ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ޔޫ ބެޓަރ ގެޓް އައުޓް ފްރޮމް ހިއަރ.. ".. ލިއަމްގެ އަޑުގައިވީ ނުރައްކާތެރި ކަމުގެ އަސަރު ސާޔާގެ ނަފްސަށް ކުރުވި ކަހަލައެވެ. އެ ލޮލުން އަންނަމުން ދިޔަ ކަރުނަތަކަށް ވެސް ހުއްޓުމެއް އައެވެ. ދެލޯ ބޮޑުވެފައި އޭނާއަށް ބަލަން އިނދެވުނީއެވެ. ހައިރާންކަމާއި ބިރުވެރިކަމާއި އެކުގައެވެ.

Ads by Sosun Fihaara

*********************

ސާޔާގެ މޫނުން އަތް ދޫކޮށްލަމުން ލިއަމް ގޮސް ގެއިން ނުކުތެވެ. އޭނާ ދޮރު ލައްޕާލި ބާރު އަޑާއެކު ސާޔާ އަށް އެސްފިޔަ ޖަހާލެވުނެވެ. އެ ހުރިހާ އިރު ޖަމާވެފައި ހުރި ކަރުނަތައް ލޮލުގެ ހިމަކޮޅުން ފޭބިއެވެ. ނަމަވެސް ސާޔާ އަވަހަށް ކަރުނަތަށް ފޮހެލިއެވެ. އޭނާ ކައިރިއަށް ނަވާރް އަންނަން ފެށުމުން ތެދުވެ އަވަސް ހިނގުމެއްގައި ގޮސް ސާޔާ ވަނީ ކޮޓަރިއަށެވެ.

" ނަވާ.. ލީވް ހަރ އެލޯން.. ".. ނަވާރް ދޮރުގައި ޓަކިދޭން އުޅުމުން ރައުލް އޭނާ ހުއްޓުވިއެވެ. އެ ސިކުނޑިން ނުބައި ސިގްނަލެއް ދެމުން ދިޔައެވެ. ލިއަމް އެހާ ރުޅި އަންނަން ޖެހޭ ސަބަބު އޭނާ އަށް ވިސްނުނު ކަހަލައެވެ. އެއާއެކު ކަންބޮޑުވެފައި ހުރެ ރައުލް ނަވާރްގެ މޫނަށް ބަލައިލިއެވެ.

*******************

ކޮޓަރިއަށް ވަދެވުމާއެކު ސާޔާ ހިފަހައްޓައިގެން ހުރި ކަރުނަތަށް ފައިބަން ފެށިއެވެ. އެހެނަސް ފުން ނޭވާއަކާއެކު އަވަސް އަވަހަށް އަތުގެ ނުފުށުން އޭނާ އެ ކަރުނަތަށް ފޮހެލީ އަމިއްލަ ނަފްސަށް ހިތްވަރު ދެމުންނެވެ. ލިއަމްގެ ފަރާތުން މި ފެންނަމުންދާ ކަންތައްތަކުން ނަގަންވީ މާނަ ސާޔާ ހުރީ ނޭނގިފައެވެ. ހަަމ ގައިމުވެސް އޭނާއަށް އެނގިގެއް ކުށެއް ކުރެވިފައި ނެތެވެ.

ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން ސާޔާ އޭނާގެ މޫނަށް ބަލާލިއެވެ. އޭރު ލިއަމްގެ ނިޔަފަތީގެ ނިޝާން ފެންނަން ހުއްޓެވެ. ރީތިވާ މޭޒުގެ ވަތްގަނޑަކުން ނެގި ބޭސްފުޅިން ސާޔާ އެތަން ތަނުގައި އުނގުޅާލިއެވެ. ދެން ލައިގެން ހުރި ޓީޝާޓުގެ ކޮނޑު ތިރިކޮށްލަމުން ބަލާލިއެވެ. ކޮނޑުމަތިން ވެސް ނޫފައިގެންފައި ހުއްޓެވެ.

