ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ޕްލީޒް.. ޑޯންޓް ހަރޓް މީ… “ ލޮލުން ވެއްޓުނު ކަރުނަ ތިއްކާއެކު ސާޔާ ބުނެލިއެވެ. އެއާއެކު އިހުނަށްވުރެ ލިއަމް އޭނާ ގާތް ކޮށްލިއެވެ. ސާޔާގެ ހޫނު ނޭވާ އިހްސާސް ކުރެވެން ފެށުމާއެކު ލިއަމްގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.

Ads by Sosun Fihaara

*****************

ލިއަމް މަޑުމަޑުން އަނެއް އަތް ނަގައި ސާޔާގެ މޫނުގައި ހިފަހައްޓާލިއެވެ. އަދި އެ މޫނު ފެންނާނޭހެން ސީދާ ކުރުވިއެވެ. އެހާ ކައިރިން އެ އިސްތަށިގަނޑާއި ލޯ ފެނުމުން އެއީ "ފޭކެއް" ނޫންކަން ބުނަން ލިއަމް އަށް ޔަޤީންވިއެވެ. އެކަމުން އޭނާއަށް ލިބުނު ހައިރާންކަން ވެސް ވަކި ކުޑައެއް ނޫނެވެ. އެ އެސްފިޔަތަށްވެސް ނުހަނު ދިގެވެ. ހާއްސަކޮށް ތެމިފައި ހުރުމުން އިތުރަށް ކަޅުކަން ގަދަކަމަށް ދަށްކައެވެ. ދެން ލިއަމް ބަލާލީ ސާޔާގެ ފިޔާތޮށި ކުލަ އަރަމުން ދާ އޮމާން ތުންފަތަށެވެ. ހަމަގައިމުވެސް ލިޕްސްޓިކެއް ބޭނުން ނުވާނެކަން ޔަޤީނެވެ.

އޭރު ސާޔާގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިއްޖެއެވެ. ކިތަންމެ ވަރަކަށް ރޮއެ އާދޭސް ކުރިޔަސް ލިއަމް އަށް އަސަރެއް ނުކުރާނެކަން ޔަޤީންވުމުން އެސްފިޔަތަށް ތިރިކޮށްލިއެވެ. ލިއަމް އާއި ދިމާލަށް ބަލަހައްޓައިގެން ހުރުން ވީ ސާޔާ  އަށް ވޭނަކަށެވެ. ލިއަމް އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރި ގޮތުން އިތުރު ހަރަކާތެއް ގެނެވޭކަށް ނެތެވެ. އަނަރޫފުކޮށް ހަށިގަނޑު ހުރި ނަމަވެސް ލިއަމް ގުޑުވާނުލެވޭނެކަން ސާޔާއަށް އެނގެއެވެ.

އެންމެ ފަހުން މާތް ﷲ އަށް ވަކީލުކޮށްލަމުން ސާޔާ ދެލޯ މަރާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަސަދުގެ ކިބައިން ސަލާމަތް ވެވުނަސް އަނެއްކާވެސް ކުރިމަތިލާން މި ޖެހުނީ ކުޑަ އިމްތިހާނަކާއި ނޫންކަން އޭނާއަށް ވިސްނުނެވެ.

“ ޔޫ ވޯންޓް އިޓް.. ޑޯންޓް ޔޫ.. އަ ލިިޓިލް ޑެވިލް.. ލުކްސް އިނޮސެންޓް.. “ ކުއްލިއަކަށް ލިއަމް ބުނެލި އެއްޗަކުން ސާޔާ ބަލައިލިއެވެ. އެ ބުނި އެއްޗެއްގެ މާނަ އޭނާއަށް ދޭހަ ނުވި ފަދައަކުން ބަލަން ހުރުމުން ލިއަމް އެއަށްވުރެ ސާފުވާނެހެން ބުނެދެމުން ސާޔާގެ ގައިން ދޫކޮށްލިއެވެ.

