެއްޖެއެވެ.

ސާޔާއާއި ލިއަމްއަށް މައްޗަށް ދެވުނު އިރު އައިރާ އާއި ސެހެރާން ތިބީ ކައިވެނި ކުރެވޭ މޭޒު ދޮށުގައެވެ. ލަސްތަކެއް ނުވެ ކައިވެނި ކުރެވިގެން ދިޔުމާއެކު އެންމެންގެ ހަޅޭކާއި އަތްތިލަބަޑީގެ އަޑުން އެތަން ގުގުމާލިއެވެ.

ޕާޓީ ފެށިގެން ކުރިއަށް ދާން ފެށުމުން ސާޔާ ގޮސް އެއްފަރާތުގައި ހުރި މޭޒެއް ކައިރީ އިށީނެވެ. އޭރު އެ ސަރަހައްދުގައި ދުވެ ދުވެފައި އުޅުނު ސޯހާއާއި ޚައިރީ އަދި ކިރާޒް ފެނުމުން ބޭއިޚްތިޔާރުގައި ސާޔާއަށް ހިނިތުންވެވުނެވެ. އަދި މަޑުމަޑުން އޭނާގެ ބަނޑުގައި ފިރުމާލެވުނެވެ.

ސާޔާއަށް ލިބެން އުޅެނީ އަންހެން ކުއްޖެއްކަން އެނގުނު ދުވަހުން ފެށިގެން ވެސް އެ ދަރިފުޅަށް ކިޔާނެ ނަން ކަނޑައެޅިއެވެ. އެއީ މެލެކް އޭނާއަށް ކިޔަން އުޅުނު ނަމަވެ. ތަޤްދީރުގެ ރޭވުމުގެ ސަބަބުން އެކަން އެގޮތަށް ނުވި ނަމަވެސް ސާޔާ އޭނާގެ ދަރިފުޅަށް ކިޔަން ބޭނުންވީ އެ ނަމެވެ. ޔެލިޒް އެވެ.

އެވަގުތު ލިއަމް އައިސް އޭނާއާއި ޖެހިގެން އިށީނެވެ. އަދި ސާޔާގެ އަތް ގެނެސް މަޑުމަޑުން އޭނާގެ އު ތެރޭގައި ފޮރުވާލިއެވެ. ދެ ހިތުގެ ޝުޢޫރާއި އުފާވެރިކަން ބަންޑުންވަމުން ދިޔައީ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި ލޯބިވެތި ނަޒަރުންނެވެ. ކެތްތެރި ކަމެއްނެތި އިންތިޒާރު ކުރެވެމުން ދިޔައީ އެ އާއިލާ ފުރިހަމަ ވާނޭ ދުވަހަށެވެ. އެ ތުއްތު ފުރާނަ ދުނިޔެއަށް އުފަންވާނެ އިރަކަށެވެ.

މިހާރު ސާޔާއަށް އުޅެވެމުން އެ ދަނީ އޭނާ ބޭނުންވި ދިރުއުޅުމެވެ. އިތުރަށް އޭނާ އެދޭނެ އެދުމެއް ނެތެވެ. ހަޤީޤަތުގައިވެސް އޭނާއަކީ ނަސީބުވެރިއެއްކަމުގައި ސާޔާއަށް ޤަބޫލުކުރެވެއެވެ. އޭނާގެ އާއިލާ ފުރިހަމަ ވެއްޖެއެވެ. ލޯބިވާ ފިރިއަކު ލިބިއްޖެއެވެ. ނިމުމެއްނުވާ ލޯތްބާއި، ހިފެހެއްޓުމެއް ނުވާ އޯގާތެރިކަމާއި އަޅާލުން އެބަ ލިބެއެވެ.އެ އުފާވެރިކަން އަބަދުމެ އެ ހަޔާތުގައި ވުމަށް އެދި ސާޔާއަށް ދުޢާ ކުރެވެއެވެ.

♡ ލިއަމް އެންޑް ސާޔާ ފޯރ އެޓަރނިޓީ ♡

(ނިމުނީ)

~ އަލްހަމްދުލިﷲ. ގިނަ ދުވަސްތަކެއްގެ މަސައްކަތަށްފަހު " ވެވުނީ ލޯތްބޭ ޔާރު ހުވާ' ނިންމާލެވުނު ކަމަށްޓަކައި މާތްﷲގެ ޙަޒްރަތަށް ހަމްދުކުރަން. މި ވާހަކަ ލިޔުމުގައި ގިނަ ގޮންޖެހުންތަކަކާއި ދަތިތަކަކާ ކުރިމަތިވި. އެހެންނަމަވެސް މިވާހަކަ ލިޔެ މި ނިންމާލެވުނީ ގިނަ ޢިބްރަތްތެރި ފިލާވަޅުތަކަކާއެކު. އެކި ސަބަބުތަކާހުރެ ވާހަކަ ނުގެނެސްދެވި ހޭދަވި ދުވަސްތަކަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެން. ވާހަކައަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ފައްސި ހިޔާލުތަކާއި ނައްސި ހިޔާލުތައް ވެސް އަޅުގަނޑު ބަލައިގަތީ އުފަލާއެކު. މާތްﷲގެ ރަޙްމަތްފުޅާއެކު އަޅުގަނޑުގެ އިތުރު ވާހަކައެއް ކިޔުންތެރިންނަށް އަވަސް މުސްތަޤުބަލެއްގައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަން. ވާހަކައަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު، ލޯތްބާއި އުފަލާއެކު ފާހަގަ ކުރަން. ޝުކުރިއްޔާ ~

Ads by HDC
  1. މުނާ

    ماشا الله ވާހަކަ ވަރަށް ރީތި. ހަމަ ރޮވިއްޖެ � ވާހަކަ ވަރަށް ވާހަކަ ވަރަށް ރީތި. ހަމަ ރޮވިއްޖެ. އިތުރު ވާހަކަ އެއް ކިޔާލަން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރިން.

  2. ޢަދޫ

    މަހަކު އެޕިސޯޑެއް ގެނެސް ދެންޔާ އާ ވާހަކަ އެށް ނުގެނެސްދިނިއްޔާ މާރަނގަޅު

  3. ރޮވިއްޖެ ��