މަޑުމަޑުން ގޮނޑީގައި ސާޔާ އިށީނީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. އޭނާ އަށް އައު ދިރިއުޅުމެއް ހޯދައިދޭނެ ކަމުގައި ރައުލް ވައުދުވިއެވެ. ނަމަވެސް މިއަދު ލިއަމް ހުއްޓުވުމުގައި ރައުލް ވެސް ނުކުޅެދުނީއެވެ. ލިއަމް ބުނެލި ބަސްތަކާއި މެދު ސާޔާ އަށް ވިސްނާލެވުނެވެ. ތެދެކެވެ. މިއީ އޭނާއަށް ހައްޤުވާ ދިރިއުޅުމެއް ނޫނެވެ. ސާޔާ އަށް އޭނާގެ ފެންވަރު އޮޅުނީއެވެ. މަތީ ހާންދާނަކަށް އާދެވުމުން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނީއެވެ.

***********************

ޓެރެސްއަށް ނުކުތް ބީކާލްގެ ދެފަރާތަށް ކަޅި ހިންގާލީ މެލެކް ފެނޭތޯއެވެ. އެ މޫނަށް ހިނިތުންވުމެއް ވެރިވީ މާ ގަހެއް ކައިރީގައި އިން ލޯބިވާ އަނބިމީހާ ފެނުމުންނެވެ. އެ ގަހަށް ފުރިހަމަ ނަޒަރެއް ދެމުން އައިސް ބީކާލް އިށީނީ ޓެރެސްގައި ބަހައްޓާފައި ހުރި އުނދޯލީގައެވެ.

" މި މާތަށް މާ ބޮޑަށް މޯޅިވެފަ މިއަދު.. ފެން ދިނީމަވެސް ރަނގަޅެއް ނުވި.. ހީވަނީ ފަސްގަނޑުގެ މައްސަލައެއް އެބަ އުޅޭހެން.. އެހެންވެ ބަދަލުކޮށްލަން މި އުޅެނީ.. "... ފަނޑު ހިނިތުންވުމަކާއެކު މެލެކް ބުނެލި ގޮތުން ބީކާލް ދެރަވިއެވެ. މެލެކް ފޮރުވަން އުޅުނަސް އޭނާ އަށް ކޮށްފައިވާ އަސަރު ބީކާލް އަށް ސިއްރެއް ނުވިއެވެ. އެއްޗެކޭ ނުބުނެ ބީކާލް ބޯޖަހާލިއެވެ.

" މި ގަހަށް ވެސް އޭގެ މަންމަ ނެތީމަ އިހްސާސް ކުރެވެނީ ކަންނޭނގެ.. ލާރާ ހުރި ނަމަ މިއަށްވުރެ ލޯބިން މި ގަސް ބަލަހައްޓާނެ... "... މެލެކްގެ އަޑު ކުރެހިގެން ދިޔައެވެ. އެވަގުތު ގަސް ބަދަލު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ވެއްޓި ތިރީގައި ޖެހުނެވެ. އަވަހަށް ތިރިވެ މެލެކް ގަސް ނެގިއެވެ. އޭރު އޭގައި މޯޅިވެފައި ހުރި ބައެއް މާތަށް ގަހުން ވަކިވެފައި ހުއްޓެވެ.