އެވަގުތު ސާޔާއަށް ދެ އަތް ބާރުކޮށްލެވުނެވެ. ލިއަމްއާއި ދިމާލަށް އެއްޗެކޭ ބުނަން ހިތަށް އެރިނަމަވެސް އޭނާ ޚިޔާރު ކުރީ ހިމޭންކަމެވެ. ނަމަވެސް ތުން ފިއްތައިގެން ހުރި ގޮތުން ދެރަވީކަން ލިއަމްއަށް އެނގުނެވެ. ސާޔާ ދެރަވާ ފަދަ އެއްޗެއް ބުނެވިއްޖެކަން އިހްސާސް ކުރެވުނު ހިނދު ލިއަމްއަށް ނޭނގޭ އުނދަގުލެއް ވިއެވެ. އެހެނަސް އެހާމެ އަވަހަށް ލިއަމް ނަފްސު ހަމައަކަށް އަޅުވާލިއެވެ.

" އޯހ.. ދެރަވީތަ ރެޕަންޒެލް.. އައި އެމް ސޮރީ ލަވް.. . ބައި ދި ވޭ.. ދެޓް ހެއަރ އެންޑް އައިޒް މޭކްސް ޔޫ ލުކް އިރެސިސްޓެބަލް....."... ސާޔާގެ ކަންފަތް ދޮށުގައި ލިއަމް މަޑުމަޑުން ބުނެލިއެވެ. އަދި ކައިރީގައި ހުރި ސްވިޗަށް އަތް ފޯރުވުމަށްފަހު ފަންކާ ޖައްސައިލިއެވެ.

" ވަރަށް ހީވޭ އެއްޗެއް ބުނަން ބޭނުންވެފައި ހެން ތި ހުންނަނީ.. ރުޅި އައިއްސަތަ؟..."... ލިއަމް ގޮސް ސޯފާގައި އިށީނެވެ. އޭނާ އަތުން އިޝާރާތް ކޮށްލަމުން ސާޔާ ކައިރީގައި އިށީނުމަށް އެދުނެވެ.

" ނަވާ އަންނާނެ އިރުކޮޅަކުން.. އަހަރެން މިދަނީ...".... ލިއަމްގެ އެދުމަށް ފާޅުގައި ދެކޮޅު ހަދަމުން ސާޔާ އެނބުރި ކޮޓަރިއަށް ވަންނަން އުޅުނެވެ. ނަަމަވެސް އެއަށްވުރެ ކުރި ލިއަމް ސާޔާގެ އަތުގައި ހިފެހެއްޓިއެވެ.

" އަހަރެން ނާހަން ނަވާރް އަންނަނީ ކޮން އިރަކުތޯ؟.. ނޫނީ ސާޔާ މިތާ މަޑުކުރަން ބޭނުންތޯ... އަހަރެން ބުނީ ރުޅި އައިއްސަ ހެއްޔޭ.. ޖަވާބު ނުދެމެންނު އަދި....."... ލިއަމްގެ ނަޒަރު އަމާޒުވެފައި ހުރި ގޮތުން ސާޔާ ޖެހިލުންވިއެވެ. މަޑުމަޑުން ދެފަރާތަށް ސާޔާ ބޯ ހޫރުވާލީ އަވަހަށް ލިއަމްގެ ކިބައިން ސަލާމަތް ވެވޭނެ ގޮތަކީ އެއީ ކަމުގައި ވިސްނުމުންނެވެ. ނަމަވެސް ދެން ލިއަމް އެދުނީ ސޯފާގައި އިށީނުމަށެވެ. އެކަމަށް ދެކޮޅު ހެދުމުގެ ބަދަލުގައި ސާޔާ ގޮސް އެކަކަށް އިނދެވޭ ސޯފާގައި އިށީނެވެ.

" މިއަދު ބިސްގަނޑު ވަރަށް ކުޅި.. އަހަރެން އެހާ ކުޅިކޮށް ނުކަން.. ރެޕަންޒެލް ކަނީ ކުޅިކޮށްތަ؟..”ލިއަމްގެ އަޑު މިފަހަރު މަޑެވެ. ވާހަކަ ދެއްކުމުގައި ވެސް ހުރީ އޯގާތެރި ކަމެއްހެން ސާޔާ އަށް ހީވިއެވެ. .ސާޔާ ބޯ ޖަހާލުމުން ލިއަމް އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