" ސްވީޓް ހާރޓް.. ޔޫ އަރ ޓޭކިން އެ ގުޑް ކެއަރ އޮފް އިޓް.. ހުރިހާ ކަމެއް ލާރާ އާއި ގުޅުވަންޏާ ދުވަހަކުވެސް މެލެކް އަށް ހަމަޖެހުމެއް ނުލިބޭނެ.. އެ ދަރިފުޅު ދެން އެނބުރި ނާންނާނެ.. މެލެކް އަމިއްލަ އަށްވެސް ބުނީމެންނު ދިރިއުޅުމާއިގެން ކުރިއަށް ދާން ބޭނުމޭ... އެ ހަނދާންތަކުން މިންޖު ވާނަމޭ.. ލާރާގެ ހަނދާން އައު ކުރުމަކީ ގޯހެއް ނޫން.. އެކަމަކު އެ ހަނދާންތަކުން މެލެކް އިތުރަށް ދެރަވާކަށް ބޭނުމެއް ނޫން.. ލާރާގެ ހަނދާންތަކާއެކު މެލެކް އުޅެންވީ ހަމަޖެހޭ ދިރިއުޅުމެއް.. ލާރާ ވެސް ބޭނުންވާނީ އެގޮތް.. މެލެކް އަބަދު ހިތާމަކުރަންޏާ ދަރިފުޅުގެ ފުރާނައަށް ހަމަޖެހުން ނުލިބޭނެ... ސޯ ޕްލީޒް ޑަރލިންގް.. ލިވް ޔޯރ ލައިފް ޓު ދި ފުލެސްޓް..."... މެލެކްގެ އަތުގައި ހިފައި ގެނެސް ކައިރީގައި ބޭންދުމަށްފަހު ބީކާލް ނުހަނު ލޯބިން ނަސޭހަތްދިނެވެ. އެކަމުން މެލެކްގެ ހިތަށް ފުން އަސަރުތަކެއް ކުރިވިއެވެ. ނަމަވެސް އޭނާ ހިނިތުންވެލިއެވެ. ބީކާލްގެ ކޮނޑުގައި ބޯ އަޅާލަމުން މެލެކް ލޯ މަރާލިއެވެ.

" ހާދަ ދުވަސް ވެއްޖެއޭ މިހާރު ރާސިލްއާއި ރައުލްގެ ހަބަރެއް ނުވާތާ.. މިހާރު ދެން އެކުދިންނަށް ވެސް އުނދަގޫވާނެ އާދައިގެ ދިރިއުޅުމެއް އުޅެން.. އެކަމަކު ދުވަސްކޮޅެއް ވީމަ ހުރިހާ ކަމެއްވެސް ހަމަޖެހޭނެ ...".... ބީކާލް މެލެކްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ. އެއާއެކު މެލެކްގެ ލުއި ހުނުމުގެ އަޑު އިވުމުން އޭނާ ބޯ އަރިކޮށްފައި ބަލާލަމުން ކިހިނެތްވީ ހެއްޔޭ އަހާލިއެވެ.

" ވަރަށް ދުވަސް ވެއްޖެއޭ ބުނީމަ ހެވޭނެ އެންނު... އެންމެ ފަހުން ރޭގަ ވިއްޔާ އެކުދިން އެންމެ ފަހުން ވާހަކަ ދެއްކީ... މެލެކް ތެދުވެގެން ގޮސް ގަސް ރީތިކޮށް އެހެން ޕޮޓެއްގައި ޖަހާލިއެވެ. އަދި ކައިރީގައި ބަހައްޓާފައި ހުރި ސްޕްރޭ ފުޅިން ސްޕްރޭ ކޮށްލިއެވެ. އޭރު ހިނިތުންވެފައި ބީކާލް އޭނާގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.

********************

އެޕަރޓްމެންޓަށް ވަތް ގޮތަށް ބާރު ހިނގުމެއްގައި ގޮސް ލިއަމް ވަނީ ކޮޓަރިއަށެވެ. ސިޓިންގްރޫމުގައި އިތުރު މީހަކު ނެތްކަން އެއީ ލިއަމްގެ ނަސީބެވެ. ރާސިލް ނުވަތަ ސެހްރާން ހުރިނަމަ އޭނާ އާއި ސުވާލުތައް ކުރިމަތިވާނެކަން ޔަޤީނެވެ.

އެނދުމައްޗަށް އުއްޑުން ވެއްޓިގަތް ގޮތަށް ލިއަމް ލޯ މަރާލިއެވެ. އެހެން އިރުކޮޅަކު އޮތުމަށްފަހު މަޑުމަޑުން ލޯ ހުޅުވާލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ލިއަމް އޭނާގެ އަތް އުފުލާ ބަލާލިއެވެ. ނިޔަފަތިތަށް ކައިރިއަށް ފެންނަން ހުރި ލޭކުލައިން ލިއަމް ދެރަވިއެވެ. ސާޔާގެ މައްޗަށް އެހާ ބާރުވެރިވެވުމުން ނަފްސު ކުށްވެރި ކުރެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ވިސްނުން ބަދަލުވިއެވެ. މިހެން ވާންޖެހުނީ ސާޔާގެ ސަބަބުން ކަމުގައި ހިތަށް ވިސްނައިދިނެވެ. ސާޔާ ނެތްނަމަ އޭނާގެ ހިތާމައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނީހެވެ. އެއާއެކު މަޑުމަޑުން އެ ސިކުނޑިއަށް އަލާރާގެ ހަނދާންތައް ވެރިވިއެވެ. އިސާހިތަކު އެ އެސްފިޔަތަށް ފޫ އަޅުވާލުމަށްފަހު ކަރުނަތަށް ފައިބަން ފެށިއެވެ. އިވެންފެށި މަޑު ގިސްލުމުގެ އަޑާއެކު ލިއަމް މޫނު ފޮރުވާލީ ކައިރީގައި އޮތް ބާލީހުންނެވެ.

މަޑުމަޑުން ލިއަމް ލޯ ހުޅުވާލިއެވެ. އޭރު އޭނާ ވަނީ ފުދޭވަރަކަށް ހަމައަކަށް އެޅިފައެވެ. ނަމަވެސް ހިތުގައި ވަނީ ހުސްކަމެވެ. އިހްސާސް ކުރެވެނީ އެކަނިވެރިކަމެވެ. ގައި ދަށުގައި އޮތް ދަމާލަމުން ލިއަމް ހަށިގަނޑު ސީދާ ކޮށްލިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އޮށޯވެގެން އޮތް ދިމާލުގައި އޭނާ އަތް ހިންގާލީ ފޯނު ހޯދުމަށެވެ. އެއާއެކު ހަނދާނަށް އައީ ގެއަށް އައި އިރު ފޯނު ނުގެނެވޭ ކަމެވެ. މަޑުމަޑުން ލޯ މަރާލަމުން ލިއަމް މޫނުގައި އަތް ހިންގާލިއެވެ. ދެން އަތުން އިސްތަށިގަނޑު ރީތި ކޮށްލިއެވެ. ސައިޑް ޓޭބަލް މަތީގައި ހުރި ސޯނާ ގަޑިއަށް ލިއަމް ބަލާލިއެވެ. އިރުއޮއްސި ހައެއް ޖެހީއެވެ. ދެލޯ ބޮޑުކޮށްލެވުމާއެކު ލިއަމް ފުންމައިގެން ތެދުވިއެވެ.

އޭނާއަށް ނިދުނީކަން އެނގުމުން ކޮންމެވެސް ވަރަކަށް އޭނާގެ ތަބީއަތު ގޯސްވިއެވެ.. އެހާ ގިނައިރު ނިދުމުން ސިކުނޑިއަށް ހުރީ ބަރުވެފައެވެ. ބަނޑުހައި ހޫނުކަން އިހްސާސް ކުރެވުނު ނަމަވެސް ލިއަމް ތެދުވެ ފާހާނާއަށް ވަނެވެ. ވުޟޫ ކޮށްލައިގެން މެންދުރު ނަމާދާއި އަސްރު ނަމާދު ކޮށްލިއެވެ. އަދި މަޣްރިބް ނަމާދަށް ބަންގި ގޮވަން އަދި ކުޑަ ވަގުތު ކޮޅެއް އޮތުމުން މިސްކިތަށް ދާން ތައްޔާރުވިއެވެ.