" ސާޔާ އަށް އަދި މީޓް ނުވާނެ މެލެކް އާންޓީ އާއި.. އެއީ ރައުލްގެ މަންމަކަން އެނގޭ ދޯ.. މެލެކް އާންޓީ އަކީ ޝެފެއް... ވަރަށް މީރުކޮށް ކައްކާނެ.. ރައުލް އަށް ވެސް އެ ހުނަރު ލިބިފަ ހުންނަނީ.. ކުރިން މެލެކް މަންމަ ކިޔައިދޭނެ ތަފާތު ކާތަކެތި ތައްޔާރު ކުރާނެ ގޮތްތަށް.. "... ލިއަމް ކުޑަ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެ ހިނިތުންވުން ފެނުމުން ސާޔާ އާޝޯހުވިއެވެ. އަބަދު ސީރިޔަސްކޮށް ހުއްޓަސް ލިއަމް ހިނިތުންވުމުން ހާދަހާ ރީއްޗެވެ. ސާޔާ އިނީ ލިއަމް އާއި ދިމާލަށް ބަލަން ޖެހިލުންވެފައެވެ. ހަަމައެކަނި ޓްރެކްޝޫޓެއްގައި  އިނުމުން އެ ހަށިގަނޑު ހުރީ ހާމައަށެވެ.

" އަހަރެން މިހާ ރީތިކޮށް ވާހަކަ ދައްކާއިރު ވެސް ސާޔާ ތިހާ އަންފްރެންޑްލީ ވީމަ ވަރަށް ދެރަ..."... ލިއަމް ތެދުވެގެން ގޮސް ފްރިޖް ހުޅުވާލުމަށްފަހު އައިސްކްރީމް ތަށި ނެގިއެވެ. އަދި ވަތްގަނޑުން ދެ ތަށި ނަގައިގެން އެ ދެ ތަށްޓަށް އައިސް ކްރީމް އަޅައިގެން އެނބުރި އައެވެ. ސާޔާ ނުކާނެހެން ހީވުމުން ލިއަމް އަމުރުކުރީ އޭތި އެއްކޮށް ހުސްކުރުމަށެވެ.

" ކޮންތާކުން ހޯދި ފަށެއް..."... ލިއަމްގެ ލޮލުގައި އަޅައިގަތީ ސާޔާގެ ކަރުގައި އަޅާފައި އޮތް ފަށެވެ. ލިއަމްގެ ސުވާލުން ސާޔާ މަޑު މަޑުން އެ ފަށުގައި ފިރުމާލިއެވެ.

" އެއީ ބްލޮސަމް ހޮޓެލްގަ ހުރިއިރު.. ސާޔާ އަށް މިފަށް ރީތިވީމަ ނަވާ ބުނީ ނަގާށޭ.... ކުރިން ސާޔާ އަތުގަ ވެސް އޮވޭ މިކަހަލަ ފަށެއް..."... ސާޔާ ފުރަތަަމަ ފަހަރަށް ލިއަމް އާއި ރީތިކޮށް ވާހަކަދެއްކިއެވެ. އެވަގުތު ލިއަމް ހަށިގަނޑު ސީދާ ކޮށްލަމުން ހަމަޖެހިލިއެވެ. އެ ފަށާއި ބެހޭގޮތުން ސާޔާ ބުނި ފަހު ޖުމްލަ އޭނާގެ ވިސްނުން އެެހެން ދިމާލަކަށް ގެންދަން މަޖުބޫރު ކުރުވިއެވެ.

" ސާޔާގެ މަންމަ ކޮބާ؟.. ބައްޕަ އެންޑް ފެމިލީ.."... ލިއަމްގެ ހިތުގައި ސާޔާގެ ދިރިއުޅުމާއި މެދު ކުއްލިއަކަށް ޝައުޤުވެރިކަން އުފެދުނެވެ. އޭނާގެ ހިތުގައި އުފެދުނު ޝައްކު ފިލުވާލަން ލިއަމް ބޭނުމެވެ.

ލިއަމްގެ ސުވާލުން ސާޔާގެ މޫނަށް ވެރިވެފައިވާ ހިނިތުންވުން ފަނޑު ކުރުވިއެވެ. އެ މޫނުގެ ތާޒާކަން ގެއްލުނެވެ. ދެއަތް ޖޯޑުކޮށްލަމުން ސާޔާ އިސްޖަހާލިއެވެ. އެ ހިމޭންކަމުން ލިއަމް އަށް ސާޔާ ބުނަން ބޭނުންވަނީ ކީކޭކަން ނަގައިގަނެވުނެވެ. އެވަގުތު އެ ހިތުގައި ސާޔާއާއި މެދު ހަމްދަރުދީ އުފެދުނެވެ. ފުރަތަަމަ ފަހަރަށް ސާޔާއާއި މެދު އަނިޔާވެރި ވެގެން މިހެދެނީ ގޯހެކޭ ލިއަމްގެ ހިތް ބުނެލިއެވެ.

އެވަގުތު ދޮރު ހުޅުވާލުމަށްފަހު ނަވާރް ވަނުމުން ސާޔާއަށް ހަމަޖެހުމުގެ ނޭވާ އެއް ދޫކޮށްލެވުނެވެ. ނަމަވެސް ނަވާރް އަށް ލިއަމް ފެނުމާއެކު ކަންބޮޑުވިއެވެ. ލިއަމް އާއި ސާޔާގެ ގުޅުން ރަނގަޅު ނޫންކަން އޭނާއަށް އެނގެއެވެ.

" ސާޔޫ.. ލިއަމް އެއްޗެކޭ ބުނިތަ؟.. ".. ލިއަމް އާއި ދިމާލަށް ކަޅި އަޅާލަމުން ނަވާރް އަހާލިއެެވެ. އެއާއެކު ލިއަމް އަނގަޔަށް ގޮތެއް ހަދާލިއެވެ.

" ނަވާ އަށް ހީވޭތަ އަހަރެން އެއްޗެކޭ ބުނި ނަމަ ސާޔާ އެހެން އިންނާނެހެން.. ".. ލިއަމް ނުހަނު ހަމަޖެހިލަމުން ބުނެލިގޮތުން ސާޔާ އަށް ބުމަ އަރުވާލެވުނެވެ. ޑްރާމާ ބޮޑު ފިރިހެނަކީ ތާއެވެ. އޭނާ އަށް އެއްޗެކޭ ބުނެވުމުގެ ކުރިން ވާހަކަ އޮއްބާލީއެވެ.

" ލިއަމް ކީއްކުރަން މި ބަޔަށް އައިސްގެން ތި އުޅެނީ.. ކޮބާ ޓީޝާޓު.. ސާޔާ އަށް ކަމެއް ކުރިތަ ލިއަމް..."... އަދިވެސް ޝައްކުގެ ނަޒަރަކުން ނަވާރް ބަލަން އިނުމުން ލިއަމް ހޭން ފެށިއެވެ.

" އަސްލު މިއައީ ރައުލް ބުނެގެން މިރޭ ކާން އަންނަން ބުނަން... ސާޔާ ބުނީ ނަވާ އިރުކޮޅަކުން އަންނާނެއޭ.. އެހެންވެ މަޑުކޮށްގެން މި އިންނަނީ...".. ލިއަމް ނަވާރްގެ އިސްތަށިގަނޑަށް ދަމާލިއެވެ. އެއާއެކު ނަވާރް ރުޅި އައިސްގެން ސޯފާގައި އޮތް ކުޝަން ނަގައި ލިއަމްގެ މޫނުގައި އޭގެން ޖެހިއެވެ.

" އޯކޭ.. އޯކޭ.. އަހަރެން ދަނީ... ސީ ޔޫ ރެޕަންޒެލް...".. ލިއަމް ނުކުންނަމުން ސާޔާ އާއި ދިމާލަށް އެއް ލޯ މަރާލިއެވެ. ވަގުތުން ސާޔާ ދެލޯ ބޮޑުކޮށްލަމުން ނަވާރް އަށް ބަލާލިއެވެ. އޭރު ނަވާރް ލާނެތް ހިިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން އިންތަން ފެނުމުން ސާޔާ މޫނު ކުނި ކޮށްލިއެވެ.