ކޮޓަރިން ނުކުތް އިރު މުޅި އެޕާޓްމެންޓަށް އޮތީ ހިމޭންކަން ވެރިވެފައެވެ. އަނދިރިކޮށް އޮތް ސިޓިންރޫމަށް އޮތީ ބެލްކަނީގައި ދިއްލާފައި ހުރި ބޮކީގެ އަލި އެޅިފައެވެ. ލައިޓްތައް ޖެއްސުމުގެ ބަދަލުގައި ލިއަމް ސޯފާގައި އިށީނެވެ.

އިރުކޮޅަކުން ތެދުވެގެން ގޮސް ސެހްރާންގެ ކޮޓަރި ބަލާލިއިރު ނިދާފައި އޮތްތަން ފެނުމުން ލިއަމް ދޮރު ލައްޕާލިއެވެ. ރާސިލް ކޮޓަރީގައި ނެތުމުން ދެން ލިއަމް ހިނގައިގަތީ ރައުލްގެ ކޮޓަރިއާއި ދިމާލަށެވެ. ދޮރު ދަށުން އޮރެންޖް ކުލައިގެ ފަނޑު އަލި ފެންނަން ހުރުމުން ރައުލް ކޮޓަރީގައި ހުރިކަމަށް ލިއަމް ނިންމިއެވެ. ނަމަވެސް ކަންތައް ކުރެވުނު ގޮތުން ރައުލް އާއި ކުރިމަތިލާންވީ ގޮތެއް އޭނާ އަށް ނޭނގުނެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ލިއަމް ބަދިގެއަށް ވަނެވެ. ފްރިޖް ހުޅުވާލުމަށްފަހު މަލިކާ ގެނެސްދިން ކޭކު ތަށްޓާއި ޖޫސް ޕެކެޓެއް ނަގައިގެން ގޮސް ސްޓޫލްގައި އިށީނެވެ. އަދި އިސްޖަހައިގެން އިނދެ ލަސްލަހުން ކާން ފެށިއެވެ. އެހެން އިނުމަށްފަހު އަނެއްކާވެސް ލިއަމް އޭނަގެ ދެއަތަށް ބަލާލިއެވެ. ކުރެވުނު ކަންތަކާއި މެދު ވިސްނޭ ވަރަކަށް އެ ހިތުގެ ހަމަޖެހުން ގެއްލެނީއެވެ.

" އާހހ.. އައި ޝުޑް ހޭވް ކޮންޓްރޯލްޑް...".. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ލިއަމް ކައުންޓަރގައި ބޯ އަޅާލިއެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދީ ލިއަމް އަދިވެސް އޮތީއެވެ. ދެތިން ފަހަރު ޓަކި ދިނުމަށްފަހު އެމީހަކު ހުއްޓާލިއެވެ. އަނެއްކާވެސް އިރުކޮޅަކުން ޓަކި ޖަހަން ފެށި އަޑު އިވުނެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ރައުލް ނިކުތެވެ. ކައުންޓަރގައި ބޯ އަޅައިގެން އޮތް ލިއަމް ފެނުމުން އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި ގޮސް ދޮރު ހުޅުވާލިއެވެ.

" ކޮބާ ލިއަމް؟... މަންމަ މިހާރު އެތަށް ފަހަރަކު ގުޅައިފިން.. ފޯނެއް ނުނަގާ...".. މަލިކާގެ އަޑު އިވުމާއެކު ފޫކޮޅަށް ކަށްޓެއް ހެރުނު ފަދައިން ލިއަމް ކުއްލިއަކަށް ތެދުވިއެވެ. ނުރުހުންވެފައި ލިއަމް ރައުލް އަށް ބަލާލިއެވެ. މަލިކާ އަންނާނީ ރައުލް ބުނުމުންކަން އޭނާ އަށް ޔަޤީނެވެ.