********************

ފޯނު އަތަށް ލައިގެން މަލިކާ އިނީ ފިކުރެއްގައެވެ. ދެތިން ފަހަރު މެލެކްގެ ނަންބަރަށް ގުޅަން އިނގިލި ހަރަކާތް ކޮށްފަވެސް އޭނާއަށް ފަސްޖެހެވުނީއެވެ. މެެލެކް އަދިވެސް ހިތްހަަމަ ނުޖެހިފައި ހުރެދާނެހެން މަލިކާ އަށް ހީވިއެވެ. އޭނާގެ ކަންފަތުގައި ގުގުމާލީ މެލެކް އެންމެ ފަހުން ބުނެލި ބަސްތަކެވެ.

**************

" މަގޭ ދަރިފުޅާ..."... ރޮމުން ދުވެފައި އައި މެލެކް އާއި މަލިކާ ފެނުމުން ރައުލް އެދިމާލަށް ދުވެފައި ދިޔައެވެ. އެމީހުންގެ ފަހަތުން އާއިލާގެ އެހެން މެމްބަރުންވެސް އައިއްސިއެވެ.

" މޯމް.. ޕްލީޒް.. ތިން މީހުން ވެސް ވަރަށް ކްރިޓިކަލް.. ފިފްޓީ ފިފްޓީ... ".. މެލެކް ގެނެސް މޭގައި ޖައްސާލަމުން ރައުލް ބުނެލިއިރު އެ އަޑުވެސް ވަނީ ކުރެހިފައެވެ. ނުރޯން މަސައްކަތް ކުރިޔަސް އެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. މިވަގުތު މަރާއި ހަނގުރާމަ ކުރަމުން އެދަނީ އޭނާގެ ހުރި ހަަމައެކަނި އަންހެން ކޮއްކޮ އެވެ. ލިއަމް އެވެ. ނަވާރް އެވެ.

" ރައުލް.. ޕްލީޒް.. ޑޯންޓް ލެޓް ހަރ ޑައި.. މަންމަ މަރުވެދާނެ.. ހެޔޮ ނުވާނެ.. ޑޮކްޓަރުން ކައިރީ ބުނޭ...".. މެލެކްގެ ހަށިގަނޑުން ވަރުދޫވެ ވެއްޓެން ދިޔުމުން ރައުލް އޭނާ ގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ. ގޮތް ހުސްވެފައިވާ މީޙެއް ފަދައިން ރައުލް ބަލާލީ ބައްޕަ ބީކާލް އަށެވެ. އޭރު ފާރުގައި ލެނގިލައިގެން ހުރި ގޮތަށް ބީކާލް ވެސް ހުރީ އިސްޖެހިފައެވެ. ކެތް ކުރެވޭނެ އެންމެ މަތީ ދަރަޖައަށް އޭނާ ދިޔައީ ކެތްތެރި ވެވޭތޯ ބަލަމުންނެވެ. ނަމަވެސް ލޯބިވާ އަންހެނުންގެ ވޭނީ ގިސްލުމުގެ އަޑުން އޭނާގެ ހިތްވަރު އެކީ ގެއްލި ދިޔަކަހަލައެވެ.

" ހަނީ.. ލުކް އެޓް މީ ސްވީޓްހަރޓް.. ލާރާ ރަނގަޅު ވާނެ.. މިވަގުތު ނުރޮއެ ލާރާ އަށް ދުޢާ ކުރޭ.. މަންމަގެ ދުއާ އެންމެ ހެޔޮކަން ބޮޑީ.. ޝީ ނީޑްސް އިޓް ނައު...".. ބީކާލް ނުހަނު ލޯބިން މެލެކްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ނިތްކުރީގައި ބޮސްދިނެވެ.

އޭރު ކައިރީގައި އިން ގޮނޑީގައި މަލިކާ އިނީ ހަރަކާތް ހުއްޓިފައެވެ. އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަކަށްވީ ހުއްޓުމެއް އައިސްފައެވެ. ހަރަކާތެއް ނެތިވެ އެއް ދިމާލަކަށް ނަޒަރު ހުއްޓައިގެން އިން އިރު ވަށައިގެން ވީ މާހައުލުގައި ހިނގަމުންދާ އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ކަހަލައެވެ. ކައިރީގައި އިނދެ މަލާން ދައްކަމުން ދިޔަ ވާހަކަތައް ވެސް އޭނާ އަށް ނީވެއެވެ.

ތިން ގަޑިއިރު ފަހުން ޑޮކްޓަރުންގެ ޓީމު ނުކުތެވެ. އެ މޫނުތަކުން ފެންނަމުން ދިޔަ މާޔޫސްކަމުން މެލެކް ގެ ބަޑި ފަޅައިގެން ދިޔައެވެ. ކިތަންމެ ހިތްވަރު ކުރިޔަސް ރައުލް އާއި ރާސިލް އަށްވެސް މޫނުގައި އަތް އަޅާލެވުނެވެ. އިނގިލި ތަކުގެ ދޭތެރެއިން ފެންނަމުންދިޔަ ކަރުނައިގެ އަސަރުން ރޮނީކަން އެނގެއެވެ. ބޮޑު ފިރިހެނެއް ނަމަވެސް ބީކާލް ވެސް ގަނޑުވިއެވެ.

އެވަގުތު ނޯޔާގެ ރުއިމުގެ އަޑުވެސް ގުގުމައިގެން ދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު ވެސް ޔަލާ ނޯޔާ ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. ސެހްރާން ވެސް ގަނބުވެފައި އިނީއެވެ. އަފްރާހު ވެސް އިނީ ނުހަނު ދެރަވެފައެވެ. އެހެން މީހުން ފަދައިން ނުރޮއެ އިން ނަަމަވެސް އެ މޫނުގައި ވެސް ވީ އެފަދަ ކުލަވަރެކެވެ.

އަލާރާގެ މޫނު ފެނުމާއެކު މެލެކްގެ ހަބަރު ހުސްވިއެވެ. ސިފަ ވަކި ނުވާ ވަރަށް އެ ރީތި މޫނު އޮތީ ޗިސް ވެފައެވެ. އޭރު ވެސް ލޭގެ އަސަރު ފާޅުވަމުން ދިޔައެވެ. ކަނާތު ފައި ވެސް ޗިސް ވެފައި އޮތް އިރު ހަށިގަނޑުގެ ދެތިން ތަނަކުން ބިނދުނެވެ. އެހާ ވަރުން އަލާރާ ސަލާމަތް ނުވާނެކަން ކުރިން ވެސް ރައުލް އަށް އެނގެއެވެ.

ނަވާރް އާއި ލިއަމް އަދިވެސް ހޭނާރައެވެ. އޭރު ވެސް އެދެކުދިންގެ އޮޕަރޭޝަންތައް ދިޔައީ ކުރެވެމުންނެވެ.

އަލާރާގެ ކަށުކަމާކެމީގެ ކަންކަން ވީހާވެސް އަވަހަކަށް ނިންމަން ބީކާލް ބޭނުންވިއެވެ. ހޭއަރާ ގޮތަށް މެލެކް ގެ ދުލުން ބޭރުވަނީ އަލާރާގެ ނަމެވެ. ގިނަ ވަގުތު ހަމައިގަ ނުހުންނާތީ ޑޮކްޓަރުންނަށް މަޖުބޫރުވީ ނިދާ އިންޖެކްޝަން ޖެހުމަށެވެ.

އަލާރާގެ ޖަނާޒާ އަށްފަހު މެލެކް ކުޑަކޮށްވެސް ހަަމައަކަށް އެޅުނީ އެއް ހަފްތާ ފަހުންނެވެ. އޭރު ނަވާރް ހޭއެރި ކަމުގައި ވިޔަސް ލިއަމްގެ ސިކުނޑިއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ޑޮކްޓަރުން ލިއަމް އަށް ދިނީ  50  ޕަރސެންޓެވެ.