" މަންމަ ކީއްކުރަން ތިއައީ؟.. ރައުލް ބުނީދޯ؟.. އަހަރެން އޯކޭ... ޑޯންޓް ވޮރީ.."... ޖޫސްޕެކެޓް އަނގަޔަށް ޖަހާލަމުން ލިއަމް އަނެއްކާވެސް ކުރިން އިންގޮތަށް އިށީނެވެ. މަލިކާ އައުމުން ލިއަމް ހިތްހަމަނުޖެހުނެވެ. އޭނާ ކަންތައް ކުރި ގޮތް އެނގުމުން މަލިކާ އެކަމާއި ގުޅިގެން އެއްޗެކޭ ބުނާނެއޭ ލިއަމް އަށް ހީވިއެވެ.

" ނޫން.. ރައުލް ނުބުނޭ އެއްވެސް އެއްޗެއް.. މިއަދު އެއްވެސް ގޮތަކަށް ދަރިފުޅުގެ ހަބަރެއް ނުވާތީ މަންމަ މިއައީ.. ކާންވެސް ނާންނަމެންނު.. އެހެންވެ އެވަރަށް ގުޅީ... ".. މަލިކާ އައިސް ލިއަމް އާއި ޖެހިގެން އިށީނެވެ. އަދި ކޭކު މީރުތޯ އަހާލިއެވެ. އަނގައިން ނުބުނެ ލިއަމް ހަމައެކަނި ބޯ ޖަހާލީއެވެ.

" ރައުލް ކޮން ވާހަކައެއްތަ ބުނަން ވެފަ އޮތީ...؟..".. ލިއަމްއަށް ޖަވާބުދެމުން މަލިކާ އަނެއްކާވެސް އަހާލިއެވެ. އެ ސުވާލުން ލިއަމްގެ ހަރަކާތްތަށް މަޑުޖެހިލިކަން އޭނާއަށް ފާހަނގަވިއެވެ. ނަމެވެސް ލިއަމް ނުހަނު އަވަހަށް މީހާ ހަމައަކަށް އަޅުވާލިއެވެ.

" ބުނެބަލަ... ޔަޤީން ކޮންމެވެސް ކަމެއް ވެއްޖެކަން.. މަންމަ އެޕަރޓްމެންޓަށް ވަނީއްސުރެ ލިއަމް ތި އިންނަނީ ފާޑަކަށް.. ދެކުދިން ކޮން ކަމަކާ ދެބަސްވެފަ؟..".. ވަކި ވަކިން ރައުލް އާއި ލިއަމްގެ މޫނަށް މަލިކާ ބަލާލިއެވެ.

" މަންމަ އަހާބަލަ ލިއަމް ކައިރީގަ މިއަދު ކުރީ ކީއްތޯ؟..."... ސޯފާގައި އިށީންނަމުން ރައުލް ބުނެލީ ނުރުހުންވެފައެވެ. އޭނާގެ މޫނުންވެސް އެކަން ހާމަވެއެވެ. މަލިކާ ދެން ބަލާލީ ލިއަމް އަށެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ލިއަމް އިސްޖަހައިގެން އިނީއެވެ. މޫނުމަތިން ހިތްހަމަނުޖެހިފައި އިންކަން ފާޅުވިޔަސް ލިއަމް އިހްތިޔާރު ކުރީ ހިމޭންކަމެވެ.

" ކީއްވެ ލިއަމް އަށް ނުބުނެވިގެން ތިއުޅެނީ.. ޓެލް ހަރ ލިއަމް.. ޓެލް ހަރ ވަޓް ޔޫ ޑިޑް ޓުޑޭ.."... ރައުލްގެ އަޑަށް ބާރުވެގެން ދިޔުމާއެކު ލިއަމް ފަސްއެނބުރި ބަލާލިއެވެ.

" ސީރިޔަސްލީ ރައުލް...؟''... ލިއަމް ލޯ ހިމަކޮށްލި ގޮތުން ހީވީ ރައުލް އަށް އިންޒާރެއް ދިންހެއްނެވެ. އެކަން އެނގުނު ނަމަވެސް ރައުލް އަޅައެއް ނުލިއެވެ. މަލިކާއަށް އަވަސް ނަޒަރެއް ދެމުން ލިއަމް ތެދުވިއެވެ. ކޭކު ތަށި ހިފައިގެން ގޮސް ފްރިޖަށް ލުމަށްފަހު ހުސްކުރި ޖޫސް ޕެކެޓް ޑަސްބިނަށް ވައްޓާލިއެވެ. އަދި ފެންފުޅިއެއް ނަގައިގެން އަނގަޔަށް އޮއްސާލިއެވެ.