މެލެކް ގެ ކަމަކީ އަބަދު ހިތާމަ ކުރުމެވެ. ކާ އެއްޗެއް ނުކައި ހުންނާތީ އެތަށް ފަހަރެއްގެ މަތިން އެޑްމިޓް ވެސް ކުރަން ޖެހުނެވެ. ކިރިޔާ ވާރޭ ކޮޅެއް ވެހެލިޔަސް ދަރިފުޅަށް ފިނިވާނެއޭ ބުނެ ރޯން ފަށައެވެ. އަލާރާ އެނބުރި އަންނާނެ ކަމުގެ އިންތިޒާރުގައި އެތަށް ދުވަހެއް ވަންދެން ނުނިދާ ހުރެއެވެ. މަސް ދުވަސް ފާއިތުވެ ދިޔައިރު މެލެކްގެ ހިތާމަ ކުޑަކޮށް ލުއިވިއެވެ. މީހުންގެ ތެރޭގައި ރޮއެ ނުހެދިޔަސް އެކަނިވާ ކޮންމެ ފަހަރަކު އެ ހިތް ފުނޑު ފުނޑުވެއެވެ. ގެއްލި ދިޔައީ އެ ލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. ޒުވާން އުމުރުގައި ވަކިވެގެން ދިޔައިރު އެ ދަރިފުޅުގެ ހާދަ ގިނަ ހުވަފެންތަކެއް ހުންނާނެއެވެ. ޒަވާޖީ ހަޔާތުގެ ފޮނި މީރުކަން ނޭނގި އުމުރަށް އަލާރާ ވަކިވުމުން މެލެކް އަށް ކެތްވާނީ ކިހިނެތް ހެއްޔެވެ؟..

އޭނާ އެންމެ ފަހުން ނިންމީ އެ މާހައުލާއި ދުރަށް ދިޔުމަށެވެ. އެ ހަނދާންތައް ފޮހެލުމަށެވެ. އަލާރާއަށްޓަަކައި ކަރުން އެޅުމުގެ ބަދަލުގައި އެ ހަނދާންތަކާއެކު ދިރިއުޅުން އާރާސްތުކުރަން މެލެކް ބޭނުންވިއެވެ. ނަމަވެސް އެ ގެއާއި އަލާރާއާއި ގުޅިފައިވީ ހުރިހާ އެއްޗަކުން ވެސް އެހިތަށް ލިބެމުން ދިޔައީ އިތުރު ވޭން ތަކެކެވެ.

ސިކުނޑި އަށް ކުރަމުން ދިޔަ ޕްރެޝަރ އާއެކު އެންމެ ފަހުން މެލެކް އަށް ކުށްވެރި ކުރެވުނީ ނަވާރް އެވެ. މަލިކާގެ ދެ ދަރިން މަރާއި ހަނގުރާމަ ކުރަމުން ދިޔައިރު ވެސް މެލެެކް އަށް އެކަން އިހްސާސު ނުކުރެވުނީ ލިބުފައިވާ ހިތާމަ ބޮޑުކަމުންނެވެ.

" މަލިކާ.. އަހަރެން ސްވިޒްލޭންޑަށް ބަދަލުވާން ނިންމައިފިން.. މިގެއާއި ތި އެންމެން ފެންނަހާ ހިނދަކު މި ހިތަށް ހަމަޖެހުމެއް ނުލިބޭނެ.. ދަރިފުޅުގެ ވަކިވެދިޔުން ޤަބޫލެއް ނުކުރެވޭނެ. ދުވަސްކޮޅަކުން މަލިކާގެ ދަރިން އައިސްދާނެ.. އެކަަމަކު ލާރާ ދެން ނާންނާނެ.. ނަވާރްގެ ސަބަބުން އެފަކީރު އެ ދިޔައީ.. އަހަރެން ދަރިފުޅު ނިމިދިޔައީ ނަވާރްގެ ސަބަބުން.. އައި ޑޯންޓް ވޯންޓު ސްޓޭ ހިއަރ އެނީމޯ.. އަަހަންނަށް ދުވަހަކުވެސް ނަވާރް އަށް މާފެއް ނުކުރެވޭނެ.. އައި ޑޯންޓް ވޯންޓު ސީ ހަރ.. އަހަރެން ދިޔުމަށްފަހު މި އާއިލާއާއި އޮތް ގުޅުން ކެނޑުނީ.. އަހަރެންގެ ހަބަރު އޮޅުން ފިލުވަން މަސައްކަތް ނުކުރާތި.. ލާރާ އާއި ލިއަމް ކައިވެނި ކުރެވުމަކީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯސް... ބަޓް އައި ވިލް ބީ ފޮރ އެވާ ތޭންކްފުލް މަލިކާގެ ބައްޕަ އަށް.. އެކަމަކު އެއްވެސް އެއްޗެއް އަހަރެންގެ ދަރިފުޅާއި އަޅާ  ނުކިޔޭނެ.. ދަރިއެއްގެ ވަކިވުމުން ކުރާނެ އަސަރު ތިހިތަށް ނޭނގިދާނެ.. އެކަމަކު މި މަންމަ އުމުރަށް ވެސް އެ ދަރިފުޅު ހަނދާން ވާނެ.. މަންމަގެ އަލާރާ މަތިން ވަރަށް ހަނދާން ވާނެ..."... މެލެކް އެންމެ ފަހުން ދެއްކި ވާހަކައަކީ އެއީއެވެ. އެ ދުވަހު މަލިކާ އަށް ވެސް އޭނާ ހުއްޓުވަން މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. މަލާން ވެސް ނުހަނު އާދޭސް ކުރިއެވެ. އަދި ވިސްނާލުމަށް އެދުނެވެ. ގެއްލި ދިޔައީ އަލާރާ ކަމުގައި ވިޔަސް ނަވާރް އާއި ލިއަމް ވެސް ނެތްކަން ބުނެދޭން އުޅުނެވެ.

******************

ލޮލުން ނީރާލި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން މަލިކާ އަތުގައި އޮތް ފޯނުގައި ބާރަށް ހިފަހައްޓާލިއެވެ. މެލެކް ބުނި ފަދައިން އޭނާގެ ދެ ދަރިން އެނބުރި އައިއްސިއެވެ. މެލެކް އާއި ކުރިމަތިލާނެ ގޮތެއް މަލިކާގެ ސިކުނޑިއަށް ނައެވެ. ހިޔާލުތަކުގައި އެ ސިކުނޑި އޮޔާއި ބެހެމުން ދިޔައިރު ވެސް އެ ވޭނަށް ކެތްކުރަން މަލިކާ ނިންމިއެވެ.

******************

ކައިގެން އައި ގޮތަށް ނަވާރް ވަނީ ކޮޓަރިއަށެވެ. ނިދަން ތައްޔާރުވެގެން އައިސް އެނދުގެ ހެޑް ބޯޑުގައި ބުރަކަށި ޖައްސާލުމަށްފަހު އުނގުމަތީގައި ލެޕްޓޮޕް ނަގާ ބެހެއްޓިއެވެ. އަދި ސައިޑް ޓޭބަލް މަތީގައި ހުރި ކޯކު ފުޅި ކަނޑާލުމަށްފަހު   އޭނާ ބަލަން ފަށާފައިވާ ސީރީޒް އަޅުވާލިއެވެ.

ނަމަވެސް ރަނގަޅަށް ސީރީޒް ބަަލަން ނުފެށެނީސް ނަވާރްގެ ފޯނު ރިންގު ވާން ފެށުމުން ގުޅަނީ ކާކުތޯ ބަލާލިއެވެ. ސޭވް ކޮށްފައި އޮތް ނަންބަރެއް ނޫންކަމުން ފޯނު ނުނަގަން އޭނާ ނިންމިއެވެ. ފޯނު ރިންގު ވަމުން ގޮސް ކެނޑުމާއެކު ދެވަނަ ފަހަރަށް ގުޅަން ފެށުމުން ނަވާރް ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. އެމީހަކު އެއްޗެކޭ ބުނޭތޯ އޭނާ މަޑުކޮށްލިއެވެ. ނަމަވެސް އެއް މިނިޓް ވީ އިރުވެސް އެކޮޅުން އަޑެއް ނީވުމުން ނަވާރް ފޯނު ކަނޑާލިއެވެ.

އަނެއްކާވެސް ހަަމަ އެ ނަންބަރުން ގުޅަން ފެށުމުން ނަވާރް އަނގަޔަށް ގޮތެއް ހަދާލިއެވެ. މިފަހަރު ފޯނު ނެގުމަށްފަހު އޭނާ ސަލާމް ގޮވާލިއެވެ.

" ހެލޯ ޕަމްޕްކިން...".. އެކޮޅުން އިވުނު އަޑުން ނަވާރްގެ ދެލޯ ބޮޑުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!