" ކަމޯން ބޯއިސް.. ޓެލް މީ؟.. ލިއަމް ކޮންމެ ކަމެއް ކުރިޔަސް މަންމަ ކައިރީގަ ބުނެވެން ވާނެ އެންނު.. އައިމް ނޮޓް ޖަސްޓް ޔޯރ މަދަރ.. ޔޯރ ބެސްޓް ފްރެންޑް ޓޫ.. ލިއަމް އަށް ކޮންމެ ކަމެއް ވިޔަސް މަންމަ އަބަދުވެސް ކައިރީގަ ހުންނާނަން.. އައިމް އޯލްވެސް ހިއަރ ފޯރ ޔޫ ސަން...".. ލިއަމްގެ އަތުގައި ހިފާ ގެނެސް ކުރިން ވެސް އިން ސްޓޫލްގައި މަލިކާ ބޭންދިއެވެ.

ލިއަމް އެއްމިޔަނަކުން ހީލިއެވެ. ދެން އޭނާ އިސްއުފުލާ މަލިކާއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެ ހިތުގައ ވީ ޝަކުވާތަށް ދުލާއި ހަމައަށް ގެންނަން ބޭނުންވިއެވެ. ނަމަވެސް ލިއަމްގެ އެ ހިތްވަރެއް ނެތެވެ. މަންމަ އޭނާ އަށް އޮޅުވާލީ ކީއްވެތޯ އެނގެން ބޭނުންވިއެވެ. އަބަދުވެސް ކައިރީގައި ހުންނާނެ ކަމުގައި ބުނާ އިރު ދޮގު ހަދަނީ ކީއްވެތޯ އަހަން ބޭނުން ވިއެވެ. ނަމަވެސް އޭނާ ޝަކުވާތައް ފޮރުވާލީ މާނަފުން ހިނިތުންވުމަކުންނެވެ.

" ލިއަމް...ޓެލް ހަރ.. ".. ރައުލް މިފަހަރު ބުނެލީ ތަންކޮޅެއް މަޑުންނެވެ. ނަމަވެސް ލިއަމް ވަގުތުން ބޯ ހޫރާލިއެވެ. އޭނާ ބަލާލީ އާދޭސް ކުރާ ފަދައަކުންނެވެ.

" ލިއަމް ތިހާ ބޮޑު ކަމަކަށް ކޮން ކަމެއް ކޮށްގެން މަންމައަށް ކިއޔައި ނުދެވިގެން ތި އުޅެނީ؟... " މަލިކާގެ އަޑުގައިވީ ކަންބޮޑުވުން ލިއަމް އަދި ރައުލްއަށް ވެސް ނަގައިގަނެވުނެވެ. ދެ ޒުވާނުން އެކަކަު އަނެކަކަށް ބަލައިލުމަށްފަހު ލިއަމް އިސްޖަހާލިއެވެ.

" ހީ ޓޯޗަރޑް ސާ..."... ރައުލް ބުނަން އުޅުނު ޖުމްލަ މެދުކަނޑާލީ ލިއަމް ބާރަށް އޭނާގެ ނަމުން ގޮވާލުމުންނެވެ. އޭރު މަލިކާ ދެލޯ ބޮޑުވެފައި ހުރި ގޮތުން ރައުލް ބުނަން އުޅުނީ ކީކޭކަން ދޭހަވިކަން އެނގެއެވެ. ޤަބޫލު ނުކުރެވިފައި ހުރެ މަލިކާ ލިއަމް އަށް ބަލާލިއެވެ.

= ނުނިމޭ =

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!